ގަލަން އަތަށް ހެޔޮވަރު ކޮށްލުމަށްފަހު އިސްއުފުލާ ބަލާލި އަޔާންގެ ދެބުމަ ގޮއްޖެހިގެން ދިޔައީ ކުރިމަތީއިން ކުއްޖާ ފެނުމުންނެވެ. ޝާނިމްވެސް ހުރީ ދެންވާނެ ގޮތެއް ނޭނގޭތީ އަނގަމަތީ އަތްއަޅާލި ގޮތަށެވެ. އެވަގުތު އެތާ މީހުން މަދުކަން ނަސީބެވެ. ” ޔާލް ޝާހިދު” އަޔާންގެ ދުލުން ޔާލްގެ ނަން ބޭރުވީ ރުޅިވެރިފާޑަކަށެވެ. މިއޮއް ހުރިހާއިރު އަޔާންގެ މޫނަަށް ނަޒަރު ހުއްޓައިލައިގެންހުރި ޔާލް ސިއްސައިގެންގޮސް އިސްޖެހިއެވެ. އަހަރެންވާން މިޖެހެނީ މީނަގެ ސެކެޓްރީއަކަށް ހެއްޔެވެ؟ އެހެންވެއްޖެނަމަ އޭނަ އަހަރެން ރޮލާ ކާލާކަށްވެސް ފަހެއްނުޖެހޭނެއެވެ. […]
ތިންމީހުންގެ މޫނަށް ބަލައިލި އަޖުވަދު ހިނިތުންވެލިއެވެ. “މިއީ ޒާލިމް. އަހަރެންގެ ވަރަށް ގާތް އެކުވެރިއެއްގެ ދަރިއެއް. އަހަރެމެންގެ ނައިރާއަށްޓަކައި އަހަރެން ހޮވި ފަރާތަކީ މިއީ. ކަމުދޭތަ؟” ހިނިތުންވެލަމުން ޒާލިމްގެ މޫނަށް ބަލައިލުމަށްފަހު އަޖުވަދު ނައިރާއާ ދިމާއަށް ބަލައިލިއެވެ. އޭރު ކޮޅަށްހުރި ނައިރާގެ ދެލޯ ފެންކަޅިވެ އެދެލޮލުން ހޯސްލައިފައި ކަރުނަ ފައިބަމުން ދިޔައެވެ. ހަމްދަރުދީގެ ނަޒަރަކުން ނައިރާގެ މޫނަށް ބަލަން މައުރީނަށް ހުރެވުނީއެވެ. ހިނިތުންވެފައިހުރި ޒާލިމްގެ މޫނަށް ބަލައިލި ނައިރާއަށް ބާރަށް ރޮއެގަނެވުނެވެ. ގިސްލައި ރޮމުންދިޔަ ހާލު އޭނާ […]
އެހެނަސް ހަމަ ލޯތްބޭވެވެނީ މިވާހަކައަކީ އަޅުގަނޑު އޮންލައިންކޮށް ލިޔާ ފުރަތަމަ ވާހަކަ. ވާހަކަ ކިޔުމާއި ވާހަކަ ލިޔުމަކީ ކުރާހިތްވާ ކަމަކަށް ވާތީ ކުރިން ލިޔެފަ ހުރި ވާހަކަ ކިޔުންތެރިންނާ ހިސާބަށް ގެނެސްދެން ނިންމީ. އުއްމީދުކުރަން ކިޔުންތެރިންގެ ފަރާތުން ބިނާކުރުވަނިވި ފާޑު ކިޔުންތަށް ލިބިގެންދާނެކަމަށް. ކިޔުންތެރިން ހިތްހަމަ ޖެހިލައްވާނެފަދައިން ޝައުގުވެރި ކަމާއެކުގައި “އެހެނަސް ހަމަ ލޯއްބޭ ވެވެނީ” މިވާހަކަ ގެނެސްދެވޭތޯ އަޅުގަނޑު މަސައްކަތް ކުރާނަން. ނޮވެމްބަރ 16 އިން ފެށިގެން ކިޔުންތެރިންނަށް ވާހަކަ ގެނެސްދޭނަން އިންޝާﷲ. އިންތިޒާރުކޮއްލައްވާ
ކުއްލިއަކަށް ކައިޝް ހުއްޓުނީ މީޝާގެ ފަހަތުގައި ހުރި މީހާފެނުމުންނެވެ. ކަޅުކުލައިގެ ޖެކެޓެއް ލައިފައިވީ އިރު ބޯވަނީ ހުޑީއަކުން ނިވާކޮށްފައެވެ. ކައިޝްގެ ހިތައް ބިރުވެރިކަން ވަނީ ހިތައް އެރިއެއްޗަކުން ނެވެ. ބަލާކަސް ނުހުރެ އެދިމާލަށް ދުއްވާގަނެވުނެވެ. ފަހަތުގައި ތިބި ފިޒާންމެން ހުރީ ވާނުވާ ނޭގިފައެވެ. ކައިޝް ފަހަތުން އެމީހުންނަށް ވެސް ދުއްވާގަނެވުނީއެވެ. ދިޔަގޮތައްގޮސް ކައިޝް އެމީހާގެ ބުރަކަށީ އަޅާ ކޮއްޕާލިއެވެ. މާބާރަކަށް މީހަކު ވެއްޓުން އަޑު އިވިގެން ސިހިފައި މީޝާ އާއި ޔަނާލް ފަހަތައް އެނބުރުނު ވަގުތު އެމީހުންނައް […]
ސުކޫލަށް ދާން ތައްޔާރުވާން ހުރި އީރަމް ގެ ހިޔާލުތަކުގައި ވަނީ ލާމިހްއެވެ. ރޭގެ މެސެޖައް ލާމިހް ގެ ފަރާތުން އެއްވެސް ޖަވާބެއް ނާންނަނީ ކީއްވެހެއްޔެވެ. އެ މެސެޖް ފޮނުވީ ލަސްގަޑި އަކަށް ވުމުން ލާމިހް އަށް އަދި ނުފެންނަނީ ކަމުގައި އީރަމް ނިންމިއެވެ. ލާމިހް ވާނެ އުފާ ހިތަށް އެރުމާއެކު އަމިއްލަ އަށް ވެސް ހިނިތުންވެލެވުނެވެ. އެންމެ ފަހު ޕިން ޝޯލް އަށް ޖަހާލަމުން އީރަމް ފޯނު ހުޅުވާލިއެވެ. ޓެކްސީ އަކަށް ގުޅަން އުޅެފައި ވެސް ހިޔާލު […]
” މާއިން ސައި ބުއީތަ މަންމާ؟.. ސްކޫލު ގަޑިވެސް ޖެހިއްޖެ ކަންނޭގެ” ކޮޓަރިންނުކުމެ ކާމޭޒު ކައިރިއަށްގޮސް މަންމަ ރަޝީދާއާއި މައިޝާ ވާހަކަދެއްކިއެވެ. އޭނާ ކައިއަވަދިވެއްޖެއޭ މަންމަބުނުމުން މޭޒުދޮށުގައި އިން މާއިން ގޮވައިގެން ކޮޓަރިއަށްވަދެ މައިޝާ މާއިންގެ ޔުނިފޯރމް ލައްވައިދިނުމަށްފަހު އަވަހަށް މާއިންގޮވައިގެން ގެއިންނުކުތީ މާފަންނުމަދަރުސާއަށް ދިއުމަށެވެ. މާއިންގޮވައިގެން ސްކޫލަށް ދެވުނީ ހަމަ ވަގުތަށެވެ. ރަނގަބީލުގެ އަޑަށް މަދަރުސާދޮށަށް އެއްވެތިބި ހުރިހާ ބެލެނިވެރިން އެމީހުން ގެ ދަރިން ގޮވައިގެން ސުކޫލުތެރެއަށް ވަންނަމުންދިޔައެވެ. މައިޝާވެސް ދަރިފުޅު ގޮސް ކްލާހަށް ވެއްދުމަށްފަހު މަދަރުސާއިން ނުކުތުމަށް ހިނގައިގަތުމާއިއެކު ކައިރައަށް […]
ޑިއުޓީ ނިންމާލުމަށްފަހު ކޮޓަރީގައި އޮއްވާ މީރާ ގުޅިއެވެ. މީރާ ދިން ހަބަރުކުން ޔުނާން އަށް އެނދުން ތެދުވެވުނު ގޮތްވެސް ނޭންގުނެވެ. ” ވަޓް….އަރ ޔޫ ޝުއަރ ޔޫ އަރ ޕުރެގުނެންޓް..” ޔުނާނ ހާސް ވާގޮތް ވިއެވެ. މީރާގެ ގިސްލުމުގެ އަޑު އޭރުވެސް އިވެމުން ދެއެވެ. ޔުނާން ހަދާނެ ގޮތް ހުސްވި ކަހަލައެވެ. ” ލެޓުސް ގެޓް މެރީޑް..” މީރާ ރޮމުން އޭނާ ބޭނުންވާގޮތް ބުންޏެވެ. ޔުނާން ވިސްނާލިއެވެ. ނޫނެކޭ ބުނެވޭކަށް ނެތެވެ. ނަމަވެސް އޭރުން މީޝާ ލިބުންވާނީ […]
“މިހިރީ ޒާއިން ކަން އިނގޭ. މީ ކޮންކުއްޖެއް. ރައްޓެއްސެއްތަ؟” އެއްމެން ސޯފާގައި ހަމަޖެހިލުމުން އާބިދާ ލާރާއަށް އިޝާރާތްކޮށް ބުނެލިއެވެ. “ދެން މިހާރު ރައްޓެއްސެއް. މިކްޔަންގެ އަނބިމީހާގެ ކޮއްކޮ މީ” ޒާޔާ ބުނެލިއެވެ. “އެހެންތަ. ދަރިފުޅާ އިޔާޒޫ. މިއޮއް އައީއޭ ޒާޔާ މެން ނިކުމެބަލަ” އާބިދާ ތަންކޮޅެއް ބާރަށް ގޮވާލިއެވެ. “މިހާރު ނިކުންނާނެ ކަންނޭގެ. އަންނާނަން ސައި ހިފައިގެން އިނގޭ” އާބިދާ އެހެން ބުނެ އެތަނުން ދިޔައެވެ. ކޮޓަރިން ނިކުމެގެން އައި އިޔާޒު ފެނުމުން ލާރާ ފުންމައިގެން ތެދުވިއެވެ. […]
މާ ގިނައިރެއް ނުވެ ޕޮލިހުންވެސް އައެވެ. ޔުއާން ވަރަށް ތަފްސީލްކޮށް ޔުއާންއަށް ފެނުން ކަންތައް ކިޔާދިނެވެ. އަދި އެމީހުން ގެ ބަލާ ފާސް ކުރަން ޖެހޭ ކަމުގައި ބުންޏެވެ. އަރްމާން އެމީހުންނާއިއެކު ޔުއާން ގެއަށް ދާން ނިކުތީ ޔުއާންއަށް ނުވާނެތީއެވެ. ************************** 30 މިނެޓް ފަހުން ޔުޝްރާ އައި.ސީ.ޔޫ. އަށް ބަދަލު ކުރެވުނެވެ. އަދި ފަހަރަކު މީހަކަށް ބައްދަލު ކުރަން ވަދެވޭނެ ވާހަކަ ބުންޏެވެ. ހޭ އަރާނެ އިރެއް ނޭނގޭ ކަމަށްވެސް ބުންޏެވެ. ދުވަހަކީ ހުކުރު ދުވަސް […]