“ދަރިފުޅާ ކޮބާތަ އެމީހާ؟ ފިޒޯ ތެރަޕީ ނަގައިދިނީމަ އެއްވެސް ވަރަކަށް ލުއިހެން ހީވޭތަ؟ ބައްޕަ މިހެން މިބުނީ ދަރިފުޅު އަތް ތަންކޮޅެއް ބާރަށް ހަލުވައިހެން ހީވާތީ…” ވިނާން ސޯފާގައި ޓީވީ ބަލަން އޮއްވާ ސައުދު އައިސް އަހައިލިއެވެ. “ލައްބަ ބައްޕާ ވަރަށް ރަނގަޅު މިހާރު ކުރިން ވާ ގޮތަށް އައްސިއެއް ނުވޭ..!” ސޯފައިން ތެދުވެ ރީތިކޮށް އިށީންނަމުން ވިނާން ބުނެލިއެވެ. ސައުދު ހުރިއްޔާ އެއްވެސް ކުއްޖަކަށް އެހެން އޮށޯވެ އޮންނާކަށް ނުކެރޭނެއެވެ. ސަބަބަކީ ސައުދު އަކީ ވެސް […]
ނެތް ހިއްވަރެއްކޮއް ތެދުވެ ގަނޑި ބަލާލިއެވެ. ގަނޑިން ރޭގަނޑު 10.30 ވީއެވެ. ނާޒިމާ ލޮލުން ކަރުނަ ހިކޭ ގޮތެއް ނުވެއެވެ. ގައިގައި އަޅާ ވޭން ބޮޑުކަމުން ކެއްކުރެވެނީއެއް ނޫނެވެ. ދުވަސް ނުފުރާ މީހުން ވިހާ ވާހަކައިގެ އަޑު އިވިފައި ހުރުވުން އޭނާ އަށް މި ވާން އުޅޭ ކަމެއް އެގޭ ކަހަލައެވެ. ތުންފަތުގައި ދަތް އަޅައި ބާރު ކޮއްލީ ތަނދަށް ކެއްކުރުމުގެ ގޮތުންނެވެ. މަޑުމަޑުން ތެދުވެ ބަނޑުގައި ފޮތި އޮޅަން ފެށިއެވެ. އަތުގެ ހަރަކާތް އަވަސް ކޮއްލީ […]
އީލާމް މިއުޅެނީ ރާއްޖެ ކުއްޖެއް ވަޒީފާއަށް ވައްދަން ، ކިހިނެއްވާނީ ؟ އީލާމް އަބީ އާއި ދިމާލަށް ބަލާލީ އިވުނީ ރަނގަޅަށް ތޯ ޔަގީން ކުރާށެވެ.” ކީކޭ އަބީ ؟ އީލާމް ސުވާލުކޮށްލުމުން އަބީ ދެވަނަ ފަހަރަށް އޭނާ ބޭނުންވާ ގޮތް ބުނެލިއެވެ. ” އަބީ އަށް ފެންނަ ރަނގަޅު ގޮތެއް ހަދާ ” އީލާމް ޖަވާބު ދިނެވެ. އަބީ އަށް ފޯނެއް އައުމުން އޭނާ ތެދުވެގެން އެތަނުން ދިޔުމުން އީލާމް ދެ ކޮޅަށް ބަލާލުމަށްފަހު ހަމަޖެހިލިއެވެ. […]
ހަވީރުގެ ހިތްގައިމު ވަގުތެވެ. އާދައިގެ މަތިން އަކިޔަލް ހުރީ އަތިރިމަތީއެވެ. މަޑުމަޑު ވައިރޯޅި ޖެހެމުން ދިޔަކަމުގައި ވިޔަސް އަކިޔަލްގެ ހަލާކުވެފަވާ ހިތަކަށް ފިނިކަމެއް ނުލިބެއެވެ. އެހެން އެކަނި ހުރިއިރު އަކިޔަލްގެ ހިޔާލުގަ އެނބުރެމުން ދިޔައީ ސާހިދު ދެއްކި ވާހަކަ ތަކެވެ. މާދަމާޔަށް ވިސްނައިގެން ކަންތައް ކުރަންވީ ރަނގަޅު ގޮތުގެ ވާހަކައެވެ. ފުތަރަމަ ލޯބީގާ ނާކާމިޔާބު ވުމަކީ ދިރިއުޅުން މަތިން އުންމީދު ކަޑާލުން ނޫންކަމަށް ބުނި ވާހަކައެވެ. ލޯތްބައްޓަކާ ސަލާންޖަހާ މިހާގެ އަތުގައި ހިފައިގެން ދިރިއުޅުން އާބާދުކުރަން ބުނެ […]
ދުވަސްތައް ފާއިތުވަމުންގޮސް ޔަލްވީމެންގެ ކައިވެނިކުރަން ހަމަޖެހިފައިވާ ދުވަސް އައިސް ޖެހިއްޖެއެވެ. ކޮންމެ މީހަކުވެސް ހޭބޯނާރާ މަސައްކަތް ކުރަމުންދިޔައީ އެމީހަކަށް ޙަވާލުކުރެވިފައިވާ މަސައްކަތްތައް ވަގުތަށް ނިންމޭތޯއެވެ. އަޔާނީއާއި ޝިއުރީ އުޅުނީ ޔަލްވީމެން ތައްޔާރު ކުރުމުގައެވެ. ކައިވެނި ކުރުމަށް ހަމަޖެހިފައިވާ ވަގުތަކީ، އެރޭގެ އަށެއް ޖަހާއިރުކަމުން ވަގުތު ކުޑަތަން ވެފައިވާތީއާއިއެކު، އެ ދެ ކުދިންގެ ޙަރަކާތްތައް އަވަސްވެފައިވެއެވެ. ނަޞީބަކުން ކައިވެނީގެ ވަގުތު ޖެހެންވާއިރަށް އެ ދެކުދިންގެ މަސައްކަތްވެސް ނިންމާލެވިއްޖެއެވެ. ____________________________________ “މާޝާ ﷲ ….. ހީވަނީ ހަމަ ބިމަށް […]
އެކޮޓަރިން ނުކުތުމަށްފަހު މަލާކް އެނބުރި އޭނާގެ ކޮޓަރިއަށް އައިސް އޮށޯތެވެ. ހަށިގަނޑަށްވެރިވެފައިވާ ލޮޑުކަމާއެކު މަލާކަށް ދާާދިއަވަހަށް ނިދުނެވެ. މާދަމާ ޕްލޭނާ އެއްގޮތަށް ނީމް ގޮވައިގެން ޝޮޕިންގްއަށް ދާން ޖެހޭނެތީ އަވަހަށް ހޭލަންވެސް ޖެހޭނެއެވެ. ނިދުމުގެ ކުރިން ޕްލޭނާ އެއްގޮތަށް ހުރިހައިކަމެއްވެސް ކުރިއަށްދިއުމަށްއެދި މަލާކަށް ދުޢާކޮށްލެވުނެވެ. ނިދިފައިވާ މަލާކްގެ މޫނުމަތީގައި މައުސޫމު ހިނިތުންވުމެއް ރަސްކަންކުރަމުން ދިޔައެވެ. މަލާކްގެ ހަރަކާތްތައް ބަލަންއިން ބީނިޝްވެސް ކުދި ޖަވާހިރުތަކެއްފަދަ ތަރިތައް ވިދައިބަބުޅަމުންދިޔަ އުޑާއި ދިމާއަށް ބަލައިލުމަށްފަހު ހިނިތުންވެލިއެވެ. * * * ހެނދުނު […]
(3 އަހަރު ފަސް) އެއާޕޯޓުން ނުކުތް ޒުވާނާ ހުއްޓި ވަށައިގެން ހޯދާލީ ކޮންމެވެސް ބަޔަކު ހޯދަން އުޅޭ ފަދަ ގޮތަކަށެވެ. ލައިގެން ހުރި އަތް ދިގު މަޑު ބްރައުން ކުލައިގެ ޓީޝާޓު ހަށިގަނޑަށް ހިފާފައިވާއިރު ބައިމަތީގެ ފުޅާކަން ހާމަވެއެވެ. ދެއަތުގެ މަސްތަށް އަރާފައިވާ ގޮތުން ގަވާއިދުން ކަސްރަތު ކުރާކަން އިނގެއެވެ. ލައިގެން ހުރި ނޫ ޖީންސް އާއި ބޫޓުން އެކަނި ވެސް މީހާގެ ހަރުދަނާކަން އިނގެއެވެ. މީހުން ތަކުތެރެއިން މަގުމައްޗަށް ނުކުމެވުމާއެކު ޖީންސް ގެ ޖީބުގައި އަޅުވާލެވިފައިވާ […]
“އީއްކޮއަށް އިނގޭނެ އޭނާގެ މަންމައާއި ބައްޕައާއި އެއްކޮށް ނޫޅެވޭނެކަން.. އަހަރެން މިވީ އަހަރުތަކުގައިވެސް އައިނާ ބެލީ.. އެހެންވީމަ ދެންވެސް ބަލާނީ އަހަރެން…” ނައިނާ އެހެން ބުނެފައި ދާން ހިނގައިގަތެވެ. ނަމަވެސް އައިޒަން އެނބުރިލާފައި ނައިނާގެ އަތުގައި ހިފާ އޭނާއާއި ވީ ދިމާލަށް ދަމައިގަތެވެ. ނައިނާ ގޮސްޖެހުނީ އައިޒަންގެ ގައިގައެވެ. އައިޒަން ދެލޯ މަރާލާފައި އޭނާގެ ދެއަތުން ނައިނާގެ ހިމަހަށިގަނޑު ވަށާލިއެވެ. ނައިނާ ދުރަށްދާން އައިޒަން ކޮށްޕާލަން އުޅުނަސް އައިޒަންއަށް ކަމެއްވާހެންވެސް ހީނުވެއެވެ. ހުދު އޭނާވެސް ހުރީ އެ […]
ލޮލުން އޮހޮރެމުންދިޔަ ސާފު ބިއްލޫރިކޮޅެއްފަދަ ކަރުނައިގެ މުތީތައް އަތުގެ ނުފުށުން ފުހެލުމަށްފަހު މަޑު ހިނގުމެއްގައި މަލާކް ގޮސް ކުޑަދޮރު ކައިރީގައި ހުއްޓިލިއެވެ. އޭރުވެސް ހުއްޓުމެއްނެތި ވާރޭ ވެހެމުންދިޔައެވެ. ދެލޯމަރައިލުމާއެކު އެހިތަށް އައީ ބީނިޝްގެ ނަމެވެ. މަލާކް ދެލޯހުޅުވައި ބަލައިލިއިރު ވަލުތެރޭގައި އޭނާއަށް ބަލަން ހިނިތުންވެފައި ބީނިޝް ހުއްޓެވެ. މިފަހަރު ބީނިޝް ފެނިފައި އެހިތުގައި ބިރުވެރިކަމުގެ އެއްވެސް އިހުސާސެއް ނުއުފެދުނެވެ. ބަދަލުގައި މަލާކަށްވެސް ފުރަތަމަ ފަހަރަށް ބީނިޝްއާ ދިމާއަށް ބަލައިލުމަށްފަހު ހިނިތުންވެލެވުނެވެ. * * * ހެނދުނުގެ ނާސްތާއަށްފަހު […]