“އީއްކޮއަށް އިނގޭނެ އޭނާގެ މަންމައާއި ބައްޕައާއި އެއްކޮށް ނޫޅެވޭނެކަން.. އަހަރެން މިވީ އަހަރުތަކުގައިވެސް އައިނާ ބެލީ.. އެހެންވީމަ ދެންވެސް ބަލާނީ އަހަރެން…” ނައިނާ އެހެން ބުނެފައި ދާން ހިނގައިގަތެވެ. ނަމަވެސް އައިޒަން އެނބުރިލާފައި ނައިނާގެ އަތުގައި ހިފާ އޭނާއާއި ވީ ދިމާލަށް ދަމައިގަތެވެ. ނައިނާ ގޮސްޖެހުނީ އައިޒަންގެ ގައިގައެވެ. އައިޒަން ދެލޯ މަރާލާފައި އޭނާގެ ދެއަތުން ނައިނާގެ ހިމަހަށިގަނޑު ވަށާލިއެވެ. ނައިނާ ދުރަށްދާން އައިޒަން ކޮށްޕާލަން އުޅުނަސް އައިޒަންއަށް ކަމެއްވާހެންވެސް ހީނުވެއެވެ. ހުދު އޭނާވެސް ހުރީ އެ އަތުތެރޭގެ ހިމާޔަތަށް އެދި ކެތްމަދުވެފައެވެ. ނަމަވެސް އައިޒަން ވަނީ ނައިނާ ކުރި އިތުބާރު ގެއްލުވާލާފައެވެ. އަލުން އެ އިތުބާރު ހޯދުމަކީ އުނދަގޫކަމެކެވެ. ނައިނާ ތެޅިގަނެފައި އައިޒަން ކައިރިން ދުރަށްޖެހެން އުޅޭތީ އައިޒަންވެސް ދޫދިނެވެ. އައިޒަން ބަލަންހުރިގޮތުން ނައިނާއޭނާ ކުރަންއުޅޭ ސުވާލު ދެނެގަތެވެ.
“މިއޮތީނު ފްރޭމްގެ ބިއްލޫރިތަށް….. އެ އަހަރެން ހަލާކުކޮށްލުމުގެ ކުރިން ހުރީ ރީއްޗަށް.. ކޫރުމެއް ނެތް… އެކަމް އަހަރެން ހަލާކުކޮށްލީމަ އެކަތިގަނޑެއްހެން އޮތް ބިއްލޫރިގަނޑު އެއޮތީ ބައިބައިވެ ފުނޑުފުނޑުވެ ހަލާކުވެފަ…..” ނައިނާ އެކި ދިމާދިމާލަށް ބުރައިގެން ގޮއްސާ ހުރި ފްރޭމްގެ ބިއްލޫރިތަށް ދައްކާލަމުން އެހެން ބުންޏެވެ. އައިޒަންވެސް އެއާއި ދިމާލަށް ބަލައިލިއެވެ. “އަހަރެން އައިޒަން އަށް ކުރި އިތުބާރު އެހެން މީހަކަށްނުވެސް ކުރަން.. ދުވަހަކުވެސް އޭގައި ކޫރުމެއް ނޭޅުވޭތޯ ބެލިން.. އެކަމް އައިޒަން އަމިއްލަ އަތުން އެ އިތުބާރު ފުނޑުފުނޑުކޮށްލީ.. މި ފޮޓޯ ފްރޭމް ފަދައިން އަހަރެން އައިޒަންދެކެ ވީ ލޯތްބާއި ކުރި އިތުބާރު ފުނޑުފުނޑުވެ ހަލާކުވެއްޖެ…” ނައިނާ ދެންވެސް ބުނެލިއެވެ. އޭރުވެސް އޭނާގެ ނަޒަރު ހުރީ ބިއްލޫރިތަކަށެވެ. އޭނާއަށް ކުރިމަތީ މިހުރި އައިޒަންއަށްޓަކައި ކަރުނަ އެޅާ ރުއި ކޮންމެދުވަހެއް ސިފަވެގެންދިޔައެވެ. އެ ބިއްލޫރިތަށް ފަދައިން އޭނާގެ ހިތްވެސް ވަނީ ފުނޑުފުނޑުވެފައެވެ. އައިޒަންއަށް ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. އަނގަ ބަންދުވެފައި ހުރިގޮތަށް ހުރީއެވެ. ނައިނާ މަލާމާތްކުރާ ފާޑަކަށް ހީލާފައި ހިނގައިގަންނަން އުޅުނެވެ.
“އެކަމް އިތުބާރަކީ އަލުން ހޯދޭނެ އެއްޗެއް… އަހަރެން ހަނދާނެއް ނުނެތޭ ނައިނާ ކައިވެންޏަށް އެއްބަސްކުރުވަން އަހަރެން މަސައްކަތްކުރި ގޮތެއް.. އަދިވެސް އަހަރެން ކުރާނަން.. އެދުވަހު ނައިނާ ހާސިލްކުރި ފަދައިން މިއަދުވެސް ކުރާނަން.. ތި އިތުބާރު ހޯދާނަން…” އައިޒަންގެ އަނގަ ހަރަކާތްކުރިއެވެ. ނައިނާ ފަސްއެނބުރި އައިޒަންއަށް ބަލާލާފައި އަނެއްކާވެސް ހީލިއެވެ. އެ ދުވަސްތަކާއި މިދުވަސްތަކާ އަޅާ ކިޔޭހާ ތަފާތެވެ. އޭރުގެ ނައިނާއާއި އައިޒަންއާއި މިއަދު މިހުރި އައިޒަންއާއި ނައިނާއަކީ ތަފާތު ބައެކެވެ. އެދެމެދުގައި ކުރިން ނޯންނަ، އުސްމިން ނޭނގޭ ބޮޑު ފާރެއްލެވިފައިވާކަން އައިޒަން ހަނދާންނެތުނީހެއްޔެވެ؟ ކުރީގެ ދުވަސްތަކާއި މިއަދުގެ ދުވަސްތަކާއި އަޅާކިޔާއިރު އޭރުގެ ހާލަތާއި މިއަދުގެ ހާލަތުތަފާތުކަން އައިޒަންއަށް ނުވިސްނެނީހެއްޔެވެ؟
ނައިނާ ކުރިއަށް ފިޔަވަޅެއް އަޅާލާފައި ބިއްލޫރިތަށް ކައިރި ދެފައި މައްޗަށް އިށީނދެލިއެވެ. އަދި އައިޒަންއަށް ބަލައިލީ އޭނާ އެމަންޒަރު ބަލަންހުރިތޯ ޔަޤީންކުރާށެވެ. އައިޒަން ސުވާލުމާކެއްގެ ތެރޭ ނައިނާއަށް ބަލަންހުރީ އޭނާ ކުރަންއުޅޭކަމެއް ނޭނގޭތިއެވެ. ނައިނާ އަތަށް ބިއްލޫރިތަށް ހޮވަމުން ލާންފެށިއެވެ. އެއާއި އެކު ތޫނު ބިއްލޫރިކޮޅެއް އޭނާގެ އިނގިއްޔަށް ވަދެ ވަގުތުން ލޭ އަންނަންފެށިއެވެ. އެތަން ފެނި ނައިނާ ކުރަންހުރި ކަންތަށް ހުއްޓާލާފައި ކޮޅަށް ތެދުވެ ނައިނާގެ އިނގިލި ދައްކާލިއެވެ. “ގެއްލުނު އިތުބާރާއި ލޯބި ހޯދަން މަސައްކަތްކުރީމަ ދެރަވެސް ތަދުވެސް ލިބޭނީ ދެމީހުންނަށް…. އެ ބިއްލޫރިތަށް ނަގާ ގުޅުވާލިޔަސް އޭގައި ހުރި ކޫރުމެއް ހަލާކުވެފައި ހުރި ތަންތަނެއް ރަނގަޅެއްނުވާނެ.. އަހަރެންގެ އިތުބާރުވެސް ލޯބިވެސް ވާނީ އެހެން.” ނައިނާ ބުނި ބަހުގެ މާނަ އައިޒަން އަށް އެނގުނެއްކަމަކު އަނގައިން އެއްޗެއްނުބުނީ އެބުނީ ތެދުވާހަކައެއްކަން އެނގިހުރެއެވެ. “އަދި އަހަރެން ބޭނުމެއްނޫން އިތުރަށް އައިޒަންގެ ފަރާތުން އަހަރެންނަށް އަނިޔާއެއް ވާކަށް.. އަހަރެންގެ އިތުބާރު ހޯދަން އުޅެންޏާ އަހަރެންނަށްވެސް އަދި އައިޒަންއަށްވެސް ލިބޭނީ ތަދު..” ނައިނާ އެހެން ބުނެފައި ހިނގައިގަތެވެ. އައިޒަން ހުރިތާ ގުޑިވެސްލާން ނޭނގިފައި ހުއްޓެވެ. ނައިނާ ކޮންމެ ގޮތެއް ހަދާފައިވެސް ހާސިލްކުރަން އޭނާ ބޭނުންވެއެވެ. ނަމަވެސް އެކަން ކުރާނީ ކިހިނެއްހެއްޔެވެ؟ ނައިނާ ބަސްގަބޫލުނުކުރާނެކަން ޔަޤީނެވެ. މަސައްކަތްކުރުން ނޫންގޮތެއް ނެތެވެ. ކާމިޔާބު ދެއްވާނީ ހެއްދެވި ފަރާތެވެ.
ނައިނާ އަންނަތަން ފެނި އައިނާ އަނެއްކާވެސް ގޮސް ނައިނާގައިގާ ތަތްވިއެވެ. އައިނާ ދެން ނައިނާއަށް ގޮސް ދެއްކީ އިނާއާއި އައިޝަމްގެ ދަރިފުޅެވެ. ނައިނާ މިފަހަރު އެދެމީހުންނާއި ކުރިމަތިލީ ހިނިތުންވުމަކާއި އެކުގައެވެ. އެމަންޒަރު ބަލަންހުރި އައިޒަންގެ ހިތަށް އުނދަގޫވިއެވެ. އެތަށް ކަމެއް ބަދަލުވެއްޖެއެވެ. ނައިނާވެސް އެހުރީ ބަދަލުވެފައެވެ. އެންމެ މީހެއްގެ ސަބަބުންނެވެ. އެޅުނު އެންމެ ކަތިފިޔަވަޅެއްގެ ސަބަބުންނެވެ. އެތަކެއް ފަހަރު އެތަށް ކަމެއް “ނަމަ” ލައިގެން އައިޒަން ހިތަހިތާ ކިޔަމުންދިޔަނަމަވެސް ނަމައަކުން ކެއްކޭނެ ރިހައެއް ނޯންނާނެކަން އޭނާއަށް އިނގެއެވެ. ކުށްމިއޮތީ ކުރެވިފައެވެ. އެކުށުން ބަރީއަވެ އަނެއްކާވެސް ނައިނާ އެ ދިރިއުޅުމަށް ގެންނަން އައިޒަން މަސައްކަތްކުރާނެއެވެ. ކުރިންވެސް މަސައްކަތްކުރި ފަދައިން ނައިނާ ގެ ލޯތްބާއި އިތުބާރު ހާސިލްކުރާނެއެވެ.
އައިޒަންއަށް ވަމުންދާ ގޮތްތަށް ސިއްރުންބަލަން ހުރި ނައިނާ އަނގަޔަށް ގޮތެއް ހަދާލިއެވެ. އައިޒަން ވިސްނަނީ ކޮންކަމަކާ މެދުކަން އިނގެއެވެ. ހުދު އޭނާވެސް އެކަން ކުރަން ބޭނުންވެއެވެ. ނަމަވެސް ދެންވެސް އެހެންކަމެއް މެދުވެރިވެ އައިޒަން ނައިނާ ދޫކޮށްލަފާނެކަމުގެ ބިރުއެބައޮތެވެ. އަނެއްކާވެސް އެލޯތްބަށް ޝައްކުކޮށްފާނެކަމުގެ ބިރުއެބައޮތެވެ. ނައިނާއަށް ކުރިއެކޭ އެއްފަދައިން އެ ލޯބި ސާބިތު ނުކުރެވިއްޖެނަމަ އެ ދިރިއުޅުމުން ނިކުމެގެން ދާންޖެހޭނެކަން ޔަޤީނެވެ.
“ނައިނާ ވަރަށް ލޯބިއޭ ބުރުގާ އެޅީމަ…. އަސްލުވެސް.. ވަރަށް ރީތި..” އައިޝަމް އަނެއްކާވެސް ތައުރީފްކޮށްލިއެވެ. ނުކޮށްލާ ނުހުރެވެނީއެވެ. އޭނާގެ ފަހަރި އެހާވެސް ރީއްޗެވެ. ބުރުގާ އެޅީމާ އެމޫނުމަތީގެ ރީތިކަން އިތުރުކޮށްފައިވާ ކަހަލައެވެ. ޖިނާހްއާއި ލަހުފާވެސް އެއަށް އެއްބައިވަމުންދިޔައެވެ. ނައިނާ ހީލާފައި އައިނާއަށް ބަލައިލިއެވެ. އެހެނީ އައިނާވެސް ވަނީ ނައިނާ ކައިރި ވަރަށް ރީއްޗޭ ބުނެފައެވެ. “މަންމި އަސްލުވެސް ވަރަށް ރީތި..” އައިނާ ބުނެފައި އަނގަމަތީ އަތް އަޅާފައި ހީލިއެވެ. އައިޒަންވެސް ހީލިއެވެ. ނައިނާ ހަމަޖެހިފައި ހުރިތަން ފެނި އޭނާގެ އާއިލާ ފުރިހަމަވެއްޖެކަން ހިތަށް އަރަމުންދިޔައެވެ. އައިނާއަށް އައިޒަން ދުރުގައި ހުރިތަން ފެނި އަތުގައި ހިފައިގެން އެތަނަށް ގެނައެވެ.
ހިނިތުންވެލައިގެން ހުރި ނައިނާގެ ހިނިތުންވުން ފަނޑުވިއެވެ. “ބައްޕި ދޯ، މަންމި ވަރަށް ރީތި ބުރުގާ އެޅީމަ…” އައިނާ އެހެން ބުނުމުން ނައިނާ އައިޒަންއަށް ބަލައިލީ ކުޑަކޮށް ޖެހިލުންވެފައެވެ. އައިޒަން ބުނާނެ އެއްޗެއް ނޭނގޭތީއެވެ. އައިނާ ކުރިމަތީ ހަމަޖެހިލައިގެން އުޅެން ބޭނުންވިޔަސް އައިޒަންގެ ފަރާތުން ތައުރީފެއް އޭނާ ބޭނުމެއްނުވެޔޭ ހިތާހިތުން ކިޔަމުންދިޔައެވެ. “ލައްބަ ދަރިފުޅޫ! މަންމި ވަރަށް ވަރަށް ރީތި…. ބައްޕި ނުދެކެން މަންމިހާ ރީތި ކުއްޖެއް އަދި އަދަށްދާންދެންވެސް…” އައިޒަން ރީތި ހިނިތުންވުމަކާއި އެކު ނައިނާއަށް ތައުރީފްކޮށްލިއެވެ. އެބަސްތަކުގެ ފަހަތުގައިވާ ވޭނާއި ކެކުޅުން އައިނާ ނޫން އެންމެންނަށް އިހްސާސްވިއެވެ. ނައިނާ ދުރުގޮތަކަށް އައިޒަންއަށް ބަލާލައިލިއެވެ. ނަމަވެސް އެ ހިތުގައި އުފާވެރިކަމުގެ ބާނީއެއްވެސް ދަތުރުކުރިއެވެ.
ދުރުގައި އައިޒަން ހުރިތަން ފެނި އަންހެންވެރިން ބައިތިއްބާފައި އައިޝަމްއާއި ޖިނާހް އެދިމާލަށް ހިނގައިގަތެވެ. އެދެމީހުންވެސް ދިޔައީ އެދެމީހުން ގުޅުވާނެ ގޮތެއް ރާވަމުންނެވެ. އެތަކެއް މަޝްވަރާތަކަކަށްފަހު ގޮތެއް ނިންމި އެ ނިންމުން އައިޒަންއަށް އިއްވަން އެމީހުން ދިޔައީ އައިޒަންގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަން އެނގިހުރެއެވެ. “އެބައޮތް ގޮތެއް…” އައިޝަމް އެހެން ބުނުމާއި އެކު އައިޒަންއަށް ދައްކަނީ ކޮންވާހަކައެއްކަން އެނގިހުރެ ކޮންގޮތެއްތޯ ބުނެލިއެވެ. “އަނެއްކާވެސް މާޒީ ކުޅެލަންވީ… ދޮންބެ އޭރު ނައިނާ ހާސިލްކުރަން އުޅުނުގޮތަށް މިއަދުވެސް ކުރަންއުޅެންވީ.. އައިޒަން އާއި ނައިނާ އުފެދުނީ އެންމެ ތާކުން.. ދެންވެސް އުފެދެންވާނީ އެތާކުންނު.. އުޅޭ އެންމެން އުނގޫފާރަށް ދާން.. މި މާހައުލުން ކޮންމެވެސް ވަރަކަށް ދުރުވެވޭނެއެއްނު… މަންމަ އަމިއްލައަށް އެ މަޅީގައި ޖެހުނީ އޭގެ ސަބަބުން އަހަރެމެންނަށް ބޭރަށް ނިކުތުންވެސް ވަނީ ބޮޑު ވޭނަކަށް.. މިތަނުން ކުޑަދުވަސްކޮޅަކަށް ދުރަށްޖެހުނީމަ އެކަމުންވެސް ބޮލަށް ފަސޭހަވާނެ.. އަނެއްކާ އަހަރެން ނުލާހިކު ބޭނުންވޭ އެރަށަށް ދާން…” އައިޝަމް ބުނެލިއެވެ. އެއާއި އެކު އައިޒަންގެ ތުންފަތްމަތީ ކުޅެލީ ރީތި ހިނިތުންވުމެކެވެ. މާޒީގެ ކޮންމެ ދުވަހެއް އެ ސިކުނޑި ސިފަކުރަމުން ދިޔައިރު އެ ދެލޮލަށްވެސް ދިޔައީ ފެންނަމުންނެވެ. ގޭތެރޭގެ މާހައުލު އެ މާހައުލަށް ބަދަލުވެ ކުރިމަތީ އޭނާ އާއި ނައިނާ ދުވެ ދުވެފައި ސަކަރާތްޖަހާ މަންޒަރު ފެނުނެވެ.
އައިޒަން ފާޑަކަށްހުރެ ހޭތީ ޖިނާހްއާއި އައިޝަމް އެކަކު އަނެކަކަށް ބަލާލާފައި ނިއްއަރުވާލިއެވެ. އަދި ދެމީހުން އެކުއެކީހެން އައިޒަންގެ ގައިގާ ބޮނޑިއެއް އަޅާލިއެވެ. އެތަން ބަލަން ހުރި އިނާއާއި ލަހުފާއަށް ލިބުނީ ބަޔާންކުރަން ދަތި އުފަލެކެވެ. އެ ތިން މީހުންގެ ގުޅުމަށް އެޅުނު ބޯ ފާރު ވެއްޓި އަނެއްކާވެސް ކުރީގެ އެ ގުޅުމަށް ބަދަލުވީތީ އުފާކުރާހާލު އެމީހުންވެސް ދިޔައީ ނައިނާ ކައިރި އުނގޫފާރަށް ދާން އުޅޭށޭ ކިޔަމުންނެވެ. ނައިނާ އައިޒަން ދާތީ ދާހިތްނުވިޔަސް އުނގޫފާރަށް ދާން ހުރީ ވަރަށް ބޭނުންވެފައެވެ. އެކުވެރި ޒުހާއާއި ބައްދަލުކޮށް ދެން އިތުރަށް ނައިނާ ނުގެއްލޭނޭ ބުނަން ކެތްމަދުވެފައެވެ. ޒުހާގެ ގައިގާ ބައްދާލައިގެން އިނދެ ހުރިހާ ވާހަކައެއް ދައްކާ ކުރީގެ އެ މަޖާގޮތަށް އުޅެން ވަރަށް ބޭނުންވެފައެވެ.
……………………..
އޭގެ ދެދުވަސްފަހުން ލޯންޗެއްގައި ގުރޫޕް ހަދާލައިގެން އެމީހުން އުނގޫފާރަށް ދާން މިޝްރާބުޖެހިއެވެ. ނައިނާ ޒުހާއަށް ގުޅާލާ އެންމެން ދާވާހަކަ އެނގުމުން އޭނާ ހުރީ ވަރަށް އުފާވެފައެވެ. ނަމަވެސް އައިޒަންވެސް ދެޔޭ ބުނުމުން އޭނާ ތުންފިއްތަފިއްތާފައި މައްސަލައެއް ނެތޭ ބުނުމުން ނައިނާއަށް ހެވުނެވެ. ނައިނާއާއި އައިނާ އިނީ ފަހަތުގައެވެ. ނައިނާ އައިފަހުން އައިނާ އޭނާ ކައިރިން ދުރަށްވެސްނުދެއެވެ. ފާއިތުވި ދެދުވަހު އޭނާ އުޅެންވެސް ޖެހުނީ އައިޒަންގެ ގޭގައެވެ. ނަމަވެސް އޭނާ އުޅުނީ އައިނާއާއި އެކު އެ ކުޑަކޮޓަރީގައެވެ.
އުނގޫފާރަށް ލޯންޗު ޖެއްސުމާއި އެކު އެންމެ ފުރަތަމަ ފައިބައިގަންނަން އުޅުނީ ނައިނާއާއި އައިނާއެވެ. އެ މަންޒަރު ބަލަން އެންމެންނަށްވެސް ތިބެވުނީ ހެވިފައެވެ. އަނެއްކާވެސް ދުވަސްކޮޅަކަށްފަހު އުނގޫފާރު ފެނުމުން ނައިނާއަށް ލިބުނީ ދުލުން ބުނެވޭހާވަރަށް ވުރެވެސް ބޮޑު ހިތްހަމަޖެހުމެކެވެ. އެކުވެރި ޒުހާގެ އިތުރަށް އަކުރަމްއާއި އެމީހުންގެ ދަރިފުޅު، ނައިނާމެން ބަލައި އައިސްތިއްބެވެ. ނައިނާގޮސް ޒުހާގެ ގައިގާ އޮޅުލައިގަނެފައި އިރުކޮޅަކު ހުއްޓެވެ. އަކުރަމްވެސް ނައިނާއާއި ގާތްވެލައި ހުރިހާ ކަމެއް ރަނގަޅުތޯ އެހިއެވެ. “އަޅެ ބަލާބަލަ ނައިނާ ލޯބިކަން… ވަރަށް ރީތި…” ޒުހާ ނައިނާގެ ކޮލުގައި ހިފާލަމުން ތައުރީފްކޮށްލިއެވެ. އައިޒަން ތުންފިއްތާލީ އެންމެންވެސް ނައިނާއަށް ތައުރީފްކުރާއިރު އޭނާއަށް ކުރުމުގެ ފުރުސަތު ނެތީމައެވެ. އެތަކެއް އަހަރުތަކެއް ފަހުން އުނގޫފާރަށް އާދެވުމުން އައިޒަން ދިޔައީ މުޅިތަނަށް ބަލަމުންނެވެ.
އެވަގުތު އޭނާއަށް ނައިނާއާއި އައިޒަން ހީސަމާސާކުރާ އަޑުވެސް އިވޭކަހަލައެވެ. އުނގޫފާރަށް އައިއްސާހުރި ބަދަލު އޭނާއަށްވެސް ފާހަގަވިއެވެ. ޒުހާ އައިޒަން އާއި ސަލާމްކޮށްލާފައި އެއްލޯމަރާލުމުން އައިޒަން ބޯޖަހާލީ ސިއްރުން ހީގަނެފައެވެ. ޒުހާ ރުޅިއައިކަމަށް ހަދައިގެން އުޅުނެއްކަމަކު އެމީހުން އައުމުގެ ކުރިންވަނީ އެމީހުންގެ ރޭވުމާއި ގުޅޭގޮތުން ބުނެ އައިޒަންއާއި މެދު އޮތް ރުޅިވެރިކަން ފިލުވާލާފައެވެ. ނައިނާއަށް ދައްކަން ރުޅިމޫނު ހެދިޔަސް އޭނާގެ ހިތް އައިޒަންއަށްޓަކައި ސާފެވެ.
އެމީހުންނަށް ނައިނާގެ ގެޔަށް ދެވުނީ ދެ ކާރެއްގައެވެ. ޒުހާ އެގެ އޮތީ ވަރަށް ރީތިކޮށް ސާފުކޮށްލާފައިކަމުން ވަތް ގޮތަށް އެންމެންވެސް އެކިތަންތަނަށް ބިއްޖެހިފައި ތިބީ ވަރުބަލިކަން ފިލުވާލާށެވެ. އައިނާ އައިޒަންއަށް އެކި ވާހަކަތަށް ކިޔައިދެމުން އެމީހުންގެ ކޮޓަރިވެސް ދެއްކިއެވެ. ހިތްޕާފައި ހުރި ފޮޓޯތަކާއި ފޮރުވާފައި ހުރި އައިޒަންގެ އަންނައުނުތަކެވެ. ހަތަރު ކޮޓަރިން ދެ ކޮޓަރި ޖިނާހްއާއި ލަހުފާ އަދި އައިޝަމްއާއި އިނާއަށް ލިބުމުން ބާކީ އިން އަނެއްކޮޓަރި ދިނީ އައިނާމެންނަށެވެ. އެކަމާއި ވެގެން ނައިނާއަށް މަޖުބޫރުވީ އައިޒަންއާއި އެކު އެއްކޮޓަރި ހިއްސާކުރާށޭވެ. އެތަކެއް ފަހަރު އެކަމަށް ނޫން ނޫން ކިޔެއްކަމަކު އިތުރު ގޮތެއް ނެތުމުން އެއްޗެއް ނުބުނެ ހުރީއެވެ. ނިދަން އޮންނައިރު ކަމެއް ރާވާލާނީއޭ އޭނާގެ ހިތުގައި އޮތެވެ.
ރޭވުމާއި އެއްގޮތަށް ކަންތަށްވެގެން ދާތީ އައިޒަން ހުރީ ހިތްހަމަޖެހިފައެވެ. ނަމަވެސް އައިންސުރެ ނައިނާ ކޮޓަރިއަކަށްނުވަދެއެވެ. ވަންނަނީ މުޅިންވެސް އައިޒަން ނިކުތީމައެވެ. އޭނާ އަށް ސަމާލުކަން ނުދެވޭތޯ ނައިނާ ދިޔައި ވަރަށް މަސައްކަތްކުރަމުންނެވެ. ނަމަވެސް އަނެއްކާވެސް އައިޒަން އާއި އެކު ހަމަ އެގޭގައި އުޅެންޖެހުމުން ކުރީގެ ހަނދާންތަށް އޭނާ ވަށާލައެވެ. އެ ލޯބި ލޯބި ދުވަސްކޮޅުތަށް މަތިން ހަނދާންވެ ކަރުނަ ހިލެއެވެ. ބޭނުންވާ ލޯބި ކުރިމަތީ ހުންނައިރުވެސް އޭގައި ނުހިފޭތީ އެހިތަށް ތަދުވެއެވެ.
………………
އައިނާ އާއި އެކު ފިހާރައަށް ގޮއްސާ އައި ނައިނާ ސިހުނީ އޭނާގެ ގަޔަށް އެރި ފެންކުލަ ޕެކެޓަކާއި ހެދިއެވެ. ދެލޯ ބޮޑުކޮށްލާފައި އެ ފެންޕެކެޓު ޖެހިތަނަށް ބަލައިލެވުނުއިރު ކަމަކުދާކަށްނެތެވެ. ޕީޗްކުލައަކަށް ދާ އެ ރީތި ޓޮޕްކޮޅުގައި މިއޮތީ ހުސްކުލައެވެ. އަރައިގެން އައި ރުޅިން އިސްއުފުލާ އެކަމެއް ކުރީ ކާކުތޯ ބަލާލިއިރު ކުރިމަތީ ހެވިދިއްލިފައި ހުރީ އައިޒަންއެވެ. އަތުގައި އަދިވެސް ދެތިން ފެންޕެކެޓޮ އޮތެވެ. ނައިނާ ދެބުމަ ގޮށްޖަހާލާފައި އައިޒަންއަށް ބަލައިލީ މިކުރަން އުޅެނީ ކީއްބާއޭ ހިތަށްއަރާފައެވެ. އޭރު ކައިރި ހުރި އައިނާ ފުންމަފުންމާފައި ހެނީއެވެ. އައިޒަން ދެވަނަ ފަހަރަށްވެސް ފެންޕެކެޓް ނައިނާގެ ގަޔަށްޖެހީ އޭނާ އެ ހުރިގޮތަށް ހުއްޓައެވެ. އޭތި އައިސް ޖެހުނީ ސީދާ ނައިނާގެ މޫނުގައި ކަމުން އިރުކޮޅަކު ދެލޯ މަރާލައިގެން ހުރެވުނެވެ.
“ކިހާ ދެރަކަމެއް އައިޒަން.!” އައި ރުޅީގައި ނައިނާ އެހެން ބުނެފައި މޫނުފޮހެލިއެވެ. އެހެންކަމުން މޫނުގައި އިތުރަށް ކުލަޖެހުނެވެ. އައިނާ ހީހީ ހަލާކުވެފައިހުރިއިރު އެ މަންޒަރު ބަލަން ތިން ޖޯޑު ފިލައި ތިބީ ހެވިފައެވެ. ޖިނާހް ހީހީފައި ކުރީގެ ހަނދާނެއް އާކޮށްލާފައި އެމީހުންނާއި ހިއްސާކުރިއެވެ. ނައިނާ އައިޒަންއަށް ކޮންމެހެން ރުޅިގަނޑު ބާލާކަށް ބޭނުމެއްނުވެއެވެ. ނަމަވެސް އައިޒަންއާއި ބައިވެރިވިގެން އައިނާވެސް ހޭތީ ނައިނާ އައިޒަންއަށްވެސް ލަނޑެއްދޭހިތްވިއެވެ. ގަތް ކޮތަޅުތަށް ހުރިތަނަށް ވައްޓާލާފައި ނައިނާ ފަޔަށް ލެވުނު ހާ ބާރެއް ލާ ދުއްވައިގަތްތަން ފެނި އައިޒަންވެސް ތެޅިގަނެފައި ދުއްވައިގަތީ މިފަހަރު ސަލާމަތެއްނުވާނޭ ހިތާއެވެ.
އައިނާވެސް ދުވަމުން ހެމުން ދިޔައީ އޭނާ ބައްޕި އާއި މަންމި އުޅޭލެއް މަޖާކަމުންނެވެ. ގަސްތުގައި ނައިނާގެ އަތުޖެހެންވެގެން އައިޒަން ފިޔަވަޅުތަށް ލަސްކޮށްލާ އަރިއަޅާލާކަމަށް ހެދުނެވެ. ނައިނާ ހެމުންހެމުން އައިސް އައިޒަން އާއި ހަމައަށް އެރިއިރު މިފަހަރު އޭނާއަށް ކާމިޔާބު ލިބިއްޖެކަން ހިތާހިތުންކިއެވެ. އައިޒަން ބިރުގަންނަކަމަށް ހެދުމުން ނައިނާ ކައިރިއަށް އިތުރަށް އައީ ހިންޏެވެ. އައިޒަންގެ އަތުގައި އޮތް ފެންޕެކެޓުތަށް އައިޒަންގެ ގަޔަށް ޖަހާފައި ނައިނާ ބާރުބާރަށް ހެމުންދިޔައެވެ. އެތަން ބަލަން އައިޒަންއަށް ހުރެވުނީ ކަޅިވެސްޖަހައިނުލައެވެ. އެ ހިނިތުންވުން އޭނާއަށް އެފެނުނީ ހާދަ ދުވަހެއްފަހުންނެވެ.
އައިޒަން ބަލަންހުރިގޮތުން ނައިނާގެ ހިނިތުންވުން ފަނޑުވެ ކުރެވުނު ކަންތަށް ރޭކާލިއެވެ. އޭރު އައިޒަން ލައިގެން ހުރި މަޑުނޫކުލައިގެ ޓީޝާޓުގައި ކުލަ ހުރިއިރު ފެނާއިވެގެން ޓީޝާޓު ހުރީ އައިޒަންގެ ހަށިގަނޑުގައި ތަތްލާފައެވެ. އައިނާ ދުވެފައި އައިސް އައިޒަންއަށް އިނގިލި ދިއްކޮށްގެން ހުރެ ހެމުންދިޔަތަނަށް ދެމީހުންނަށްވެސް ބަލައިލެވުނެވެ. އެ މައުސޫމް މޫނުމަތިން ފެނުނު ހިނިތުންވުން އެދެމީހުންގެ ހިތަށްވެސް ހަމަޖެހުން ގެނައެވެ. ނައިނާ ދެފަރާތަށް ބޯ ހޫރާލާފައި އައިޒަންއަށް ބަލައިލިއެވެ. އަދި ތުން އަނބުރާލާފައި އައިނާއަށް ޓަޗެއްދިނެވެ. އައިޒަން ބަލިގަބޫލުކުރާ ގޮތަކަށް ތުންފަތް ފިއްތާލުމުން ނައިނާ ދޫ ނެރެފައި އައިނާ ގޮވައިގެން ހިނގައިގަތެވެ. އިސްތަށިގަނޑާއި އަތުންކުޅެލާފައި އައިޒަންވެސް ހިނގައިގަތެވެ.
……………………….
ކައިގެން އެންމެންވެސް އެކި ވާހަކަތަކުގައި ތިބެފައި ފަހަރަކު މީހަކު ފަހަރަކު މީހަކުވެގެން ނިދަން ގޮސް ނައިނާއާއި އައިޒަން އެކަނިވިއެވެ. ކުރާނެކަމެއް ނޭނގިފައި ނައިނާ އެ އިންގޮތަށް އިނދެ ކޮޓަރިއާއި ދިމާލަށް ހިނގައިގަތްތަން ފެނުމުން އައިޒަން ޔެސް އޭ ކިޔާލީ ނައިނާ ގޮތް ދޫކޮށް އެކޮޓަރީގައި ނިދަން ދިޔައީމައެވެ. އައިޒަންވެސް ހަމަޖެހިލައިގެން ކޮޓަރިއަށް ދާން ހިނގައިގަތެވެ. ދޮރުގެ ތަޅުގައި ނުހިފަނިސް އެތެރެއިން ދޮރު ހުޅުވާލިއެވެ. ނައިނާހުރީ ރަޖާގަނޑަކާއި ދެބާލީސް ހިފައިގެން ކަމުން ހިސާބަކަށް ވީ ގޮތް އައިޒަންއަށް އޮޅުންފިލިއެވެ. “އިޓްސް އޯކޭއޭ… ނައިނާ އޮވެބަލަ އެނދުގައި….. ބޭރަށްކޮންމެހެން ނިކުންނާނެކަމެއް ނެތޭ…” އައިޒަން ކަންބޮޑުވެފައި އެހެން ބުނުމުން ނައިނާ ލޮލަށް ގޮތެއް ހަދާފާ ފާޑަކަށް ހޭންފެށިއެވެ. އައިޒަން ހާދަހާވެސް މޮޔައެވެ. “ހެހެހެ އަހަރެންނެއް ނޫން.. އައިޒަން ދާންވީ ތިތާ ސިޓިންރޫމްގައި ނިދަން…” އައިޒަންގެ އަތަށް ގަދަކަމުން ރަޖާގަނޑާއި ދެބާލިސް ލައިދީފައި ނައިނާ ދޮރު ލެއްޕީ އައިޒަންގެ ޖަވާބަކަށް އިންތިޒާރުކުރުމެއްނެތިއެވެ. އައިޒަން ހަހްއޭ ކިޔާފައި ފުން ނޭވައެއް ލިއެވެ. ނައިނާ އޭނާ އެނެރުނީ އޭނާގެވެސް ކޮޓަރިންނެވެ. ހެއްވާ އަންހެނެކެވެ.
އައިޒަން ކުދި ކިޔަމުން ގޮސް ސޯފާގައި އޮށޯތެވެ. ނަމަވެސް ނަސީބު ދެރަކަމުން ސޯފާގައި އޭނާގެ ހަށިގަނޑު ދަމާލައިގެން އަރާމުކޮށް ނިދޭނެގޮތެއްނުވިއެވެ. އެންމެފަހުން ގައިގާ އަޅަން ގެންގުޅުނު ރަޖާގަނޑު ތިރީގައި އަޅާ ނިދަން އޮތްއިރު އޭނާ އަށް ފިނީގެ އިހްސާސްކުރެވެމުން ދިޔައެވެ. މަޑުމަޑުން ނައިނާއަށް އެއްޗެހިކިޔަމުން ގޮސް އައިޒަން އަށް ނިދުނުއިރު އޮތީ ހީކަރުވައިގަނެފައެވެ.
ކޮޓަރީގައި ނުނިދިފާ އޮތް ނައިނާ ބޭރަށް ބޯދިއްކޮށްލާފައި އައިޒަން ކޮބައިތޯ ބަލާލީ އޭނާ ހެދިނުހެދި އެއްޗެއް އިނގެންބޭނުންވީމައެވެ. ސިއްރުސިއްރުން ސިޓިންރޫމަށް ބޯދިއްކޮށްލިއިރު އައިޒަން ތިރީގައި އޮތެވެ. ގައިގާ ރަޖާގަނޑު ނާޅާ އޮތުމުން ކަންބޮޑުވެފައި ނައިނާ ކޮޓަރިއަށް ވަދެ އަލަމާރިން ރަޖާގަނޑެއް ޖަގާ އައިޒަންގެ ގައިގާ ގޮސް އަޅާލިއެވެ. ކިތަންމެ ހޫނަސް އައިޒަންއަށް ގައިގާ ރަޖާގަނޑެއް ނާޅާ ނުނިދޭކަން ނައިނާގެ ހަނދާނުން ފިލާފައެއްނުވެއެވެ. ހިނގައިގަތުމުގެ ކުރިން އަނެއްކާވެސް ނައިނާ އެ މޫނަށްބަލައިލިއެވެ. ނިދާފައި އޮންނައިރު ހާދަހާވެސް ލޯތްބެވެ. އައިޒަން މިތާ ބާއްވައިގެން މިކުރެވެނީ ރަނގަޅު ކަމެއްނޫންކަން ނައިނާއަށް އިހްސާސްވިއެވެ. އެގޮތަށް އޮންނަންޖެހުމުން ޔަޤީނުންވެސް އައިޒަން އުޅެނީ ހެނދުނު ހޭލާގޮތަށް ގައިގާ ރިއްސައިގަނެގެންނެވެ. އަނެއްކާ މިކަން ޖިނާހްމެންނަށް އިނގިއްޖެއްޔާ ފޯރި ހުންނާނެއެވެ. ނައިނާ އެންމެ ފަހުން ނިންމީ އައިޒަންއަށް ގޮވާށެވެ.
އައިޒަން މިތާ އޮތިއްޔާ ވެދާނެ ކުދިކުދި ކަންތަށްތަކާއި ވިސްނަމުންދިޔަ ނައިނާ ތުން އޫކޮށްލީ އައިޒަންއާއި މެދު މާ ވިސްނެނީ ކީއްވެބާއޭ ހިތާއެވެ. “އަހަރެން ހަމައެކަނި ބޭނުންވަނީ ޖިނާހްމެންގެ ބަސްތަކުން ސަލާމަތްވާން… އިތުރު ކަމެއްނޫން..” އަމިއްލަ ނަފްސާއި ދިމާލަށް އެހެން ބުނެފައި ނައިނާ ދެތިން ފަހަރަކު އައިޒަންއަށް ގޮވާލިއެވެ. އައިޒަން މޯޅިއަކަށް ދެމިލާފައި ދެލޯ އުނގުޅަމުން ނައިނާއަށް ބަލައިލިއެވެ. އަދި ހޫންން އޭ ބުނީ އަދިވެސް ނިދީގެ އަސަރު ނުފިލާ ހާލުގައެވެ. “އާދޭ ކޮޓަރިއަށް…” ނައިނާ އެހެން ބުނުމުން އައިޒަން ދެލޯ ތަންމިނަށް ހުޅުވާލިއެވެ. ރުންކުރުގޮތަކަށް އަޑުއިވިއްޖެ ނޫންހޭ ކިޔާފައި ނައިނާ ކޮޓަރިއަށް ވަނުމުން އައިޒަންވެސް އުފަލުން ކޮޓަރިއަށް ވަނެވެ.
އައިޒަން ކައިރި މަތީގައި އޮންނާށޭ ކިޔާފައި ނައިނާ ތިރީގައި އޮންނަން އެތަނުގައި ރަޖާގަނޑު ފަތުރާލިއެވެ. އައިޒަން ބުންޏަސް ގޮތް ދޫނުކުރާނެކަން އިނގޭތީވެ އެއްޗެއް ނުބުނެ އޭނާ އެނދުގައި ނިދަން އޮތެވެ. އެއްކޮޓަރީގައި ނިދާލުމުގެ ފުރުސަތު ލިބުންވެސް އެއީ ހާދަބޮޑުވަރެއްވިއްޔާއެވެ. އަދި އިރާދަކުރެއްވިއްޔާ އެ އަތްމަތީވެސް އޮންނާނެއެވެ.
……………..
އަރައިގެން އައި އިރާއެކު ގޭތެރެ ހަލަބޮލިވިއެވެ. އައިނާމެން ސަކަރާތްޖަހާއަޑާއި އަންހެންވެރިން ކައްކާ އަޑު ގޭގައި ހިފާލާފައި ހުރިއިރު ފިރިހެންވެރިން ބަލަން ތިބި ޓީވީގެ އަޑުވެސް އެހާގަދައެވެ. އެމީހުން ރަށުތެރެ ބަލާލާށާއި މޫދަށް އެރެންށާއި އެކި ކަންތަށް ކުރަން ފޯރިއާއި އެކި ކިޔަމުންދިޔައެވެ. އެހެންކަމުން ސައިބޮއެގެން ނައިނާ މެން ދިޔައީ ރަށުތެރެއަށެވެ. އައިޝަމް އަށް އުނގޫފާރު ވަރަށް ބޮޑަށްވެސް ކަމުދިޔައެވެ. ޖިނާހްމެންގެ އެދުމަށް އޮފީހަށްވެސް ދާންޖެހުނީ އެތަނުގެ ކަންތަށް ބަލާ ހަދާށެވެ. އެތަކެއް އަހަރުފަހުން އައިޒަން އެ އޮފީހަށް ވަނުމުން އެތަށް ބަޔަކު މަރުހަބާ ކިއެވެ. އެ މަންޒަރު ބަލަން ހުރި ނައިނާއަށް ހިނިތުންވެވުނެވެ.
ދުވަސްނިމިގެން ދިޔައިރުވެސް އައިޒަންއަށް ނައިނާއާއި ވާހަކަދެއްކޭނެ ފުރުސަތެއްނުލިބުނެވެ. ނައިނާ އަބަދުވެސް އޭނާ އާއި ދުރަށްދަނިއެވެ. ނުވަތަ ފުރުސަތު ނުދެނީއެވެ. އަބަދުވެސް ބަލަނީ ވީހާވެސް ދުރުގައި އުޅެވޭތޯއެވެ. އެއްކޮޓަރީގައި ނިދިއެއްކަމަކު ނައިނާ އޮންނަނީ ތިރީގައެވެ. ނަމަވެސް އައިޒަންގެ ހަރަކާތްތަށް ހުންނަގޮތުން ނައިނާއަށް އެއްކަމެއް އިނގުނެވެ. އައިޒަން އަދިވެސް ނައިނާ ބޭނުންވާކަމެވެ. އެގޮތަށް ކަން އޮތެއްކަމަކު ނައިނާ އަދިވެސް ބޭނުމީ އައިޒަންގެ ފަރާތުން އެ އިތުބާރެވެ. އައިޒަންއަށް އަދިވެސް ނައިނާ ހޯދަން މަސައްކަތްކުރަންވާވަރަށް ނުކުރެވެނީއެވެ. ކުރަން ޖެހިލުންވަނީ ނައިނާ އޭނާއާއި ބަހައްޓާ ދުރުކަމުންނެވެ.
ދުރުދުރުން ނައިނާ ކައިރި ޒުހާ އާއި ލަހުފާވެސް ދިޔައީ އައިޒަންގެ ވާހަކަތަށް ދައްކަމުންނެވެ. އައިޒަން ލޯބިވާކަން އޭނާއަށްވެސް އިނގެއެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ؟ ނައިނާ އަދިވެސް ބިރުގަންނަނީއެވެ. އެއަތުތެރެއަށް ވަދެ ހިމާޔަތްކަން ހޯދަންވެސް ބޭނުންވެއެވެ. އެ އަނގައިން ނައިނާ ދެކެ ލޯބިވެޔޭ ބުނާ އަޑުއަހަން ކަންފަތް ބޭގަރާރުވެއެވެ. އެހެންނަމަވެސް އެ ދުވަހު ގެއްލުނު އިތުބާރަކީ އެހާ ފަސޭހައިން ހޯދޭނެ އެއްޗެއް ނޫނެވެ.
ރޭގަނޑެވެ. ނައިނާ ނިދަން އޮށޯވެ އޮތް އިރު އައިޒަންގެ ހަބަރެއްނުވެއެވެ. އައިޒަން ނާންނާތީ ނުނިދިފައި އޮތީ ކަންބޮޑުވެފައެވެ. މިއަދު ހެނދުނު ނިކުތްމީހާ އަދި ދައްކައިނުލައެވެ. މިހާރަކަށް އައިސް އައިޒަންވެސް އުޅެނީ ދުރުދުރުންނެވެ. އެހާ އަވަހަށް ބަލިގަބޫލުކުރީ ކަންނޭނގެއެވެ. ނައިނާ ނުހޯދުނީމާ އިތުރަށް މަސައްކަތްކުރަން ބޭނުންނުވަނީ ކަންނޭނގެއެވެ. ކުދި ކިޔަން އޮތް ނައިނާ ސިހުނީ ވަރަށް މަޑުމަޑުން ދޮރުހުޅުވުނު އަޑަށެވެ. އަވަސް ހަރަކާތަކާއި އެކު ނިދާކަމަށް ހަދައިގެން އޮއްވާ އިވުނީ އައިޒަން ފާހަނައަށް ވަތް އަޑެވެ. ނައިނާ ހަމަ އޮތްގޮތަށް ގުޑި ނުލާ އޮތެވެ. އައިޒަން ފެންވަރައިގެން ނިކުމެ އެނދުގައި އޮށޯތުމުގެ ކުރިން ނައިނާއަށް ބަލައިލިއެވެ. ކުޑަ ވައްބުރުގަލެއް އަޅައިގެން ނައިނާ ނިދާފައި އޮތްއިރުވެސް އެ ގުޅުން ކިހާ ދުރުވެއްޖެކަން އައިޒަންއަށް އިހްސާސްވިއެވެ. އެނދަށް ދާން ހިނގައިގަނެފައިވެސް އޭނާ ގެ މިޝްރާބު ބަދަލުވެ ނައިނާ ކައިރިއަށް ދެވުނެވެ. ނިދިކަމަށް ހަދައިގެން އޮތް ނައިނާ ނޭވައި ހިފަހައްޓާލައިގެން އޮތީ އައިޒަން އަންނަ އިހްސާސްވެގެންނެވެ. އައިޒަން ކުރަން އެ އުޅެނީ ކީއްކުރަންބާއޭ އޭނަ ހިތަށްއެރުމާއި އެކު ހިތްއަވަސްވިއެވެ.
އައިޒަން ގޮސް ދެފައި މައްޗަށް އިށީނދެލާފައި ނައިނާގެ މޫނާއި ދިމާލަށް އަތް ދިއްކޮށްލިއެވެ. ނަމަވެސް ގޮއް މުއްކަވާލާފައި އެއަތް ތިރިކޮށްލިއެވެ. “ނައިނާ! އަހަރެންނަށް މާފުކުރޭ! އަހަރެން ނައިނާ ކައިރި ހުންނަން ދުނިޔޭގައި ހުރި ކޮންމެ އެއްޗެއްވެސް ގުރުބާންކޮށްފާނަން.. ނައިނާ ބުނި ކަމެއް ކުރާނަން.. ޕްލީސް އަހަރެންނަށް ވަރަށް އުނދަގޫވެ… އިނގޭ ނައިނާއަށްވެސް ވަރަށް ދެރަދެވިއްޖެކަން… ނައިނާ ކުރިމައްޗަށް ނާރާވޭތޯވެސް ބަލަނީ ނައިނާއަށް ނައިނާގެ ހިތަށް އަނިޔާއެއް ދެވިދާނެތީ.. ނައިނާ ދެރަވާތަން ފެންނާތީ.. އެކަމް ތި މޫނަށް ބަލަން، ތި އަތުގައި ހިފަހައްޓަން މި ހިތް އެދޭވަރު ދެނެވޮޑިގެންވާނީ އެންމެ ފަރާތެއް… ޕްލީސް އަހަރެންނަށް މާފުކުރޭ! އަހަރެންގެ ކެތްތެރިކަން ކޮޅުންލައިދިޔުމުގެ ކުރިން ތި ލޯބި އަހަރެންނަށް ދީ.. އަހަރެން މޮޔަވެދާނެ ނޭނާ…!” ވޭނީ އަޑަކުން އައިޒަން ވާހަކަދައްކަމުން ދިޔައިރު އޭނާގެ އަޑުކިރިޔާ ބޭރުވާކަމެވެ. އައިޒަން ދެއްކި ވާހަކަ ނައިނާއަށް ރީއްޗަށް އިވުނެވެ. އެ ހިތުގައި ޖެހުނުނަމަވެސް ގުޑި ނުލާ އޮތެވެ.
އައިޒަން އޭނާގެ ފިރިހެންވަންތަ އަޑުން ނައިނާއަށް އޭނާ ވާ ލޯބި އަންގަމުން ދިޔައީ ފޮނި ފޮނި ބަސްތަކުންނެވެ. ކުރިއެކޭ އެއްފަދައިން އޭނާގެ ލޯބި ހާމަކުރަމުން ދިޔައެވެ. ނަމަވެސް ތަފާތަކީ އެ ބަސްތަށް އަޑުއެހުމުގެ ބަދަލުގައި ނައިނާ ނިދާފައި އޮތްކަމެވެ. އެ ބަސްތަށް އެ ކަންފަތަށް ނީވުމެވެ. އައިޒަން އޭނާގެ ހިތުގެ ހާލު ނައިނާއަށް އަންގަމުން ދިޔައިރު އެދެލޯ ކަރުނުން ފުރުނެވެ. “ވަރަށް ލޯބިވޭ…. ވަރަށް ބޮޑަށް.. އަހަރެންނަށް މާފުކުރޭ..!! އިނގޭ އަހަރެންނަށް އިތުބާރު ކުރަން ނުވާނެކަން.. އަހަރެންނަކީ ވަރަށް ގޯސްމީހެއްކަން.. އެކަމް އަހަރެން މަންމަ އަހަރެންނަށް އެހެން ހަދާނެކަމަށް ހީނުކުރެވުނީ! އަހަރެންނަށް މާ ބޮޑަށް މަންމައަށް އިތުބާރުކުރެވުނީ.. އޭގެ އަދަބު އަހަރެންނަށް ލިބިއްޖެ ނޭނާ.. އިތުރަށް އަހަރެންނަށް އަދަބުނުދީ..!” އައިޒަންގެ އަޑުކުރެހުނެވެ. އެންމެފަހުން ނީންދެވިގެން އައިޒަން ތެދުވެގެން ހިނގައިގަތެވެ. އަދި ކޮޓަރިންވެސް ނިކުމެގެން ދިޔައެވެ. ނައިނާ ދެލޯ ހުޅުވާލާފައި ފުން ނޭވައެއްލިއެވެ. އޭނަގެ ސިކުނޑިއާއި ހިތް އެއްވަރަކަށް މަސައްކަތްކުރަމުން ދިޔައިރު ދެ ފަރާތަށްވެސް ބުރަވާނެހެން ވަރުގަދަ ނިންމުމެއް ނިންމިއްޖެއެވެ.
………………………..
ހެނދުނެވެ. ބޭރު އުނދޯލީގައި އޮތް އައިޒަންއަށް ބަދިގެއާއި ދިމާލަށް ދާން ހިނގައިގަތީ ވެފައިވާ ބަނޑުހައެއްގެ ސަބަބުން ކާ އެއްޗެއް ކާށެވެ. އެހާ ހެނދުނާ އެކަކުވެސް ހޭލާ އުޅެދާނެކަމަށް އައިޒަން ހިއެއްނުކުރެއެވެ. ނަމަވެސް ބަދިގެއާއި ހަމައަށް އެރިއިރު މީހަކު އުޅޭކަން އެނގި ބޯދިއްކޮށްލިއެވެ. އޭރު ނައިނާ ލަވައެއްގެ ރާގަކަށް ހުމްމް އަޅުވަމުން ސައިހެދުމުގައި އުޅުނެވެ. އެ މޫނުމަތިން ފެންނަނީ އެހެންޏާ ނުފެންނަ ކަހަލަ ހިނިތުންވުމެކެވެ. ނައިނާއަށް ފެނުމުގެ ކުރިން އެތަނުން އައިޒަން ދެމިގަންނަން އުޅުނީ ނައިނާ ކުރިމައްޗަށް އަރަން ޖެހިލުންވާތީއެވެ. “އައިޒަން..!” ނައިނާގެ އަޑާއި އެކު އައިޒަންގެ ހަށިގަނޑުގެ ހަރަކާތާއި އެކު ހިތްވެސް ހުއްޓުނެވެ. ނައިނާ މިވީ އެއްވެސް ދުވަހެއްގައި އެހާ ރީއްޗަށް އައިޒަންއަށް ގޮވާލާފައި ނުވެއެވެ. ލަސްލަހުން އައިޒަންއަށް ނައިނާއާއި ދިމާ ބަލައިލެވުނީ ގަބޫލުނުކުރެވިފައެވެ.
“އާދޭ ކޮފީ ހަދައިދޭނަން..” ދެންވެސް ނައިނާ ވާހަކަދެއްކީ ރީއްޗަށެވެ. ހައިރާންވެފައި ހުރި އައިޒަންގެ ފައި ހަރަކާތްކުރީވެސް ނައިނާ އެ ޖުމްލަ ތަކުރާރުކޮށްލުމުންނެވެ. ނައިނާ ދެމީހުންނަށް ކޮފީތަށްޓެއް ހަދައިގެން އައިސް އައިޒަންގެ ތަށި އޭނާއާއި ގާތްކޮށްލުމަށްފަހު އައިޒަންގެ ކުރިމައްޗަށްވާ ގޮތަށް އިށީނެވެ. މިއައި ބަދަލަކީ ކޮބައިކަން އައިޒަން ހުރީ ދެނެގަންނަން ބޭނުންވެފައެވެ. “އަހަރެން އައިޒަން އުޅެން ބޭނުން..އަހަރެންނަށް އެ ދުވަސްތަށް ހަނދާނުން ފޮހެލަން ފަސޭހައެއްނުވާނެ.. އަދި އައިޒަން އަހަރެންގެ ލޯތްބަށާއި އަހަރެންނަށް ކުރި ޝައްކު އަހަރެން ހިތަކުން ފިލައިގެން ދާނޭ އެއްޗެއް ނޫން.. އޭގެ މާނައަކީއެއްނޫން އަހަރެން އައިޒަންއާއި އެކު އުޅެން ބޭނުންނުވަނީއެކޭ… އައިޒަންވެސް ލޯބިވާކަން އިނގޭ.. އަހަރެންވެސް ލޯބިވަން.. އަހަރެންވެސް ބޭނުންވޭ އީއްކޮއަށް އަހަރެންނަށް ނުލިބުނު ފުރިހަމަ އުފާވެރި އަދި ބައްޕައެއްގެ ލޯތްބާއި ރައްކާތެރިކަމުން ފުރިގެންވާ ދިރިއުޅުމެއްލިބެން.. ކޮންމެ އިންސާނަކާ އެންމެ ކައިރީގައި ވާ އެއްޗަކީ މަރު… އަހަރެމެން ތެރެއިން އެންމެ އަވަހަށް މި ދުނިޔެ ދޫކުރާނީ ކާކުކަމެއް ނޭނގެ… އެކަމް އެކަމަށް ތައްޔާރުވާންޖެހޭނެ.. އަހަރެން ބޭނުމީ އަހަރެންގެ ފަހުނޭވަޔާއި ޖެހެންދެންވެސް އައިޒަންގެ މީހަކަށްވެ އައިޒަންގެ ހިދުމަތުގައި ހުންނަން.. ކައިރީގައި ތިއްބަސް މި ދެމެދުގައިވާ ދުރުމިން އަދި ވާހަކަ ނުދައްކާ މި ނަގާލެވޭ ވަގުތު…މީ ވަރަށް އަގުހުރި އެއްޗެހި… މި ވަގުތު ފާއިތުވުމުގެ ކުރިން އަހަރެން ބޭނުންވޭ އަހަރެންނަށާއި އީއްކޮއަށް ނުލިބުނު ހުރިހާ ލޯތްބަކާ އަޅާލުން ލިބެން… އައިޒަންގެ ފަރާތުން.. އައިޒަން ކައިރި އުޅެން.. ކުރިއެކޭ އެއްފަދައިން ތި ލޯތްބަށްޓަކައި ފިދާވާން..” ނައިނާ ކޮފީތަށްޓާއި ދިމަލަށް ބަލަން އިނދެ ލަސްލަހުން ވާހަކަދެއްކިއެވެ.
ތެދެކެވެ. ގެއްލިއްޖެ ވަގުތަކީ އަނބުރާ ލިބޭނެ އެއްޗެއްނޫނެވެ. އެ ވަގުތުގެ ބޭނުން ހިފުމަކީ އެންމެ ރަނގަޅުގޮތެވެ. މި ފަނާވަނިވި ދުނިޔޭގައި ދިރިހުރިހާ ދުވަހެއްގައި އެކަލާނގެއަށް އަޅުކަން ކުރުމުގަޔާއި ތިމާގެ ދިރިއުޅުން ރަނގަޅުގޮތުގައި އާރާސްތު ކުރުމުގައި އުޅުމަކީ ކޮންމެ މީހަކުވެސް ކުރަންޖެހޭނެ ކަމެކެވެ. ނައިނާވެސް ވިސްނީ އެގޮތަށެވެ. އެހެނީ މާޒީގެ ކަންތަށް ކިތަންމެ ގޯސްކޮށްވެފައި އޮތެއްކަމަކު މިއަދު އޭނާގެ އަލަތު ލޯބި، އޭނާގެ އައިޒަން އެހުރީ ނައިނާއާއި ދިމާލަށް އަތްދިއްކޮށްލައިގެން އެ އަތުގައި ހިފާނެ އިރަކަށް އިންތިޒާރުކުރާށެވެ. އެ އަތުގައި ނައިނާއަށް ނުހިފެންވީ ކީއްވެހެއްޔެވެ؟ މިއަދު އެ ލޯބީގެ ދެމެދަށް އަންނާނެ އެއްވެސް ހުރަހެއްނެތެވެ. އެއްވެސް މަޖުބޫރީއެއްނެތެވެ. މިއަދު އެދެމީހުންނަށްވެސް އެ ފެންނަނީ އެދެމީހުން އަބަދުވެސް ދުޢާ ކުރަމުން އައި ދިރިއުޅުމެކެވެ. އެހެންވުމުން އައިޒަންއާއި ދިމާލަށް ކުރިއަށް ފިޔަވަޅެއް އަޅާލާ އެ އަތުގައި ނުހިފަންވީ ކީއްވެހެއްޔެވެ؟
އައިޒަން ނައިނާއަށް ބަލަންހުރި އިރު ވިސްނަންވީ އެއްޗެއް ކުރަންވީ ކީއްކަމެއް ހުރީ ނޭންގިފައެވެ. “އައިޒަން.. އަހަރެން އައިޒަންއަށް މާފުކުރަން އަދި އެހާ ފަސޭހަނުވެދާނެ.. އަހަރެން ގަބޫލުކުރަން އައިޒަންއަށް ދިމާވި ހުރިހާކަމެއް.. ކުރިމަތިވި ހުރިހާ މަޖުބޫރީތަކެއް… އަހަރެންނަށް އިހްސާސްވޭ.. އައިޒަން އަކީ ވަރަށް ރަނގަޅު ހެޔޮލަފާ ދަރިއެއް.. އަހަރެން ފަހުރުވެރިވޭ ތިކަހަލަ ހެޔޮލަފާ އިންސާނަކަށް އަހަރެން ހިތްދެވުނީތީ.. އަހަރެން އުފާވޭ އަހަރެންގެ ދަރިފުޅުވެސް އައިޒަން އުޅޭހެން އުޅޭނެކަން އިނގޭތީ.. ބައެއް މީހުންނަށް ތިމާ ކޮށްދޭ ކަންތަށްތަކުގެ އަގު އަދާކުރަން ނޭނގެނީ.. ޝުކުރުވެރިވާން ނޭނގެނީ.. އައިޒަންގެ މަންމައަށް އެ ގެއްލުނީ ކިހާ ރަނގަޅު ކިހާ ކިޔަމަންތެރި ދަރިއެއްކަން މަންމައަށް އަންދާޒާވެސް ނުކޮށްލެވުނު.. އައިޒަން! މާޒީވެ ދިޔަ ހުރިހާ ދުވަހެއް އަހަރެން، އަހަރެންގެ ހިތުތެރޭ ވަޅުލާ ފޮރުވައިފިން.. ކުރިއަށް އޮތް ދުވަސްތަށް އަހަރެން ބޭނުމީ އުފަލުގައި އުޅެން.. ތިއަތުގައި ހިފައިގެން ދިމާވާ ކޮންމެ އަޑިގަނޑަކުން ގިރާކުރަން… ކޮންމެ އުސްގަނޑަކަށް އަރަން…” ނައިނާ ސީދާ އައިޒަންގެ މޫނަށް ބަލަން އިނދެ ބުނެލިއެވެ. އައިޒަންގެ މޫނުމަތީ ހުރި ކުލަވަރު ފެނި ނައިނާ އަށް އޭނާ އެހުރީ ޔަޤީންނުވެކަން އެނގުނެވެ. އެހެންކަމުން ބޯޖަހަލީ އޭނާ ދެއްކި ވާހަކައަކީ ތެދުކަން އަންގައިދޭށެވެ.
އެ އިޝާރާތާއި އެކު އައިޒަންގެ މޫނުމަތިން ހިނިތުންވުން ފެނިގެންދިޔައެވެ. އޭނާ އުފަލުން ތެދުވެފައި ގޮސް ނައިނާ އެ އަތުތެރެއަށް ލާ ފޮރުވާލިއެވެ. އަދި ދެއަތުގެ ބާރުގައި އެ ހަށިގަނޑު އުފުއްލާލާ އެނބުރުންވެ. ނައިނާ އުޖާލަވެފައިހުރި އައިޒަންގެ މޫނަށް ބަލަހައްޓައިގެން ހުރިއިރު އޭނާއަށް މާޒީގެ އެކި ދުވަސްތަށް ސިފަވެގެންދިޔައެވެ. އައިޒަން އަށް ލިބުނު އުފާ ބަޔާންކުރަންވެސް ދައްޗެވެ. އޭނާ ހުރީ އެކަށް މާޔޫސްވެފައެވެ. ދުނިޔެމަތިން ފޫހިވެފައެވެ. ޝާމިރާގެ އެ އަމަލުން އޭނާގެ ހިތާއި ސިކުނޑި އެކަށް ހަލާކުކޮށްލައިގިއެވެ. އަނެއްކާ ނައިނާއޭނާއަށް ގެއްލޭތީ އެހިތްވަނީ މާޔޫސްވެފައެވެ. އެހެންމީހުންނަށް ނުދެއްކިޔަސް އެ ސިކުނޑި ހުރީ ގޮވާފައެވެ. ނައިނާ އޭނާއަށް އެ ދިން ހަބަރަކުން އޭނާގެ ހިތްވެސް އަލުން މަސައްކަތްކުރަން ފެށިކަހަލައެވެ.
…………….
ތިން އަހަރުފަސް..
ފުރިހަމަ އުފާވެރި އާއިލާއެއްގެ މިސާލަކަށް އެންމެންވެސް ދައްކާ އުޅެނީ އެއް އާއިލާއެއްގެ ވާހަކައެވެ. ދުލުކުރީގައި ވަނީ އެއްނަންތަކެކެވެ. މޮޅެތި ކާމިޔާބީތަކަކާއި އެކު ރާއްޖެއަށް ފުޅާކުރި ކުންފުނީގެ އިސްދެވެރިންގެ ހަމައެކަނި ކާމިޔާބީއަކީ އެ ކުންފުންޏެއްނޫނެވެ. އެ އުފާވެރި ބޮޑު އާއިލާއެވެ. އެކުވެރިކަމާއި މަޖަލުގައި ހޭދަކުރާ އަބަދުވެސް އެންމެންގެ ލޯތަށް އަމާޒުވާ އެ އާއިލާއެވެ. ކުންފުނީގެ އަހަރީ ޖަލްސާއަކަށް ބޭނުންވާނެ އެންމެ ފުރިހަމަ ވާހަކަތަށް ދައްކާ ނިންމާލުމަށްފަހު އެންމެންގެ ކުރިމަތިން ލާފައި އައިޒަން ގޮސް ހުއްޓުނީ ލޯބިވާ ނައިނާ ކައިރިއެވެ. އޭރު ކެމެރާތަށް އެމީހުންނަށް އަމާޒުވެ ފްލެޝް ލައިޓްތަކުން ނިވި ދިއްލެމުންދިޔައެވެ. ފަސްމަހުގެ ބަނޑާއި ހަށިގަނޑު ފޮރުވާލެވިފައިވަނީ ރީތި ޕީޗް ކުލައިގެ ދިގު ހެދުމަކުންނެވެ. ރީތިގޮތަކަށް އަޅާފައިވާ ޝޯލް އާއި ލުއި ލުއި މޭކަޕުން ނައިނާގެ ރީތިކަން އިތުރުވެފައިވާ ކަހަލައެވެ. އެންމެންގެ ތެރޭގައި ނައިނާގެ އަތުގައި ހިފަހައްޓާލައިގެން އައިޒަން ސްޓޭޖަށް އަރާލިއެވެ.
” ބައެއް މީހުން ބުނެ އުޅޭ، ރާއްޖެތެރޭ މީހުން މާލޭ މީހުން.. ނޫން.. މީ އެކައްޗެއް… މީ އެއްބައެއް… އަޅުގަނޑު ރާއްޖެތެރެއަށް ފުޅާކޮށްލައިގެން އަޅާފައިވާ އޮފީސްތަކުގެ މަންފާ މި މާލޭގެ ކުންފުންޏަށްވުރެ ގިނަކަމާއި އެ ހުރިހާ ބްރާންޗެއްގައިވެސް އުޅޭ މުވައްޒަފުންނާއި އެދެމެދުގައި އުފެދިފައިވާ ގާތްއެކުވެރިކަން މި މާލޭގައި އުފެދިފައިވާ އޮފީހަށްވުރެ ހާސްގުނައެއް ރަނގަޅު… އެ އެކަނިވެސް އެބަ ދައްކާ ރާއްޖެތެރޭ މީހުންގެ ތަފާތުކަން.. މާލޭމީހުންނާއި އަޅާކިޔޭނެކަން… ރާއްޖެތެރޭ ރަށްތަކަށް ބޭނުންވަނީ ހަމައެކަނި ކުޑަކުޑަ އިމާރާތެއް.. ކުޑަ ކުޑަ އެހީއެއް މަސައްކަތެއްކޮށްލަން.. އެ ފުޅާ ކޮށްލައިގެން ގޮސް އެކި އުސްމިންތަށް ކަޑައްތު ކުރާލެއް މާ އަވަސް….
ބައެއް މީހުންބުނޭ، ފަޤީރުން… ނިކަމެތިން.. މުއްސަނދިމީހުން… ނޫން… އެއީ ހަމައެކަނި ބަސްތަކެއް… އަހަރެން ކޮންމެ މީހެއްވެސް އެނބުރި ރުޖޫޢަ ވާނީ އެންމެ ފަރާތަކަށް… އެދުވަހަކުން ތިބާގެ ފަގީރުކަމެއްނުވަތަ މުއްސަނދިކަމާމެދުއެއްނޫން ހިސާބު ބެއްލެވޭނީ. އަމަލުތަށް.. އަޅުގަނޑުމެންގެ އަމަލުތަށް… އަޅުގަނޑުމެން ރާއްޖެއަކީ ކުޑަގައުމެއް… އެކަމް އެކަތިގަނޑަކަށްވެ މި ތަފާތުކުރުންތަށް ނައްތާލާ އެންމެންވެސް އަތް ގުޅުވާލައިގެން މަސައްކަތްކޮށްފިނަމަ މިއީ ވަރަށް ކުރިއަރައިގެން ދާނެ ގައުމެއް… ރާއްޖެތެރޭގައި އެބަތިބި ގާބިލު އެތަށްބައެއް.. ބޭނުންވަނީ ކުޑަ ހިތްވަރެއް.. އެ ގާބިލުކަން ބޭނުންކޮށްގެން ކުރިއަރުވާނެ އިސްވެރިން.. ހަމައެގޮތަށް…. ރަނގަޅު އަނބިން…..” ވަރަށް ސީރިއަސް މޫޑެއްގައި ހުރެ ވާހަކަދައްކަމުން ދިޔަ އައިޒަން ގެ ސަބަބުން ހޯލްތެރޭ އެކީ އަޑުމަޑުވެގެން ދިޔައެވެ. އޭނާ ރާއްޖެތެރެއާއި މާލެ އޭ ބުނާ ކޮންމެފަހަރަކު ދިޔައީ ދެއަތް ގުޅުވާލާ އެ ދެއަތުގެ އިޝާރާތުން އެކަތިގަނޑެއްގެ މާނަ ދައްކަމުންނެވެ. އައިޒަން ފުން ނޭވައަކާއި އެކު ބުނި ފަހު ތިން ބަހާއި އެކު ހޯލްތެރޭގައި ތިބި އެންމެން އެކި ގޮތްގޮތަށް ހޭންފެށިއެވެ. އައިޒަންވެސް ރީތި ހިނިތުންވުމެއް ދީފައި ކައިރި ހުރި ނައިނާގެ އަތުގައި ހިފައިލިއެވެ. ނައިނާ ހުރީ ލަދުން އިސްއުފުލާލަންވެސް ނުކެރިފައެވެ. އެންމެ ކުރީގައި ތިބި އައިޝަމްއާއި ޖިނާހް ކޮޅަށް ތެދުވެ ތުމުން ފުމެ ހަޅޭލަވަން ފެށުމުން އައިޒަން ދަތްކޮޅު ފެންނަވަރަށް ހީލާފައި ބޯކަހާލިއެވެ. “އަޅުގަނޑުގެ މި ކާމިޔާބީ، ކާމިޔާބީއަކަށްވީ އަޅުގަނޑު ލޯބިވާ އަޅުގަނޑުގެ އަންހެނުންގެ ސަބަބުން… ދެގޮތެއްނުވެ އަޅުގަނޑު ކައިރި ހިތްވަރަކަށްވެ ހުރީތީ… އަޅުގަނޑުގެ ޝުކުރު ހައްޤުވާނެ ފުރަތަމަ ފަރާތަކީ މީ… ދެވަނަ ފަރާތަކީ މިންނެތް މަސައްކަތަކުން މި ކުންފުނި ކުރިއެރުވި ގާތް އެކުވެރިން އަދި..މުވައްޒަފުން.. ޝުކުރިއްޔާ.”
އައިޒަން ނައިނާގެ އަތުގައި ހިފަހައްޓައިގެން ފައިބައިގެން ދިޔަތަން އެކި މީހުން ދިޔައީ ފޯނުގައި ނުވަތަ ކެމެރާގައި ރައްކާކުރަމުންނެވެ. އެހާވެސް ގުޅޭ ދެމަފިރިންނެވެ. ގޮނޑިގައި އިށީނދެ އިން އައިނާ އައިސް ދެމީހުންގެ ކައިރި މަޑުކޮށްލުމުން އައިޒަން އައިނާ އުރާލާފައި ގޮނޑިކައިރިއަށް ހިނގައިގަތެވެ. ޕާޓީ ފެށިގެންދިޔައީ ދެނެވެ. އެތަށްބަޔަކު އައިސް ލިބުނު ކާމިޔާބީއަށް މަރުހަބާކިޔަމުން ދިޔައިރު ނައިނާއަށްވެސް ދިޔައީ ތައުރީފްގެ ބަސްތަށް އުކަމުންނެވެ. އައިޒަން ނައިނާއަށް ކުދި ކުދި ގޯނާތަށް ކުރަމުން ދިޔައިރު އޭނާ އިރުއިރުކޮޅާ އަތް ފޮޅާލައެވެ. އަދި މީހަކަށް ފެނިދާނޭ ބުނެއެވެ. ނަމަވެސް އައިޒަން ހަރަކާތްތަށް ހުއްޓުވާކަށް ނޫޅުނެވެ. ނައިނާ ރުޅި މޫނު ހަދައިގެން އިންނައިރުވެސް އެ ތުންފަތްމަތީ ވާ ހިނިތުންވުން ދުރުގައި ހުރި އައޝަމްގެ ހިތަށް ހަމަޖެހުން ހޯދައިދިނެވެ.
އެ ލޯތްބަށްޓަކައި ދެމީހުންވެސް އެތަށް ގުރުބާނީއެއް ދިނެވެ. އެކަކު އަނެކަކާއި ދުރުވިއެވެ. އެކަކު އަނެކަކުގެ އަތުން ދޫކޮށްލާ ފަސްއެނބުރުނެވެ. ފުރަތަމަ އައިޒަން ނައިނާއަށް ފުރަގަސްދިނެވެ. އެއަށްފަހު ނައިނާ އައިޒަންއަށް ފުރަގަސްދިނެވެ. ނަމަވެސް ތަޤުދީރު އަނެއްކާވެސް އެ ދެމީހުން ގުޅުވާލައިފިއެވެ. ތެދުވެރި ލޯތްބަކީ މިއީއެވެ. ލޯބުވާ ފަހަރި އާއި ދޮންބެ އެހާ އުފަލުގައި ތިބިތަން ފެނި އައިޝަމްވެސް އުފާވިއެވެ. އަދި މާތް ﷲ އަށް ދުޢާ ކޮށްލީ އެ ލޯބި އަބަދުވެސް އެގޮތުގައި ދެމިއޮތުމަށެވެ. އެ ގުޅުން ވަރުގަދަވުމަށެވެ.
“އައިޒަންންން! ނަހަދަބަ އެހެން..” ނައިނާ ލޯ އަޅާލަމުން އެހެން ބުންޏެވެ. އައިޒަން ދޫ ނެރެލާފައި ދެންވެސް ނައިނާގެ އުނަގަނޑުގައި ކޮއްޓާލިއެވެ. “ދެންންން!” ނައިނާ ތުން އޫކޮށްލިއެވެ. އައިޒަން އަށް އެމަންޒަރު ފެނި ހޭންފެށިއެވެ. އަދި ނައިނާގެ ނޭފަތުގައި ހިފާލިއެވެ.
“ތި ބާއަށްޓަކައި ކުރީމޭ އިންތިޒާރު ރޭދުވާ…
ތި ލޯތްބަށްޓަކައި ވީމޭ ގުރުބާން ހަމަހުވާ…”
އައިޒަން އޭނާގެ ހިތުގެ ހާލު އޭނާގެ މަލިކާއަށް އިއްވާލިއެވެ. ނައިނާގެ ތުންފަތްމަތިން ފެނުނު ރީތި ހިނިތުންވުމުން އައިޒަން ގެ ހިތަށް އުފާވެރިކަން ގެނައެވެ. އަދި ދުޢާ ކުރެވުނީ އަބަދުމެ އަބަދަށް ނައިނާ އެގޮތުގައި އުފައިވެފައި ހުރޭތޯއެވެ. ދެމީހުންގެ ހިތުގައި އުފެދިފައިވާ ލޯބި ފިލުވާލެވޭނީ ދެ ހަށިގަނޑާއި ދެ ފުރާނަ ވަކިވުމުންކަން އެދެމީހުން ސާބިތުކޮށްދީފިއެވެ. އަހަރުތަކަކަށްފަހުވެސް ދެމީހުން އިންތިޒާރުކުރަމުންދިޔައީ އެލޯތްބަށްޓަކައެވެ. އެތަކެއް އަޑިގަނޑުތަކެއް ކަޑައްތުކޮށްފައިވެސް އެނބުރި އައީ އެލޯތްބަށްޓަކައެވެ.
61 Comments!
Comments are closed.






Shia Mishya
Dhigu inthizaaregge nimunnn.. ??
Alhey ?
ooh yes finaly up v o hippy hippy ??kiyaalaafa cmt kohlaanan?
Sure sure ?
Salaam guys ?
Finally nimuny. Alhumdhulillah ?
First of all thank you so much my lovely readers for waiting everyday for this story so patiently. Thnkyou for the support you guys give. Thank you for the lovely comments you guys leave. Thankyou for being with me till today. I’m honestly a very lucky writer to get such good readers. It encourages me to write more improve more to give my best and make every part nice and awesome, so that the wait you guys do doesn’t go in vain. And probably it didnt, even tho there were parts some got bored of.. But its fine. I just hope it ended well. How’s this part and the whole story?
And yes! I wanna thank few more people and let them know I miss them so so much. An awesome a beautiful group of friends I got from esfiya chat? If u guys reading it, I miss y’all. Its been days hope u guys still read my stories and hope u guys doing fine.
Anyway, I’m not really ready for a new story cx of upcoming exams and big projects. But once I complete a story Ill upload it. Till than take a very very good care and miss me ??
I gonna miss esfiya but will read the stories tho ??
Thankyou once again and enjoy ur day, week, month and year. Hope to see you guys soon. You guys r special ??
Love y’all ?
Ryn menah bandhu vany Kn irakun? Bandhu vyma story eh liyan ulheynan dhww.. miss u n ur stories..
YAYYYY!!!!! FINALLY!!!
Sum first dho?
OMG I LOVED LOVED THIS STORY!!!!
SPEECHLESS
Thankyou so much ??
V reethi mivahaka
Thaaankyou ?❤
Me first dhw vvvv reethi❤️
Thaankyuu ?
Yayy!! Finally. Faaithu vi dhe dhuvahu thereyga mi page refresh kurevunu adhadhu bune dheyn ves neynge.
As people say inthizaaru ge nimun fonivaane. N yess mi part ves vvv rythi ?. Keep up the good work ryn ❤️.
V dhuvas fahun kiyaa hithun vaahaka eh mi kiyaa nimmaaly ?.
Alhey Thankyou so much ??
nice endding well done dr out standing v iburahtheri stry eh hope kuran mikahala asarugada story thah gina gina in kiyaalan libeyne kamah tc???????❤???
Thaaankyou
Tc ??
v v v v reethi mievaahaka. ☺???????????❤? huriehaa kameves ekulevigen v furiehama
Thankyou so much ??
Ryn hurihaa Story ehge therein vess enme furihama eh vaahaka. Varah nice.
Wow. Vrh reethi.
Vvv rythi mivaahaka ???Nimaali dw?? ryn dhenn konn irakunn ehenn vaahaka ehnereynii
nice story ??Good job ryn
gonna miss u ?
one of my favorite writer ????hope to see u soon
i mean u story
*ure
tell the truth i skipped the last two parts, but this episode is fabulous. love the ending waiting for a new story
????
Varah reethi..I knew Ull never dissapoint us.. story ge medhu therein ??? viyas story nimunu goii varah reethi.. Im so glad for being able to read stories by a young writer like you.. So proud of you.?? Hope to see more and more stories of you..Good luck for ur upcoming exams and projects..I’ll miss you a lot.. Hope ull Come back with new stories with unexpected twists and turns..????
I love how you bring twists and turns in your story.. Its just awesome.. Specially mi story ge.. Its just more than perfect.?? keep it up!! 🙂
I do have a request.. can u bring season two of this story? Would love to read more of Naina and Aizan along with their kids..???
Once again Good luck..tc.??
Aye!loabi loabi vaahaka finally ended with a loabi end .lol.varah reethi mi vaahaka.varah wait kuruvaafa thi up kohlli.see ya with a new story .?❤ps.a story with a handsome and hot boy ?❤LOL.aizan kahala inge ?aizan aslu nama ?katuvaalys ungoofaharah gosgen.
Hey ryn… v alhai gain than than fenun.. bt ragalhu kan kan.. like marey kiyaafa naina ky ehchehi..? n aixan ge speech.. that was good msgs… n v v loabi story…?❤
Nice woww … miss yuh 2
Woww??..Ryn thi hama best??..v.reethi story eh meeh.??
Gonna miss ur stories ??
Ly??
Comment nukuriyas abadhuves mi story feshigen kiyan.upload vaane irakah inthizaaru kuran. V salhi mi story.. Rovijje mi vaahak kiyaafa.
Ryn ge fb pageh indheytha?
vvvv rythi mi vaahaka….
Wow v nice story?❤
Vvvvvv reethi…rynge vhk thakuge therein emme rythyy mi vhk..vvv reethi..keep it up dear..? new story eh kiyaalan libeyne dhuvahakah inthizaaru kuran…thi kuri hyvarah hama saabas…???
Ryn dhen kondhuvahakun vaahakan up vaanee?
wow. haadha reehchey mi storyy.. varah varah varhhh salhi..n aixan ge speech kolhu varah iburaiyytheri.. ryn u’re just great ingey.. asluvx.. ryn ge nxt story akah varah inthixaaru kurevey…this story is awesome..keep it up dear.. 😀
Beautiful❤…. good luck ryn… will miss u?
Woahhh!!!!v v sahlha hama!!! V realistic!!!❤❤❤
Wow. Maa Shaa Allah? varah reethi story eh. Lily mi vaahaka feshuneehsuren nimendhen hama Ryn up kuraa haa avahakah kiyann. Dhen evves vaahakaeh kiyaafa comment nukuriyas dhen emme fahu part veemaa hithah eri comment kohllaanee eyy. Ryn you are a very talented author. Thigothugai kuriah dhaan do your best. Your future looks very bright darling.❤ Ryn ge hurihaa vaahaka thakehves kiyaafa hunnanee and they are all awesome Ma Sha Allah?
Ryn ge ithuru vaahaka thakeh fennaane kamah varah ummeedhu kurann.
And good luck for your exams darling?❤
Alhey haadha salhiey
Alhey vrh reethi. Kn irakun ehn vaahakaeh liyan libeyny?
Ending V reethi waiting for new story
Thankyou so much everyone. Glad that you all liked it. And a new story Idk when but I’ll try my best to make it soon. And probably gonna be a new story or a new season of an old story u guys talked about. Ingey? Enme avahah liyeveyy ehcheh up kuraanan. Thankyou guys. Love y’all. Good night ??
Wooow woow vvvvvvv vvvvv reethi
Wow.wow… beautiful.. awesome… vvv
furihama
Hope to see u soon… ryn
Really loved this story..
vvvvvvv reeeethi varah ibrah thyri vaahaka eh vv furihama hama bunaany eh ves ehcheh neh eyhaaves furihama v nice
Awwwwwwww..v.nice dear???
v reethi story
V ves rythi vaahaka eh?
Finally one more story. V happy vehjje kiyaalan libunyma.. kiyaa iru story sifavey kurimathin.. nearly cried.. not nearly.. hama rohvvaali baeh hisaabu thakuga ?
Ryn, varah lwbi mivaahaka… u r very talented… if i write a story, e kyaane ekakuvx nuvaane… ryn ge ithuru vaahakathakeh fennaane kamah ummeedhu kuran… Lurrrv u..
wow lwbikann…huvaa hama ranagalhah vx rovijje…..
Lovely ryn its so nice I like this story and hope u will write more romantic stories
Ma sha allah…
Masha allah v molhu.v v reethi vaahaka.v kiyaalaa hithun v gayaavegen kiyaalevunu vaahaka eh.mikahala ithuru vaahaka kiyaalan libeyne kamah ummeedhu kuran.
rynɡe vaahakathah vr vrah varah reethi dhen konirakun ithuru vaahakaeh kiyaalan libaynee waitinɡ
Thankyou for the endless support even after not being able to upload any story for days and days. I miss esfiya and i do come here sometimes to read some cute stories. Might come back with a story. Thankyou for being always there. Love you all from the very bottom of my heart and hope you will have a nice day.
When we can get ur new story☺☺☺