ލޯތްބެއްނެތް ގުޅުން (11 ވަނަ ބައި)
މައިޝާގެ ވިރެމުންދިޔަ ހިތަށް ކުރަމުން ދިޔަ އަސަރު އެނގޭ އެއްވެސް އިންސާނެއް ނެތެވެ. އޭނާ ނަފްސާނީ ބައްޔެއްޖެހިފައި ހުރިކަހަލައެވެ. ކޮޓަރިއަށް ވަތްގޮތަށް އެރޭ ނިމިގެން ދިޔައިރުވެސް މައިޝާ ކޮޓަރިން ނުނުުކުތެވެ. އެނދުކައިރީ ބިންމަތީގައި އަޅާފައި އޮތް ކާރޕެޓްމަތީ އިށީނދެގެން އިންއިރު މީހާގެ އެއްވެސް ހިއްސެއް މަސައްކަތެއް ކުރާ ހެނެއްހިޔެއްނުވެއެވެ. ދެފާ ކުރުގަޅުވައިގެން އިނދެ ވޭތުވެ ދިޔަ ދުވަސްތަކުގައި މުސްތަފާއާއި އެކު ހޭދަކުރެވުނު ވަގުތުތަށް ހަނދާން ކުރެވެނީއެވެ. ކޮންމެ ސިކުންތެއްގައި އޭނާއަށް ކުރުވަމުން ދިޔަ ވަރު އިހުސާސްކުރަމުންނެވެ. އެނދުމަތީގައި އޮވެ މުސްތަފާ އޭނާ ކައި ނިންމަނުން ދިޔައީ ކޮންފަދަ ރަހުމުކުޑަ ގޮތަކަށްހެއްޔެވެ. މައިޝާގެ ލޮލުން ވެއްޓޭ ކަރުނަތައް ބަލަންއޮވެ ވެސް މުސްތަފާބޭނުންވާ ހުރިހާ އަރާމެއް ހޯދަމުންިދޔަ ވަގުތުތައް އޭނާ ހަނދާނުން ނައްތާނީ ކިހިނަކުންހެއްޔެވެ. ފަހަތުން އައިސް ބައްދާލާ ބެއްދުންތަކާ، ފާހާނާގައި ދެމީހުން އެކީ ފެންވަރާ ފެންވެރުނު ދުވަސްތައް ހަނދާންނައްތާނީ ކިހިނަކުން ހެއްޔެވެ. އެހުރިހާ ވަގުތުތަކަކީ މުސްތަފާ މައިޝާދެކެ ލޯބިން ހޭދަކުރި ވަގުތުތަކެއް ނޫންކަން މިހާރު މައިޝާއަށް އެނގިއްޖެއެވެ. ހިތާހިތުން ޝާކުވާ ކޮށް ރޯން އިން މައިޝާ ސިއްސައިގެން ދިޔައީ މީހަކު ކޮޓަރި ދޮރުހުޅުވާލުމުންނެވެ.
“މައި؟ ކޮބާތަ؟ އަނދިރިގަނޑުތެރޭ ކީއްތަ ތިކުރަނީ؟” ކޮޓަރިއަށް ވަދެގެން އައީ ޝިފްނާއެވެ. ދުވާލުގެ އިރުއަރައިގެން އެހާ ވަގުތުވީއިރުވެސް މައިޝާ އިނީ ނުނިދިފައެވެ. ރޭގެ ހާދިސާއަށްފަހު ގެއަށް އައިސް ނުނިދި އެހެންއިނދެވުނު އިރެއްވެސް މައިޝާއަކަށް ނޭނގެއެވެ. ” ކަމެއް ނުކުރަން.. ހަމަ އިނީ..” މައިޝާ ދެލޯމަރާލަމުން މޫނުމަތި ދެއަތުން ފޮހެލަމުން ޝިފްނާއަށް ޖަވާބުދިނެވެ.
“ބަލަ ރޭގަ ކޮންތާކަށްތަ ދިޔައީ، އެންމެން ކާންދާންވެގެން މައި ހޯދާ ހޯދާ… މަވެސް މައިއަށް ހާދަވަރަކަށް ގުޅީމޭ… ފޯނު ނިއްވާލައިގެން ކޮންތާކުތަ އުޅުނީ.. މައި މަންމަ ބުނީ މައި ގެއަކުވެސް ނެތޯ..” ޝިފްނާ ކޮޓަރިތެރެއަށް ވަނުމުން މައިޝާ އިންތަނުންތެދުވެ ފާހާނައަށް ވަނީ ޝިފްނާދެއްކި ވާހަކައަށް ބީރުކަންފަތެއްދެމުންނެވެ.
” މައި ބަލާ މިއައީ.. އވަސްކުރައްޗޭ އިނގޭ… މިއަދު މީ ފަހުދުވަހެއްނު ވޯޓުލާ.. ސޯ މިއަދު ނިންމާ ރަސްމިއްޔާތުގަވެސް ހުންނަންވާނެ..” ޝިފްނާ ވާހަކަދެއްކީ މައިޝާއަށް އަޑު އިވޭވަރަށެވެ. ފާހާނައިންނުކުމެ ޝިފްނާގެ އެދުމުގެ މަތިން މައިޝާއަވަސްކޮށްލައިގެން ނަލަ ހެދުމެއް ގަޔަށް ހެޔޮވަރުކޮށްލުމަށްފަހު ޝިފްނާއާއިއެކު ގެއިން ނުކުތީ އޭނާގެ ހިތުގައި އެނބުރެމުން ދިޔަ ކަންތައްތައް ޝިފްނާއަށްވެސް ސިއްރުކުރަމުންނެވެ.
އެންމެން ހީ ސަމާސާކޮށް އުޅުނުއިރު މައިޝާ ވެސް ދިޔައީ އެމީހުންނާއެކު ސަކަރާތްގަނޑުތެރޭ ބައިވެރި ވެވޭތޯ މަސައްކަތްކުރަމުންނެވެ. އެހެނަސް އޭނާ ކުރީގައި އުޅޭ ހެނެއް ނޫނެވެ. އެކަން ގްރޫޕް އެންމެންވެސް ފާހަގަކޮށް އެވާހަކަދައްކާހެދިއެވެ. ވޯޓު ލައި ނިމުމުން މައިޝާމެންގެ މަސައްކަތްވެސް ނިމުނެވެ. އެރޭ އެކަމުގައި އުޅުނު އެންމެންނަށް ބޭއްވި ބައްދަލުވުމަށް ހާޒިރުވުމަށްފަހު މައިޝާއާއި ޝިފްނާ ގެއަށް ދާން ހިނގައިގަތުމާއިއެކު މައިޝާގެ ފޯނަށް ކޯލެއް އައުމުން މައިޝާ ފޯނަށް ޖަވާބުދޭން ފޯނަށް ބަލައިލިއިރު މުސްތަފާ ގުޅަނީއެވެ. ހިތަށް ކުރުވި އަސަރުން މައިޝާ ބޭނުންވީ މުސްތަފާއާއި ވާހަކަދެއްކުން ހުއްޓާލާ މި ނާޖާއިޒް ގުޅުމުން ސަލާމަތްވާށެވެ. ރޭ ނަހުލާއަށް ކަންތައްތައް އޮޅުވާލުމަށް އެދުނު އެވަރުގެ އިންސާނަކާ ދެން ގާތްވާކަށް މައިޝާގެ ޒަމީރު ގަބޫލެއްނުކުރިއެވެ. ފޯނަށް ބަލަންހުރެފައި ފޯނު ބިޒީ ކޮށްލިއެވެ. އަދި ފޯނު ނިއްވާލިއެވެ. ޝިފްނާގެއަށް ދިއުމުން މައިޝާވެސް ގެއަށް އައެވެ.
“އަނހަ ދަރިފުޅާ؟ އައީތަ؟ މަންމަމެން މިއުޅެނީ ވިލިގިއްޔަށް ދާން.. ބޮޑުދައިތަމެން ގެއަށްދާން.. ދާނަންތަ؟” މައިޝާ ގޭތެރެއަށްވަދެ ސޯފާގައި އިށީނުމާއެކު ބަދިގެއިން ނުކުތް ރަޝީދާ މައިޝާއާއި ސުވާލުކުރިއެވެ.
“ތެދެއް ދައްތާ.. ހިނގަ ދާން… ވަރަށް މަޖާވާނެ.. ބަންދެއްނު.. އަދި ސްކޫލް ހުޅުވަން އެބަ އޮތެއްނު 3 ވަރަކަށް ޑޭސް .. ހިނގާބަ މޫދަށް އެރިލާ ބާބަކިއު ޖައްސަންދާން.. ” މައިޝާއަށް ޖަވާބެއް ނުދެވިގެން އުޅެނިކޮށް މައިޝާއާއި ވާހަކަދެއްކީ އޭނާގެ ކޮއްކޮ މާޝާއެވެ.
“ނޫން. ދައްތަ ދާހިތެއްނެތް.. ދައްތަ ބޭނުމީ ނިދަން… ވަރަށް ވަރަށް ޓައާރޑް.. މިހެން ބިޒީކޮށް އުޅުނީމަ ބޮލުގަވެސް އެބަ ރިއްސާ..” މައިޝާ އޭނާ ދާން ބޭނުންނުވާކަން މާޝާއަށް ކިޔައިދިނެވެ. ” މަންމާ.. ދަނީ ނިދަން.. މަންމަ މެން ދޭ އިނގޭ.. ދައްތައަށް ސަލާންބުނާތި.. ” މިހެންބުނެ މައިޝާ ހިނގައިގަތީ އޭނާގެ ކޮޓަރިއާދިމާލަށެވެ.
“މަންމަ އަށް އެނގޭ އޭރުވެސް މައިޝާއެއް ނުދާނެކަން… އެކަމު ނުވެސް ކައިތަ ތިދަނީ ނިދަން.. މައިޝާ މިހާރު ކިހިނެއްވެފަތަ ތި ހުންނަނީ.. މީހާ ދެމިލާފަ.. ހީވަނީ އިތޯޕިޔާ ކުއްޖެއްހެން.. ނުކައި ނުބޮއެ ތަ އެތާ ތިއުޅުނީ މިވީ ދުވަސްކޮޅު.. އެހެންނުހަދާ ކައިގެން ކޮޓަރިއަށް ވަދޭ.. ” މައިޝާ ކޮޓަރިއަށް ހިގައިގަތުމުން މަންމަ މައިޝާ ހުއްޓުވިއެވެ. މަންމަ ގެ ބުނާބަސް އަހަންވެގެން މައިޝާ ގޮތްދޫކޮށްލާ ބަދިގެއަށް ވަދެ ކޮންމެވެސް ކާއެއްޗެއްކާން ކާ މޭޒުކައިރީ އިށީނެވެ. މަންމައާއި މާޝާ ދަބަސް ތައް އަޅުވައިގެން ދަނީއޭ ބަސްއަހައިގެން އުޅެއްޗޭ ބުނުމަށްފަހު ގެއިން ނުކުތެވެ.
ސައިތަށިތެރޭ އޮތް ސަމްސާ އަނބުރާލަ އަނބުރާލަ އިން މައިޝާ ކުއްލިއަކަށް ހަނދާންވީ ފޯނުނިއްވާފައި އޮތް ހަނދާނެވެ. ފޯނު ނަގާ އޮންކޮށްލުމުން މުސްތަފާގެ މިސްޑް ކޯލެއް އައިސްފައިވާކަން ސްކްރީނުން އެންގިއެވެ. އިރުކޮޅެއްތެރޭ މައިޝާ ސިއްސައިގެން ދިޔައީ ފޯނު ރިންގުވާން ފެށޫމުންނެވެ. މުސްތަފާއެއުޅެނީ ހިތްނުފުރިގެންހެއްޔެވެ. އޭނާއަށް ފާޅުގައި އަނިޔާކުރަމުން އެދަނީ ކީއްކުރަންހެއްޔެވެ. އަދިވެސް އޭނާގެ ބެރަށް މައިޝާ ނަޝާނެކަމަށް ހީކޮށްހެއްޔެވެ. މައިޝާއަށް އިންތަނުން ގުޑާލަން ނޭގިފައި އިނދެވުނީ ފޯނުން ޖެހެމުން އައި ރިންގް ޓޯނު ކެނޑެންދެނެވެ. އަނެއްކާ ސިހުމެއްވެގެންދިޔައީ މެސެޖެއް އައި އަޑަށެވެ. ތުރުތުރު އަޅާހާލު މައިޝާ އެ މެސެޖް ހުޅުވާ ކިޔާލިއެވެ.
“އައި އެމް ރައިޓް އިންފްރަންޓް އޮފް ޔޯ ހައުސް.. ސްޓޮޕް އެވޮއިޑިންގް މީ އެންޑް އާންސަރ މީ.. އެހެން ނޫނީ މައިޝާގެ ގައަށް ވަދެ މައިޝާކައިރިއަށް އަންނަންވެސް ފަހެއްނުޖެހޭނަން.. އައި ނޯ ޔޫ އަރ އެލޯން އެޓް ހޯމް.. ވީ ކެން ޑޫ އިޓް ޓުނައިޓް އެޓް ޔޯ ޕްލޭސް..” މެސެޖްކިޔާ ނިމުމާއިއެކު ތެޅެމުން ފޮޅެމުން މޭގަނޑުއަތަށް ނަގައިގެން އިންތަނުން ތެދުވެ މައިޝާ ދުއްވައިގަތީ ގޭ ދޮރާއްޓާދިމާލަށެވެ. އޭނާގެ ހިތް އެދެމުން ދިޔައީ ކޮންކަމަކަށްކަމެއް ހުދު އޭނާއަކަށްވެސް ނުވިސްނުމުންނެވެ. ދޮރާށި ހުޅުވާލި މައިޝާގެ އަތްފައިފިނިވަމުން ދިޔައެވެ. ހިތްތެޅޭލެއް އަވަސްވަމުންދިޔައެވެ. ފުން ނޭވާތަކެއް ލަމުން ދިޔަ މައިޝާގެ ކުރިމަތީ ފެންނަން ހުރި އިންސާނާ މެސެޖުން ބުނީ ތެދުވާހަކައެކެވެ. މުސްތަފާ އައިސް އެހެރީ މައިޝާގެ ގޭ ދޮރުމަތީއެވެ. މަންމަމެން ދިޔަކަން އެނގުމާއިއެކު މުސްތަފާ އައިސް އެހެރީ މައިޝާގެ ގެއަށް ވަދެ ހިތާކުޅޭށެވެ. ދޮރު ހުޅުވާލައިގެން ހުރި މައިޝާ އޭނާގެ ހިތާދެކޮޅަށް ދޮރުލައްޕަން މަސައްކަތްކުރުމާއިއެކު މުސްތަފާ ދޮރުގައިހިފާ ބާރަކަށް ދޮރުއެތެރެއަށް ހުޅުވާލިއެވެ. މައިޝާގެ ގައިގައި އޭނާ ބޭރުކޮށްލާނެހާ ހިތްވަރެއްނެތެވެ. މުސްތަފާފެނިވެސް އޭނާގެ ގައިން ވަރުދޫވަމުން ދާ ކަހަލައެވެ. ފަހަތަށް މައިޝާ ފިޔަވަޅުއަޅަމުން ދިޔަވަރަކަށް މުސްތަފާދިޔައީ މައިޝާގެ ގާތަށް ކުރިއަށް ފިޔަވަޅުއަޅަމުންނެވެ. ދޮރަށް ފުރަގަސްދީގެން ހުރި މުސްތަފާ ފައިން ޖަހާ ދޮރާށިލައްޕާލުމަށްފަހު މައިޝާއާއި ދިމާލަށް ހިނގައިގަތްއިރު ހީވަނީ ޝިކާރައަކަށް ނުކުމެއުޅޭ ސިންގާއެއްހެނެވެ. މަޑު ހިނގުމެއްގައި މައިޝާ ގެ ފަހަތުން ހިނގާފައި ގޮސް ސިޓިންގްރޫމަށް ވަދެވުމާއިއެކު މައިޝާ މުސްތަފާއަށް ފުރަގަސްދީ ދުއްވައިގަންނަން މަސައްކަތްކުރިއެވެ. ހަމަ ދަނޑިވަޅަށް މުސްތަފާ އޭނާގެ އަތުގައި ހިފެހެއްޓިއެވެ. މައިޝާ އައިރުޅީގައި އެނބުރި ބަލާލުމެއްނެތި މުސްތަފާގެ ކަންކަށިމައްޗަށް ހޫނު އެތިފަހަރެއް ދިނުމުން މައިޝާގެ އަތުން ވަގުތުން މުސްތަފާ ދޫކޮށްލިއެވެ.
” ތީ އިންސާނެއްތަ؟ އެހެންވިއްޔާ ހިތެއްއޮވޭތަ؟ ތިހިތަށް ހަމަ އެއްވެސް އެއްޗެއް ނާރާތަ؟ އަހަރެންގެ މުޅި ލައިފް ހަލާކެއްގެ ތެރެއަށް ލަމުން ތިދަނީ ކިހިނެތްވެގެންތަ؟ މުސްތަފާގެ ތި ގަޓަށް ހަމަ ސެލިއުޓް އިނގޭ! ނޫނޭ ވާ އަންހެންކުދިންގެ ސިކުނޑިއާ ކުޅެން މޮޅު މީހެއްތީ! މަށާ އެކަނިތަ ތިހެން ތިކުޅެނީ އަދި ކިތައްހުދިން އުޅޭނެބާ؟ ” މައިޝާގެ ލޮލަށްޖަމާވަމުންދިޔަ ކަރުނަތައް އޮހޮރަމުން ހިތުގައި ހުރި ހުރިހާ އެއްޗެއް ބޭރުކޮށްލީ ވަރަށް ހިތްވަރުންނެވެ. ކޯމަތީ އަތްއަޅައިގެން ހުރި މުސްތަފާގެ ދެލޮލުގައި ވަނީ ރުޅިވެރިކަމެވެ.
“މައިޝާ ހީކުރީ މައިޝާ ނުރުހުނީމަ އަހަރެން މައިޝާ ފަހަތުން ދުވާނެކަމަށްތަ؟ އެއީ އަހަރެން ކުރާނެ ކަމެއްނޫން.. އަހަރެން އަސްލުވެސް މައިޝާދެކެ ލޯބިވޭ.. އެކަމު އަހަންނަކަށް ނެތް މައިޝާ އަހަރެންގެ މީހަކަށް ހެދޭކަށް. އެކަން ގަބޫލުކުރިއަސް ނުކުރިއަސް ކުރާނެކަމެއްނެތް.. ތެދެއް އަހަންނަށް އަންހެނުން ވާނެ.. އެކަމަކު މައިޝާ ވިސްނާލާފަ ބުނެބަލަ.. އަންހެނުން ވާނަމަ މައިޝާ ގާތަށް ކޮންމެރެއަކު އަންނަން ބޭނުންވާނެތަ؟ ޔޫ މެސްޑް އަޕް މައިޝާ! އަހަރެން ހުރީ މައިޝާ އަހަރެންގެ މީހަކަށް ހަދަން.. އެކަމު ދެން އެ ހިޔާލު ދޫކޮށްލައިފިން.. ” ރުޅިވެރިކަމުން ފުރިގެންވާ ލޮލަކުން މައިޝާއަށް ބަލަންހުރެ މުސްތަފާ އޭނާގެ ހިތުގައި އޮތްއެއްޗެއް މައިޝާއަށް ފާޅުކޮށްލުމަށްފަހު އެގެއިން ނުކުމެގެން ހިނގައިގަތީ އެންމެ ފަހަރަކުވެސް މައިޝާއަށް ފަސްއެނބުރި ނުބަލައެވެ.
ސިޓިންގް ރޫމުގައި ހުރި މައިޝާއަށް ކުރެވުނީ ރަނގަޅުކަމެއް ކަމެއް ގޯސް ކަމެއް ކަމެއް އޭނާއަކަށް ނޭނގެއެވެ. އެނގުނުކަމަކީ ހިތަށް ފިނިކަމެއް ލިބިގެން ދިޔަކަމެވެ. މުސްތަފާ އޭނާގެ ދިރިއުޅުމުން އެއްކޮށް ގެއްލުނީއޭ ހިތަށް އެވަގުތު އެރިއެވެ. އަދި ފަހުފަހަރަށް މުސްތަފާއަށްޓަކައި ލޮލުން ކަރުނަ ބޭލުމަށްފަހު ކޮޓަރިތެރެއަށް ވަދެ އެނދަށްވެއްޓިގަތެވެ. އެހިނދު މައިޝާގެ ހަނދާނަށްއައީ އޭނާއާއި ހެދި އުޅޭ، އޭނާ ދެކެ އެންމެ ލޯބިވާ އިންސާނާ ކިޔާންއެވެ. އަދި ވީދެރައިން ވަރަށް ބޮޑު ނިންމުމެއް ހިތާހިތުން ނިންމުމަށްފަހު އަވަސް އަވަހަށް އޮތްތަނުންތެދުވެ ގޮސް ނިއްވާފައި ހުރި ކޮމްޕިއުޓަރު ހުޅުވާލިއެވެ. އަދި ސްކައިޕް އޮން ކޮށްލުމަށްފަހު ކިޔާންއަށް ގުޅާލިއެވެ.
” ހޭއި މައި! ވަޓް އަ ޕްލެޒެންޓް ސަޕްރައިޒް… އިޓްސްބީން ޑޭސް.. ވެއަރ ހޭވް ޔޫ ބީން ލަވް..” ކިޔާންގެ އަޑު ޖެހުމާއިއެކު މައިޝާއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. ކޮންފަދަ މާތް އިންސާނެއްބާއެވެ. މައިޝާއަށްޓަކައި އެ މާތް އިންސާނާ އެހެން ކުއްޖަކު އޭނާގެ ހަޔާތަށް ނުގެނެސް އެހެން އުޅޭތަ ކިތައް ދުވަސް ވަނީހެއްޔެވެ. ކިޔާން ފަދަ މާތް އިންސާނަކަށް މައިޝާކަހަލަ މީހަކު ލިބުމަކީ އިންސާފެއްނޫނެވެ. “އަހަރެން ކަހަލަ ބޭވަފާތެރިއަކު ލިބުމަކީ އެއްވެސް އިންސާފެއްނޫން.. ނޫން .. ނޫން..އަހަރެން ކިޔާންގެ ދިރުއުޅުމަކަށް ނުދާނަން.. އޭނާ ކައިރީ އަހަރެން ކުރި ކަންތައް ކިޔައިދޭނީ ވެސް ވަކި ކޮންދުލަކުން.. ނޫން.. އެންމެ ރަނގަޅު ގޮތަކީ ކިޔާން އާއި ކައިވެނިނުކުރުން.. ހީ ޑިސާވްސް އަ ބެޓާ ހިއުމަންބީން” މައިޝާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ ކިޔާންގެ ދިރިއުޅުމުން ބޭރުވާށެވެ. ހަޤީޤަތް ކިޔައިދޭނެ ހިތްވަރެއް ނެތުމުންނެވެ.
“ކިޔާން! އައި ނީޑް ޓު ޓެލްޔޫ ސަމްތިންގް.. އައި ކާންޓް މެރީ ޔޫ.. އައި އެމް ސޮރީ.. އައި އެމް ނޮޓް ދަ ރައިޓް ޕާރސަން ފޮރ ޔޫ.. މައި އަށް މާފްކުރާތި..” މައިޝާ ކިޔާންގާތު މިހެން ބުނެ ނިންމާލިއިރު ކިޔާން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ހައިރާންވެ އޭނާގެ އަޑު ތުރުތުރުއަޅަންފެށިއެވެ. “މައި ކަމް އޮން.. ތީ ޖޯކެއް ދޯ؟ ސަމާސައަކަށްވެސް ތިހެން ބުނާކަށް ނުވާނެއެއްނު! ….” ކިޔާން ގެ ވާހަކަތައް ހުރީ މައިޝާ ދެއްކި ވާހަކަ ހަޖަމްކުރެވޭ ގޮތަކަށްނޫނެވެ. އޭނާގެ އެވާހަކަތައް ނުނިމެނީސް މައިޝާ އަނެއްކާވެސް ވާހަކަދައްކަން ފެށިއެވެ. “ނޯ ކިޔާން! ލިސިންޓުމީ! އައި ކާންޓް! އައި ޖަސްޓް ކާންޓް! ޕްލީޒް.. ޖަސްޓް ލެޓް މީ ގޯ.. ލީވްމީ އެލޯން… ސްޓޮޕް ހޭވިންގް ހައި ހޯޕްސް ފޮރ މީ.. ޕްލީޒް..” މައިޝާގެ ރުއިމުގެ އަޑު އިވުމާއިއެކު ކިޔާންއަށް މައިޝާ ދައްކަމުން ދިޔަ ވާހަކަ ތަކަކީ ތެދު ވާހަކަތަކެއްކަން އެހާ ހިސާބުން އެނގުނެވެ. މައިޝާ ކިޔާންގެ ޖަވާބަކަށް މަޑެއް ނުކުރެއެވެ. އޭނާއަށް ރޮވޭގޮތްވުމުން އަވަހަށް ލައިން ކަނޑާލުމަށްފަހު އެނދަށްގޮސް އަރާއޮށޯވެ ކުރެވުނު ކަންތަކާ ވިސްނަންއޮވެ ނިދިއްޖެއެވެ.
……………………………………………………………….
މަގުމަތީގައި ހުރި މައިޝާއަށް އެދުވަސްތައް ހަނދާންވުމުން ކޮންމެވެސް ވަރަކަށް ލޮލުން ފެންއަންނަ ގޮތްވިއެވެ. އަވަހަށް އަތުން ލޮލުން ފޭބި ކަރުނަ ފޮދު ފޮހެލުމަށްފަހު ހިނގައިގަތީ ގެއަަށް ދިއުމަށެވެ. މުސްތަފާއަށް ފެނިދާނެތީ މައިޝާ ހުރީ ޖެހިލުންވެފައެވެ. މައިޝާ މުސްތަފާއާއި ގުޅުން ކަނޑާލިދުވަހުން ފެށިގެން މައިޝާއަށް މުސްތަފާ ގެއްލުނެވެ. އަންހެނުން ބަހައްޓާފައި މެލޭޝިއާއަށް ދިޔަ ވާހަކަ މައިޝާއަށް އަޑުއިވުނެވެ. އެއިރު މެލޭޝިއާއަށް ދިއަ މީހާ އަދި އައިސް މާލެ އެފޭބީ ކަންނޭގެއެވެ. ހަމަ ގައިމުވެސް އެއް ހިސާބެއްގައި އުޅޭ އިރު މައިޝާއަކަށް އޭނާ ނުފެންނަތާ ކިތަންމެ އަހަރެކެވެ. ކޮންމެއަކަސް މާޒީގައި ވި ކަންތައް މާޒީއަށް ދޫކޮށްލަމުން މައިޝާ އަވަސް އަވަހަށް ގެއަށް އައިސް ކޮޓަރިއަށްވަދެ އަޅައިގެން ހުރި ބުރުގާ ނަގާލިއެވެ. ހަމަ ދަނޑިވަޅަށް ކިޔާން އައިސް އޭނާގެ ފަހަތުން އައިސް ބައްދާލިއެވެ.
“މައި، ހިނގާ ދޯ ކައިރި ރިސޯޓަކަށް ދާން.. އަހަރުމެން ދެމީހުންނާ މާއިންނާ އެކަނި… ” ކުއްލިއަކަށް ސިހިގެންގޮސް މައިޝާ ދުރަޖެހިގަތީ ކިޔާން އެހެން ނޫޅޭތާ އެހާދުވަސް ފަހުން މިއަދު އެހެން އުޅުނީތީ ހައިރާނެވެގެންނެވެ.
“ކީއްކުރަން.. މައި ބޭނުމެއް ނޫން! ބުނެފީމެއްނު ލީވް މީ އެލޯން އޭ.. ކިޔާން.. ސްޓޮޕް ދިސް ޕްލީޒް..” ރުޅިވެރި ރާގަކަށް މިހެން ބުނުމަށްފަހު ބާރަކަށް ކޮޓަރީގެ ދޮރު ފާރަށްދެމުން މައިޝާ ކޮޓަރިން ނުކުތެވެ. އެވަގުތު ކިޔާންގެ ހަނދާނަށް އައީ މީގެ 6 އަހަރު ކުރިން މައިޝާ އަދިވެސް އެއްފަހަރު އޭނާގާތު ހަމަ އެބަސްތައް ބުނި ހަނދާނެވެ.
……………………………………………………………
“ޑިސެމްބަރ އަންނަނީއެންނު.. މައިޝާ؟ ކޮބާތަ ކިޔާން.. އަހަރުމެންވެސް މިހާރު ކައިވެނި ފަސްކޮށްލައިފިން ޑިސެމްބަރ މަންތަށް.. އެގްޒާމަށް އިސްކަންދޭށޭ އާރިޔަން ބުނީ.. އެހެންވެ.. ދެމީހުން އެއްކޮށް ދޯ މެރީ ކުރާނީ އެހެންވީމަ؟ ” ޝިފްނާ މައިޝާއާއި ވާހަކަ ދައްކަމުން ދިޔައީ އިމްތިހާން ހޯލުން ނިކުންނަމުންނެވެ.
“ނޫން ޝިފޫ.. އަހަރެން ކިޔާން ކައިރިބުނެފިން މެރީއެއް ނުކުރެވޭނެޔޭ..”
“ދެން އެ ކީއްވެ؟ ކިހިނެއްވީ އަނެއްކާ މައި؟ ހާދަ ކަންތައްތަކެއް ފޮރުވާހެން ހީވެޔޭ މިހާރު… މަށަށް ކިޔައިދީބަލަ މައި.. އަބަދު ހުންނަނީ ކަމަކާ ފިކުރުބޮޑުވެފަ.. މުޅި މީހާ މަރުވެފަ ހެން.. ” ޝިފްނާއަށް ވަގުތުން ކަމެއްވެގެން އުޅޭކަން އެނގިގެންދިަޔއެވެ.
“ނޫން ޝިފޫ ކަމެއް ނުވޭ..” މައިޝާގެ ޖުމްލަ ނުނިމެނީސް މައިޝާގެ އަތުގައިހިފަިއގެން އައިސް ޝިފްނާ އޭނާ ކޮމްޕައުނޑުގައި ހުރި ބެންޗެއްގައި ބައިންދައި މައިޝާއާއި ސުވާލުކުރަންފެށިއެވެ. “ދޮގު ނުހަދާ! ތެދަށް ބުނޭ! މައިޝާ އަދިވެސް ތިވިސްނަނީ މުސްތަފާ އާ ދޭތެރޭތަ؟ އޭނަ މަތިން ހަނދާން ނައްތާ ނުލެވެނީތަ؟ ވެއިޓް އަ މިނަޓް!!! މުސްތަފާއާ ފަހުންވެސް މީޓް ކުރީ ދޯ؟ ކަމް އޮން މައި.. ޓެލްމީ ދަ ޓްރުތް!” ޝިފްނާ މައިޝާއާއި ސުވާލުކުރަމުން ދިޔައިރު ހީވަނީ ސިފައިންގެ މީހެއް މައިޝާއާއި ސުވާލުކުރަމުން ދިޔަހެނެވެ.
“އާނ ޝިފޫ.. އަހަންނަށް އޭނަ ކައިރިއަށް ދެވިއްޖެ!” ޝިފްނާއާއި ހަތަރު ކަޅިހަމަކޮށްލުމަށްފަހު މައިޝާ ތަންކޮޅެއްބާރަށް ޝިފްނާގާތު ހަގީގަތް ފާލުކޮށްލިއެވެ. އަދި ވޭތުވެ ދިޔަ ދުވަސްތަކުގައި ވި ހުރިހާ ކަމެއް ކިޔައިދެވުނެވެ. ހުރިހާ ވާހަކަތަކެއް ކިޔައިދީ ނިމުނު އިރު މައިޝާއަށް އިނީ ރޮވިފައެވެ. މައިޝާގެ ވާހަކަ އަޑުއެހުމަށްފަހު ޝިފްނާވީދެރައިން މައިޝާގައިގައި ފިރުމާލުމަށްފަހު ދެން ނުރޯށޭ ބުންޏެވެ. އަދި އޭނާގެ ކިބައިން ސަލާމަތްވި ކަމަށްޓަކާ ޝުކުރުކުރާށޭ ބުނެ އިންތަނުން ތެދުވެގެން މައިޝާ ގޮވައިގެނ ހިނގައިގަތީ ހެނދުނުގެ ނާސްތާއަށެވެ. އެއިރު މައިޝާމެންގެ ގޭތެރޭގައި ރަޝީދާ އާއި މާޝާ ޓީވީ ބަލަން ތިއްބެވެ.
“އައްސަލާމު އަކައިކުމް..” ޓީވީ ބަލަން ތިބި މައިޝާއާއި ރަޝީދާއަށް ސިހުމެއްވީ ގޭ ދޮރާށިމަތިން މީހަކު ސަލާންގޮވި އަޑަށެވެ. ދޮރާށި މަތީ ހުރި މީހާ ފެނި މާޝާގެ މޫމުމައްޗަށް ވަރުގަދަ ހިނިތުންވުމެއް އައިސް ސަލާންބަލައިގަތުމަށްފަހު ވާހަކަދައްކަން ފެށިއެވެ.
“ކީޔާންބެ އައީތަ؟؟؟ އޯ މައި ގޯޑް.. މިއަދު ހުންނާނެ ފޯރިއެއް ދައްތަ ދޯ؟ އަނެއްކާ މިރޭވެސް ސަޕްރައިޒެއް ދޭންތަ ތިއުޅެނީ؟” މަޝާ އިންތަނުން ތެދުވެގެން ކިޔާންއަށް އިށީންނަން ތަންދައްކަމުން ވާހަކަދެއްކިއެވެ. ” ނޫނޭ! މިއަދަކު ނެތް މާ ބޮޑު ސަޕްރައިޒެއް! އެކަމު ދައްތައަކަށް ނޭނގޭނެ ކިޔާންބެ އައިކަމެއް! ނުބުނައްޗޭ! ” މާޝާ އާއި ވާހަކަދައްކަމުން ކިޔާން އަތުގައި އޮތް ކޮތަޅު މާޝާއަށް ދިއްކޮލިއެވެ. ” އަން މީ މާޝާ އަށް ގެނައި ހަދިޔާއެއް! ” މާޝާ ތެންކިއުއޭ ބުނުމަށްފަހު އެ ނަގައިގެން އޭނާގެ ކޮޓަރިއަށް ހިނގައިގަތުމުން ކިޔާން އަތުގައި އޮތް ދެވަނަ ކޮތަޅުނަގާ ރަޝީދާއަށް ދިއްކޮލިއެވެ. “މީ މައި މަންމައަށް ގެނައި އެއްޗެއް! މަންމަ އަށް ކަމުދާނެކަމަށް ހީކުރަން.. ” ކިޔާން ރަޝީދާ އަށް އެދިނުމުން ރަޝީދާވެސް ޝުކުރިއްޔާއޭ ބުނެ ކިޔާންއާއި ވާހަކަދައްކަން ފެށިއެވެ. “ދަރިފުޅު އައިކަން މައިޝާއަށް އެނގޭތަ؟ މިހާރަކަށް އައިސް ހުންނަނީ ވަރަށް ކަންބޮޑުވެފަ ކޮންމެވެސް ކަމަކާ ވަރަށް ދެރަވެފަ.. ކޮޓަރިއަކުންވެސް ނުނިކުމޭ.. ގިނަ ވަގުތު ނިދާފަ.. ނޭނގެ ވެގެން އުޅޭގޮތެއްވެސް މަންމައަކަށް. ދަރިފުޅުމެން ދެކުދިންގެ މެދުގަ މައްސަލައެއް ޖެހުނީތަ؟ ” ރަޝީދާ އެ ދެއްކިވާހަކައިން ކިޔާން ހައިރާންވިއެވެ. އަދި މައިޝާ ކައިވެނި ކުރަން ބޭނުން ނުވާވާހަކަ ބުނި ވާހަކަ ރަޝީދާއަށް ކިޔައިދިނެވެ. “މައި އަނެއްކާ އެހެން މީހަކާ ވާހަކަ ދައްކަނީ ބާ މަންމާ؟ ކިޔާން ކައިރީ ބުނީ ހަމަ އެއްގޮތަކަށްވެސް ބޭނުމެއް ނޫނޯ ކިޔާންއާ ދެން ވާހަކަ ދައްކާކަށް. ޝިފްނާއަށްވެސް ގުޅިން އެޚޮޅުގަ ހުރެގެން ވެގެން އުޅޭ އެއްޗެއް އޮޅުން ފިލުވަން… އެކަމަކު އެއްވެސް އެއްޗެއް ޝިފްނާއަކަށްވެސް އެނގޭ ކަމަކަށް ނުވި.. ކިހިނެތްތަ މިވީ މަންމާ؟ އަހަރެން ވަރަށް ބޭނުން މައިޝާ! މަންމާ؟..” ކިޔާންގެ ވާހަކަ އަޑުއަހާފައި ރަޝީދާވެސް ހައިރާންވީ މައިޝާ ކައިވެންޏަށް ނޫނެކޭ ބުނަންޖެހުނު ސަބަބުނޭނގުމުންނެވެ. “ނޫނޭ ދަރިފުޅާ!.. މަންމަ އަށް އެނގިގެން ހަމަ ގައިމުވެސް އެހެން ކުއްޖަކާ މައިޝާ ވާހަކައެއް ނުދައްކާ! މިބުނީއެއްނު ގިނަ ވަގުތު ފޯނުވެސް އޮންނާނީ އެއްލާލާފަ.. ގޭގަ ފިލްމެއް ބަލަން އެހެން ނޫނީ ނިދަން… އެހެން ނޫނީ ފިލާވަޅުހަދަން އިންނަތަން މަންމައަށް ފެންނަނީ.. ޝިފްނާއާއެއްކޮށްވެސް ކުރިން ދާހެން ބޭރަކަށްވެސް ނުދޭ.. ” ރަޝީދާ މައިޝާގެ އަމަލާ ހަރަކާތް ހުރިގޮތް ކިޔާންއަށް ކިޔައިދީ ނިމުނު ދަނޑިވަޅަށް ގޭ ދޮރުހުޅުވާފައި އެތެރެއަށް ވަދެގެން މައިޝާއާއި ޝިފްނާއަށް އާދެވުނެވެ. މައިޝާއަށް ކިޔާން ފެނުމާއެކު ފިޔަވަޅަށް ހުއްޓުން އެރިއެވެ. ކިޔާންއަށްވެސް އިންތަނުން ތެދުވެވުނެވެ.
“މައި.. އައީތަ؟ ޝިފޫ ކިހިނެތް؟” އަތްފައި ފިނިވަމުން ދިޔަ ކިޔާންއަށް ވާހަކަދެއްކުނީ ވަރަށް ފާޑަކަށެވެ. މައިޝާ ކިޔާންއަށް ބާލާލުމަށްފަހު ހިންހަމަނުޖެހުމެއް މޫނުމަތިން ދައްކާލުމަށްފަހު އަނގައިން ނުބުނެ ކޮޓަރިއަށް ވަނެވެ. ޝިފްނާ މައިޝާ ކޮޓަރިން ނިކުންނަންދެން ސޯފާގައި މަޑުކޮށްލީ ކިޔާންއަށް ޖަވާބުދެމުންނެވެ. ” މައިއަށް ކިހިނެތްވެފަ؟ އަދި ތިދަނީ ދާންތަ؟ ޝިފްނާ ސޯފާގައި މަޑުކުރުމުން ކިޔާން ޝިފްނާގަތުން ސުވާޅުކުރިއެވެ.
“ތިވާހަކަ ކިޔާންއަށް ފަހުން ކިޔައިދޭނަން… އެކަމް މަ ބުނި ކަމަށް ނުހަދާތި! މައިޝާ ކިޔާންދެކެ ރުޅިއެއް ނާދޭ. އޭނަ ރުޅިއައިސްގެން އެއުޅެނީ އަމިއްލަ ނަފްސުދެކެ.. މިގަޑީގަ މި ވާހަކައެއް ކިޔައެއްނުދެވޭނެ.. މިވަރަށް ކިޔާންއަށް ކިޔައިދިންކަން އެނގުނަސް އޭނަ މަ ކާލާނެ.. އާނ.. މިއައީ އެއްޗެއް ބަލާ.. އަދި ނުނިމޭ.. މާދަމާ ފަހު އެގްޒާމް.. ގްރޫޕް ސްޓަޑީޒް އަށް މިދަނީ.. ވަރަށް އުފާވެއްޖެ ދިމާވީމަ އިނގޭ! ” ޝިފްނާ ސިއްރު ސިއްރުން ކިޔާންއަށް ކުރުގޮތަކަށް މައިޝާއަށް ވެގެން އުޅޭގޮތް ކިޔައި ދީ ނިމުނުތަނާ މާއިޝާ ކޮޓަރިން ނުކުމެގެން އައެވެ.
“ހިނގާ ދާން ޝިފޫ. ލަސްވާނެ މަޑުކޮށްފިއްޔާ.. މަންމާ ދަނީ އިނގޭ!” މައިޝާ އެއްމެ ފަހަރަކުވެސް ކިޔާންއަށް ބާލާނުލާ އެންމެނާ ވާހަކަދެއްކިއިރުވެސް ކިޔާންއާއި ވާހަކަ ނުދައްކާ ޝިފްނާއާއެކު ގެއިން ނުކުމެގެން ހިނގައިގަތެވެ.
“ހމމމ، މައިއަށް ވެގެން އެއުޅެނީ ކިހިނެތްބާ! އަހަރެންދެކެ އެހާ ރުޅި އެއަންނަންޖެހުނީ ކީއްވެބާ؟ ޝިފޫ ދައްކަން އެއުޅެނީ އަނެއްކާ ކޮންވާހަކައެއްބާ؟؟” ކިޔާންގެ ހިތަށް އަރަމުން ދިޔައީ ހުސް ސުވާލުތަކެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.


Wow ey hama buneveynee
Hehe thanks dear
Maisha hamatha anehkaa!!!. I don’t think so…hehe
But V Salhi.waiting for next….
Dho.. thanks for reading
Mi part vx Varah Varah reethi??❤❤❤
Waiting ???
🙂
Varah reethi vaahaka. Dhoraashi mathee ey buneema maana kurevey goiy varah thafaathu. Mithan rangalhu kohlun kihineh vaanebaa
Ehentha… Shereen ah neygunee.. dhen kihineh bunaanee rangalhu maanaegga bunan.. thank u ingey notice kolleema..
Kobaa story mihaaru upload nuvaateeve kurin v faast koh upvey mideduvahu nuvey keeve vaanuvaa angaala deebs plssssss
Upvaane in Sha allah mirey.. aslu Friday Saturday ga up kuraa gothah huree.. varah free v ma Avas Avas Koh kuree.. ekam mirey in Sha allah vaane 🙂