ސިޓިންގްރޫމް ސޯފާގައި ފިރިހެނަކާ ތަތްވެގަނެގެން އިށީއިދެ އިން ނަޝްވާ އަށް ކުއްލިއަކަށް ކޮޅަށް ތެދުވެވުނީ މިކްޔަން ފެނުނީމައެވެ. “ޔަން. މީ މީ ކަޒިން އެއް. ނަޒީހް” އަޅައަޅައިގަންނަމުން ނަމަވެސް ނަޝްވާ ފުރިހަމަ ކޮށްލިއެވެ. “ނަޝް ނުބުނެ ކަންނޭގެ ނަޒީހް އެއްގެ ވާހަކައެއް” މިކްޔަން ހުރިގޮތަށް ހުރެ ބުނެލިއެވެ. “ދެން ޔަން ތިބުނަނީ އަހަރެން މިހަދަނީ ދޮގޭތަ؟ ޓްރަސްޓެއް ނުކުރަންދޮ؟” ނަޝްވާ މޫނުމައްޗަށް ހިތާމައިގެ ކުލަވަރު ގެނުމަށްފަހު ވާހަކަ ދެއްކިއެވެ. ސޯފާގެ އިން ނަޒީހްގެ މޫނުމަތީ ދުވެލީ ވިހަ […]
” މިރޭ އަދި އެހާ ފަސޭހައިން ނިދޭނެއޭ ހީނުކުރައްޗޭ!… އަހަރެން މިރޭ ނަޖޫ ނިދިޔަކަ ނުދޭނަން.. ” ޝިޔާޒް އެހެން ބުނަމުން ނަޖުވާ ގައިގަ ބާރަށް ބައްދައިލިއެވެ. ”މިއުފާވެރި ރޭ އަހަރެން ބޭނުންވަނީ ނަޖޫ އާއި އެކީ ހޭދަކުރަން.. ” މިރޭ ހާދަ ލޮތްބެއް ތިވަނީ..! ” ނަޖުވާ އެހެން ބުނަމުން ހިނިތުން ވެލިއެވެ. ”އަހަރެން މިރޭ ބޭނުންވަނީ ނަޖޫ ހިތް ފުރެންދެން ލޯބި ދޭން… ނަޖޫ ހިތްހަމަ ޖެހޭވަރަށް ، ނަޖޫ ބޭނުންވާ ވަރަށް، ” ޝިޔާޒް ބުންޏެވެ. ”މިރޭގެ ހަނދާންތައް އަހަރެންގެ ހިތުގައި އަބަދައްވެސް ފޮރުވާނަން.. ޝިޔާޒް ދުވަހަކުވެސް އަހަންނަށް ތި ދޭ ލޯބި ހަނދާން ނައްތާ ނުލާތި އިނގޭ! އަހަރެން އަބަދުވެސް ޝިޔާޒް އާއި އެންމެ ގާތުގައި ވާނަން،” ނަޖުވާ ޝިޔާޒްގެ މޭމަތީގައި ބޯ އަޅާލިއެވެ. އަދި ޝިޔާޒްގެ ކަނދުރާގައި ފިރުމަން ފެށިއެވެ. ޝިޔާޒް އަށް ކުރެވެމުންދިޔަ މަސްތީ އިހްސާސްތަކުން ދެލޯ މަރައިލިއެވެ. ހިޔާލުތަކުން ނަޖުވާ އަށް ދުރުވެވުނެވެ. އަދި ފޮޓޯ އަލްބަމް ނަގާފައި ޝިޔާޒްގެ ފޮޓޯ އަކަށް ބަލަންފެށިއެވެ. ނަޖުވާގެ ހިތައް އަރަމުން ދިޔައެވެ. ” އެރޭ ހާދަ ލޯބިން…… ޝިޔާޒް އަހަންނަށް ލޯބިދިނެވެ. އެރޭ ޝިޔާޒް ހާދަ ލޯބިން އަހަރެންގެ ގައިގައި ފިރުމައިދިނެވެ. ޝިޔާޒްގެ ލޯބިން އެރޭ އަހަރެންގެ ހިތް ފުރުނެވެ. އެރޭގެ އެތަކެއް ހަނދާންތަކެއް އަހަރެންގެ ހިތުގައި ފޮރުވިފައި ވެއެވެ. އެރޭގެ މަތިން ޝިޔާޒް ފަހަރެއްގައި ހަނދަން ނެތުނަސް އަހަރެން ހަނދާން ނުނެތޭނެވެ.” ނަޖުވާ އަލްބަމް ލައްޕައިލިއެވެ. އަދި އަލްބަމް ހިފައިގެން ނަޖުވާ ހިނގައިގަތީ އަލަމާރިއާ ދިމާއަށެވެ. އަލްބަމް އޮންނަތަނުގައި އެ ބޭއްވުމަށްފަހު ، ނަޖުވާ އަލަމާރީގެ މަތީ ވަތްގަނޑު ހުޅުވައިލިއެވެ. އެއީ މީގެ ކުރިން ނަޖުވާ ހުޅުވައި އުޅުނު ވަތްގަނޑެއް ނޫނެވެ. އާންމުކޮށް ޝިޔާޒް ބަހައްޓަނީ އެ ވަތްގަނޑު ތަޅުލައިފައެވެ. ނަމަވެސް މިފަހަރު ހުރީ ވަތްގަނޑު ތަޅު ނުލައިކަމުން ތަޅުގައި ހިފާލިއިރަށް ވަތްގަނޑު ފަސޭހައިން ހުޅުވިއްޖެވެ. ވަތްގަނޑު ތެރޭގައި ވަރަށް ގިނަ ފޮތްތަކުގެ އިތުރުން އަލްބަމަކާއި އެގްޒަމިނޭޝަން ޕޭޑެއް ވެސް އޮތެވެ. ނަޖުވާ އެއަލްބަމާއި އެ އެގްޒަމިނޭޝަން ޕޭޑް ނެގިއެވެ. އެވަގުތު ނަޖުވާގެ ހިތައް އެރީ އެއްދުވަހަކު ޝިޔާޒް ބުނެފައިވާ ޖުމްކައެކެވެ. ”މިވަތްގަނޑުގައި ހުންނަނީ އަހަރެންގެ ވަރަށް މުހިއްމު އެއްޗެހިތަކެއް ނަޖޫ މީގައި ހުންނަ އެއްވެސް އެއްޗެއް ނުބަލާތި….” ނަޖުވާ އަލްބަމް އަދި އެގްޒަމިނޭޝަން ޕޭޑް ވަތްގަނޑަށް ލިއެވެ. ދެން ނަޖުވަާ އިޅުކޮޅެއް ވަންދެން ވިސްނަން ހުއްޓެވެ. ނަޖުވާ ވިސްނަމުން ދިޔައީ ޝިޔާޒް އެހެން ބުނި ސަބަބަކާ ދޭތެރޭގައެވެ. ނަޖުވާ ގަޑިއަށް ބަލައިލިއެވެ. ޝިޔާޒް އޮފީހުން އަންނަވެސް ގަޑި ޖެހެނީއެވެ. ނަޖުވާ އަނެއްކާވެސް އެ ވަތްގަނޑު ތެރެއިން އަލްބަމް އަދި އެގްޒަމިނޭޝަން ޕޭޑް ނެގިއެވެ. އެވަގުތު ޕޭޑް ތެރެއިން ސިޓީ އުރައެއް ވެއްޓުނެވެ. ނަޖުވާ ކުޑަކޮށް ގުދުވެލާފައި ތަޅުންގަނޑު މަށްޗައް ވެއްޓިފައިވާ ސިޓީއުރަ ނެގިއެވެ. އަދި ތެދުވަމުން ސިޓީ އުރައަށް ބަލާލި އިރު އެ ސިޓީ އުރަ އޮތީ ކަނޑާފައެވެ. ނަޖުވާ އަވަހަށް ސިޓީއުރަ ހުޅުވައި ބަލާލިއެވެ. އޭގެ ތެރޭގައި އޮތީ ހިކިފައި އޮތް ފިނިފެންމަލަކާއި ސިޓީ އެކެވެ. ބަލާބެލުމުން ހީވަނީ ވަރަށް ދުވަސް ވެފައިވާ މަލެއްހެންނެވެ. ނަޖުވާ ސިޓީ ނަގާފައި ސިޓީ މަތީގައި އިނގިރޭސިން ލިޔެފައިވާ ތަންކޮޅެއް ކިޔައިލިއެވެ. ” އައި.. ލަވް ޔޫ .. ޝިޔާޒް.. ވިތް ލަވް ޖުމާ” އެތަންކޮޅު ކިޔައިލުމާއި އެކު ނަޖުވާގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. ނަޖުވާ ސިޓީ ބޮޑިކޮށްލާފައި ކުނި ވަށިގަނޑަށް ވައްޓާލިއެވެ. ” އަދިވެސް ޝިޔާޒް އެއުޅެނީ ޖުމާ ދީފައިހުރި އެއްޗެހިތައް ފޮރުވައިގެން…. އަދި އަހަރެން ގާތު ބުނެފިއެއްނުން އެ ވަތްގަނޑު ނުހުޅުވާށޭ…އެހެރީ ޝިޔާޒް އަހަންނަށް ކަންތައްތައް ސިއްރު ކުރާވަރު…. މިހާރު ދެން ކީއްކުރަން މިއެއްޗެހި ބޮޑު ވަތްގަނޑަކަށް ލައިގެން ފޮރުވަންވީ… އަހަަންނާއި ކައިވެނި ކުރަން އުޅުނު އިރު ޝިޔާޒް އަހަރެން ކައިރީގައި އެއްދުވަހު ބުނި ޖުމާ މަތިން މިހާރު ހަނދާން ނައްތާލައިފީމޭވެސް…. އަދި ޖުމާގެ އެއްވެސް ހަނދާނެއް މިހާރު ޝިޔާޒްގެ އަތުގައި ނުހުންނާނޭވެސް… ކީއްވެ ޝިޔާޒް ދޮގުހެދީ އަހަންނަށް؟.. ޖުމާ މަތިން ޝިޔާޒް ހަނދާން ނައްތައިލި ނަމަ މިވަތްގަނޑުގައި މި އެއްޗެހި ނުހުންނާނެ […]
ކޮޓަރީގެ ކޮންމެ ތަނެއްވެސް ވަނީ މަލާކްއަށް އެމަންޒަރުތަކުން ސިފަވިގޮތަށެވެ. އެއްވެސް ތަފާތެއް ނެތެވެ. ކޮޓަރީގެ ތަޅުމުގައިވަނީ ހަމަ އެކާޕެޓެވެ. އެ އެނދެވެ. ކުޑަދޮރުކައިރީގައިވެސް އެލަކުޑި މޭޒު ހުރިގޮތަށް ހުއްޓެވެ. މަލާކަށް ގިސްލަ ގިސްލާފައި ރޮވެންފެށުނެވެ. އައިދުން އޭނާއަށް އެހެދީ ކިހައި ބޮޑު ދޮގެއްހެއްޔެވެ. އައިދުން ބުނި ގޮތުގައި އެކޮޓަރިއަކީ ސްޓޯރޫމެކެވެ. ނަމަވެސް އެއީ ދޮގެއްކަން މިރޭ މަލާކަށް އެނގި ހާމަަވެއްޖެއެވެ. ބީނިޝް ބުނިފަދައިން އައިދުންގެ ހަގީގީ ސިފަ މިރޭ މަލާކަށް ފެނިއްޖެއެވެ. އެއީ ގާތިލެކެވެ. ކުށެއްނެތް ނިކަމެތި […]
ކައިވެނި ކުރުމަށް ދިހަ ދުވަހަށް ވެފައި ވަނިކޮށް ވިރާހުގެ ފޯނަށް ރާއްޖެއިން ބޭރުން ކޯލެއް އައެވެ. އޭރު ގަޑިން ހެނދުނު 10:30 ވަނީއެވެ. އެކޮޅުން ގުޅީ ވިރާހުގެ ބައްޕައެވެ. ވިރާހުގެ މަންމައަށް ސްޓްރޯކެއް ޖެހި ކުއްލިއަކަށް މާ ހާލު ދެރަވެގެންނެވެ. ވިރާހު ލަހެއްފަހެއް ނުކޮށް ފުރައިގެން ދިޔައެވެ. އަދި އެކޮޅަށް ދިޔުމަށްފަހު އެންގީ މަންމަގެ ހާލު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށާއި، ނަމަވެސް މަންމަ ގާތު ކޮންމެވެސް އެއް ދަރިއަކު މަޑުކުރަން ޑަކުޓަރު އަންގަވާފައިވާތީ 3 މަސް ފަހަށް ކައިވެނި ލަސްކުރާށެވެ. ވިރާހުގެ މަންމައަށް މިހެން ދިމާވުމުން އަހަރެންވެސް ވަރަށް ދެރަވިއެވެ. ނަމަވެސް ވިރާހު ފުރުމާއި ކައިވެނި ލަސްކުރުން މިއީ މާތްﷲ އަހަރެމެންނަށް ދެއްވި ނިޢުމަތެއް ކަންނޭނގެއެވެ. މީ އަހަންނާއި އިޔާގެ ދުޢާ އިޖާބަ ކުރެއްވުން ކަންނޭނގެއެވެ. ކައިވެނި ލަސްވުމުގެ ސަބަބުން އަހަރެންގެ މައިންބަފައިން ތިބީ ވަރަށް ދެރަވެފައެވެ. ބޭބެމެންވެސް ތިބީ ވަރަށް ދެރަވެފައެވެ. ވާނީވެސް އެހެންތާއެވެ. އެ އެންމެންވެސް ތިބީ އަހަރެންނާއި ވިރާހުގެ ކައިވެނި ކުރާ ދުވަސް ގާތްވަމުން އަންނާތީ ނިކަން […]
އޭނާާ އެޑައިރީ ނެގިއިރު އެތަނުގައި އެއްވެސް މީހަކު ނެތްކަން މަލާކަށް ހަމަ ޔަގީނެވެ. މީދެން ކާާކުބާވައެވެ؟ އެމީހަކަށް މަލާކް އެތަނުން ރަންޔާގެ ޑައިރީ ނެގިކަން އެނގުނީ ކިހިނެއްހެއްޔެވެ؟ އަނެއްކާ އޭނާާގެ ހަރަކާތްތަކަށް މީހަކު ފާރަލަނީބާވައެވެ؟ ކަންބޮޑުވެފައި ހުރެވެސް މަލާކް ކޮޓަރިން ނުކުމެ ސިޑިތައް ގިރާކުރަމުން ތިރިޔަށް ފޭބިއެވެެ. އަދި ގޮސް ގޭގެ ވަލުފަރާތުގެ ދޮރު ހުޅުވައިލުމަށްފަހު އެތަނުގައި މަޑުކޮށްލިއެވެ. ފުންނޭވާއެއްލީ ހަމަޖެހިލުމުގެ ގޮތުންނެވެ. މަޑު ހިނގުމެއްގައި މަލާކް ވަލާއި ދިމާއަށް ހިނގަމުންދިޔައެވެ. އޭނާގެ ފައިދަށުވެ މުރަނަ ފަތްތައް […]
އަހަންނާ ޖުވޭއާ ނިކުމެ އުޅުނީ އަހަރެންގެ މަންމަގެ އުފަންދުވަހަށް ހަދިޔާއެއްގަތުމަށެވެ. އަހަރެން އަތުގައި މަންމައަށް ދޭނެ ވަރަށް ރަނގަޅު އެއްޗިހި ހުރިނަމަވެސް ހައްޤުނޫން ގޮތަކަށް ހޯދާފައި ހުރިއެއްޗެއް ދޭކަށް އަހަރެން ހިތްހަމައެއް ނުޖެހުނެވެ. އަހަރެން އެހާވެސް ރަނގަޅެވެ. ކަމުދާ އެއްޗެއް ފެނިގެން އެއަށް ލާރިދައްކަން ހުއްޓާ ޖުވޭ ދަންނަ ކުއްޖަކާ އެތަނުން ދިމާވެގެން ޖުވޭ އޭނައާ ވާހަކަ އަޅުވާލިއެވެ. އަހަރެންގެ އަތް އުފުލާލައި އަތުގައި އޮތް ކޮތަޅު ޖުވޭއަށް ދައްކާލަމުން އަހަރެންގެ މަސައްކަތް ނިމުނު ކަން އަންގާލީމެވެ. […]
” އަހަރެން އަކިޔަލް ބޭނުންވާތީ އާދޭސް މިކުރަނީ ” ރިޒްނީ ބުނެލިއެވެ. ” ކިތައްމެ ވަރަކަށް އާދޭސް ކުރިޔަސް އަހަރެންނަށް ތިކަން ވާކަށް ނެތް ” އަކިޔަލް ބުނެލިއެވެ. ” އެކީއްވެތަ؟ ” ރިޒްނީ އަހާލިއެވެ. ” ސަބަބަކީ އަހަރެންގެ ދިރިއުޅުމުގައި ދެވަނަ ފަހަރަށް ހިތާމަކުރާނެ ހިތްވަރުނެތިމާ ” އަކިޔަލް ބުނެލިއެވެ. ” އަހަރެން މިބުނަނީ ހިތާމައެއް ދޭނެ ވާހަކައެއްނޫން. އަހަރެން ލޯބިން އުޅެން ބޭނުމޭ. ދުވަހަކުވެސް އަކިޔަލްއަށް ދެރައެއް ހިތާމައެއް ދޭން ނުވިސްނަން. އަދި ނުވެސް […]
“އަލް ވިސްނަބަލަ ކީއްވެތަ އަލް އެކަމާ ދެކޮޅު ހަދަން ތިއުޅެނީ؟ މިހާރު މަށަށް އެނގިއްޖެ އަލް އެއް އިރެއްގަ ވެސް ވިނާން ދެކެ ލޯތްބެއް ނުވާކަން! އެހުރިހާ ކަމަކީވެސް އަލް ކުޅުނު ގޭމެއް ކަން… ބުނެބަލަ މިއީ ދޮގެއްތަ؟” ލީޒާ ހިތްހަމަ ނުޖެހި ހުރެ އަލްޔާއާ ވާހަކަ ދައްކަމުން ދިޔައެވެ. ބަދަލުގަ އަލްޔާ ހުރީ އެއްވެސް އެއްޗެއް ނުބުނެ އޭނަގެ ގޮތުގައެވެ. “ބުނެބަލަ.. މަމިބުނީ ދޮގެއްތަ؟ ކީއްކުރަން ވިނާންގެ ހިތް ހަލާކު ކުރަން ރައްޓެހިވީ؟ ބުނެބަލަ.. އަލްއާއޭ […]
”އެއީ ކޮން ރަށެއްގެ ކުއްޖެއް ކަމެއް ނޭނގޭ. ކިހިނެއްވީތަ؟ ޖުމާގެ ވާހަކަ ތިއެހީ؟” ނަޖުވާގެ ހިތް އަވަސްވާ ގޮތްވިއެވެ. ”ޖުމާ ކިޔާ އަހަރެންގެ ރަޓެއްސެއް މިރަށުގައި އުޅޭ. އަހަރެން މިބުނާނާ ޖުމާ އުޅެނީ މީހަކާވެސް އިނދެގެން އޭނަ ކުރިން އުޅުނީ މާލޭގައި. މީހަކާ އިނދެގެން އޭނަ ރަށަށް ބަދަލުވީ. ޖުމާގެ މާޒީގެ ވާހަކަތަކެއް އަހަންނަކަށް ކިޔައެއް ނުދޭ… އަހައްނަށް އެނގެނީ ޖުމާ ކައިވެނި ކުރިފަހުން އޭނަގެ ދިރިއުޅުމުގައި ދިމާވަމުން ދިޔަ ކަންތައްތައް….” ޝާނާ ކިޔައިދިނެވެ. ނަޖުވާ ފުންނޭވާއެއްލިއެވެ. ”ވެދާނެ އެއީ ޝިޔާޒް ކުރިން ރައްޓެހިވި ޖުމާ ކަމައްވެސް…. ޝާނާ! ޖުމާގެ މާޒީއާ ބެހޭގޮތުން ޖުމާއާ ސުވާލު ކޮއްލަބަލަ!” ނަޖުވާ ބުންޏެވެެ. އާނ! އަހަރެން ޖުމާއާ ވާހަކަށް ދައްކައިގެން އޭނަގެ މާޒީގެ ކަންތައްތައް ހޯދޭތޯ މަސައްކައި ކުރާނަން. ނަޖޫ! ދެން އަހަރެން މިވަގުތު ފޯނު ބާއްވަނީ. އެހެން ދުވަހަކުން އަދި ގުޅާނަން” ”ވަރަށް އުފާވެއްޖެ ޝާނާ ގުޅީމަ..މަންމައަށް ވަރަށް ގިނައިން ސަލާން ބުނޭދޭތި!’ ‘ ނަޖުވާ އެހެން ބުނެފައި ފޯނު ކަނޑައިލިއެވެ. ފޯނު ބާއްވާފައި ޝާނާ ދެއްކި ވާހަކަތަކާއި ދޭތެރޭ ވިސްނަން ނަޖުވާ އިރުކޮޅެއް ވަންދެން ހުއްޓެވެ. ހަވީރުގެވަގުތެވެ. ލިމްޔާއާއެކު ޖުމާނާ އިނީ އަތިރިމަތީގައި އިށީނދެގެންނެވެ. ޖުމާނާ، ލިމްޔާއަށް ކިޔައިދެމުން ދިޔައީ ޝާނާ އެކު ލަމްހާގެ ގެއަށް ދިޔަ ދުވަހުގެ ވާހަކަތަކެވެ. ޖުމާނާ އެ ވާހަކަތައް ކިޔައިދެމުން ދިޔަ ވަރަކަށް ލިމްޔާގެ މޫނަށް ވެރިވަމުން ދިޔައީ ހައިރާންކަމެވެ.” ލަމްހާ ހާދަ ގޯހޭދޯ!… އަހަރެން ހިއެއް ނުކުރަން ލަމްހާއަކީ އެކަހަލަ ކުއްޖެއް ކަމަކަށް.. ޖުމާގެ ފިރިމީހާ ނޫން އެހެން މީހެއް ލަމްހާއަށް ނުފެނުނީތަ؟ އެފާޑަށް އުޅޭ އަންހެނުން ދެކެ އަހަރެން ވަރަށް ފޫހިވޭ ” ލިމްޔާ އިނީ ލަމްހާ ދެކެ ވަރަށް ރުޅި އައިސްފައިއެވެ.. ޖުމާނާއަށް ރޮވެންފެށި އެވެ. ޖުމާނާ ރޯތަން ބަލަން އިންނަން ލިމްޔާއަށް ވަރަށް އުނދަގޫވިއެވެ. ލިމްޔާ ކޮޅަށް ތެދުވިއެވެ. އަދި ޖުމާނާގެ އަތުގައި ހިފައި ކޮޅަށް ނެގިއެވެ. ” ނުރޮއި ހުއްޓާލާ! އަހަރެން ވަރަށް ދެރަވޭ ޖުމާ ރޯތީ….. އިރާދު ކުރެއްވިއްޔާ ޖުމާއަށް ދެރަގޮތެއް ނުވާނެ…” ލިމްޔާ ބުނެލިއެވެ. ޖުމާނާގެ ދެލޮލުން ކަރުނަ ފޮހެލުމަށްފަހު، ލިމްޔާ އާއި އެކު ހިނގައިގަތެވެ. ޝިޔާޒް އޮފީހުން އައިއިރު ނަޖުވާ އުޅެނީ ރޯދަ ވިއްލަން ކާ އެއްޗެއް ތައްޔާރު ކުރާށެވެ. ރޯދަވިއްލައިގެން ކާން ޝިޔާޒް އެންމެ ރަނގަޅީ ފެންފޮޅިއާއި އަލުވި ރިހައެވެ. ޝިޔާޒް އައީ ފިހެން ވެގެން މަހެއްވެސް ގަނެގެންނެވެ. ޝިޔާޒް ފެނުމުން މަލްޝާ ދުވެފައި ގޮސް ޝިޔާޒްގެ ގައިގައި ބައްދާއިގަތެވެ. ” ދަރިފުޅު އިހަށް ދުރުގައިހުރޭ! ބައްޕަ އަތުގައި މިހުރީ މަސް… ދަރިފުޅުގެ ހެދުން ހަޑިވެދާނެ… ” ޝިޔާޒް އެހެން ބުނުމުން މަލްޝާ ޝިޔާޒް އާއި ދުރަށް ޖެހިލިއެވެ.މަސް ގެންގޮސް ސިންކަށް ލާފައި ޝިޔާޒް އަތް ދޮންނަން ފެށިއެވެ. ނަޖޖުވާ ހުރީ ރިހަ ކައްކަން އަލުވި ކޮށާށެވެ. ޝިިޔާޒް ނަޖުވާގެ މޫނަށް ބަލައިލައިލަމުން ހިނިތުން ވެލިއެވެ. ހަމައެއާއި އެކު ނަޖުވާ މޫނު އަނބުރާލީ އަނެއްފަރާތަށެވެ. ނަޖުވާގެ މޫޑް ރަނގަޅު ނޫންކަން އެވަގުތު ޝިޔާޒް އަށް ދެނެގަނެވުނެވެ. ” ނަޖޫ! ކަމަކާ ހިތްހަމަ ނުޖެހިފަތަ؟..” ޝިޔާޒް އެހިއެވެ. ” ކޮންކަމަކާ އަހަރެން ހިތްހަމަ ނުޖެހެންވީ؟.. ” ޝިޔާަޒްގެ މޫނަށް ނުބަލައި ހުރެ ނަޖުވާ ވާހަކަ ދެއްކިއެވެ. ” އަހަންނަކަށް ހިއެއްނުވޭ ނަޖޫގެ މޫޑް މިއަދު އެހާ ރަނގަޅުހެންނެއް.. ފަނި ގިރަން ކޯއްޗެއް ގެންނަންވީ؟ ”އިއްޔެ އަހަރެންގެ ބައްޕަ ގެނެސް ދިން ކަރައެއް އެބައޮތް އޭގެއިން މިއަދު ފަނި ގިރާނީ..” ” އަހަރެން ދެން މިދަނީ ފެންވަރާލަން ” އެހެން ބުނެފައި ޝިޔާޒް ފެންވަރަން ދާން ހިނގައިގަތެވެ. ޝިޔާޒް ދާތަން ބަލަން ހުރެފައި ނަޖުވާ އަނެއްކާވެސް މަސައްކަތް ފެށިއެވެ. ފެންނަ ކޮންމެ ކަމަކީ ހަގީގަތެއް ނޫނެވެ. އިވޭ ކޮންމެ ވާހަކައަކީ ވެސް ހަގީގަތަކަށް ނުވެދާނެވެ. ނަޖުވާ ހިތާހިތުން ކިޔައި ލެވެނުވެ. ރޭގަނޑުގެ ވަގުތެވެ. އެކަނިމާ އެކަނި ކޮޓަރީގެ އެދުގައި އޮށޯވެގެން އޮވެ ޖުމާނާ ވިސްނަމުން ދިއައީ ލަމްހާ އާއި އިމްރާނާއި ދޭތެރޭގައެވެ. އިމްރާނާއި ލަމްހާއި ދެމެދު ހަގީގަތުގައިވެސް ގުޅުމެއް އޮތްތޯ ބަލަން ޖުމާ ބޭނުންވިއެވެ. އިމްރާނާއި އެކަމާ ބެހޭގޮތުން ސުވާލު ކުރަންވެސް ޖުމާ ބޭނުންވެއެވެ. ނަމަވެސް އިމްރާ ވީ ރައްޓެއްސަކާއެކު ބޭރަށް ގޮހެވެ. ޖުމާނާ އިންތިޒާރު ކުރަމުން ދިޔައީ އިމްރާން ގެއަށް އަންނާނެ ވަގުތަކަށެވެ. ކުއްލިއަކަށް ގޭގެ ސިޓިންގ ރޫމް އާއި ދިމާއިން ކޮންމެވެސް ބައެއްގެ ހުނުމުގެ އަޑު ޖުމާނަ އަށް އިވެން ފެށިއެވެ.އެތަނުން އެކަކުގެ އަޑަކީ އިމްރާންގެ އަޑުކަން ޖުމަނާއަށް އެނގުނެވެ. ޖުމާނާ އެނދުން ތެދުވެ އިށީނެވެ. އޭރުވެސް ހުނުމުގެ އަޑު އިވެމުންދިޔައެވެ. ” އެއިވެނީ ކޮން އަންހެނެއްގެ ހުނުމެއްބާ؟..” ޖުމާނާގެ ހިތަށް އެރިއެވެ. ޖުމާނާ ތެދުވެގެން ގޮސް ކޮޓރީގެ ދޮރު މަޑު މަޑުން ހުޅުވައިލިއެވެ. އެވަގުތު ފެނުނު މަންޒަރަކުން ޖުމާނާގެ މޫނަށް ވެރިވެގެން ދިޔައީ ހައިރާންކަމެވެ. ސޯފާގައި އިމްރާނާއި ޖެހިގެން ކަހަލަ ގޮތަކަށް އިނދެގެން އިމްރާން ގެ ކޮނޑުގައި ބޯ އަޅައިލައިގެން އިނީ ދެވަނަ އެހެންމީހެއްނޫނެވެ. އެމީހަކީ ލަމްހާއެވެ. އެމީހުންނާއި ތަންކޮޅެއްދުރުގައި އިށީދެ އިނގެން އިމްރާންގެ އެކުވެރިޔާ ނާހިދު އިށީނދެގެން އިނެވެ. ތިން މީހުން ކޮންމެވެސް މަޖާވަހަކައެއް ދައްކާފައި ހެނީއެވެ. ޖުމާނާ ކޮޓަރީގެ ދޮރު މަޑު މަޑުން ލައްޕައިލިއެވެ. އަދި ދޮރުގައި ބުރަކަށި ޖައްސައިލިއެވެ. އެވަގުތު ޖުމާނާގެ ދެލޯ ކަރުނުން ތެންމައިލިއެވެ. އިރުކޮޅެއް ވަންދެން އެހެން ހުރުމަށްފަހު ޖުމަނާ ގޮސް އެނދުގައި އޮށޯވެލިއެވެ. އޭރުވެސް ގިސްލަ ގިސްލާފައި ޖުމާނާ ރޮނީއެވެ. ކުއްލިއަކަށް ޖުމާނާ އޮތް ކޮޓަރީގެ ދޮރު ހުޅުވުނުތަން ޖުމާނާ އަށް ފެނުނެެވެ. އިމްރާން ލަމްހާ ގޮވައިގެން ކޮޓަރިއަށް ވަންނަނީ އެވެ. ކޮޓަރީގައި ވަނީ ފަނޑު އަލިކަމެކެވެ. ނަމަވެސް ކާކު ، އަދި ކޮންބައެއްކަން ފާހަގަ ކުރެވޭ ވަރުގެ އަލިކަމެކެވެ. އިމްރާން ލަމްހާގެ އަތުގައި ހިފައި ގެންގޮސް އެނދުގައި އިށީނެވެ. ކޮޓަރީގައި އިތުރު މީހަކު ވާހެން އެދެމީހުންނަށް އިހުސާސްވެސް ނުވާކަހަލައެވެ. ނަމަވެސް ފެންނަމުން ދިޔަ މަންޒަރުތަކުން ޖުމާނާގެ ހިތަށް ކެއްނުވިއެވެ. އެމަންޒަރުތަށް ނުބެލުމަށް ޖުމާނާ އަވަހަށް މޫނުމަތީގައި ބާލީސް އެޅިއެވެ. ޖެހިގެން އައި ދުވަހުގެ ހެނދު ހެނދުނާ ޖުމާނާ ލިމްޔާގެ ގެއަށް ދިޔައެވެ. ދެމީހުން ވާހަކަ ދައްކަން ތިބީ ލިމްޔާ ގޭގެ ސިޓިންގ ރޫމްގައެވެ. ރޭގައި ދިމާވި ކަންތައްތައް ޖުމާނާ ލިމްޔާ އަށް ކިޔައިދިނެވެ. ” ޖުމާ ތިބުނީ ހަމަތެދެއްތަ؟.. އަހަންނަށް ގަބޫލުވެސް ނުކުރެވޭ!” ޖުމާނާ ހުރިހާ ވާހަކައެއް ކިޔައިދީ ނިމުމުން ލިމްޔާ ހައިރާންވެފައި ބުންޏެވެ. ޖުމާނާ ކިޔައިދިން ވަހކަތަކުން ލިމްޔާގެ ހިތަށް ވަރަށް އަސަރު ކުރިއެވެ. އޭރުވެސް ޖުމާނާގެ ލޮލުން ކަރުނަތަށް ކޯތާފަތް މައްޗަށް ފައިބަމުން ދިޔައެވެ. ” އަހަރެން ކީއްކުރަން ލިމްޔައަށް ދޮގުހަދަންވީ؟.. އަހަރެންވެސް ހިއެއްނުކުރަން އިމްރާން އަހަރެންގެ ކުރިމަތީގައި އެގޮތަށް އުޅެން ކެރިދާނެ ކަމަކަށް..” ރޮމުން ޖުމާނާ ވާހަކަ ދެއްކިއެވެ. ” އެކަމަކު އެ އުޅުނީތަދޯ! އަހަރެންގެ ހިތަށް އަރާ ލަމްހާގެވެސް އެ އޮންނަނީ ހިތެއްބާއޭ؟ އޭނަގެ ހިތައް ހަމަ އެއްވެސް އެއްޗެއް ނަރަނީތަ؟” ޖުމާނާ ރޯތީ ލިމްޔާ އިނި ވަރަށް ދެރަވެފައެވެ. ”އެއްވެސް އެއްޗެއް ހިތަށް ނާރާތީއެއްނު އިމްރާން އެގޮތަށް އެއުޅެނީ… އިމްރާނަށް ހަމަ ރަނގަޅަށްވެސް އިނގޭނެ އެކަމުގެ ސަބަބުން އަހަރެންގެ ހިތައް ކުރާނެ އަސަރު… އަހަރެންގެ ހިތަށްއަރާ މިއީ ކޮންކަހަލަ ދުނިޔެއެއްބާއޭ؟ ހީވެސް ނުކުރާކަހަލަ އެތަށް މަންޒަރުތަކެއް ލޮލަށް ފެނި ގެއްލިދާނެ” ޖުމާނާ ވަރަށް އަސަރާއި އެކު ދައްކަމުން ދިޔަވާހަކަތައް ލިމްޔާ ވަރަށް ފަރުވަތެރި ކަމާއި އެކު އަޑުއަހަން އިނެވެ. ޖުމާނާ ހޯދަމުން އައިސް ޝާނާ ގެއަށް ވަނެވެ. އޭރުވެސް ޖުމާނާ ރޮނީއެވެ. ޝާނާ ހައިރާންވެފައި ހުރެ ގޮސް އެމީހުން ކައިރީގައި އިށީނެވެ. ” ލިމްޔާ ޖުމާ ކީއްވެތަ އެ ރޮނީ؟” ޝާނާ ލިމްޔާ ކުރެން އެހިއެވެ. ލިމްޔާ ދެރަވައި އިނދެ ވެގެން އުޅޭ ގޮަތް ޝާނާ އަށް ކިޔައިދޭން ފެށިއެވެ. ޝިޔާޒާއި ، މާހިން އަދި ޒެއިނާ އޮފީހުން ނިކުތީ އެކުއެކީގައެވެ. ފަހަކަށް އައިސް ޒެއިނާ އަކީ ޝިޔާޒް މާ ގާތްކޮށް ދެކޭ ރައްޓެއްސެކެވެ. ޝިޔާޒް އޭނާގެ ދިރިއުޅުމުގެ ވަރަށް ގިނަ ވަހަކަތަށް ޒެއިނާ އާއި ހިއްސާކުރެއެވެ. އެހެންކަމުން މިހާރު ޒެއިނާވެސް ދެކެނީ ޝިޔާޒްއާއި މެދު ވަރަށް ގާތް ކޮންނެވެ. ” ގެއަށްތަ ދާނީ؟.. ހިނގާދޯ ކޮފީއަކަށް ދަމާ!..” މާހިން ބުންޏެވެ. ” އާނ! ކޮފީއަކަށް ގޮސްލާފައި ގެއަށް ދާނީ” ޝިޔާޒް ބުނެލިއެވެ. ” ޒެއިނާ ދާނަންތަ؟” ” ޝިޔަޒް އަހަރެން ގެންދަންޏާމުން ދާގޮތަށް އަދ މިހުރީ..” ޒެއިނާ ހިނިތުން ވެލިއެވެ. ” އަހަރެން ޒެއިނާ ނުގެންގޮސް ދެން ކާކު ގެންދާނީ…؟” ޝިޔާޒް ހިނިތުންވެލަމުން އެހެން ބުނުމުން މާހިން އަށްވެސް ހިނިތުންވެވުނެވެ. ” ތިކަމެއް ނޭނގެ ޝިޔާޒް ޖުމާ އަކާއި ހެދި މޮޔަވެގެން އުޅޭއިރު…. ދޯ ޒެއިނާ!” މާހިން ޝިޔާޒާއި ދިމާކުރާ ރާގަކަށް އެހެން ބުނެފައި ޒެއިނާ އަށް ބަލައިލިއެވެ. މާހިންގެ އެވާހަކައަށް އެއްބަސް ވުމުގެ ގޮތުން ޒެއިނާ ހިނިތުންވެލަމުން ބޯޖަހާލިއެވެ. ތަފާތު އެކި އެކި ވާހަކަތައް ދައްކަމުން ތިން މީހުން އެކުގައި ހިނގައިގަތެވެ. ނަޖުވާ އޮތީ ޝިޔާޒްގެ ފޮޓޯ އަލްބަމް ހިފައިގެންނެވެ. އަލްބަމުގެ ގަނޑުތަށް އުކަމުން ދިޔަވަރަކަށް ނަޖުވާގެ މޫނަށް ވެރިވަމުން ދިޔައީ އުފާވެރި ކަމެވެ. ކޮންމެ ފޮޓޯއަކީވެސް ދެމީހުން އެކަކު އަނެކަކު ދެކެ ލޯބިވާކަން ހާމަ ކޮށްދޭ ފޮޓޯއެކެވެ. ގިނަ ފޮޓޯތަށް ނަގައިފައިވަނީ ދެމީހުން ކައިވެނީގެ ހަފްލާގައެވެ. ފޮޓޯތައް ބަލަމުން ގޮސް ނަޖުވާގެ ސަމާލުކަން ހުއްޓުނީ ކައިވެނި ކުރި ރޭގެ ނަޖުވާ ލައިގެން ހުރި ހެދުމުގައި ލަދުން ހިނިތުންވެލައިގެން އިސްޖަހައިގެން އިން ފޮޓޯއަށެވެ. ނަޖުވާ އެފޮޓޯ ނަގައި ރީތިކޮށް ބަލައިލިއެވެ. […]