ބާރުހިނގުމުގައި ހޮސްޕިޓަލަށް ވަދެގެން އައި މަލީހްއާއި ޖުމާގެ އިތުރުން ނިމާލްގެ ހިތްވެސް ވަނީ އަވަސްވެފައެވެ. އަވަސްފަރުވާދޭ ރޫމްއާއި ހަމަޔަށް ދެވުންއިރު ޑޮކްޓަރު ޝިވަންއާއި ވާހަކަ ދެއްކުމަށްފަހު އެތެރެއަށް ވަންނަނީއެވެ. ” ކޮބާ އަހަރެންގެ ދަރިފުޅު.. ” ހާސްވެފައިވާހާލު ނިމާލްއައިސް ޝިވަންކައިރީގައި އަހާލިއެވެ. ނިމާލްއަށް ދެތިންފަހަރަކު އޮފީސްކަންކަމުގައި ޝިވަންއާ ދިމާވެފައިވާތީ ވަނީ ކޮންމެވެސް ވަރަކަށް ދެކެފަރިތަވެފައެވެ. ” ބޭބޭ.. ހަމަޖެހިލާ.. ދެންމެ ޑޮކްޓަރުއެދިޔައީ.. ޖުމް އިންޝާﷲ ހަމަ ބަރާބަރު.. އެމީހުން ހޭނައްތާލަން ބޭނުންކުރި ކެމިކަލެއްގެ ސަބަބުން ލިބިދާނެ ގެއްލުމަކަށް […]
“ދަރިފުޅާ.. އަވަހަށް ތެދުވެބަލަ. މިހާރު އެއޮށް ގަދި ޖެހެނީއޭ..” ނިދާފައި އޮތް އަޔާން ފުންމައިގެން ތެދުވީ އޭނާގެ މަންމަ ގޮވާ އަޑަށެވެ. ގަޑި ބަލާލި އިރު ކަމަކު ދާކަށްނެތެވެ. ގަޑިޖެހެން ބާކީ އިނީ 15 މިނެޓެވެ. ރޭގައި މާ ލަހުން ނިދުމުގެ ސަބަބުން ބޮލުގައި ރިހުމެއްވެސް ހުއްޓެވެ. އެކަމަށް މާ ބޮޑު ފަރުވާލެއް ނުބަހައްޓާ ފެންވަރައިލައިގެން ނަމާދު ކުރަން އަވަސްވެ ގަތެވެ. މަޑު ނޫކުލައިގެ ގަމީހަކާއި ފަޓުލޫނެއް ލުމަށްފަހު ފަޔަށް ހިނި އަރައިގެން އުޅޭ މީހެއް ފަދައިން […]
” މީޝް…. އެއި ލަވް ޔޫ.. ” ކައިޝް މީޝާގެ މޫނުގައި ދައަތުން ހިފަހައްޓާލަމުން ބުންޏެވެ. ވީ އުފަލުން މީޝާ އަށް ލޯމަރާލެވުނެވެ. ހިތަށް އުފާވެރިކަން ވެރިވެގެން ދިޔައީ ބަސްބުނާ ހިނދުގައެވެ “އޯކޭ މީޝް ވިސްނާލާފައި އާންސާ އެއް ދިނަސް …؟ ބަޓް ޕުލީސް ޑޯންޓު ޓޭކް ޓޫ މަޗް ޓައިމް.. ކައި ވަރަށް ކެއްމަދުވާނެ.. ” ލާނެއް ރާގަކަށް ކައިޝް މީޝާ ކަންފައި ދޮށުގައި ބުންޏެވެ. މީޝާގެ މޫނު ވަގުތުން ލަދުން ރަތް ވެގެން ދިޔައެވެ. […]
އަރައިގެން އައި އިރާ އެކީ އެންމެން ތައްޔާރު ވަމުން ދިޔައީ މާލެ ދިއުމަށެވެ. މީކާއީލް މަންމަމެންގެ އެދުމަށް އާލިމާމެންވެސް މާލެ ބަދަލުވަނީ ފަޔާޒްމެން ކައިވެނި ކުރުމައްފަހު ވާނީ އެއް އާއިލާއަކަށް ކަމަށް ބުނެއެވެ. ހުރިހާ ކުދިންނައް ހީވަނީ އީދެއް އައިސްގެން އުޅޭހެންނެވެ. ބޯޓު މަތީވެސް މާލެ ލެފެން ދެން އެތައް ސަކަރާތެއް ޖެހިއެވެ. މި ދަތުރު ވެގެން ދިޔައީ މީކާއީލް އަށާ ފަޔާޒް އަށް ނުހަނު އުފާވެރި ދަތުރަކަށެވެ. މާލެ ލެފުމުން އެންމެންނާ ވަކިވާން ޖެހުނީ ޒިމްޔާއާއި […]
ނަޝްވާ ބޭރަށް ނިކުމެ މުޅި މަގަށް ނަޒަރު ހިންގާލިއެވެ. ހަލަބޮލިވެފައިވާ އެމަގުން އޭނާ ނުދަންނަ މީހަކު ހޯދާނީ ކިހިނެއްހެއްޔެވެ. ނަޝްވާ އަށް އެއްލިކަޅިއަކުން ފެނުނީ ދުރުގައި ހުރި މީހަކު ހަނާއަޅާތަނެވެ. ދުރުގައި ހުރުމުން މޫނު އެހާސާފު ނުވިނަމަވެސް އެއަކީ ޒިޔާން ކަމަށް ނިންމައި އެދިމާލަށް ހިނގައިގަތެވެ. ކައިރިއަށް ދިޔަވަރަކަށް މޫނު ސާފުވަމުން ދިޔައެވެ. ވަރަށް ކައިރިއަށް ދިޔަފަހުން ނަޝްވާއަށް އެކާކު ކަން އިނގުނެވެ. “ތި ޒިޔާން؟” ނަޝްވާއަށް އަހާލެވުނެވެ. ޒިޔާން ބޯޖަހާލިއެވެ. “އަހަރެން ގައިގަ ހެދިކާ ކޮތަޅުން […]
އެއްމިޔަކަމުން ހީލަމުން ދަބަސްއަޅުވާލަމުން ބޭރަށް ނިކުތް މުލައިލްގެ ލޮލުގައި ރީތިވެލައިގެން ހުރި ޔާނީ އަޅައިގަތެވެ. ކަޅުކުލައިގެ ސްކަރޓާއެކު ފެހި ގަމީހުގެ އަޑިން މުލައިލްފަދައިން ކަޅުކޯޓެއް ލުމަށްފަހު ހަމަ އެފަދަ ޓައީއެއްވެސް އަޅާފައި އޮތެވެ. އެދިގު އިސްތަށިގަނޑު ރީތި ގޮތަކަށް ގަތާލެވިފައިވީއިރު ޔާނީފެންނަނީ ވަރަށް ތާޒާކޮށެވެ. “ކޮން ވަހެއް އެދުވަނީ؟ ޗީ ޗީ…ޔާނީ..ކޮންކަހަލަސެންޓެއްތަ ސްކޫލަށް ދާއިރު ދެން ތި ޖެހީ..ބްލެހް” މުލައިލް ދިޔަ ގޮތަށްގޮސް ޔާނީއާ ބެހިލިއެވެ. ނަމަވެސް މުލައިލްގެ އަޑުވެސް އެހުމެއްނެތި ޔާނީ ނިކުތީ ބޭރަށެވެ. “ހޭއި. […]
“ކީކޭ.؟” އަޑުގެ ނެތްތަނަށް ޝިވަންއަށް ހަޅޭލަވައިގަނެވުނެވެ. ޝިވަންއަށް ހީވީ އޭނާގެ މޫނުމަތީގައި މީހަކު ބާރު އެތިފަހަރެއް ޖެހިހެންނެވެ. “އެކަމަކު ނައި.. ކީއްވެ؟ އަހަރެން ބަދަލުވެފީމެއްނު. ނައިގެ ބައްޕަ ކީއްވެ އަހަރެންނަށް ފުރުސަތެއްދޭން ބޭނުންނުވަނީ؟” ޝިވަންގެ އަޑުގައި ހިތާމައާއި މާޔޫސީ އެކުލެވިގެން ދިޔައެވެ. އެއާއެކު ނައިރާގެ މަޑު ގިސްލުމުގެ އަޑު މުޅި ކޮޓަރިތެރޭގައި ގުގުމައިލިއެވެ. ފޯން ބޭވުމަށްފަހުވެސް ނައިރާގެ ގިސްލުމަކަށް ހުއްޓުމެއް ނައެވެ. ނައިރާގެ ހަމަޖެހުމަށްޓަކައި މާދަމާ ހަވީރު ނައިރާއާ ބައްދަލުކުރަން ޝިވަން ނިންމިއެވެ. ނަމަވެސް އެކަމުންވެސް ނައިރާގެ […]
ހަލޯވް ދަރިފުޅާ ކިހިނެއްތަ؟ ހުރިހާ ކަމެއް ވެސް ރަނގަޅުތަ؟” ސިންގަޕޫރަށް ދެވުމާއިއެކު ސައުދު ވިނާންގެ ފޯނަށް ގުޅާލައިފަ ހާލު އަހުވާލު އަހައިލިއެވެ. “މިކޮޅުން ވަރަށް ރަނގަޅު.. ބައްޕަމެން ކިހިނެއްތޯ؟” ޖަވާބު ދިނުމަށް ފަހު ވިނާން އަހައިލިއެވެ. “އިރާދަ ކުރެއްވިއްޔާ ވަރަށް ރަނގަޅު! ދެންމެ ހޮޓަލަށް މި އާދެވުނީ އެހެންވެ ދަރިފުޅުމެންގެ ހާލެއް ބަލަން މި ގުޅައިލީ…” ހޮޓަލަށް ދެވުނު ކަމަށް ބުނެ ގުޅި ސަބަބު ސައުދު އޮޅުން ފިލުވައި ދިނެވެ. “އެހެންތޯ؟! ކޮބާ މަންމަމެން އެއްމެން ވެސް […]
ދުވަހަކީ ހުކުރު ދުވަސްކަމުން 9 ޖެހިއިރުވެސް ޒިދާން އޮތީ ގަދަނިދީގައެވެ. އޭނާގެ މަންމަ ޒަހުލާ ކޮޓަރިއަށް ވަތް އިރުވެސް އޭނާ އޮތީ ފުން ނިންޖެއްގެ ތެރޭގައެވެ. ޒަހުލާ ލޯތްބައިއެކު އެނދުގެ މަގަތުގައި އިށީނދެފައި ޒިދާންއަށް ގޮވާލިއެވެ. “މަންމާ އަދި ކުޑައިރުކޮޅަކު ނިދަން ބޭނުން” “މިހާރު 9 ޖެހީ އޭ ދަރިފުޅާ ތެދުވޭ ދެން.. ދަރިފުޅު ހޯދަން މީހަކުވެސް އައިސް އެބައިން” “ކާކު؟؟” “ކާކުކަން އިނގޭނެ ބޭރަށް ނިކުތީމަ އިހަށް ދޭ ފެންވަރަން” ޒިދާން ކަންނެތް ކަމާއެކު އެނދުން […]