Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ހަވޭލީ (1)

Nau Level 810 Stories100 Comments500 Comments100 Stories100 Login1K Comments
October 8, 2017 10 Mins Read
53 Comments

ވިދާލި ވިދުވަރާއެކު މުޅިތަން އަލިވެގެން ދިޔައެވެ. އެއާއެކު އޮއްސައިގަތް ބޯވާރޭގެ ސަބަބުން ހިތްތަކަށް ބިރުވެެރިކަން ވަންދަން މަސައްކަތް ކުރާކަހަލައެވެެ. ޖެހޭ ގަދަ ވަޔާއެކު ގަސްތައް ދެކޮޅަށް ހެލެމުންދިޔައެވެ. ގޭގޭގެ ފުރާޅުތައްވެސް ހީވަނީ ދެންްމެ ދެންމެ ނެއްޓިގެން ހިނގައިދާނެހެންނެވެ. ދޫނި ސޫފާ ސޫފިވެސް އެސޮރުމެންގެ ހާލިތަކަށްވަދެ ތިބީ މި ތޫފާނީ ރޭގައި ބޭރަށްނުކުމެލަން ބިރުންކަންނޭނގެއެވެ. ރަށުގެ ކޮންމެ މަގެއްވެސް ވަނީ ފަޅުވެފައެވެ. ކޮންމެ މީހަކުވެސް ބެލީ ރަޖާލައިގެން އަވަހަށް ނިދޭތޯއެވެ. ކުރާނެ އިތުރުކަމެއްވެސް ނެތުމުންްނެވެ.

އާއްމުކޮށް ރަށުގެ ގެތަށް ހުންނަ ހިސާބާ ތަންކޮޅެއް ދުރު، ވަލުތެރޭގައި ހުރި ގެއެއްގެ ތެރެއިން ފަނޑު އަލިކަމެއް ފާޅުވާން ހުއްޓެވެ. ބޮޑު ހަވޭލީއެއްފަދަ އެގޭގައި އެއްވެސް ދިރުމެއްވާކަމުގެ ނިޝާނެއް ނެތެވެ. ހީވާގޮތުން އެގޭގައި ދިރިއުޅޭ މީހުންވެސް މިވިއްސާރަ ރޭގެ ފޮނި އަރާމު ލިބިގަންނަނީއެވެ.

ގޭގެ އެންމެ ބިއްދޮށުގައި ދަނގަޑު ބޮޑު ތަޅެއްލައި ބަންދުކުރެވިފައި ހުރި ކޮޓަރީގެ ތެރެއިން އިރުއިރުކޮޅާ ކޮންމެވެސް އެއްޗެއް ތެޅޭއަޑު އިވެމުން ދިޔައެވެ. ބޮޑަށް ވައްތަރީ ހިލަހިލާތަކެއް ތެޅެމުންދާފަދަ އަޑަކާއެވެ. ބައެއްފަހަރަށް އެއަޑު ބާރުވެގެން ދެއެވެ. އެހެނަސް އެގޭގެ އެއްވެސް މީހަކަށް އެއަޑުނީވޭ ފަދައެވެ. ބޯވާރެއާއެކު އިވެމުންދިޔަ ނާމާން އަޑުތަކުގެ ތެރެއަށް އެއަޑުވެސް ފޭދިގެން ދަނީއެވެ.

*****

ނަސަންދުރަ ޕެލެސް ހޮޓަލުގެ އެކި ހިސާބުތައްވަނީ ކުލަބޮކިތަކުން ޖަރީކޮށްފައެވެ. ވާނީވެސް އެހެންނޫން ހެއްޔެވެ؟ މިރޭ އެތާނގައި ކުރެވިގެން އެދަނީ އާާދައިގެ މީހެއްގެ ކައިވެންޏެއް ނޫނެވެ. މުޅި މާލޭގައި ތިބިބޮޑެތި މުއްސަނދިގެންގެ ތެރެއިން، މުއްސަންޖެއްގެ ހަގު ފިރިހެން ދަރިފުޅުގެ ކައިވެންޏެވެ.

ވާފިރުއަކީ މާލޭގެ މުއްސަނދިންގެ ތެރެއިން އެންމެ ކުރީ ލިސްޓުގައި ފައިހަމަކުރަމުން އަންނަ މީހެކެވެ. މާލޭގެ އެތެއް ތަނެއްގައި އޭނާގެ ބޮޑެތި ފިހާރަތަކާއި ރެސްޓޯރެންޓްތައް ހުރެއެވެ. ވާފިރުގެ ވިޔަފާރި އިތުރަށް ފުޅާވެގެން ދިޔައީ އޭނާގެ ހަގު ދަރިފުޅު އައިދުން ބޭރުގެ ޔުނިވާރސިޓީއަކުން ކިޔެވުން ނިންމުމަށްފަހު އެނބުރި މާލެ އައިސް އޭނާގެ ވިޔަފާރީގެ ތެރެއަށް ވަނުމުންނެވެ. އެދަރިފުޅާމެދު އެންމެ ފަޚުރުވެރިވާ އެކަކީ ޚުދު ވާފިރު އެވެ.

އައިދުން އަކީ އުމުރުން 23 އަހަރުގެ ޒުވާނެކެވެ. ޤުދުރަތުން އައިދުންއަށް ހަދިޔާކޮށްފައިވަނީ ބަލައިފޫހިނުވާނޭފަދަ ރީތި ކަމެކެވެ. އައިދުންގެ ހަމުގެ ކުލަ އަލިވުމުގެ ސަބަބުން އެރީތު ތުންފަތުގައިވަނީ މަޑު ފިޔާތޮށިކުލައެކެވެ. ދިގުދިގު އެސްފިޔަތަކަކާއި މަޑުމަޑު ނޫކުލައިގެ ލޮލެކެވެ. ކުރުކޮށް ކޮށައިލެވިފައިވާ ކަޅުކަންގަދަ ފަން އިސްތަށިގަނޑެކެވެ. ބައިމަތިފުޅާ ވަރުގަދަ ކަސްރަތީ ހަށިގަނޑެކެވެ. އައިދުން ހިނިތުންވުމުން ވައަތުކޮލަށް އެޅޭ އަޑިކޮޅުގެ ސަބަބުން އޭނާގެ ރީތިކަން އެތައް ގުނައަކަށް އިތުރުކޮށްދެއެވެ. އެތެއް އަންހެންކުދިންނެއް އައިދުންގެ ރީތި ކަމަށް ފިދާވޭވެ ތިއްބެވެ. އެހުރިހައި ކުދިންގެ ތެރެއިންވެސް އައިދުންގެ ހިތް ފަތަހަކުރީ ރީތި ހުސްކޮށްގެންހުރި މާލޭގެ މުއްސަނދި އާއިލާއެއްގެ އަންހެން ދަރިފުޅު މަލާކްއެވެ.

ދެމީހުން ދިމާވީ ކިޔަވަން އުޅުނު ޔުނިވާރސިޓީއިންނެވެ. ލޯބީގެ ފޮނި ދުވަސްތަކެއް އެއްކޮށް ހޭދަކުރުމަށްފަހު ދެމީހުންވެސް ނިންމީ އަވަހަށް ކައިވެނި ކުރުމަށެވެ. ދެއާއިލާގެވެސް ރުހުމާއެކު މިކައިވެނި ކުރަން ނިންމީ ނަސަންދުރަ ޕެލެސް ހޮޓަލުގައެވެ.

ހުދުކުލައިގެ ބޮޑު ކައިވެނި ހެދުމުގައި މަލާކް ހީވަނީ ޝާހީ ރަސްދަރިކަނބަލެއް ހެންނެވެ. ބޮޑު ދެލޮލާއި ދިގު އެސްފިޔަތަކުން މަލާކްގެ ރީތިކަން އިތުރުކޮށްދީފައި ވެއެވެ. ހުދާއި ފިޔާތޮށި މާތަކެއް އެކުލެވޭ ބޮޑު މާބޮނޑިއެއް ހިފައިލައިގެންއިން މަލާކް ފެންނަ ކޮަންމެ މީހަކުވެސް ދަނީ ހިތާ ހިތުން އޭނާގެެ ރީތިކަމަށް ތަޢުރީފު ކޮށްފައެވެ. މަލާކްގެ ކަނައަތްފަރާތުގައި ހުރި އައިދުން ވެސް ވަކި މަލާކްއަށް ދުލެއް ނުކުރެއެވެ. ހުދު ކޯޓު ފަޓުލޫނުގައި ހުރިއިރު ކޯޓުގެ މޭމަތީގައި ހުރި ޖީބަށް ވަނީ ފިޔާތޮށި ކުލައިގެ މަލެއް ޖަހައިލެވިފައެވެ. ޕާޓީ އަށް ވަދެގެންދާ ކޮންމެ އަންހެންކުއްޖެއްވެސް ދަނީ އައިދުންއަށް ކަތިނަޒަރުތަކުން ބަލަމުންނެވެ. މިތަން ފެނި އައިދުންގެ ތުންފަތްމަތީގައި ލާނެތް ހިނިތުންވުމެއް ދުވެލިއެވެ.

ޕާޓީނިމުނުއިރު ރޭގަނޑު 12 ޖަހައި ބޮޑުވެއްޖެއެވެ. ގިނައިރު ކޮޅަށް ހުރުމުގެ ސަބަބުން މަލާކްގެ ފައިގައި ރިއްސަމުން ދިޔައެވެ. ލިބިފައިހުރި ހަދިޔާތައް ހިފައިގެން އައިދުންގެ ދެ ބޭބެ، އައިލަމާއި ޒަލަފް އެއްކާރުގައި ގެއާ ދިމާއަށް މިސްރާބު ޖެހިއެވެ. އައިދުންގެ ދެމަފިރިން ގެއަށް ދިއުމަށް ވަނީ ވަކި ޚާއްސަ ކާރެއް ތައްޔާރުކުރެވިފައެވެ. ހެދުމުގެ ފަސްބައިގައި ހިފައި، ދެއަތުން ހެދުން ހިއްލައިލައިގެންހުރި މަލާކް މަޑުހިނގުމެއްގައި އައިސް އޭނާގެ މަންމަ މަލީކާއާއި ބައްޕަ ސައީދުއާ ވަދާއީ ސަލާމް ކުރިއެވެ.

ފަރި ހިނގުމެއްގައި ކާރަށް އަރަން އައި މަލާކަށް އައިދުން ފުން ނަޒަރަކުން ބަލާލިއެވެ. ކާރު ޑްރައިވަރު މަލާކް އެރުމަށްޓަކައި ކާރުގެ ފަހަތު ދޮރުފަތް ހުޅުވައިލުމުން އެމީހާއަށް ހިނިތުންވުމެއް ދިނުމަށްފަހު މަލާކް ކާރަށް އަރައި ހަމަޖެހިލިއެވެ. އޭރުވެސް އެހުރިގޮތަށް މަލާކަށް ބަލަހައްޓައިގެން އައިދުން އިނެވެ. ކާރަށް އެރިގޮތަށް އިސްޖަހާލި މަލާކް ގެއަށް ދެވެންދެންވެސް އިނީ އެގޮތަށެވެ.

ކާރު އައިސް ހ.ރޯސްފީލްޑް ގޭގެ ގޭޓް ކައިރިއަށް މަޑުކޮށްލުމާއެކު ދޮރުވާނު އަވަސްް އަވަަހަށް ގޭގެ ބޮޑު ދަގަނޑު ގޭޓު ހުޅުވައިލިއެވެ. ގޭޓުން ވަދެގެން ދިޔަ ކާރާއެކު އިސްޖަހައިގެން އިން މަލާކް އިސްއުފުލާލައި އެބޮޑު ގަނޑުވަރެއްފަދަ ގެއަށް ބަލައިލިއެވެ.

ގޭގެ މައި ގޭޓުން ފެށިގެން ގެއާ ހަމައަށް ހިމަ މަގެއްހެން ގާ ޖަހާފައި ހުއްޓެވެ. މަގުގެ ދެފަރާތުގައި ކުދި ވިނަ ހައްދާފައި ވާއިރު، ކަނައަތްފަރާތައިވީ ފަޅީގައި ބޮޑު މަސްފެންގަނޑެއް ހަދައިފައި ވެއެވެ. އެތަނާ މާދުރުނޫން ހިސާބެއްގައި ބިއްލޫރި ވައްމޭޒަކާއި ތިން ސްޕަންޖް ގޮނޑި ބަހައްޓާފައި ހުއްޓެވެ. ވައަތްފަރާތާވީ ފަޅީގައި ހިޔާކޮށްފައިވާ ރީތި ބޮޑު އުނދޯއްޔެއް ހުއްޓެވެ. އުނދޯލީގެ ދެފަރާތުގައިވެސް އިނށީދެވޭނޭހެން ދެ ސްޕަންޖް ގޮނޑި ބެހެއްޓިފައި ވެއެވެ. ބަލައިލަން ހިތްގައިމު ރީތި ބޮޑު ގެއެވެ.

ކާރު ގޭގެ ދޮރު ކުރިމައްޗަށް މަޑުކޮށްލުމަށްފަހު ޑްރައިވަރު އަވަސް އަވަހަށް އައިސް މަލާކްއާވީ ފަރާތުގެ ދޮރު ހުޅުވައިލިއެވެ. އަދި މަލާކް ފައިބަންދެން ދޮރުގައި ހިފަހައްޓާލައިގެން ހުއްޓެވެ. ހެދުމުގެ ދެފަރާތުން ހިއްލައިލުމަށްފަހު މަލާކް ކާރުން ފޭބިއިރު އައިދުން ވެސް ކާރުން ފައިބަނީއެވެ. އައިދުންއަށް ބަލައިލުމަށްފަހު ލުއި ހިނިތުންވުމެއް މަލާކް ހަދިޔާކޮށްލިއެވެ. އެއަށްފަހު މަޑު ހިނގުމެއްގައި އެބޮޑު ގެއަށް ވަނުމަށްޓަކައި ހިނގައިގަތެވެ.

ގޭގެ ދޮރު ހުޅުވައިލައިގެން މަލާކަށް ބަލަން އައިދުން ހުއްޓެވެ. މަލާކް އައިސް އައިދުންއާ އަރައި ހަމަވުމުން އައިދުން މަޑުމަޑުން މަލާކްގެ އުނަގަނޑުގައި އަތް ވަށައިލިއެވެ. މަލާކް ގޭގެ އެކި ދިމަ ދިމާއަށް ނަޒަރު ހިންގައިލީ ހިތްހަމަޖެހިފައި ހުރެއެވެ. އެފަދަ ގަނޑުވަރެއްގައި ރަނިކަން ކުރަން ނޭދޭނީ ކާކު ހެއްޔެވެ؟

މުޅިގޭތެރޭގައިވަނީ މާބުލް ޓައިލްސް ޖަހައިފައެވެ. ތަނަވަސް ބޮޑު ސިޓިން ރޫމްގެ މެދުގައި އަރާމު ސޯފާ ސެޓުތައް ބެހެއްޓިފައި ހުއްޓެވެ. ތިރީސް ދެއިންޗީގެ ބޮޑު ފަތި ޓީވީ އެއް ފާރުގައި ހަރުކޮށްފައި ހުރިއިރު ސިޓިން ރޫމުން ލައިފައި މައްޗަށް އެރުމަށްޓަކައި ރަތް ކާޕެޓްލީ ބޮޑު ދެސިޑިބަރި ދެފަރާތުގައި ވެއެވެ. 5 ބުރިއަށް ނެގިފައިވާ ބޮޑު އިމާރާތުގެ ކޮންމެ ފަންގިފިލައެއްގައިވެސް ތަަނަވަސް ބޮޑު 4 ކޮޓަރި އާއި ސިޓިން ރޫމަކާއި ބަދިގެއެއް ހުރެއެވެ. ކޮންމެ ކޮޓަރިއެއްވެސް ހެދިފައިވަނީ އެންމެ ޒަމާނީ ފެންވަރަށެވެ. އެންމެ މަތީ ފަންގިފިލައަކީ އައިދުންއަށް ޚާއްސަ ކުރެވިފައިވާ ބައެވެ.

މަލާކް ގޮވައިގެން އައިދުން ލިފްޓާ ދިމާއަށް ހިނގައިގަތީ ވެފައިހުރި ވަރުބަލިން އަވަހަށް ކޮޓަރިއަށް ދިއުމަށް ބޭނުންވާތީއެވެ. ހިތްހަމަޖެހިފައި ހުރި މަލާކްވެސް މަޑުކުރުމެއްނެތި އައިދުންއާއެކު ހިނގައިގަތެވެ. އަރައިފައި ހުރި އުސްފައިވާނުގެ ސަބަބުން އޭނާގެ ދެފައިތިލާގައި ރިއްސަމުން ދާތީ މަލާކްއަށް ހިނގެނީވެސް ތަންކޮޅެއް މަޑުންނެވެ.

ކޮޓަރީގެ ދޮރު ހުޅުވައިލުމަށްފަހު އައިދުން ވަނެވެ. ފަހަތުން މަލާކްވެސް ހިސާބަކަށް ލަދުގަނެފައިހުރެ ވަނެވެ. އެކޮޓަރި ވަނީ އެދެމަފިރިންނަށްޓަކައި ވަރަށް ފުރިހަމައަށް ތައްޔާރު ކުރެވިފައެވެ. ކޮޓަރީގެ ކޮންމެ ދިމާއަކުންވެސް ފެންނަމުން ދިޔައީ މުއްސަނދިކަމެވެ. މަލާކްއަށް ބޭއިޚްތިޔާރުގައި ހިނިތުންވެލެވުނެވެ. އޭނާގެ ހުރިހައި ހުވަފެނެއް ހަޤީގަތަކަށް ވީއެވެ. ފުންނޭވައެއް ދޫކޮށްލި މަލާކް ކޮޓަރީގެ އެކި ދިމަދިމާއަށް ބަލަމުން ދިޔައެވެ.

“މަލް. ދެން ތިހެން އިންނަނީތަ؟ ދާންވީނު އަވަހަށް ހެދުން ބަދަލު ކޮށްލާގެން އަންނަން. ނުލާހިކު ވަރުބަލިވެފައެންނު ތިއިނީ.” ލޯބިވެތި ނަޒަދަކުން މަލާކަށް ބަލައިލުމަށްފަހު އައިދުން ބުނެލިއެވެ. “އަހަރެން ބޭނުމީ ކުޑަކޮށް ފެންވަރާލަން.” ކައިވެނި ހެދުމުގައި ޖަހާފައި އިން މަލާ ކުޅެމުން މަލާކް ލަދުވެތި ގޮތަކަށް ބުނެލިއެވެ. “ތީ އެއްވެސް ކަމެއް ނޫނެއްނު. މަލްގެ އެއްޗެހި ހުންނާނެ އަލަމާރީގެ ކަނައަތްފަޅީ. އަހަރެން ބުނިން ސީތާގާތު މަލްގެ ތަކެތި އެބައިގަ ތަރުތީބުން އަތުރާލަން.” ހީލަމުން އައިދުން ބުނެލިއެވެ. އައިދުންއަށް ހިނިތުންވުމެއް ދިނުމަށްފަހު މަލާކް ގޮސް އޭނާ ނިދަން ލާނެ ހެދުމަކާއި ތުވާލި ހިފައިގެން ފާޚާނާއަށް ވަނެވެ. މަލާކްގެ އިންތިޒާރުގައި އައިދުން އެނދުގެ އެއްފަރާތުގައި އިނށީދެލިއެވެ.

ފެންވަރާލައިގެން ނުކުތް މަލާކް ފެނުމުން އައިދުންގެ ކެތްތެރިކަން ކޮޅުންނުލީ ހަމަކިރިޔާއެވެ. ތުނި ތުނި ފިޔާތޮށި ނައިޓީގައި މަލާކް ހީވަނީ ތާޒާ ފިނިފެންމަލެއް ހެންނެވެ. މަސްތީގޮތަކަށް އޭނާއަށް ބަލަންހުރި އައިދުން ފެނުމުން މަލާކް ލަދުގަތެވެ. އިސްތަށިގަނޑުގައި އޮޅާލެވިފައިވާ ތުވާލި ނައްޓައިލަމުން މަލާކް ޑްރެސިންގް ޓޭބަލްއާދިމާއަށް ހިނގައިގަތެވެ. އޭރުވެސް އެހުރިގޮތަށް އައިދުން މަލާކްއަށް ބަލަހައްޓައިގެން ހުއްޓެވެ.

އަތުން އިސްތަށިގަންޑު ހާވައިލުމަށްފަހު ކްރީމް އުނގުޅަން މަލާކް ފެށިއެވެ. އެއަށްފަހު އިސްތަށިގަނޑުގައި ފުނާއަޅާލިއެވެ. އަދި ކަރުދޮށާއި އަތާ ތަންތަނަށް ސެންޓް ޖަހައިލިއެވެ. މަލާކްގެ ކޮންމެ ހަރަކާތަކަށް ފަރުވާތެރިކަމާއެކު އައިދުން ބަލަމުން ދިޔައެވެ. ލޯގަނޑުން އައިދުންއާ ދިމާލަށް ބަލައިލުމަށްފަހު މަލާކް އިސްޖަހައިލީ ލަދުވެތިގޮތަކަށެވެ.

މަލާކްގެ ލޯބިވެތި އަދާތަކުގެ ސަބަބުން ކެތްކުރަން އުނދަގޫވެފައި އިން އައިދުން މަޑުމަޑުން ތެދުވެ މަލާކް އާ ދިމާއަށް ހިނގައިގަތެވެ. އޭރުވެސް އިސްޖަހާލިގޮތަށް މަލާކް އިނެވެ. އައިދުންއަށް ފުރަގަސްދީގެންނެވެ. އައިދުން އައިސް ފަހަތުން މަލާކްގެ ނާޒުކު ހަށިގަނޑުގައި ބައްދައިލިއެވެ. އަދި ލޯބިވެތިގޮތަކަށް މަލާކްގެ ކަންފަތް ކައިރިއަށް ފުމެލިއެވެ. އެއާއެކު މަލާކްގެ މަޑު ހުނުމުގެ އަޑު ކޮޓަރިތެރެއަށް ފެތުރިގެން ދިޔައެވެ.

މަސްތީގޮތަކަށް މަލާކްގެ ކަރުދޮށުން އައިދުން ވަސްގަނެލިއެވެ. އެއަށްފަހު އައިދުންގެ އަތްދަނޑި މައްޗަށް ލުއިފަތެއްހެން މަލާކް އުފުލައިލިއެވެ. ލަދުގަނެފައި އޮތް މަލާކް އައިދުންގެ މޭގެތެރޭގައި އޭނާގެ މޫނު ފޮރުވައިލިއެވެ. މަލާކް އެނދުމަތީގައި ބާވައިލުމަށްފަހު އައިދުން އެނދުކައިރީގައި ހުރި މޭޒުމަތީ އިން ބެޑް ލޭމްޕް ނިއްވައިލިއެވެ. އަދި އިހުނަށްވުރެ ބޮޑަށް މަލާކްއާ ގާތްވެލިއެވެ.

* * *

މަލާކްއަށް ހޭވެރިކަމެއްވީ އިރުގެ ރަންދޯދިތައް އޭނާގެ މޫނަށް އެޅުމުންނެވެ. ކަންނެތްގޮތަކަށް މޯޅިއަށް ދެމިލުމަށްފަހު ގާތުގައި ނިދިފައި އޮތް އައިދުންގެ މޫނަށް ލޯބިން ބަލައިލިއެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު މަލާކް އެނދުން ފައިބައި ފާޚާނާއާ ދިމާއަށް ހިނގައިގަތެވެ.

“އަހަ.. ދަރިފުޅު ހާދަ އަވަހަކަށް ހޭލީ. ކޮބާ އައިދުން؟” ސިޓިންރޫމްގައި މަޖައްލާއެއް ހިފައިގެން އިން އައިދުންގެ މަންމަ ޝީރީން މަލާކް ފެނުމާއެކު ބުނެލިއެވެ. “އައިދު އެބައޮތް ނިދާފަ. އަޅުގަނޑަށް ހޭލެވުނުތާ އިރުކޮޅެއް ވެއްޖެ. ދެންއެކަނި އެބައިގަ އިންނަން ޖެހުމުން ހިތަށް އެރީ މަންމަ ގާތަށް މިބަޔަށް އައިސްލާނީއޭ.” ޝީރީންގެ ސުވާލަށް ޖަވާބުދިނުމަށްފަހު މަލާކް އެތަނުން ސޯފާއެއްގައި އިނށީދެލިއެވެ.

“ބައްޕަ ކޮބާތޯ؟” ވާފިރު ފެންނަން ނެތުމުން މަލާކް އަހާލިއެވެ. “މިތާ ކައިރި ރިސޯޓަކަށް ގޮސްވީ ވިޔަފާރި ކަމަކު. ފަތިހު ފަތިހާ ފުރައިފި.” މަލާކްއަށް ހިނިތުންވެލަމުން ޝީރީން ބުނެލިއެވެ. “ދަރިފުޅު ބަނޑުހައިތަ؟ ކޮންއިރަކުން ސައިބޯނީ؟ އިރުކޮޅަކުން ސައި ތައްޔާރުވާނެހެން ހީވަނީ.” މަޖައްލާއަށް ބަލަން އިނދެ ޝީރީން އަނެއްކާވެސް ބުނެލިއެވެ. “އައިދު ހޭލީމަ ސައިބޯނީ. އަދި އެހައި ބަނޑު ހައެއް ނޫން.” ސައިކޮޓަރީގައި ހަރަކާތްތެރިވަމުން ދިޔަ ބިދޭސީ ދެ އަންހެނުންނަށް ބަލަންއިން މަލާކް މަޑުމައިތިރި ރާގަކަށް ބުނެލިއެވެ.

މަލާކްގެ މުށުތެރޭ އޮތް ފޯން ރިންގްވާން ފެށުމުން ފޯންގެ ދިއްލިފައިވާާ ސްކްރީނަށް އޭނާ ބަލައިލިއެވެ. އަދި އަވަސް އަވަހަށް ފޯން ކަންފަތުގައި ޖަހައިލަމުން ސޯފާއިން ތެދުވެ ތަންކޮޅަށް ދުރަށް ހިނގައިގަތެވެ. އިރުކޮޅަކު ފޯނުގައި އިނުމަށްފަހު މަލާކް އެނބުރި ޝީރީނާ ދިމާއަށް ބަލައިލިއެވެ. އަދި ދަނީކަމަށްބުނެ އޭނާއާ އައިދުންގެ ބަޔަށް ދިއުމަށްޓައި ހިނގައިގަތެވެ.

ކޮޓަރީގެ ދޮރުހުޅުވައިލައިފައި އެތެރެއަށް ވަތް މަލާކްއަށް ލޯގަނޑު ކައިރީގައި ރީތިވަން ހުރި އައިދުން ބަލާލިއެވެ. “މަލް. ކޮންއިރަކު ހޭލީ. ނުވެސް ގޮވަމެންނު އަހަރެންނަށް” މަލާކް ފެނުމާއެކު އައިދުން ޝަކުވާކޮށްލިއެވެ. “އައިދު އޮތީ ނުލާހިކު ލޯބިކޮށް ނިދާލާފަ. އެހެންވެ ގޮވަން ނުކެރުނީ. އަނެއްކޮޅުން ރޭގަ ނިދުނީވެސް އެހާ ލަހުންނެއްނު. ސޯ ހިތަށްއެރީ އައިދު ނިދާލަން ބާވާނީއޭ.” އައިދުންގެ މޭމަތީ ފިރުމައިލަމުން މަލާކް ބުނެލިއެވެ.

“ދޫނި ސައިބޮއެފިންތަ؟ ވަރަށް ހައި ދޯ. ސޮރީ އަހަރެންނަށް ތަންކޮޅެއް ލަހުން ހޭލެވުނީމަ.” މަލާކްގެ ދޮންކޯތާފަތުގައި އައިދުން ފިރުމައިލިއެވެ. “ނޫންް. އަދި އެހާ ބަނޑުހައެއްވެސް ނޫން. އައިދުއާ އެއްކޮށް ސައިބޯން މަޑުކުރީ. ” އިސްޖަހާލަމުން މަލާކް ބުނެލިއެވެ. “އެހެންތަ. އެހެންވީއިރު ހިނގާ އަވަހަށް ދަމާ. އަހަރެން މިނިމުނީ. ކޮބާ މަންމަ އާ ބައްޕައާ؟” މަލާކް އެއައީ އޭނާގެ މައިންބަފައިންގެ ބައިންކަން އެނގޭތީ އައިދުން އަހާލިއެވެ. “މަންމަ އެބައިން ސިޓިންރޫމްގަ މަޖައްލާއެއް ކިޔަން. ބައްޕަ ވީ މިތާކައިރި ރިސޯޓަކަށް ދުރުވެކަމަށް މަންމަ ބުނީ.” މަލާާކް ބުނެދިނެވެ. ” އާން.ބައްޕަ ރޭގަ އަހަރެން ގާތު ބުނި ވަރަށް ފަތިހާ ފުރަންޖެހޭ ވާހަކަ. ހަނދާންނެތިފަ މިހުންނަނީ. ހިނގާ ދެން އަވަހަށް ދަމާ. މަންމަ އިންނާނެ މިހާރު އިންތިޒާރުގަ” ހީލަމުން އައިދުން މަލާކް ގޮވައިގެން އޭނާގެ މައިންބަފައިންގެ ބައަށް ދިއުމަށް ހިނގައިގަތެވެ. ގޭގެ އެކި ފަންގިފިލާގައި އެކި ކުދިން އުޅުނު ނަމަވެސް އެންމެން ކައިބޮއި ހަދަނީ ޝީރީނާއި ވާފިރުގެ ބައިންނެވެ. އެއީ ދެވަނަ ފަންގިފިލައެވެ.

އަތުގުޅުވައިލައިގެން ސައިކޮޓަރިއަށް ވަތް މަލާކްއާ އައިދުން ފެނުމުން ޝީރީން ހިނިތުންވެލިއެވެ. “އަވަހަށް އާދެ ސައިބޯން. ދަރިފުޅުމެން ލަސްވެގެން ގޮވަންދާން އުޅެނިކޮށް ތިއައީ.” ފެންބޯ ތަށިތަކަށް ޖޫސް އަޅަންއިން ޝީރީން ބުނެލިއެވެ. ގޮނޑި ދަމާލުމަށްފަހު މަލާކްއާ އައިދުން އިނށީދެލިއެވެ. “ކޮބާ ދޮންބެއާ ތިއްތި؟” ޕާން ފޮއްޗެއް ނަގަމުން އައިދުން އަހާލިއެވެ. “ޒަލަފް ވެއްޖެ ރަށްޓެހި ކުއްޖެއްގެ ގެއަށް ގޮސް. އައިލަމް އަދި ހޭލިހެނެއް ހިއެއްނުވޭ. ދަރިފުޅަށްވެސް އެނގެއެއްނު ތިއްތިގެ ގޮތް. ކިތަންމެ ވަރަކަށް ގޮވިއަސް މެންދުރު ނުވަނީސް ހޭލެވޭ ކަމަކަށް ނުވާނެ. ” ގޮނޑިއެއްގައި އިނށީދެލަމުން އައިދުންގެ ސުވާލަށް ޝީރީން ޖަވާބު ދިނެވެ. އެއްވެސް އެއްޗެކޭ ނުބުނެ އިނދެ މަލާކް ސައިބޮމުން ދިޔައެވެ.

“މަލް. އަހަރެން އެބަޖެހޭ އަދި މިއަދު އޮފީހަށްވެސް ގޮސްލަން. ބައްޕަ ނެތީމަ އެތާނގެ ކަންކަން ބަލަން ޖެހޭނީ އަހަރެންނަށް. އެކަމަކު މަލް ހިތްހަމަ ޖެހެންޔާ އެނގޭ އަހަރެން ދާނީ. މިހެން މިބުނީ މިއަދުމީ އަހަރެމެން ކައިވެނިކޮށްގެން މަލް މިގޭގަ ހޭދަކުރާ ފުރަތަމަ ދުވަހަށް ވީމަ.” ސައިބޮއެގެން ކޮޓަރިއަށް އައިސްވަން އައިދުން އެހެން ބުނެލީ ދެރަވެލައިފައެވެ. މަލާކްއާ އެންމެ ހިނދުކޮޅަކަށްވެސް ދުރަށްދާކަށް އޭނާާގެ ހިތެއް ނޭދެއެވެ. އެހެނަސް ނުގޮސްވާކަށްވެސް ނެތެވެ. ބައްޕަ ނެތުމުން ހުރިހައި ޒިންމާއެއްވަނީ އޭނާގެ ބޮލުގައި އެޅިފައެވެ. “އަހަރެނަަށް އޯކޭ. އެނގޭ ބައްޕަ ނެތީމަ އައިދު ކަން ވިޔަފާރީގެ ކަންތައް މިކޮޅުން ބަލަން ޖެހޭނީ.” މަލާކްއަކީ ހެޔޮވިސްނޭ އަންހެނެއްކަން އޭނާގެ ވާހަކަތަކުން އެކަނިވެސް އެނގެއެވެ. މަލާކް އަކީ އޭނާގެ ނަސީބުކަމަން އައިދުން ޤަބޫލުކުރެއެވެ. ލޯބިން މަލާކްގެ ނިތުގައި ބޮސްދިނުމަށްފަހު އޮފީހަށް ދިއުމަށް އައިދުން ތައްޔާރުވަން ފެށިއެވެ.

އައިދުން އޮފީހަށް ދިއުމުން ފޫހިވެފައި އިން މަލާކް ގޭގެ އެންމެ ތިރީބައިގައި ހައްދާފައި އޮންނަ މާބަގީޗާއަށް ދިޔައެވެ. އެތަނަކީ ގޭގެ ބިއްދޮށުގައި އޮންނަ ތަނެކެވެ. މަޑު ހިނގުމެއްގައި މަލާކް ބަގީޗާތެރޭގައި ހިނގަމުން ދިޔައީ އެއްވެސް ޚިޔާލެއް ފިކުރެއްނެތް ތުއްތު ކުއްޖެއްހެންނެވެ. ހިނިތުންވެލައިގެން އިނދެ މާތަކުގައި އަތްކާތަމުން ދިޔައެވެ. ޖެހިލާ ރޯޅިތަކާއެކު މޫނުމައްޗަށް ފައިބަމުންދިޔަ އިސްތަށިތައް އިރުއިރުކޮޅާ އެއްއަތުން ރީތިކޮށްލައެވެ. މުޅި މާހައުލުގައި އެއްވަހަކަށް އޮތީ ފިނިފެންމަލުގެ ހިތްގައިމު މީރު ވަހެވެ. އެބަގީޗާގައިވެސް ގިނައީ އެކި ކުލަކުލައިގެ ފިނިފެންމަލެވެ. ގެއަށް ދީފައިވާާ ނަމާާ ކިތަންމެހައިވެސް ގުޅެއެވެ. ކުދިކުދި ކޮކާތައްވެސް އެއްމަލުން އަނެއްމަލަށް އުދުހިފައިދަނީ އުފަލާއެކީއެވެ.

ބަގީޗާތެރޭގައި ހިނގަމުންދިޔަ މަލާކް ސިހުނީ ފަހަތުގައި މީހަކު ހުރިހެން ހީވެގެންނެވެ. އެނބުރި ބަލައިލިއިރު ޒަލަފްގެ އަނބިމީހާ ރުވާ މަލާކްގެ ހަރަކާތް ތަކަށް ބަލަން ހުއްޓެވެ. އެތަންފެނި އުޅެވުނުގޮތް ހިތަށްއަރާފައި މަލާކް ހިސާބަކަށް ލަދުގަތެވެ.

“އެކަނިތަ؟ ކޮބާ އައިދުން؟” ހިތްހެޔޮ ރާގަކަށް ރުވާ އަހައިލިއެވެ. “އައިދު ވީ އޮފީހަށް ގޮސް.” ހިނިތުންވެލަމުން މަލާކް ބުނެލިއެވެ. “ހިތްގައިމު ދުވަހެއްދޯ. ފޫހިވާތީ އަހަރެންވެސް މިތަނަށް މިއައީ. މަލް މިއަދު ފްރީ ވާނެތަ؟” މަލާކް އާ ދިމާއަށް ހިނގައިގަތް ރުވާ އެކިއެކި ވާހަކަތައް ދައްކަންފެށިއެވެ. ރުވާއަކީ ކުޑައިރުއްސުރެވެސް މީހުނާ ގުޅޭ އަނގަ ގަދަ ކުއްޖެކެވެ. “ހޫމްް. މިއަދު އަދި ނެތްކަމެއް. ދޮންބެދައްތަ ކަމަކުތަ؟” އޭނާ ގާތަށް އައިސް ހުއްޓިލި ރުވާއަށް ބަލައިލަމުން މަލާކް އަހައިލިއެވެ. “އާން. އަހަރެންނާއެކު ކުޑަކޮށް ޝޮޕިންގް ކޮށްލަންދާން ބުނަންކަމަށް.” ކައިރީގައި އިން ފިނިފެންމާ ގަހުން މަލެއް ބިދެލަމުން ރުވާ އޭނާ އައި ބޭނުން ހާމަކޮށްލިއެވެ. ” އޯކޭ. އަހަރެންވެސް މިހުންނަނީ ޝޮޕިންގް ކޮށްލަން ދާން ބޭނުންވެފަ.” ރުވާގެ އެދުމަށް މަލާކް ވަރަށް ފަސޭހައިން އެއްބަސްވިއެވެ.

ހަވީރު އަތަށް އަޅައިލުމުން އައިދުންގެ ހުއްދަ ހޯދައިގެން މަލާކް ރުވާއާ އެއްކޮށް ފިހާރައަށް ދިޔައެވެ. ގެއަށް އާދެވުނުއިރު ހުރީ އިރުއޮއްސެން ކައިރިވެފައެވެ. ކޮންމެ މީހެއްގެ އަތުގައި ދެތިން ކޮތަޅު ހުއްޓެވެ. ކޮޓަރިއަށް ވަތް މަލާކް ވަރުބަލިކަމާއެކު ސޯފާގައި ކޮތަޅުތައް ބަހައްޓައިލުމަށްފަހު ގޮސް އެނދުމައްޗަށް ވެއްޓިގަތެވެ. ފާޚާނާއިން ނުކުތް އައިދުންއަށް މިތަންފެނި ހިނިއައެވެ.

“ވަރަށް ވަރުބަލިތަ؟” ތުވާލި ހަރުގައި އަޅުވާލުމަށްފަހު އައިދުން މަލާކް ގާތަށް އައެވެ. ” ޔާ. ވަރަށް ބައިވަރު ސާމާނު ގަތީމޭ. ދޮންބެދައްތަ ހާދަ ރަނގަޅޭދޯ. ވަރަށް ހިތްހެޔޮ. މީހުންނާ ވަރަށް ގުޅޭ.” ހިތްހަމަޖެހިފައި އިން މަލާކް އޭނާގެ ގާތަށް އައި އައިދުންގެ ކަރުގައި އަތްއަޅުވާލުމަށްފަހު އިތުރަށް ގާތްކޮށްލިއެވެ. ދެމީހުންވެސް އެމީހުންގެ އަމިއްލަ ދުނިޔެއަކަށް ގެއްލެން މާކަ ގިނަ ވަގުތެއް ނުނެގިއެވެ. ކައިވެނީގެ ފުރަތަމަ ދުވަހަށް ވެފައި ދެމީހުންވެސް ތިބީ އެކަކު އަނެކަކަށް އިންތިހާއަށް ބޭނުންވެފައެވެ.

* * *

މަލާކްއާާ އައިދުންގެ ކައިވެންޏަށް ބަރާބަރު އެއްމަސްވެގެން ދިޔައިރުވެސް އެދެމީހުން ރަށުން ބޭރު އެއްވެސް ތަނަކަށް ނުދެއެވެ. އައިދުން އޮފީހުގެ ކަންތައް ހުންނަގޮތުން ގިނަވަގުތު ހޭދަކުރަން ޖެހެނީ އޮފީހުގައެވެ. ވުމާއެކު މަލާކް ގޭގައި ގިނަވަގުތު އެކަނި ހުންނަން ޖެހޭތީ ޝީރީނާއެކު ގޭގެ ބަގީޗާގައި ގަސް އިންދުމުގެ މަސައްކަތް ފެށިއެވެ. އެކަންވީ މަލާކަށް ނިކަން ގަޔާވެގެން ކުރަން ފެށުނު މަސައްކަތަކަށެވެ.

* * *

“އިމްލީ، ތިތާނގަ އިން ސެލެޑްތަށި ގެނެސްބަލަ” ކާމޭޒު މަތީ ތަށިތައް އަތުރަންހުރި މަލީކާ ތަންކޮޅެއް ބާރަށް ބުނެލިއެވެ. އެއާއެކު ޒުވާން އިންޑިޔާ ކުއްޖެއް އަވަސް ހިނގުމެއްގައި ސެލެޑް އަޅާފައި ހުރި ބިއްލޫރި ބޯ ތައްޓެއް ހިފައިގެން އައެވެ. އިމްލީގެ އަތުން ތަށި އަތުލުމަށްފަހު މަލީކާ އެތަށި މޭޒުގެ މެދެއްހައި ހިސާބުގައި ބަހައްޓާލިއެވެ. އެވަގުތު ގޭގެ ބެލްޖަހާއަޑު އިވިފައި ކުރަން ހުރި މަސައްކަތް ހުއްޓާލުމަށްފަހު މަލީކާ ގޭގެ ބޮޑު ދޮރާ ދިމާއަށް މިސްރާބުޖެހިއެވެ.

ހުޅުވިގެންދިޔަ ދޮރު ކުރިމަތީގައި ހުއްޓިލައިގެން އިން މަލާކް ފެނުމާާއެކު މަލީކާގެ މޫނު އުޖާލާވެގެން ދިޔައެވެ. އަވަހަށް ދަރުފުޅު ގައިގައި ލޯތްބާއެކު ނިކަން ބާރަށް ބައްދާލިއެވެ. މަލާކް ވެސް ހުރިހައި ދަތެއް ފެންނަވަރަށް ހިނިތުންވެލައިގެން އިނދެ މަލީކާގެ ގައިގައި ބައްދާލިއެވެ. އިރުކޮޅަކު ދެމައިން އެގޮތަށް ތިބުމަށްފަހު މަލީކާ އެނާގެ ދަރިފުޅުގެ އަތުގައި ހިފައިގެން ހުރެ ގޭތެރެއަށް ވަނުމަށްޓަކައި ހިނގައިގަތެވެ. ކުޑަތަންކޮޅަކަށް ގޮސްފައި މަލީކާގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައެވެ. އަދި އެނބުރި ފަހަތް ބަލައިލަމުން މަލާކްގެ މޫނަށް ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ.

“ދަރިފުޅު އެކަނިތަ؟ ކޮބާ އައިދުން؟” މަލީކާ ނިތަށް ރޫ އަރުވައިލަމުން އަހާލިއެވެ. “އައިދު ވީ އޮފީސް ކަމެއްގަ އޮފީހަށް ގޮސް. ދަމުން އަޅުގަނޑު މިގެއަށް ލާފަ އެދިޔައީ. ބަލައި އަންނާނެ.” ހިނިތުންވެލައިގެން އިން މަލާކް ބުނެލިއެވެ. “އެހެންތަ. ދަރިފުޅުމެން ހަނީމޫނަށްވެސް ތަނަކަށް ޖައްސައިނުލަނީތަ؟” އަރާމު ސޯފާާ ގޮނޑިއެއްގައި މަލާކް ބައިންދަމުން ލޯބިން މަލީކާ އަހައިލިއެވެ.” އަދި ނެތެއްނު ނުދެވިފައެއް މަންމާ. އައިދު އޮފީހުގަ މިދުވަސްކޮޅު ބިޒީކަމުން ޗުއްޓީނެގޭވަރު ނުވެގެން އެއުޅެނީ. އެހެންވެ ތަނަކަށް ނުދެވިފަ މިތިބީ. ” މަލީކާގެ ކޮނޑުގައި ހިފައި އޭނާ ގާތުގައި ބައިންދަމުން މަލާކް އޮޅުންފިލުވައި ދިނެވެ.

“އޯ. އެހެންދޯ. ދަރިފުޅު ކައިފިންތަ؟ މަންމަ ދެންމެ މިއައީ ކާން ތައްޔާރުކޮށްފަ. ހިނގާ ކާންދާން.” މަލީކާ ހީވަނީ އުފަލުން ގޮސްް އުދުއްސައިގަނެފާނެ ހެންނެވެ. ވާނީވެސް އެހެންނޫން ހެއްޔެވެ؟ މަލާކް އަކީ އެދެމަފިރިންގެ ހުރި ހަމައެކަނި ދަރިފުޅެވެ. ކައިވެންޏަށްފަހު މިއީ މަލާކް އެގެއަށް އައި ފުރަތަމަ ދުވަހެވެ.

“ބައްޕަ ގޭގައި ނޫޅުއްވަނީތަ؟” މަލީކާގެ ހިނިތުންވެފައި ހުރި މޫނަށް ބަލައިލަމުން މަލާކްވެސް އުފާވެލައިފައި އަހާލިއެވެ. “ނޫނޭ. ބައްޕަ ވެއްޖެ ކޮޓަރީގަ. އަންނާނަން ގޮވައިގެން.” އެހެންބުނެފައި ސޯފާއިން ތެދުވި މަލީކާގެ އަތުގައި މަލާކް ހިފިއެވެ. “މަންމާ. އަޅުގަނޑު ދަންތަ ބައްޕައަށް ގޮވާލަން. އަޅުގަނޑު ބޭނުމީ ބައްޕައަށް ސަޕްރައިޒެއްދޭން.” މަލީކާގެ މޫނަށް ބަލައިލަމުން ލޯބިގޮތަކަށް މޫނު ހަދައިލަމުން މަލާކް ބުނެލިއެވެ. މަލާކްގެ އެދުމަށް ހިނިއައިސްފައި އިން މަލީކާ އަވަސް އަވަހަށް ބޯޖައިލީ އެކަމާ އެއްބަސްވުމުގެ ގޮތުންނެވެ. އެއާއެކު ދުވަމުން ތެޅެމުން ފޮޅެމުންކަހަލަގޮތަކަށް މަލާކް ސިޑިން މައްޗަށް އަރަންދިޔައެވެ. އެތަންފެނި މަލީކާ ގާތަށް ހިނިއައެވެ. ކައިވެނި ކުރެވުމުންވެސް އޭނާގެ ދަރުފުޅުގެ އެހުންނަ ކުޑަކުދިންގެ ގޮތްގަނޑު ނުކެނޑޭކަން ދެންމެ ފެނުނު މަންޒަރުން އެކަނިވެސް އެނގެއެވެ.

ްައަތުގައި އޮތް ފައިލަށް ބަލަމުން ކޮޓަރީގެ ދޮރު ހުޅުވައިލައިފައި ނުކުތް ސައީދު ސިހިގެން ދިޔައީ އޭނާާގެ ގައިގައި ވަރަށް ބާރަށް މީހަކު ބައްދައިލުމުންނެވެ. ހައިރާންކަމާއެކު ބަލާލި ސައީދުގެ މޫނު ވަގުތުން އުޖާލާވެގެން ދިޔައީ އޭނާގެ ގައިގައި ބައްދާާލައިގެން އިން މަލާކް ފެނުމުންނެވެ.

“ދަރިފުޅާާ. ބައްޕަގެ ކުޑަ ޕްރިންސެސް މިގެއަށް އައީ ކޮންއިރަކު؟” ލޯތްބާއެކު މަލާކްގެ ހަށިގަނޑުގައި ބައްދާލަމުން ސައީދު އުފާާވެލާާފައި ބުނެލިއެވެ. “ޕްރިންސެސް” އަކީ އެންމެ ކުޑައިރުއްސުރެވެސް ސައީދު މަލާކްއާ މުޚާތަބުކުރާާ ނަމެވެ. “ދެންމެ އައީ. ހިނގާ އަޅުގަނޑާއެއްކޮށް ކާން. މިއައީ ބައްޕަ ބަލާ.” ސައީދާާ އެއްކޮށް ސިޑިއާާ ދިމާއަށް ހިނގައިގަންނަމުން މަލާކް ބުނެލިއެވެ. ސައީދުމެންގެ ދެމަފިރިންނަށް މަލާކްއަށްފަހު އިތުރު ކުއްޖެއް ނުލިބެއެވެ. ވުމާއެކު އެދެމަފިރިން މަލާކްދެކެ ވަނީ އަމަށަމު ލޯތްބެއް ނޫނެވެ. ރަނގަޅުގޮތުގައި މަލާކް ތަރުބިއްޔަތު ކުރީ ދެމަފިރިން އެއްވަރަކަށް ހިއްސާާވެގެންނެވެ. މަލާކްއަކީ އަންހެންކުއްޖަކަށް ވުމާއެކު ސައީދު ވަކިން ބޮޑު ސަމާލުކަމެއް މަލާކްއަށް ދެއެވެ. ގިނަވަގުތު މަލާކްއާާ އެއްކޮށް ހޭދަކުރުމުގެ ނަތީޖާއަކަށްވީ އެދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަވެ ބަދަހިވެގެންދިއުމެވެ.

* * *

ޑްރެސިންގް ޓޭބަލް ކައިރީ ރީތިވާން އިން ޝީރީން އެނދުމަތީ ލެޕްޓޮޕް ހިފައިގެންއިން އޭނާގެ ފިރިމީހާއަށް ލޯގަނޑުން ބަލައިލިއެވެ. ވާާފިރު އިނީ އޮފީހުގެ މަސައްކަތެއްގައެވެ. “ވާފިރު. އަހަރެން ވާފިރު ގާތު ވާާހަކައެއް ދައްކަންވެފަ ހުންނަތާ ވަރަށް ދުވަސްވެއްޖެ.” އަތުގައި ލޯޝަންކޮޅެއް އުނގުޅައިލަމުން ޝީރީން ސީރިއަސްވެލައިފައި ބުނެލިއެވެ. “އަނެއްކާ ކޮންވާހަކައެއް؟” ލެޕްޓޮޕް އެއްކައިރީ ބަހައްޓައިލަމުން ވާފިރު ޝީރީން ދައްކަންއުޅޭ ވާހަކައަކަށް ސަމާލުކަން ދިނެވެ. “އައިދުން އާ މަލާކްއާާ ދެކުދިން ކައިވެނި ކުރީއްސުރެ ރަށުން ބޭރުތަނަކަށް ޖައްސައިނުލާ. އެކުދިންގެ ހަނީމޫން ކަންތައް އޮތީ ކިހިނެއް؟” ކަންބޮޑުވެފައިވި ރާގަކަށް ޝީރީން އަހައިލިއެވެ. “އެކުދިން ހަނީމޫނަށް ދާންވީމަ ހަމަ އެނގޭނީ އެކުދިންނަށް. އަހަރެން މިހުރީ އެކުދިން ބޭނުން ތަނަކަށް ފޮނުވައިދޭ ގޮތަށް.” ހަމަޖެހިލަމުން ވާފިރު ބުނެލިއެވެ. “އަހަރެންނަށް އައިސި ވަރަށް މޮޅު ޚިޔާލެއް.” ކުޑަކޮށް ހިނިތުންވެލަމުން ޝީރީން ވާފިރުއަށް ބަލައިލިއެވެ. ވާފިރު ޝީރީނަށް ބަލައިލީ ކޮންޚިޔާލެއްތޯ އަހައިލާފަދަ ގޮތަކަށެވެ. އެއާއެކު ޝީރީން އޭނާ ވިސްނާފައިވާ ގޮތް ހާމަކޮށްލިއެވެ.

ހެނދުނުގެ ނާސްތާއަށް އިންސާފުކުރަން މޭޒު ދޮށުގައި އާއިލާގެ ހުރިހައި މެންބަރުން ތިއްބެވެ. މިއަދު އައިލަމް ވެސް ތަންކޮޅެއް އަަވަހަށް ހޭލީތީ ޝީރީން އިނީ ވަރަށް ހިތްހަމަޖެހިފައެވެ.

“އައިދުން. ދަރިފުޅުމެން އެއްވެސް ތަނަކަށް ޗުއްޓީހޭދަކޮށްލަން ދާކަށް ނުވިސްނަންތަ؟” މާހައުލުގެ ހަމަހިމޭންކަން ނައްތައިލީ ވާފިރުގެ އަޑުންނެވެ. އެއާއެކު އައިދުން މަލާކްގެ މޫނަށް ބަލައިލިއެވެ. “ނޫން ބައްޕާ. އޮފީހުގެ މަސައްކަތްތައް ހުންނަގޮތުން އަދި މަލް ގޮވައިގެން ތަނަކަށް ނުދެވިގެން މިއުޅެނީ.” ޖޭމް އުނގުޅައިފައި މަލާކް ދިއްކޮށްލި ޕާން ފޮތިން އެތިކޮޅެއް އަނގައަށް ލަމުން އައިދުން ބުނެލިއެވެ. “އޮފީހުގެ ކަންތަކާ ދަރިފުޅު ކަންބޮޑުނުވޭ. އެކަންކަން ބައްޕަ ބަލައިލާނަން. ” ހިނިތުންވެފައި ވާފިރު ބުނެލިއެވެ. “ދަރިފުޅުމެން އަވަހަށް ދަތުރު ތައްޔާރުކުރޭ. ބައްޕަ އޮންނާނީ ދަރިފުޅުމެން ދާނެ ރަނގަޅުތަނެއް ހަމަޖައްސާފަ.” ވާފިރު އިތުރަށް ބުނެލިއެވެ. “ކޮންތަނެއްތޯ ބައްޕާާާ؟” ގަޔާވެފައި އިން މަލާކް އަހައިލިއެވެ. “ރާއްޖެތެރޭގެ ރަށެއްގައި ހުންނާނެ އައިދުންގެ ވަރަށް ރީތި ބޮޑު ހަވޭލީއެއްފަދަ ގެއެއް. އެއީ އައިދުން އަމިއްލަ ފައިސާއިން ގަތް ގެއެއް. މަލާކް ދުވަހަކުވެސް ނުދަމެއްނު ރާއްޖެތެރޭގެ ހިތްގައިމު ރަށެއް ބަލައިލާކަށް. މި މާލެއަށްވުރެ އެތައް ގުނައެއް ރީތިވެފައި ހިތްގައިމުވާނެ. ދަރިފުޅުގެ ބައްޕަ ބުންޏޭ ދަރިފުޅު ނިކަން ރާއްޖެތެރޭގެ ރީތި ރަށަކަށް ދާހިތުން އުޅޭ ވާހަކަ. އެހެންމަ ބައްޕަ މިވިސްނަނީ ދަރިފުޅުމެން އެރަށަށް ފޮނުވަން. ކިހިނެއްވާނެ އެގޮތް؟” ވާފިރުު އެއްފައްޗަކަށް ހުރިހައި ވާހަކައެއް އަމުނައިލިއެވެ. ވާާފިރުގެ ވާހަކަތަކުން މަލާކްގެ ދޮންމޫނު އިތުރަށް އުޖާލާާވެގެން ދިޔައިރު އައިދުންގެ މޫނު ކަޅުވެގެން ދިޔައެވެ. އޭނާ އެއްގޮތަކަށްވެސް އެހަވޭލީއަށް ދާކަށް ބޭނުމެއް ނޫނެވެ. އޭނާގެ ކަޅު އަނދިރި މާޒީ މީހަކަށް އެނގޭކަށް އޭނާ ބޭނުމެއްނޫނެވެ. ޚާއްސަކޮށް މަލާކަށެވެ.

*****
ގިނަދުވަސްތަކަކު ވިއްސާރަ ކުރުމަށްފަހު ދޭންފެށި ގަދަ އަވީގެ ސަަބަބުން މީހުންގެ ބޯތަށް ފިއްސަމުން ދިޔައެވެ. މަގުތަކުގައި ހަރަކާާތްތެރިވަމުންދިޔަ ގިނަ މީހުންގެ އަތުގައި ކުޑައެއްއޮތެވެ. އަވިގަދަކަމުން ހަންގަނޑު އަނދައިފާނެތީ އެކަމާ ބިރުން ކަމަށްވެސް ވެދާނެއެވެ.

ވިއްސާރައިގެ ސަބަބުން މަގުތަކުގައި އާާދަޔާ ޚިލާާފަށް ގަސްގަހުން ފައިބައިފައިވާ ފަތްތައް ގިނައެވެ. ހެނދުނުގެ ވަގުތުކަމުން ގޭގޭ ދޮށު ކުނިކެހުމުގައި ބައެއް އަންހެންވެރިން ހަރަކާތްތެރިވަމުން ދިޔައެވެ. ސްކޫލް ކުދިންވެސް ފޮތްދަބަސް ހިފައިގެން ގްރޫޕް ހަދައިލާާފައި ަަމަދަރުސާއާާ ދިމާއަށް ހިނގަމުންދިޔައެވެ.

ދަރުކޮށުމުގެ ނިޔަތުގައި ވަލާ ދިމާއަށްދާ ކޮންމެ އަންހެނަކުވެސް ދަނީ އެބޮޑު ހަވޭލީއާ ދިމާއަށް ބަލައިލައިފައެވެ. ގޭގެ ބޭރު ކުނިކެހުމުގައި އަވަދިނެތި ބިދޭސީ އަންހެނަކު ހަރަކާތްތެރިވަމުން ދިޔައެވެ. އެހެންލާފައިދާ ކޮންމެ މީހަކަށް އޭނާާ ހިނިތުންވެލަނީ ހިތްހެޔޮކަމާއެކުއެވެ. ކުނިކައި ނިންމާލުމަށްފަހު އެބިދޭސީ އަންހެންމީހާ ހަވޭލީތެރެއަށް ވަދެގެން ދިޔައެވެ. ވަކިހިސާބަކަށް ދިޔަތަނާ ތަޅުއެޅައި ބަންދުކޮށްފައިވާ ކޮޓަރިން އެއްޗެހިތަކެއް ތެޅޭ އަޑު އިވެންފެށިއެވެ. އަބަދުވެސް އިވޭ އަޑަކަށް ވާތީ އޭނާ އެކަމަކަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ. އެތަނުގެ ހަޤީގަތް އެނގެނީ ކަމަށްވެސް ވެދާާނެއެވެ. އިރުކޮޅަކު އެކޮޓަރިއާ ދިމާއަށް ބަލަން ހުރުމަށްފަހު އޭނާ ގޮސް ބަދިގެއަށް ވަނީ ހެނދުނުގެ ސައި ތައްޔާރުކުރުމުގެ ނިޔަތުގައެވެ.

އަތްމަތި އަވަސްކޮށްލުމަށްފަހު އޭނާ ސައިހަދައި ނިންމާލިއެވެ. “ކަމަރް. ” އަޑަށް ބާރުލައިފައި އެއަންހެންމީހާ ގޮވައިލިއެވެ. އެއާާއެކު ނިކަން ބާރު ހިނގުމެއްގައި އެތަނަށް އައިސް ހުއްޓުނީ ބިދޭސީ ފިރިހެނެކެވެ. “ސައި ހެދުނީތަ ޝާންތާ؟” އެމީހުންގެ ބަހުން ކަމަރް އަހައިލިއެވެ. “އާން. އަވަހަށް އޭނާއަށް ސައި ހިފައިގެންދޭ” ތަށިތައް އަތުރާފައި ހުރި ތަބަކެއް ކަމަރް އަތަށް ދެމުން ޝާންތާ ބުނެލިއެވެ. ބޯޖަހައިލުމަށްފަހު ކަމަރް އެތަބައް ހިފައިގެން ހިނގައިގަތީ ބަންދުކުރެވިފައިވާ އެކޮޓަރިއާާ ދިމާއަށެވެ.

ކޮޓަރީގެ ކައިރީގައި ހުރި ލަކުޑި މޭޒެއްމަތީ ތަބަށް ބެހެއްޓުމަށްފަހު ލައިގެންއިން ޖިންސްގެ ޖީބުން ރިހިކުލައިގެ ތަޅުދަނޑިއެއް ނަގައި ކޮޓަރީގެ ބޮޑު ދޮރުގައި އެޅުވިފައިވާ ތަޅު ކަމަރް ހުޅުވައިލިއެވެ. އަދި ދެއަތުން އެދޮރު ދެފަރާތައް ކޮށްޕައިލިއެވެ. އެއަށްފަހު ތަބަށް ނަގައި އެކަނު އަނދިރި ކޮޓަރިތެރެއަށް ވަނުމަށް ކަމަރް ހިނގައިގަތެވެ.

Share Article

Follow Me Written By

Nau

Level 810 Stories100 Comments500 Comments100 Stories100 Login1K Comments

A girl who loves reading and writing stories. My dream has always been to become a successful story writer. In Sha Allah. ❤

Other Articles

Previous

ޢެދެމޭ އުފާ….(28)

Next

އީލާމް -10

Next
October 8, 2017

އީލާމް -10

Previews
October 8, 2017

ޢެދެމޭ އުފާ….(28)

53 Comments!

  1. Naufa says:
    October 8, 2017 at 12:55 am

    Hey all.. Assalaam alaikum.. Here is the first part of this stroy.. Hope u all will like this part.. Rangalhu kuran jehey thaneh innama bunelahchey.. And kiyuntheringe mauloomaathahtakaa bunelan mi vaahaka up vaany knmw two days in one day ga.. ?

  2. Merr says:
    October 8, 2017 at 1:22 am

    Story habeys ❤
    Avahah up kolladheythi ??
    Waiting for the next part ??

    1. Naufa says:
      October 8, 2017 at 6:13 am

      Thanks ?

  3. Aishath says:
    October 8, 2017 at 7:54 am

    Vaahaka v reethi…

    1. Naufa says:
      October 8, 2017 at 8:02 am

      Thanks aishath?

  4. afu says:
    October 8, 2017 at 9:00 am

    Zamaany fenvarah ehaa muhsandhi ge eh ga 32′ inch, TV eh huryma kamaku Nudhey, Ekm story v v v habeys.

    1. Anonymous says:
      October 8, 2017 at 11:01 am

      Yes thi thankolhu faahaga vey v.. 51 inch jahaafa innama ranglhu vaane kamah hyve.. bt story hama super duper.. ????

    2. Naufa says:
      October 8, 2017 at 4:54 pm

      Thanks

  5. Ary says:
    October 8, 2017 at 9:03 am

    V Reethi.

    1. Naufa says:
      October 8, 2017 at 4:55 pm

      Thank u

  6. Rose says:
    October 8, 2017 at 9:17 am

    Love it?

    1. Naufa says:
      October 8, 2017 at 4:56 pm

      Thanks rose?

  7. Laii says:
    October 8, 2017 at 10:28 am

    Vrh reethi vaanehen heevey.. regular koh up koddhecchey??

  8. Zaain says:
    October 8, 2017 at 11:17 am

    Story reeti…. ekamaku sifakuruntah genesdyfa hury maa faalhukan bodukoh… mibuna ehchaky Story kiyaalaairu heevany eki eti koa koa vaki vakin sifakohlaafa hurihen… ehaa sifakurun boduvyma kiyan undagu foohiva goiyy vany… but guduraty sifakun tah genesdyfa huri goiyy v hiyygaimu…. + ibaaraaiy kurunvs v reeti v hamajehey….. vaki vaki sifakuruntah ehaa bodah niulhaanulaa kudakoh sifakohdinyma story perfect vaane….

  9. sana says:
    October 8, 2017 at 11:34 am

    Wow!nice???

  10. Rysh says:
    October 8, 2017 at 12:07 pm

    Maaleyga meehun dharu hovan dhey tha?

    1. Mine says:
      October 8, 2017 at 12:22 pm

      Rangalhah kiyaaabala vaahaka deloa hulhuvaign rysh..aee raajeterey rashey ga hurI haveyli eh..e rashu meehun r danI daruhovan..Varah reethi vaahkaa eh..

    2. Izu says:
      October 10, 2017 at 6:31 pm

      Naufa koffa in reply eh hen bodah heevanee.

    3. Naufa says:
      October 10, 2017 at 9:39 pm

      No izu.. Thats nt me.. I dnt tok or reply to my reader’s comments like that.. Whether its a negative or positive comment.. Knme kahala comment eh kuriyas hama ok.. M just a starter.. Stroy writting ga.. So mistakes will be there.. I blv that.. I get strength frm my reader’s comments.. So e ee kithanme negative comment eh namaves egothakah reply eh nudheynan.. In sha allah..

    4. Naufa says:
      October 10, 2017 at 9:41 pm

      Story*

  11. reader says:
    October 8, 2017 at 2:43 pm

    Horror story ehtha?

  12. reader says:
    October 8, 2017 at 2:44 pm

    Heevany ehnoon. Yaqeen kanne horror ehchhe kan

  13. Naape says:
    October 8, 2017 at 3:06 pm

    Vaahaka salhi… keep it up

  14. $JK..KOREAN says:
    October 8, 2017 at 3:53 pm

    ohh varah salhi.. heevey v interesting vaane hen.. anyways, good luck. waiting for next part.. 🙂

  15. Saeedha Mohamed says:
    October 8, 2017 at 4:13 pm

    Varah reethi ???

  16. khajja says:
    October 8, 2017 at 4:42 pm

    Wow masha allah stry v v v speechless??? whn nxt prt avaskolladhybala ??❤

  17. Naufa says:
    October 8, 2017 at 5:00 pm

    Thankx all.. Next part in sha allah on tuesday.. ❤?

  18. naee says:
    October 8, 2017 at 5:25 pm

    Den 32 footage TV ehtha innanve.mussandibayakas ebayaku behehti fenvarehge tv eh hunnaaney.vaahaka vvv salhi.

    1. Naufa says:
      October 8, 2017 at 5:30 pm

      Thanks naee?

  19. mamee says:
    October 8, 2017 at 5:47 pm

    Mivaahaka kiyaaleyma alhugandah engey mivaahakaega ulhey de aailaa kithamme mussandinamaves ehaa bodaakamenne baehkanme v saada diriulhumehge veribaehkan vaahaka v reathi vaahakakiyaa meehehge haisiyyathun vaahaka kiyuntherinnah bunelan faadkiyaaeru binaakuranivi faadkiyaashey vaahaka liyuntherinnah liumuge kudi kudi kuhthah rahngalhukuran hivvarulibeygothah.kithamme molhumeehakas kuhkureveyne aee mahsalaennu.

  20. mamee says:
    October 8, 2017 at 6:12 pm

    Mivaahaka kiyaaleyma alhugahndah faahagakurevuney mivaahakaegaulhey meehun kithamme mussandibayakas bodaakamenne v saada baehkan mivaahaka v reathi .

  21. mamee says:
    October 8, 2017 at 6:22 pm

    Vaahaka kiyaameehehge haesiyyathun kiuntherinnah bunelan faad kiyaaeru binaakuranivi gothah faadkiyaashey kithamme molhumeehakas kuhbaheh liyevidaaneye aeekey massalaennu eyrun liuntherinnah libey v bodu hivvarakahvaaneye.faadkiyaaeru anekaage hihmruvaagothah emeehunge kurimagu bana nuvaagothah faadkiyaashey.

    1. Nashuu says:
      October 8, 2017 at 6:35 pm

      varah rangalhu vaahaka eh thibunee mamee

    2. $JK..KOREAN says:
      October 9, 2017 at 6:06 am

      rangalhah hama thibuny 🙂

  22. click a shot ? says:
    October 8, 2017 at 6:29 pm

    hey naufa..☺️ naufa ge mistory ves kurin liyun story’s ah vure reethi vaanekamah umeedhu kuran..e story thakah vure mi story maa reethi vaanehen hyvany…naufa dhen liyaany biruveri stry ekey bunyma kehkurevuny eh nu..finally miadhu kiyaalan libuny..??

    1. Naufa says:
      October 8, 2017 at 8:01 pm

      Thanks click a shot❤

  23. jjey ? says:
    October 8, 2017 at 7:25 pm

    Hey nau. Happy to see you here?. Btw wahak reethi. Ekam kuree baiga thankolheh ginaee explanation bai. I mean interesting bai ini enme fahathuga and feshumuga. Kudhi kudhi mistakes huri. Liyun varakah rangalhuvaane ekanthah?. Waiting for next part. And keep it up?

    1. Naufa says:
      October 8, 2017 at 8:02 pm

      Ya in sha allah.. Thanks dear.. ?

  24. Azu says:
    October 8, 2017 at 7:58 pm

    As always… v nice nau… the best..?? waiting for the next part… so curious… haha..

    1. Naufa says:
      October 8, 2017 at 8:06 pm

      Thanks azu..?❤

  25. maroon says:
    October 8, 2017 at 10:17 pm

    Naufaaaaa….
    Waiting.. v reethi ?

    1. Naufa says:
      October 8, 2017 at 10:48 pm

      Thanks maroon..?

  26. Naaz says:
    October 9, 2017 at 12:02 am

    Mi biruveri vaahaka eh or loabyge vaahaka eh

    1. Naufa says:
      October 9, 2017 at 12:04 am

      Both

  27. Khadheeja says:
    October 9, 2017 at 12:41 pm

    Vv salhi kuriah oh baithah V furihama vaanehen heevanee

    1. Naufa says:
      October 14, 2017 at 1:58 pm

      Thank u

  28. His girl says:
    October 11, 2017 at 8:28 pm

    The story I beautiful… waiting for the next part❤️

  29. His girl says:
    October 11, 2017 at 8:29 pm

    The story Is beautiful… waiting for the next part❤️

  30. imsha☺ says:
    October 14, 2017 at 10:57 am

    Vrh vrh vrh rythi mi part vxx hope nxt part vxx hams vrh vrh salhi vaane kamah… vrh vrh vrh salhi…. nd r u frm kudahuvadhoo?? DH.A.E.C ga ulheythy… m frm Kudahuvadhoo ehenve.. ☺☺
    Btw vrh rythi stry.. good luck Naufa..☺

  31. haha says:
    October 14, 2017 at 12:15 pm

    sifa kohdheefa hurileh bodukamun foohi. dhen miyeh nukiyeyne

    1. imsha☺ says:
      October 14, 2017 at 3:13 pm

      No.. Vrh salhi.. vrh kiyaa hivveyy..

  32. xoo says:
    October 21, 2017 at 11:28 am

    varah reethi.. sifa kurunthah vex ehaa molhu.. hama loa kurimathin sifa vaa kahala… very well done.. keep it up ^_^

  33. Usaima says:
    May 30, 2018 at 3:34 pm

    Vvvv..salhi

Comments are closed.


All Right Reserved!