މީޝާ (12)
ކުއްލިއަކަށް ކައިޝް ހުއްޓުނީ މީޝާގެ ފަހަތުގައި ހުރި މީހާފެނުމުންނެވެ. ކަޅުކުލައިގެ ޖެކެޓެއް ލައިފައިވީ އިރު ބޯވަނީ ހުޑީއަކުން ނިވާކޮށްފައެވެ. ކައިޝްގެ ހިތައް ބިރުވެރިކަން ވަނީ ހިތައް އެރިއެއްޗަކުން ނެވެ. ބަލާކަސް ނުހުރެ އެދިމާލަށް ދުއްވާގަނެވުނެވެ. ފަހަތުގައި ތިބި ފިޒާންމެން ހުރީ ވާނުވާ ނޭގިފައެވެ. ކައިޝް ފަހަތުން އެމީހުންނަށް ވެސް ދުއްވާގަނެވުނީއެވެ. ދިޔަގޮތައްގޮސް ކައިޝް އެމީހާގެ ބުރަކަށީ އަޅާ ކޮއްޕާލިއެވެ. މާބާރަކަށް މީހަކު ވެއްޓުން އަޑު އިވިގެން ސިހިފައި މީޝާ އާއި ޔަނާލް ފަހަތައް އެނބުރުނު ވަގުތު އެމީހުންނައް ވެސް ލިބުނީ ހައިރާން ކަމެވެ.
” ކަލޭ……” އެމީހާގެ ޖެކެޓުގައި ހިފާ ނަގަމުން ކައިޝް ބުނަން އުޅުން ޖުމްލަ ހުއްޓުނީ މީހާގެ މޫނު ފެނުމުންނެވެ.އޭރު އާނާ އާއި ފިޒާން އަށް ވެސް އެތަނަށް އާދެވިއްޖެއެވެ. މީޝާ އާއި ޔަނާލް ނޫން އެންމެންނަށް ލިބުނީ ހައިރާން ކަމެވެ.
” ޝަވަން .__” ކައިޝް އާއި ފިޒާން އަށް ޝަވަންގެ ނަން ކިޔުނީ އެކު އެކީގައެވެ. ” ޔާރ އިޓްސް މީ.. ކައި ކިހިނެއްވީ؟ ”
ޝަވަން ބޮލުގައި އޮތް ހުޑީނަގަމުން އެހިއެވެ. އޭނާ އަދިވެސް ހުރީ ކައިޝް އޭނާ ކޮއްޕާ ވައްޓާލީތީ ހައިރާން ވެފައެވެ. ކައިޝް އަވަސް އަވަހަށް މީޝާ އަށް ނަޒަރު ހިންގާލީ ބުނާނީ ކީކޭކަން ނޭނގުމުން ނެވެ. މިތަންފެނި ޝަވަން އަށް ކޮންމެސް ވަރަކަށް ވީގޮތް ހާމަ ވިއެވެ.
” މީޝް ..” ޝަވަން މީޝާ ދިމާލަށް އިނގިލި ދިއްކޮއްލަމުން ބުންޏެވެ. މީޝާ ހުރީ ވާނުވާގައެވެެ. އެއްފަހަރު ކައިޝް މޫނަށް އަނެއް ފަހަރު ޝަވަން މޫނަށް ބަލާލީ ސުވާލުގެ ނަޒަރަކުން ނެވެ.
” ޝަވަން؟ ކައިގެ ބެސްޓު ފުރެންޑު..” މީޝާ އަށް ވީގޮތް ފެނި ޝަވަން އަމިއްލައަށް ތައާރަފް ވެލިއެވެ.
” ބެސްޓު ފުރެންޑު.” . ޔަނާލް ދެލޯބޮޑު ކޮއްލީ ކައިޝް އޭނާ ބެސްޓު ފުރެންޑަށް ދެންމެ ހެދިގޮތް ސިފަވުމުން ނެވެ. މީހުން ކަމަކާނުލާ ކޮއްޕާ ވައްޓާލާ ހެއްޔެވެ.؟ އެވެސް ބެސްޓު ފުރެންޑޯލައެވެ. ކައިޝް ބޮލުގައި އަތް ހާކާލެވުނީ ދޭނެ ޖަވާބެއް ނޭންގުމުން ނެވެ.
” އޯހް.. ދެންމެ ފެނުން ކަންތައް ދޯ.. އެއީ ކައި އަތުނުވާން ދުއްވާ ގަތުމުން ލިބުން ހަދިޔާ؟…” ޝަވަން އަވަހަށް ވާހަކައެއް ހަދާލިއެވެ. ކައިޝް އަވަހަށް ބޯޖަާހާލީ އެއްބަސް ވުމުގެގޮތުންނެވެ. މީޝާ އަށް އެކަން ގަބޫލް ކުރަން ދަތިވީ އެވަގުތު ކައިޝްގެ މޫނުމަތީގައި ވާ ރުޅިވެރިކަން އޭނާއަށް ފެނިފައި ވާތީ އެވެ.
އެންމެން އެކީ ގެއަށް ދާން ހިނގާށޭ ކިޔާ ފިޒާން އާނާ އަތުގައި ހިފައްޓައިގެން ހިނގާގަތެވެ. އެންމެން އެކީ ގޮސް މީޝާ އާއި ޔަނާލް އުޅޭ ހާސާބަށް އާދެވުމުން ވަކިވީ ފަހުން ބައްދަލުވާނެ ކަމަށް ބުނެފައެވެ.
” ކީއްތިކުރީ؟….” މީޝާމެން ދިޔުމުން ފިޒާން ހިތުގައިވީ ސުވާލު ކައިޝް އަށް ކުރިމަތި ކުރުވިއެވެ.” ކައި ހީކުރީ އެނުލަފާ ޑެވިލް ކަމަށް.. ނޭނގޭނެއްނު.. ކޮންމޮޔައެއް ވެގެން ބޮލުގަ ހުޑީ އަޅާގެން މީޝް ފަހަތުން ދިޔައާ..” ކައިޝް ޝަވަން ކޮނޑުމަތީ ބޮނޑިއެއް އެޅިއެވެ. ” ޝަވަން އަށް ނުވެސް އިނގޭ އެއީ މީޝާ ކަމެއް .. އަސްލު ބޮލަށް ހޫނުވާތީ ހުޑީއިން ބޯފޮރުވާލީ؟ކިހިނެއް އިނގޭނީ ކައިޝް ފަރާތުން އިނާމެއް ލިބޭނެކަމެއް ހުޑީ އެޅީމަ.. ” ޝަވަން މަޖާވެފައި ބުނި ގޮތުން އެންމެންނަށް ހެވުނެެވެ.
” މީޝް ސުވާލު ކުރާނެ ދޯ.. ކައިޝް ހަމަޖައްސާދެން ؟ ކޮންމެސް ކޮންމެސް އޭނާއަށް މީހަކު ފާރަލާކަން އެނގިގެން ނުވާނެ؟ .. ” ފިޒާން ވިސްނަން ހުރެބުންޏެވެ. މީޝާ ދެންމެގަ ވެސް ހުރިގޮތުން އޭނާ ހުރީ ޝަވަން ދެއްކިވާހަކަ ގަބޫލު ނުކުރެވިފަކަން އެމޫނު މައްޗައް އެރި ކުލަވަރުން ދޭހަވެއެވެ. ކައިޝް ބޯޖަހާލީ އެކަމާ އެއްބަސް ވުމުގެ ގޮތުންނެވެ.
ހަވީރުގެ ވަގުތު ކަމުން މީޝާ ބެލްކަންޏަށް ނިކުމެލީ ތާޒާ ވައި ކޮޅެއް ހޯދުމަށް ޓަކައެވެ. ކައިޝްގެ ލޯބި ގަބޫލް ކުރެވުމުން މީޝާގެ ހިތައްވަނީ ހިންހަމަޖެހުން ލިބިފައެވެ. ނުފިލާ ހިނިތުންވުމެއް އެ މޫނުގައި ވެއެވެ. މީޝާ އަބަދުވެސް ބޭނުންވަނީ ކައިޝްގެ މީހެއްގެ ގޮތުގައި ވުމެވެ. އެހިތުގައި ކައިޝް އަށްޓަކައި ވަނީ ސާފްތެދުވަރި ލޯތްބެވެ.
” ޕޮއް..” ފަހަތުން ޔުނާން އައިސް މީޝާ ކޮނޑުގައި އަތް އަޅާލުމުން މީޝާ ސިހުނެވެ. ޔުނާން ކަން އިނގުމުން ސާބަހޭ ބުނެ މަޑުމަޑުން އޭނާގެ ބުރަކަށީގައި މީޝާ ޖަހާލިއެވެ. މީޝާގެ މިއަމުލުން ޔުނާން ހިނިތުންވެވުނީ ލިބުނު އުފަލެއްގެ ބޮޑުކަމުން ނެވެ.
” ކޮބާ ޔަނާ.. ” ޔުނާން ޔަނާ ފެންނަން ނެތުމުން ސުވާލު ކުރިއެވެ. ” އޭނާ އެބައުޅޭ ކޮޓަރީގައި.. ބޭރަށްދާން ރެޑީވަނީ..” މީޝާ ބުންޏެވެ. ” މީޝް ނުދަންތަ؟ ..” ޔުނާން ބޭނުންވީ މީޝާ ދޭތޯބަލާށެވެ. މީޝާ ބޯހޫރުވާލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ.
” އެކީއްވެ..” ހިތައް އުފާވެރިކަން ލިބުނު ނަމަވެސް ޔުނާން އެކަން ފޮރުވަމުން އެހިއެވެ. މީ އޭނާގެ ޕުލޭނާ އެއްގޮތައް އަމަލު ކުރަން ރަނގަޅު ވަގުތެއް ކަމަށް އޭނާއަށް ވިިސްނުމުން އެހިތް ނަށާލިއެވެ.
” އާނާ ބުނެގެން؟.. މީޝް ނުގެންދިޔަ؟..” މީޝާ ތުންދަމާލަމުން ބުންޏެވެ. އޭނާ ދާން ބޭނުން ވިއެވެ. ނަމަވެސް އާނާ ބޭނުންވީ މީޝާ ބަހައްޓާފައި ދާށެވެ. ކައިޝް ވެސް ބޭނުންވީ އެގޮތް ކަމުން މީޝާ ހަތިޔާރު ބެހެއްޓީ ކައިޝް އެގެއަށް އެގަޑީ އަންނާނެމޭ ބުނުމުން ނެވެ.
ދޮންބޭ.. މީޝް….ޔަނާ ދަނީ…” ޔަނާ ކޮޓަރިން ނިކުން ނަމުން ބުންޏެވެ.މީޝާ ރުޅި އަންނަ ކަމަށް ހަދާ ތުންދަމާލިއެވެ. ޔަނާލް ހެމުން ހެމުން ނިކުތީ ލަސްނުވެ އަންނާނެ ކަމަށް ބުނެފައެވެ. ޔުނާން ހިތާ ހިތުން ޔަނާލް އަވަހަށް ނައުމަށް އެދެވުނީ މީ އޭނާއަށް ވަރަށް މުހިންމު ވަގުތަކަށް ވީތީއެވެ.
ޔަނާލް އާނާ އާއި ދެކުދިން ބާޒާރަށް ދާން ނިކުތީ މާދަމާ އަކީ މީޝާގެ އުފަންދުވަސް ކަމުން އޭނާއަށް ސަޕްރައިސެއް ދޭން ބޭނުންވާ އެއްޗެހި ގަންނާށެވެ. ޔުނާން ގޭގައ ހުރުމުން ޔަނާލް ހިންހަމަ ޖެހުނީ މީޝާ އެކަނި ވިޔަސް ނުރައަކަލެއް ނެތްކަމަށް ހިތައެވެ. ނަމަވެސް މީޝާ ހަވާލު ކުރެވުނީ އެންމެ ބޮޑު ނުރައްކަލާކަމެއް ޔަނާލް ފަކީރައް އެނގޭނެ ނަމައެވެ. ގައިމު އޭނާ މީޝާ ޔުނާން ކައިރީ ބަހައްޓާފައި ނުދާނެއެވެ. ކުރިމަތި ވަމުން އަންނަ ބޮޑު ކަޅު ވިލާގަނޑުން އުފެދެން އުޅޭ ތޫފާނުގެ ވަރުގަދަކަމުގެ ހިލަމެއް ޔަނާލް އަކަށް ނުވެއެވެ.
މީޝާ ކޮޓަރި ތެރޭގައި އޮވެލާފައި ނިކުތީ ޔުނާން ގޮވާ އަޑުއިވުމުންނެވެ. މީޝާ ނިކުން އިރު މޭޒުމަތީ އާވިއަރާ ދެކޮފީ ހުއްޓެވެ. މީޝާ ނިކުތުމުން ޔުނާން އޭނާ އެކު ކޮފީބުއިމަށް އައުމަށް ގޮވިއެވެ. ހިނިތުންވެލަމުން މީޝާ ޔުނާން ކުރިމަތީ އިން ގޮނޑީގައި އިށީނދެ ކޮފީބޯންފެށިއެވެ.
” ވަރަށް މީރު؟..” މީޝާ ބުންޏެވެ. ޔުނާން މީޝާގެ ހަރަކާތް ތަކަށް ބަލަން ހުރެވުނީ އެރީތިކަން ފެނިފައެވެ. މީޝާ ބޮލުގައި އަތް އެޅުނީ ބޮލައް އުނދަގޫ ތަކެއް ވާހެން ހީވީމައެވެ. ބޯއަނބުރާގޮތް ވެ މީޝާ އަށް މަންޒަރު ފުސް ވާހެން ހީވިއެވެ. ތެދުވަން އުޅެ އޭނާއަށް އެކަންވެސް ކާމިޔާބު ވާގޮތް ނުވިއެވެ. އަތަށް ބާރުލާން އުޅުމުން އެކުން ވާގޮތެއް ނުވިއެވެ. މީޝާ އަށް ވާނުވާ ނޭގުމުން މަޑުމަޑުން ޔުނާން އަށް ގޮވާލީ އެހީއަކަށް އެދިއެވެ. އޭރު ޔުނާން ގެ މޫނު ވެސް މީޝާ އަށް ފެންނަނީ ފުސް ކޮންނެވެ. ދެންވީގޮތް މީޝާ އަށް ނޭނގުނެވެ . އެތަން ފެނި ޔުނާން މޫނުމައްޗަށް ވެރިވީ ނުލަފާ ހިންޏެކެވެ.
މަޑުހިނގުމެއްގައި ކައިޝް ގޮސް ހުއްޓުނީ ކުޑަ ފިހާރައެއްގެ ކައިރީގައެވެ. އެއީ ގިފްޓު ވިއްކާ ތަނެކެވެ. ކައިޝް ހިތެއްގެ ބައްޓަމަށް އިން ރަތްކުލާގެ ބާލީހެއް ނެގިއެވެ. މެދުގައި ރީތި ގޮތަކަށް ރަންކުލައިން ” އައި ލަވް ޔޫ” ޖަހާފައި އިނެވެ. ކައިޝް އެ ކަމުދިޔުމުން އެނެގީ މީޝާ އަށް އުފަންދުވަހުގެ ހަދިޔާ އަކަށް ދިނުމަށްޓަކައެވެ. ކައިޝް ފިހާރައިން ނިކުމެ ހިނގާގަތީ މީޝާ ކައިރީ އަންނާނަމޭ ބުނެފައި އޮތުމުން އެގެއަށް ދާށެވެ. އެވަގުތު ފޯނު އައުމުން ކައިޝް ފޯނަށް ޖަވާބު ދިނެވެ. ގުޅީ އާނާއެވެ. ބޭނުންވާ އެއްޗެހި ގަނެގެން އެމީހުން ވެސް ފިޒާން އާއެކު މީޝާ ގެއަށް ދަނީ ކަމަށް ބުންޏެވެ. ކައިޝް އޭނާވެސް މިދަނީ އޭ ބުނެ ފޯނު ބޭއްވިއެވެ.
ފަނަރަ ވަރަކަށް މިނެޓް ފަހުން ކައިޝް ހުރީ މީޝާ އުޅޭ ގޭ ކުރިމަތީ ގައެވެ. އިރުކޮޅަކުން އާނާ ޔަނާލް އަދި ފިޒާން ވެސް އައެވެ. އެންމެން އެކީ ގޮސް ގެއަށް ވަނީ މީޝާ އަށް ސަޕްރައިސެއް ިނުމައްޓަކައެވެ. މާގަމާ އަކީ ސްކޫލް ދުވަހަކަށް ވާތީ ބާރަ ޖަހަންދެން ތިބެވެން ނެތުމުން އެންމެން ވެސް ގަސްތުކުރީ މިގަޑީގައި ސެލެބުރޭޓް ކުރާށެވެ. ޔަނާލް ގޭދޮރު ތަޅުނޑިން ހުޅުވާލިއެވެ.
“ސަޕް …..” ބުނަން އުޅުނު ޖުމްލަ ޔަނާލް ކަރުތެރޭ ތާށިވެގެން ދިޔައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
32 Comments!
Comments are closed.



Hey guys.. here’s 12 tg part.. ummeedhu kuran kamudhaane kamah. .. do comment below ?have nice day?☺?
Varah loabi…..next part ventha
Thanks mai ?
Me first tha… Reethi ingey… Bust v baa?
Haha.. yes ur.. thanks reader
Reethi❤
Thanks nerz☺
oh no .. yunaan anehka kyhkury ??
vrh reethi stry
Thanks unaal.. keep reading .. dhen vaa goi vs ingeyne …hehe?
Vrh nice❤❤???????kon irakun next part✌??
Thanks kiyaaraa☺ next part tomorrow genesdheynan in sha Allah
L❤❤❤v it…v .nice…mashallah,u re doing a great job??????
Thanks unknown girl.. ?☺
Reethiness when next part
Next part tomorrow in sha Allah ☺
Salhi…..
Thanks Riii
v reethi kon irakun next part up kuraanii
Thanks Gisha.. in sha Allah tomorrow ☺
Wowwww wat will happen next . N when is the next part???
Thanks Elena ?
V V V Salhi. Waiting for next..
Thanks Rsh ??
Alhey muroo khonthaakun thiya ninmaaly.. Dhenvaany kihinehbaa dhw.. Dhen vaane gothakaa dheytherey visnaalan dhookohlaafa muroo thiya ninmaaly.. V v v rythi mibaives
Thanks ainthu..? dhen vaagoi balaalan nxt part kiyaalahchey..in sha Allah tomorrow genesdheynan ☺
v salhi mi bai ves… kiyaahithun hutta e nimuny.. 😀
Thanks nuher
Vv salhi ❤️️❤️️
thanks preincess afu??
Thankolheh dhigukoh genes dheynama… v salhi aslu
Thanks shaa☺
VV salhi waiting for next part ???