Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތިޔަ ދިން އުފާ 26

seym Level 310 Stories100 Login100 Comments
October 21, 2017 6 Mins Read
19 Comments

(3 އަހަރު ފަސް)

އެއާޕޯޓުން ނުކުތް ޒުވާނާ ހުއްޓި ވަށައިގެން ހޯދާލީ ކޮންމެވެސް ބަޔަކު ހޯދަން އުޅޭ ފަދަ ގޮތަކަށެވެ. ލައިގެން ހުރި އަތް ދިގު މަޑު ބްރައުން ކުލައިގެ ޓީޝާޓު ހަށިގަނޑަށް ހިފާފައިވާއިރު ބައިމަތީގެ ފުޅާކަން ހާމަވެއެވެ. ދެއަތުގެ މަސްތަށް އަރާފައިވާ ގޮތުން ގަވާއިދުން ކަސްރަތު ކުރާކަން އިނގެއެވެ. ލައިގެން ހުރި ނޫ ޖީންސް އާއި ބޫޓުން އެކަނި ވެސް މީހާގެ ހަރުދަނާކަން އިނގެއެވެ. މީހުން ތަކުތެރެއިން މަގުމައްޗަށް ނުކުމެވުމާއެކު ޖީންސް ގެ ޖީބުގައި އަޅުވާލެވިފައިވާ އަވި އައިނުން ލޯ ފޮރުވާލީ ދިއްލާފައިވާ އިރުގެ ހޫނުން ލޮލަށް އުނދަގޫވާންފެށުމުންނެވެ. ފޮށި ކައިރީ ބަހައްޓަމުން އަތުގައި އަޅާފައިވާ ގަޑި އަށް ބަލާލިއެވެ. ” ލާމީ…” ފަހަތުން ފިރިހެނެއް ތަންކޮޅެއްް ބާރަށް އޭނާގެ ނަމުން ގޮވާލުމާއެކު ފަސް އެނބުރި ބަލާލިއެވެ. އެ މޫނުމައްޗަށް ވެރިވި އުފަލާއި ތުންފަތުގައި ވި ހިނިތުންވުމުން އެތާ ކައިރީ އެ މަންޒަރު ބަލަން ތިބި އަންހެން ކުދިންގެ ހިތްތަކަށް ގޮތްތަކެއް ނުވެނުދާނެކަން ޔަގީނެވެ. ރާމިޒް އައިސް ލާމިހް ގެ ކޮނޑުގައި ޖަހާލިއެވެ. ” މިތާ މަޑުކޮއްގެން ތިބެފަ ހަމަ ދުރަށް ޖެހިލި ތަނުން ތި އައީ…” ރާމިޒް ލާމިހް ކައިރީ ހުރި ފޮށީގައި ހިފަމުން  ބުނެލިއެވެ. ” ކޮބާ މަންމަ މެން.. ދޮންތަ އާއި އެނީ ވެސް އައިތަ..” ރާމިޒްގެ ފަހަތަށް ބަލާލަމުން ލާމިހް އެެހެން އަހާލީ އެމީހުން ފެންނަން ނެތީމައެވެ. ތިން އަހަރަށް ފަހު ހަމަ ލޮލަށް އެންމެން ދެކިލަން ކެތް މަދުވެފައި ހުރިކަން ރާމިޒް ދެނެގަތެވެ. ” އެބަތިބި.. ލާމީ ލަސްވީމަ މިއައީ އައިސިއްތޯ ބަލާލަން.. ނަސީބެއް އާދެވުނުކަން..” ރާމިޒް ގެ ފަހަތުން ހިނގައިގަތް ލާމިހް ހިނިތުންވެލިއެވެ. ގޮނޑި ބަރީގައި ތިބި އާއިލާ ގެ މީހުން ފެނުމާއެކު ލާމިހް ގެ ހިތަށް ހިތްހަމަޖެހުން ލިބިގެން ދިޔައެވެ. ލޫނާ އަށް ލާމިހް ފެނުމާއެކު އިންތަނުން ތެދުވެވުނު ގޮތް ވެސް ނޭނގުނެވެ. އަވަސް އަރުވާލާފައި ގޮސް ލާމިހް ގެ ކައިރީ ހުއްޓި ހުރެ އެކި އެކި ވާހަކަ ދައްކަން ފެށިއެވެ. ” ހާދަ ބޮޑު ވެއްޖެހެން ހީވެޔޭ.. ކޯއްޗެއްތަ ކެއީ އެކޮޅުގަ ހުރެގެން.. އަޅޭ  ލާމީ ފަލަހެން ވެސްް ހީވޭ.. ދޯ މަންމާ..” ކައިރީ ހުރި ހަދީޖާގެ މޫނަަށް ލޫނާ ބަލާލިއެވެ. ” އާން.. މި ސޮރު މިހާރު މާ އިސްކޮޅުންވެސް ދިގު ވެއްޖެހެން ހީވޭ..” ލާމިހްގެ ބުރަކަށީގައި ފިރުމާލަމުން ހަދިޖާ ބުނެލިއެވެ. ރަޝީދުގެ ގައިގައި ބައްދާލަމުން ދުރަށް ޖެހިލި ލާމިހް ލޮލުގައި ގޮނޑީގައި އިށީނދެ އިން އާނާ އަޅައިގަތެވެ. އެ މޫނުން ބީރައްޓެހިކަން ފެނިގެން ދިއުމުން ވެގެން އުޅޭގޮތް ލާމިހް އަށް ނަގައިގަނެވުނެވެ. ” ލާމީ އަންނަ ވާހަކަ ބުނީމަ މިއަދު ސުކޫލަށް ވެސް ނުދިޔަ..” ލޫނާ އާނާ އާއި ދިމާއަށް ބަލާލަމުން ބުނެލިއެވެ. އެހާ ދުވަސް ކޮށްފައި ލާމިހް ފެނުމުން އާނާގެ ކުރީގެ އުޅުމަށް ބަދަލުވާން ދުވަސްކޮޅެއް ނަގާނެއެވެ. ” މީ ދޮންބެގެ އެނީތަ..” އާނާ ކައިރީ އިށީނދެލަމުން ލާމިހް އަހާލިއެވެ. ލާމިހް ގެ މޫނަށް ބަލާލަމުން އާނާ ބޯ ޖަހާލި އެވެ. ” އެނީ އަށް ބައިވަރު ގިފްްޓްސް ގެނައިން..” ލާމިހް އަތް ދިއްކޮލަމުން އެހެން ބުނުމާއެކު އެ އަތުގައި ހިފަމުން އާނާ ހިނިތުންވެލިއެވެ. އެންމެން އެކީ ހިނގައިގަތީ ފެރީ އާއި ދިމާއަށެވެ.

 

ހެނދުނުގެ ދަންފަޅި ނިމި ސްކޫލް ކުދިން ދިޔުމާއެކު މަގުމައްޗަށް އީރަމް ނުކުތީ ގެއަށް ދިއުމަށެވެ. ޖެހިލި މަޑު ވައިރޯޅި އާއި އެކު ލައިގެން ހުރި ދިގު ކަޅު ހެދުމުގެ ފަސްބައި ވަޔާ އެކު ތެޅިލިއެވެ. އެއް އަތުން އަޅައިގެން ހުރި މަޑު ފިޔާތޮށި ކުލައިގެ ޝޯލް ރީތި ކޮއްލިއެވެ. އަނެއްއަތުގައިވާ ފައިލް އާއި ކޮނޑުގައި އަޅުވާލެވިފައިވާ ދަބަސް ރީތި ކޮއްލަމުން ހުސް ކާރެއް ލިބޭތޯ މަޑުކޮއްލިއެވެ. ކައިރީ އައިސް ހުއްޓިލި ޒުވާނާ އީރަމް އަށް ގޮވާލުމާއެކު ހިނިތުންވެފައި އެ މޫނަށް ބަލާލިއެވެ.” ހިނގާ އަހަރެން ގެއަށް ލައިދޭނަން..” އެހެން ދުވަސް ތަކެކޭ ވެސް އެއްފަދައިން މިއަދު ވެސް ކަޔާން ބޭނުންވީ އީރަމް ގެއަށް ލައިދޭށެވެ. ކުޅިވަރު ކުލާސްތަކާއި ކުޅިވަރާއި ބެހޭ ކަންތަކުގައި ކަޔާން އަކީ އިސްއެކަކެވެ. ލައިގެން ހުރި ސޯޓާއި ޓީޝާޓުން ދެންމެ ކުލާހެއް ނަގައިދީފައި ނުކުތް ކަން އިނގެއެެވެ. ފަން އިސްތަށިގަނޑުގައި ތެތްކަމެއް ހުރި އިރު އެ މޫނުމަތިން ފެންނަނީ ހިތްހެޔޮ ކަމެވެ.  އީރަމް އާއި ކަޔާން ބައްދަލުވީ ސުކޫލުންނެވެ.ޓީޗިން ކޯސް ނިންމުމާއެކު ވަރަށް ފަސޭހައިން އީރަމް އަށް ވަޒީފާ ހަމަޖެހިއްޖެއެވެ. ސަބަބަކަށް ވީ ޒާހިރު ގެ އެކުވެރިއެއްގެ ދަރިއަކަށް ކަޔާން ވުމެވެ. އެ ދެމެދުގައި އުފެދުނު އެކުވެރިކަމުގެ ސިއްރަކީ އެއީޔެވެ. ޒާހިރުގެ އެކުވެރިއެއްގެ ދަރިއަކަށް ވުމުން އީރަމް ކަޔާން އަށް އަބަދުވެސް އިހްތިރާމް ކުރެއެވެ. އީރަމް އަށް ކަޔާން ގެ އަމިއްލަ ދިރިއުޅުމާބެހޭ އެއްވެސް އެއްޗެއް ނޭނގެއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ދެމީހުންގެ މެދުގައި އެކަހަލަ ވާހަކައެއް ނުވެސް ދެކެވެނީއެވެ. ” ނޫނޭ.. މިއަދު ކާރެއްގަ ދާނީ.. ” އީރަމް ހިނިތުންވެލިއެވެ.  ” އެންމެ ރަނގަޅު.. ސީޔޫ ޓުމޯރޯ..” ކަޔާން ފިރިހެންވަންތަ ހިނގުމެއްގައި ގޮސް ސައިކަލަށް އަރާ މަންޒަރު ބަލަން އީރަމް ހުއްޓެެވެ. އިރުކޮޅަކު އެހެން ހުރެފައި ކާރެއް ނުލިބުމުން އީރަމް ހިނގައިގަތީ ގެއަށް ދިއުމަށެވެ.

 

އެޕާޓްމަންޓް ގެ ތެރެއަށް ވަދެވުމާއެކު ލާމިހް ވަށައިގެން ބަލާލިގޮތުން އެތަނާ މެދު ހިތްހަމަޖެހުނު ކަން އިނގެއެވެ. ބޮޑު ސިޓިންގްރޫމްގެ އެއްފަރާތުގައި ހުރި ބޮޑު ކާގެއިން ވެސް އެތަނުގައި ދަތިކަމަކާއި ނުލާ އުޅެވޭނެއެވެ. ސިޓިންގްރޫމުން އެއްފަރާތުން ލާފައި ދާއިރު ހުރި ތިން ކޮޓަރި މެދުގައި އިން ކޮޓަރި ރާމިޒް ލާމިހް އަށް ދައްކާލިއެވެ. ” އެއީ ލާމީގެ ކޮޓަރި.. ” ލާމިހް ގޮސް ކޮޓަރީ ދޮރު މައްޗަށް ހުއްޓުނެވެ. ” ފެންވަރާލައިން އަވަހަށް ކާން ނުކުމޭ އިނގޭ..” އެތެރެއަށް ވަތް ލާމިހް އަށް އަޑުއިވޭނެވަރަށް ލޫނާ ގޮވާލިއެވެ. ތަނަވަސް ބޮޑު ކޮޓަރީގައި ބޮޑު އެނދަކާއި ކަބަޑެއްގެ އިތުރުން ރީތިވާ މޭޒެއް ހުއްޓެވެ. ބިންމަތީގައި އަޅާފައިވާ ގަދަ ނޫ ކުލައިގެ މަޑޫ ކާޕެޓުން ކޮޓަރިއަށް އިތުރު ފުރިހަމަަކަމެެއް ގެނެސްދެއެވެ. އޭސީ ޖައްސާލަމުން ލާމިހް އެނދުގައި އޮޝޯވެލީ ވެފައިވާ ވަރުބަލި ފިލުވާލުމަށެވެ. ދެލޯ މަރާލުމާއެކު ސިފަވެގެން ދިޔައީ ފާއިތުވި ތިން އަހަރު ވެސް އެހިތުގައި ބިންވަޅުނެގިފައިވާ އީރަމް ގެ ސޫރައެވެ. ލޯ ހުޅުވާލުމުން އެނދުގައި އިށީދެލިއިރު އެ ހިތުގައި ރިހުމެއް އުފެދިފައިވެއެވެ. އީރަމް ވީ ހިސާބެއް ނުވަތަ އުޅޭ ހާލެއްވެސް އޭނާ އަކަށް ނޭނގެއެވެ. ފޯނުގެ ސިމް ބަދަލުކޮށް ކުރީގެ ނަމްބަރު ލައްވާލަމުން ލާމިހް އީރަމްގެ ނަމްބަރަށް ގުޅާލީ ކަމެއް ޔަގީންކުރުމުގެ ބޭނުމުގައެވެ. އީރަމް އަށް ގުޅޭގޮތް ނުވުމުން ލާމިހް އަށް އެއް ކަމެއް ޔަގީން ވެއްޖެއެވެ. އީރަމް ނަމްބަރު ވެސް ބަދަލު ކުރީއެވެ. އެކޮޅަށް ބަދަލުވި ފުރަތަމަ ދުވަސްކޮޅު އީރަމް އާއި ގަވާއިދުން ވާހަކަ ދައްކައެވެ. ފަހުން ފަހުން އީރަމް އާއި ވާހަކަ ދައްކަން ބޭނުންވި ނަމަވެސް އީރަމްގެ އުޒުރަކަށް އޮންނަނީ މާ ބުރަ ވުމެވެ. އެފްބީ އެކައުންޓް ޑްލީޓް ކޮށް ވާހަކަ ދެއްކޭނެ މަގުތަކަށް އީރަމް ހުރަސް އެޅީއެވެ. ސަބަބެއް ނޭނގުނުނަމަވެސް ހުސެން އާއި ހަނާ ގެ ފަރާތުން ލާމިހް އީރަމް އާއި ބެހޭ ކަންތައްތައް އޮޅުންފިލުވާކަށް ފަހުން މަސައްކަތެއް ނުކުރެވެ. ފާހާނަަަަައަށް ވަންނަން ދިޔައިރުވެސް ލާމިިހް ހުރީ ވިސްނުމެއްގައެވެ.

 

ރޭގަނޑުގެ ކެއުމަށް މޭޒުމަތި ތައްޔާރުކޮށް ނިމުމާއެކު ސަލްމާއާއި ޒާހިރު ކާގެއަށް ވަނެވެ. އެމީހުން ވަނުމާއެކު އީރަމް އަވަސް ވެގަތީ އެތަނުން ދިއުމަށެވެ. ” މިއަދު ކަޔާން މިގެއަށް  ނާންނަ ދުވަހެއްތަ… ” ޒާހިރު ސުވާލުކޮއްލިއެވެ. އީރަމް އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ. ބައްްޕަ ކަޔާން ގެ ވާހަކަ އަހާވަރުންވެސް އީރަމް އަށް ބައެއް ފަހަރު އުނދަގޫވެއެވެ. ކޮޓަރިއަށް ވަދެ މޭޒުމަތީގައި ހުރި ފޮތްތަށް މާކް ކުރުމުގެ މަސައްކަތް އީރަމް ފެށިއެވެ. އެންމެ މަތީ އޮތް ފޮތުގައި ވާ ނަން ކިޔާލުމާއެކު އެ ދަރިވަރު މިއަދު ސުކޫަލަށް ނާންނަކަން އީރަމް އަށް ނަގައިގަނެވުނެވެ. ކައިރީގައި އޮތް ރަތް ގަލަމުގެ ދޯރި ނައްޓާލުމާއެކު ފޯނު ރިންގްވާންފެށިއެވެ. ” ހޭއި.. އީމް… ބިޒީތަ..” ހަނާ ގެ އަޑު އީރަމް ގެ ކަންފަތުގައި ޖެހުނެެވެ. ” ކުޑަކޮށް.. ފޮތްތަށް މާކްކުރަން އުޅެނިކޮށް ތި  ގުޅީ… ކިހިނެއްވީ.. ހަނާ ކޮންތާކު..” އީރަމް ގަލަމުން މޭޒުމަތީ އޮތް ހުސް ކަރުދާސްކޮޅުގައި ކުދި ކުދި މާތަކެއް ކުރަހާލަމުން އެހިއެވެ. ” ތިގެ ކައިރީ މިއުޅެނީ ފަޒަލް އާއެކީ.. ބައިދަވޭ.. އައި ހޭވް އަ ނިޔުސް..” ހަނާ އެހެން ބުނުމާއެކުު ފަޒަލް ކޮންމެވެސް އެއްޗެކޭ ބުނި އަޑު ވެސް އީރަމް އަށް އިވުނެވެ. ” ބުނެބަލަ..” އީރަމް ގެ އަޑުގައި އެއްވެސް ޝައުގުވެރިކަމެއް ނެތެވެ. ” ލާމީ އަތުވެއްޖެ.. ދޮންތަބެ ބުނީ..” ހަނާގެ އަޑާއެކު އީރަމް ގެ އަތުގައި އޮތް ގަލަން ދޫވެއްޖެއެވެ. ހިތާއި ވީ ދިމާލުގައި އަތް އަޅާލެވުމާއެކު ހިތުގެ ވިންދު އަވަސް ވިއެވެ. ” އޯ…ކޮންއިރަކު..” އީރަމް ސުވާލުކޮއްލިއެވެ. ” މިއަދު އޭ ބުނީ.. އޭއި.. ދެން ފަހުން އެވާާހަކަ ދައްކާނީ.. ފިހާރައަކަށް މި ވަންނަނީ..” ހަނާ ފޯނު ބޭއްވުމުން އީރަމް އަށް އިންތާ އިނދެވުނީއެވެ. މޭޒުގެ އެންމެ ތިރީ ވަތްގަނޑު ހުޅުވާލާފައި އީރަމް ނެގީ ވާހަކަ ފޮތެކެވެ. ވާހަކަ ފޮތުގެ އިތުރުން ވަތްގަނޑުގައި އިން ރަތް ކުލައިގެ ދިގު ފޮށި ނަގަމުން އޭގެ މަތިހުޅުވާލިއެވެ. އެ ފޮށި ފުރިފައިވާނީ ހިކިފައިވާ ފިނިފެންމާތާކުންނެވެ. ތިން އަހަރު ކުރީގެ ހަނދާންތަށް އީރަމް ވަށާލުމާއެކު ލާމިހް ދެކިލަން ބޭނުންވިއެވެ. ދޮރު ހުޅުވުނު އަޑާއެކު އީރަމް އަވަސް ހަރަކާތަކާއެކު ފޮތާއި ފޮށި ވަތްގަނޑަށް ލިއެވެ. ” ހިނގާ ކާންދާން.. މަންމަ ބުނި އީރަމް ނުކަޔޯ..” ޖަނާ ކޮނޑުގައި އަޅުވާލެވިފައިވާާ ދަބަހުން ދެންމެ ކޮލެޖް  ނިންމާފައި އައިކަން އީރަމް އަށް އެނގުނެވެ. މޫނުމަތީގެ ކުލަވަރު ބަދަލުކޮއްލަމުން އީރަމް ހިނިތުންވެލިއެވެ. ” ޖަނާ ޗޭންްްޖް ކޮއްލައިން އާދޭ..” އީރަމް އެހެންބުނުމާއެކު ޖަނާ ހިނގައިގަތެވެ.

ކޮޓަރިން ނުކުތް ހުސެން ސިޓިންރޫމް ސޯފާގައި އިން ހައިފާގެ އުނގުގައި އިން އުމުރުން ދޮޅު އަހަރުގެ މިޝާގެ ކޮލަށް ދޮނެއް ދިނެވެ. ” އެބަ އަންނަން.. ލާމީ އާއި ދިމާކޮއްލަން އެބަ ޖެހޭ ކޮންމެހެންވެސް.. ” ހައިފާ ގެ މޫނަށް ބަލާލަމުން ހުސެން ބުނެލިއެވެ. ދޮރު ހުޅުވާލުމާއެކު ހަނާ އާއި ފަޒަލް އެތެރެއަށް ވަންނަން ދިމާ ކުރަނީއެވެ. ” ލާމީ އެބައިން ތިރީގަ.. މައްޗަށް އަރާށޭ ބުނީމަ ބުނީ އެހެން ފަހަރަކުންނޯ…” އެތެރެއަށް ވަދެވުމާއެކު ހަނާ ބުނެލިއެވެ. ހުސެން ތިރިއަށް ދިއުމާއެކު ހަނާ ގޮސް މީޝާ އާއި ތޮޅެލިއެވެ. ފަޒަލް އާއި ކައިވެނި ކުރުމަށް ފަހު ހަނާ އާއި ފަޒަލް ގެ އިތުރުން ހުސެން އާއި ހައިފާ އެންމެން އުޅެން ނިންމީ އެކުގައެވެ. ” އީމް އަށް އިނގޭތަ ލާމީ އައިކަން..” ހައިފާ އަަހާލިއެވެ. ” އާން..” ހަނާ ކޮއްލި ކަމަކުން މިޝާގެ ހީލުމުގެ އަޑު އިވިގެން ދިޔައެވެ.

 

” ދެން މިހާރު އޮފީހަށް ނުކުންނަންވީ އިރެއް އަންގައިފިތަ..” ކޮފީ ތަށި މޭޒުމަތީ ބަހައްޓަމުން ހުސެން އަހާލިއެވެ. ” އަދި ހަބަރެއް ނުވޭ.. މާދަމާ ގުޅާނެކަންނޭނގެ ތި ވާހަކަ ދައްކަން..” ލާމިހް ހުސެންގެ މޫނަށް ބަލަމުން ޖަވާާބުދިނެވެ. ” ކިހިނެއްވަނީ ކަންތައްތައް.. ބޮލުގަ ނުރަ ޖަހާކަށް ނޫޅޭތަ..” ލާމިހް ހުސެން ގެ ބޮލަަށް ބާލާލަމުން ބުންޏެވެ. ” ލާމީ ދައްކާ ވާހަކަ.. އަދި މީ އެންމެ ޔަންގް އޭޖް އޭ ހަމަ..” ހުސެން ލާމިހް އަށް ރައްދު ދިނެވެ. ” މީޝް އާއި ހައި ހަމަ ރަނގަޅު ދޯ..” ލާމިހް އެންމެ ގާތް އެކުވެރިޔާގެ ހަޔާތާއި ބެހޭ  ކަންތައްތައް އޮޅުންފިލުވިއެވެ. ” އިރާދަކުރެއްވިއްޔާ ހަމަ ވަރަށް ރަނގަޅު.. ގެއަށް ޖައްސާލަން ވާނެ ތިހެން އުޅެފަ..” ހުސެން ލާމިހް އަށް ބުނެލިއެވެ. ” ތިއެއް ނޫނޭ.. އެކޮޅުން ވެސް ބިޓެއް ނުނަގަންތަ..” ހުސެން މައުލޫ ބަދަލުކޮއްލިއެވެ. ” ތިކަހަލަ ކަންތަކާ އުޅެން ވަގުތެއް ނުވެޔޭ.. އެ އަށް ވުރެ ކިޔެވުމުގަ މާ ބުރަ..” ލާމިހް އެކޮޅުގައި ކަންތައްތައް ވެގެން ދިޔަ ގޮތް ހުސެން އަށް ކިޔައިދިނެވެ. ” އީމް ގެ ހަބަރެއްނުވަންޏާ ލާމީ އީމް އާއި ވާހަަކަ ދެއްކޭތޯ އުޅެންވީނުން… ހަނާ އެހީވެދޭނެކަން ޔަގީން.. ” ހުސެން އެހެން ބުނުމާއެކު ލާމިހް ގެ މޫނުމަތިން ހިތްހަމަ ނުޖެހުން ފެނުނެވެ. ކުރިއާއި ހިލާފަށް އީރަމް ގެ ނަން މީހަކު ބުނެފިނަމަ ލާމިހް އަށް ބޮޑެތި ބަދަލުތަކެއް އާދެއެެވެ. ” ކީއްކުރަން.. އެއީ އެހާ މުހިއްމު މީހެއް ނޫން..” ލާމިހް އެހެން ބުނި ނަމަވެސް ހުސެން އަށް އެހިތުގައި ވާ އެއްޗެއް އެނގެއެވެ. ލާމިހް އީރަމް ދެކެ ވާ ލޯތްބަަަށް ކުޑަވެސް ބަދަލެއް ނާދެއެވެ. އައި ނަމަ ލާމިހް މިއަދު ހުންނާނީ އެހެން މީހެއްގެ ހައްގެއް ގޮތުގައި ކަން ޔަގީނެވެ.

 

ދެމީހުން ނުކުމެ ގެއަށް ދާން ވަކިވީ ފަހުން އޮފީހުން ދިމާވާން ނިންމައިންނެވެ. ސައިކަލަށް އަރަމުން ލާމިހް ދުއްވާލީ ވަކި މިސްރާބެއް އޮވެގެނެއް ނޫނެވެ. ނޭނގި ނަމަވެސް ގޮސް މަޑުކޮއްލެވުނީ އީރަމް މެންގެ އިންނަ މަގުގެ ކަންމަތީގައެވެ. ކުރިން އާދައިގެ ގޮތަކަށް ހުރި ގެ ވަނީ ތިން ބުރި އަށް ހަދާފައެވެ. އެ ގޭގައި އީރަމް އުޅޭބާއެވެ. އެ ހިތުގައި އަދިވެސް އީރަމް ރަނިކަން ކުރަނީ ކީއްވެހެއްޔެވެ. އެއްވެސް ސަބަބެއް ނެތި އީރަމް އޭނާ ދުރުކޮއްލުމުންވެސް އަދިވެސް އީރަމް ގެ ގާތިގައިވުމަށް އެދި އެހިތް ބޭނުންވަނީއެވެ. ދޮރު ހުޅުވާލާފައި ނުކުތް އަންހެންކުއްޖާ ފެނުމުން ލާމިހް ގެ ސިކުނޑި މަސައްކަތް ކުރުން ހުއްޓާލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

seym

Level 310 Stories100 Login100 Comments

Bookworm. ? 23. ? ~ Because i am in love with the world in my head.~ ?

Other Articles

Previous

ތި ލޯތްބަށްޓަކައި (ފަހުބައި)

Next

ހަވޭލީ (14)

Next
October 21, 2017

ހަވޭލީ (14)

Previews
October 21, 2017

ތި ލޯތްބަށްޓަކައި (ފަހުބައި)

19 Comments!

  1. annoying reader says:
    October 21, 2017 at 7:04 pm

    haadha kurey mi part. varah reethi mi part ves. alhey dhen eem and laami gulhu vaba plzz

    1. seym says:
      October 21, 2017 at 7:23 pm

      Thankyou ♥️? next part dhigukohlaanan ingey.. Insha Allah

  2. Shaa says:
    October 21, 2017 at 7:15 pm

    V reethi ?

    1. seym says:
      October 21, 2017 at 7:24 pm

      Thankyou shaa ?

  3. Shaima says:
    October 21, 2017 at 7:20 pm

    Chen kon irakun up vaanyyy

    1. seym says:
      October 21, 2017 at 7:24 pm

      liye nimunuhaa avahakah up kohdheynan ??

  4. ??? says:
    October 21, 2017 at 7:34 pm

    Haadha innthizaareh kurevihjjey

    1. seym says:
      October 21, 2017 at 7:43 pm

      Awn. Hope you enjoyed this part. ?

  5. ??? says:
    October 21, 2017 at 7:49 pm

    Alhey kihineh thihedhii anehka e 2kudhinn dhuru kuranii tha thihenn nuhadhaa?? laami fakeerah eeram dheebala dhenn???vvv rythi mivaahaka

    1. unaal says:
      October 21, 2017 at 8:24 pm

      dont worry hearts
      edhemyhun ge hiyy vany gulhifa

    2. seym says:
      October 22, 2017 at 4:21 pm

      Thankyou. ?

  6. unaal says:
    October 21, 2017 at 8:23 pm

    VRY BEAUTIFUL

    1. seym says:
      October 22, 2017 at 4:21 pm

      Thankew unaal ?

  7. SJK says:
    October 21, 2017 at 9:51 pm

    Alhey varah kiyaa hithun indha e nimuny.. Varah salhi mi part. Nxt part ah varah inthizaaru.. Avahah up khdhehchey.. Waiting ?

    1. seym says:
      October 22, 2017 at 4:22 pm

      Thankyou SJK ♥️
      Liye nimunuhaa avahakaha will upload ?

  8. khajja says:
    October 22, 2017 at 2:12 am

    Alhey haadha kurey but stry obiness to the max ? whn nxt prt avs kolladhybala plx gud nyt ly??❤?????

    1. seym says:
      October 22, 2017 at 4:23 pm

      Thanks khajja ?♥️

  9. Anonymous says:
    October 22, 2017 at 8:10 am

    ???v.nice

    1. seym says:
      October 22, 2017 at 4:23 pm

      Thankyou ?

Comments are closed.

Next Episodeތިޔަ ދިން އުފާ 27←


All Right Reserved!