މިއަދުން ފެށިގެން އޭނާގެ މަންޒިލް ބަދަލުވެއްޖެއެވެ. އާއުއްމީދު ތަކަކާއި އެއްކޮށް އައު ދިރިއުޅުމެއް ފަށައިގަންނަށް މިއުޝީން ބޭނުންވެއެވެ. މިއީ އެކަމަށްޓަކައި އެޅުނު ފުރަތަމަ ފިޔަވަޅެވެ. ދެން އޮތީ ފަސްއެނބުރި ބެލުމެއްނެތި ކުރިއަށް ދިއުމެވެ. އޭނާގެ ދިރިއުޅުމުގައި ދެން ކަންތައްވެގެން ދާނެގޮތެއް ޚުދު އޭނާއަކަށްވެސް ނޭނގެއެވެ. އެހެނަސް ހެވެވެ. ﷲ އަށް ވަކީލުކޮށްލުމަށްފަހު މިއައު ދިރިއުޅުމާ އޭނާ ކުރިމަތިލާނީއެވެ. ކަންތައް ވާގޮތެއް އެއިރުން އެނގިދާނެތާއެވެ.
އިރުގެ ރަންދޯދި މޫނަށް އެޅުމާއެކު ދެފަހަރަކު އެސްފިޔަތައް ތަޅުވައިލުމަށްފަހު މިއުޝީން ލޯހުޅުވައިލިއެވެ. އޭރު މާލެއަށް ލެފެނީއެވެ. މިއީ އޭނަ މާލެއަށް އައި ފުރަތަމަ ފަހަރުކަމުން ކޮންމެވެސް ވަރަކަށް ހިތްނުތަނަވަސްވަމުން ދިޔައެވެ.
މާލެއަށް ފޭބުމަށްފަހު ވަށައިގެން މިއުޝީން ފަރާތް ފަރާތް ބަލައިލިއެވެ. ވަށައިގެން ފެންނަމުންދިޔަ އުސްއިމާރާތްތަކުން ހިތަށް ބިރުވެރިކަން ވަންނަމުންދިޔައެވެ. ކާރޫ ބާރޫ ގިނަ، މީހުން ތަކުން ތޮއްޖެހިފައި އޮތް މަގުމަތި ފެނުމުން ބޮލަށް އުނދަގޫވާން ފެށިއެވެ. ރަށްފުށުގައި އުޅުނު ހިތްގައިމު ދިރިއުޅުން މަތިން ހަނދާންވިއެވެ. އިޒާނާ އަންނާށޭ ބުނުމުން އިޒާނާގެ ފަހަތުން މިއުޝީން ހިނގައިގަތީ މަގުގެ އެއްކައިރިއަށް މަޑުކޮށްފައި އޮތް ޓެކްސީއަށް އެރުމަށެވެ.
ލަގެޖްތައް ކާރުގެ ޑިކީއަށް އެރުވުމުގައި ޓެކްސީ ޑްރައިވަރ އެހީވެދިނެވެ. ޓެކްސީއަށް އަރައި ހަމަޖެހިލައިފައި ދާންވީ މަންޒިލްގެ ނަން އިޒާނާ ބުނެލިއެވެ.
މ.ރޯޝަނީގޭ ކުރިމައްޗަށް ޓެކްސީ މަޑުކޮށްލުމާއެކު އިޒާނާގެ ފަހަތުން މިއުޝީނާއި ފާތުންވެސް ފޭބިއެވެ. ލަގެޖްތައް ހިފައިގެން 10 ބުރީގެ އެއުސްއިމާރާތަށް ވަނުމަށްފަހު އިޒާނާ ލިފްޓަށް އެރިއެވެ. ވާނުވާ ނޭނގިފައިހުރި މިއުޝީންވެސް ލިފްޓް ތެރޭގައި ދެލޯބޮޑުކޮށްލައިގެން ހުއްޓެވެ. 5 ވަނަ ބުރިއަށް ލިފްޓް މަޑުކޮށްލުމާއެކު އެމީހުން ލިފްޓްއިން ފައިބައިގެން ގޮސް އެޕާރޓްމަންޓެއްގެ ދޮރު ހުޅުވައިލިއެވެ.
ތަނަވަސް ބޮޑު ސިޓިން ރޫމެކެވެ. ފާރުތަކުގައިވަނީ މަޑު ނޫކުލައެއް ލައިފައެވެ. ދެފަރާތް ހޯދަމުންދިޔަ މިއުޝީނަށް ގޮވައިލުމަށްފަހު އަތުގެ އިޝާރާތުން އައުމަށް އިޒާނާ ބުނެލިއެވެ. އޭރު އޭނާ ހުރީ ކޮޓަރިއެއްގެ ދޮރު ހުޅުވައިގެން އެކޮޓަރިއަށް ބަލަހައްޓައިގެންނެވެ.
“މިއު. މިއީ މިއުގެ ކޮޓަރި އެނގޭ.” ހިނިތުންވެލަމުން އޭނާގެ ގާތަށް އައިސް ހުއްޓުނު މިއުޝީންގެ މޫނަށް ބަލައިލަމުން އިޒާނާ ބުނެލިއެވެ. މިއުޝީން އެބޮޑު ކޮޓަރިއަށް ނަޒަރު ހިންގައިލިއެވެ. ނަމަވެސް ހިތަށްއެރި އެއްޗަކުން ހިނދުކޮޅެއްކުރިން އެމޫނުމަތީގައިވި ހިނިތުންވުން ވަގުތުން ފިލައިގެން ދިޔައެވެ.
“ކިހިނެއްވީ؟ ކަމުނުދަނީތަ؟” މިއުޝީނަށް ވީގޮތްފެނި އިޒާނާ އަހައިލިއެވެ. ވަގުތުން މިއުޝީން ދެކޮޅަށް ބޯހޫރުވައިލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ. ތުންފަތުގައި ދަތްއަޅައިލަމުން މިއުޝީން އިޒާނާގެ މޫނަށް ބަލައިލިއެވެ.
“އަހަރެންނަކަށް ނޭނގެ އިޒާ ތިކޮށްދޭ ކަންކަމަށް ޝުކުރުވެރި ވާނެގޮތެއްވެސް.” ބުނާނެ އެއްޗެއް ނޭނގި ދެއަތް ދެއަތާމޮޑެން އިރުކޮޅަކު ހުރުމަށްފަހު ކަރުނަވީ ދެލޮލުން އިޒާނާއާ ދިމާއަށް މިއުޝީން ބަލައިލިއެވެ. އެއްޗެކޭ ބުނަން އަނގަ ހުޅުވައިލި އިޒާނާ ހުއްޓުނީ ފާތުން މިއުޝީނަށް ގޮވައިލުމުންނެވެ.
“އެކޮއި. ތިއީވެސް ހަމަ ދައްތަގެ ދަރިއެއްފަދަ ކުއްޖެއް. އިޒާނާއެކޭ މިއުޝީނެކޭ ދައްތައަށް ވާނީ ހަމަ އެއްވަރު. ދައްތަ މިއީ ހަރީރާފަދަ ނުބައި އަންހެނެއްނޫން. ހެޔޮކަމެއް ކޮށްދެނީ އޭގެ ބަދަލުގަ އެއްވެސް އެއްޗެއް ބޭނުންވެގެނެއް ނޫން. ދައްތަ ދޭން އޮތީ ހަމަ އެންމެ ނަސޭހަތެއް. ވެދިޔަތަން ހަނދާން ނައްތައިލައިފައި އަލުން އައު ފެށުމަކުން ފަށަންވީ. ﷲ އިރާދަކުރެއްވިއްޔާ ދެރަގޮތެއް ނުވާނެ. ދެން ދޭ ފެންވަރައިލާ ތާޒާވެލަން. ދައްތަ އޭރަށް ސައި ހަދާނަން.” މިއުޝީންގެ ބޮލުގައި ލޯތްބާއެކު ފިރުމައިލަމުން ފާތުން އެހެން ބުނެލުމުން ލޮލުން އޮހޮރެމުންދިޔަ ކަރުނަތައް ފުހެލުމަށްފަހު މިއުޝީން ބޯޖަހައިލިއެވެ.
ކޮޓަރީ ދޮރުމަތީގައި އޮތް ދަބަސް ނަގަމުން މިއުޝީން އެތެރެއަށް ވަނެވެ. ހަމަޖެހިލަމުން އެނދުގައި އިނށީދެލީ ވަރުބަލި ފިލުވައިލުމަށްފަހު ފެންވަރައިލަން ދިއުމުގެ ނިޔަތުގައެވެ. ކުޑައިރުކޮޅަކު އެހެން އިނުމަށްފަހު ގޮސް ދަބަސް ނަގައި އޭގައި ހުރި އޭނާގެ އަންނައުނުތަކާއި ރީތިވާ ސާމާނުތައްނަގައި ތަރުތީބުން އެއެއްޗެއް ހުންނަންވީތަނެއްގައި އެއެއްޗެއް އަތުރަމުން ދިޔައެވެ. ދަބަހުގެ އެންމެ އަޑީގައި އޮތް ހަރީރާގެ ފޮޓޯގަނޑު ފެނުމާއެކު މިއުޝީންގެ ދެލޯ ވަގުތުން ފެންކަޅިވެގެން ދިޔައެވެ. ހަރީރާ މަތިން ހަނދާންވިއެވެ. އޭނާ ކިތަންމެ ނުބައިކޮށް މިއުޝީނާމެދުގައި ކަންތައްކުރިނަމަވެސް މިއުޝީން އިންތިހާއަށް ހަރީރާދެކެ ލޯބިވެއެވެ. އެލޯތްބަށް އެހިތްއެދި ރޮއެވެ. ކޮންމެވެސް އެއްދުވަހަކުން ހަރީރާއަށް ވިސްނި މިއުޝީނަށް އޭނާގެ ލޯތްބާއި އޯގާތެރިކަން ދޭނެ ކަމަށް މިއުޝީން އުއްމީދުކުރެއެވެ. ފޮޓޯގަނޑު ގެންގޮސް އަލަމާރީގެ އެންމެ ބިތްދޮށުގައި ބާވައިލުމަށްފަހު ތުވާލި ހިފައިގެން ފާޚާނާއާ ދިމާއަށް މިއުޝީން ހިނގައިގަތީ ފެންވަރައި ތާޒާވެލުމަށެވެ.
** ** **
ހެނދުނުއެރިއިރާއެކު މިއުޝީންގެ ޚަބަރެއް ނުވެގެން ހަރީރާ ގޮސް އެކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. ހުސްކޮށްއޮތް ކޮޓަރި ފެނުމުން މިއުޝީން އަތިރިމައްޗަށް ދިޔައީކަމަށް ހީކޮށް އޭނާ ގޮސް ޖޯލީގައި ޖައްސައިލިއެވެ.
ހެނދުނު 7 ޖަހައިބޮޑުވެގެން ދިޔައިރުވެސް މިއުޝީންގެ ޚަބަރެއް ނުވުމުން ރުޅިއައިސްފައި ކުދިކިޔަމުން ހަރީރާ ރަށުތެރެއަށް މިއުޝީން ހޯދަން ނުކުތެވެ. އަތިރިމަތީގައި ނެތުމުން ދެން ގޮސްފާނެހެން ހީވާ ހުރިހައިތަނެއް ބެލިއެވެ. އެއްތަނަކުވެސް ނެތެވެ.
އައި ގަދަ ރުޅިމަތީގައި ދުންޖަހައިފައި ހަރީރާ އައިސް މިއުޝީންގެ ކޮޓަރިއަށް ވަނެވެ. ފާޚާނާގައިވެސް ނެތެވެ. ދެން މިއުޝީންދާނީ ވަކި ކޮންތާކަށްބާވައެވެ؟ އެއްލިކަޅިއަކުން ހުސްކޮށްހުރި ޑްރެސިންގް ޓޭބަލްމަތިފެނި ހަރީރާގެ ނިތަށް ނޫއަރައިގެން ދިޔައެވެ.
އަވަސް އަވަހަށް ގޮސް އަލަމާރި ހުޅުވައިލައިފައި ބަލައިލިއިރު ކަމަކުދާކަށް ނެތެވެ. މިއުޝީންގެ އެއްވެސް ހެދުމެއް އަލްމާރިއަކު ނެތެވެ. އެހިސާބުން މިއުޝީން އޭނާއަށް ވަގަށް ފިލީކަން ހަރީރާއަށް އެނގުނެވެ. އަތުގެކޮޅަށް އަލަމާރީގެ ދޮރު ޖަހައިލުމަށްފަހު އެކޮޓަރިން ނުކުމެ ޖޯލިފަތީގައި ޖައްސައިލައިގެން އޮތީ މިއުޝީންގެ އެހިތްވަރާއިމެދު ހައިރާންވެފައެވެ.
ހަރީރާގެ ހުރިހައި ޕްލޭނެއް ފެނަށްވެގެން ދިޔައީއެވެ. ދެން ހަސަން މަނިކަށް ދައްކާނީވެސް ކޮންމޫނެއްހެއްޔެވެ؟ އެހައިވަރުން ލިބެން އުޅޭ ފައިސާކޮޅުގެ ދަހިވެތިކަމުގައި މިއުޝީންގެ ކައިވެނި ހަސަން މަނިކާއި ހަމަޖެެއްސުމުން އެކުއްޖާގަނޑު އެފިލީވިއްޔާއެވެ. ހަރީރާއަށް ދަތްކުނޑި ވިކައިލެވުނެވެ.
“އޭބަލަ ކޮންހައިވަރެއްތަ މޫނުމައްޗަށް ތިޖައްސަނީ؟” އެގޭތެރެއަށް ވަދެގެންއައި ހަސަން މަނިކަށް ހަރީރާގެ މޫނުމައްޗަށް ޖައްސަމުންދިޔަ ވައްތަރުފެނި ހެވިފައި ދިމާކޮށްލިއެވެ.
“ކޮބާތަ އެމަންޖެ. މިއަދު ކުނިކަހަންވެސް ނުނިކުންނަ ދުވަހެއްތަ؟ ފާރައަށްހުރެހުރެވެސް ނުނުކުތީމަ އެންމެ ފަހުން ކެތްނުވެގެން މިއައީ އެމަންޖެ ދެކިލައިފައި ދާން. ނިކަން ގޮވާބަލަ.” ގޭތެރެއަށް ނަޒަރު ހިންގަމުންދިޔަ ހަސަން މަނިކު ހުއްޓައިނުލާ ވާހަކަދައްކަމުން ދިޔައެވެ. ނަމަވެސް އޭނާގެ އެއްވެސް ވާހަކައަކަށް ޖަވާބެެއްނުދީ ހަރީރާ އޮތީ ފުންވިސްނުމަކަށް ގެއްލިފައެވެ. ހަރީރާގެ ފަރާތުން ޖަވާބެއްނައުމުން ކެތްމަދުވެފައިހުރި ހަސަން މަނިކު އޭނާ ގާތުގައި އިނށީދެލުމަށްފަހު ފައިގައި މަޑުމަޑުން ކޮށްޓައިލިއެވެ. ސިހިފައި ހަރީރާ ހަސަން މަނިކުގެ މޫނަށް ބަލައިލިއެވެ.
“ބަލަ ކިހިނެއްވެފަތަ ހަރީ ތިއޮންނަނީ؟ ކޮބާހޭ އެމަންޖެ؟” ނިތްއަރުވައިލަމުން ހަސަން މަނިކު އެހެން އަހައިލުމުން ހަރީރާގެ މޫނު މައްޗަށް ފޫހިކަން ވެރިވެގެން ދިޔައެވެ.
“ނޭނގެ އަހަރެންނަކަށް. ކާންދިން އަތުގައި ދަތްއަޅައިފައި ފިލައިގެން ގޮސްފި.” ރުޅިވެރި ރާގަކަށް ހަރީރާ އެހެން ބުނުމާއެކު ފުންމައިގެން ހަސަން މަނިކު އިންތަނުން ތެދުވިއެވެ.
“ކީކޭ؟ ފިލީއޭ؟ ދެން އަހަރެންނޯ. މާދަން އަދި ކައިވެނި ހަމަޖެހިފަ އޮށްވަ. ދެން ކިހިނެއް ހަދަނީ؟ އެހެނޭ ވާނީ ހަރީވެސް އެމަންޖެއަށް މާބޮޑަށްވިއްޔަ މިނިވަންކަން ދީފަ އޮންނަނީ.” ހިތްހަމަނުޖެހުނުވަރުން ހަސަން މަނިކުގެ ރުޅިގަނޑު އަމާޒުވީ ހަރީރާއަށެވެ. އޭނާގެ ވާހަކަ ހުރިގޮތުން ހަރީރާ ގާތަށްވެސް ރުޅި އައެވެ.
“ކަލެއަށް ކީއްތަ؟ އެއީ އަހަރެންގެ ދަރިއެއް. އަހަރެން ބޭނުންގޮތަކަށް އޭނަ ގެންގުޅޭނީ. އެހެންނޫނަސް އޭނަ ފިލައިގެން ދާނީ ވަކިކޮންތާކަށް. ދެތިން ދުވަހެއްފަހުން ކެތްނުވީމަ އެނބުރި އައިސްފާނެ.” އަޑުގެ ކޮޅަށް ހަރީރާ ހަސަން މަނިކާ ދިމާއަށް ހަޅޭލަވައިގަތެވެ.
“އެހެންތަ. ދެން ނައިސްފިއްޔާއޯ؟ އޭރަށް ކިހިނެއް ހަދަނީ؟” ހަސަން މަނިކުވެސް ހަމައެރާގުގައި ބުނެލިއެވެ. ކައިވެންޏަށް އެއްދުވަހަށްވެފައި ވަނިކޮށް މިއުޝީން ފިލުމުން އޭނާ އިނީ މުޅިން ސަކަރާތްވެފައެވެ. އެހައި ހާލުން އިންނާނެ ޒުވާން ކުއްޖަކު ލިބުމުން، ކައިވެނި ނުކުރެވިގެން އުޅެނިކޮށް އެކުއްޖާވެސް ގެއްލުނީއެވެ.
“ބުނަން. އަހަރެންނަށް ވަރިހަމަ އޭނަ ދުވަހަކު ނަޔަސް. އަހަރެންނަށް ރަނގަޅީވެސް އެގޮތް. ބަލަ އެމުސީބާތުން ސަލާމަތްވާން ވެގެންނޭ އެވަރަކުން އަހަރެން އޭނަ ކަލެއާ ދެވަން އުޅުނީ. މިހާރު މިއޮތީ ސަލާމަތްވެފައެއްނު. ދެން ކަލޭ އިންނާނެ ކުއްޖެއް އަމިއްލައަށް ހޯދާ އިތުރަށް އަހަރެންގެ ބޯ ނުގޮއްވައި.” ހިތްހަމަނުޖެހިފައި ހަރީރާ އެހެން ބުނުމުން ކަޅިއަޅައިލައިފައި ހަސަން މަނިކު އެގެއިން ނުކުންނަން ހިނގައިގަތެވެ. ތުނބުޅީގައި އަތްކާތަމުން ނުކުތް ހަސަން މަނިކު ހިނގައިގަތީ އޭނާގެ ފިހާރަ ދޮށަށެވެ. އޭރު މުޅިމީހާ ވަނީ ރުޅިއައިސް ރަތްވެފައެވެ. އޭނާއަށް އެވަރު ބޮޑު ލަނޑެއްދޭން މިއުޝީން އެއީ ކާކުހެއްޔެވެ؟ މިވީ ގޮތުން މުޅިރަށަށް ފަޟީހަތް ވާނީ އޭނާއެވެ. ހަސަން މަނިކު ދެފަރާތަށް ބޯހޫރުވައިލިއެވެ.
** ** **
އާރޓިފިޝަލް ބީޗްގައިހުރި ޑައިންމޯރ ރެސްޓޯރެންޓަށް ވަދަގެންދިޔަ ނިކްޔަލްއާއި އާކިލްއަށް އެކިމީހުންގެ ނަޒަރުތައް އަމާޒުވަމުން ދިޔައެވެ. ޚާއްސަކޮށް ނިކްޔަލް އަށެވެ. ނަމަވެސް އެއިން ކަމަކަށް އެއްވެސް ސަމާލުކަމެއްނުދީ ނިކްޔަލް ގޮސް އެތަނުން މޭޒެއްގެ ދޮށުގައި ޖައްސައިލިއެވެ.
ރޭގަނޑުގެ ވަގުތުކަމުންނާއި މަހުގެ ފަހުކޮޅުކަމުން އެތަނުގައި މީހުން ހިސާބަކަށް މަދެވެ. ގޮނޑީގައި ހަމަޖެހިލިތަނާ ވެެއިޓަރ އައުމުން ކާންގެންނަންވީ ތަކެއްޗަށް އާކިލް އޯޑަރ ދިނެވެ.
“އޭތް ބަލާބަލަ އޭނި އަންހެންކުއްޖާ ނިކްއާ ދިމާއަަށް ބަލާވަރެއް. ހިތްކީ ކަންނޭނގެދޯ.” ތަންކޮޅެއް ދުރުގައިހުރި މޭޒެއްގެ ދޮށުގައި އިން އަންހެންކުއްޖަކަށް އިޝާރާތްކޮށްލަމުން އާކިލް ނިކްޔަލްއާއި ދިމާކޮށްލިއެވެ.
“ކިހިނެއް އެނގެނީ އޭނަ އެބަލަނީ އަހަރެންނާ ދިމާއަށްކަމެއް. ހަމަ އާކްއާއި ދިމާއަށްވެސް ބަލައިފާނު.” ނިކްޔަލްވެސް ދޫދޭކަށް ބޭނުމެއްނުވިއެވެ.
“ހަހަ. އަހަރެންނަށް ހެވޭ އަހަރެންނާާ ދިމާއަށް ކިތަންމެ ވަރަކަށް ބެލިއަސް. އަހަރެންމީ ނިކްއެއް ނޫނޭ ބިރުން ދުވެ ފިލާކަށް. އެހެންޏަ. މިހާރު އުމުރުން 22 އަހަރުވީ. އަދިވެސް ހުހަށްވިއްޔަ ތިހުރީ. ކޮންއިރަކުންތަ އަހަރެންނަށް ފަހަރިއެއް ހޯދައިދޭނީ؟ މިހާރު މިވާހަކަ ދައްކައި ދައްކައިވެސް އަހަރެންގެ އަނގައަށް ތަދުވެއްޖެ.” ދެފަރާތަށް ބޯހޫރުވައިލަމުން އާކިލް އަނެއްކާވެސް އެވާހަކަ ފެށިއެވެ. އެއީ ނިކްޔަލް އެހައި ގަޔާވައި މައުލޫއެއްނޫންކަން އެނގޭއިރުވެސްއެވެ.
“އަނެއްކާވެސް ފެށީ ދޯ. ބަލަ އަހަރެން އެކަނިތަ ހުސްކޮށް މިހުރީ؟ އާކްގެވެސް ބައިވެރިއެއް ނެތެއްނު.” ހިނިތުންވެލަމުން ނިކްޔަލް އެހެން ބުނެލުމާއެކު އާކިލް ޕިސްޕިސް ޖަހައިލިއެވެ.
“އަހަރެން ހިތަށް އަރާ މީނައަށް ވިސްނައި ދޭނީ ކިހިނެއްބާވައޭ. ބަލަ އަހަރެން ކުރިން ދެމީހުނާ ރަށްޓެހިވީމޭ. އެމީހުން އަހަރެންނަށް ދޯކާދީފަ ދިޔައިމަ އަހަރެން ކީއްތަ ކުރާނީ؟” ކޮނޑު އަރުވައިލަމުން އާކިލް ފަރުވާކުޑަގޮތަކަށް އެހެން ބުނެލުމާއެކު ނިކްޔަަލް ގާތަށް އައީ ނުލަފާ ހިންޏެކެވެ. ދެމީހުން ވާހަކައިގައިތިއްބައި ކާތަކެތި ގެނައުމުން ކާން ފެށިއެވެ.
ކަމުންދިޔަ ނިކްޔަލް އެއްލިކަޅިއަކުން ޑައިންމޯރ ތެރެއަށް ވަދެގެން އައި ދެ އަންހެންކުދިން ލޮލުގައި އަޅައިގަތެވެ. އެއްކުއްޖަކު އިސްޖަހައިލައިގެން ހުރިއިރު އޭނާގެ ހިނގުމުގައި ކުޑަ އައިބު ގޮތެއްހުރިކަން ނިކްޔަލްއަށް ފާހަގަވިއެވެ. ޖެހިގެންހުރި ކުއްޖާ ފޯނާ ކުޅެމުން އައިސް އެމީހުންނާ ދާދި ކައިރީގައިހުރި މޭޒެއްގެ ދޮށުގައި އިނށީނުމުން އެއަންހެން ކުއްޖާވެސް އެކުއްޖާގެ ފަހަތުން އައިސް އެތަނުން ގޮނޑިއެއްގައި އިނށީނެވެ.
“އޭތް. ކޯޗަކަށްތަ މާވަރަކަށް ތިބަލަނީ؟” ވާހަކަ ދައްކައި ދައްކައިވެސް ނިކްޔަލްގެ ފަރާތުން ޖަވާބެއް ނުލިބުމުން އޭނާގެ އަތުގައި ޖަހައިލަމުން އާކިލް އަހައިލިއެވެ.
“އޭނ. ކީކޭ؟” ނިކްޔަލް އަކަށް އާކިލް ދެއްކިވާހަކައެއް މާކަ ރަނގަޅަކަށް ފަހުމެއް ނުވިއެވެ. “ސާބަހޭ. ކިހިނެއްވެފަތަ ތިއިނީ؟ އަހަރެން މިކިޔަނީ މާދަމާގެ މީޓިންގްއަށް ޕްރެޒެންޓޭޝަން ތައްޔާރުވެއްޖެހޭ؟” ޕާޕަރުކޮޅެއް އަނގައަށްލަމުން އާކިލް އޭނާގެ ސުވާލު ތަކުރާރު ކޮށްލިއެވެ.
“ހޫމް. ތިކަން އޮތީ ނިމިފަ.” ފާޑަކަށް ނިކްޔަލްގެ މޫނަށް ބަލަމުންދިޔަ އާކިލްގެ ސުވާލަށް ޖަވާބު ދިނުމަށްފަހު އަނެއްކާވެސް ނިކްޔަލް އެދެއަންހެންކުދިން ތިބި މޭޒަށް ނަޒަރުހިންގައިލިއެވެ.
ކަޅުކުލައިގެ ނަމްބަރު އައިނެއް އަޅައިފައިހުރި އަންހެންކުއްޖާގެ މޫނުމަތިން ފާޅުވަމުންދިޔަ މައުސޫމްކަންފެނި އެހިތަށް ގޮތްތަކެއް ވެއްޖެކަން ހަމަ ކަށަވަރެވެ. އެކުއްޖާގެ ބުޅި އިސްތަށިގަނޑު މައްޗަށް ނަގައި އައްސައިލެވިފާއިރު އެދޮން ކަނދުރާގެ ބޮޑު ބައެއް ފާޅުވަމުން ދިޔައެވެ. އެތަނުގައިވާ ފަނޑު އަލިކަމުގެ ތެރެއިން އެއޮމާން ރީތި ކަނދުރާ ވިދަމުންދިޔަ މަންޒަރުފެނި ނިކްޔަލްގެ ހިތް މޮޔަވަމުން ދިޔައެވެ. މިއީ ކޮން އިހުސާސުތަކެއް ހެއްޔެވެ؟ އެނުދަންނަ ކުއްޖާ އޭނާއަށް އެޖައްސަނީ ކޮން ޖާދޫއެއް ހެއްޔެވެ؟ އެއޮމާން ކަނދުރާގައި ފިރުމައިލަން އެހިތް ބޭގަރާރުވަމުން މިދަނީ ކީއްވެހެއްޔެވެ؟ ހައްތަހައިވެސް ޖަވާބު ނޭނގޭ ސުވާލުތަކެކެވެ. ނިކްޔަލްގެ ތުންފަތް މައްޗަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ.
“އޭތް. ޕިސްޕިސް. އަޅެ އަހަރެންނަށް މިވާހަކަދެއްކެނީ ޖިންނިއަކާތަ؟ މިހާރު ބިރުގަންނަންވެސް ފަށައިފި.” ލޯއަޅައިލަމުން އާކިލް ނިކްޔަލްގެ އަތުގައި ބޮނޑިއެއް އަޅައިލިއެވެ. ސިހިފައި ނިކްޔަލް އާކިލްގެ މޫނަށް ބަލައިލިއެވެ.
“ހަމަބިމަށް އާދެވިއްޖެ ދޯ. ހިނގާ ދާން. ކައި ނިމުނީމަވެސް ތިއިންނަނީ ދާހިތްނުވެފަތަ؟ މިތަންމާ ރީތީ ދޯ.” އާކިލް ނިކްޔަލްއާ ދިމާކޮށްލިއެވެ. ހިނިއައިސްފައި ނިކްޔަލްވެސް އާކިލްގެ ގައިގައި ޖަހައިލަމުން އިންތަނުން ތެދުވެ ނުކުތުމަށް ހިނގައިގަތެވެ. އަދި އެއްފަހަރު އެއަންހެންކުއްޖާގެ މޫނަށް ބަލައިލަމުން އިސްތަށިގަނޑުގައި އަތްހިންގައިލައިފައި ހުވަފެނީ ގޮތަކަށް ނިކްޔަލް ހިނިތުންވެލިއެވެ.
** ** **
ޑައިންމޯރގެ މޭޒު ދޮށުގައި ސަބްމެރިން ކާންތިބި އިޒާނާއާއި މިއުޝީން ދިޔައީ ފޯރިއާއެކު އެކިއެކި ވާހަކަ ދައްކަމުންނެވެ.
“މިއު ދެން އިތުރަށް ކިޔަވާކަށް ގަސްތެއްނުކުރަންތަ؟” ބޯންގެނައި ޗޮކްލެޓް މިލްކްޝޭކް ތަށިން އެތިފޮތެއް ބޮއިލަމުން އިޒާނާ އަހައިލިއެވެ. “ނޫން. ބޭނުން އިތުރަށް ކިޔަވަން. އެކަމަކު ފުރަތަމަ ބޭނުމީ ވަޒީފާއަަކަށް ދާން. އެއަށްފަހު ދެން އިތުރަށް ކިޔަވާނީ.” މިއުޝީން އޭނާ ބޭނުންވާގޮތް ހާމަކޮށްލިއެވެ. އިޒާނާވެސް އެކަމާ އެއްބަސްވަމުން ބޯޖަހައިލިއެވެ.
“ކޮންއެއްޗެއް މިއު ކިޔަވަން ބޭނުންވަނީ؟” މިއުޝީންގެ ހިނިތުންވެފައިވާ މޫނު ފެނުމުން އިޒާނާގެ ހިތަށް ބަޔާންނުކުރެވޭފަދަ ހަމަޖެހުމެއް ލިބިގެންދިޔައެވެ. އޭނާގެ އެކުވެރިޔާ އަބަދުވެސް ހިނިތުންވެފައި ހުރުމަށް އޭނާ ނުހަނު އެދެއެވެ.
“އަހަރެން ބޭނުންވަނީ ފެޝަން ޑިޒައިނަރ އަކަށް ވާން.” ހުވަފެނީ ގޮތަކަށް ހިނިތުންވެލަމުން މިއުޝީން އެހެން ބުނުމުން އިޒާނާވެސް ބޯޖަހައިލީ އެއީ ވަރަށް ރަނގަޅު ކަމެކޭ ބުނަމުންނެވެ. އަދި މިއުޝީނަށް އެކަންވާނޭ ބުނެ ހިތްވަރުދިނެވެ.
“ސޯ އަދި މިއު ބޭނުންވަނީ ވަޒީފާއަށް ދާން ދޯ. އަހަރެން މިއުއަށް ރަނގަޅު ތަނަކުން ވަޒީފާއެއް ހޯދައިދޭނަން އެނގޭ. މިރޭ ވާނެ ދޯ އެކަމާ އުޅެން.” އިޒާނާގެ ވާހަކަތަކުން ނުތަނަވަސްވެފައިވާ މިއުޝީންގެ ހިތަށް ހަމަޖެހުން ލިބުނެވެ. އޭނާގެ ހުވަފެންތައްވެސް ﷲ ގެ އިރާދަފުޅުން ފުރިހަމަވާން އުޅެނީއޭ ހިތަށް އަރައި އުފާވިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
57 Comments!
Comments are closed.







Hey all my readers.. Salaam.. So here is the third part of this story.. Hope u guys will enjoy this part too.. Do let me knw the mistakes ingey.. Have a nice day.. Luv u all❤??
Thanks nau avahah up kohdhinyma. V v v v v v reethi
Wlcm n thanks dear
Yay.. miadhuga first. Adhi kiyaavx nulan. Ekm ingey reethi vaanekan nau darling???
Awwn.. Thanks awa darling..❤?
alhe vrh reethi .,maashallah
???????
nikyal❤ miu
aakil ❤ziyaana
Thanks unaal.. ❤
Vvvvv furihama vaahaka eh…
Thanks xuha
Nice???
Thanks dear❤
Wowww loabi ingey.. Dhen kon irakun aneh part?? Love u nau..
Thanks mee.. In sha allah soon❤
wowww. vvvvv furihama,. love it.. ..waiting . love u nau 🙂
Thanks dear.. Love u too❤
v v reethi.next part up kohdheynii kon irakun
Thanks dear.. In sha allah soon
v reethi mi part ves… waiting for next one… nikyal aa miushyn gulhu nyma v salhi vaane… 😀 loves <3
Thanks shudha.. Lets see dhw vaagotheh.. Loves dear❤
varah reethi mi pary ves..waiting ingey nau..mihaaru mi vaahaka ah varah inthuxaaru kurevey hama..when next parr? avahah up kohdhehchey nau.
Thanks dear.. Yes in sha allah soon..
Just awsome love it ? waiting for the nxt part
Thanks ree?
Vvv reethi ..??
Thanks mary
Woww v obi
Thanks afu
V Salhi
When next part???
Thanks rsh.. In sha allah soon
Nau bunii 21 inn feshigenn neyy up vaanee…ekamu maa kurinn up kurann thii feshee?…any way story varah reethi…❤…waiting next part….keep going?
Hehe.. Ya dhw xim.. Aslu plan kuri hisaabah liyevunyma up kuran feshy.. N kameh nethi ehb innanvyma edhuvaskolhu maa bodah bored vy.. Ehnve up kuran feshy.. Hehe.. Anyways thanks xim..?
Vv loabi story eh ..waiting for next part ??
Thanks chim
Fantastic keep it up
Thanks kul
Hmm …. Vvv rEetHi……
Thanks dear
Varah reethi mi part ves waiting for the next part??
Thanks dear?
V reethi mi part ves love the story
Mi partves v reethi love
The story& u
Awwn.. Thanks any.. Love u too
Masha Allah..? mi part ves vvvvvvvvvvvvv reethi..? ekamu thankolheh kuree.? Next part dhigu kohdhehcheyy.?? Mihaaru varah curious vejje..?? Waiting waiting..♥♥♥♥♥♥
Loves..?❤✨✨✨
Thanks dear.. Yes in sha allah.. Loves❤?
Wow wow nau, haadha haavaa ryhchey mibaives.. Nau ge story thah aslahves v v rythi igey.. Anehka ehaa baraabarah eba up kohdhey.. Dhen nau ge story thakah varah support kuran.. Nau v molhu.. Masha Allah.. Luv u nau
Awwnn.. Thanks alot ainth.. Luv u too..❤❤
Hey nau
Stry vvvvv reethi…
Keep it up….
Waiting 4 next part…upload soon ingey dear….
Thanks n yes dear.. Hehe
Varah reethi mi Bai ves.. 🙂
Thanks shereen
Vvvv reethi mibai vx…whn nxt prt??
Thanks yaloo.. In sha allah tmrw
V loabi
Adhivex kiyaa hiyvey ????
Thanks dear?
Nau u are fantastic?? when next part
Thanks dear?
story heevanyy rangalhu vaane henn?..keep going?
Thanks xim❤