” އީލާމް ހިނގާ ގެއަށް ދާން ، މިހާރު ކޮން އިރެއް ކޮއްޅަށް ހުންނަތާ ، ތިހެން ހުންނާކަށް ނުވާނެ ” އަބީ އީލާމް ގޮވައިގެން ގެއަށް ދިއުމަށް ބޭނުންވިއެވެ. އީލާމްވެސް އާނއެކޭ ބުނާފަދައިން ބޯ ޖަހާލިއެވެ. ރޭގަނޑުގެ ފުން ނިންޖަކަށް ދެމީހުންވެސް ގެނބުނީ ވެފައިވާ ވަރުބައްޔެއްގެ ބޮޑުކަމުންނެވެ. ހެނދުނު އިރު އެރީ އިލާމް އާއި އަބީގެ ފޯނަށް ހޮސްޕިޓަލުން ގުޅަން ފެށުމުންނެވެ. އީލާމް އާއި އަބީ ތައްޔާރުވެލައިގެން ހޮސްޕިޓަލް ތެރެއަށް ވަދެގެން ދިޔައީ ވެގެން އުޅޭ […]
މިއީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އަޅުގަނޑުގެ އަމިއްލަ ޚިޔާލުވެސް ހިމަނައިގެން ލިޔެފައިވާ ކުރު ވާހަކައެކެވެ. ** ** ** މެންދަމު ގަޑިން 2 ޖަހަނީއެވެ. ގޭގައި އުޅޭ އެންމެން ގަދަ ނިދީގައި ތިބިއިރު އަހަރެން އެއްވެސް ފޫހިކަމެއްނެތި ޕޯނުން އެކިއެކި ކުދިންނާ ޗެޓްކުރަމުން ދިޔައީމެވެ. އުމުރުން 20 އަހަރުވީއިރުވެސް އަހަރެންގެ ލޯބިވެރިއެއް ނުހުރެއެވެ. ހިތްކިޔާކަހަލަ ކުއްޖަކާ ދިމާނުވަނީއެވެ. އެކުވެރި ބައިވަރު އަންހެންކުދިން ތިބި ނަމަވެސް އޭގެތެރޭގައިވެސް އަހަރެންގެ ހިތްއެދޭފަދަ ސިފަތަކެއްގެ ވެރިއެއް ނެތެވެ. އާފުރެން ފެށުމުން […]
ގަޑީސޯނާކަނޑާލުމާއެކު މަލީހް މޯޅިއަކަށް ދެމިލީ ކަންނެތްކަމާއެކުގައެވެ. ވިއްސާރަ ރެއެއްކަމުން މުޅިކޮޓަރީގައިވަނީ ފިނިކަން ހިފާލާފައެވެ. މިއަރާމުގަޑީގައި މަލީހްއިތުރަށް ނިދާލަން ބޭނުމެވެ. އޭރު އަދި ފަތިހު 4ޖެހީވިއްޔާއެވެ. ނަމަވެސް އެގޮތަށް އަރާމްކުރަން އޮތުން އެއީ މަލީހް އަށް ލިބިފައިވާ ނަސީބަކަށް ނޫންކަން ހިތަށް ގެނެވުމާއެކު ކުއްލިއަކަށް ތެދުވެ އަވަހަށް ތަންމަތިނަގާލުމަށްފަހު ގޮދަޑިނަގާ ފާރުގައި ލައްކޮއްލިއެވެ. ތުވާލި ކޮނޑަށްއެއްލުމާއެކު ބުރުސްހިފައިގެން ގިފިއްޔާދިމާއަށް ދިއުމަށް އަވަސްވެގަތީ މިއޮއްފިނިރޭގައިވެސް ފެންވަރާލުމަށެވެ……… ކޮންމެދުވަހަކުހެން ގޭގެ ހުރިހާކަމެއް އެކަނި މާއެކަނިކޮށްނިންމާލުމަށްފަހު ފިލާވަޅުކިޔާލަން މަލީހްއަށް ލިބެނީ އެގޭއެންމެން ނިދީމައެވެ. […]
ވެޔޭ ނުވަމަސް ދުވަސް ބަނޑުގާ އެތައް ހުވަފެން ތަކެއް ދެކިފާ އެދޭ ފުރިހަމަވި ސިއްހަތުގާ އެދަރިފުޅު ލެއްވުމަށް ހިތުގާ ކެރޭ ބަޔަކަށް ހަދަން ވާނޭ ނިކަން ސާބިތު ވެވޭ ގޮތުގާާ އަދާކޮއް ވާާޖިބާ ފަރުޟާ އިތުރު މާތްކަންވި ސުންނަތުގާ ކުރޭ މާދަން ސުވާލު އެތައް އެދަރިފުޅު ވީ ގޮތާ މެދުގާ ނެތޭ ދުވެގޮސް ފިލާާނެ ތަނެއް ހެދޭނެ ދޮގެއް ޤިޔާމަތުގާ އެނގޭހޭ މީ އަމާާނެތެކޭ ހަވާާލުވެފައިވި ނިޢުމަތެކޭ ބެލޭތޯ ލޯބި ދީގެންވެސް ބަލަންވީ އެންމެ ހެޔޮ ގޮތުގައި
ރޭގަނޑުގެ ހަމަހިމޭން ވަގުތު ފަސާނާ ގޭތެރެއިން އިވެނީ ނިކަމެތި އަންހެން ކުއްޖެއްގެ ވޭނީ ހަޅޭކުގެ އަޑެވެ. އެއީ އަބަދުވެސް އެގެއިން އިވެ އިވެ ހުންނަ އަޑެކެވެ. ނަމަވެސް ރަށުގެ މީހުންނަށް އެ އަޑު އިވުނަސް އަޑު ނީވޭ ކަމަށް ހަދަނީއެވެ. އެގެއަކީ ރަށުގެ އެއްވެސް ބައެއް ވަދެ އުޅޭ ގެ އެއް ނޫނެވެ. އެހެން ނުވާން ވީ ސަބަބެއް ނެތެވެ. އެގޭ ދެމަފިރިންނަކީ އެއްވެސް އުޅުމެއް ހުންނަ ދެމީހުނެއް ނޫނެވެ. ވާފިރަކީ ރަށުގެ ގިނަ ބަޔަކު ދަންނަ […]
“އަހަރެން މަރާލަންތަ ތި އުޅެނީ؟ ނޭވާ ހާސް ވެއޭ އެބަ..” އެވަގުތު ކޮޅަށްވެސް އާފްރީންއަށް ޖެއްކޮށްނުލާ އަރްމާންއަށް ނުހުރެވުނެވެ. “ދެން ދޮންބޭ..!!” އާފްރީން ގާތަށް ރުޅި އައިސްގެން އަރްމާން ގައިގާ ހެސްކިޔާފަ ބޮނޑިއެއް އަޅާލިއެވެ. މި ދެކުދިން ޖަހާ ސަކަރާތަށް ބލަން އިން އާސިމާގެ ލޮލުންވނީ އުފާވެރިކަމުގެ ކަރުނަ ނީރާލާފައެވެ. *********************************** މިއުފާވެރި ވަގުތުގައި އާސިމާ ހަނދާނަށްއައީ އޭނާގެ ފިރިމީހާ އަޝްފާގްއެވެ. ނަމަވެސް އަޝްފާގަ ވަނީ މީގެ 4 އަހަރު ކުރިން ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މި […]
ލޯތްބަކީ މިދުނިޔޭގައި ލައްވާފައިވާ އެންމެ މާާތް ޖަޒުބާތެވެ. ހިތުގައި އުފެދޭ އިހުސާސެކެވެ. އަނެކާއަށްޓަކައި ޖަހާ އައު ވިންދެކެވެ. ކުޅެލާ އައު ރާގެކެވެ. އެއްބަޔަކަށް ލޯތްބަކީ ފޮނިމީރުކަން ގެނެސްދޭ އެއްޗަކަށް ވީއިރު އަނެއްބަޔަކަށް އެއީ ކަރުބުޑުގައި ހިތިރަހަ ލައްވައިލާ ޒަހަރެއްފަދަ އެއްޗެކެވެ. ބައެއް މީހުންނަކީ އަނެކާގެ ބޭރުފުށުގެ ރީތިކަމަށް ލޯބިކުރާ މީހުންނެވެ. އެތެރެފުށް ކޮންމެ ގޮތަކަށް އޮތްނަމަވެސް ރީތި ސޫރައެއް ލިބިފައިވާނަމަ އެފަދަ މީހުންނަށް އެމީހަކު ކަމުދެއެވެ. އަނެއްބައި މީހުންނަކީ އަނެކާގެ އެތެރެފުށުގެ ރީތިކަންދެކެ ލޯބިވާ މީހުންނެވެ. އެމީހާގެ […]
ގޭތެރެއިން ޝިއުރީ ފެންނަން ނެތުމުން ޖަޒްލާންގެ ދެ ލޯ ބޮޑުވެގެން ދިޔައެވެ. ނިތައް ކުދި ރޫތަކެއް އަރައިގެން ދިޔައީ އޭނާގެ ފޯނު ޝިއުރީގެ އަތަށް ދެވުނު ހަނދާންވުމުންނެވެ. ހާސްވެފައި ހުރެ ޝިއުރީ ހޯދަމުން އޭނާ މަގުމައްޗަށް ނުކުތެވެ. އޭރު ދުވެފައި ދިޔަ ޝިއުރީ އެ މަގުގެ ކޮޅުން ލަނބާލަނީއެވެ. އޭނާއަށް ވާނުވާ ރޭކާލީ މާ ފަހުންނެވެ. އެއީ ޝިއުރީ ގަސްދުގައި ކުރިކަމެއްކަން އެނގުމުން، އައި ރުޅިން އޭނާވެސް ޝިއުރީގެ ފަހަތުން ދުއްވައިގަތެވެ. ___________________________________ ފޯނު ކަންފަތުގައި […]
ދޮރު ލައްޕާލަމުން އީރަމް ދެލޯ މަރާ ބާރުކޮއްލިއެވެ. ހިފަހައްޓައިން ހުރި ނޭވާ ދޫކޮއްލަމުން ދޮރުގައި ލެނގިލިއިރު އެ ހިތުގެ ތެޅުން އަވަސް ވެފައިވާވަރު އިހްސާސްކޮއްލެވުނެވެ. ފިނިވެފައިވާ ދެއަތް ތިލައިން ހެދުމުގެ ދެފަރާތުގައި ހިފަހައްޓާލިއެވެ. ހޭލާ ހުއްޓާ ފެނުނު ހުވަފެނެއްހެއްޔެވެ. ލާމިހް އެގެޔަށް އެޔައީ ކީއްކުރަންހެއްޔެވެ. ޖަނާ ދެއްކި ވާހަކަތަށް ހަނދާންވުމާއެކު އީރަމް ބިރުގަތެވެ. ލާމިހް އޭނާ އަށް ފާރަލަމުން އޭނާ ހޯދަން އެގެއަށް އައީހެއްޔެވެ. ދޮރު ލެއްޕުުމުން އީރަމް ހީކުރީ ލާމިހް އެނބުރި ދާނެކަމަށެވެ. އެކަމަކު ހީކުރި […]