ޢެދެމޭ އުފާ….(41)
”ދޮންބެމެން ހަނީމޫނަށް ނުދާންތަ ތި ތިބެނީ؟” މެންދުރުގެ ކެއުން ނިއްމާލައިފަ ސިޓިން ރޫމުގަ އެކި ވާހަކަ ދައްކަން ތިބެފަ ލީޒާ އަހައިލިއެވެ. “ނޫނޭ ހަނީމޫނަށް ދާނަން.. ދޯ ޝާ..؟!” ޝަރާއަށް ދޯދެމުން މާކިން ބުނެލިއެވެ. “ނޭނގެ؟! މާކްއަށް ނޫންތަ އިނގޭނީ..؟!” ފޯނާ ކުޅެމުން ޝަރާ ބުނެލިއެވެ. “މަންމަ ބުނެފާނަން ވަރަށް ރަނގަޅު ގޮތެއް އެކަމަކު ދަރިފުޅުމެން ގޮތް ނިއްމާނީ..!” ކުދި ވެރިންނާ ބައިވެރި ވަމުން ހައްވަ ބުނެލިއެވެ. ޝަރާގެ ކައިވެންޏަށް މާލެ އައި ގޮތަށް ހައްވަގެ ދެމަފިރިން އަދިވެސް ތިބީ މާލޭގައެވެ. އެ ދެމަފިރިން މުސްކުޅި ވީމަ އެކަނި ރަށުގަ ނުބަހައްޓަން ވެގެން މާކިން ގަދަ ކޮއްލައިފަ ނުފޮނުވިއެވެ. ކޮންމެ ގޮތެއް ވިޔަސް އޭނަގެ ވެސް މައިން ބަފައިންނަކީ އެ ވިއްޔާއެވެ. އެހެން ވީމަ މާކިން ވެސް އެ ދެމަފިރިންނަށް ގޯސްވާންވީ ކީއްކުރަން ހެއްޔެވެ؟.
“ކިހިނެތްވާނީ ރަށަށް ދިޔައިއްޔާ؟” ހައްވަ ބުނެލިއެވެ. ހަގީގަތުގަ އޭނަ އެހެން އެބުނީ އަތުން އިތުރު އެއްޗެއް ނުގޮސް ވާނެތީއެވެ. އަނެއްކޮޅުން ބޭކާރު ހަރަދު ކުރުމަކީ ހައްވަ އެހާ ރުހޭ ކަމެއް ނޫނެވެ. “އެއީ ތެދެއް ދޮންބެ..! ވަރަށް ސަޅި ގޮތެއް އެއީ! ހިގާ އެއްމެން އެއްކޮށް އެ ރަށަށް ދަމާ..؟!” ލީޒާ ދާހިތްވިލެއް ބޮޑު ކަމުން ބުނެލިއެވެ. “ވަރަށް މޮޅު! ތިޔަކަށް ނުކިޔާނެ ހަނީމޫނެކޭ ތިޔަށް ކިޔާނީ އާއިލީ ދަތުރެކޭ..!” ޝަރާއާ ދިމާލަށް އެއްލޯ މަރަމުން ލީޒާޔާ ދިމާ ކުރަން ވެގެން މާކިން ބުނެލިއެވެ. މާކިން އެހެން ބުނީމަ ހައްވަވެސް އިނީ ހިންޏައިގެން ފަޅައިގެން ދާވަރު ވެފައެވެ. ހައްވަ މާލެ އައިސް މިވީ މަދު ދުވަސް ކޮޅުތެރޭ އޭނަޔަށް ވަނީ އެކުދިންގެ ސަކަރާތާ އެއްޗެހި ފެނި ފައެވެ. “އެހެންތަ؟ އެހެން ވިއްޔާ ލީއެއް ނުދާނަން..! އޯކެއެއް ނުން..؟ އެއިރުން ވާނީ ހަނީ މޫނަކަށެއް ނޫން..؟!” ލީޒާ ދެރަވެފަ ބުނެލިއެވެ. ހަގީގަތުގަ ވެސް ލީޒާ އިނީ ދެރަވެފައެވެ. ވާނީވެސް އެހެންތާއެވެ. ޝަރާޔާ މާކިންއާ ރައްޓެހިވި ދުވަހުން ފެށިގެން އެރަށަށް ދާހިތުން ލީޒާ އިނީ ލޮލަށް ނިދި ވެސް ނައިސް ވިއްޔާއެވެ.
”ހާދަ ފޯރިއެއް އެބަ ހުއްޓޭދޯ؟” ވިނާން މެން ދަތުރަށް އެއްޗެހި ޕެކު ކުރަން އުޅޭ ފޯރިގަދަ ކަމުން ސައުދު ބުނެލިއެވެ. “ލައްބަ ބައްޕާ.. މިއީ މިއުޅޭ އަލްގެ ކަންތަކޭ..! މީނަ ޔޫރަޕަށް ގޮސްފަވެސް ބޭނުންވަނީ ރިހާކުރާއި ބަތް ކާން ވިއްޔާ..! ދެން މިވަރަށް މިކަން ކުރަން އެބަ ޖެހެއެއް ނޫން..؟!“ ސައުދުއަށް ޖަވާބު ދިނުމަށް ފަހު ވިނާން ބުނެލިއެވެ. އޭރު އަލްޔާ އިނީ ތުން ފިއްތައިގެން ވިނާންއާ ދިމާލަށް ލޯ އަޅައިގެންނެވެ. “ކީއްވެ ތިހާ ރުޅިބއައިސް ތިހިރީ..؟” އަލްޔާ ތުން ފިއްތާލައިފަ ލޯ އަޅަން ފެށުމުން ވިނާން އަހައިލިއެވެ. “ހުއް.. ކާކުބުނީ މަރުޅި އައިސްފަޔޭ އިނީ؟ އެއްވެސް ރުޅިއެއް ނޫން..!” އިން ތަނުން ތެދުވަމުން އަލްޔާ ބުނެލިއެވެ. “ތިއެއް ނޭނގެ މިހާރުވެސް ހެނދުނު ކަނޑާ މީހަކު މިތާ ހުރި ނަމަ ތިހިރަ ދިގުވެފަ އިން ތުންފަތުން ހެނދުމެއް ފެހޭ ވަރަށް ކަނޑައިލެވޭނެ..!” އިތުރަށް އަލްޔާ ރުޅި އަރުވަން ވެގެން ވިނާން ބުނެލިއެވެ. އަލްޔާ ރުޅި އެރުވުމަކީ ވިނާންއަށް ބުނެދޭން ނޭނގޭ އުފަލެއް ލިބޭކަމެކެވެ. އެހެން ކަމުން ކުޑަ ފުރުސަތެއް ލިބުނަސް ވިނާން ބަލަނީ އަލްޔާ ރަތަށް އަރުވައިލެވޭތޯއެވެ.
” ވަރަށް ފޫހިވޭ! ނުއުޅެން މިތާ ހުންނާކަށް..!” ރުޅިއައިސް ރަތް ވެގެން އަލްޔާ ހިނގައްޖެއެވެ. އެހެން ނަމަވެސް ވިނާން އިނީ ހިންޏައިގެން ފަޅައިގެން ދާން ކައިރި ވެފައެވެ. “ދަރިފުޅާ ތިއީ ދެން ކޮން ސަކަރާތެއްތަ؟ އެމަންޖެ އެދިޔައީ ވަރަށް ރުޅިއައިސްގެން..!” އަލްޔާ ރުޅިއައިސްގެން ދިއުމުން ހިތްހަމަ ނުޖެހި ހުރެ ސައުދު ބުނެލިއެވެ. “ބައްޕާ އެކަމާ އަޅާނުލައިބަލަ.. އިރުކޮޅަކުން އެކަން ނިމިދާނެ…” ނުލަފާ ފާޑަކަށް އަލްޔާ ދާތަން ބަލަމުން ވިނާން ބުނެލިއެވެ. “ދެން ތިވާހަކަ ނުދައްކާ.. ކިހައި އިރަކުތަ ފުރުން އޮތީ؟” ހިތްހަމަ ނުޖެހި ހުރި އެއް ކަމަކު ސައުދު އަހައިލިއެވެ. ”މިރޭ އަށެއް ޖަހާ އިރު ޗެކިން އޮތީ.. މާކް ވެސް ބުނި އެއާރޕޯޓައް ދާނަމޭ.. އޭ! އަދި ހަނދާންވެސް ނެތޭ ބައްޕަޔަށް އެނގިލައްވާތޯ މާކްމެން އުޅެނީ ޝަރާމެންގެ ރަށަށް ދާން..؟! މާކް ބުނީ ބޭނުމީ ތަފާތު ކޮށްލަންށޯ.. އެންމެ ސަޅިވާނީ ހަނީމޫނަށް ރާއްޖެތެރެއަށް ދިޔައިމަޔޯ” ޗެކިން އޮތް ގަޑި ބުނުމަށް ފަހު ކުއްލިއަކަށް މާކިން ބުނި ވާހަކަ ހަނދާން ވުމުން ވިނާން ބުނެލިއެވެ.
”ވިނާ ކޮބައިތަ އަލަމާރީގަ އޮތް އަލްބަމް!” ހުރިހާ ތަނެއް ހޯދާ ހޯދާ ނުފެނުމުން އަލްޔާ އަހައިލިއެވެ. “އޭތި ލައިފިން ފޮއްޓަށް…” ފޮޝީގެ ޒިބު ދަމައިލަމުން ވިނާން ބުނެލިއެވެ. “އެހެންތަ؟! ނަސީބެއް ނޫން..؟! މިހާރު އެ ހޯދާ ހޯދާ މަގޭ ދެލޯ ހަލާކު ވާވަރު ވެއްޖެ..!” އެނދުގައި އިށީންނަމުން އަލްޔާ ބުނެލިއެވެ. “ހެހެ.. ނަސީބެއް ނޫން ހަލާކު ނުވިކަންވެސް އެހެން ނޫންނަމަ ދާން ޖެހޭނީ ހޮސްޕިޓަލަކަށް ނޫން..؟!” ހެމުން ހެމުން ވިނާން ބުނެލިއެވެ.
“ޓަން..! ޓަން..!” ފުރަން ދާ ގަޑި ޖެހޭތީ ވިނާންގެ ދެ މަފިރިން ނުނިކުމެ ލަސް ވާތީ ވަޒުނާ ގޮސް ވިނާންގެ ކޮޓަރީގަ ތަޅަން ފެށިއެވެ. “އަލް އަދިވެސް ނުނިމެނީތަ؟ ގަޑި ޖެހެނީއޭ..!” އަލްޔާ ދޮރު ހުޅުވުމުން ވަޒުނާ އަހައިލިއެވެ. “މި ނިމުނީއޭ! އަދި ވަގުތުވެސް އެބައޮތެއް ނޫން..؟! ކޮބައި ލީމެން އައިސްފިތަ؟” ދޮރު ހުޅުވުމަށް ފަހު ނިމުނީ ކަމަށް ބުނެ ލީޒާމެން އައިތޯ އަަލްޔާ އަހައިލިއެވެ. ”އާނ.. އެއްމެން އައިސްފި..! ނުވިތާކަށް އައިރަމްއާ އިޖާޒު ވެސް އެބަހުރި.. އެވަރުން ނިކުމެވޭނެތަ ބޭރަށް؟” ވަޒުނާ ފަތިވަރެއް ހެން ބުނެލިއެވެ. “ހެހެ.. ވަޒޫވެސް ހާދަ ލާނެއް ވެއްޖެޔޭ! މި ނިކުންނަނީއޭ..!” އެހެން ކިޔައިފަ އަތް ދަބަސް ނަގައި ކޮނޑުގައި އަޅުވައިލަމުން އަލްޔާ ނިކުމެއްޖެއެވެ. އަލްޔާ ނިކުތުމުން ވަޒުނާ އޭނަގެ ފަހަތުނު ހިނގައިގަތެވެ. ދެމީހުން ދިޔަތަން ބަލަހައްޓައިގެން ހުރުމަށް ފަހު ފޮށި ހިފައިގެން ވިނާން ވެސް ނިކުތީ ތިރިއަށް ދިއުމަށެވެ.
”އާޗާ!! މިހިރަ އަންނަ ޕަރީއެއް ބަލައިބަލަ..!” އަލްޔާ އަންނަ ތަން ފެނިގެން އެއްމެންނަށް ދައްކާލަމުން ޝަރާ ބުނެލިއެވެ. ޝަރާ އެހެން ބުނުމުން އެއްމެންގެ ކަޅި އެއްފަހަރާ ހުއްޓުނީ ޕަރީއެއްހާ ރީތިވެގެން އައިސް ސިޓިން ރޫމަށް ހުއްޓުނު އަލްޔާއާ ދިމާލަށެވެ. ޝަރާ އެބުނީ ދޮގެއް ނޫނެވެ. މިރޭ އަލްޔާ އެހާމެ ރީއްޗެވެ. “ކޮބައި؟! މިހިރީ ނިކުމެވިފަ ހިނގައި އަވަހަށް ދާން..” އެއްމެން އަލްޔާއަށް ގެއްލިގެން ތިއްބާ ފޮށިތައް ހިފައިގެން ނިކުމެ ވިނާން ބުނެލިއެވެ.
“ހާދަ ސާމާނެކޭ މިކޮޅަށް ދެން ނާންނަނީތަ؟” ވިނާން އެހެން ބުނުމުން ފޮށިތަކާ އެއްޗެހި ގިނަ ކަމުން މާކިން އަހައިލިއެވެ. ހަގީގަތުގަ މާކިން އެހެން އެހީ ދިމާ ކުރުމުގެ ނިޔަތުގައެވެ. ”ގިނަތަ؟ ތިހެން ބުނާ އިރު ހާދަ ދުވަހެއް ވާނެޔޭ އެކޮޅުގަ.. ދޯ އަލް؟ ގައިމުވެސް ދެތިން އަހަރު ވާނެ އެކޮޅުގަ..!” އެއްޗެހިތައް ބިންމަތީގަ ބަހައްޓަމުން ވިނާން ބުނެލިއެވެ. ”ތިން އަހަރޭ!! ތިބުނީ ވަޒޫގެ ވެޑިންއަށް ވެސް ނާންނަނީއޭތަ؟” ހައިރާންވެފަ މާކިން އަހައިލިއެވެ. “އާނ.. ތިން އަހަރު! މަބުނީމެން ނޫން ކަމެއްގެ ވާހަކަ..؟ އެހެންވީމަ ތިންއަހަރު ވާނެއް ނޫން..؟!” އިތުރަށް ޔަގީން ކޮއްދެމުން ވިނާން ބުނެލިއެވެ. “އޯކޭ.. އޯކޭ! ތީގެ މާނައަކީ ވަޒޫގެ ވެޑިންގަ ނުހުންނާނަމޭދޯ؟ ކުރާނެ ކަމެއް ނެތް.. މަ ދެން ހުންނާނަން..!” ވިނާން އެކަމަށް އިތުރު ޖަވާބެއް ނުދިނުމުން ދިމާ ކުރަން ވެގެން މާކިން ބުނެލިއެވެ. “ހެހެ… ނޫން! ވަޒޫގެ ވެޑިންގަ މަނެތީސް ކާކުތަ ހުންނާނީ؟ މަ ބިންދާލާނަން ސީދާ ޑޭޓަށް!” ވިނާން ބުނެލިއެވެ. ”ދެން ވަރަށް އަނގަ ތެޅިއްޖެއެއް ނޫން..؟ ކާރު އެއޮތީ ރެޑީގަ… ނިކުންނަން އުޅެންވީނުންދޯ؟” ވަޒުނާ ބުނެލިއެވެ. “އެބުނާހެން! ދެންވެސް ހިނގައިބަލަ ދާން.. މިހާރު ޗެކިން ފެށިދާނެ!” މާކިން ބުނެލިއެވެ. “އާނ.. ހިނގާދާން.. މިހެން ނޫންތަ ވާނީ މާކް އެވަރަށް ދިމާ ކުރޭ ވިއްޔާ..؟“ ފޮށިތައް ނަގަމުން ވިނާން ބުނެލިއެވެ. މާކިން ވެސް ހިނި ގަޑެއް ޖަހާލައިފަ ފޮށިތައް ހިފައިގެން ނިކުންނަން ހިނގައިގަތެވެ. އޭނަގެ ފަހަތުން ދެން ތިބި އެއްމެން ނިކުތެވެ. އިތުރު ފޮށިގަޑެއް ހުރުމުން އައިރަމް ނިކުތީ އެ ހިފައިގެންނެވެ.
”މާކްމެން ފުރަނީ މާދަންދޯ؟“ ޗެކިން ބަންދު ކުރަން އަދި ވަގުތު އޮތުމުން އެތެރެއަށް ނުވަނދެ މަޑު ކުރަމުން ވިނާން އަހައިލިއެވެ. “އާނ.. މާދަން ފުރަނީ.. ގެ އެއްމެން މިދަނީވެސް.. ލީ އެއްބަހެއް ނުވި އޭނަ ބަހައްޓައިފަ ދާކަށް އެހެންވެ އެއްމެން އެއްކޮށް މިދަނީ..!” ބިޒީކަމުން ދަތުރުގެ މާ ބޮޑު މައުލޫމާތެއް ވިނާންއަށް ކިޔައިދެވިފަ ނެތީތީ މާކިން ކިޔައިދިނެވެ. “އެހެންތަ؟ ވަރަށް ސަޅިވާނެ އެހެންވީމަ ތި ޓުރިޕު..! މަވެސް އަސްލު ބޭނުން ރާއްޖެތެރެއަށް ޖައްސައިލަން އެކަމަކު އެޔަށް ވުރެ ބޮޑަށް ބޭނުން ވިއްޔާ އަލްގެ ޑުރީމް ސަކުސެސް ކޮށްދޭން..! އެހެންވެ..” ވިނާން ބުނެލިއެވެ. “ޔާރ.. އަސްލުވެސް އަލްއަށް ޖެހޭނެ އެކަންތައް ކޮއްދޭން.. އަދިވެސް އޭނަ ކައިރިގަ ނުބުނަންތަ ކިޔަވަންޝާ އެއްކޮށޭ ދަނީ؟!” މާކިން ސީރިއަސް ވެފަ އަހައިލިއެވެ. ”ހޫމް.. ނުބުނަން! މަބުނީ މަ ތިން އަހަރުގެ ކޯހަކަށޭ ދަނީ އެކަނި ހުރެ ނުކިޔެވެނެތީ އަލް ގޮވައިގެން ދަނީއޭ އަކަމަކު ވަޒޫ ވެޑިން ނިއްމާފަ ފުރާއިރު ބުނާނަން އަލް ކިޔަވަންށޭ ދަނީ… އެއިރު ދޮގު ހެދީއޭ!” ކަންތައް ކުރާނެ ގޮތް ތަފުސީލުކޮށް މާކިންއަށް ކިޔައިދެމުން ވިނާން ބުނެލިއެވެ. “ޔޭސް.. ތިއީ ސަޅި ގޮތެއް..! އެކޮޅަށް ދިޔަޔަސް ހަބަރު ވާތި.. މިހާރު އެއުޅެނީ ބަންދު ކުރަން ދެން އަވަހަށް ވަންނަން އުޅޭ….” ވިނާންގެ ހިޔާލަށް އެއްބަސް ވަމުން ޗެކިން ބަންދު ކުރަނީ ކަމާ އަވަހަށް އެތެރެއަށް ވަނުމަށް މާކިން ބުނެލިއެވެ. ވިނާން އެތެރެއަށް ބޯ ދިއްކޮއްލިއިރު ކައުންޓަރުގަ މީހެއް ނެތުމުން އަވަހަށް އަލްޔާމެން ތިބިތާ ކައިރިއަށް ގޮސް އެއްމެންނާ ސަލާން ކުރުމަށް ފަހު ދިޔައީ އެތެރެއަށެވެ. އޭރު އެއްމެން ތިބީ އެމީހުން ފުރާތީ ފެންކަޅި ވެފައެވެ. އެންމެ ބޮޑަށް ދެރަވި އެކަކީ އަފީފާއެވެ. މިހާރު އަފީފާ އަލްޔާ ދެކެ ވަނީ އަމަށަކު ލޯތްބެއް ނޫނެވެ. ވިނާންމެން އެތެރެއަށް ވަނުމުން އެއާރޕޯޓަށް ދިޔަ ގުރޫޕު ގަނޑު އިތުރަށް މަޑު ނުކޮށް އަވަހަށް ދިޔައީ ފެރީ ކައިރިއަށެވެ. ވާރޭ ވެހޭ ގޮތަކަށް އުޑުމަތި އޮތުމުން އެމީހުން ބެލީ އަވަހަށް ވާރޭގަ ނުޖެހި މާލެ ދެވޭތޯއެވެ.
”ދެން ހުއްޓައިލަބަލަ އަފީ..! އެކުދިން އެކޮޅަށް ދެވުނު ހާ އަވަހަކަށް ގުޅާނެޔޭ..!“ ހެނދުނު ހޭލައިގެން ސައިބޯން ބަދިގެއަށް ވަން ގޮތަށް ވިނާންމެން ނެތުމުން އަފީފާ ރޯން ފެށިއެވެ. “ސައުދު ތިހެން ބުންޏަސް އަހަރެން ހާދަ ހަނދާނެއް ވެޔޭ އެކުދިންގެ މަތިން..! މިއަދު މި ގޭތެރޭގަ އެއްވެސް ދިރުމެއް ވެސް ނެތެއް ނޫން..؟!” ސައުދު ހުއްޓައިލާށޭ ބުނެ ހިތްވަރު ދިނުމުން އަފީފާ ދަރިން މަތިން ހަނދާން ވާވަރުން ބުނެލިއެވެ. “އިނގެޔޭ ތިހުރިހާ އެއްޗެއް..! އެކަމަކު އެކުދިން ވެސް އެކުދިންގެ ދިރި އުޅުމަށްޓަކައި އެކި އެކި ބަދަލުތައް ގެންނާނެދޯ؟ އެކަމާ އަހަރުން ޖެހެެނީ އެކުދިންނަށް ހިތްވަރޭ ދޭން! ތިގޮތަށް ކަރު އެލުވާލައިގެން ހުރީމަ އެކުދިންގެ ހިތްވަރު އެލި ބަލިކަށްޓެއް ނޫންތަވަނީ؟” އަނެއްކާ ވެސް އަފީފާއަށް ހިތްވަރު ދެމުން
ސައުދު ނަސޭހަތް ދިނެވެ. ސައުދު އެކި ގޮތް ގޮތަށް ވާހަކަ ދައްކައިގެން އަފީފާ ކުޑަކޮށް ހަމަޔަކަށް އެޅި ކުޑަ ސައި ފޮދެއް ބޮއެލައިގެން ނިކުތީ ސިޓިން ރޫމަށެވެ. އޭރު ވެސް އަފީފާގެ ހިތް ރޯވަރަކަށް ރޮމުން ދިޔައެވެ. ނަމަވެސް ސައުދުގެ ހިތްވަރާއިއެކު އަފީފާ ކެތް ކޮއްލިއެވެ.
”އަވަސް ކޮއްބަލަ ދޮންބޭ..! މިހާރު ކާރު އަންނާނެ..” ފުރަން ދާން ގަޑި ޖެހޭތީ ލަސް ވެގެން ލީޒާ ގޮސް މާކިންގެ ކޮޓަރީގެ ދޮރުމައްޗަށް ހުއްޓި ހުރެ ބުނެލިއެވެ. އެއިރު ޝަރާ އަރި އަރިއަށް ޝޯލް އަޅަނީއެވެ. “ސާބަސް ލީ! މުނާޖާ ކޮނޑު އަޅައިގެންތަ މިއަދު ހޭލީ؟” ލީޒާ ދޮރުމަތީގަ ހުރި ގޮތަށް ހުއްޓާ ދިމާ ކުރަން ވެގެން ޝަރާ ބުނެލިއެވެ. “އާނ..! މުނާޖާ ކޮނޑު އަޅައިން ވިޔަސް ގަޑިއަށް ތައްޔާރު ވެވިއްޖެއްނުން..!؟” ލީޒާ ތުން ދަމާލަމުން ބުނެލިއެވެ. “މަށަށް ހީވަނީ އެރަށައް ގޮސްފަ ލީއެއް ނާންނާނެހެން..! އަބިރާ އަންނަ ވައްތަރަކަށް ނޫން ތި އުޅެނީކީ..!” ލީޒާ އެތެރެއަށް ވަނުމުން މާކިން ބުނެލިއެވެ. “ދެން ކޮންމެހެން މަށާ ދިމާ ކުރާނެ ކަމެއް ނެތް.. މަ މިހިރީ ބުނި ގަޑިއަށް ތައްޔާރު ވެގެން! ތިހުރިހާ އެއްޗެއް ނުކިޔައި ބުނެބަލަ މިއުޅެނީ އަދިވެސް ތައްޔާރު ނުވެވިގެންނޭ އެެއިރުން މަ ހުރެދާނަމޭ..!” މާކިން ޖެއްސުން ކުރީތީ ދެރަ ނުވާންވެގެން ލީޒާ ބުނެލިއެވެ. “ހޫމް… ދެން ހިނގާ ދާން މިހާރު ނިމިއްޖެޔޭ!” މާކިން އެއްޗެއް ނުބުނެ ދަބަސްތައް ހިފައިގެން ބޭރަށް ނިކުންނަން އުޅެގަތުމުން ޝަރާ ބުނެލިއެވެ. “ވަރަށް ފޫހިވޭ! ބުނާ ގަޑިއަކަށް އެއްވެސް ކަމެއް ނުވާ ބައެއްމީ..!” ޝަރާޔާ މާކިން ނިކުމެ ނިކުމެ ތިއްބާ ކެފެމުން ނިކުންނަމުން ލީޒާ ބުނެލިއެވެ. ލީޒާ އެކަން ކުރި ގޮތް މަޖާ ކަމުން ޝަރާޔާ މާކިން ފެށީ ޕަކަ ޕަކަ ލައިފަ ހޭންށެވެ.
”ނުވެސް ދާނަން ދެން… ވަރަށް ފޫހިވޭ!” ކޮނޑުގަ އަޅައިފަ އޮތް ދަބަސް ސޯފާ މައްޗަށް އައްލައިލަމުން ލީޒާ ބުނެލިއެވެ. އެއިރު ވެސް ޝަރާޔާ މާކިން ބިނދި ބިނދި ބިނދިފަ ހެނީއެވެ. “ކިހިނެތްވީ މިހާރު؟ ކީއްވެ ދަރިފުޅުމެން މާ ވަރަކަށް ތިހެނީ؟” ހައްވަ ވެސް ދަބަސް ހިފައިގެން ބޭރަށް ނިކުތް އިރު ޝަރާމެން މާ ބާރަކަށް ހޭތީ ވީގޮތެއް ނޭގިގެން އަހައިލިއެވެ. “ކަމެއް ނުވޭ.. ހެވޭނެއް ނޫން މަންމަ ތިހާ ލަހުން ތައްޔާރު ވަންޏާ..؟! މަންމަ ކައިރީގަ ބުނިީމެއް ނޫން މުނާޖާޔާ އެއްކޮށް ހޭލައިގެން ލިޕުސްޓިކު ލައިފަ ރީތި ވާށޭ..؟ ބުނީމަ ވެސް އަދި ކިރިޔާ ތިނިކުމެވުނީ… މަންމަ ލަސް ކަމުން މަގޭ ކޮއްކޮފުޅު އެހެރީ ތުންކޮޅު ދިގުވެފަ..!” ވީގޮތެއް ނޭގިގެން ހައްވަ އަހައިލުމުން ވިނާން ބުނި އެއްޗެއް ހައްވަޔަށް ނޭނގުމުން ހުރެވުނީ ފަހަރަކު މީހެއްގެ މޫނަށް ބަލަންށެވެ. “މަންމަޔަށް ހަމަ ޔަގީން ތޮޅުނީކަން! ކިހިނެތްތަވީ؟” ލީޒާގެ މޫނު ފެނުމުން ވީގޮތް އިނގޭކަށް ހައްވަޔަށް މާގިނަ ވަގުތެއް ނުނެގިއެވެ. ހައްވަޔަށް މިހާރު އެ ކުދިވެރިންގެ ކަންތައް ވަރަށް ރަނގަޅަށް އިނގެއެވެ. ސަކަރާތު ޖެހުމާ އެކަކު އަނެކަކާ ދިމާ ކުރުމަކީ އެމީހުންގެ އާދައެއްކަން ހައްވަޔަށް އިނގެއެވެ.
”މަންމަޔަށް އިނގޭ ލީޒާޔާ ކަން ތި ދިމާ ކުރަނީ..!” އެކަކު އެކައްޗެއް ވެސް ނުބުނުމުން ހައްވަ ބުނެލިއެވެ. ހައްވަ އެހެން ބުނުމުން މާކިންއާ ޝަރާޔާ ދެމީހުން އަނގަ މަޑު ވެއްޖެއެވެ. ”ސޮރީ ލީ އެއީ ދޮންބެ މަޖާ ކުރީއޭ! އަސްލު ވީ ގޮތަކީ ލީ މިއަދު ސަޕުރައިޒެއް ދޭންވެގެން ގަސްތުގަ ރުޅި އަރުވައިލީއޭ..!” ލީޒާގެ އަތުގަ ހިފައި ނަގަމުން މާކިން ބުނެލިއެވެ. “އެއީ ތެދެއް ލީ.. އެބައޮތޭ ވަރަށް ބޮޑު ސަޕުރައިޒެއް! އަވަހަށް ހިނގާ ދާން.. ޔަގީން އެސަޕުރައިޒު ލިބުނީމަ ލީއެއް ނުހުންނާނެ ތިހެންނެއް..!” ހިނގާށޭ ބުނެ ލީޒާގެ ގައިގަ ކުޑަކޮށް ބައްދައިލަމުން ޝަރާ ބުނެލިއެވެ. އިތުރު އެއްވެސް އެއްޗެއް ނުބުނެ ލީޒާ އެމީހުންނާ އެކު ނިކުތެވެ. ހަގީގަތުގަ ވެސް އެމީހުން ދޭން އެއުޅެނީ ވަރަށް ބޮޑު ސަޕުރައިޒެކެވެ. ލީޒާ ބުނެ ބުނެ ވެސް އިޖާޒު ބިޒީ ކަމަށް ބުނެ އޮތީ އެރަށަށް ނުދެވޭނެ ކަމަށް ބުނެފައެވެ. އޭނަ އެހެން ބުނީވެސް މާކިންމެން ބުނެގެން ސަޕުރައިޒެއް ދޭންށެވެ. އެއްމެން ޕުލޭން ކޮއްފަ އޮތީީ ފުރަން ގޮސް ފެރީއަށް އެރުމުގެ ކުރިން އިޖާޒު ދާކަން ލީޒާޔާ ނާންގަންށެވެ. ހަމަ ގައިމު ވެސް ފެރީއަށް އެރީމަ ލީޒާ ސަޕުރައިޒު ނުވެ ހުރުމަކީ ނުވާނެ ކަމެކެވެ.
”ހަލޯވް ބައްޕާ ކިހިނެތްތޯ؟“ ސައުދު ފޯނު ނެގުމާއެކު ވިނާން އަހައިލިއެވެ. ”އަލްހަމްދުލިﷲ ބައްޕަގެ ހާލު ވަރަށް ރަނގަޅު! ދަރިފުޅުމެން ކިހިނެތްތަ؟ ތިކޮޅުގެ ހުރިހާ ކަމެއް ވެސް ރަނގަޅުތަ؟” ހާލު ރަނގަޅު ކަމަށް ބުނެ ސައުދު އަހައިލިއެވެ. “ވަރަށް ރަނގަޅު ބައްޕާ! މިތަން ފިނި ކަމުން އަލް ހީވަނީ މަރު ވެދާނެހެން!” ރަނގަޅު ކަމަށް ބުނެ އަލްޔާގެ ހާލަތު ވިނާން ބުނެލިއެވެ. “ހެހެ.. އެހެންތަ؟ ދަރިފުޅަށް ވެސް އިނގެެއެއްނޫން ލަންޑަން ފިނިވާނެ ވަރު..؟! އަލްޔާ އަކީ މާލޭގަ ވެސް ވާރޭ ވެހުނަސް ރަޖާ ލައިގެން އުޅޭ ކުއްޖެއް ބައްޕަގެ ހިތަށް މިއެރީ ތިތާ ދެތިން އަހަރު އެ މަންޖެ އުޅޭނެ ގޮތަކާ ދޭތެރޭ!” ސައުދު ބުނެލިއެވެ. ވިއްސާރަ ދުވަހެއް ވިއްޔާ އަލްޔާ އުޅޭ ހާލު ސައުދުއަށް ވެސް މިހާރު އިނގެއެވެ. އެހެން ވީމަ ބުނާނެތާއެވެ. “ހެހެ.. ލައްބަ މަންމަ ކޮބައިތޯ؟” ސައުދު ބުނި ވާހަކަޔަށް އެއްބަސް ވަމުން ވިނާން އަހައިލިއެވެ. “އެބައުޅޭ.. ދަރިފުޅާ ތިވާހަކަ ނުދެއްކިއްޔާ ރަނގަޅު ވާނީ މަންމަ ހީވަނީ މޮޔަވެގެން އުޅޭހެން ދަރިފުޅުމެން ނެތީމަ މިއަދު ކާންދިނީވެސް ލައްކަ ހާލަކުން!” ވިނާން އަފީފާގެ ވާހަކަ އެހުމުން މިއަދުގެ ވާހަކަ ގަނޑު ސައުދު ކިޔައިނެވެ. އަފީފާޔާ ވެސް ވާހަކަ ދެއްކުމަށް ފަހު ފަހުން ގުޅާނެ ކަމަށް ބުނެ ވިނާން ފޯނު ބޭއްވިއެވެ.
”ލަވް ތިހާ ފިނި ވަންޏާ އާދޭ މަގޭ ޓީޝާޓު ތެރެއަށް ވަންނަން! އެއިރުން ހީފަލާނެއް ނޫން..؟!” އަލްޔާ ރަޖާދަށަށް ވަނދެ އޮތްވާ ވިނާން ބުނެލިއެވެ. “ނުއުޅެން.. ވަރަށް ފޫހި! އަދި ބައްޕަމެން ކައިރި ވެސް ބުނެފިއެއް ނޫން އެވާހަކަ..!” ތުރު ތުރު ލަމުން އަލްޔާ ބުނެލިއެވެ. “ހެހެ.. ވިނާ ކުރިން ވެސް ބުނީމެއް ނޫން މިތަން ވަރަށް ފިނި ވާނެޔޭ..؟! އެހެން ނޫނަސް މިހާ ފިނި ތަނަކަށް އައިމައެއް ނޫން ރަނގަޅަށް ހަނީމޫން ހެދޭނީވެސް..!؟ އާދޭ ހޫނު ކޮއްލަދޭނަން!” އަލްޔާގެ ދެފައިގަ ހިފާ ދަމަމުން ވިނާން ބުނެލިއެވެ. “ފިންޏޭ ބުނީމަ މިހާ ފިނިވާނެކަމެއް މަށަށް އިނގޭތަ؟”އަލްޔާ ބުނެލިއެވެ. ”އަސްލު މިފިނީގަ އަރާމާ ހޫނު ހޯދަން ނޭނގިގެންނޭ ތިއުޅެނީ..! އާދޭ އޭރުން ބުނާނެ ވިނާ އެބުނީ ތެދެކޭ!” އަލްޔާ ގައިގަ އަޅައިގެން އޮތް ރަޖާ ތެރެއަށް ވަންނަމުން ވިނާން ބުނެލިއެވެ. “ހޫމް.. ދެން ހެވޭ! މަށަށް އިނގެޔޭ ތިއުޅެނީ ކިހިނެތް ވެގެންކަން..!” އަލްޔާގެ ރީތި ހަށިގަނޑުގަ ބީހެން ފެށުމުން ރަޖާގަނޑު ނަގައި އެއްލާލައިފަ އެނދުން ތެދުވަމުން އަލްޔާ ބުނެލިއެވެ. އެއިރު ވިނާން އޮތީ މަސްތުން ފުރިގެންވާ ބެލުމަކުން އަލްޔާއާ ދިމާލަށް ބަލަހައްޓައިގެންނެވެ.
……ނުނިމޭ…..
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
14 Comments!
Comments are closed.



Hope u all enjoy.. Pox comment all!
Sorry mi dhuvaskolhu buxy veethy daily moi up nukureythy… Hope u all understand….
Masha Allah..✨ vvv reethi mi bai ves…? kon irakun dhn up kohdheynee??? Waiting?
Good luck..?❤✨
Yeyyy…. Me first dhw..?✨
me second besttt story i read now??
Nice
Good????
Just wow ey bunaany….. ??
Ahannh mihaaru esfiyaaga emme reethi vaaahaka …. Kiyaa hurihaa vaahaka thakah vure bodah miyah inthizaaru kurevey… Im obsessed with this story just love it????
No offense, but I really hope you would proofread what you write before publishing it next time.
Europe ey kiyaafa joke dhw thi jahany. Europe ga fini vaany gein beyru. Room thakaa ecchehi nuvaane finyeh. Aharun ac aa fankaa jahaa usoolun emyhun heater hunnaane. Ehen noonas 3years therey alya akah nukiyeveyne dhw. Eyna male’ ai iru eiii school akah ves fonuvaafa huri kujjeh nooon. Dhethin dhuvahu teacher eh geyah aima Europe ah gossa kiyevey nama aharun umuru dhuvahu moya ennu mivany
Kobaa next part??
Kba tha alhe meege nxt part…….. haadha lahey
kon erakun tha nxt paet up kuranee adam. plz plz awas up kuran beynun hunnanee
next part avas kohlahchey please please please
Koba tha story Adam?? ??