ހަލާކުވެފައިވާ ދޮރުފަތް ކައިރިކޮއްލުމަށްފަހު އުދޯލީގައި ނާޒިމާ އިށީނެވެ. ދޮރުގައި މީހަކު ޓަކި ޖަހާލިއަޑަށް ސިއްސައިގެންގޮސް ދެލޯ ބޮޑުކޮއްލިއެވެ.”ކާކު؟” ޖެހިލުންވެ ހުރެ ނާޒިމާ އަހަލީއެވެ. “ސުނީލް. ތަޅު ބަދަލުކޮއްލަންވެގެން” ސުނީލްގެ އަޑު ޖެހުމުން ނާޒިމާގެ ހިތް ހަމަޔަކަށް އެޅުނެވެ. މަޑުމަޑުން ގޮސް ދޮރު ހުޅުވާލިއެވެ. އެތެރެއަށް ވަދެ ސުނީލް މަސައްކަތް ފެށިއެވެ. ނާޒިމާ އުދޯލީގައި އޭނާ ގެ މަސައްކަތައް ބަލަހައްޓައިގެން އިނެވެ. “ނިމުނީ.. ތަޅުލައިގެން ހުންނާތި އިގޭ. ދެން ދަނީ” ސުނީލް ނަޒިމާއަށް ބަލާލަމުން އެހެން ބުނެލީ ހިނިތިން […]
ނަޒީމާ އަގަމަތީ އަތް އަޅައިގެން ހުރެ އަނެއް އަތުން އޭނާގެ ދެއަތުގައި އެމީހާ ބާރަށް ހިފައްޓާލިއެވެ. ގުޑި ނުނެވޭ ވަރަށް ހިފަހައްޓަލުމަށްފަހު އޭނާ ނާޒިމާ އާއި ކައިރިވާން ފެށިއެވެ. ހާމައަށް އޮތް ނާޒިމާގެ ދޮން ކަދުރާގައި އޭނާ ވަސް ބަލާލީ ދަހިވެތިގޮތަކަށެވެ. ނާޒިމާ ނުރުހުމާއި އެކު މޫނު އަބުރާލިއެވެ. ނަމަވެސް އޭނާގެ އަގަ މަތި އާއި ދެއަތުގައި ބާރަށް ހިފަހައްޓަފައި ވުމުން މާކަ ބޮޑު ކަމެއް ކުރެވޭ ގޮތެއް ނުވިއެވެ. ލޮލުން ވޭނީ ކަރުނަ ފައިބަމުން ދިޔައީ […]
މެންދުރުން އަނބުރާ 02.00 ޖެހި އިރުވެސް ނާޒިމާގެ ޚަބަރެއް ނުވުމުން ފާތުމަ ކަންބޮޑުވާން ފެށިއެވެ. ނާޒިމާގެ ފޯނަށް ގުޅުމުން ފޯނު ރިންގް ވާން ފެށީ ނާޒިމާގެ ކޮޓަރި ތެރެއިންނެވެ. ދާނެހެން ހީވާ ހުރިހާ ތަނަކަށް ފާތުމަ ނާޒިމާ ނުފެނިގެން ހިގިއެވެ. ކައިރި އަވައްޓެރިންނާ ރައްޓެހިންވެސް ފާތުމަގެ ހިތާމައިގައި ބައިވެރިވުމަށް އެގޭ ދޮށަށް ޖަމާވެފައި ތިއްބެވެ. ހިއްވަރު ލައި ދެމުން ދިޔައީ ނާޒިމާ އަދި އަންނާނެ ވާހަކަ ބުނަމުންނެވެ. ރަށުގެ ކަމާއި ބެހޭ ފަރާތައް އަންގައިގެންވެސް ނާޒިމާ ފެނޭގޮތެއް […]
ނެތް ހިއްވަރެއްކޮއް ތެދުވެ ގަނޑި ބަލާލިއެވެ. ގަނޑިން ރޭގަނޑު 10.30 ވީއެވެ. ނާޒިމާ ލޮލުން ކަރުނަ ހިކޭ ގޮތެއް ނުވެއެވެ. ގައިގައި އަޅާ ވޭން ބޮޑުކަމުން ކެއްކުރެވެނީއެއް ނޫނެވެ. ދުވަސް ނުފުރާ މީހުން ވިހާ ވާހަކައިގެ އަޑު އިވިފައި ހުރުވުން އޭނާ އަށް މި ވާން އުޅޭ ކަމެއް އެގޭ ކަހަލައެވެ. ތުންފަތުގައި ދަތް އަޅައި ބާރު ކޮއްލީ ތަނދަށް ކެއްކުރުމުގެ ގޮތުންނެވެ. މަޑުމަޑުން ތެދުވެ ބަނޑުގައި ފޮތި އޮޅަން ފެށިއެވެ. އަތުގެ ހަރަކާތް އަވަސް ކޮއްލީ […]
އެނދުގައި އޮށޯވެގެން އޮތް ނާޒިމާ ވިސްނަމުން ދިޔައީ އެންމެ ފަހުން އޭނާ މަސްސަރުކަންތައް ޖެހުނު ދުވަހާ ދޭތެރޭގައެވެ. މަސްސަރުކަންތައް ނުޖެހޭތާ މަހަކަށް ވުރެ ގިނަ ދުވަސް ވެއްޖެކަން ހަނދާން ވުމުން ނާޒިމާގެ ހިތުގައި ބިރުވެރި ކަމުގެ ރާޅެއް ދުވެލިއެވެ. އަވަސް އަވަހަށް ތެދުވެ ފާޚަނާއަށް ވަދެ ކުޑަ ގޮތަކަށް ރީތި ވުމަށްފަހު ބޭސް ފިހާރަ އާއި ދިމާލަށް މިސްރާބު ޖަހާލިއެވެ. ބޭސް ފިހާރައަށް ވަދެ ޕްރެގްނެންސީ ޓެސްޓް ކިޓެއް ގަތުމަށް ފަހު ގެއާ ދިމާލަށް މިސްރާބު ޖެހީ […]
ޖެހި ބާރު ގުގުރިއާއިއެކު ނިދިފައި އޮތް ނާޒިމާއަށް ހޭލެވުނެވެ. ހޭލެވުމާއި އެކު ދެލޮލަށް ޖަމާވީ ހޫނު ކަރުނައެވެ. ނުރޯން ކިތަންމެ ހިތްވަރެއް ކުރިނަމަވެސް އޭނާ އަށް ރޮވެމުން ދިޔައެވެ. އޭނާގެ ހާލަތާއި މެދު ކަރުނަ ނާޅާ އެންމެ ދުވަހެއްވެސް ނުދެއެވެ. ދެލޯ މަރާ ބާރުކޮށްލީ ހިތައް ކުޑަ ނަމަވެސް ތަސައްލީ އެއް ލިބޭތޯއެވެ. ސްކޫލް ގެ ފަހު އަހަރުކަމުން ނާޒީމާ ހިތްވަރާއި އެކު މަސައްކަތް ކުރަމުން ދިޔައީ އޭނާގެ ލޯބިވާ މައިންބަފައިންގެ އުއްމީދު ފުރިހަމަކޮށްދެވޭތޯއެވެ. ލޯބީގެ ގޮތުން […]