ސިއްރު ސިއްރުން ހިތޭ… (12)
ޖާވިދު.. އާލިމާ އަށް ހިތާހިތުން ކިޔާލެވުނެވެ. އަދި ޝަބީންއަށް ބަލާލީ ޖާވިދުއާއި ވައްތަރުތޯ ބަލާލުމަށެވެ. ނަމަވެސް އެވަގުތު ޝަބީން އަށް ފޯންއެއްއައުމުން އެއްފަރާތްވެލީ ބައްޕަ ގުޅަނީ ކަމަށް ބުނެއެވެ. ކޮންމެއަަކަސް އެނަން އިވުމާއެކު އާލިމާއަށް އިތުރަށް އެކަތިކޮޅުވެސް އެތެރެކޮށްނުލެވުނެވެ. އޭރު ނަވާރު އާއި ޝިވަންގެ އިތުރުން ޖުމްނާ ޓެރަހުގަހުރި އުނދޯލިގޭގައި ސައިބޮއި ނިންމާލާފައި ގޮސް ވާހަކަދައްކަން ތިއްބެވެ. ހަމަ އެގޮތަށް މަލީހް އާއި ޖުމާނާވެސް މާގަސްތަށްކައިރީގައި އޮލަވާހަކައެއްގައި ތިބުމުން ބޮޑެތިމީހުން އެމީހުންގެ އަމިއްލަ ވާހަކައަށް އެނބުރުނެވެ.
“އަޅުގަނޑު ބައްޕަމެން އަންނަހަފްތާގައި އަންނަމޭބުނީ.. ” ފޯނުނިންމާލާފައި އައި ޝަބީން ޒިޔާދުކައިރީ ގައި ބުނެލިއެވެ. އެވަގުތު ރަޝީދު ޝަބީންއަށް ގޮވާލާފައި އިށީންދެލަން އެދުމުން މަލީހްމެންނަށް ބަލާލާފައި އަވަަހަށް އިށީންދެލީ ރަޝީދުއަށް ހިނިތުންވުމެއް ރައްދުކުރަމުންނެވެ. “ކިހިނެއްވީތޯ.. ” ” ޝަބީން މެންގެ ރަށަކީ ހަމަ ބުރުނިތަ.. ” ކޮށްލިސުވާލުން ޝަބީން ރަޝީދަށް ބަލަން އިނދެވުނީ އެވެ. ” އެއްޗެކޭ ހީނުކުރަށްޗޭ ބޭބެ މިހެންއެހީމަ.. ބޭބެ އަދި ނުދާރަށެއްވީމަ އަހާލީ.. ” ރަޝީދު ޝަބީނުއަށް ވީގޮތްފެނިފައި އަވަހަށް ބުނެލިއެވެ. ” ލައްބަ.. އަޅުގަނޑު ކިޔަވަ ނިންމާލާފަ މާލެ ބަދަލްވީވެސް.. އަނެއްކާ ޝިވަންގެ ބައްޕަވެސްތީ އެރަށުމީހަކީތޯ.. އޭރުން ހާދަ ރަނގަޅުވާނޭ.. މަލީހް އާއި ޝިވަންއާއިއެކުގަ ގުރާދުއަށް ގޮސްލާފަ.. ބާކީ އޮތްބައި އަޅުގަނޑުމެންރަށަށް ދެވޭނެއްނު.. ” ޝަބީން ހިނިތުންވެލާފައި އެހެން ބުނުމުން ރަޝީދުއަށް ހިންދިރުވާލެވުނެވެ. “ނޫނޭ މިހާރު އެންމެ މިވިސްނާލީ ޒިޔާދު ކީގޮތުން ތިރަށް ރީތިވީމަ ތިރަށަށް ޗުއްޓީއެއްގަ ގޮސްލަން ދޯ އާލިމާ .. ” އާލިމާ މާމަޑުން އިންނަންފެށުމުން ރަޝީދު އަވަހަށް އާލިމާއަށް ދޯދިނެވެ.
” އެހެންވީމަ އާލިމާދައްތަ އެއީ ގުރާދޫ މީހެއްވީޔާ.. ހޫމް ޔަގީން އިނގޭނެ.. ” ގެއަށް ދިޔަމަގުމަތީގައި ޝަބީންގެ ހިޔާލަށް އައިއެއްޗަކުން ސައިކަލް ތަންކޮޅެއް ބާރަށް ދުއްވާލީ ގެއަށް ގޮސް އޭނާގެ ބައްޕައަށް ގުޅާ އަވަހަށް ގުރާދޫ މީހަކާ ދިމާވި ހަބަރުދިނުމަށެވެ. ޝަބީންވެސް މިހާރު ބޭނުންވަނީ އޭނާގެ ބައްޕަ އަށް ހެޔޮގޮތް ވިސްނުމުން އެކަމުގައި ވެވުނުވަރަކުން އެހީތެރިކަން ދޭށެވެ.
“ހެލޯ.. ބައްޕާ ނުދުރުވަނީތޯ.. މިހާރު ބައެއްބޭފުޅުން ދުރުވެއްޖެ ކޮންފަރެންސް ހޯލަށް.. ” “ނޫނޭ ދަރިފުޅާ މިހާރު ބައްޕަ މިއަރާނީ ލިފްޓަށް.. އަވަހަށް އާދޭ ދަރިފުޅުވެސް.. ” ނަވާރު އޭނަގެ ބައްޕަ އާއި ބައްދަލްކޮށްލަން އައި ކްލައިންޓްތަކެއް ތިބުމުން ހަނދާންކޮށްލަދޭން ގުޅިއެވެ. އަދި ޒިޔާދުބުނިފަދައިން ނަވާރުވެސް ކުރަންހުރި މަސައްކަތްތަށް މަޑުޖައްސާލާފައި އަވަހަށް ކޮންފަރެންސް ހޯލާއި ދިމާއަށް ދިޔައެވެ.
އޮފީހުގައި ބުރަކޮށް އުޅުމަށްފަހު ބްރޭކް ގަޑި ޖެހުމުކުރިން މަސައްކަތްތަށް ނިމުމުން ޝިވަން ޖުމްނާއަށް މެސެޖްކޮށްލިއެވެ. *ބޭބް .. ބިޒީތަ؟ ކީއްކޮށްލަނީ؟ މިހާރު ތިލޯބިމޫނު ދެކިލާހިތުން ހުރެވެނީއެއްނޫން.. ޝިވަން އެބަދަން އިނގޭ ތިއޮފީހަށް.. * މެސެޖް ކޮށްލުމާއެކުހެން އެހާ އަވަހަށް ރިޕްލައި އައެވެ. *ބޭބް އޭ.. މޮޔަވީޔަ އަޅެފަހެ.. އުހުން ކޮންމެހެން މިއޮފީހަށް އަންނާނެކަމެއްނެތް.. މިއުޅެނީ ބައްޕައާ އެކު ވަރަށް ބިޒީކޮށް..* މެސެޖް ފެނުމާއެކު ޝިވަންގެ ދެލޯދިޔައީ ބޮޑުވެގެންނެވެ. އަދިހަމަ އެހާދެރަވެސް ވިއެވެ. “ކީއްވެ.. ކީއްވެ ޖުމް ތިހާ ރޫޑްވީ.. އާ .. ޝިވަން މޮޔަވެފަ މިހުރީ .. ޖުމްގެ ލޯތްބަށް ވަރަށް ބޭނުންވެފަ މިހުރީ.. ” ޝިވަންގެ ހިތުގައި ޖުމްނާ އާއި ދޭތެރޭ ޝަކުވާއުފެދުނެވެ. *ޖުމް ކީއްވެގެން ތިހެން ތިބުނީ.. ޝިވަން ވަރަށް ދެރަވެއްޖެ.. * ހިތަށް ކެތްނުވުމުން އަނެއްކާވެސް އެމެސެޖް ކިޔާލާފައި ޝިވަން ރިޕްލައިކޮށްލިއެވެ. އެއާއެކު ކުއްލިއަކަށް ނަވާރު ގުޅަންފެށުމުން ހަމަޔަކަށް އެޅިލާފައި ފޯނުނެގިއެވެ. “ހެލޯ.. ” ” ހެލޯ..އޭ.. މީހަކު އަޅެފަހެ ދިވާނާއެއްނުވާނެތަ.. މަށްއެބަހީވޭ މިބެއްޔާފުޅު އަދި ގުރާދުއަކަށް ނޫން ގުރައިދުއަށް ލާންޖެހޭނެހެން…” ޝިވަން ފޯނުނެގުމާއެކު ނަވާރު އެއްފަށްޗަކަށް އަމުނައިލިއެވެ. ވެފައި ހުރި ދެރަޔާއެކު ނަވާރު ކީއެއްޗެއް ޝިވަންއަށް ނޭންގުމުން ” ކީކޭތަ އަޅެ ނަވާތިކިޔަނީ..” އަހާލިއެވެ. ” ހޫމް ހަމަރަނގަޅަށްވެސް މީނަޔަށް ޖާގައެއް ހޯދަންވީ.. އާ އެހެންޔާ ފަހެ.. އިއްޔެގައޭ ޖުމް އަށް ޕްރޮޕޯސްކުރީ.. މިއަދު މަށަށް ތިމެސެޖްކުރަނީ ޖުމްކަމަށް.. އަޅެއެކަމަކު އަހަރުމެން ދެމީހުންގެ ނަންވެސް އިންނަނީ އެކަައްޗެއް ޖަހާފަ ސޭވްކޮށްފަތަ.. ” ވީގޮތް ރޭކާލުމާއެކު ޝިވަން އަށް ހޭންފެށީ ރަކިނުވާންވެގެންނެވެ. ” އޫން މަނޫޅެންއިނގޭ.. ހަމަ އޮޅިދާނު މިހެން ބުރަކޮށް އުޅޭއިރުގަ.. އެހެން ނޫނަސް ނަވާގެ ނަންބަރު ދެންބައިންދާނީ މުސްކުޅިދައިތަ ޖަހާފަ ސޭވްކޮށްފަ..” ޝިވަން އެހެންބުނުމާއެކު “ހެވޭ” ކިޔާ ނަވާރު ފޯނުބޭއްވީ އޭނަގެ ބައްޕަ ގޮވާލުމުންނެވެ.
އިޝާނަމާދު ކޮއްލައިގެން ނިކުތް ޖުމާ މަލީހް ގޮވާލުމުން އެކޮޓަރިއަށްދިޔައީ އެތާންގައި ނިމާލްއިނދެދާނެކަމަށް ނޫނެވެ. “އާދެ ދަރިފުޅާ.. ބައްޕަމިކިޔަނީ މަލީހްބެ ކައިރީގަ މިރޭދާށޭ ސައިކަލެއްނަގަންދެން.. އަބަދު ހިނގާފަ ބޭރުގަ އުޅެން އުނދަގުވާނެއްނުދޯ.. އެކަމަކު މަލީހްބެ ބޭނުންވީ ޖުމާ އަށް ކަމުދާ އެއްޗެއްނަގަން.. އެެެންވީމަ ދެކުދިން މިރޭ ދާންވާނެ އިނގޭ.. ގޮއްސަ އަގުބަލާފަ ބައްޕައަށް އަންގާލަ އޭރަށް ބައްޕަ މަލީހްބެ އެކައުންޓަށް ޓްރާންސްފަރ ކޮށްލަދޭނަން.. މިހާރު އެއްކޮށް ޕޭކޮށްލީމަ އެންމެ ފަސޭހަވާނީ.. ” ނިމާލް އެހެންބުނުމާއެކު ޖުމާ ” ލައްބަ” އޭ ބުނެފައި ނިމާލްމެންނަށް ކާން އައުމަށްބުނެފައި ދިޔައީ ބަދިގެއަށެވެ. އޭރު ޖުމްނާ ކާންހެދުމުގައި އަވަދިނެތިއުޅެމުން ދެއެވެ. “އަހަ ކޮއްކޮ.. މިހާރުދެން މިކަން މިނިމުނީޔޭ.. ތީނދަ ސެލެޑްކޮޅު ނަގާފަ ދޭ ބައްޕަމެންނަށް ގޮވާލަން.. ” ” ޖުމާ މިއައީ ބުނެފައޭ ކާންހަދަން އެކަމަކު މިކަންވެސް މިވީއެެއްނު.. ” ޖުމްނާ އެހެންބުނުމާއެކު ޖުމާނާ އަވަހަށް ސެލެޑްކޮޅުނަގާފައި އެވާހަކަބުނެލިއެވެ.
ރޭގަނޑުގެ ކެއުން ނިންމާލުމަށްފަހު އަރާމްކޮށްލައިގެން 8 30 ވީއިރަށް މާލީހް އާއި ޖުމާ ޓެކްސީއެއް ނަގައިގެން ދިޔައީ މަޖީދީމަގު ބުރުކައިރީގައި ހުންނަ މޮޓޯއެކްސްޕާރޓަށް ރަނގަޅު ސައިކަލެއް ބަލާށެވެ. ދެކުދިން އެކީގައި ކާރުން ފައިބައިގެން އެޝޯރޫމަށް ވަދެ އެކި ސައިކް ބަލަމުން ދަނިކޮށް އެމަގުން އެވަގުތުދިޔަ ޝަބީންއަށް ފެނުނެވެ. އަވަހަށް ސައިކް ޕާރކް ކޮއްލާފައި ސިއްރު ސިއްރުން އައިސް އެމީހުންގެ ފުރަގަހުގައި ހުއްޓިލިއެވެ. ” ދެން ޖުމާ ބުނޭ.. މީ މާހްބެއަށް އެންމެ ކަމުދާ ދެސައިކް، ދެން އޮންނާނީ ޖުމާގެ ޗޮއިޒްއެއްނު.. ” ކަޅުކުލައިގެ ޒޫމެކްސް އަކާއި މެޓްބްލެކް އެއަރބްލޭޑް އަކަށް އިޝާރާތްކުރަމުން މަލީހް އެހެން އަހާލުމާއެކު. ” ތީނދަ މެޓްބްލެކް އެއަރބްލޭޑް..” އޭ ޝަބީން ބުނެލިއެވެ. އިވުނުއަޑާއެކު މަލީހް އާއި ޖުމާއެކީގައި ފަހަތްބަލާލިއިރު ޝަބީން ހެވިފައި ހުއްޓެވެ. “އޭ ބީން މިތާ.. ކިހިނެއްވީ ސައިކް ހަލާކްވީތަ… ” މަލީހް އެހެން އަހާލިއިރުވެސް ޝަބީންގެ ނަޒަރުހުރީ އިސްޖަހާލައިގެން އިން ޖުމާއަށެވެ. “ނޫނޭ.. ދެކުއްޖަކު ސައިކަލެއްނަގަން މަޝްވަރާކުރަނިކޮށް ފެނިފަ އެހީއެއްވެދެން މިވަނީ..” ލާނެތްގޮތަކަށް ހެމުން ޝަބީން އެހެން ބުނިއިރުވެސް ބެލެނީ ހަމަ ޖުމާއަށެވެ. ކަށިމައްޗާހަމަޔަށް އަރާ ދިގުހެދުމެއް ލާފައިވާއިރު ހަމައެކުލައިގެ ބުރުގާއެއް ޒަމާނީގޮތަކަށް އަޅާލައިފައިހުރި ޖުމާ ހީވަނީ ހަމަ ފަތްމިންޏެއްހެންނެވެ. “އެންމެ ރަނގަޅޭދެން.. އައިމަވެސް ދެން އެކީގަ ސައިކް ނަގައިގެން ރައިޑަކަށް ދެވޭނެތާ.. ޖުމާ ކޮބާ ކޯއްޗެއްކަމުދަނީ.. ” މަލީހް އެހެން އެހުމާއެކު ޖުމާވެސް ބޭނުންވީ އެ އެއަރބްލޭޑްއެވެ. ހަގީގަތިގައި ޝަބީންގެ ކޮންމެހޮވުމެއްވެސް ޖުމާއަށް ކަމުދެއެވެ. ޝަބީންގެ ކޮންމެ ހަރަކާތެއްވެސް ސިއްރުން ބަލަނީ އެހިތަށްލިބޭ އުފަލެއްގެ ބޮޑުކަމުންނެވެ. ނަމަވެސް ފާޅުގައި އެއިން ކަމެއް ނޫނީ ބަހެއްބުނަން ޖުމާ ފަސްޖެހެއެވެ. އޭނަގެ ސަބަބުން ޝަބީންއާއި މަލީހްގެ ގުޅުމަށް ހީނަރުކަމެއް އައިސްދާނެތީއެވެ.
“އޯކޭ އެހެންވީމަ މާހްބެ މިދަނީ ބައްޕައަށް އަންގާލާފަ ޕޭމަންޓް ކަންތަށް ހަމަޖައްސަން.. ޝަބީން މަޑުކޮށްލަޗޭ ޖުމާކައިރީ..” މަލީހް އެހެން ބުނެފައި ދަމުން ޝަބީން ކޮނޑުގައި ޖަހާލާފައި. ” ބެލިއަކަށް އަދި ނުވާނޭ.. ވާހަކަދައްކާށޭ.. ” ސިއްރުން ބުނެލާފައިދިޔައެވެ.
“ހެއި ރެޕަންޒަލް.. ކޯއްޗެއްތަ މިކިއުނީ.. ޖުމާ.. ކިހިނެއްތަ.. ” ވީއުފަލެއްގެ ބޮޑުކަމުން ޝަބީންއަށް ރަނގަޅަށް ވާހަކަވެސް ނުދެއްކުނެވެ. ” ރަނގަޅު.. ޝަބީން ކިހިނެއްތަ.. ” ޖުމާ އިސްއުފުލާލާފައި ޝަބީންއާ ދިމާއަށް ބަލާލަމުން އަހާލިއެވެ. “މާޝާﷲ އެހެރަ ރީތިބެލުމެއް.. ނަސީބެއް ޖުމާ އިސްޖަހައިގެން ގިނައިން އުޅޭކަން އެހެންނޫންނަމަ މަށަށްމިހާރު ޖެއްލިޖައިސް..” ޝަބީން ހިތާހިތުން ކިޔާލިއެވެ. “މީ.. ޖުމާ ކީއްވެގެންތަ މިހާރު އެހާދުރީ އެދުވަހު ތިރަށުން ވާހަކަދެއްކީމަ އަހަރެން ހީކުރީދެން ފްރެންޑް ވާނެކަމަށް .. އެކަަަމަކު ފެނުނަސް ދަނީ އިސްޖަހާލާފަ..” ޝަބީން އޭނަގެ ހިތުގައިވާ ޝަކުވަ ކޮށްލިއެވެ. “ނޫނޭ ހަމަ ފްރެންޑް.. ދެން އެކަމަކު އެހާ ވަހާކަދައްކަން ނުކެރެނީ.. ” ޖުމާއެހެންބުޖި އިރު މޫނަށް ޖަންބުކުލަ އަރައިގެން ދިޔަތަން ޝަބީންއަށް ފެނުނެވެ. ” ދެން އެކަމަކު އެހެން ނަހަދައްޗޭ.. ފްރެންޑް ކަމަށްބަލާނީ ވާހަކަދައްކާނަމަ.. ” ޖުމާ ލަދުގަހެއްހެން ވާގޮތް ފެނުމުން ޝަބީން ލާނެތްފާޑަކަށް އެއްލޯމަރާލާފައި އެހެންބުނެލިއެވެ.
“ހިނގާދާން މިއައީ ހުރިހާ ކަމެއްހެން ނިންމާލާފަ.. އެންމެ ފުރަތަމަ ރައިޑްވެސް ޖުމާއަށް ލިބުނީނުމި.. ދޯ.. ” މަލީހް އެހެންބުނުމާއެކު ޖުމާ އާއިކޭބުނެ މަލީހްފަހަތުން ބޭރަށް ނިކުތެވެ. “އަދި ހަނދާން ނެތިފައޭމިހުރީ.. ތިމީހުން ޖޮބްހަމަޖެހުނީނު އެހެންވީމަ ޖެހޭނެ ޓްރީޓްދޭން.. ” ޝަބީން ކުއްލިއަކަށް ހަނދާންވުމުން ބުނެލިއެވެ. އޭރު ތަނުގެ މުއައްޒަފުން ސައިކަލް ނެރެދިނުމުން ” ތިކަން އޮންނާނޭބުނެ މަލީހް ޖުމާގޮވައިގެން ސައިކަލް ދުއްވާލީ ޝަބީންކައިރީ ހިނގާށޭކިޔާފައެވެ.
*********
ދުވަސްތަށް ހަލުވި ބާރުމިނުގައި ކުރިޔަށްދަމުން މިއަދަކީ މަލީހްއާއި ޖުމާ ވަޒީފާއަށް ނިކުންނަދުވަހެވެ. ދެކުދިންނަށް އޭ.ޑީ.ކޭ ހޮސްޕިޓަލުން ކީ ހޫނުމަރުހަބާއެކެވެ. އެހެންވެ ހާސްވެފައިވާ ޖުމާ ހަމަޔަކަށް އެޅޭގޮތްވިއެވެ. އަދި މަޑުމަޑުން ތަނުގެ މުއައްޒަފުންނާއި ގުޅުން ބަދަހިވަމުން ދިޔައެވެ.
ޝަބީން ތައްޔާރުވަމުން ދިޔައީ އޭނަގެ ބައްޕަމެންބަލާ އެއަރޕޯޓަށް ދިއުމަށެވެ. އަދި ގެއަށް އައުމުން އާލިމާގެ ވާހަކަދައްކާށެވެ. އެދުވަހު ފަހުން ޝަބީންގެ ހިޔާލުބަދަލްވީ ބައްޕަ މާއަވަސްއަރުވާލާފައި އަންނަން އުޅެފާނެތީއެވެ.
މެންދުރުފަހުގެ ފްލައިޓުން އައި ޖާވިދުއާއި ސާދިޔާގޮވައިގެން ޝަބީން ގެއަށް އައިރު ހުރީ ހަވީރުވެފައެވެ. ގެއަށް ވަދެގެން އައި ޝަބީން ކުޅިދިޔާވީ ބަދިގެއިން ދުވާ މީރު ހެދިކާގެ ވަހުންނެވެ. ސާންތީ ކައިރީގައި މަންމަމެން އަންނަ ވާހަކަބުނުމުން އޭނާ ސައިހެދީއެވެ. “މަންމާ މަށަކަށް ކެތެއްނުވާނެ ހިނގާ އަވަހަށް ސައިބޯން.. ” ބަނޑުގައި އަތްކާތާލަމުން ޝަބީން އެހެންބުނިއަޑަށް ސާންތީވެސް ނިކުމެ ސައިރެޑީކަމަށް ބުނެލިއެވެ. ސާދިޔާ ބޭނުންވީ އާއިލީ ސަޔެއްބޯލުމަށްކަމުން ސާންތީކައިރީ އެހެންވީރު ދިޔަސް އެންމެ ރަނގަޅޭބުނުމުން ސާންތީދިޔައީ ހުރިހާކަމެއް ރެޑީކޮށްލާފައެވެ. “ހޫމް ދެންވެސް ހިނގާ މިހާރު އެސޮރު ގޮހޮރު ވަޔާތެޅޭނެކަންނޭގެ..” ސާދިޔާ މިހެންބުނުމާއެކު ޝަބީންއާއި ޖާވިދުހެމުން ސައިބޯންވަނެވެ.
“ބައްޕާ .. އަޅުގަނޑުވާހަކައެއް ނަންގަންނަވަންތޯ.. ” “އަވަހަށްބުނޭ..” ޝިވަން އެހެންބުނުމާއެކު ކުރަންހުރި މަސައްކަތް އެއްފަރާތްކޮށްލާފައި ރަޝީދު ޝިވަންއަަށް ވަގުތުދިނެވެ. ” އަޅުގަނޑު މިހިތަށް އަރަނީ މިމަސް ނިމޭހާތަންގަ ކައިވެނިކުރަން.. އަދި މިމަސްފެށޫނީ އެހެންވީމަ ވަގުތުވެސް އެބައޮތެއްނޫންތޯ..” ބުނަން ނުބުނަން ހުރެފައި ޝިވަން އެންމެފަހުން އޭނަގެ އެދުން ހާމަކޮށްލިއެވެ. ” ތީގަ އޮންނާނީ ތިދެކުދިން ތިކަމަށް ގޮތެއްނިންމުން.. ބައްޕަގެ އެއްވެސް އިއުތިރާޒެއްނެތް.. އެކަމަކު އެމަންޖެގެ ބައްޕަވެސް ތީގަ ބުނާއެއްޗެއް ބަލަންވާނެ.. ” ރަޝީދު އެހެން ބުނުމާއެކު ޝިވަން އެކަމާ ހިތުންރުހުމުން އެއްބަސްވިއެވެ.
“ހުރިހާކަމެއް އެއްކޮށްނިންމާފަ ދެއްތޯ ބައްޕަމެން ތިދުރުވީ.. ” ޝަބީން ވާހަކަދެއްކީ އޭނަގެ ބައްޕަ ޖާވިދާއެވެ. ” އާން ދަރިފުޅާ އިރާދަކުރެއްވީޔާ ދެން މަންމައަށް ވަރަށް ލުއިވާނެ.. ދެން އެހެންވެ ބައްޕަ މިވިސްނަނީ ލަސްނުކޮށް އަވަހަށް އެރަށަށްދާން.. ” ޖާވިދު އެހެންބުނުމާއެކު ޝަބީން އާލިމާ މަތިން ހަނދާންވިއެވެ. ” ބައްޕަ އެރަށަށް ނުދުރުވިޔަސް އެރަށުމީހަކާ ބައްދަލްކޮށްދެވިދާނެ.. އަޅުގަނޑުގެ ރައްޓެއްސެގެ މަންމައަކީ ގުރާދޫމީހެއް.. އެއީ ވަރަށް ހެޔޮބައެއް ބައްޕާ..” ” އެހެންތަ .. އެކޮންނަމެއް ކިޔާ މީހެއް.. ” ޖާވިދުބޭނުންވީ އޭނަ ދަންނަމީހެއްތޯ އޮޅުންފިލުވައިލާށެވެ. “އާލިމާ ކިޔަނީ..” ޝަބީންގެ ދުލުން އާލިމާއޭ ބުނިއިރަށް ޖާވިދު އަނގަޔަށް ލަާން އުޅުން ހަވާދުލީބިހާއި އުލާއެއްކޮށް ވެއްޓުނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
16 Comments!
Comments are closed.






Assalaam alaikum .. .. kihinehtha hurihaa kiuntherin.. miothee story up kohlevifa..! Unmeedhukuran mibaivess kamudhaanekamah.. ??? don’t forget do comment ? below .. ly all
Wow v nice sissy gandaa
Thank you ximmi kolhaa ???
Yeas again first dhw
Oops Mifaharu nukereyne bunaakah ? kurin dhefaharuvess comment thah load vee ehen kujjakah first dhinfahun ???
Vvvv Reeeeeeeeeeethi….. Whn nxt prt…??????
Thank you Riii .. insha allah type koh nimunhaa avahah upkohladheynan ???
Vvvvv vvvvv nice
WOW V Salhi ???
When next……..part ???
Thank you dear Rsh ???
Wow v reethi geness dheefahurilheh well done dr next part avass kohladhehchey plx plx
Thank you dear Nuz .. ??? happy to c this cmmnt ?
Hii layaa dhoony???
Varah salhi mi part vx. Obiness to the max.. Can’t wait to read nxt part ❤❤❤ awas kohlahcheyyy ???? waiting. Luv u❤❤❤❤??
Awwn ..? thank you my dear SJK ?? ly.. ?
V v v reethi ?
Thank you vin ???