ޒިޔާދު ކޮޓަރީގެ ދެކޮޅުގައި ހިނގަމުން ދިޔައިރު ހީވަނީ ކަމަކާ ވިސްނާހެންނެވެ. އޭނާ ޔާނާ އަދި ލާރާ ކައިރި މިވާހަކަ ބުނާނީ ފަހެ ކިހިނަކުން ހެއްޔެވެ. ކުރިން އާޝިއާ ހުރުމުން މިކަން އެމީހުން ކައިރި ބުނަން ފަސޭހަވާނެ ކަމަށް ޒިޔާދު ހީކުރިއެވެ. ނަމަވެސް މިހާރު އާޝިއާއެއް ނެތެވެ. ޒިޔާދު ހުއްޓިލާފަ މަތި ސީލިންގްއާ ދިމާލަށް ބަލާލިއެވެ. “މަންމާ ވަރަށް ހަނދާންވޭ” ޒިޔާދު ފުންނޭވާއެއް ލިއެވެ. މިރޭ ކޮންމެހެންވެސް ޔާނާމެން ކައިރި މިވާހަކަ ޒިޔާދު ބުނާނެއެވެ. ޒިޔާދު ފޯނު ނަގައި […]
“އޭ އަޔާޒު! އެީ ދޯ އަހަރުން އުޅޭނެ އެޕާރޓްމެންޓަކީ؟” ލަވައިގެ މާނަވީ ބަސްތަށް މަޑުމަޑުން ކިޔަމުން ދިޔަ އަޔާޒަށް ސިހުންވެރިކަމެއް ލިބި ކާރު ހުއްޓާލީ މައިސަން އަޔާޒުގެ ކޮނޑުގައި ކޮޮއްޓާލައިފައި ގޮވާލުމުންނެވެ. އޭރު މައިސިން ހުރީ ބޮޑު އިމާރާތަކަށް އިޝާރާތް ކޮށްގެންނެވެ. ހަތަރު ބުރިއަށް ހަދާ، މަޑު ނޫކުލައިން ފަޅުފިލުވާލައިފައިވާ އެ އިމާރާތް ފެންނަނީ ނުހަނު ފުރިހަމަ ކޮށެވެ. އެޢީ އެ އިމާރާތްކަމަށް ބުނެ އަޔާޒު އަވަހަށް ކާރުން ފޭބީ ވެފައިވާ ވަރުބައްޔަށް ކުޑަ ލުޔެއް ދިނުމަށްޓަކައި […]
5 ވަނަ ބައި (ހަތަރުވަނަ ބައިގެ ތެރެއިން…) “ހިންހަމަޖައްސާދޭން ބޭނުންވާ މީހާކަށް މައިޝާހިންހަމަ ޖައްސައިދެއްވިޖެއެންނު. ދެން ކޮންމެހެން އަހަންނަށް ހިންހަމަޖައްސައިދޭ ވާހަކަ ދައްކާނެކަމެއްނެތް!” ހިތަށް އެއްވެސް އެއްޗެއްނާރުވައި އެފަދަ އެއްޗެއް މައިޝާއާއި ދިމާލަށް ކިޔާން ބުނީ ރުޅިވެރިކަމުގެ ނަޒަރަކުން ބަލަންހުރެއެވެ. ކިޔާންގެ މި ޖުމްލަ ދުލުން ބޭރުކޮށްލުމާއިއެކު މައިޝާގެ އަނގަމަތީ އަތްއަޅާ ޝަހާދަތްކިޔާލެވުނީ ދެލޯބޮޑުވެ ދެރަވެ ހައިރާންވާ ހާލުއެވެ. “ޔޫ ނޯ ވަޓް! އައި މޭޑް ދަ ބިގަސްޓް މިސްޓޭކް ދެޓް އައި ގޮޓް މެރީޑް ޓު […]
“އައްސަލާމް އަލައިކުމް.. އޭ ޝަބީން ދެން އެކަމަކުދޯ.. އަޅެ ހިތްކިޔާކަހަލަ ގޮތެއް މަގައިގަ ހުރީތަ.. އަނެއްކާ ތި އައިނު އެޅީމަ މަފެންނާނީ އަންހެނެއްގެ ސިފައިގަތަ… ތިވަރަށް ތިބަލަނީ.. ” ” ތީ.. ތީ.. ” “ސާބަހޭ.. މީ މަލީހް.. ” އެންމެފަހުން ޝަބީންއަށް ފުރިހަމަނުކުރެވިގެން އުޅެނިކޮށް މަލީހް ބުނެލިއެވެ. ވީ އުފަލާއެކު މަލީހްގައި ބައްދާލަމުން “ބްރޯ.. މިހާރު ހަމަރަންގަޅަށްވެސް ޑޮކްޓަރަކާ ތަފާތެއްނެތް.. އެކަމަކު ހާދަބޮޑަކަށޭ ތިހުރީ ޗޭންޖްވެލާފަ މީ އަނެއްކާ އަންހެނުންތަ.. ” އެހެން އަހާލުމާއެކު މަލީހްއަށް […]
ހިތްވަރުކޮށްފައި ކައިވެނި ކުރެވުނީއްސުރެ މިޒްރާ އޭނާއާާ ދޭތެރޭ އަމަލުކުރަމުން އައި އިހާނެތިގޮތް ޔައިޝް ކިޔައިދިނެވެ. އަދި މެލޭޝިޔާއަށް ބަދަލުވީ އެކަމުގެ ސަބަބުންކަމަށްވެސް ބުންޏެވެ. އަދި މިޒްރާގެ ދަރިއަކީ އޭނާގެ ދަރިއެއްނޫންކަމާއި ޒާންއާއި މިޒްރާއާާ ދެމެދު ދެކެވުނު ހުރިހައި ވާހަކަތަކެއްވެސް ކިޔައިދިނެވެ. އިވުނު ވާހަކަތަޖެއްގެ ސަބަބުން ސާޖިދާގެ ބޮލަށް ހީވީ އެނބުރުން އަރައިގެން ދިޔަހެނެވެ. އޭނާގެ ފަހަތުގައިހުރި މުފީދުގެ ދެބުމަގޮށްޖެހިގެން ދިޔައިރު ސާޖިދާ މިޒްރާއާ ދިމާއަށް ބަލައިލީ ރުޅިވެރި ނަޒަރަކުންނެވެ. “މިޒްރާ. އަހަރެން ދުވަހަކުވެސް ހިއެއްނުކުރަން މިޒްރާ ޔައިޝްއާ […]
“ދޮންބެ ދެން ޔުމްނާ ގާތު ބުނެފިންތަ ލޯބިވާ ވާހަކަ؟ ލެޓް މީ ގެސް.. ނުބުނަން ދޯ؟ އަޅޭ ކޮންފެސް ކޮށްބަލަ.. އޭރުންދޯ ޔުމްނާގެ ހިތުގައިވާ އެއްޗެއްވެސް އެނގޭނީ..” އަރޫޝާ އާރިކްއަށް ވިސްނައިދޭފަދަ ގޮތަކަށް ވާހަކަދެއްކިއެވެ. ބޭރުން އަޑެއް އިވިގެން ދެމީހުންވެސް ދޮރާ ދިމާއަށް ބަލާލިއެވެ. އެ ކޮޓަރީގެ ދޮރު ކުރިމަތީގައި ހުއްޓިގެން ހުރި ޔުމްނާ ފެނުމުން ދެމީހުންގެ ބަސް ވެސް ހުއްޓުނެވެ. “އަމްމް.. ފެންފުޅި ހުސްވެފަ ހުރީމަ..” އަތުގައި އޮތް ހުސް ފުޅި ދައްކާލަމުން ޔުމްނާ ބުނެލިއެވެ. […]
“މަހުދީ ހޯދަން ތިގެއަށް ދިޔައީމަ ކުޑައްތަ ބުނީ އަވްލީން ހޮސްޕިޓަލްގަ ބާއްވާފަ އޮތީމަ އަވްލީން ކައިރިއަށް އައިސްއޭވީ.. އެހެންވެ ޒީތުވެސް މިއައީ މަހުދީއާއެކު މިތާނގަ އިންނަން.. ގޭގަ އަބަދު އިންނަންވީމަ ވަރަށް ފޫހި..” ޒީނަތު އެހެންބުނުމަށްފަހު މަހުދީގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. “މަޑުކޮށްބަލަ މަޑުކޮށްބަލަ.. ޒީތު ޓެސްޓަށް ދަސްކުރާކަށް ނުޖެހޭތަ.. ޒީތު މިތާނގަ އިނަސް ފޫއްސެއް ނުފިލާނެއެއްނު.. ޒީތުދޭ ގެއަށް. ގޮސް ދެން އޮންނަ ޓެސްޓަކަށް ރެޑީވޭ..” މަހުދީ ޒީނަތުގެ އަތް އޭނަގެ އަތުން ނައްޓާލަމުން ވާހަކަދެއްކިއެވެ. […]
އެނދުގައިއޮތް އަޖުވަދު ދެލޯ ހުޅުވައިލައި ބަލައިލީ އޭނާގެ ފުރާނަ ސަލާމަތްކުރި މީހަކީ ކާކުކަން އެނގެންބޭނުންވެފައި އޮތްލެތް ބޮޑުކަމުންނެވެ. އެތެރެއަށް ވަދެގެން އައި ޝިވަން ފެނުމާއެކު އަޖުވަދުގެ ދެލޯ ބޮޑުވެގެން ދިޔައެވެ. “ޝިވަން. ޝިވަންތަ އަހަރެން މިތަނަށް ގެނައީ؟” މަޑުމައިތިރި ރާގަކަށް އަޖުވަދު އަހައިލިއެވެ. އޭނާއޮތީ ޝިވަންއަށް އައިސްފައި ހުރި ބަދަލުތަކުން ހައިރާންވެފައެވެ. އެންމެ ފަހުން ޝިވަން ފެނުނުއިރު ހުރިގޮތާއި މިހާރު ހުރިގޮތް ވަރަށް ތަފާތެވެ. “ލައްބަ. ބޭބެ މިހާރު ކިހިނެއްތޯ؟” މަޑުމައިތިރިކަމާއި އަދަބުވެރިކަމާއެކު ޝިވަން އަހައިލިއެވެ. “ކުޑަކޮށް […]
މިކްޔަން ދިޔަގޮތަށްގޮސް ހިފީ ޔާނާގެ އުނަގަނޑުގައެވެ. އެއަށްފަހު ކައިރިއަށް ދަމާލިއެވެ. “ޔަން” ލަދުގަންވަރުން ޔާނާ މަޑުމަޑުން އެކިކޮޅުކޮޅަށް ބަލާލަމުން ބުނެލިއެވެ. “ކީއްވީ؟” ނޫން ކަމަށް ހަދާލާފަ މިކްޔަން ބުނެލިއެވެ. “ކަމެއްނުވެ” ޔާނާ މިހެންބުނެ ހިތްހަމަ ނުޖެހި ހުރެ މިކްޔަންގެ އަތް ނައްޓުވާލިއެވެ. އެންމެންގެ ތެރޭ އެހެން އުޅެން ޖެހޭ ހެއްޔެވެ. މިކްޔަން ގޮތްދޫނުކުރުމަށްޓަކައި ޔާނާގެ އަތުގައި ހިފައިގެން ހުއްޓެވެ. ޔާނާވެސް ދެން އެކަމާ މާބޮޑަށް އަޅައެއްނުލައެވެ. “ވާހަކައެއް ބުނަންތަ؟” މިކްޔަން ޔާނާގެ ކަންފަތްބުޑުގައި ބުނެލިއެވެ. ޔާނާ ބޯ […]