Skip to content
އެސްފިޔަ

އީލާމް-16

އީލާމް މިއުޅެނީ ރާއްޖެ ކުއްޖެއް ވަޒީފާއަށް ވައްދަން ، ކިހިނެއްވާނީ ؟ އީލާމް އަބީ އާއި ދިމާލަށް ބަލާލީ އިވުނީ ރަނގަޅަށް ތޯ ޔަގީން ކުރާށެވެ.” ކީކޭ އަބީ ؟ އީލާމް ސުވާލުކޮށްލުމުން އަބީ ދެވަނަ ފަހަރަށް އޭނާ ބޭނުންވާ ގޮތް ބުނެލިއެވެ. ” އަބީ އަށް ފެންނަ ރަނގަޅު ގޮތެއް ހަދާ ” އީލާމް ޖަވާބު ދިނެވެ. އަބީ އަށް ފޯނެއް އައުމުން އޭނާ ތެދުވެގެން އެތަނުން ދިޔުމުން އީލާމް ދެ ކޮޅަށް ބަލާލުމަށްފަހު ހަމަޖެހިލިއެވެ.

އަބީ އަށް ދިވެހި ކުއްޖެއް ނޫނީ ނަގަން ނޭނގުނީބާ ؟ ގައިމުވެސް އެކުއްޖަކަށް އަހަރެން ފެނިއްޖެއްޔާމް އިނގޭނެ ، މީހަކު ގެއްލިއްޖެއްޔާމް ނޫސްތަކާއި ސޯޝަލް މީޑިއާގައި އެހަބަރު ނެތި ނުދާނެއެވެ. އީލާމް އަށް އެކަމާމެދު ވިސްނާލެވުމުން އޭނާގެ ފޯނު ނަގައި ގޫގުލް އިން އޭނާގެ ނަން ޖަހާ ސާރޗް ކޮށްލިއެވެ. މީގެ 7 މަސް ކުރިން ލިޔެފައިވާ އާޓިކަލް ތައް އީލާމް ފަހަރަކު އެއްޗެއް ހުޅުވަމުން ދިޔައެވެ. ” އައިޝަތު އީލާމް މުސްތަފާ ވީ ނުވީއެއް ނޭނގި ގެއްލުނު ވާހަކައެވެ” ، އެކި ނޫސަތަކަށް އޭނާގެ ބައްޕަ ދީފައިވާ އިނޓަވިއުތައް ބަލަމުން ދިޔައިރު އޭނާގެ ދެލޯ ފެން ކަޅިވަމުން ދިޔައެވެ. ބައްޕައަށް ގުޅަންވީބާ ؟ އީލާމް ހިތާ ހިތުން ކިޔާލެވުނެވެ. ނޫން ބައްޕަ އަށް އިނގިއްޖެއްޔާމް ބަލާ އަންނާނެ ، އަލީޒާގެ ދަރިފުޅާ ހަވާލު ވާން އުޅޭ އިރު ކަމކު ނުދާނެ. އަނެއްކާވެސް އީލާމް އެހެން އާރޓިކަލް އެއް ހުޅުވާ ކިޔާލިއެވެ. މުސްތަފާ ،އީލާމް ހޯދައިދޭ މަތިން ހުށަހެޅި އަގުގެ ވާހަކައެވެ. އީލާމް އިތުރަށް އެ ވާހަކަތައް ކިޔަން ބޭނުން ނުވާތީ ފޯނުން ވަދެފައިވާ ސައިޓްތައް ޑިލީޓް ކޮށްލިއެވެ ” އީލާމް ، އީލާމް ، ” އަބީ ގޮވާ އަޑަށް އީލާމް ސިއްސައިގެން ދިޔައިރު އަބީ ހުރީ އޭނާ އާއި ވަރަށް ކައިރީގައެވެ. އީލާމް އަވަސް އަވަހަށް ފޯނު ލޮކް ކޮށްލުމަށްފަހު އަބީ އާއި ދިމާލަށް ތެދުވެގެން ދިޔައީ ތެޅިތެޅި އޮތް ހިތަކާއި ގެންނެވެ.  ” ކޮން އިރެއް ބޭބީއަށް ގޮވާތާ ހިނގާބަ ކޮޓަރިއަށް ” އަބީ އީލާމް އަތުގައި ހިފައިގެން ކުރިއަށް  ހިނގައިގަތެވެ. އަނެއްކާވެސް އަބީގެ ފޯނު ރިންގް ވާން ފެށުމުން އޭނާ ފޯނަށް ޖަވާބު ދިނެވެ. ” ދަރިފުޅާ އަލީޒާ ބަނޑުގަ ރިއްސާތީ ހޮސްޕަިޓަލް އަށް މި ގެންދަނީ ، އަވަހަށް އާދޭ ” އެކޮޅުން ވާހަކަ ދެއްކި މެހެރޫ ހާސްވެލާފައި ބުންޏެވެ. އަބީ އީލާމް އަށް އެހަބަރު ދިނުމަށްފަހު ދެމީހުންވެސް އަވަހަށް ރީތިވެލައިގެން ހޮސްޕިޓަލްއަށް ދާން ނިކުތެވެ. ކާރުގައި އިން އިރު އީލާމް ވިސަނަން އިނީ އަލީޒާ އެގްރީމެންޓްގައި ސޮއި ކުރުމަށްފަހު އޭނާ އާއި ދިމާލަށް ބުނެލި ޖުމްލައެވެ. ” ހަނދާން ކުރާތި 20 އަހަރު ފަހުން އަހަރެން ދުނިޔޭގަ ހުރެއްޖެއްޔާމް ކުޅި ދައްކާލާނަން ” . އީލާމްގެ ފަރުވާލެއް ނެތެވެ. އޭނާ މި ކަން މި ގޮތަށް ކުރީ އަލީޒާ ދަރިފުޅު ބޭނުން ނޫން ކަމަށް ބުނުމުންނެވެ . އަލީޒާ ބޭނުންވަނީ މުއްސަނދި ދިރިއުޅުމެކެވެ .

ކާރުން ފައިބައިގެން އީލާމް ވިއްސާ ކޮޓަރިއާއި ދިމާލަށް މިސްރާބު ޖެހިއިރު އޭނާ ހުރީ ނޭވާ ހިފަހައްޓާލައިގެންނެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. މި ކުއްޖާ އަށް ޓަކައި އީލާމް އަށް އިތުުރު ދުޝްމަނެއް ލިބުނުފަދައެވެ. ކެތް މަދުވެފައިވީ ނަމަވެސް އީލާމް ހެއްދެވި ފަރާތަށް ދުއާ ކުރަމުން ދިޔައީ ސިއްހަތު ސަލާމަތުން ހުރި ދަރިއަކު ދެއްވުން އެދިއެވެ.  އަބީ އައިސް އީލާމް ކައިރީ އިށީނުމަށް އެދުމުންވެސް އޭނާއަށް ބެލެމުން ދިޔައީ  ޑޮކްޓަރު  ނިކުންނާނޭ އިރަކަށެވެ. އަލީޒާ ވިއްސާ ކޮޓަރިއަށް ވެއްދިތާ ދެ ގަޑިއިރު ފަހުން ވިއްސާ ކޮޓަރި ދޮރު ހުޅުވާލުމަށްފަހު ޑޮކްޓަރު ނިކުންނަތަން ފެނުމުން އީލާމްއަށް ދުވަމުން ކަހަލަ ގޮތަކަށް ޑޮކްޓަރާއި ހަމަޔަށް ދެވުނީ ވިހޭތޯ ބެލުމަށެވެ. ޑޮކްޓަރު ފަހަތުން ނިކުތް ނަރުސް ކުއްޖާގެ އަތުގައި ފޮތިގަނޑަކަށް ލާ އޮޅާލާފައި އޮތް ކުއްޖާ ފެނުމުން އީލާމް އުފަލުން ފޮޅުނެވެ. އަބީ ހުރީ ދުރުގައި ބަލަހައްޓައިގެންނެވެ. ނަރުސް ކުއްޖާ ކުރިއަށް ޖެހިލާފައި އީލާމް އަތަށް ބޭބީ ދިއްކޮށްލުމުން އީލާމް އޭނާގެ ދެއަތް ތެރޭގައި އެ ދަރިފުޅު  ބޮނޑިކޮށްލިއެވެ. އަބީއަށް އެ މަންޒަރު ބަލަން ހުރެވުނީއެވެ. އިތުރަށް ގާތް ވާންވެސް ބޭނުން ނުވާ ފަދައެވެ. ޑޮކްޓަރު އަބީ އަށް މަރުހަބާ ކިޔުމަށް ފަހު އަންހެން ކުއްޖެއް ކަމަށް ބުނެލިއެވެ. އީލާމް އަށް ލިބުނު އުފާ ދެގުނައެވެ. އޭނާގެ ހިތުގައި އަބަދުވެސް ވަނީ އަންހެން ކުއްޖެއް އޭނާއަށް ދެއްވާތޯއެވެ. އީލާމް ރަނގަޅަށް އެ ދަރިފުޅަށް ބަލާލިއެވެ. ރީތި މަޑު މުށި ކުލައިގެ އިސްތަށި ކޮޅަކާއި ، ނޫ ކުލައިގެ ދެ ލޮލެވެ. ދޮން ދޮން ބައްޓެކެވެ. އީލާމް ދެކޮޅަށް ބަލާލުމަށްފަހު އަބީ އާއި ދިމާލަށް ހިނގައިގަތެވެ. އަބީ ކުށްވެރިއެއް ފަދައިން އިސްޖަހައިލައިގެން ހުރި އިރު އީލާމް އަބީގެ ދެލޮލަށް ބަލަމުން ދިޔައެވެ.” އަބީ ދަރިފުޅު އުރާލަބަލަ ” އީލާމް އެހެން ބުނެލުމަށްފަހު އަބީ އަށް ދަރިފުޅު ދިއްކޮށްލިއެވެ. އަބީގެ ލޮލަށް ކަރުނަ ޖަމާވިއެވެ. އެންމެ އުރާލުމަކުންވެސް އޭނާގެ ހިތް އެ ދަރިފުޅަށް ދެވިއްޖެއްވެ. ނަރުސް ކުއްޖާ އައިސް ދަރިފުޅު ގެންދިއުމުން މެހެރޫއާއި އާއިލާގެ އެހެން މެމްބަރުން ގެއަށް ދިއުމަށް މިސްރާބު ޖެހިއެވެ. އީލާމް އާއި އަބީ އަލީޒާ ގެންދިޔަ ކޮޓަރި ކައިރީގއި މަޑުކޮށްލައިގެން ހުރި އިރު ބޭރުން އެތެރެ ފެނެއެވެ. އަލީޒާގެ އެނދާއި ޖެހިގެން ކުޑަ އެނދެއްގައި ބޭބީ ބާއްވާލާފައި އޮތުމުން ދެމީހުންވެސް ހިތްހަމަ ޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ.

” އީލާމް ހިނގާ ގެއަށް ދާން ، މިހާރު ކޮން އިރެއް ކޮއްޅަށް ހުންނަތާ ، ތިހެން ހުންނާކަށް ނުވާނެ ” އަބީ އީލާމް ގޮވައިގެން ގެއަށް ދިއުމަށް ބޭނުންވިއެވެ. އީލާމްވެސް އާނއެކޭ ބުނާފަދައިން ބޯ ޖަހާލިއެވެ. ރޭގަނޑުގެ ފުން ނިންޖަކަށް ދެމީހުންވެސް ގެނބުނީ ވެފައިވާ ވަރުބައްޔެއްގެ ބޮޑުކަމުންނެވެ. ހެނދުނު އިރު އެރީ އިލާމް އާއި އަބީގެ ފޯނަށް ހޮސްޕިޓަލުން ގުޅަން ފެށުމުންނެވެ. އީލާމް އާއި އަބީ ތައްޔާރުވެލައިގެން ހޮސްޕިޓަލް ތެރެއަށް ވަދެގެން ދިޔައީ ވެގެން އުޅޭ ގޮތެއް ބެލުމަށެވެ. “އަހަންނެއް ނޫޅެން ، ތި ކުއްޖާގަނޑަކަށް ކައިރިން ދޭކަށް، ބަނޑުހައިވެގެން މަރުވެދާނެއެއްނު ، މަށަށް ކޮން ކަމެއް ” އަލީޒާގެ ރަހުމް ކުޑަ ބަސްތަކުން އީލާމް އާއި އަބީއަށްވެސް ލިބުނީ ހައިރާން ކަމެކެވެ. އަލީޒާއަށް އީލާމް އާއި އަބީ ފެނުމުން ނަރުސް ކުއްޖާ އާއި ދިމާލަށް އެނބުރިލާފައި ބުނެލިއެވެ. ” އެހެރީ އޭނާ ބަލައި އައިސްސަ ، އަވަހަށް ގެންދާށޭ ބުނޭ … މަގޭ ބޯ ހަލާކު ” . ނަރުސް ކުއްޖާއަށް ވެގެން އުޅޭ ގޮތް ކުޑަކޮށް ރެއަކާ ލުމުން އޭނާ އަލީޒާ ކައިރީ ދަރިފުޅު ފަހުން ގެންނާނޭ ކަމށް ބުނެ ދަރިފުޅު ގޮވައިގެން ކޮޓަރިން ނިކުތެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (9)

  1. Shaima

    Pis pia aleeza ey insaanehtha?

  2. Shaima

    Story vv reethi yet mee first dhw dhw dhw

    1. Xeesh
      Shaima

      Yes you first 🙂

  3. Shaima

    *yey

  4. Mives Varah Vaahaka

    haadha kurey..

  5. shanhaa

    haadha rahum kuda insaanyky vvvv reethi vaahaka kurey

    1. Xeesh
      shanhaa

      Vaahaka dhigu Kohlaanan .. Thanks 🙂

  6. mannu

    Hama obiness …..dharin dheke loabi nuvaa moma menves thibey elizaa haadha goahey

  7. Zaina

    Eiy konkahala. Momaeh haadha rahumu kudaey ?varah reethi vaagaka ❤❤?

Comments are closed.