Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ 45 (ފަންސަޔާޅީސްވަނަ ބައި)

Eemyaa Level 910 Stories100 Comments100 Login500 Comments100 Stories500 Login
October 21, 2017 20 Mins Read
115 Comments

ދުވަސްތައް ފާއިތުވަމުންގޮސް ޔަލްވީމެންގެ ކައިވެނިކުރަން ހަމަޖެހިފައިވާ ދުވަސް އައިސް ޖެހިއްޖެއެވެ. ކޮންމެ މީހަކުވެސް ހޭބޯނާރާ މަސައްކަތް ކުރަމުންދިޔައީ އެމީހަކަށް ޙަވާލުކުރެވިފައިވާ މަސައްކަތްތައް ވަގުތަށް ނިންމޭތޯއެވެ. އަޔާނީއާއި ޝިއުރީ އުޅުނީ ޔަލްވީމެން ތައްޔާރު ކުރުމުގައެވެ. ކައިވެނި ކުރުމަށް ހަމަޖެހިފައިވާ ވަގުތަކީ، އެރޭގެ އަށެއް ޖަހާއިރުކަމުން ވަގުތު ކުޑަތަން ވެފައިވާތީއާއިއެކު، އެ ދެ ކުދިންގެ ޙަރަކާތްތައް އަވަސްވެފައިވެއެވެ. ނަޞީބަކުން ކައިވެނީގެ ވަގުތު ޖެހެންވާއިރަށް އެ ދެކުދިންގެ މަސައްކަތްވެސް ނިންމާލެވިއްޖެއެވެ.

____________________________________

 

“މާޝާ ﷲ ….. ހީވަނީ ހަމަ ބިމަށް ފައިބާ ތިބި ހޫރު ޕަރީންތަކެއްހެން…… އަޅޭ ވަރަށް ލޯބި……” ކައިވެނީގެ ހެދުމުގައި ތިބި މިޝްޔާއަށާއި ޔަލްވީއަށް މުޚާތަބުކޮށް، ދެ އަތްތިލަ މޫނުގައި ޖައްސާލަމުން، އަޔާނީ ބުނެލިއެވެ. އެ ދެކުދިން ތިބީ ހުދުކުލައިގެ ވެޔޮގަނޑުތަކަކުން ޖަރީކުރެވިފައިވާ ހަމަ އެ ކުލައިގެ ހެދުމެއް ލައިގެންނެވެ. ދެ ކުދިންގެ ހެދުން ފަރުމާ ކުރެވިފައިވަނީ ހަމައެއްގޮތަކަށެވެ. ބުރުގާމަތިން ބޮލުގައި އަޅާފައިވާ ދިގު ފޮތިގަނޑުގެ ސަބަބުން ހެދުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. ކޮށްފައިވާ އާދައިގެ “މޭކްއަޕް” އިން އެ ކުދިންގެ ރީތިކަން އިންތިހާއެވެ.

“އަސްލުވެސް….. މިރޭ ރާހިލްއާއި ޝައުންއަށް ވާނެގޮތްވެސް ނޭނގެ….. އެ މީހުން ހޭނުނެތުނިއްޔާ ރަނގަޅު…..” ޝިއުރީވެސް އަޔާނީއާއި ބައިވެރިވެލަމުން އެ މީހުންނާއި ދިމާކޮށްލިއެވެ. ލަދުގަތްވަރުން މިޝްޔާ މޫނުގައި އަތްއަޅާލިއިރު، ޔަލްވީ އެނބުރުނީ އަނެއް ފަރާތަށެވެ. އެކަމާ މަޖާވެގެން އަޔާނީމެން ހޭންފެށުމުން، މިޝްޔާއާއި ޔަލްވީ އެއްބައިވެލާފައި އައިސް އެ މީހުންގެ ގައިގައި ބޮނޑިއެއް އަޅުވާލިއެވެ. އެއާއިއެކު، ދެން އިވިގެން ދިޔައީ ހަތަރު ކުދިންގެ ހުނުމުގެ އަޑެވެ.

މިރޭ ޝިއުރީއާއި އަޔާނީވެސް ތިބީ ފައިގެ ތަނބިކަށްޓާއި ހަމައަށް އަރާ ބިލަމަގުމާކުލައިގެ ހެދުމެއް ލައި، އަޅިކުލައިގެ ޝޯލްއެއް އަޅައިގެންނެވެ.  އެ ދެ ކުދިންގެ ހެދުންވެސް ފަރުމާކުރެވިފައިވަނީ އެއްގޮތަކަށްށެވެ. ދެކުދިންގެ ޙަޔާތަށް ކިތަންމެ ބޮޑު ތޫފާނެއް ކުރިމަތިވެފައިވީނަމަވެސް އެ ދެކުދިން ތިބީ ހިނިތުންވެލައިގެންނެވެ. އެންމެ ގާތް އެކުވެރިންގެ އުފަލުގައި ފުރިހަމައަށް ބައިވެރިވުމަށް އަޒުމް ކަނޑައަޅައިގެންނެވެ.

 

ކައިވެނިކޮށް ނިމުމުން، ކައިވެނީގެ ޙަފްލާ ބޭއްވުމަށް ހަމަޖެހިފައިވާ ސަރަޙައްދަށް އެންމެން ދިޔައެވެ. މުޅި އެ ސަރަޙައްދު އެއްކުލަވެފައިވަނީ ބިލަމަގުމާ ކުލައާއި އަޅިކުލައިންނެވެ. ހަތަރު ފަރާތުގެ ޢާއިލާ މީހުންނާއި އެކުވެރިންވެސް އެ ދެ ކުލަ، ހިމެނޭގޮތަށް ޒީނަތްތެރިވެގެން ތިބެ އެތާނގައި ހޭލަމޭލަވަމުން ދާތީ މަންޒަރަށް އިތުރު ފުރުހަމަކަމެއް ގެނުވައެވެ.

 

ކެއުމަށް ހަމަޖެހިފައިވާ ސަރަޙައްދަށް އަޔާނީ ދިޔައީ، ރާހިލް އެދިގެން އޭނާއަށް ފެންތަށްޓެއް ބަލައެވެ. ވަކި ހިސާބަކަށް ގޮސްފައި އޭނާގެ ފިޔަވަޅުތަކަށް ހުއްޓުން އެރީ، އެތާނގައި ހުރި އަފްލާކް ފެނުމުންނެވެ. އޭރު ފެންތަށްޓެއް ބޯލުމަށްފަހު، އަފްލާކްވެސް އެނބުރެނީއެވެ. އޭނާއަށްވެސް ވީ އަޔާނީއަށް ވީ ކަހަލަ ގޮތެކެވެ. އަޔާނީ ފެނުމުން ބަލަހައްޓައިގެން ހުރެވުނީއެވެ. އެރޭގެ އެ ޙަފްލާއަށް ތައްޔާރުވާން އުޅުމުގެ ތެރެއިން ކިތަންމެ ފަހަރަކުވެސް އޭނާއަށް އަޔާނީ ފެނިފައިވެއެވެ. އެހެނަސް މިހާ ގާތުން މި ފެނުނީ، ދުވަސްތަކަކަށް ފަހުއެވެ. އަފްލާކް، އަޔާނީއާއި ދިމާއަށް ހިނގައިގަތުމުން އަޔާނީގެ ހިތް ބާރު ބާރަށް ތެޅެންފެށިއެވެ. ދެ އަތް ތަގުޅިކޮށްލައިގެން ހުރެ ވަށައިގެންވާ މާހައުލަށް ނަޒަރު ހިންގާލެވުނީ، އެ މަންޒަރު ބަލަން މީހަކު ހުރިތޯއެވެ. އަފްލާކް އައިސް މަޑުކޮށްލީ، ސީދާ އަޔާނީގެ ކުރިމަތީގައެވެ. ހަތަރުކަޅި ބައްދަލްވެފައިވާއިރު، ދެ މީހުންގެ ލޮލުގައިވެސް ވަނީ ވޭނާއި ހިތާމައެވެ. ގާތުގައި ހުރިނަމަވެސް، އެ ދެމެދުގައިވާ ދުރުމިނުން ދެ މީހުންގެ ހިތަށްވެސް ފުން އަސަރުތަކެއް ކުރުވަމުން ދިޔައެވެ. ޙާޞިލް ނުވާނެކަން އެނގިހުރެމެވެސް ދެމިހުންގެ ހިތް އެކަކު އަނެކަކަށް އެދެމުން ދިޔައެވެ.

“އަހަރެމެންވެސް ކިހާ ފޮނި ހުވަފެންތަކެއް ދުށިން….. މިކަހަލަ އުފާބެރި ރެއަކަށް ކިހާ އިންތިޒާރެއްކުރެވުނު….. ކައިވެނި ކުރެވޭނެކަމަށް ކިހާ އުއްމީދެއް ކުރެވުނު…. އެކަމަކު، ޔާނީ ބައްޕަގެ އެންމެ ނިންމުމަކުން، އެ ހުވަފެންތައް ވިއްސިވިހާލިވެއްޖެ…. ކުރެވުނީ ނިމުމެއް ނެތް އިންތިޒާރެއް….. އުއްމީދުތައް ވީ ފުނޑުފުނޑު……” ދުރުގައި ހިނިތުންވެލައިގެން ތިބެ މެހެމާނުންނާއި ސަލާމް ކުރަމުންދިޔަ ރާހިލްމެންނަށް ބަލަހައްޓައިގެން ހުރެ އަފްލާކް ބުނެލިއެވެ. އަޔާނީވެސް ފަސްއެނބުރި އެ ދިމާއަށް ބަލައިލިއެވެ. ތެދެކެވެ. މިރޭ މިޝްޔާމެން ތިބިގޮތަށް ކައިވެނީގެ ހެދުންލައިގެން އަފްލާކްގެ އަތުގައި ހިފަލައިގެން ހުރުމުގެ ފޮނި ހުވަފެންތައް އޭނާވެސް ދުށްޓެވެ. އެހެނަސް، މިހާރު އެ ހުވަފެންތައް އެ ވަނީ ބިލާހަކަށް ވެފައެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއިއެވެ. މި ދުވަސް ދެކެން ޖެހިދާނެކަމަށް، އޭނާއަށް ހީކުރެވިފައެއް ނެތެވެ. ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުން، އެހާވަރުން އަޔާނީ، ހިފަހައްޓައިގެން ހުރި ކަރުނަތައް، އެސްފިޔަތައް ދޭތެރެއިން ފުރޭނިގެން ފައިބައިގަތެވެ. މި މަންޒަރު އަފްލާކަށް ފެނުމުން އޭނާގެ ހިތަށް ވަރަށް އަސަރުކުރިއެވެ. އޭނާ އުޅުނީ ލޯތްބާއިއެކު އެ ކަރުނަތައް ފުހެލައިދޭށެވެ. އެހެނަސް، އަޔާނީ ފަހަތަށް ޖެހިލުމުން، އަސަރާއިއެކު، އަޔާނީއާއި ދިމާއަށް ބަލައިލެވުނީ، އެފަދަ ކަމެއްވެސް ކޮށްލުމުގެ ޙައްޤު، އޭނާއަށް މިހާރު ލިބިގެން ނުވާކަން އެނގުމުންނެވެ.

“އޯހް…. މާފްކުރޭ….. މިހާރު އެހެން މީހެއްގެ ޙައްޤެއް ދޯ…..” ޖީންސްގެ ދެ ޖީބަށް އަތް ޖަހާލަމުން ސީދާ އަޔާނީގެ ދެ ލޮލަށް ބަލަން ހުރެ، ހިތި ގޮތަކަށް އަފްލާކް ބުނެލިއެވެ. ދެ ލޮލުން އަންނަމުންދިޔަ ކަރުނަތައް ފުހެލަމުން އަޔާނީއަށް ބޯ ހޫރާލެވުނީ އެ ވާހަކައަށް އިންކާރު ކުރަމުންނެވެ. އަސަރެއް ނެތްގޮތަކަށް އަފްލާކް ހީލިނަމަވެސް އެ ހިތަށްވަނީ ފުން އަސަރުތަކެއް ކޮށްފައިކަން އެ ދެލޮލުން ހެކިދެއެވެ.

“ޔާނީގެ ކައިވެނި އޮތީ ކޮންއިރަކުންތަ…..؟؟؟؟ ވަރަށް އަވަހަށް އޮންނާނެ ދޯ…. ވަރަށް އުފަލުންތަ ތި ހުރީ ކައިވެނި ކުރެވޭތީ……؟؟؟؟” ދެރަވެފައި ހުރިނަމަވެސް، އަޔާނީއަށް އެކަން ނުދައްކަންވެގެން އަފްލާކް ވާހަކަ ދެއްކީ، މަލާމާތް އެކުލެވިފައިވާ ރާގަކަށެވެ. އަޔާނީގެ ހިތަށް އިތުރަށް އަސަރުކުރީ އެހެންވެއެވެ.

“އަފޫއަށް ހަމަރަނގަޅަށް އެނގޭނެ އަހަރެން އަފޫދެކެ ލޯބިވާވަރު….. އަހަންނަށް އަފޫ ނޫން އެހެން މިހަކާ އެކީ އުފަލުގަ ނޫޅެވޭނެކަންވެސް އަފޫއަށް އެނގޭނެ…… ދެން ކީއްވެތަ އަފޫ ތިގޮތަށް ތި ވާހަކަ ދައްކަނީ….؟؟؟؟؟” އަފްލާކް އެ ގޮތަށް ވާހަކަ ދެއްކުމުން އަޔާނީ ދެރަވިއެވެ.

“އަހަރެންދެކެ ލޯބިވާނަމަ އަހަންނާއެއްނު ކައިވެނި ކުރާނީ…… ލޯބިވަންޏާ ޤުރުބާނީތަކެއްވެސް ވާންޖެހޭނެ….. ކީއްވެގެންތަ ޔާނީގެ ބައްޕައާއި ދެކޮޅަށް ނުކުމެ އަހަރެންގެ ގާތަށް އަންނަން ނުކެރިގެން ތި އުޅެނީ….. ހަމަ ޔަޤީނުންވެސް ޔާނީއަށް ދެރައެއްނުދީ ވަރަށް އުފަލުގައި އަހަރެން ގެންގުޅޭނަން…..” ކުއްލިއަކަށް އަޔާނީގެ ދެ އަތުގައި ހިފާލަމުން އަފްލާކް އަޔާނީއާއި ގާތަށް ޖެހިލިއެވެ. ވަށައިގެންވާ މާހައުލަށް ނަޒަރު ހިންގާލަމުން އަޔާނީ އޭނާގެ އަތްތިލަ އަފްލާކްގެ އަތުތެރެއިން ސަލާމަތްކުރެވޭތޯއެވެ.

“އަހަރެން ބުނެފީމެއްނު ބައްޕައަކީ ހިތުގެ ބަލި ހުންނަ މިހެކޭ…. ބައްޕައާއި ދެކޮޅަށް ނުކުމެގެން ގޮސް ބައްޕަގެ ފުރާނަ ނުރައްކަލުގެ ތެރެއަށް ވައްޓާލާނެހާ ހިތްވަރެއް އަހަރެންގެ ނެތް….. އަހަރެން އަފޫދެކެ ލޯބިވާހެން ބައްޕަދެކެވެސް ލޯބިވެއޭ…. އަފޫއަށް ކީއްވެގެންތަ ނުވިސްނެނީ….. ބައްޕައަށްޓަކައި އަހަރެން، އަހަރެންގެ ލޯބި ޤުރުބާންކުރީ…. ކޮންމެ ގޮތެއްވިޔަސް އަހަންނަށް ޖެހޭނީ ކޮންމެވެސް އެކެއްގެ ލޯބި ޤުރުބާންކުރާން….. އެންމެ ކުޑައިރުއްސުރެ އަހަރެން ބަލާ ބޮޑުކޮށް، ކާންދީ، އަންނައުނުދީ، އެހެނިހެން ޚަރަދުތައް ކޮށްދިން ބައްޕަގެ ލޯބި އަހަރެން ޤުރުބާންކުރާނީ ކިހިނެއް…..؟؟؟؟؟” އަޔާނީ ބެލީ އަފްލާކަށް ވިސްނައިދެވޭތޯއެވެ. އެހެނަސް އަޔާނީގެ ވާހަކަތަކުން ހިތްހަމަ ނުޖެހުނުވަރުން، ކުއްލިއަކަށް އޭނާ އަޔާނީގެ އަތުން ދޫކޮށްލިއެވެ. އަދި ދެ ފަރާތަށް ބޯ ހޫރާލުމަށްފަހު، ފަސްއެނބުރި ހިނގައިގަތެވެ. އަޔާނީ ގޮވުމުންވެސް ނުހުއްޓުނެވެ. ރޮވިފައިހުރި އަޔާނީ އަފްލާކް ދިޔަ ދިމާއަށް އަތްދިއްކޮށްގެން ހުއްޓެވެ. ސިހުނީ ކޮނޑުމަތީގައި މީހަކު އަތް ބާއްވާލުމުންނެވެ. ފަސްއެނބުރި ބަލާލިއިރު އެއީ ޝިއުރީއެވެ. އޭނާ ބަލައިލުމުން ދެ ފަރާތަށް ބޯ ހޫރާލުމަށްފަހު، ލޯތްބާއިއެކު، ޝިއުރީ، އޭނާގެ ކަރުނަތައް ފުހެލައިދިނެވެ.

“ޔާނީ، މިރެއަކު ނޫން…… މިރޭ އަހަރެމެން ނުރޯނެ…. ޔާލްއާއި، މިޝްގެ އުފަލަށްޓަކައިނަމަވެސް، ހުއްޓާލާ…..” އަޔާނީގެ މޫނުގައި ދެ އަތުން ހިފަހައްޓާލައިގެން ހުރެ ޝިއުރީ ބުނެލިއެވެ. ޝިއުރީގެ ވާހަކަތައް ޤަބޫލުކުރުމުގެ ގޮތުން ބޯ ޖަހާލުމަށްފަހު ހިނިތުންވެވޭތޯ އަޔާނީ މަސައްކަތްކުރިއެވެ.

 

“ރާހިލް އެބައުޅެ ފެންތަށި ނުލިބި ލަސްވެގެން…..” ކުޑަކޮށް ހިނިތުންވެލަމުން ޝިއުރީ ބުނެލިއެވެ. އަޔާނީ އެ ތަނަށް އައި ބޭނުން ހަނދާންވީވެސް ދެނެވެ.  އަމިއްލަ ބޮލުގައި މަޑުމަޑުން ޖަހާލުމަށްފަހު، ފެންތަށްޓެއް ހިފައިގެން ރާހިލްމެންނާއި ދިމާއަށް ދާން ހިނގައިގަތެވެ. އަޔާނީ ދިޔަ ދިމާއަށް ބަލަން ހުރެފައި އަތުގެ ބޮޑުވާ އިނގިލިން ޝިއުރީ ދެލޯ ކައިރި ފުހެލިއެވެ. ފުން ނޭވާއެއް ދޫކޮށްލަމުން އޭނާވެސް މިސްރާބުޖެހީ ފެންތަށިތައް ބަހައްޓާފައިވާ މޭޒާއި ދިމާއަށެވެ.

 

ފެންތަށިން ކޯވަރެއް ބޯލުމަށްފަހު އެ ހިފައިގެން އެނބުރުނުވަގުތު،  ޝިއުރީއަށް ކުޑަކޮށް ހަޅޭއްލަވައިގަނެވުނީ، ޖެހޭ ނުޖެހޭހައި ގާތުގައި ހުރި މިޝަލް ފެނުމުންނެވެ. ސިހުނުވަރުން ތަށީގައި ބާކީ ހުރި ފެންފޮދު، މިޝަލްގެ ގަމީހަށް ވިއްސައިގެންވެސް ދިޔައެވެ. މިތަން ފެނި ޝިއުރީ އަވަސްވެގަތީ އަތުގައި ހުރި ތަށި ބެހެއްޓުމަށްފަހު، ޓިޝޫއަކުން މިޝަލްގެ ގަމީސް ފޮހެލައިދޭށެވެ. މިޝަލްގެ މެއާއި ދިމާލުގައި އަތްއަޅައިލައިގެން ހުރި ޝިއުރީގެ އަތުގައި އޭނާ ހިފައިލިއެވެ. އެވަގުތު ހުރެވުނީ މިޝަލާއި ކިހާ ގާތުގައިކަން ޝިއުރީއަށް ވިސްނާލެވުމުން،  އޭނާ ހާސްވިއެވެ. އިސްއުފުލާލެވުނު ވަގުތު ޝިއުރީގެ ނޭފަތްގޮސް ޖެހުނީ މިޝަލްގެ ނޭފަތުގައެވެ. ދެމީހުންނަށް ތިބެވުނީ އެހާވެސް ގާތުގައެވެ. ދެ މީހުންގެ ހިއްސުތަކަށް އެނގުންވެލައިގެން ދިޔައީ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ. އިޙްސާސްތައް ހަމައަކަށް އަޅުވާލަމުން ޝިއުރީ ފަހަތަށް ފިޔަވަޅެއް އަޅާލީ އޭނާ ސިއްރުކޮށްގެން އުޅޭ ޙަޤީގަތް ބޭޒާރުވެދާނެކަމުގެ ބިރު ހިތުގައި އޮތީތީއެވެ.  މިޝަލާއި އެހާ ގާތުގައި ހުރެވުމުން، މިޝަލަށްޓަކައި އެ ހިތުގައި އުފަންވެފައިވާ ލޯބި ފާޅުވެދާނެތީއެވެ. އެހެން ކަންތައްވެއްޖެނަމަ، ކަންތައްތައް ދާނީ ގޯހުން ގޯހަށްކަން އޭނާއަށް ވިސްނޭތީއެވެ.

މިޝަލާއި ދުރަށް ދާން އުޅުނުނަމަވެސް، ޝިއުރީއަށް އެކަން ކާމިޔާބުވާގޮތް ނުވީ މިޝަލް އޭނާގެ އަތުން ދޫކޮށްނުލާ ހުރުމުންނެވެ. އޭނާ ގަދަހަދާލުމުންވެސް މިޝަލް ދޫކޮށްލާ ޚިޔާލެއް ނުކުރިއެވެ. އާދޭހާއިއެކު، މިޝަލާއި ދިމާއަށް ޝިއުރީއަށް ބަލައިލެވުނީ އޭނާގެ އަތުން ދޫކޮށްލުމަށް އެދިއެވެ. އެވަގުތު، މިޝަލްގެ ދެ ލޯ ފެނިފައި އޭނާގެ ހިތް ހީވީ އޭގެ މަޤާމް ދޫކޮށް ބޭރަށް ނުކުމެގެން ހިނގައިދާނެހެންނެވެ.

ކަރުނަތައް ހިންދަން މަސައްކަތް ކުރަމުން ދިޔަވަރަކަށް މިޝަލްގެ ދެ ލޯ ދިޔައީ ރަތްވަމުންނެވެ. އެތައް އަސަރެއް އެކުލެވިގެންވާ އެ ދެ ލޮލުން ދެމުންދިޔަ މެސެޖުތަކުން ހަމަ ރަނގަޅަށްވެސް ޝިއުރީގެ ހިތް ރޮއްވާލައިފިއެވެ.

“މިޝަލް……” މިޝަލްގެ ދެ ލޮލަށް ބަލަން ހުރެ، ޝިއުރީއަށް ގޮވައިލެވުނީ އޭނާގެ އަތަށް ތަދުވާންފެށުމުންނެވެ.

“ޝިއުރީ…….” އެކަކު އަނެކަކުގެ ލޮލަށް ބަލަން ގެއްލިފައި ތިބި ދެ މީހުންނަށް އަޑުއައި ދިމާއަށް ބަލައިލެވުނެވެ. އެ ދިމާއަށް އައި ޖަޒްލާން ފެނުމުން، ޝިއުރީގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައިރު، މިޝްލަގެ އަތުތެރޭ ޤައިދުވެފައިވާ އޭނާގެ އަތް މިންޖުކުރުމަށް މަސައްކަތް ކުރަމުންދިޔައެވެ. އެހެނަސް، ދެންވެސް މިޝަލް އެ އަތުން ދޫކުރާ ޚިޔާލެއް ނުކުރިއެވެ. ޖަޒްލާނާއި ދިމާއަށް ބަލަހައްޓައިގެން ހުރިއިރު، އޭނާ ދިޔައީ ޝިއުރީގެ އަތަށް ބާރުކުރަމުންނެވެ.

“ބްރޯ…. ތީ މަގޭ މިލްކިއްޔާތެއް….. އޭނާގެ އަތުން ދުކޮށްލާ……” އެއައި ގޮތަށް އައިސް ޝިއުރީގެ އުނަގަނޑުގައި ހިފަހައްޓާލަމުން މިޝަލާއި މުޚާތަބުކޮށް ޖަޒްލާން ބުނެލިއެވެ. ޖަޒްލާން އެ ގޮތަށް ކަންތައް ކުރުމުން އުނދަގޫވީނަމަވެސް، ޝިއުރީއަށް ޖެހުނީ ކެތްކޮށްލައިގެން ހުންނާށެވެ. މިޝަލްގެ ނަޒަރު ސީދާވެފައި ހުރީ ޝިއުރީއަށެވެ. އޭރު ޝިއުރީވެސް ހުރީ މިޝަލަށް ބަލަހައްޓައިގެންކަމުން ދެ މީހުންގެ ހަތަރުކަޅިވަނީ ބައްދަލްވެފައެވެ. މިޝަލް އެ ހުރިގޮތަށްހުރެ ޝިއުރީގެ އަތް، މޫނާ ހަމައަށް އުފުލާލިއެވެ. އަދި، ކުއްލިއަކަށް އެ އަތުން ދޫކޮށްލުމަށްފަހު، ފަސްއެނބުރި ހިނގައިގަތެވެ. މިޝަލް ހުއްޓުވުމަށް ހިތް އެދި ގޮވަމުންދިޔަނަމަވެސް، ޝިއުރީގެ މަޖުބޫރީ ޙާލަތު އެކަމަށް ހުރަސްއެޅިއެވެ. މިޝަލް ދިއުމުން ޝިއުރީ ޖަޒްލާނަށް ބަލައިލިއެވެ. އޭނާގެ މޫނުމަތީގައިވަނީ، ރުޅިއާއި ހިތްހަމަ ނުޖެހުމުގެ ކުލަވަރުތަކެވެ. އޭނާ އެއްޗެކޭ ބުނަން އުޅުނުވަގުތު، ޖަޒްލާންގެ ފޯނު ރިންގުވާން ފެށުމުން، މަޑުކުރުމަށް ބުނެފައި އޭނާ ދިޔައީ ދުރަށްށެވެ.

 

“ޕިސް ޕިސް މިތާ ދޯ ތި ހުރީ….. ސިސީ ބަލާ އައި މީހާވިއްޔަ…… ހިނގާބަލަ ގްރޫޕް ފޮޓޮއެއް ނަގަންވެގެން މި އުޅެނީ…..” އެވަގުތު އެތަނަށް އައި އިޔާޒް، އިސްޖަހާލައިގެން ހުރި ޝިއުރީގެ އަތުގައި ހިފައިގެން ހިނގައިގަންނަމުން ބުނެލިއެވެ. އެއްޗެކޭ ބުނަން އުޅުނުނަމަވެސް، ޝިއުރީއަކަށް ނުބުނެވުނެވެ. އޭނާއަށް ބަލައިލެވުނީ، ފޯނު ކަންފަތުގައި ޖަހައިގެން ދުރުގައި ހުރި ޖަޒްލާނަށެވެ.

 

ޝިއުރީމެން ދިޔައިރު އެތާނގައި އަޔާނީގެ އިތުރުން މިޝަލާއި އަފްލާކްވެސް ތިއްބެވެ. ފޮޓޯ ނަގަން އެތުރިފައި ތިބި ގޮތުން އޭނާއަށް ޖެހުނީ މިޝަލްގެ ގާތުގައި ހުންނާށެވެ. ކިތަންމެ އުނދަގޫވީނަމަވެސް ޔަލްވީމެންނަށްޓަކައި އޭނާ ހިނިތުންވެވޭތޯ މަސައްކަތްކުރިއެވެ. ގާތުގައި ހުރި މިޝަލް ބަލާހެން ހީވުމުން ޝިއުރީއަށްވެސް އޭނާއާއި ދިމާއަށް ބަލައިލެވުނެވެ. އެ ވަގުތު މިޝަލްގެ ތޫނު ނަޒަރު އޭނާއަށް ސީދާވެފައިވުމުން، ޝިއުރީއަށްވެސް ބޭއިޚްތިޔާރުގައި އެ ދެލޮލަށް ބަލަހައްޓައިގެން ހުރެވުނީއެވެ.

އަޔާނީމެންގެ ޙާލަކީވެސް އެއީއެވެ. އަފްލާކާއި ދެ މީހުން ހަތަރުކަޅި ހަމަކޮށްލައިގެން ތިބިއިރު އެތާނގައި އިތުރު ބަޔަކު ތިބިހެންވެސް އެމީހުންނަށް ހީ ނުވެއެވެ. ހަތަރު މީހުންވެސް ސިހިގެންދިޔައީ ކެމެރާގެ އަލި މޫނަށް އެޅުމުންނެވެ. ފޮޓޯ ނަގަން ހުރި މީހާ ހިނިތުންވެލީ އެ ފޮޓޯގެ ފުރިހަމަކަމުންނެވެ.

 

“ފޮޓޯ ނަގާ ނިމިއްޖެއްޔާ އަހަރެން ޝިއު ގެންގޮސްލަންތަ….؟؟؟؟ ވާހަކައެއް ދައްކާލަންވެގެން…..” އެމީހުން އެހެން ފޮޓޯއަކަށް ތައްޔާރުވެގެން ތިއްބާ ޖަޒްލާން އައިސް މިހެން ބުނުމުން އެންމެންގެ ސަމާލުކަން ހުއްޓުނީ އޭނާއަށެވެ. އެއަށްފަހު ދެން ބަލައިލީ ޝިއުރީއަށެވެ. ހިތްހަމަ ނުޖެހިފައި ހުރި ޝިއުރީ ގަދަކަމުން ހިނިތުންވެލީ، އެންމެންގެ ލޯތައް އޭނާއަށް އަމާޒުވެފައިވީތީއެވެ. ޝިއުރީގެ ތިން އެކުވެރިންނާއި މިޝަލް ފިޔަވައި ދެން ތިބި މީހުން ތިބީ ވާނުވާ ނޭނގި ހައިރާންވެފައެވެ.

“އަހަރެން އެބަ އަންނަން…..” ވަކިވަކިން އެންމެންނަށް ބަލައިލަމުން ޝިއުރީ އެހެން ބުނެލިވަގުތު ޖަޒްލާން ހިފަހައްޓާލީ، ޝިއުރީގެ އުނގަނޑުގައެވެ. އެކަމުން ޝިއުރިއަށް އުނދަގޫވީނަމަވެސް ކެތްކޮށްލައިގެން ހުންނަން ޖެހުނީ އެކުވެރިންނަށް އޭނާގެ ސިއްރު ފަޅާއަރާފާނެތީއެވެ. އެހެނަސް، ފަރުވާވެ ޝިއުރީއަށް ބަލަން ހުރި އަޔާނީއަށް، އެ މޫނުމަތިން އުނދަގޫވެފައި ހުރިކަމުގެ ކުލަވަރު ފެނުނެވެ.

“އެއީ ކޮން ކަމެއް…. ޝިއު އުޅެނީ ޖަޒްލާންއާއި ރައްޓެހިވެގެންތަ…..؟؟؟؟ ޝިއުރީމެން އެތަނުން ދިއުމުން އިޔާޒަށް އަހާލެވުނެވެ. ޔަލްވީ ބޮލުގެ އިޝާރާތުން އާނއެކޭ ބުނުމުން މިޝްޔާއަށް ބަލައިލެވުނީ މިޝަލާއި ދިމާއަށެވެ. އޭރު މިޝަލްގެ ނަޒަރު ސީދާވެފައި ހުރީ އެމީހުންނާއި ދުރުވަމުން ދިޔަ ޝިއުރީމެންނަށެވެ.

“ޖަޒްލާން ނޫން އެހެން މީހަކު ޝިއުއަށް ހަމަ ނުލިބުނީތަ…..؟؟؟؟” ޝައުނަށް އެހެން ބުނެލެވުނީ ޖަޒްލާންގެ ގޮތް އޭނާއަށްވެސް ރަނގަޅަށް އެނގޭތީއެވެ.

” ޝައުން، މި އަންހެންވެރިންގެ ގޮތެއް ނޭނގޭނެ….. އެމީހުން ހެދުން ބަދަލުކުރާގޮތަށް ފިރިހެނުންވެސް ބަދަލުކުރާނެ…. އެ ހެޔޮވާނެ ތާކުން ތާކު ނުޖެހޭ މީހެއްވިޔަސް….. ލޯތްބަކީ އެމީހުންގެ ކުރިމަތީގައި އެއްވެސް އަގެއް ހުރި އެއްޗެއް ނޫން….” އަޔާނީއަށް ބަލަން ހުރެ އަފްލާކް އެހެން ބުނެލީ އޭނާއަށް ނިސްބަތްކޮށްކަން، އެތާ ތިބި އެހެން މީހުންނަށްވެސް ވިސްނުނެވެ. އެހެންކަމުން، މިޝްޔާމެންގެ އެ އުފާވެރި ރޭ ހަމަނުޖެހުންގަނޑެއް ހިންގަން ބޭނުން ނުވާތީ، އަފްލާކް ގޮވައިގެން އިޔާޒް، އެ ތަނުން ދާން ހިނގައިގަތީ ބަނޑުހައިވީކަމުގެ ބަހަނާގައެވެ. ގަދަކަމުން ހިނިތުންވެލަމުން ޔަލްވީގެ އަތުގައި ހިފާލުމަށްފަހު، އެބަ އަންނަމޭ ބުނެ، އަޔާނީވެސް އެތަނުން ދާން ހިނގައިގަތެވެ.

 

އަފްލާކާއިއެކު ދިޔަ އިޔާޒަށް ތަންކޮޅެއް ދުރުގައި، ޖޫސްތަށްޓެއް ހިފައިގެން ހުރި އީޝާ ފެނުމުން، އޭނާގެ ޚިޔާލް ބަދަލުވިއެވެ. އަފްލާކްގެ ގާތުގައި އެބަ އަންނަމޭ ބުނެފައި އޭނާ ދިޔައީ އީޝާއާއި ދިމާއަށެވެ.

“ޕޮއް… ހާދަ ރީތިކޮށް އެ މީހުންނަށް ބަލަން ތި ހުރީ…. އެ ދެކުދިން ގުޅޭތީ ދޯ އެވަރަކަށް ތި ބަލަނީ…… އަނެއްކާ މަންޖެގެ ހިތުގައި ރެނދުލިތަ…. ގޮތެއް ވަންޏާ އަންގާލައްޗޭ…. އެމްބިއުލާންސް ރެޑީކޮށްލަން އެނގޭނީ އޭރަށް ދޯ……” އީޝާގެ ކަންފަތްދޮށުގައި އަޑެއް ލައްވާލުމަށްފަހު، ދެ ޖީބަށް އަތް ޖަހާލައިގެން ހުރެ، މިހެން ބުނެފައި، އިޔާޒް ހިނގައިގަތީ އެ ތަނުން ދާށެވެ. އެހެނަސް، ފަސް އެނބުރި ބަލައިލީ އީޝާ ގޮވާލުމުންނެވެ. ގެނައި ކުއްލި ހަރަކާތަކާއިއެކު، އީޝާގެ އަތުގައި ހުރި ޖޫސްތަށި އޭނާއާއި ދިމާއަށް އުކާލުމުން އިޔާޒަށް އެއްފަރާތްވެލެވުނީ ހަމަ ކިރިޔާއެވެ. ނުތެމި ސަލާމަތްވުމުން ހެވިފައި ހުރެ އީޝާއަށް، އިޔާޒް، ބަލައިލިއެވެ. ދެ ލޯ ބޮޑުކޮށްލައި، އަނގަމަތީ އަތްއަޅައިގެން ހުރި އީޝާ ފެނުމުން އިޔާޒް ހައިރާންވިއެވެ. އީޝާގެ ނަޒަރު ސީދާވެފައި ހުރި ދިމާއަށް އިޔާޒް ބަލައިލީ، އޭނާ ހުއްޓުން އަރާފައި ހުރުމުންނެވެ. ފެނުނު މަންޒަރަކުން އޭނާއަށް ހިނިގަނޑު މަތަކުރުން ވީ އުނދަގޫކަމަކަށެވެ. އިޔާޒްގެ ގަޔަށް އުކާލި ޖޫސްތަށި ދިޔައީ އޭނާގެ ފުރަގަހުން އައި ލުމާންގެ ގަޔަށެވެ. އޭނާގެ އަތުގައި އޮތް ފޯނަށްވެސް ޖޫސް ދިޔައެވެ. ރުޅިވެރިކަމާއިއެކު ލުމާން ބަލައިލުމުން އީޝާ ހާސްވިއެވެ. އޭނާ އެއްޗެއް ބުނުމުގެ ކުރިން އިޔާޒަށް ލޯ އަޅައިލުމަށްފަހު، އީޝާ އެތަނުން ދިޔައީއެވެ.

“ބްރޯ….. އަނެއްކާ ފޯނަށް ކަމެއްވިތަ….؟؟؟؟؟” ހިނިގަނޑު މަތަކޮށްލަމުން ލުމާންގެ ގާތުގައި އިޔާޒް އަހައިލިއެވެ. ފޯނަށް ބަލަން ހުރެފައި ބޯ ހޫރާލުމަށްފަހު، ލުމާން އެ ތަނުން ދިއުމުން، އިޔާޒްވެސް ދިޔައީ އަފްލާކްގެ ގާތަށެވެ. ލުމާނަށް ލަނޑެއް ލިބުމުން އޭނާ ހުރީ މަޖާވެފައެވެ.

 

 

“ކިހާ ދެރަކަމެއް…. އަހަރެން ނުބުނަންތަ ގައިގަ އަތްނުލާށެކޭ…..” މީހުން މަދު ހިސާބަކަށް ދެވުމުން ޝިއުރީ، ޖަޒްލާންގެ އަތް އޭނާގެ އުނގަނޑުން ނައްޓުވާލިއެވެ. ރުޅިއައިސްގެން ގޮސް ޝިއުރީއަށް އެހެން ބުނެވުނީވެސް ތަންކޮޅެއް ބާރަށެވެ.

“މަ ނުބުނަންތަ އެ މިޝަލްއާއި ދުރުން އުޅޭށެކޭ….. މަށަށް އެނގެއޭ ދެ މީހުން ތި ތިބެނީ ހިތާވެފައިކަން….” ޖަޒްލާންވެސް ހުރީ ރުޅިގަދަފައެވެ. އޭނާގެ އަޑާއި ރާގުން އެކަން ހާމަކޮށްދެއެވެ.

“އާނ އަހަރެން ލޯބިވޭ މިޝަލްދެކެ…. އަހަރެން އޭނައާއި ހިތާވީއާ ކަލެއަށް ކީއް….. ކަލޭގެ ސުންޕާކަމުން އަހަންނަށް އެ ލޯބިވެސް ލިބެން ނެތީ……” ޖަޒްލާނަށް ދެ ލޯ އަޅާލަމުން ޝިއުރީ މިހެން ބުނުމާއިއެކު، ނުލަފާ ވައްތަރަކަށް، ޖަޒްލާން ހޭންފެށިއެވެ.

“ހަހަހަ…. މިޝަލްދެކެ ކިތަންމެ ލޯބިވިޔަސް ކީއްކުރާނީ…. މިފަހަރު ޖެހޭނީ މަށާ ހަމަ އިންނަން….. އެހެންނޫނީ ވާނެގޮތް އެނގެއެއްނު….. މަ ހާދަ ދުވަހެއްވެއްޖެއޭ މަންޖެ ޙާޞިލްކުރަން ހިތުއަޅައިގެން އުޅެނީ….. މަންޖެ ފޮނިބޮޑުކަމުން މަ އަހާލާއިރަށް އިންނަން އެއްބަސް ނުވާނެކަން އެނގޭތީ،  އެގޮތަށް ކަންތައް ކުރަންވެސް ޖެހުނީ…..” ޝިއުރީއާއި ގާތްވެލަމުން އޭނާގެ މޫނުގައި ޝަހާދަ އިނގިލިން ފިރުމާލަމުން ނުލަފާ ވައްތަރަކަށް ހެވިފައި ހުރެ ޖަޒްލާން ބުނެލިއެވެ. އައި ރުޅިން ޝިއުރީ، ޖަޒްލާންގެ މޭގައި ދެ އަތް އަޅާ އޭނާ ކޮށްޕާލިއެވެ. ޝިއުރީގެ މި ޢަމަލުން ޖަޒްލާންގެ ރުޅިވެސް ގަދަވިއެވެ. ވަގުތުން ޖިންސްގެ ޖީބުން ފޯނު ނަގައި ވީޑީއޯއެއް އެޅުވުމަށްފަހު، ޝިއުރީގެ ގާތަށް އައިސް އޭނާއަށް ފެންނާނެހެން ފޯނު ދައްކާލިއެވެ. ޝިއުރީ މޫނުގައި އަތް އެޅީ އެއަށް ބަލަން ނުކެރުމުންނެވެ. ރުޅިއާއި އެއްވަރަށް އޭނާ ދެރަވެސް ވިއެވެ.

“ޖަޒްލާން… ހެޔޮނުވާނެ…. ތި ނިވާލާ، މީހަކަށް ފެނިދާނެ……” އެތަނަށް އެއްވެ ތިބި މީހުންތަކަށް ބަލައިލަމުން ހާސްވެފައި ހުރި ޝިއުރީ ބުނެލިއެވެ. ޖަޒްލާން ނުލަފާ ގޮތަކަށް ހީލިއެވެ.

“މީގެ ފަހުން ތި ގޮތަށް އަހަރެން ދުރަށްލާން އުޅެފިއްޔާ މީތި މުޅި ދުނިޔެއަށް ފެންނާނެކަން ހަނދާންކުރާތި…..!!!!!” އަތުގައި އޮތް ފޯނު ދައްކާލަމުން ޖަޒްލާން ޝިއުރީއަށް އިންޒާރު ދިނެވެ. ބިރުގެންފައި ހުރި ޝިއުރީ ދެ ފަރާތަށް ބޯ ހޫރާލީ، އެހެން ނުހެދުމަށް ބުނަމުންނެވެ. ޝަހާދަ އިނގިލި ދިއްކޮށްލުމަށްފަހު، ޖަޒްލާން އެތަނުން ދިއުމުން ޝިއުރީ ހިފަހައްޓައިގެން ހުރި ކަރުނަތައް އޭގެ މަޤާމްދޫކޮށް ފައިބައިގަތީ އެ ވީޑިއޯ މުޅި ދުނިޔެއަށް އާއްމުވެއްޖެނަމަ ދެން ވާނެގޮތެއް ހިތަށް އެރުމުންނެވެ.

ސިހިފައި ޝިއުރީއަށް ފަހަތް ބަލައިލެވުނީ، މީހަކު އޭނާގެ ކޮނޑުމަތީ އަތް ބާއްވާލުމުންނެވެ. ފަހަތަށް ރަނގަޅަށް ނޭނބުރެވި އުޅެނިކޮށް ފަހަތުގައި ހުރި އަޔާނީ އޭނާގެ ގައިގައި ބައްދާލިއެވެ. ކޮނޑާއިދިމާލުން ހޫނުކަމެއް އިޙްސާސްކުރެވުމުން އަޔާނީ ރޮނީކަން ޝިއުރީއަށް އެނގުނެވެ.

“ޔާނީ…. ކިހިނެއްވީ…؟؟؟؟ ކީއްވެ ތި ރޮނީ….؟؟؟؟” ލޮލުން އައިސްފައިވާ ކަރުނަތައް ފުހެލުމަށްފަހު، އަޔާނީ ދުރުކޮށްލަމުން ޝިއުރީ އަހާލިއެވެ.

“މިޝް….. ޖަޒްލާން…..” ދުރުގައި ހިނިތުންވެލައިގެން ހުރި މިޝްޔާއަށް ބަލައިލަމުން އަޔާނީ ވާހަކަ ދައްކަން އުޅުނެވެ. ޝިއުރީގެ ހިތުގައި ބިރުވެރިކަން ރަސްކަން ކުރަންފެށީ އަޔާނީއަށް އޭނާގެ ސިއްރު ބޭޒާރުވީހެން ހީވުމުންނެވެ.

“މިޝް ފެންވަރަން ހުއްޓާ ވީޑިއޯ ކުރީ ޖަޒްލާން ދޯ…. އޭނަ ޝިއުއަށް އެކަމުގެ ބިރުދައްކައިގެން ދޯ ކައިވެނިކުރަން މަޖުބޫރުކުރުވީ……” ދެ ލޯ ފުހެލުމަށްފަހު، ޝިއުރީގެ ދެ އަތުގައި ހިފާލަމުން އަޔާނީ އަހާލިއެވެ. އެ ސުވާލުތަކުން، ޝިއުރީގެ ދެ ލޯ ދިޔައީ ބޮޑުވެގެންނެވެ. އަޔާނީއަށް އެކަން އެނގުނީ ކިހިނެއްބާއޭ އޭނާގެ ހިތަށް އެރިއެވެ. ޝިއުރީ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

“ޝިއު ނުބުންޏަސް އަހަންނަށް އެނގިއްޖެ…. ޖަޒްލާން، ޝިއު އަށް އެ ވީޑިއޯ ދެއްކިއިރު، އަހަރެން ހުރީ ގަސްތަކުގެ ނިވަލުގައި ފިލާ…. އަހަންނަށް އެ ވީޑިއޯވެސް ފެނިއްޖެ….. އޭނަ ދެއްކި ވާހަކަތައްވެސް އަޑު އިވިއްޖެ…. އަހަންނަށް ޝައްކުވެގެން، ތި މީހުންނަށް ފާރަލަމުން ފަހަތުން އައީ….. އަހަރެން ހަމަ ހައިރާންވެއްޖެ…. އަޅެ އެ ހުރިހާ ކަމެއްވީއިރުވެސް، އެ ވާހަކަތައް އަހަރެމެންނާ ޚިއްސާކުރުން ޝިއުއަށް މުހިއްމުކަމަކަށް ނުވިދޯ…..” އެހާވަރުން ފޮރުވައިގެން އުޅުން ސިއްރު އަޔާނީއަށް ބޭޒާރުވުމުން އިތުރަށް އޭނާގެ ކަރުނަތައް ހުއްޓުވާކަށް ޝިއުރީ މަސައްކަތެއް ނުކުރިއެވެ. ރޮވެމުންދިޔަ ޙާލު އޭނާއަށް އަޔާނީގެ ގައިގައި ބައްދާލެވުނެވެ.

“އަޅެ، އެއްފަހަރުނަމަވެސް، ޝިއު، އަހަރެމެން ގާތު ބުނެލިނަމަ…. ހަމަ ބިރުދައްކާލާއިރަށް އެ މީހާގަނޑާ، އިންނަން އެއްބަސްވީއިރު ނޭނގޭތަ އެއީ ކިހާ ނުރައްކާތެރިކަމެއްކަން…..؟؟؟ މިހާރު އަހަންނަށް ޙަޤީގަތް އެނގިއްޖެ…. އަހަންނެއް ދެން މަޑަކުން ނުހުންނާނަން…. ހަމަ މިހާރު މި ދަނީ އެވާހަކަ މިޝްމެންގާތުގައި ބުނަން…….” ޙަޤީގަތް އެނގުމުން އެންމެ ހިނދުކޮޅަކުވެސް މަޑުކުރާކަށް އަޔާނީ ބޭނުމެއް ނުވިއެވެ.

“ޔާނީ ނޫން…. ޕްލީޒް…. މިޝްއަށް މިކަން ނާންގާތި…. އަހަރެން ޖަޒްލާންއާއި ކައިވެނި ކުރަން މި އުޅެނީ އޭނަގެ ސަބަބުންކަން އެނގިއްޖެއްޔާ މިޝް ވަރަށް ދެރަވާނެ….. މިޝަލް އަންނަ ރުޅީގައި، ޖަޒްލާންއަށް ކޮންމެފަދަ ގޮތެއް ހަދާކަށްވެސް ފަހަކަށް ނުޖެހޭނެ…. ޔާނީއަށްވެސް އެނގެއެއްނު މިޝްދެކެ މިޝަލް ލޯބިވާވަރު…. އެ ދެމީހުންނާ ދޭތެރޭ ވަރަށް ވިސްނާފަ އަހަރެން މިކަން ސިއްރުކޮށްގެން މި އުޅެނީވެސް….. އެހެން ނޫނަސް ބަލާބަލަ މިޝްއަށް…. އޭނަ އެ ހުރީ ކިހާ އުފަލުން… އެކަމަކު، ޖަޒްލާންފަދަ މީހެއްގެ އަތްދަށުގައި އޭނާގެ އެކަހަލަ ވީޑިއޯއެއް، އޮތްކަން މިޝްއަށް، އެނގިގެން އަނެއްކާވެސް ކުރިން ލިބުނުކަހަލަ ޝޮކެއް ލިބިއްޖެއްޔާއޯ…. އަހަންނަށް ހަމަ ޔަޤީން އެހެން މީހުން ފެންނަ ހިސާބަށްވެސް އޭނާ ނުނުކުންނާނެ…. ޔާނީ ބޭނުންތަ މިޝްއަށް އަލުން އެހެންވާން……” ދުރުގައި ތިބި މިޝްޔާމެންނަށް ބަލަންހުރެ، ޝިއުރީ ވާހަކަދެއްކީ ރޮމުންނެވެ. ރާހިލާއި މިޝަލާއިއެކު ވާހަކަ ދައްކަންހުރި މިޝްޔާއަށް ބަލައިލަމުން އަޔާނީ ދެ ފަރާތަށް ބޯ ހޫރާލިއެވެ. އެނބުރި ޝިއުރީއަށް ބަލައިލިއިރު، އެ ދެ ލޯވެސް ކަރުނުން ފުރިއްޖެއެވެ.

“ދެން ޝިއުގެ އުފާތަކޯ….. އެތައް ދުވަހަކަށްފަހު، ނަހީކް ނޫން އެހެންމީހެއްދެކެ ޝިއުއަށް ލޯބިވެވުނީ….. ޝިއުއަށް އެ ލޯބި ލިބުމުގެ ނަޞީބުވެސް ހަމަ ނެތީތަ…..؟؟؟ ނޫން ޝިއު….. އެއް އެކުވެރިއެއްގެ އުފާތަކަށްޓަކައި، އަނެއް އެކުވެރިއެއްގެ ދިރިއުޅުން އަނދަވަޅަކަށް ވެއްޓޭތަން ބަލާކަށް އަހަންނަކަށް ކެތެއް ނުވާނެ….. ތި ނޫން އިތުރުގޮތެއް ނެތީތަ ހަމަ….؟؟؟؟” ޝިއުރީއަށްޓަކައި އަޔާނީގެ ހިތުގައި އުފެދިފައިވާ ކަންބޮޑުވުން ޝިއުރީއަށް ކިތަންމެ ރަނގަޅަށްވެސް ހާމަވެގެން ދިޔައެވެ.

“ޔާނީއަށް ހީވޭތަ އިތުރު ގޮތެއް އޮތްނަމަ، އަހަރެން އޭނައާ ކައިވެނިކުރާނެހެން….؟؟؟؟  ވަރަށް ވިސްނާފަ އަހަރެން އެ ގޮތަށް ނިންމީ….. މިޝްމެންގާތު އެ ވީޑިއޯގެ ވާހަކަ ބުނެފިއްޔާ އަހަންނަށް ޔަޤީން މިޝަލްވެސް އަދި ރާހިލްވެސް މަޑަކުން ނުހުންނާނެކަން….. ހަމަ ޔަޤީނުންވެސް މިޝަލް އެ ޖަޒްލާންއާއި ދިމާއަށް ދާނެ….. އެހިސާބުން އޭނަ އެ ވީޑިއޯ އާޢްމުކޮށްލާނެ…… ވީޑިއޯއެއް އާއްމުކޮށްލުމަކީ ކިހާ ފަސޭހަކަމެއްކަން ޔާނީއަށްވެސް އެނގެއެއްނު……” ދެ ލޯ ފުހެލަމުން، ކަން އޮތް ގޮތް އަޔާނީއަށް، ޝިއުރީ އޮޅުން ފިލުވައިދިނެވެ.

“ރަނގަޅު ވާހަކައެއް ތި ބުނީ…. އެކަމަކު، ޝިއު ބަލައިގެން އުޅެއްޗޭ……. އަހަރެން ވަރަށް ދެރަވޭ ޝިއުއަށް ތި ގޮތަށް ކަންތައްކުރަންޖެހުނީމަ…… ޝިއު ތީ، އެކުވެރިންނަށް ހުރި ނަމޫނާއެއް….. ހިތުގައި ކިތަންމެ ވޭނެއް އެޅިޔަސް، ޝިއު ވިސްނާނީ އެހެން މީހުންގެ އުފާތަކާމެދު….. ހަމަ ތެދެއް މި ބުނީ، ތިކަހަލަ އެކުވެރިއެއް އަހަރެމެންނަށް ލިބުނުކަން އެއީ ހަމަ އަހަރެމެންގެ ނަޞީބު…..” ޝިއުރީގެ ގައިގައި ބައްދާލުމަށްފަހު، އޭނާގެ ބުރަކަށީގައި އޯގާތެރިކަމާއިއެކު ފިރުމާލަމުން އަޔާނީ ބުނެލިއެވެ.

“ޔާނީ ދެރަނުވޭ….. މާތް ﷲ އިރާދަކުރެއްވިއްޔާ އަހަރެން އެ ނުލާފަ މީހާގެ ކިބައިން ސަލާމަތްވާނަން…..” ހިތުގައި ރޭވުންގަނޑެއް ރާވާލަމުން ޝއުރީ ބުނެލީ، ދެ ލޮލުން އައިސްފައިވާ ކަރުނަތައް ފުހެލަމުންނެވެ. އޭނާގެ ނަޒަރު ސީދާވެފައި ހުރީ ދުރުގައި ތިބި މިޝްޔާއަށާއި މިޝަލަށެވެ.

********************

 

“އާހް ވަރަށް ވަރުބަލިވެއްޖެ ދޯ….. ކޮޅަށް ހުރެހުރެ ދެ ފަޔަށްވެސް ވަރަށް ތަދުވޭ…..” ފާހާނާއިން ނުކުމެގެން އަލަމާރިއާއި ދިމާއަށް ދަމުން، އެނދުގައި އޮށޯވެލައިގެން އޮތް ރާހިލަށް ބަލައިލަމުން މިޝްޔާ ބުނެލިއެވެ. އަދި އަތުގައި އޮތް ބޮޑު ހެދުން އަލަމާރިއަށްލުމަށްފަހު، އެނބުރުނުވަގުތު، ބާރަށް ހަޅޭލަވައިގަނެވުނީ އަޑެއް ބަޑެއް ލައްވާނުލާ އައިސް ކުރިމަތީގައި ހުރި ރާހިލް ފެނުމުންނެވެ.

“މިޝީ…. މީ އަހަންނޭ…. ތިހާ ބާރަށް ހަޅޭނުލަވާބަލަ.. ބައްޕައާ ދޮންބެއަށް ހޭލެވިގެން އައިސްދާނެ…..” މިޝްޔާގެ އަނގަމަތީ އަތް އަޅަމުން ރާހިލް ބުނެލީ މަޖާވެފައި ހުރެއެވެ.

“ޕިސް…. ހަޅޭނުލެވިއްޔާ ދެރައެއްނު…. ސިއްސައިގެންނޭ ދިޔައީ….” މިޝްޔާގެ އަނގަމަތިން ރާހިލް އަތް ނެގުމުން، މިޝްޔާ މަޑުމަޑުން ރާހިލްގެ ގައިގައި ޖަހާލިއެވެ. ލުއިގޮތަކަށް ހީލުމަށްފަހު، ކަނާތުގެ ޝަހާދަ އިނގިލިން މިޝްޔާގެ އޮމާން މޫނުގައި ނިއްކުރިން ފެށިގެން ދަތްދޮޅީއާއި ހަމައަށް، ރާހިލް ފިރުމާލިއެވެ. އަދި ވާއަތުން މިޝްޔާގެ އުނގަނޑުގައި ހިފަހައްޓާލަމުން އޭނާއާއި ގާތްކޮށްލިއެވެ. ރާހިލްގެ ކަތި ނަޒަރުތަކުން މިޝްޔާގެ ލަދުވެތިކަން ފާޅުވާން މަދު ސިކުންތުކޮޅެއްވެސް ނުނެގިއެވެ. އޮރެންޖްބޮކީގެ ފަނޑުއަލީގައިވެސް އެ މޫނުމަތިން ލަދުވެރިކަމުގެ އަސަރުތައް ފެންނަން ހުރުމުން ރާހިލްގެ ހިތް އިތުރަށް މިޝްޔާއަށް ބޭނުންވަމުން ދިޔައެވެ. ރާހިލްގެ ތޫނު ބެލުންތަކަށް ކެތްނުވުމުން މިޝްޔާއަށް ޖެހުނީ އިސްޖަހާލާށެވެ. މިޝްޔާގެ މި އަދާއިން ރާހިލަށް ހިނިތުންވެލެވުނެވެ. އޭނާ، މަޑުމަޑުން މިޝްޔާގެ ދަތްދޮޅީގައި ހިފައި އުފުލާލިއެވެ. ރާހިލްގެ މަސްތީ ބެލުންތަކާއި، މިޝްޔާގެ މޫނަށް އެޅެމުންދިޔަ ހޫނު ނޭވާތަކުގެ ސަބަބުން، މިޝްޔާގެ ގައިގައި ހުރި ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހިގެން ދިޔައެވެ. ދެ ލޯމަރާލެވުނީވެސް ބޭއިޚްތިޔާރުގައެވެ. ރާހިލަށް ކެތްވީ އެހިސާބަށެވެ. ދެން އެންމެ ހިނދުކޮޅަކަށްވެސް މިޝްޔާއާއި ދުރުގައި ހުންނަން އޭނާއަށް އުނދަގޫވިއެވެ. ރާހިލް މަޑުމަޑުން މިޝްޔާގެ މޫނުގައި ދެ އަތުން ހިފަހައްޓާލިއެވެ. އަދި މިޝްޔާގެ މޫނާއި މޫނު ގާތްކޮށްލުމަށްފަހު، އޭނާގެ ކުޑަކުޑަ ތުންފަތުގެ މީރު ލައްޒަތު ލިބިގަތެވެ. އެ ހުރިހާ އިރަކުވެސް މިޝްޔާ ހުރީ ދެ ލޯ މަރާލައިގެންނެވެ. އެއީ މުޅިން އަލަށް ކުރެވުނު ކަމެއް ކަމުގައިވިޔަސް، އެ އިޙްސާސްތަކުގެ ސަބަބުން، އޭނާގެ ހިތަށް އުފާ ލިބިގެން ދިޔައެވެ. ލުއި ފަތެއް އުފުލާލާހެން ރާހިލް، އޭނާގެ އަތްދަނޑިމައްޗަށް މިޝްޔާ ލައިގެން ގެންގޮސް އެނދުގައި ބޭއްވިއެވެ. އަދި އޭނާވެސް މިޝްޔާގެ ގާތުގައި އޮށޯވެލިއެވެ.

********************

 

“ކޮޓަރިއާއި ދޭތެރޭ ހިތްހަމަޖެހޭތަ…..” ޔަލްވީގެ އުނގަނޑުގައި ހިފަހައްޓާލަމުން، ޝައުން އަހާލީ، ކޮޓަރީގެ އެކި ދިމާއަށް ޔަލްވީ ބަލައިލުމުންނެވެ.

“ވާއު…. ވަރަށް ސަޅި…. އަހަރެން ހަމަ ގައިމުވެސް ނުބުނަން އަހަންނަށް އެންމެ ރީތީ ފެހިކުލައެކޭ….. އަނެއްކާ މި އެނދާއި އަލަމާރިއާއި މީ… މީ އަހަރެން ވަރަށް ރީތިވެގެން އުޅުނު އެއްޗެހި….. ޝައުންއަށް ކިހިނެއް މި އެއްޗެހި ހޯދަން އެނގުނީ……؟؟؟؟؟” ޔަލްވީ ހިތްއެދޭ ގޮތަށް ކޮޓަރި ފަރުމާކޮށްފައި ހުރުމުން އޭނާ ހުރީ ވަރަށް ހިތްހަމަޖެހިފައެވެ.

“ޔާނީމެން ހެލްޕް ވީ….” ޔަލްވީގެ ނިތަށް ބޮސްދެމުން ލޯތްބާއިއެކު، ޝައުން ބުނެލިއެވެ. ކުޑަކޮށް ފައިތިލަ އުފުލާލަމުން ޔަލްވީ ޝައުންގެ ކޯތާފަތަށް ބޮސްދިނީ އުފާވީވަރުންނެވެ. ލޯބިވެތިގޮތަކަށް ޝައުން ބަލަން ހުރުމުން ޔަލްވީ އިސްޖަހާލީ ލަދުގަތުމުންނެވެ. ޔަލްވީގެ މޫނުގައި ދެ އަތުން ހިފަހައްޓާލަމުން، ޝައުން އޭނާގެ މޫނު ގާތްކޮށްލިވަގުތު، ދޮރުގައި ޓަކިޖެހި އަޑަށް ޔަލްވީއަށް ޝައުނާއި ދުރަށް ޖެހެވުނުގޮތްވެސް ނޭނގުނެވެ. އޭނާގެ ޙަރަކާތްތައް ހުރިގޮތުން މަޖާވެގެން ޝައުން ހެމުން ހެމުން ދޮރު ހުޅުވަން ދިޔައެވެ.

“ދަރިފުޅާ… ވަރަށް އަވަހަށް އާދެބަލަ…. ދޮންތަ ހޭނެތިގެން މި އުޅެނީ……” ދޮރުހުޅުވުމާއިއެކު، ދޮރުމަތީގައި ހުރި ސަމީރު ހާސްވެފައި ބުނެލިއެވެ. ސަމީރުގެ ފަހަތުން ޝައުންމެން ދިޔައިރު ޝަހުނާ ހޭއަރާތޯ ޚަދީޖާ ގޮވަމުންދިޔައެވެ. ނަމަވެސް، އޭނާއަށް ހޭވެރިކަމެއް ނުވިއެވެ.

ޔަލްވީ ގާތުގައި އެމްބިއުލާންސަށް ގުޅުމަށް ބުނެފައި ޝައުން ދިޔައީ އެއްޗެހި ބަދަލުކޮށްލާށެވެ. މާ ގިނަ އިރުތަކެއްނުވެ، އެމްބިއުލާންސް އައުމުން ޝަހުނާ އެއަށް އެރުވިއެވެ. ސަމީރުގެ ދެމަފިރިންނާއިއެކު އެމްބިއުލާންސަށް އަރަން ދަމުން ޔަލްވީގެ ގާތުގައި ޝައުން އެދުނީ އަރާމުކޮށްލަން ގޭގައި މަޑުކުރުމަށެވެ. ކައިވެނީގެ ފުރަތަމަ ރޭ އެފަދަ ކަމެއް ދިމާވުމުން، ދެރަވީނަމަވެސް ޔަލްވީ ހިނިތުންވެލީ، އޭނާ ދެރަވެފައި ހުރިކަން ޝައުނަށް ނާންގަންވެގެންނެވެ.

 

 

ޝަހުނާ ހޭއެރުމުން ޚަދީޖާ ޝައުންގެ ގާތުގައި ގެއަށް ދިއުމަށް އެދުނީ، އެއީ އެކުދިންގެ ކައިވެނީގެ ފުރަތަމަ ރެއަށް ވެފައި ޔަލްވީ އެކަނި ގޭގައި އިނުމުންނެވެ. އިތުރުކަމަކަށް ބޭނުންވެއްޖެނަމަ، ގުޅުމަށް ބުނެފައި ޝައުން އެތަނުން ނުކުތެވެ.

 

ޝައުން އެނބުރި ގެއަށް ދިޔައިރު، ޔަލްވީއަށް އޮތީ ނިދިފައެވެ. މަޑުމަޑުން ކޮޓަރީގެ ދޮރު ލައްޕާލުމަށްފަހު، ޝައުން ގޮސް ޔަލްވީގެ ގާތުގައި އޮށޯވެލިއެވެ. ފުންނިދީގެ ތެރެއަށް ގެނބިފައި އޮތްއިރުވެސް، ޔަލްވީގެ ރީތިކަން އިންތިހާއެވެ. އޭނާގެ މޫނުމައްޗަށް ކުރުއިސްތަށިކޮޅެއް ވެއްޓިފައި އޮތުމުން، ޝައުން އުޅުނީ އަތުގެ ޝަހާދަ އިނގިލިން އެ އިސްތަށިކޮޅު އެއްފަރާތްކޮށްލާށެވެ. އެވަގުތު ސިހިފައި، ލޯ ހުޅުވާލުމަށްފަހު، ޔަލްވީ ޝައުނާއި ދުރަށްޖެހެލީ، ދެ ލޯ ބޮޑުކޮށްލަމުންނެވެ. އޭނާ އޮތީ ކުޑަކޮށް ހާސްވެފައެވެ.

“ކިހިނެއްވީ ޔާލް….؟؟؟؟ މީ އަހަންނޭ….. ޝައުން…..” ހާސްވެފައިވާ ޔަލްވީގެ މޫނަށް ބަލައިލަމުން ޝައުން ބުނެލިއެވެ. ދެ ލޯ އުނގުޅާލުމަށްފަހު، ޝައުނާއި ދިމާއަށް ބަލައިލަމުން ޔަލްވީ ފުންނޭވާއެއް ބޭރުކޮށްލިއެވެ. އަދި ދެވަނަ ސިކުންތުގައި ޝައުންގެ މޭގައި ބޯ އަޅާލިއެވެ. ޝައުން، އޭނާގެ ވަރުގަދަ ދެ އަތުން، ޔަލްވީގެ ހަށިގަނގައި ހިފަހައްޓާލަމުން، އޭނާގެ ނިތަށް ބޮސްދިނެވެ.

“ނިދިފައި އޮއްވާ އަތްލީމަ ބިރުގަތީ….. ……. ކާކުކަން ނޭނގޭތީ….” ދެ ލޯ މަރާލައިގެން އޮވެ، ޔަލްވީ ބުނެލިއެވެ. ޝައުންގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވީ، ޔަލްވީގެ މައުސޫމްކަމުންނެވެ.

“ކުރީކޮޅު ތިހެން ވާނެ….. އެކަމަކު، ދެންޖެހޭނީ މިކަމަށް އާދަވާން…..” ޔަލްވީ ދުރަށް ޖައްސާލުމަށްފަހު، އަތުގެ ނުފުށުން އޭނާގެ މޫނުގައި ފިރުމާލަމުން ލާނެއް ގޮތަކަށް ޝައުން ބުނެލިއެވެ. ޔަލްވީއަށް ލަދުން އިސްޖަހާލެވުނީ، ޝައުން ބުނިއެއްޗެއްގެ މާނަ ވިސްނުމުންނެވެ.

ޝައުން ހީލަމުން، ޔަލްވީ ގެނެސް އޭނާގެ އަތުތެރެއަށް ލިއެވެ. އަދި ލޯތްބާއެކު ޔަލްވީގެ ނިތަށް ބޮސްދިނުމަށްފަހު، ދެ ލޮލަށް ބޮސްދިނެވެ. އެއަށްފަހު އޭނާގެ އަމާޒަކަށްވީ ޔަލްވީގެ ތުންފަތެވެ. ޝައުންގެ ފިރުމުންތަކުން ޔަލްވީއަށް ކުރެވުނީ މުޅިން އައު އިޙްސާސެކެވެ. އޭނާގެ ކޮންމެ ބީހިލުމަކާއިއެކު، ޔަލްވީއަށްވެސް ޝައުންގެ ޙަރަކާތްތަކުގައި ބައިވެރިވެވުނެވެ. ކައިވެނީގެ ފޮނި މީރު ލައްޒަތު، އެ ދެމަފިރިންނަށް އެރޭ އެނގިގެން ދިޔައެވެ.

********************

 

ހެނދުނުގެ ނާސްތާކޮށް ނިމިގެން ޝިއުރީ މިސްރާބުޖެހީ އޭނާގެ ކޮޓަރިއާއި ދިމާއަށެވެ. އެހެނަސް، ކޮޓަރިއަށް ވަދެވުމުގެ ކުރިން ބޮޑުކޮޓަރީގައި އިން ރިފްގާ ގޮވާލުމުން ޝިއުރީ ދިޔައީ އެ ދިމާއަށެވެ. އެތާނގައި ޝައިމަނާއި ކުޑަކުޑަ ރައިނާވެސް އިނެވެ. ޝިއުރީގޮސް ރައިނާ އުނގަށްލައިގެން ސޯފާގައި އިށީނެވެ.

“ޝިއުއޭ ކިޔައިގެން އަހަންނަށް އަޑެއް އިވިގެން މި އުޅެނީ…. އެއީ ތެދުވާހަކައެއްތަ…..؟؟؟؟” ޝިއުރީގެ މޫނަށް ބަލަން އިނދެ ރިފްގާ އަހާލިއެވެ. ޝިއުރީގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. ރައިނާގެ އިސްތަށިގަނޑާ ކުޅެލަމުން އޭނާ ކޮންވާހަކައެއްތޯ އަހާލީ ރިފްގާ އެ ކިޔާ އެއްޗެއް ރަނގަޅަށް އެނގި ހުރެއެވެ.

“ޝިއު އުޅެނީ އެ އުޅޭ ޖަޒްލާންއާ ރައްޓެހިވެގެންތަ….؟؟؟؟” ޝިއުރީގެ މޫނުން ނަޒަރު ވަކިކޮށްނުލާ އިނދެ ރިފްގާ ސުވާލުކުރުމުން، ޝިއުރީއަށްވެސް ރިފްގާއާއި ދިމާއަށް ބަލައިލެވުނެވެ. އޭނާއަށް ދެން ބަލައިލެވުނީ ޝައިމަންގެ މޫނަށެވެ. ޝައިމަންވެސް އިނީ ޖަވާބެއްގެ އިންތިޒާރުގައިކަން އެ މޫނުމަތީގެ ކުލަވަރުތަކުން ދޭހަކޮށްދެއެވެ.

“ހޫމް….” މިއަދު ނޫނީ މާދަމާނަމަވެސް، އެ ވާހަކަ ދައްކަން ޖެހޭނެތީވެ، އޮޅުވާލާކަށް، ޝިއުރީ ޤަސްދެއް ނުކުރިއެވެ. ޝިއުރީގެ ޖަވާބު އިވިފައި ރުޅިއައިވަރުން ޝައިމަން އަތުގައި އޮތް ރިމޯޓް ހޫރާލަމުން ކޮޅަށް ތެދުވިއެވެ. ޝައިމަން އެހާ ރުޅިއައިސްފައި ހުރުމުން ރިފްގާއަށްވެސް ކޮޅަށް ތެދުވެވުނެވެ. އެހެނަސް، ރައިނާގެ ގައިގައި ބައްދާލައިގެން ޝިއުރީ އިނީ އިސްޖަހާލައިގެންނެވެ. އޭނާ ދިޔައީ، ލޮލަށް ޖަމާވަމުންއައި ކަރުނަތަކާއި ހަނގުރާމަކުރަމުންނެވެ.

“ޝިއު ހަމަހޭގައިތަ ތި ހުރީ….؟؟؟؟ އެ ޖަޒްލާނާ ކައިވެނިކުރަން އުޅޭއިރު، އެއީ ކޮންކަހަލަ މީހެއްކަމެއް ނޭނގޭތަ…..؟؟؟؟ ޝައިމަންގެ އަޑު ދިޔައީ ފަހަރަކަށްވުރެ ފަހަރެއް ގަދަވަމުންނެވެ.

“ބަލަ އަހަރެން މި ވާހަކަ ދައްކަނީ ޝިއުރީއާއޭ….. އެއީ މަސްތުވާތަކެތީގެ މައްސަލައިގައި އެކި ފަހަރުމަތިން ޖަލަށްލާފަ ހުރި މީހެއްކަމެއް، ޝިއުއަށް ހަމަ ނޭނގެނީތަ….؟؟؟؟؟” ޝިއުރީ އަނގައިން ނުބުނެ އިންނަންފެށުމުން ހިތްހަމަނުޖެހިފައިހުރެ، ޝައިމަން ބުނެލިއެވެ. ޝިއުރީގެ އުނގުގައި އިން ރައިނާ އުރާލައިގެން، ރިފްގާ ދިޔައީ ކޮޓަރިއާއި ދިމާއަށެވެ. އޭރު ގޭތެރޭގައި އަޑުގަދަވެގެން ސަޖާޔާއާއި ހާރޫނުވެސް ބޮޑު ކޮޓަރިއަށް އައެވެ.

“ކިހިނެއްވެގެން މި އުޅެނީ…… ކޮންކަމަކާ މާ އަޑުގަދަކޮށްލައިގެން ތި އުޅެނީ…..؟؟؟؟؟” ދެ އުކުޅުގައި އަތްވިއްދާލަމުން ސަޖާޔާ ސުވާލުކުރީ ދެފަހަރު ދެމީހުންގެ މޫނަށް ބަލައިލަމުންނެވެ.

“މަންމަ އަހާބަލަ ޝިއުގާތުގައި ކިހިނެއް ވެގެންތޯ އެ އުޅެނީ….؟؟؟؟” ޝައިމަން ހުރީ ވަރަށް ރުޅިގަދަވެފައެވެ. ރައިނާ ކޮޓަރިއަށްލާފައި އައި ރިފްގާ ގޮސް ޝައިމަންގެ އަތުގައި ހިފާލަމުން ރުޅިމަޑުކުރުމަށް ބުނަމުން ދިޔައެވެ.

“ދަރިފުޅާ ކިހިނެއްވެގެން މި އުޅެނީ…. ކޮންކަމަކާ ދޮންބެ ރުޅިއައިސްގެން އެ އުޅެނީ….؟؟؟؟” ޝިއުރީގެ ގާތަށް ޖެހެލަމުން ލޯތްބާއިއެކު، ހާރޫނު ސުވާލުކުރުމުން ޝިއުރީވެސް އިންތަނުން ތެދުވިއެވެ. އެހެނަސް، އޭރުވެސް އޭނާ ހުރީ އިސްޖަހާލައިގެންނެވެ.

“އަހަރެން މި އުޅެނީ ޖަޒްލާންއާއި ކައިވެނިކުރަން…..” އެހުރިގޮތަށް ހުރެ ޝިއުރީ ޖަވާބުދިނެވެ. ހާރޫނަށް ދެ ލޯ ބޮޑުކޮށްލެވުނީ، ކަންފަތަށް އިވުނު ވާހަކަ ޤަބޫލުކުރަން ދަތިވުމުންނެވެ.

“ކީއްވެ އޭނައާ….؟؟؟؟ ދަރިފުޅަށް އެ ނޫން މީހަކު ނުވީތަ ކައިވެނިކުރަން….؟؟؟” ދެ ފަރާތަށް ބޯ ހޫރާލަމުން ހިތްހަމަ ނުޖެހިފައިހުރެ ހާރޫންވެސް ބުނެލިއެވެ.

“އަހަރެންވެސް މި އަހަނީ ތިހެން…. އޭނައަށްވުރެ، އެތައް ގޮތަކުން ރަނގަޅު މީހުން، ޝިއުއަށް ކައިވެނިކުރަން ލިބޭނެ….. ދެން ކީއްކުރަން އޭނައާއި ކައިވެނިކުރަން ތި އުޅެނީ….. މިޝަލްވެސް އެ ހުންނަނީ ޝިއުގެ އެންމެ އިޝާރާތަކަށް ބަލަބަލާ….. މިޝަލްކަހަލަ ރަނގަޅު މީހަކު، މި ރަށުން އަތްފުނާ އެޅިޔަސް، ޝިއުއަށް ހޯދާކަށް ނުލިބޭނެ…. އެކަމަކު، އޭނަ ހުއްޓަވެސް ޝިއުއަށް ކައިވެނިކުރަން ފެނުނީ މަސްތުވާތަކެތި ބޭނުންކުރާ މީހެއްތަ……؟؟؟؟” މިފަހަރު ޝައިމަން ވާހަކަ ދެއްކީ މަޑުމައިތިރިކަމާއިއެކުއެވެ. ޝިއުރީއަށް ވިސްނައިދޭ ފަދައިންނެވެ.

“މިޝަލް… މިޝަލް…. މިޝަލް….. ކީއްވެތަ އެންމެންގެ ދުލު ކުރިން އެނަން ނުފިލައިގެން ތި އުޅެނީ….. އެނޫން މީހެއްގެ ނަން ކިޔަން ނޭނގެނީތަ….؟؟؟” އާދައިގެ މަތިން މާ ބޮޑަށް ދެރަވުމުން ޝިއުރީއަށް ރުޅިއިސްކުރެވުނެވެ.

“އަހަންނަށް ހެޔޮ ކޮންމެ މީހަކު ކޮންމެ އެއްޗެއް ކިޔަސް… އަހަރެން ޖަޒްލާންއާ ކައިވެނި ކުރާނަން…. ބައްޕަވެސް ބައްޕަގެ އަގު ވެއްޓެން ބޭނުން ނޫނިއްޔާ މި ކައިވެންޏަށް ވަލީ ދީ….. އެހެންނޫނީ…” ޝިއުރީގެ ވާހަކަ ފުރިހަމަ ނުވަނީސް ޝައިމަންގެ އަތުގެ ހޫނު އެތިފަހަރެއް ޝިއުރީގެ ކޯތާފަތަށް އެރިއެވެ. ވީ ތަދުންނާއި، ދެރަވީވަރުން، ކޯތާފަތުގައި އަތްއަޅާލެވުންއިރު، ޝިއުރީގެ ދެ ލޮލުން ކަރުނަތައް ފައިބައިގަތެވެ. ރިފްގާވެސް ޝައިމަންގެ ނަމުން ގޮވާލަމުން، އޭނާގެ އަތުގައި ހިފައި ދަމަމުން ޝިއުރިއާއި ދުރަށް ލިއެވެ.

“ކަލޭގެ ލޯބިވާ ރަންދަރީގެ ބަސްމަގު ހުރިގޮތް ފެނިއްޖެއެއްނު…. އެންމެފަހުން،  ކާންދިން އަތުގައި ދަތްއެޅީ އެ….” މަލާމާތުގެ ރާގަށް ހާރޫނާއި މުޚާތަބުކޮށް ސަޖާޔާ އިއްވާލިއެވެ. ރޮވިފައި ހުރި، ޝިއުރީގެ ހިތަށް އިތުރަށް ތަދުވީ މަންމަގެ ދުލުން ނުކުތް ވިހަ ބަސްތަކުންނެވެ.

“ދަރިފުޅު ގޯސްމަގަކުން ދިޔަ ދޭކަށް ބައްޕައެއް ބޭނުމެއް ނޫން….. ތި ކައިވެންޏަށް ބައްޕަގެ ވަލީ ލިބޭނެ……” ހިތްދަތިވެފައިހުރެ، ޝިއުރީއަށް ބަލައިލަމުން ހާރޫނު، އޭނާގެ ޖަވާބު އިއްވާލިއެވެ.

“ބައްޕަވެސް ތި ހުރީ އޭނައާ އެއްކޮޅަށްތަ….؟؟؟؟ ޝިއުގެ ތި ނިންމުން ބަދަލު ނުކުރާހާހިނދަކު، މި ގެއަކު ނުހުރެވޭނެ…..” ރިފްގާގެ އަތް ފޮޅުވާލުމަށްފަހު، ޝިއުރީގެ ކުރިމައްޗަށް އައިސް ހުއްޓެމުން ޝައިމަން ބުނެލިއެވެ.

“މީ އަހަރެންގެ ގެ…. ޝިއުރީ މި ގެއިން ބޭރަށް ލެވޭނެ އެހެން މީހަކު މި ގެއަކު ނުހުންނާނެ….. ޝައިމަންއާއި ޝަނާޔާހެން ޝިއުރީވެސް އެއީ މަގޭ ދަރިއެއް…. މަގޭ ހުރިހާ ދަރިންނަށްވެސް މި ގޭގައި އުޅެވޭނެ…..” ޝައިމަނާއި ޝިއުރީގެ ދެމެދަށް ވަންނަމުން، ޝިއުރީގެ ދިފާއުގައި ހާރޫނު ބުނެލިއެވެ. ދެބަފައިންގެ ދެމެދުގައި ހަމަނުހެޖުމެއް އުފެދިދާނެތީ، ރިފްގާ ހުރީ ސަހަރޯ ކިޔަކިޔައެވެ.

“އެންމެ ރަނގަޅު…. އެހެންވެއްޖިއްޔާ އަހަރެންގެ އަނބިމީހާއާއި ދަރިފުޅު ގޮވައިގެން އަހަރެން މި ގެއިން ނުކުމެގެން ހިނގައިދާނަމޭ……” ޝައިމަންވެސް ހުރީ ގޮތްދޫކުރާގޮތަކަށް ނޫނެވެ.

“ޝައިމަންވެސް މި ގެއަކުން ދާނެކަމެއް ނެތް….. އަހަރެން ބުނެފީމެއްނު އެންމެންވެސް އުޅޭނީ މި ގޭގައޭ…. މީ ދަރިފުޅުމެން އެންމެންގެވެސް ގެ….” ހާރޫނު މަސައްކަތްކުރަމުންދިޔައީ، ޝައިމަނަށް ވިސްނައިދެވޭތޯއެވެ.

“އަހަރެން މި ބުނީނު ޝިއުގެ ނިންމުން ބަދަލު ނުކުރާހާ ހިނދަކު، ޝިއުއަށް މި ގެއަކު ނުހުރެވޭނެއޭ…. އެހެންނޫނީ، އަހަރެން،  މި ގެއިން ނުކުމެގެން ދާނީ….. ބައްޕަ ކޮންމެވެސް އެއްގޮތެއް ނިންމާ…..” ދެ އުކުޅުގައި އަތް ވިއްދާލަމުން، ޝައިމަން ބުނެލީ އޭނާގެ ގޮތުގައި ހުރެއެވެ. އެންމެ ފަހުން ގޮތްދޫކުރަން ޖެހުނީ ހާރޫނަށެވެ.

“ދަރިފުޅާ….. ދޮންބެގެ ބަސް އަހައިގެން ތިކަން ހުއްޓާލާ…. ބައްޕަ ބޭނުމެއް ނުވޭ ދަރިން އެކަކު އަނެކަކާ ޖެހި، ވަކިވާތަން ދެކޭކަށް….” ހާރޫނު ދެން ބެލީ، ޝިއުރީއަށް ވިސްނައިދެވޭތޯއެވެ.

“އަހަރެންގެ ނިންމުން ބަދަލެއް ނުވާނެ ބައްޕާ….” ކޯތާފަތުގައި އަތްއަޅައިގެން ހުރެ ހާރޫނަށް ބަލައިލަމުން ޝިއުރީ ބުނެލިއެވެ. ހާރޫނަށް ދެ ފަރާތަށް ބޯ ހޫރާލެވުނީ ދެ ދަރިންކުރެ، އެއްދަރިއަކުވެސް ގޮތް ދޫނުކުރުމުން ވީދެރައިންނެވެ. ޝައިމަންގެ ގާތަށް އައި ރުޅިން ޝިއުރީގެ އަތު މުލައްދަނޑީގައި ހިފައި ގެންގޮސް ބޭރަށްލުމަށްފަހު، ދޮރު ލެއްޕިއެވެ. ޝައިމަން ދޮރުލެއްޕުމުން ދޮރުގައި ލެނގިލައިގެންހުރެ،  ޝިއުރީ ގިސްލާފައި ރޯންފެށިއެވެ. ފަހަރެއްގައިވެސް ބައްޕައާއި ދޮންބެގެ ކުރިމަތީ އެ ގޮތަށް ޖަދަލުކުރާކަށް އޭނާ ބޭނުމެއް ނުވެއެވެ. އެހެނަސް، މިއަދު އޭނާއަށް މިވަނީ ފާޑަކަށް މަޖުބޫރުވެފައެވެ. އަމިއްލަ ހާލަތަށް ކަރުނައަޅާ ރޮމުންދިޔަ ޝިއުރީ، ދޮރުބުޑުގައި އިށީނދެ، ދެ ކަކުލުގައި ބޯ އަޅާލިއެވެ. އެވަގުތު، ގެއިން ނުކުތް މިޝަލަށް މި މަންޒަރު ފެނުނީ އިއްތިފާގުންނެވެ. އޭނާއަށް ބޭއިޚްތިޔާރުގައި އެ ދިމާއަށް ހިނގައިގަނެވުނެވެ.

“ޝިއު…” މިޝަލް ގޮސް ހުއްޓުނީ ޝިއުރީއާއި ދާދި ގާތުގައެވެ. ޝިއުރީގެ ވޭނީ ރުއިމުގެ އަޑުން އޭނާގެ ހިތް ތޮރުފަމުންދިޔަ ކަހަލައެވެ. މިޝަލްގެ އަޑު އިވުމުން ޝިއުރީ، ސިހިފައި ބަލައިލިއެވެ. އޭރުވެސް އެ ދެ ލޮލުން ހުއްޓުމެއްނެތި ކަރުނައަންނަމުން ދިޔައެވެ.

“ޝައިމަން، ކީއްވެ ޝިއު ބޭރަށްލީ….؟؟؟؟ ކޯތާފަތް ހާދަރަތޭ….. ޝައިމަން ޖެހީތަ….؟؟؟؟” ގޭގެ ދޮރާ ދިމާއަށް ބަލައިލުމަށްފަހު، މިޝަލް، ޝިއުރީއާއި ސުވާލުކުރީ އޯގާތެރިކަމާއިއެކު ހާސްވެފައިހުރެއެވެ. އެހަނަސް، ޝިއުރީ މިޝަލްގެ ސުވާލަށް ޖަވާބެއް ނުދިނެވެ. ކޯތާފަތުގައި އަތްއަޅާލައިގެން ހުރެ ކޮޅަށް ތެދުވި ޝިއުރީއަށް، އިތުރަށް ރޮވޭގޮތްވީ ޝައިމަން، އޭނާދެކެ ރުޅިއައިސްފައިވާވަރު އިޙްސާސްވުމުންނެވެ. ލޮލުން އަންނަމުންދިޔަ ކަރުނަތައް ފޮހޭކަށްވެސް އޭނާ ނޫޅެއެވެ. މިޝަލަށް އެ މަންޒަރު ބަލަން ކެތްކުރުންވީ ދަތިކަމަކަށެވެ. ކުރިޔަށް ފިޔަވަޅެއް އަޅާލަމުން އޭނާ އުޅުނީ އޭނާގެ ޙިމާޔަތުގެ ދަށަށް ޝިއުރީ ގެންނާށެވެ. ނަމަވެސް، ހުޝިޔާރުކަމާއިއެކު، ޝިއުރީ ފަހަތަށް ޖެހިލީ ކުރިންވެސް މިޝަލް އެގޮތަށް ކަންތައްކުރާނެކަމަށް ހީކުރެވިފައި އޮތީމައެވެ. މިޝަލްގެ ފަރާތުން ލިބޭ ލޯތްބާއި އޯގާތެރިކަމުގެ ސަބަބުން އޭނާގެ ހިތުގައި ފޮރުވައިގެން އުޅޭ ސިއްރު ބޭޒާރުވެދާނެތީ މިޝަލްގެ އަޅާލުން ކިތަންމެ ބޭނުންވީނަމަވެސް އެކަމަށް ފަސްޖެހެވެނީއެވެ. އެ ޙާލަތުގައިވެސް ޝިއުރީ އެ ގޮތަށް ކަންތައްކުރުމުން އަސަރާއިއެކު، މިޝަލް ޝިއުރީއަށް ބަލައިލިއެވެ. އޭރު ޝިއުރީވެސް ހުރީ މިޝަލަށް ބަލަހައްޓައިގެންނެވެ. އެ މޫނުމަތިން މިއަދު ރުޅިވެރިކަން ފެންނަން ނެތްއިރު، މިޝަލަށް ފެނުނީ ހިތާމައާއި ހިތްދަތިކަމެވެ. އެހެންކަމުން މިޝަލް ދެން އުޅުނީ ޝިއުރީގެ ލޮލުން އަންނަމުންދިޔަ ކަރުނަތައް ފުހެލައިދޭށެވެ. އެހަނަސް، މިފަހަރުވެސް ކުރިއެކޭ އެއްގޮތަށް ޝިއުރީ ޖެހުނީ ފަހަތަށެވެ. މިޝަލް ބަލާލުމާއިއެކު، ދެ ފަރާތަށް ބޯހޫރާލަމުން ފަސްއެނބުރި އޭނާ ދުއްވައިގަތީ ރޮމުން ރޮމުންނެވެ. މާޔޫސްވެފައި ޝިއުރީ ދިޔަދިމާއަށް ބަލަން، މިޝަލަށް ހުރެވުނީ ހުއްޓުން އަރާފައެވެ.

 

ދުވެފައި ދިޔަ ޝިއުރީގެ ފިޔަވަޅުތައް މަޑުޖައްސާލީ އަޔާނީމެންގެއާއި ހަމައަށް ދެވުމުންނެވެ. މޭގައި އަތްއަޅާލައިގެން ހުރެ ފުންނޭވާތަކެއްލަމުން ދިޔައީ ދުވެފައި އައުމުގެ ސަބަބުން ވަރުބަލިވެފައި ހުރުމުންނެވެ. ނޭވާ ހަމައަކަށް އެޅުމުން ދެ ލޮލުން އައިސްފައިވާ ކަރުނަތައް ފޮހެލުމަށްފަހު ޖީބުގައި އޮތް ފޯނުނަގާ އަޔާނީއަށް ގުޅާލިއެވެ. ޝިއުރީ ގުޅާފައި މިނެޓެއްވެސް ނުވަނީސް އަޔާނީ ބޭރަށް ނުކުތެވެ. އަޔާނީ ފެނުމާއިއެކު އަޔާނީގެ ކޮނޑުގައި ބޯ އަޅާލައިގެންހުރެ، ކަންވީގޮތް ޝިއުރީ ކިޔައިދިނީ ރޮމުންނެވެ.

“ޝިއު ހުއްޓާލާފަ ހިނގާބަލަ އަހަންނާއެކީ އެތެރެއަށް…..” އިރުކޮޅަކު ވިސްނަން ހުރެފައި ޝިއުރީގެ ދެ ލޮލުން އައިސްފައިވާ ކަރުނަތައް ފޮހެލައިދެމުން އޭނާގެ އަތުގައި ހިފައިގެން އަޔާނީ ވަނީ ގޭތެރެއަށެވެ. އަދި އޭނާގެ ކޮޓަރީގައި ޝިއުރީ ބޭންދުމަށްފަހު، އޭނާ ދިޔައީ ފެންތަށްޓެއް ބަލާށެވެ. އެނބުރި އައީ އަމްހާވެސް ގޮވައިގެންނެވެ. އަޔާނީ ފެންތަށި ދިއްކޮލުމުން ޝިއުރީ އޭގެއިން ކޯވަރެއް ބޯލިއެވެ.

“މަންމާ….. ޝިއުއަށް ދުވަސްކޮޅަކު މިގޭގައި ހުރެވިދާނެތަ….؟؟؟؟” ޝިއުރީއަށް ބަލާލަމުން އަޔާނީ އަމްހާއާއި ސުވާލުކޮށްލިއެވެ. ހައިރާންވެފައި ހުރެ، އަމްހާއަށްވެސް ބަލައިލެވުނީ ޝިއުރީއާއި ދިމާއަށެވެ.

“އެއީ ކިހިނެއްވީ….؟؟؟؟ ގޭ މީހުންނާ މައްސަލައެއް ޖެހުނީތަ…..؟؟؟” ޝިއުރީގެ ގާތުގައި އިށީންނަމުން މަޑުމައިތިރިކަމާއިއެކު އަމްހާވެސް ކޮށްލީ ސުވާލެކެވެ.

“ޝިއު އެ އައީ ގެއިން ބޭރަށްލީމަ……” ދެ އަތް ތަގުޅިކޮށްލައިގެން ހުރެ އަޔާނީ ބުނެލިއެވެ. އަމްހާ އަޔާނީއަށް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ. އަދި ނިއްއަރުވާލީ ސަބަބު އެގެން ބޭނުންވެފައި އިނދެއެވެ.

“ޝިއު އުޅެނީ…. ޖަޒްލާންއާއި ކައިވެނިކުރަން….. އެކަމާ ނުގަބޫލުވެގެން ޝައިމަން އޭނަ ގެއިން ބޭރަށް ލީ…..” ބުނަން ނުބުނަން ހުރެފައި އަޔާނީ ބުނެލިއެވެ.

“ޖަޒްލާންއޭ…..” އެ ނަން އަޑު އިވުމުން އަމްހާއަށްވެސް ވީ އެހެންމީހުންނަށް ވީވަރެވެ. ދެ ލޯ ބޮޑުކޮށްލަމުން އޭނާއަށް އިންތަނުން ކޮޅަށް ތެދުވެވުނެވެ. އަމްހާ ބަލަހައްޓައިގެން ހުންނަން ފެށުމުން އަޔާނީ ބޯ ޖަހާލުމަށްފަހު، ޝިއުރީއަށް ބަލައިލިއެވެ. އޭރު ޝިއުރީވެސް ކޮޅަށް ތެދުވަނީއެވެ. އޭނާގެ މޫނުމަތިން ފެންނަމުންދިޔައީ މާޔޫސްކަމެވެ.

“ޝިއުއަށް ނޭނގޭތަ އެއީ ކޮންކަހަލަ މީހެއްކަމެއް….؟؟؟ އެއީ މަސްތުވާ ތަކެތީގެ މައްސަލައިގައި ޖަލަށް ލާފަ ހުރި މީހެއް….. މިހާރުވެސް އެކަން ނުހުއްޓައޭ ތުންތުންމަތިން ކިޔާތީ އަޑު އިވޭ…. އަހަންނަކަށްވެސް ހިއެއް ނުވޭ ތީ އަދި ރަނގަޅު ނިންމުމެއްހެންނެއް…. އެކަހަލަ މީހަކަށްޓަކައި ޢާއިލާއާއި ދެބަސްވެ މޫނުކަނޑަން ހެޔޮވެސްނުވާނެ….. ޝިއު ތި ނިންމުން ބަދަލުކުރޭ….. ތި ގޮތުގައި ޝިއު ހުރިހާ ހިނދަކު އަހަންނެއްވެސް ބޭނުމެއް ނޫން ޝިއު މިގޭގައި ބަހައްޓާކަށް….” ޝިއުރީގެ އަތުގައި ހިފާލަމުން އަމްހާ މަޑުމައިތިރިކަމާއިއެކު ނަޞޭޙަތްތެރިވިއެވެ. ގޮތްހުސްވެފައިވާ މީހެއް ފަދައިން ޝިއުރީއަށް ބަލައިލެވުނީ އަޔާނީއާއި ދިމާއަށެވެ. އަޔާނީ ލޮލުގެ އިޝާރާތުން ހަމަޖެހުމަށް އެންގިއެވެ.

“މަންމާ ޕްލީޒް…. ހަމަ އެންމެ ހަފްތާއެއްހާ ދުވަހަށް….. މިރޭ އޭނަ ރަންކިޔާނެ…. ކައިވެނިވެވުމާއި ހަމައަށް ޝިއު މި ގޭގައި ބަހައްޓައިދީ….. އަހަންނަށްޓަކައި މި ކަން ކޮށްދީ މަންމާ….. އަހަރެންވެސް މަންމަމެންނަށްޓަކައި ކިހާ ބޮޑު ޤުރުބާނީއެއް މި ވަނީ….. އަހަންނަށްޓަކައި މަންމައަށް އެވަރުގެ ކަމެއްވެސް ހަމަ ނުކޮށްދެވޭނެތަ…..؟؟؟؟؟” އަޔާނީ އާދޭސްކޮށްލިއެވެ. އޭނާގެ ވާހަކަތަކުން ދެ ވަނަ ވިސްނުމަކަށް ދިއުމަށް އަމްހާއަށް މަޖުބޫރުވިއެވެ. ވަރަށް ވިސްނުމަށްފަހު ޝިއުރީ އެ ގޭގައި ބެހެއްޓުމަށް އޭނާ އެއްބަސްވީ އަދިވެސް ޝިއުރީގެ ނިންމުން ބަދަލުކުރުމަށް އޭނާއަށް ނަޞޭޙަތްތެރިވަމުންނެވެ. ޝިއުރީ ގެއިން ބޭރަށްލީ ޚަބަރު ލިބުމުން ޔަލްވީއާއި މިޝްޔާވެސް އަޔާނީމެން ގެއަށް ދިޔައެވެ.

********************

 

ގެއަށް ވަންނަން އައި ޔަލްވީއަށް ހުއްޓެވުނީ ބޮޑުކޮޓަރީގެ ސޯފާގައި ޝަހުނާގެ ގާތުގައި އިން އީޝާ ފެނުމުންނެވެ. ދޮރު ކައިރީގައި މީހަކު ހުރިހެން ހީވުމުން، ޝަހުނާމެންވެސް އެދިމާއަށް ބަލައިލިއެވެ. ޔަލްވީއާއި އީޝާގެ ހަތަރުކަޅި ބައްދަލްވުމުން  ޔަލްވީއަށް އިސްޖަހައިލެވުނީ އެ ދެލޮލުން ނުރުހުންތެރިކަން ފާޅުވުމުންނެވެ. ކުރިއެކޭ އެއްގޮތަށް އީޝާ ފެނުމުން ޔަލްވީ ޖެހިލުންވީ ކީއްވެކަމެއް ޚުދު އޭނާއަށްވެސް ނޭނގެއެވެ. ކޮޓަރިން ނުކުތް ޝައުނަށް ގޭގެ ދޮރުމަތީގައި ހުރި ޔަލްވީ ފެނުމުން އޭނާއަށް ގޮވާލަމުން އެ ދިމާއަށް ހިނގައިގަތެވެ. ޝައުންގެ އަޑަށް ޔަލްވީގެ އިތުރުން އީޝާވެސް ބަލައިލިއެވެ. އީޝާގެ ކުރިމަތިންލާފައި ޝައުން ދިޔައިރު، އެންމެ ފަހަރަކުވެސް އެދިމާ ބަލައިނުލައެވެ. އެތާ ބަޔަކު ތިބިކަންވެސް އޭނާއަށް ރޭކާ ނުލާ ކަހަލައެވެ.

“ޔާލް…. ކީއްވެ ދޮރުމަތީ ތި ހުރީ….؟؟؟؟” އެ ދިޔަ ގޮތަށް ގޮސް ޔަލްވީގެ އުނަގަނޑުގައި ހިފަހައްޓާލަމުން، ޝައުން، އޭނާ ގަޔާއި ގާތްކޮށްލިއެވެ. ދެ ފަރާތަށް ބޯ ހޫރާލަމުން ކުޑަކޮށް ހިނިތުންވެފައިހުރެ، ކަމެއް ނުވެއޭ ޔަލްވީ ބުނެލިއެވެ. ޔަލްވީގެ އަތުގައި ހިފައިގެން ޝައުން ދިޔައީ ކޮޓަރިއާއި ދިމާއަށެވެ. ދެންވެސް އޭނާ އީޝާއާއި ދިމާއަށް ބަލައި ނުލައެވެ. ޝައުންމެން ކޮޓަރިއަށް ވަންތަން ބަލަން އިން އީޝާއަށް ކޮޅަށް ތެދުވެވުނީ ހިތުގައި ހަސަދައިގެ ހުޅު ރޯވުމުންނެވެ.

“ރޭގަވެސް އެއަށްވުރެ މޮޅަށް އެކްޓް ޖައްސާކަށް ޝަހޫއަށް ނޭނގުނުދޯ…..” އެ ހުރިހާ ރުޅިއެއް އީޝާއަށް ބޭލުނީ ސޯފާގައި އިން ޝަހުނާއަށެވެ.

“ރޭގަ ޕާޓީގައި އެހާ މީރު ކާއެއްޗެހި ހުއްޓާވެސް އަހަރެން ނުކައި ހުރީ ހޭނެތޭތޯ…. އަހަރެމެންގެ ރޭވުން ކާމިޔާބުވޭތޯ…. އަހަންނަށް ކިހިނެއް އެނގޭނީ އަހަރެން އެޑްމިޓްކޮށްފައި އޮއްވާ ޝައުން ދާނެކަމެއް…. މީގެ ކުރިން އަހަރެން ބަލިވެއްޖިއްޔާ އަހަރެން ގާތު އިންނާނީ އޭނަ ވިއްޔަ…. އެކަމު ރޭގަ މަންމަމެން ހަމަ އެހެން ބުނެލާއިރަށް އޭނާ ގެއްލިއްޖެ…. ނޭނގެ އެ ޔަލްވީގަނޑު ޝައުންއަށް ކާންދީފަ ހުރި އެއްޗެއްވެސް…. ހާދަ ވަރެއްވެފައޭ އެ ހުންނަނީ އެމަންޖެގަނޑާ ހެދި….. އޭނަ މިގެއިން ފައްސާލަން އަހަރެންވެސް ހާދަ ބޭނުމޭ…..” ޝަހުނާ ކޮޅަށް ތެދުވަމުން އޭނާގެ ދިފާޢުގައި ވާހަކަދެއްކިއެވެ.

“އަދި މިހެން މަޑުން ތިބެގެން ކަމަކު ނުދާނެ…. އޭނަ ފައްސާލަން މޮޅު ރޭވުމެއް ރާވަން ޖެހޭނީ…..” ޝައުންގެ ކޮޓަރީގެ ދޮރާއި ދިމާއަށް ބަލައިލަމުން އީޝާ މިހެން ބުނުމުން ޝަހުނާވެސް ބޯ ޖަހާލިއެވެ.

********************

 

“އީޝާ ފެނުނީމަ އަހަރެން އަދިވެސް ވަރަށް ޖެހިލުންވޭ…..” ކޮޓަރީގެ ދޮރު ލެއްޕުމާއިއެކު، ޔަލްވީ ބުނެލިއެވެ. އޭނާ ހުރީ ހަމަ ރަނގަޅަށްވެސް ޖެހިލުންވެފައެވެ. މޫނުމަތިން އެކަން ފެންނަން ހުއްޓެވެ.

“ކޮންކަމަކާތަ ޖެހިލުންވަނީ…؟؟؟ އޭނަ އަހަރެން ޖަހައިގެންފާނެތީތަ….” ޔަލްވީގެ ކޮނޑުގައި ދެ އަތް އަޅުވާލުމަށްފަހު، އެނާގެ ނިއްކުރީގައި، ނިއްކުރި ޖައްސާލަމުން މަޖާވެފައި ޝައުން ބުނެލިއެވެ.

“ދެން ޝައުން މަޖަލެއް ނޫން…..”ޝައުންގެ ދެ އަތް ކޮނޑުމަތިން ނެގުމަށްފަހު ޔަލްވީ ހިނގައިގަތީ ކުޑަދޮރާއި ދިމާއަށެވެ. އޭނާގެ ފަހަތުން ޝައުންވެސް ދިޔައެވެ.

“ޔާލް ދެން މާ އަވަހަށޭ ތި ހާސްވަނީ….. އަދި ކަންބޮޑުވާވަރުގެ ކަމެއް ހިނގީއެއްވެސް ނޫނެއްނު…..” ޔަލްވީގެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރުތައް ފެންނަން ހުރުމުން އޭނާގެ އަތުގައި ހިފައިލަމުން، ޝައުން އެ އަތަށް ބޮސްދިނެވެ.

“ހާސްވެސްވާނެ…. ކަންބޮޑުވެސްވާނެ…. ކުރީފަހަރު ކޮށްލި ކަންތައްވެސް ވަކި ކުޑަތަ…؟؟؟” ޝައުންގެ މޫނަށް ބަލަންހުރެ ޔަލްވީ ބުނެލިއެވެ.

“ދެން މިފަހަރު އަހަރެމެން އޭނައާ ދޭތެރޭ ވިސްނައިގެން އުޅޭނީ…. ދޮންތަ ހިޔެއްނުވެ ދެން އެކަހަލަ ކަމެއް ކޮށްފާނެހެންނެއް…. މިހާރު ޔާލްއާއި ވާހަކަދައްކާގޮތްވެސް ތަފާތެއްނު ދޯ….” ޔަލްވީގެ މޫނުގައި ދެ އަތުން ހިފަހައްޓާލަމުން ޝައުން މިހެން ބުނުމުން ޔަލްވީ ބޯ ޖަހާލިއެވެ. އެހެނަސް، އޭނާގެ ހިތުގައި ޝަހުނާއާއި ދޭތެރޭވެސް ޝައްކު އުފެދިފައިވެއެވެ. ޝައުންގެ ގާތުގައި އެހެން ނުބުނީ ޝައުން ހިތްހަމަ ނުޖެހިދާނެތީއެވެ. ޝައުން ހީލަމުން ޔަލްވީގެ ނިއްކުރިއަށް ބޮސްދިނުމަށްފަހު، އޭނާގެ ގައިގައި ބައްދާލިއެވެ.

********************

 

ގޭތެރެއިން މިޝަލާއި ރާހިލް ފެންނަން ނެތުމުން މިޝްޔާ ނުކުތީ އަނެއް ފަރާތަށެވެ. މިޝަލްމެން ތިބީ މަސްފެންގަނޑު ކައިރީގައެވެ. މިޝްޔާ އެދިމާއަށް ދާތަން ފެނުމުން ދެ މީހުންވެސް ތިބީ އޭނާއަށް ބަލަހައްޓައިގެންނެވެ.

“ކޮބާ ޝިއު….؟؟؟ ކިހިނެއް ވެގެން އެ އުޅެނީ…..” މިޝްޔާ ގޮސް އެހިސާބަށް އެރުމާއިއެކު، ހިތްއަވަސްވެފައި އިން މިޝަލް ސުވާލުކޮށްލިއެވެ. މިޝްޔާ އެތަނުން ގޮނޑިއެއްގައި އިށީންނަމުން ކަންވީގޮތް ކިޔައިދިނެވެ.

“ތި ޖަޒްލާންއަކާއި ހެދި ހާދަ ބޮޑުވަރެއްވެފަ ހުރީމައޭ ދޯ، އާއިލާއާ ދެކޮޅަށްވެސް ޝިއު ނުކުންނާނީ….” މިޝްޔާގެ ވާހަކަތައް އަޑުއަހަން އިން ރާހިލް ބުނެލިއެވެ. އޭނާއަށް ބުނެވުނު އެއްޗަކާއިމެދު ވިސްނާލެވުނީ މާފަހުންނެވެ. އޭގެ ސަބަބުން މިޝަލަށް ކުރާނެ އަސަރު ކުރިން ވިސްނާލެވުންނަމަ އެވަގުތު އެފަދަ އެއްޗެއް އޭނާ ނުބުނީހެވެ.  މިޝަލް އިންތަނުން ތެދުވީ އެއީ އޭނާއަށް އަޑުއަހަން މާ ފަސޭހަ ވާހަކަތަކަކަށް ނުވުމުންނެވެ. މިޝްޔާމެން ގޮވުމުންވެސް މިޝަލް ފަސްއެނބުރި ބަލައިލުމެއްނެތި އެ ތަނުން ދިޔައީއެވެ.

“ދޮންބެ އެ ހުންނަނީ ވަރަށް ދެރަވެފައި….. ބައެއް ފަހަރު ހިތަށް އަރާ ޝިއުގެ ފައިބުޑަށް ވެއްޓި އާދޭސް ކުރަންވީއޭވެސް…. އެކަމަކު، ޝިއުއާއި ދޭތެރޭ ވިސްނާލާފައި އެގޮތަށް ކަންތައްކުރާކަށްވެސް ނުކެރޭނެ…. އަހަރެން މި ހުންނަނީ ހަދާނެ ގޮތް ހުސްވެފައި…. އެއްކޮޅުގަ ދޮންބެ…. އަނެއްކޮޅުގަ ދައްތައެއްފަދަ ޝިއު…. އަހަރެން ބޭނުން ދެމީހުންވެސް އުފަލުގައި ބަހައްޓަން…..” މިޝަލް ދިޔަ ދިމާއަށް ބަލަން އިނދެ މިޝްޔާ ވާހަކަ ދެއްކީ ދެރަވެފައެވެ.

“މާތްﷲ އިރާދަ ކުރެއްވިއްޔާ އަދި ހުރިހާ ކަމެއްވެސް ރަނގަޅުވާނެ…. މިޝް އެހާ ވަރަށް ނުވިސްނާ…..” މިޝްޔާގެ އަތުގައި ހިފާލަމުން ރާހިލް ބުނެލީ ލޯތްބާއެކުއެވެ. މިޝަލާއި ޝިއުރީގެ ކަންތަކުގައި ކިތަންމެ ބޯ ހާސްވީނަމަވެސް ކައިވެނިވީތާ އަދި ސައްވީސް ގަޑިއިރުވެސް ހަމަނުވާތީ، މިޝްޔާ ބޭނުންވީ، ރާހިލާއިއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލާށެވެ. އެހެންކަމުން އެ ހާސްކަން އެއްފަރާތަށް ޖައްސާލަމުން މިޝްޔާ ރާހިލަށް ސަމާލުކަން ދިނެވެ.

“މިޝް އެންމެ ބޭނުމީ ކޯއްޗެއްތަ….؟؟؟؟ އަދި މި އުޅެނީ ކައިވެނީގެ އުފަލުގައި ހަދިޔާއެއްވެސް ނުދީއެއްނު…..” މިޝްޔާގެ އަތްތިލައާއި ކުޅެލަމުން ރާހިލް އަހާލިއެވެ. އެއާއިއެކު މިޝްޔާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވީ ހިތަށް ވެރިވި ޚިޔާލަކުންނެވެ.

“އަހަރެން ބުނާ އެއްޗެއް ހޯދައިދޭނަންތަ….؟؟؟” ރާހިލްގެ އިސްތަށިގަނޑާއި ކުޅެލަމުން މިޝްޔާވެސް ގަޔާވެފައި އަހާލިއެވެ.

“ވަރަށް މަސައްކަތްކުރާނަން…..” މިޝްޔާގެ ތުންފަތުގައި އިނގިލި ޖައްސާލަމުން ރާހިލް ބުނެލިއެވެ.

“އަހަރެން ބޭނުމީ ލޯބިލޯބި ކުއްޖެއް…. އެނގޭ އަދި މީ ކައިވެނީގެ ފުރަތަމަ ދުވަސްކަންވެސް…. މިކަހަލަ ވާހަކައެއް ދައްކަން އަދި މާ އަވަސްކަންވެސް….. އެކަމަކު، އަހަރެން ބޭނުން ވީހާވެސް އަވަހަށް ކުއްޖަކު ހޯދަން…..” މައުސޫމް ގޮތަކަށް މިޝްޔާ  މިހެން ބުނުމުން ރާހިލް ހިނިތުންވެލިއެވެ.

“މިޝް ބޭނުމިއްޔާ އަހަރެން މި ހުރީ ހަމަ ތައްޔާރަށް…. މިހާރުވެސް ހަމަ މަސައްކަތް ފަށަންވީ….” މިޝްޔާގެ ކޯތާފަތަށް ބޮސްދެމުން ލާނެއް ރާގަކަށް ރާހިލް ބުނެލިއެވެ. ލަދުގަތްވަރުން މިޝްޔާ ރާހިލްގެ މޭގައި މޫނު ފޮރުވާލިއެވެ.

 

“ހެހެހެ….. އެއީ އަހަރެން މަޖަލަށް ބުނި އެއްޗެކޭ…. އަސްލުވެސް މިޝް ބޭނުން ގޮތަށް އަހަރެން ރުހި ޤަބޫލު…. އަހަރެންވެސް ވަރަށް އަވަހަށް ކުއްޖަކު ބޭނުން…. އޭރުންތާ ދޯ މުސްކުޅިވާން ވާއިރަށް ބަލާނެ ދަރިއަކުވެސް ބޮޑުކުރެވޭނީ….” ރާހިލް މިހެން ބުނުމުން މިޝްޔާ މަޖާވެފައި ހޭންފެށިއެވެ. މިޝްޔާގެ ހުނުމުގައި ރާހިލްވެސް ބައިވެރިވިއެވެ.

********************

 

ހަލުވި މިނުގައި ދުވަސްތައް ހޭދަވަމުންގޮސް ޝިއުރީއާއި ޖަޒްލާންގެ ކައިވެނި ހަމަޖެހިފައިވާ ދުވަސް އައިސް ޖެހިއްޖެއެވެ. އެމީހުންގެ ކައިވެންޏަށް ޖަޒްލާންގެ ގޭ ވަނީ ވަރަށް އާދައިގެ ގޮތަކަށް ތައްޔާރުކުރެވިފައެވެ. ކަޅުކުލައިގެ ޖިލްބާބު ހެދުމެއް ލައި ހަމަ އެކުލައިގެ ޝޯލެއް އަޅައިގެން، އެކުވެރިންގެ ގާތުގައި ހުރި ޝިއުރީގެ ހިތްވަނީ އަވަސް ވެފައެވެ. ތުންފަތަށް ގަދަކަމުން ހިނިތުންވުމެއް ވެރިކުރުވާފައި ވީނަމަވެސް، އޭނާ ހުރީ ހާސްވެފައެވެ. ދުރުގައި ހުރި ޖަޒްލާން އޭނާއަށް ގޮވާލީވެސް އެ ހާސްކަމުގެ ތެރޭގައި ހުއްޓައެވެ. އެކުވެރިންނަށް ބަލައިލަމުން ޝިއުރީ ޖަޒްލާންގެ ގާތަށް ދިޔައެވެ.

“ކޮބާ ޝިއުރީގެ ބައްޕަ….. މިހާރު ޤާޟީވެސް އައިއްސި….. އަހަންނަކަށް ހިއެއް ނުވެ ބަފައިކަލޭގެ އަންނާނެހެންނެއް…..؟؟؟؟” ކައިވެނި ވަގުތު ކުޑަތަން ވެފައިވީއިރުވެސް، ހާރޫން ނާންނާތީ، ޖަޒްލާން ހުރީ ކަންތައް ބޮޑުވެފައެވެ.

“ބައްޕަ ބުނި އަންނާނަމޭ…. މަޑުކޮށްލާ، އަހަރެން ގުޅާލާނަން…..” މާހައުލަށް ނަޒަރު ހިންގާލަމުން، މަޑުމަޑުން ޝިއުރީ ބުނެލިއެވެ. ޖަޒްލާން ހުރީ ދެ އުކުޅުގައި އަތް ވިއްދާލައިގެންނެވެ. އޭނާގެ މޫނުމަތީގައިވަނީ ހިތްހަމަ ނުޖެހުމުގެ ކުލަވަރުތަކެވެ.

“އޯހް ނޯ…. އަޅެ އަހަރެންގެ ފޯނު ނިވުނީ އެ…… ބައްޕައަށް ގުޅާލަން ޖަޒްލާންގެ ފޯނު ދީބަލަ…..” ނިވިފައިވާ ފޯނު ދައްކާލަމުން ހާސްވެފައި ހުރެ ޝިއުރީ ބުނެލިއެވެ. ޖަޒްލާން އޭނާގެ ފޯނު ޝިއުރީއަށް ދިއްކޮށްލިއެވެ. އެވަގުތު، ޤާޟީއާއިއެކު ކޯޓުން އައިސް ތިބި ދެ މީހުންގެ ތެރެއިން މީހަކު ގޮވާލުމުން ޖަޒްލާން ދިޔައީ އެމީހާގެ ގާތަށެވެ. ކައިވެނި ކުރުމަށް ހަމަޖެހިފައިވާ ވަގުތު ފަހަނައަޅައި ގޮސްފައިވާތީ އޭނާ އެދުނީ ވީހާވެސް އަވަސްކުރުމަށެވެ. ބޯ ޖަހާލުމަށްފަހު، ޖަޒްލާން އެނބުރުނީ ޝިއުރީ ކޮބައިތޯ ބަލައިލުމަށެވެ. ގޭތެރެއިން ޝިއުރީ ފެންނަން ނެތުމުން ޖަޒްލާންގެ ދެ ލޯ ބޮޑުވެގެން ދިޔައެވެ. ނިތައް ކުދި ރޫތަކެއް އަރައިގެން ދިޔައީ އޭނާގެ ފޯނު ޝިއުރީގެ އަތަށް ދެވުނު ހަނދާންވުމުންނެވެ. ހާސްވެފައި ހުރެ، ޝިއުރީ ހޯދަމުން އޭނާ މަގުމައްޗަށް ނުކުތެވެ. އޭރު ދުވެފައި ދިޔަ ޝިއުރީ އެ މަގުގެ ކޮޅުން ލަނބާލަނީއެވެ. އޭނާއަށް ވާނުވާ ރޭކާލީ މާފަހުންނެވެ. އެއީ ޝިއުރީ ގަސްދުގައި ކުރިކަމެއްކަން އެނގުމުން، އައި ރުޅިން އޭނާވެސް ޝިއުރީގެ ފަހަތުން ދުއްވައިގަތެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Eemyaa

Level 910 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

ހަވޭލީ (14)

Next

ބޭނުންވަނީ އުމުރަށް 09

Next
October 22, 2017

ބޭނުންވަނީ އުމުރަށް 09

Previews
October 21, 2017

ހަވޭލީ (14)

115 Comments!

  1. Uty says:
    October 21, 2017 at 10:37 pm

    Yey . Finally

    1. Eemyaa says:
      October 21, 2017 at 11:16 pm

      Thanks for waiting ☺

  2. Mal. says:
    October 21, 2017 at 10:38 pm

    Yayyy… eeem….? adhinjuvx kiyaa mi comment kury…

    1. Eemyaa says:
      October 21, 2017 at 11:17 pm

      Thanks for waiting ☺

  3. Eemyaa says:
    October 21, 2017 at 10:42 pm

    Assalaam Alaikum ☺
    Mi part las veethee nihaayathah maafah edhen ?
    Ummeedhukuran mi bai ves kiyuntherinnah kamudhaane kamah ?☺
    Kuhthah fudheyvarakah gina vedhaane, KUHTHAH faahaga kohlaidhinun edhen ?
    Hurihaa kudhinahves baajaveri reygandakah edhemun vakivelan❤
    TGC Lov u all ???

  4. firoo says:
    October 21, 2017 at 10:42 pm

    eeem haadha dhigu inthixaarakah fahu ey mi part kiyan milibuny..adhi nukiyaa comment mikury 1st..

    1. Eemyaa says:
      October 21, 2017 at 11:19 pm

      Yeah dw sorry for the delay
      Heekuran mi part kamudhaane kamah ☺

  5. zaul says:
    October 21, 2017 at 10:42 pm

    alhey v v bodah thnkx .adhi nues kiyan ..

    1. Eemyaa says:
      October 21, 2017 at 11:19 pm

      Wc Zaul ☺

  6. SJK says:
    October 21, 2017 at 10:45 pm

    Eeeem. Site hulhuvaali irah kiriyaa phn ehlaa nulevuny.. Haa sihsaigen dhiyaee mi story up vefa inthan fennyma. My dear eem is back? after a long time. Missed u eem. Hows u now???? Adhi kiyaavx nulan
    story.

    1. Eemyaa says:
      October 21, 2017 at 11:22 pm

      Hehe ? yeah m back ?☺
      Missd u more dear SJK ?
      Alhamdhulillahi mihaaru v rangalhu ?

  7. Mwah says:
    October 21, 2017 at 10:52 pm

    Meh first oh mah gahd its sooo intrestin

    1. Mwah says:
      October 21, 2017 at 10:53 pm

      Guess im not first bwahah?

    2. Eemyaa says:
      October 21, 2017 at 11:23 pm

      Thanks dear ☺
      Oh yeah mifaharu first eh nun dw

  8. Alvyn says:
    October 21, 2017 at 10:57 pm

    Omg m so excited… Thnk a lot emmm…

    1. Eemyaa says:
      October 21, 2017 at 11:24 pm

      Thanks Alvyn ☺

  9. Niushali says:
    October 21, 2017 at 10:59 pm

    Alheh Eem inthixaaru Koh Koh varubali v fahun up thi kury .. dhn faharakun ves mihaa dhigu inthixaareh kuran nujahsahchey ..

    1. Eemyaa says:
      October 21, 2017 at 11:26 pm

      Sorry dear
      In Sha Allah dhn ehaa dhigu inthizaareh kuraakah nujeheyne ☺
      Nd Thanks for waiting this long ?

  10. aalaa says:
    October 21, 2017 at 11:07 pm

    Haadha rychey mirey he pattvx… Eem kihinehtha ??? Happy to c u back

    1. Eemyaa says:
      October 21, 2017 at 11:27 pm

      Thanks aalaa ☺
      Alhamdhu lillaahi v rangalhu mihaaru ?
      Thanks for waiting ?

  11. firoo says:
    October 21, 2017 at 11:08 pm

    eem mi part vvvvvv salhi..dhen kndhuvahaku nxt part up kohdheyny..

    1. Eemyaa says:
      October 21, 2017 at 11:29 pm

      Thanks firoo ☺
      Next part Monday ga up kohladheynan
      In Sha Allah ?

  12. girll says:
    October 21, 2017 at 11:10 pm

    Yesss… Shiu. U can do thisss

    1. Eemyaa says:
      October 21, 2017 at 11:29 pm

      ☺

  13. SJK says:
    October 21, 2017 at 11:20 pm

    Omg. Mi part haadha reehchey masha allah.. Hama obiness.. U’re just great eem. Hama best thy.. ? shiu haadha visnun thooney dhw. Mifaharu jazlaan ah rangalhu landed dheythi.. Shiu baarah dhuveyyyy.. Finally shaun n mish vx wedding nimunydhw.. Wow.. Eagerly waiting for the next part.. Ly ????????

    1. Eemyaa says:
      October 21, 2017 at 11:32 pm

      Thanks SJK ☺
      Haan e grp ge enme visnun thoonu kujjaa a e hehe ?
      Thank again dear ?
      LY ?

    2. SJK...KOREAN says:
      October 21, 2017 at 11:34 pm

      Hehe ehendhw.. Eem whn nxt part?? ☺

    3. Eemyaa says:
      October 21, 2017 at 11:47 pm

      Monday ga In Sha Allah ?

  14. @!n says:
    October 21, 2017 at 11:25 pm

    Yesssss… shiu.. run run..

    1. Eemyaa says:
      October 21, 2017 at 11:32 pm

      ?

  15. rose says:
    October 21, 2017 at 11:28 pm

    dhen konirak up kohdheynee. v v v vreethi. kiya konme faharak coment nukoh ves dhevidhane.but kiyan huri haa vahaka eh ves

    1. Eemyaa says:
      October 21, 2017 at 11:34 pm

      Monday ga
      In Sha Allah ☺
      Thanks rose ??

  16. ??? says:
    October 21, 2017 at 11:39 pm

    Eemya haalu kihineh mihaaru ☺☺Haadha dhuvaheh fahunn ney kiyaalan milibunii vvvv ufaa vehjje ????

    1. Eemyaa says:
      October 21, 2017 at 11:49 pm

      Alhamdhu lillaahi
      V rangalhu mihaaru ☺
      Dw sorry las v ma ?
      Nd Thanks inthizaar kurythy ??

  17. Anonymous says:
    October 21, 2017 at 11:40 pm

    Eem adhi mi story ga kithah prt eboi tha…eem ge hurihaa story eh vx kiyan ..
    Mi story vx kiyanfashaanan nimunyma

    1. Eemyaa says:
      October 21, 2017 at 11:50 pm

      Adhi dhe thin part innaane
      Thanks dear ?

  18. zaul says:
    October 21, 2017 at 11:41 pm

    vvvvv reethi waiting for next part..

    1. Eemyaa says:
      October 21, 2017 at 11:50 pm

      Thanks zaul ?

  19. Kudaa says:
    October 21, 2017 at 11:50 pm

    Haha majaa vaane dhen

    1. Eemyaa says:
      October 21, 2017 at 11:52 pm

      Hehe ?

  20. poohbear says:
    October 21, 2017 at 11:51 pm

    konirakun next part..?? varah reethi mi story.wating for the next episode. 🙂

    1. Eemyaa says:
      October 21, 2017 at 11:53 pm

      Monday ga, In Sha Allah ☺
      Thanks dear ?

  21. Yalun says:
    October 21, 2017 at 11:57 pm

    Wow..vvv nyc..hama superb…

    1. Eemyaa says:
      October 22, 2017 at 9:17 am

      Thanks Yalun ☺

  22. Shiu says:
    October 21, 2017 at 11:59 pm

    Woow v v salhi. Ehaa dhigukoh genes dhineema v v v happy no complaining ❤️❤️❤️❤️❤️?

    1. Eemyaa says:
      October 22, 2017 at 9:19 am

      Thanks Shiu ☺
      V ufaa vejje Eem ge masakaiy balaigathyma Thanks dear ?

  23. ??? says:
    October 22, 2017 at 12:11 am

    Alhey haadha ryhchey mibaii ehaa dhetavefa huhthaa shiu edhuviii phone hifainn??hama heveniii ??vvv furihama mibaiii ??????

    1. Eemyaa says:
      October 22, 2017 at 9:21 am

      Thanks dear ☺
      Haha ? dhuvan jehunas eba jeheynu jazlaan ge kibain salaamaiy veytho balan dw ?
      Thanks again dear ?

  24. Anonymous says:
    October 22, 2017 at 12:25 am

    V riithi!!! Prfct dhaa goiy!!!

    1. Eemyaa says:
      October 22, 2017 at 9:22 am

      Thanks dear ☺

  25. Lammi ? says:
    October 22, 2017 at 12:51 am

    Finally Eeem is back ???
    I’ve being waiting for this…
    Online waa komme faharaku balann mi part up koffa inntho…
    And here it is ??
    Speachless hama….
    Next part awahah up kollahche love ❤
    Anyways how’s you now???

    1. Eemyaa says:
      October 22, 2017 at 9:25 am

      Yeah m back ?
      Awwn Lammi, v ufaa vejje vaahaka ah inthizaaru kohdhinythy ☺
      Thanks dear ?
      Next part Monday ga up kohla dheynan In Sha Allah ?
      Alhamdhulillaahi mihaaru v rangalhu ?

  26. Khoo says:
    October 22, 2017 at 12:56 am

    Vv salhi?

    1. Eemyaa says:
      October 22, 2017 at 9:26 am

      Thanks Khoo ☺

  27. Ram says:
    October 22, 2017 at 1:33 am

    Alhey mishal.. adhi ragalhu gotheh vaane in sha allah.. dhera nuvey mishal ? eeem story v v nice ??❤

    1. Eemyaa says:
      October 22, 2017 at 9:27 am

      Thanks Ram ☺ rangalhu vane kamah balama dw ??

  28. khajja says:
    October 22, 2017 at 3:20 am

    Ohhh wow masha allah stry v v habeys??? shiu goss phone havaalukuraany raahyl aa kanneynge dhw alhe shiu ge ummydhu thah mifaharu furihamakoh dhybala plx mifaharu shiu aa raahyl magumathin badhdhalukoh dhy phone raahyl ah libeyne goiy hadhaadhybala plx eem plx gud nyt ly??❤?????

    1. Eemyaa says:
      October 22, 2017 at 9:29 am

      Thanks Khajja ☺
      Nice idea eh Dhn vaa gotheh balama dw ??
      LY ?

  29. Mal. says:
    October 22, 2017 at 6:58 am

    Alhey kiyaafa kuri comment nuvx dhey dhw… nice ongey eemuuu??… v v loabi hama moya vaa varu vejje… thi dhiny hama ragalhah vx suprise eh.. ??

    1. SJK...KOREAN says:
      October 22, 2017 at 7:39 am

      yah aslahvx eem hama surprise eh dhiny all readers ah. 😀 😀

    2. Eemyaa says:
      October 22, 2017 at 9:31 am

      Thanks Mal ☺ haha ?

    3. Eemyaa says:
      October 22, 2017 at 9:34 am

      Hehe ehaa dhigu inthizaareh kihdhinyma surprize eh ves dheyn vaanu dw ? aslu v dhera vi ehaa dhigu brk eh nagan jehunyma ehnve dhigu kohves genesdhiny ? v ufaavejje Eem ge masakai readers balaigathyma Thanks u both n all readers ❤❤❤

  30. Nish says:
    October 22, 2017 at 8:21 am

    Oh Finally ..eem hws u now?☺miss vi bodukoh.. nd mi part ves hama superb..shiu haadha boabodey dhw??waiting for the next part.keep it up eem..ly??

    1. Eemyaa says:
      October 22, 2017 at 9:37 am

      Alhamdhu lillaahi ? Eem v rangalhu mihaaru ?
      Eem ves v miss vi ey hurihaa kudhin ?
      Thanks dear ?
      Haha dw v boabodu kujjekey a e ?
      LY ❤

  31. inaya says:
    October 22, 2017 at 8:50 am

    jazlaan ah landeh dheebala. e video delt kobala shiureen. noony magumathin shiuge dhonbe aa, noony mishal aa dhimaavebala plx eemaa e dhemyhun kaiveni viya nudheythi, plx plz plc….

    1. Eemyaa says:
      October 22, 2017 at 9:38 am

      Haha Jazlaan ah landeh dheyn v dw ?
      Shiu kanthah kuraa gotheh balama dw ??☺☺

  32. Shau Aria says:
    October 22, 2017 at 9:46 am

    Vaahaka varah reethi… Dhen please e jazlaan aa shiu merry nukuruvaathi

    1. Eemyaa says:
      October 22, 2017 at 2:56 pm

      Thanks Shau ☺
      Dhn vaa gotheh balama dw ?? Shiu ge hiyyvareh huriyya jazlaan aa kaiveni nukoh vaany

  33. k says:
    October 22, 2017 at 9:53 am

    finally… vaahaka v nice. hama v interesting as always. eem you are the best. keep it up

    1. Eemyaa says:
      October 22, 2017 at 2:57 pm

      Thanks k ☺
      Aww Thanks again ?

  34. Sinaa says:
    October 22, 2017 at 9:57 am

    Wow…. its nice …haadha dhuaheh vehjjey wait kuraathaa hehe

    1. Eemyaa says:
      October 22, 2017 at 2:58 pm

      Thanks Sinaa ☺
      Sorry for the delay
      Dhn rangalhuvaane kamah balama dw ??

  35. mai says:
    October 22, 2017 at 10:37 am

    alhey kihineh waan baa dhw miulheny… curious to knw wat happn next… eem v salhi ingey mibaiwes… btw hws u dear… miss ya..ly..:*

    1. Eemyaa says:
      October 22, 2017 at 3:01 pm

      Thanks mai ☺
      Kihineh vaane hen heevany mai ah??

      Alhamdhu Lillaahi ? v rangalhu mihaaru ?
      LY ?

  36. Natw says:
    October 22, 2017 at 10:55 am

    oh my my 🙂 v lowbi mi part vx <3 when next part up vany.kiyaahithun keh madhuvefa 😀 u r the best Eem :* ly <3

    1. Eemyaa says:
      October 22, 2017 at 3:03 pm

      Thanks dear ☺
      Next part on Tomorrow In Sha Allah ?
      Aww Thanks dear ?
      LY ?

  37. Reem says:
    October 22, 2017 at 11:09 am

    V v hiyy hama jehijje..
    Pls shiu ge plan fail koh nulahchey..
    Shiu n mishal ah happy life eh hoadha dhee..
    Pls..
    N eem v v miss vi..
    Konme dhuvahaku esfiya check kureveny mi vaahaka ah inthixaaru koh..
    Kon irakun next part..
    N eem kihinehtha?
    ?❤❤??

    1. Eemyaa says:
      October 22, 2017 at 3:06 pm

      Shiu ge huri hiyyvareh balama dw ?
      Eem ves v mis vi Reem nd all readers ?
      Maadhama next part up kohlaanan In Sha Allah
      Alhamdhu Lillaahi v rangalhu mihaaru ?
      Thanks dear ?

  38. reader says:
    October 22, 2017 at 12:55 pm

    Eem. Are you crazy???? I mean,Shiu ah e masslaa polihah engeyne ehnu. Eyrah khaa reethi vaane

    1. reader says:
      October 22, 2017 at 2:29 pm

      Dhigu kollan vegen dho ehen gendhiyaee…
      Dhen konme gothakah gendhias v salhi vaane

    2. Eemyaa says:
      October 22, 2017 at 3:13 pm

      Hehe no, m nt crazy ?
      Dhn vaa gotheh balama dw ??
      Thi suvaal thakuge javaab libeyne kuriah huri part thakun ☺
      Nuney story dhigu kuraakah nuvisnan ekm kuru galhuvaakah ves beynumeh nun.
      Hama eem plan koffa in gothah story mi gendhany. Dhn ekamuga onnaane dw salaamaiy vaane baivaru goiythah bt eem ge thinking aa others ge thinking aa different vedhaanethaa dw.
      Heekuran eem ge idea kamudhaane kamah
      Thanks dear ?

    3. reader says:
      October 23, 2017 at 12:53 pm

      Eheh. Aan, I’m em ge idea v salhi. Btw I wanna write a story. What should d I do

    4. Eemyaa says:
      October 25, 2017 at 2:59 pm

      Dear registry kohlan jeheynee ?

  39. Laii says:
    October 22, 2017 at 1:37 pm

    Haha.. adhikiriyaa foari aran e feshy.. jazlaan ah rangalhu landeh dhyfa dhookuraanyy.. shiu ah saabaheyy????

    1. Eemyaa says:
      October 22, 2017 at 3:14 pm

      Hehe ☺ shiu ge huri hiyyvareh ves engidhaanethaa dw.. ??

  40. miya says:
    October 22, 2017 at 1:47 pm

    varah reethi hama. dhigu inthizaarakah fahu anekkaa ves aa baeh miaee. Finally Shiu ah Jazlaange phone libunee…can’t wait for the next one 🙂 🙂

    1. Eemyaa says:
      October 22, 2017 at 3:16 pm

      Thanks miya ☺
      Phn libuny ? dhn vaa gotheh balama dw ?
      ?

  41. Xidhan says:
    October 22, 2017 at 1:54 pm

    Adhi mi vaahaka emme salhi bai mi… varah salhi mi part… next part avaskoh genesdhehcheyy… ??

    1. Eemyaa says:
      October 22, 2017 at 3:18 pm

      Thanks Xidhan ☺
      Aww ehntha ?? ❤
      Laheh nuvaane In Sha Allah ?

  42. Shafu says:
    October 22, 2017 at 2:45 pm

    Wow…amazing story…waitin waitin for next part….???

    1. Eemyaa says:
      October 22, 2017 at 3:19 pm

      Thanks Shafu ☺?

  43. Xee says:
    October 22, 2017 at 2:53 pm

    Yey Eem your are back dhw I’m so so so happy ? ??plx plx save siu ehen noony jazlaan siu maraalaane kan yageen nd plx avahah up ☝ ☝☝ kolaathi nd mi part ves vvvv reathi ❤❤???????

    1. Eemyaa says:
      October 22, 2017 at 3:21 pm

      Yes m back ?
      Lets see dw ?
      Yeah avahah up kohla dheynan In Sha Allah ?
      Thanks dear ?

  44. Roo says:
    October 22, 2017 at 3:04 pm

    Yayyy eem is back! ?❤️ Eem mihaaru kihineh tha haalu? Okay tha? Varah ufaa vejje up vefa in than fenunyma.. and thank you so much mi part ehaa dhigu koh genesdhinyma.. ?? Ly dear..

    1. Eemyaa says:
      October 22, 2017 at 3:23 pm

      Yes M back ?
      Alhamdhu Lillaahi v rangalhu ?
      Gina dhuvas koffa up kuranyaa dhigu kohlan vaanu dw ?
      LY ?

  45. Zee says:
    October 22, 2017 at 3:17 pm

    Vvvv reethi.enme fahu thankolhu kiyaaleema hama ufalun hevunee.thanx avah upkohdheythi.???????

    1. Eemyaa says:
      October 22, 2017 at 3:24 pm

      Thanks Zee ☺
      Hehe ?
      In Sha Allah avahah up kohla dheynan ?

  46. Natha says:
    October 22, 2017 at 7:58 pm

    Woow vvv reethi mi partves eem haadha dhigu inthizaarakey thikuruvee

    1. Eemyaa says:
      October 23, 2017 at 12:36 am

      Thanks Natha ?

  47. Naxy says:
    October 22, 2017 at 8:04 pm

    Woooooooow…. salhi….?????

    1. Eemyaa says:
      October 23, 2017 at 12:37 am

      Thanks Naxy ?

  48. Adha? says:
    October 22, 2017 at 9:50 pm

    Hey eem missed u so much.. nd story ves…. nd how r u? Hope u r fine..? .. shiu haadha molhey dw.. dhen jazlaan athuviya nudheythi.. baarah dhuveyy.. ?‍♀️
    Varah reethi mi part ves
    Waitingss ❤❤❤❤

    1. Eemyaa says:
      October 23, 2017 at 12:39 am

      Miss u more Adhaa ?
      Hehe shiu a e molhu kujjekey ?
      Thanks dear ?

  49. Reem says:
    October 23, 2017 at 10:39 am

    Kobaaaa waiting ga mi hureeeee…

    1. Eemyaa says:
      October 25, 2017 at 2:52 pm

      Thanks Reem ❤

  50. Shafu says:
    October 23, 2017 at 1:57 pm

    Alhey….waitin ga…kn irakun up vaanii….this story is awsome….plx avahah up kohdhehchey……??????

    1. Eemyaa says:
      October 25, 2017 at 2:53 pm

      Thanks Shafu ❤

  51. nium says:
    October 23, 2017 at 2:48 pm

    Ma sha allah …. vaahaka v salhi ….vaahaka ah v inthizaaru kurevun…. eeym mihaaru haalu kihinehtha ❤❤

    1. Eemyaa says:
      October 25, 2017 at 2:54 pm

      Thanks nium ❤
      V rangalhu mihaaru ?

  52. ZARAA? says:
    October 23, 2017 at 4:10 pm

    Vvvvv reethi mi part ves….vvvvv kiyaa hih vefa mihunnany next part ves…..kn irakuthr dhn next part up kuraani….kehmadhu vefa mihunnany…??

    1. Eemyaa says:
      October 25, 2017 at 2:56 pm

      Thanks ZARAA ❤

  53. Nashuu says:
    October 23, 2017 at 4:17 pm

    oh yeah allhamdh lohllah ur back eem…mi part varah interestiing varah reethi missed u a lot and the story too..i loved it..keep it up…when is the next part???

    1. Eemyaa says:
      October 25, 2017 at 2:56 pm

      Thanks Nashuu ❤

  54. SJK...KOREAN says:
    October 23, 2017 at 5:59 pm

    eem alhe miadhu kon iraku nxt part up kohladheynee?? waiting waiting. heevany miadhu gadivx lahun hingaahen. 😉 😉 😀 hehe

    1. Eemyaa says:
      October 25, 2017 at 2:58 pm

      ?

Comments are closed.

Next Episodeޔާރު މިވަނީ ލޯތްބޭ ޙަޤީގީ 46 (ސަޔާޅީސްވަނަ ބައި)←


All Right Reserved!