ދުރުގައިވިޔަސް…38 ވަނަ ބައި
ނަކީލް އަމިއްލަ ނަފްސުކުށްވެރިކުރަމުންދިޔައީ އެންމެ ފަހުވަގުތުވެސް މަންމައާއި މެދު ކަންތައްކުރެވުނުގޮސް ހިތަށް އަރާފައެވެ. އެމަންމަ ކިހާ އާދޭހެއްކުރިހެއްޔެވެ. ނަކީލްގެ ފަރާތުން އޯގާތެރިކަން ބޭނުންވީވަގުތު ނަކީލްއަށް ނުދެވުނީ ކީއްވެހެއްޔެވެ.
……………………………………………………………………………..
ހަފްތާއެއް ވޭތުވެގެން ދިޔައިރު މަޑުމަޑުން މެލިސާނެތްކަމުގެ ހިތާމައަށް ކުޑނަމަވެސް ލުޔެއް ލިބިގެންދިޔައެވެ. ނަކީލް އެ ހަފްތާ އެކީ ވޭތުކުރީ ނިހާލްގެ ގޭގައި ކަމަށްވިޔަސް ފޯނުން ކައިލްއަށް ގުޅައި މާޔާގެ ކަންތައް ބަލަމުންދިޔައެވެ. ނިހާލްވެސް ނެތް ހިތްވަރަކުން ހިތްވަރުކޮށްގެން އުޅެނީ ނަކީލްއާއި ނީލްއަށްޓަކައެވެ. މަންމަ ނިޔާވި ހަބަރު އިވުމުން ނީލް އަންނަން ކިތަންމެ މަސަކަތްކުރިއަސް އެގޮތަށް މަގުފަހިނުވީ ޓިކެޓް ނުލިބުމުންނެވެ. ދިރިއުޅުން އޮސްޓްރޭލިއާރ އަށް ބަދަލުކުރީ އެކޮޅުގައި ވިޔަރާފީއެއްފަށައިގެންނެވެ. އެ ހަފްތާ ނިމުމުން ނިހާލް އޮސްޓްރޭލިއަރ އަށް ފުރީ ނަކީލްކައިރީ ދިރިއުޅޭނެ ހިތްވަރެއް ނެތޭ ބުނަމުންނެވެ. މެލިސާ ކުރި ކަންތަކުން މާޔާގެ ކުރިމައްޗަށް އަރަން ދައްކާނީ ކޮންމޫނެއްހޭ ބުނަމުންނެވެ. ދެކުދިންނަށް ބާއްޖަވެރި ދިރިއުޅުމަކަށް އެދެމުން ފުރައިގެން ދިޔައީ ދެން ކޮރެއާއަށް ނާންނަ ގޮތަށެވެ. އެދެކުދިންގެ ހާދަ ގިނަ ކަންތަކާއި ކުރިމަތިލައިފިއެވެ. އެއްފަހަރުނަމަވެސް މައިންބަފައިންގެ ނުފޫޒާއި ނުލައި ދިރިއުޅެވޭނެ ފުރުސަތެއް ހޯދައިދޭންވެއްޖެތާއެވެ.
ނަކީލް ގެއަަށް އައި ނަމަވެސް ނަކީލްގެ މިިިލާފައިވާ މޫނު ފެނުމުން މާޔާގެ ހިތުގައި ރިއްސާލިއެވެ. ނަކީލްގެ ހިތާމައިގައި ފުރިހަމައަށް ބައިވެރިވާން ބޭނުންވިޔަސް މާޔާއަށް އެހިތްވަރެއް ނުލިބުނެވެ. ވޭތުވެދިޔަ ހަފްތާތެރޭ މާޔާއަށްވެސް ވަނީ އެކިއެކި ކަންތައް ހަދާންވާން ފަށާފައެވެ. އެކަމަކުވެސް އޮޅުންގަނޑެއްގެ ތެރޭގައިވީ ހަދާންވާ ތަންތަންކޮޅުން ނަގަންވީ ކޮންމާނައެއްކަން ދޭހަ ނުވާތީއެވެ.
ނަކީލް އާއި މާޔާގެ ދެމެދުގައި ލެވިފައިވާ ފާރު ފެނި އެދެހިތްވެސް ދިޔައީ ވޭނުގައި އަދަމުންނެވެ. އެކަމަކު ކުރާނެ ކަމެއް ނެތްތާއެވެ. މާޔާ އެންމެ ފަހަރަކުނަމަވެސް ހަދާން އާވިވާހަކަ ނަކީލް ކައިރީ ބުނެލިނަމަ އެބޯފާރު މިހާރު ނުހުރީހެވެ. ނަކީލްގެ އިންތިޒާރުތަކަށް ނިމުން އައީހެވެ.
ހަވީރުގެ ވަގުތެވެ. ނަކީލްމެންގެ ކޮޓަރިއާއި އިންވެގެން ހުރި ނަތީޤްގެ ކޮޓަރިން ނިކުމެ ލޯ ފޮހެލިތަން ކައިލްއަށް ރީއްޗަށްވެސް ފެނުނެވެ. ނަކީލް ދޮރު ތަޅުލުމުގެ ކުރިން ކައިލް ކޮންމެވެސް ވާހަކައެއް ދައްކަމުން ނަކީލް ގެންދިޔައެވެ. ނަކީލްވެސް ވާހަކައިގައި ޖެހުމުން ކުރަން އުޅުނު ކަންތައްމަތިން ހަދާންނެތުނީއެވެ. އެހެން ނޫންނަމަ ތަޅުލުނައި ނުދިޔައީހެވެ. ހުވަފެނުންވެސް އެހިތާމަ މާޔަށް ދޭކަށް ނަކީލް ބޭނުންނުވާތީއެވެ. ނަތީޤްގެ ހަދާންތައް އާވެގެން އުފަލަށްވުރެ ބޮޑަށް އެހިތަށް ދެވޭނީ އަނިޔާއަށްވީތީއެވެ. ކައިލް ކުޑަކޮށް ހުޅުވިފައިވާ އެކޮޓަރީގެ ދޮރަށް ބަލާލައި އެއްމިޔަކަނުން ހީލީ ބޭނުންވީގޮތަށް ކަންތައްވީތެއެވެ. ވާހަކައިގައި ހުރެ ނަކީލް ގޮވައިގެން ގޭގެ ފެންއަރުވާ ވަޑާން ކައިރިއަށް ދިޔައީ އެދިމާ ހިތްގައިމު ކަމަށް ބުނަމުންނެވެ.
މާޔާ ބަދިގެތެރޭގައި އުޅުމަށްފަހު ނިކުތީ ކައިލްގެ މެސެޖެއްފޯނަށް ލިބުމުންނެވެ. ” ކީއްކުރަންތަ ނަކީލްގެ ކޮޓަރިއަށް އަންނަން ބުނީ.. މިތާ ވާހަކަ ދައްކަން އެނޫން ތަންތަންވެސް އެބަހުއްޓެނު …” މާޔާ ކުދިޔަމުން ދިޔައީ ނަކީލްގެ ކޮޓަރިއަށް އެތަށް ދުވަހެއް ފަހުން ވަދެވޭތީއެވެ. މާޔާ ނަކީލްގެ ކޯޓަރި ކައިރިއަށް ގޮސްގޮސް ހުއްޓާ ޖެހިގެން ހުރި ކޮޓަރީގެ ދޮރު ހުޅުވިފައިހުރުމުން ފިޔަވަޅުތަށް މަޑުޖައްސާލީ އެ ކޮޓަރިބެލުމަށް ޝައުޤުވެރިކަން އުފެދުނީތީއެވެ. އެހެންދުވަސްދުވަހު ތަޅުލާފައި ހުންނަ ކޮޓަރިއެއް ހުޅުވިފައި ހުރުމުންކަމަށްވެސް ވެދާނެއެވެ. މާޔާ ދެފަރާތަށް ބަލާލީ ނަކީލް އާދޭތޯއެވެ. އަވަސްއަވަހަށް އެކޮޓަރި ތެރެއަށް ދެމިގަތީ ބޭރުން ފިޔަވަޅުތަކެއްގެ އަޑުއިވުމުންނެވެ. ވާހަކަދައްކަމުން އައި އިރު އެއީ ކައިލްއާއި ނަކީލްކަން މާޔާއަށް ޔަޤީންވިއެވެ.
ކޮޓަރިއަށް ކަހާލެވިފައިވާ ފަރުދާތަކުން އަލިއެޅިފައިވުމުން ލައިޓް ޖައްސާކަށްވެސް ނުޖެހުނެވެ. ނޫކުލައިން ޑިސައިން ކުރެވިފައިވާ ކޮޓަރިއަކީ ކުޑަކުއްޖަކަށް މީހަކު ފަރުމާކުރާނެ އެންމެ ފުރިހަމަ ކޮޓަރިއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ތަރުތީބު ކޮށް އަތުރާލެވިފައިވާ އެކިވަރުވަރުގެ ކުޅޭ އެއްޗެހިން އެކަނިވެސް ފުދެއެވެ. އޭގެއިން ކޮންމެ އެއްޗަކުންވެސް މާޔާއަށް ވާހަކައެއް ކިޔައިދޭން އުޅޭކަހަލައެވެ.ކޮޓަރީގެ އެދުބަހައްޓާފައި ހުރި ފާރުގައި ހަރުކޮށްފައިވާ ފޮޓޯ ފްރޭމް މާޔާއަށް ފެނުމުން އެއްފިޔަވަޅު ފަހަތަށް އަޅައިލެވުނެވެ. މާޔާާާއާއި ނަކީލްގެ ދެމެދުގައި ހެވިފައި ހުރި ކުޑަކުޑަ ކުއްޖާއަކީ މިހުރިހާ ދުވަހަކުވެސް މާޔާގެ ހުވަފެންތަކުން ފެންނަ ކުއްޖާއެވެ. އެވަގުތަކީ ނަކީލްއަށްވެސް ކޮޓަރިއަށް އަރައި ހަމަވިވަގުތުކަމުން އެތެރޭގައި ހުރި މާޔާ ފެނިފައި ނަކީލް ހާސްވިއެވެ. ނަކީލް މާޔާއަށް ގޮވަން އުޅުމުން އެކަން ހުއްޓުވީ ކައިލް އެވެ.
މާޔާއާއި އައިސް ވަށައިލީ އެކިއެކި ހަދާންތަކެވެ. ” ތީ ކޮއްކީގެ އެންމެ ބެސްޓް މަންމީ…” ” ކޮއްކީ ލަވްޔޫ އަލޮޓް…” އެ މައުސޫމް އަޑު ކަންފަތުގައި ގުގުމަންފެށީ ކުލަނުޖެހޭ ތަސްވީރުތައް ދައްކައިދެމުންނެވެ. މަޑު މަޑުން ހިގާފައިގޮސް އެބޮނޑު ތަސްވީރުގައި ފިރުމާލިއިރު ދެލޮލުން ކަރުނަތައް ފައިބަމުންދިޔައެވެ. ” މަންމީ..” އެކުޑަކުޑަ އަޑުން މާޔާއަށް ހުރިހާކަމެއް ހަދާންގެނުވާ ފަދައެވެ. މިވީހާތަނަށް ހިނގި ކަންތައްތައް ސިފަވާންފެށީ ހަދާން އަންނަން ފެށުމުންނެވެ. ނަތީޤްގެ ކުޑަ އަލަމާރި ހުޅުވާލުމަށްފަހު މާޔާ ނެނގީ ނަތީޤް އެންމެ ގިނައިން ނިދަންލާ ކުރުތާއެވެ. އޭގެއިން ވަސްބަލާލީ އަދިވެސް އެވަސް އޭގެއިން ދުވާތޯއެވެ. މާޔާ އަޑުން އަޑުނަގައި ރޮމުން ބިންމައްޗަށް ތިރިވީ އެހިތްދަތިހަދާންތައް ވަށާލުމުންނެވެ. ތަޤްދީރުގެ ނިޔާ ދެކި ބަލާށެވެ. އެ ހިތާމައިގެ ދެވަނަ ފަހަރަށް މާޔާ ހަނާވާންޖެހެނީއެވެ. އެ ކުރުތާގައި ބޮސްދެމުން ގެންސިޔައިރު ހީވަނީ ކުރިމަތިން ނަތީޤް ހިނިތުންވެފައި އިންހެނެވެ. ނަތީޤްގެ ގައިގައި ބައްދައިގެން ހުރެވޭހެންނެވެ.” މަންމިއަށް މާފްކުރޭ ދޫންޏާ… މަންމީ ބެސްޓް މަންމީ އަކަށްވެސް ނުވިއެއްނު… ހުރިހާ ކަމެއް ހަދާންވީއިރުވެސް ކޮއްކީ މަތިން ހަދާނެއް ނުވި.. ސޮރީ… އެކަމަކު މަަންމީ އަބަދުވެސް ލޯބިވަން…” މާޔާ އަށް ރޮވެމުންދިޔައ ވަރުން އެއަޑު އަންނަނީވެސް ކެޑިކެޑިގެންނެވެ.
މިހުރިހާ އިރު ދޮރުމަތީގައި މަންޒަރުބަލަން ނަކީލް ހުރީ ކެތްކޮށްލައިގެންނެވެ. އެހެންނަމަވެސް މާޔާ އެގޮތަށް ރޯތަން ބަލަން ކެތްނުވުމުން ކުރިއަށް ހިނގައިގަތީ އެއަތުގެ ތެރެއަށްލާ ފޮރުވުމަށެވެ. މާޔާގެ ހަދާންތައް އާވީތީ އުފާކުރާ ހާލުގައެވެ. އެެހެންނަމަވެސް މިގޮތަށް ކަންތައްކުރަން ނަކީލް ބޭނުންނުވިޔަސް ތަޤްދީރުގައި ވާންއޮތްކަމެއް މީހަކަށ ބަދަލެއްނުކުރެވޭނެތާއެެވެ. ނަކީލް މާޔާގެ ކުރިމައްޗަށް ވާގޮތަށް އިށީން ދެއަތުން މާޔާގެ ކޮޑުގައި ހިފިއެވެ. ނަކީލް ފެނިފައި މާޔަގެ ރުއިން ހައްތަހާވެސް އިތުރެވެ. ނަކީލްއާއި މެދުވެސް މާޔާ ކިހާ ކުންހީއެއް ކޮށްފިހެއްޔެވެ. ނަކީލްގެ ކުށެއްނެތީސް ނަކީލްއަށް ކިހާ އަދަބެއް ދެވިއްޖެ ހެއްޔެވެ. މާޔާ ރޮމުން ނަކީލްގެ ގައިގައި ބައްދަައިގަތީ އެތައްފަހަރަކު މާފަށް އެދެމުންނެވެ. ” އިޓްސް އޯކޭ މައި ކުއީން… އިޓްސް އޯލް ރައިޓް…” ނަކީލް މާޔާގެ ބޮލުގައި ފިރުމަމުން ބުނަމުން ދިޔައީ މާޔާ ހުއްޓާނުލާއި މާފަށް އެދެމުން ދާތީއެވެ.
” ނޯ.. ނޯ… ކީލް ކައިރީ ނުބުނީ މައި… މައި ހަދާންވި އެކޮޅުގަ ހުއްޓާ…އެކަމަކުވެސް ނުބުނީ… ކައިލް ކީއްވެ މައި ވަރިކޮށްލީ….ކީއްވެ މައި ދެއްކި ވާހަކަ އެއް ޤަބޫލުނުކުރީ… އައި އޮންލީ ލަވްޑް ޔޫ… އެހެން އެއްވެސް މީހެއް ދެކެ ނުވަން އަދި ނުވެސް ވެވޭނެ..” ނަކީލްއާއި ދުރަށްޖެހިލަމުން ބުނެލީ އަސަރާއި އެކުގައެވެ. ނަކީލްގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވީ މާޔާ ސިއްރުކުރި ސަބަބު ވިސްނުނީތީއެވެ. ” ތީ މޮޔައެއް ދޯ… ކީލް ބުނަމެއްނު އަބަދުވެސް… މޮޔަ… މައި ވަރިކުރެވުނީތީ ސޮރީ.. އެކަމަކު ތީ އަދިވެސް އަހަރެންގެ ވައިފް… ވީ މެރިޑް އެފަހުން… ހެހެ… ދެން ދުވަހަކުވެސް ދޫކޮށްނުލާނަށް.. ލާހިކެއްނޫން މައި އަކަށްވެސް ދުރަށް ދެވޭކަށް…” ނަކީލް މާޔާގެ ނޭފަތުގައި ހިފަމުން ބުނެލީ ހިނިތުންވެ ހުރެއެވެ.
” އައި ކްނޯ…” މާޔާ އެހެން ބުނެލީ މަޑުމަޑުންނެވެ. ” މައި އަށް އަދަބު ލިބޭނެ… ” ނަކީލް އެހެން ބުނެލީ މާޔާ ވިސްނަމުންދިޔަކަންތަކުން މިންޖުކުރުވާ ހިނިތުންވުމެއް އެމޫނުމައްޗަށް ގެނައުމަށެވެ. ” ކީއްވެ… މައި ނުކުރަން އަދަބު ލިބޭ ވަރުގެ ކަަމެއް…” މާޔާ ކޮޅަށް ތެދުވަމުން ބުނެލިއެވެ.
” ހަމަ ޔަޤީންތަ ނުކުރާކަން…” މާޔާގެ ގައިގައި ފުރަގަހުން އައިސް ބައްދަމުން ބުނެލީ ކަންފަތް ދޮށުގައެވެ. ކައިލް އެ ކޮޓަރިން ނިކުމެގެން ދިޔައީ ދޮރު ލެއްޕުމަށް ފަހުގައެވެ. އެތަކެއް ދުވަހަކަށްފަހު ދެލޯބިވެރިން އެއްތަންވުމުން ވަގުތު ދެމުންނެވެ.
” ހްމްމް.. ނުކުރަން” މާޔާ ކެރިހުރެ ބުނެލީ ޅަގޮތަކަށެވެ.
” މައިގެ ފުރަތަމަ ކުށަކީ ކީލް މަތިން ހަދާން ނައްތާލުން…ދެވަނަ ކުށަކީ ކިޔާރާއަށް ވެގެން މިހިތަށް އަނިޔާ ދިނުން..އެހެންވީމަ މައި އަށް އަދަބު ލިބުން ހައްޤު..” ނަކީލް މަޑުމަޑުން ބުނެލީ އިތުރަށް މާޔާ އެއަތުގެ ތެރޭގައި ބޮޑިކުރަމުންނެވެ.
” ކީލް ކީއްވެ ކިޔާރާ އެއީ މައި ކަން އެނގޭއިރު ނޫނެކޭ ބުނީ.. ހާދަ ދެރަވިއޭ..” މާޔާ ޝަކުވާކޮށްލިއެވެ. އެއާއި އެކު ނަކީލް ހޭންފެށިގޮތުން މާޔާ ނަކީލްއަށް ލޯ އަޅާލިއެވެ. ” ނެތެއްނު ސަލާމަތެެއް.. ކިޔާރާއަށް އާއެކޭ ބުނިނަމަ މިއަދު މައި ކީލް ފަހާ ދުވާނީ މިއޮއް މަގުތަކުގަ.. ބުނާނެ އަންހެނެއް ފެންނަ އިރަށް ދިޔައިއްޔޭ…ހެވޭ ދެން…އެންމެ މިނިޓެއްވެސް މައި އާ ދުރުގަ ހުންނަން ކެތެއްނުވާނެ… ބޭނުމީ މުޅިއުމުއްރަށްވެސް އެކީގައި އުޅެން.. ދުރުގައިވިޔަސް ތިޔަނޫން ފަރާތެއް ނޭދެން… މިހިތަކުން ތިނަމެއް ފޮހެނުލެވުނު… އައި ލަވްޔޫ އަލޮޓް މައި ކުއީން…” ނަކީލް އާއި ވީ ފަރާތަށް މާޔާ އެބުރުމުން ދެމީހުންގެ ލޮލާއި ލޯ ބައްދަލުވިއެވެ. ނަކީލް މާޔާގެ ތުންފަަތަށް ބޮސްދިނީ މާޔާއަށް އިންތިހާއަށް ބޭނުންވެފައިވުމުންނެވެ. “ލެޓްސް ބިލްޑް އަވަރ ކިންގްޑޮމް..” ނަކީލް މާޔާގެ ކަންފަތްފޮށުގައި އެހެން ބުނެލިއިރު އެއަޑުގައިވި މަސްތީ ރާގުން މާޔާ ލަދުން ނަކީލްގެ މޭގައި މޫނުފޮރުވައިލިއެވެ.
……………………………………………………………………………..
ކައިލްވެސް އެމެރިކާއަށް ފުރައިގެންދިޔައީ ދެމަފިރިންނަށް ބާއްޖަވެރިދިރުއުޅުމަކަށް އެދެމުންނެވެ. މާޔާ ކައިރީ ކަމެއް ބޭނުންވެއްޖެނަމަ ލަސްނުކޮށް ބުނުމަށްވައުދުކުރުވާފައެވެ. އަބަދުވެސް ބޭބެއެއް ފަދައިން ހިމާޔާތްދޭނެކަމަށް ވައުދުވަމުންނެވެ. ނަކީލްވެސް އަމާނެތްތެރިކަމާއި އެކު މާޔާ ބަލައިދިނީތީ ކައިލްއަށް ޝުކުރުއަދާކުރީ ހެޔޮހިތުންނެވެ.
މާޔާއާއި ނަކީލް އެތަކެއް ވައުދުތަކެއް ވަމުން ދިރިއުޅުމާއި ކުރިމަތިލީ ނަތީޤް ނެތްކަމުގެ ފަޅުކަން އިހްސާސް ވަމުންދާ ހާލުގައެވެ. އުފާވެރި ބާއްޖަވެރި ދިރިއުޅުމެއް އެދެމުންނެވެ.
އެއް އަހަރު ފަސް
ވިއްސާކޮޓަރީގެ ބޭރުގައި ނަކީލް މަޑުކޮށްގެން އިނީ ހިތްތެޅެމުންދާހާލުގައެވެ. މާޔާ ހެޔޮހާލުގައި ލެއްވުން އެދި ދުއާކުރަމުންދާ ހާލުގައެވެ. ތުއްތުކުޖެއްގެ ރުއިމުގެ އަޑު ފަޒާތެރޭގައި ގުގުމާލުމާއި އެކު ނަކީލް ހެއްދެވިފަރާތަށް ހަމްދުކުރިއެވެ. ނަރުސްކުއްޖާއައިސް ނަކީލްގެ އަތަށް ފުއްކޮޅެއްހާ ލޯބިލޯބި އަންހެން ކުއްޖެއް ލައިދެމުން މާޔާވެސް ރަގަޅުކަމުގައި ބުނެލިއެވެ.
މާޔާ ވަރުބަލިކަމާއި އެކު ދެލޯ ހުޅުވައިލި އިރު ކައިރީ ހެވިފައި އިން ނަކީލް ފެނި މާޔާވެސް ހިނިތުންވުމެއް ރައްދުކޮށްލިއެވެ. ކުޑަކުޑަ އެދުގައި އޮތް މާޔާއާއި ނަކީލްގެ ދަރިފުޅު ކުކުރާލި އަޑުއިވުމުން މާޔާގެ އެދުމުގެ މަތިން ނަކީލް އެ ތުއްތުކުއްޖާ މާޔާގެ އަތުތެރެއަށް ލައިދިނެވެ. މާޔާ ލޯތްބާއި އެކު އެކުއްޖާގެ ނިތަށް ބޮސްދިނީ ނަތީޤްމަތިން ހަދާންކުރަމުންނެވެ.
” އެނގޭތާ.. ނަތީޤްވެސް އޮތީ ހަމަ މިހެން… ހީވަނީ ހަމަ ކުޑަކުޑަ ނަތީޤް އެއްހެން..” މާޔާ އެކުއްޖާގެ ކުޑަކުޑަ އަތުގައި ހިފައިލަމުން ބުނެލީ ނަކީލްއަށް ބަލަމުންނެވެ. ނަކީލް މާޔާގެ ލޮލުން ވެއްޓުނު ކަރުނަތިކި ފޮހެލަދިނީ ލޯތްބާއި އެކުގައެވެ. ނަތީޤްގެ ހަދާންތައް އަބަދުވެސް އެކީގައި ވާނެއެވެ.
” މިއީ ޑެޑީގެ ކުޑަކުޑަ ނަވާރު… އަވަރ ލިޑިލް ޕްރިންސެސް..” ނަކީލްވެސް މާޔާގެ މަގަތުގައި އިށީންދެ މާޔާ ގެނެސް ގަޔާއި ކައިރިކޮށްލަމުން ތުއްތުކުއްޖާގެ އަތުގައި ހިފާލަމުން ބުނެލިއެވެ . ” ޔޫ އާރ މައި ކުއީން… އެންޑް ދިޒް އިސް އަވަރ ޕްރިންސަސް… ކިނގްޑަމް ފުރިހަމަ ވީ..” މާޔާގެ ތުންފަތަށް ބޮސްދެމުން ނަކީލް ބެނެލީ ހިނިތުންވެއިދެއެވެ. ” އެންޑް ޔޫ އަރ މައި ކިނގް..” މާޔާ އިތުރުކޮށްލިއެވެ. ތުއްތުތުއްތު ނަވާރު ކުކުރާލި އަޑަށް ނަކީލް މާޔާގެ އަތުން އަތުލިއެވެ. އަދި ފަރިތަކަމާއި އެކު ކުއްޖާ އުރާލާއި ނިންދަވަން ފެށީ މާޔާއަށް އަރާމްކުރުމަށް ފުރުސަތުދެމުންނެވެ. އެދެދެމުގައި ވި ވަރުގަދަ ލޯބި ދުވަހަކުވެސް ފަޑުނުވޭނެ ކަމަށް ވައުދުކުރަމުންނެވެ. ދުރުގައިވިޔަސް ގާތުގައިވިޔަސް އެހިތަކީ ހަމަ ޔާރާގެ މިލްކެކެވެ. ޔާރާއެވެ. ދެން ދުރަށް ދެވުނަ ނުދޭނަމޭ ބުނާފަދައެވެ.
” ނޯޓް: ރައިޓަރ ގެން އަންނަ ވާހަކަ އަކީ ދުރުގައިވިޔަސް އަދި ޔާރާއޭ މިދެވާހަކައިގެ މައްޗަަަށް ބިނާކޮށްގެން ލިޔާވާހަކައެއް. އެވާހަަކަ ލިޔެވުނު ހާ އަވަހަށް އަޕްލޯޑްކުރަން ފަށާނެ ވާހަކަ ދަންނަވަން… ބާއްޖަވަރި ދުވަހަކަށް އެދެން.. ޝުކުރިއްޔާ… ރައިޓަރ ގެ ވާހަކައަށް އިންތިޒާރުކޮށް ތިޔަދެއްވި އެއްބާރުލުމަށް ޝުކުރު ދަންނަވަން..”
25 Comments!
Comments are closed.



Yayy me first.. nuvx kiyan adhi.. hehe
Alheyyy… v v v reethi.. ??
Thank you and congra
Yayyy. Me first. Nimuny dho. Habeys
varah reethi story eh mi, one of the best stories i read. waiting eagerly for a new story. just love the happy ending. thanq writer
Mi vaaahaka varah reethi…….. eykamu episode thakuge dhaytherayga ai breaktha maa ginaeee
Salhi ye❤❤❤❤
varah nice this story….
Foohi kameh nethi writer ah furusathu dhinythy shurukur verikvan…. next story upload kuraany liyenimunyma… eyrah mi story ga dhimaavi masala dhimaa nuwaane… thank you for being so understanding
Nimunytha? story vrh vrh reethi ekmvesss??
v reethi mi part ves .. ekamu maaya ge mom aa ves dhimaavefa ninmaali nama adhi varah furihama vees
Just woooooowwww… amaazing..v.v.nice ending..n writer mi vaaahaka genesdhee faivaaleh ves v.furihama…keep it up dear..dhigu inthizaaru thakakah fahu ves vaahaka ehkkoh genesdhineethee v.bodah Shukuriyyaa…hope to c ur new story sooon…???????????lotzzzz of love..??????????????
wowww.. varah reethi story eh… love it
v v v reethi mievaahaka.
Masha allah stry v v rythi ?? nimunytha?????❤??
Hmmm…mi nimaaly… thank you
KNOW ދިވެހިން ލިޔާނީ “ނޯ” މި ގޮތަށް
ކްނޯ” އެއް ނޫން”
Ae mistake eh… writer ah e fenuny upload kurevunu fahun.. ekam efahun site akah access eh nuwi edit kuraakah…??
Fabulous work ? Waited for so long to see them together ????
Hope to see you with a new story very soooooon ?❤
Thank you ryn… ryn ge story ves vvv furihama… ekamaku v dhera vey naina ah ehn vaathy… hehe
Aww… hama maii beynun vihen loabi loabi princess eh libuny??stry vrh rythi..love this stry nd ly writer..??waiting for your next stry…
Stry v furihama ingay writer.but maayage mom
aa dhimaavefe ninmaalinama dear.waiting for your new stry….☺?☺? GOOD LUCK WRITER???
Iraadha kureviyya adhi fahun dhimaavaane maaya ge mom aa… thank you kiaa
Varah inthixaaru kuri vaahakeh. Nimuni dhow . writer ge ehen vaahakah inthixaarukuran
Wowww…this stry is awesome….. Love thx stry….