ދުވަސްތައް ވޭތުވަމުން ދިޔަ ވަރަކަށް މައިޝާއާއި މުސްތަފާގެ ގުޅުން ބަދަހިވަމުން ދިޔައެވެ. ސިއްރުން ކުރާ އެ ބައްދަލުވުން އެނގޭ ހަމަ އެއްވެސް މީހެއްނުހުރެއެވެ. ކައިވެނި ކުރުމަށްފަހުވެސް މުސްތަފާ މައިޝާގާތަށް އައުން ހުއްޓާނުލެވޭތީ މައިޝާ އޭނާއާއި ކައިވެނި ކުރުމަށް ކޮންމެ ދުވަހަކުހެން ބުނެއެވެ. އެކަމާ ވާހަކަ ދައްކާކޮންމެފަހަރަކު މުސްތަފާ ވާހަކަ އޮޅުވައިލާ ކޮންމެވެސް އެހެން ވާހަކައެއްދައްކައެވެ. މުސްތަފާއަށް މައިޝާއަކީ އޭނާ ގެންގުޅޭ ބުދެއްހެންވެސް މައިޝާއަށް ހީވަންފެށިއެވެ. ބޭނުންވުމުން އައިސް ބޭނުން ހިފުމަށްފަހު ދުރުކޮށްލާ އަނގައިން ނުބުނެ ހަބަރެއް ނުވެހުރެފައި އަނެއްކާވެސް ބޭނުންވުމުން ހަބަރު ވާތީއެވެ. މައިޝާއަށް ފެންކައްކާ ބޮލީގެ އިތްޒަތްދީފައި އޮންނައިރުވެސް މުސްތަފާދެކެ މައިޝާއަށް ކުޑަ މިންވަރަކުންވެސް ރުޅިއެއްނާދެވެއެވެ.

…………………………………………………

“އޭއި.. ވޯޓް ފޮށިކައިރީ ތިބެން ޓީމްތަކެއް ނަގަނީޔޯ.. ރަނގަޅުއެއްޗެއް ވެސް ދެޔޯ ބައިވެރިވާ ކުދިންނަށް. ހިނގާ އަހަރުމެންވެސް ބައިވެރިވާން؟ ވަޓްސޭ؟” ނާއިލާ އާއި ތާނިޔާ މެން އަތުގައި  އޮތް ގަނޑެއް ކިޔާލުމަށްފަހު ނާއިލާ ސުވާލު ކުރީ އެންމެނާއެވެ. ގަނޑުގައި އޮތީ ބަރުލަމާނީ ވެރިކަމެއް ގައުމުގައި ބާއްވާނީ ތޯ ނުބާއްވާނީތޯ ބެލުމަށް ވޯޓްލުމަށްޓަކައި ވޯޓުފޮށިތައް ކައިރީ ތިބުމަށް ކުދިންހޯދާ ވާހަކައެވެ.

” ތީ ދެން މާރަނގަޅު ކަމެއްތަ! ބައިވެރިވެވިދާނެ.. އެކަމް އަހަރުމެން ހިއެއްނުވޭ އެއްޓީމެއްގަ ބައި ތިއްބާނެހެނެއް.. އެކަމުގަ ކިތައް ޓީމު ނަގާނެ.. އެކި ތަންތާ ފޮށިތައް ބަހައްޓާނެ.. ކޮންމެ ޓީމެއްގަ ތަންކޮޅެއް ހަރުދަނާ ހެޑެއްވެސް ހުންނާނެ.. އެހާ ފަސޭހައެއްވެސް ނުވާނެ ދެން..” ޝިފްނާ ވާހަދެއްކީ އެހާ ބައިވެރިވާ ހިތަކުންނޫނެވެ.

“ދެން އޯކޭ އެއްނު، ބްރޭކް ދުވަސްކޮޅެއްގަ އެކަންތައް އެ ބާއްވަނީ.. ދެން އެހާ ބައިވަރު ދުވަހަކަށްވެސް ނޫނެއްނު.. ހިނގާބަ ދެން ޝިފޫ.. ގޭގަ ކަމެއްނުކޮށް އޮތުމަށްވުރެ ރަނގަޅެއްނު. ޔޫ ގެ ވެޑިންވެސް އަވަހަށް ބާއްވަން އުޅޭނަމަތާ!” މައިޝާ މަސައްކަތްކުރަމުންދިޔައީ ޝިފްނާ އެކަމުގައި ބައިވެރިކުރެވޭތޯއެވެ.

ކޮލެޖުން ނިކުންނަމުން ވާހަކަ ދައްކަމުންދިޔަ އެކުވެރިން އެންމެ ފަހުން ނިންމީ އެ ކަމުގައި ބައިވެރިވާށެއެވެ. އެދުވަސްކޮޅު މާލެ ތެރޭ މުޒާހަރާ ކުރުން އާންމުވެފައި ވެއެވެ. ބަރުލަމާނީ ވެރިކަމެއްތޯ ނޫނީ ރިޔާސީ ވެރިކަމެއް ތޯ އޮތުން ރަނގަޅީ ބެލުމަށް ވޯޓެއް ލާން ހަމަޖައްސާފައި އޮތުމުން އެކަމަށް ވޯޓު ފޮށިތައް ކައިރީ ތިބުމަށް ޓީމު ނަގަމުން ދިއުމުން މައިޝާމެން އެކަމުގައި ބައިވެރިވިއެވެ. އަދި މި ކަމުގައި ލިބިގަންނަންޖެހޭ ޓްރެއިނިން ސެޝަންތަކަށް ވެސް މައިޝާމެން ދިއައެވެ. ދުވަސްކޮޅެއްތެރޭ ޓްރެއިނިންގައި އުޅުމަށްފަހު ވޯޓު ލާން އޮތްދުވަސް ޖެހުނެވެ. ޝިފްނާ ބުނިހެން ޓީމަށް ކުދިންތައް ނެގި އިރު ހަތަރު މީހުން ތިބީ އެކި އެކި ޓީމު ތަކަށް ލާފައެވެ. ނަސީބަކުން މައިޝާއާއި ޝިފްނާ ލައްވާލީ އެއްޓީމެއްގައި ކަމުން ދެމީހުން އެއްކޮށް ތިބެވޭތީ އުފާކުރިއެވެ. ހެނދު ހެނދުނާ ވޯޓު ލާން ހަމަ ޖއްސާފައިވާ ތަންތަން ޓީވީންނާއި ރެޑިއޯއިން  އިޢުލާންކުރަމުން ދިޔައެވެ. މައިޝާއާއި ޝިފްނާމެން ތިބެން ޖެހުނީ ކަލާފާނު ސްކޫލު ކްލާހެއްގައެވެ. މާފަންނު ރައްޔިތުންގެ ވޯޓުފޮށްޓާ ޒިންމާވެގެންނެވެ. ގްރޫޕުގައި އެކި ކުދިން އެކި ކަންކަމަށް ލާފައި ހުރި އިރު މައިޝާ ގެ މަސައްކަތަކަށްވީ ވޯޓު ލައިނިމިގެން ދާ މީހުންގެ އިނގިލީގައި ނިޝާން ޖެހުމެވެ. ޝިފްނާ ގެ މަސައްކަތަކައްވީ އައި ޑީ ކާޑު ނަގައި ލިސްޓުން ނަން ހޯދައި ފާހަގަ ލުމެވެ. އެކި މީހުން އެކި މަސައްކަތުގައި ތިބި އިރު އެކުވެރި ގުޅުމެއް ބަދައިހިވަމުންދިޔައެވެ. މަދު ދުވަސްކޮޅެއްތެރޭ، އާ ބަޔަކާ ދިމާވެ މައިޝާ އާއި ޝިފްނާމެން ގްރޫޕްތެރޭ ވަރަށް ހިންގުންތެރި ބައަކަށްވެއްޖެއެވެ.

ވޯޓް ލާ ދުވަސް ޖެހުމާއިއެކު މައިޝާމެންގެ މަސައްކަތްފެށުނެވެ. ހެނދުނުގެ ވަގުތުގައި މީހުން މަދެއްކަމަކު ހަވީރު ވުމުން ވޯޓު ލާން އައިސްފައި ތިބި މީހުންގަނޑު ގިނަވެގެންދިޔައެވެ. ސްކޫލުން ބޭރަށް ދާންދެން ކިއޫ ބޮޑުވެ މީހުންގެ ތަޅާފޮޅުމުގެ ކަންތައްގަނޑުވެސް ބޮޑުވާންފެށިއެވެ. މައިޝާވެސް އަވަދިނެތި އޭނާގެ މަސައްކަތުގައި އުޅެމުންދަނިކޮށް ކުއްލިއަކަށް ފެނުނީ މައިޝާމެން ތިބި ކްލާހަށް މުސްތަފާގެ ނަހުލާއައިސް ވަދެގެން އައިތަނެވެ. އޭނާ އެކަންޏެއްނޫނެވެ. ހީވާގޮތުން އޭނާގެ މަންމަވެސް ގޮވައިގެނެވެ. ރީތި ދިގު އިސްތަށިގަނޑެއް އޮތްއިރު ހެޔޮވަރުގެ އިސްކޮޅެއް ހުރި ނަހުލާ ވޯޓު ލާން ފޮށްޓާހަމައަށް އެރުމުގެ ކުރިން އައިސް އައިޑީކާޑު ޝިފްނާއަތަށް ދިނީ ލިސްޓުން ނަން ހޯދުމަށެވެ. އަދި ނަންއޮތްކަން ޝިފްނާ އަންގާލުމުން ގޮސް ފޮށްޓަށް ވޯޓު ކަރުދާސްގަނޑު ވައްޓާލުމަށްފަހު އައިސް މައިޝާގެ ކުރިމަތީ އިށީނީ އިނގިލީގެ ނިޔަފަތުގައި މާރކުހެއް ޖެހުމަށެވެ. ފުރިހަމަ ދޮންކަމެއް ލިބިފައިވާ އެ ރީތި އަންހެންކުއްޖާއަށް މައިޝާ ބަލަންހުރެވުނީ ކިހާއިރަކުކަމެއްވެސް ނޭނގެއެވެ. “މުސްތަފާ މި ލޯބި އަންހެންކުއްޖާ އަށް ނާންގާ އަހަރެންގާތަށް އަންނަނީ ކީއްވެބާ… ނަހުލާ ހާ ރީތި ކުއްޖަކު ހުއްޓާ އަހަރެންދެކެ މުސްތަފާ ލޯބި ވެދާނެބާ؟ އެނާ އެއިން މަގާމަކީ އަހަރެންނަށް މުސްތޮ ދޭންބުނި މަގާމު.. އަހަންނަށް އެ މަގާމު ދެން ދުވަހަކުވެސް ލިބޭނެބާ.. ” މައިޝާގެ ހިތާއި ސިކުނޑީގައި އެނބުރެމުން ދިޔައީ ސުވާލުތަކެކެވެ. ކުރިމަތިން މުސްތަފާގެ އަލަތު އަނބިމީހާފެންނަން ހުރުމުންނެވެ. ” އެކްސްކިއުޒް މީ! ފާހަގަ ނުލާނަންތަ؟” ހިނިތުންވެލަމުން ނަހުލާ މައިޝާއާއި ސުވާލުކުރުމުން މައިޝާ ސިހިގެންދިޔައެވެ.

“ނޫން.. މި ނިމުނީ..” މައިޝާ މިހެންބުނި އިރު ލޮލުން ފެންކަޅިވެފައި ހުއްޓެވެ. ނަހުލާއަށް މައިޝާގެ މޫނުމައްޗަށް އެރި ކުލަވަރުންނާ.. ވަމުން ދިޔަ ގޮތުން ކޮންމެވެސް ކަމެއްވާހެން ހީވިއެވެ. “މައިޝާ! ތި ލިސްޓް މިކޮޅަށް ދީބަ..” ކުއްލިއަކަށް މައިޝާއަށް ގޮވާލީ ޝިފްނާއެވެ. މޭޒުމަތީގައި އޮތް ލިސްޓް މައިޝާގެ އަތުން ހޯދުމަށެވެ. މައިޝާ އަށް ކިޔަނީ މައިޝާކަން އެނގުމާއިއެކު ފާހަގަ ޖަހައި ނިމުމުން ގޮނޑިންތެދުވެގެން ހިނގައިގަތް ނަހުލާއަށް ހުއްޓުމެއް އެރިއެވެ. އަދި ފަހަތްބަލާލުމަށްފަހު އަވަސް ފިޔަވަޅުތަކެއް އަޅައި މައިޝާގާތަށް އައިސް ހުއްޓި މައިޝާއަށް ރަނގަޅަށްބަލާލިއެވެ.

” ތީ މައިޝާތަ؟ މުސްތޮގެ މައިޝާތަ؟” ނަހުލާ އެކޮށްލި ސުވާލުން ސިހުމެއްވެފައި މައިޝާއަށް އިންތަނުން ތެދުވެވުނެވެ. އަދި ދެލޯ ބޮޑުވެ ހައިރާންވާހާލު އާނ އެކޭ ބުނެވުނެވެ.
” ކެން އައި ގެޓް ޔޯ ނަންބަރ.. ފަހުން ގުޅާނަން މައިޝާއަށް.. މިހާރު ބިޒީއެއްނު ދޯ؟ އެނގޭ ދޯ މީ ކާކުކަން؟ ”

ނަހުލާ އެކުރި ސުވާލުން ބުނާނެއެއްޗެއް ނޭނގިފައި ހުރި މައިޝާގެ އަތްފައިފިނިވެ ބިރުގަންނަ ގޮތްވިއެވެ. މުސްތަފާ ނަހުލާއަށް އެ ދެމީހުންގެ ވާހަކަ ކިޔައިދިނީހެއްޔެވެ. ވަރަށް ކަންބޮޑުވެފައި ހުރެ މައިޝާ ނަހުލާއަށް ނަންބަރުދިނީ މުސްތަފާ ދެމީހުންގެ ވާހަކަ ނަހުލާއަށް ކިޔައިދީފައި އޮތްކަމަށްހީކޮށެވެ. އަދި މައިޝާއާއި ކާއިވެނިކުރާ ވާހަކަވެސް ދައްކާފައި އޮތީކަމަށްހީކޮށެވެ. ނަންބަރު ދިނުމަށްފަހު ނަހުލާއާއި ވާހަކަދައްކަން އަނގަހުޅުވާލިއެވެ. އެހެންނަމަވެސް ނަހުލާއަށް ނަންބަރު ލިބުމާއިއެކު މައިޝާ ބުނަން އުޅެނީ ކޮންވާހަކައެއްތޯވެސް އަޑުއަހަން މަޑުނުކޮށް އެތަނުން ނިކުމެގެން ހިނގައިގަތީއެވެ. ނަހުލާ އެދިޔައީ ހިންހަމަނުޖެހިގެންބާއޭ އެވަގުތު މައިޝާގެ ހިތަށްއެރިއެވެ.

“މައިޝާ!! އޭއި! ކިހިނެއްވެފަތަ؟ ސާބަސް މީހުން ގިނަ ވަނީއޭ.. އަވަސްކޮށްބަލަ..” ފިކުރުބޮޑުވެ ހިތް ނުތަނަވަސްވެފައި ހުރި މައިޝާއަށް ދެން އިތުރަކަށް އެދުވަހަކު މަސައްކަތެއްނުވާނެ ކަން އެނގުމުން ޝިފްނާގާތު އެބައަންނަމޭ ކިޔާ އަވަސް އަވަހަށް ކްލާހުން ނުކުމެގެން ގޮސް ސްކޫލުގެ ދެވަނަ ފޮލޯއަށްއަރައި ހުސް ކްލާހެއްގައި އިށީނދެ އިނދެ މުސްތަފާއަށް އަވަހަށް ގުޅާލީ މި ވީ ކަންތައް ކިޔައިދިނުމަށެވެ.

” ވަޓް! އާރ ޔޫ އައުޓް އޮފް ޔޯ މައިންޑް؟؟؟ ނަންބަރު ދޭން ޖެހޭތަ ހަމަ ބުނާއިރަށް.. އޭނަ ގުޅިއަސް އާންސާ ނުކުރާތި! ޑޭމިޓް!”  ވީ ކަންތައް މައިޝާ މުސްތަފާއަށް ކިޔައިދިނުމާއިއެކު ރުޅިވެރި ރާގަކުން މުސްތަފާ ތެޅިގެންފައި މައިޝާއާއި މުއާމަލާތު ކުރަންފެށިއެވެ.

” މަށެއް ނުބުނަން އޭނާ ކައިރީ އެއްވެސް ވާހަކައެއް މައިޝާ!.. އޭނައަށް މައިޝާގެ ވާހަކަ ކޮންމެވެސް ގޮތަކުން އެނގިފަ އޮތީ.. ވައި ކާންޓް ޔޫ ވެއިޓް ޓިލްއައި ސޭ ! ދެން މިގަޑީގަ ބާއްވަނީ.. ޖަސްޓް ޑޯންޓްސޭ އަ ތިންގް ޔެޓް!”  ރުޅިވެރިކަމުން ފުރިގެން ހުރެ މުސްތަފާ މައިޝާއާއި ދިމާލަށް ހަޅޭއްލަވައިގަތުމަށްފަހު ފޯނުކަނޑާލިއެވެ. އަނގަ ހުޅުވި ކުރަންވީ ކަމެއް… ދާންވީ ކޮޅެއްނޭނގި މައިޝާއަށް އިންތަނުގައި އިނދެވުނީ މުސްތަފާގެ އެ ވާހަކަތަކުން އެއްވެސް ކަމެއް އޭނާއަށް ނުވިސްނުނީމައެވެ. ނަހުލާއަށް މައިޝާގެ ވާހަަަކަ ކިޔައިދޭނެ ވާހަކަ މުސްތަފާ މައިޝާގާތު ބުންޏެވެ. ވީއިރު މިހާ ދުވަސްތައް ފާއިތުވެގެން ދިޔައިރުވެސް ނަހުލާއަށް ދެ މީހުންގެ ގުޅުމުގެ ވާހަކަ ކިޔައިނުދީ އޮތީ ކީއްވެބާއެވެ. ނަހުލާގާތު އެ ދެމީހުންގެ ވާހަކަދެން ބުނާނީ ކާކުބާއެވެ. މައިޝާފެނި އެއީ މައިޝާކަންވެސް އެހާ ޔަގީންކަމާއިއެކު އެނގުނީ ކީއްވެބާއެވެ. މިވަމުން މިދަނީ ކިހިނެއްބާއޭ މައިޝާގެ ހިތަށްއަރަމުން ދިޔައެވެ.

އެދުވަސް ނިމި ހަވީރުވެގެން ދިޔައިރުވެސް މުސްތަފާގެ ހަބަރެއްނުވެއެވެ. ނަހުލާވެސް މައިޝާއަކަށް ނުގުޅައެވެ. ގަޑިން 8 ޖަހާބޮޑުވިއެވެ. ވޯޓު ލުމުގެ ވަގުތު ނިމުމާއިއެކު މައިޝާމެން އަވަހަށް ލިސްޓު ނަގައި ވޯޓު އެޅިމީހުންގެ އަދަދާއި ލިސްޓުގައި ފާހަގަކުރި މީހުންގެ އަދަދާ ދިމާވޭތޯ ގުނަންފެށިއެވެ. ހަމަ މަސައްކަތްފެށުމާއެިކު މައިޝާގެ ފޯނު ރިންގުވިއެވެ.

“ހަލޯ؟ މައިޝާތަ؟”ކުރަންހުރި މަސައްކަތް ހުއްޓާލުމަށްފަހު ފޯނަށް އަވަހަށްޖަވާބު ދިނެވެ. އެކޮޅުން ވާހަކަދެއްކީ އަންހެނެކެވެ. މައިޝާއަށް ވަގުތުން އެއީ ނަހުލާކަން އެނގުމާއިއެކު ފޯނު ކަނޑާލިއެވެ. މުސްތަފާގެ ބުނުފައި އޮތްގޮތަށް އަމަލުކުރުމުގެ ނިޔަތުގައެވެ. އިރުކޮޅަކުން މައިޝާގެ ފޯނަށްއައީ މެސެޖެކެވެ. ނަހުލާއެވެ. ބައްދަލުކޮށް ވާހަކަދެއްކުމަށް އެދެނީއެވެ. މައިޝާ ދެން ހަދަންވީ ކޮންގޮތަކަށްބާއޭ ހިތަށްެއަރަމުން މުސްތަފާއަށް އަނެއްކާވެސް ގުޅާލިއެވެ. ހަމަ ގުޅާލުމާއިއެކު މުސްތަފާ ފޯނުކަނޑާލިއެވެ. ދެ ފަހަރަކު މަސައްކަތްކުރުމަށްފަހު މައިޝާ ގުޅުން ހުއްޓާލުމާއެކު މައިޝާއަށް އަނެއްކާވެސް ނަހުލާގެ މެސެޖެއްއައެވެ. ” ސްޓޮޕް ކޯލިންގް ހިމް އެންޑް އާންސާ މައި ކޯލް، ވިލް ޔޫ؟ ހީ ވޯންޓް އާންސާރ ޔޫ” މެސެޖް ކިޔާލުމައިއެކު މުސްތަފާވެސް ނަހުލާގާތުގައި ހުރިކަން އެނގިގެންދިޔުމުން ދެން ނަހުލާ މައިޝާއަށް ގުޅުމާއިއެކު މައިޝާ ފޯނަށް ޖަވާބުދިނެވެ.

” ކީއްވެ އާންސަރ ނުކުރަނީ؟ މައިޝާ ގާތު ކުރަންޖެހޭ ވަރަށް މުހިއްމު ސުވާލެއް އޮވެގެން މިގުޅަނީ.. މުސްތަފާވެސް މިތާއެބަހުރި.. ތި ދެމީހުން ކުރާ ކަމެއްގެ ހަޤީޤަތް އަހަންނަށް އެނގުމަކީ މަގޭ ރައިޓެއް ކަންނޭގެ ދޯ.. މިވާހަކަ ފޯނުން ދައްކާ ނިންމާކަށް މަށެއްބޭނުމެއްނޫން.. އަހަންނަށް ރަނގަޅީ މައިޝާ ވެސް އަހަރުމެން ގާތު ހުރެގެން މިވާހަކަދައްކަން.” ނަހުލާގެ އަޑުގައި ހުރީ ހިންހަމަނުޖެހުމުގެ ރާގެކެވެ. އޭނާއަށް ވަރަށްބޮޑު އޮޅުވާލުމެއް އޮޅުވާލެވިފައި އޮތުމުން އެކަން އޭނާ އެއުޅެނީ ސާފުކުރަން ބޭނުންވެގެންނެވެ.

“ކިހިނެތް ވާންވީ ނަހުލާ؟” މައިޝާ ވަރަށް ހިއްވަރުކޮށްފައި ނަހުލާގާތު ސުވާލުކުރީ ނަހުލާ ބޭނުންވެގެން އުޅޭކަމެއް އޮޅުންފިލުވުމުގެ ނިޔަތުގައެވެ.

“އައިސް ދޭންވީ ބުނާތާކަށް.. އަހަރުމެން މިތިބީ ތާޖުއްދީން ފުރަގަހުގައި ހުރި ރުއްބުޑުގަ.. އާދެވެންޏާ ރަނގަޅީ މިހާރު އައިސްދިނިއްޔާ..” ނަހުލާ މިހެންބުނުމާއެއެކު މައިޝާ އެކަމަށް އެއްބަސްވެ ދަނީއޭ ބުނެ ފޯނު ބޭއްވިއެވެ. އަދި ޝިފްނާމެން ގާތު ކަމެއް ދިމާވެއްޖެއޭ ކޮންމެހެންވެސް ދާން ޖެހިއްޖެޔޭ ބުނެ އަވަހަށް ކަލާފާނުން ނިކުތުމަށް ހިނގައިގަތެވެ. އަދި ބޭރަށް ނުކުމެ ޓެކްސީއެއް ހޯދައިގެން ނަހުލާމެން ތިބި ތާކަށް ދިޔައެވެ.

“މައިޝާ، އާދޭ އާދޭ.. އަހަރެން ހީކުރީ މައިޝާ ނާންނާނެ ކަމަށް.. ” ވާހަކަދެއްކީ ނަހުލާއެވެ. އެއިރު ކުއްވެރިއެއްހެން ފާރުބުރިމަތީ އިށީނދެގެން އިން މުސްތަފާގެ ނަޒަރު ހުއްޓިފައި ހުރީ އެނާގެ އަތުގައި އޮތް ފޯނަށެވެ. މައިޝާ އައިސް ނަހުލާ ކައިރީގައި އިށީނުމަށްފަހު ނަހުލާއާއި ސުވާލެއްކޮށްލީ ވެގެންއުޅޭ ގޮތެއްނޭނގޭތީއެވެ.

” ކިހިނެއްވީ މައި މިތަނަށް ގެންނަން ޖެހުނީ؟ ”

“އަހަންނަށް އެނގޭ މައިޝާ އާއި މުސްތަފާގެ ކޮންމެވެސް ގުޅުމެއް އޮތްކަން އެއްދުވަސް ވަރެއްގަ.. މުސްތޮވެސް ނަހޫ ކައިރި މައިޝާގެ ވާހަކަ ބުނި.. އެކަމަކު މިރޭ މައިޝާ މިތަނަށް ގެންނަން ޖެހުނީ މައިޝާއާއި މުސްތޮއާ މިހާރުވެސް އެ ގުޅުން އޮތްތޯ ބަލަން.. އެ ގުޅުން އޮންނަ ކަމަށްވަންޏާ އަހަރެން ކަލޭމެން ދެމީހުންގެ ލައިފުން ބޭރުވާން.. ” ދެލޯ ބޮޑުވެ، ހައިރާންވެފައި ހުރި މައިޝާ ނަހުލާގެ މި ވާހަކަތައް އަޑުއެހުމަށްފަހު ސުވާލުން ފުރިގެންވާ ނަޒަރަކުން މުސްތަފާއަށް ބަލާލިއެވެ. އެއިރުވެސް މުސްތަފާ އޭނާގެ ފޯނުން އަތްދޫނުކޮށް ހަމަ ފޯނާކުޅެމުންދިޔައެވެ. އެހާހިސާބުން މައިޝާ ނަހުލާއަށް ޖަވާބެއްދޭން އަނގަހުޅުވޅުމާއިއެކު ފޯނަށް މެސެޖެއްއައުމުން އެ މެސެޖް މައިޝާ ބަލާލިއެވެ. އަދި އެ ރަނގަޅަށް ކިއުމަށްފަހު ފެންކަޅިވަމުން ދެރަވެ މުސްތަފާއަށް ބަލާލިއެވެ. އެއަށްފަހު ނަހުލާއަށް ބަލާލުމަށްފަހު އޭނާއާއި ވާހަކަދައްކަންފެށިއެވެ.

“ނޫން ނަހުލާ!.. ތީ ނަހުލާއަށް ހީވެގެން އުޅޭ ކަމެއް! މައިޝާއާއި މުސްތޮއަކީ ގާތް ދެ އެކުވެރިން.. ނަހުލާއަށް އަހަރުމެން ދެމީހުންގެ ވާހަކަ ކިޔައިދިން މީހަކު ކިޔައިދީފައި ތިއޮތީ ރަނގަޅަކަށްނޫން.. ދެމަފިރިއަކު ލޯބިން އުޅޭތަން ބަލާހިތްވާނެ ރަނގަޅު ރަހުމަތްތެރިން މަދުވާނެ.. ތި ދެމީހުންގެ ދިރިއުޅުމުގަ އަހަރެން ނެތީން.. ” ހިތާ ދެކޮޅަށް މައިޝާ ނަހުލާއަށް ހަޤީޤތަތް ފޮރުވަމުން ދިަޔއިރު މައިޝާގެ ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް އޮހޮރެމުންދިޔައެވެ. މުސްތަފާގެ ހަނުހުރުމަކީ މައިޝާގެ ލޯބީގައި ކޮޅުފައިންޖެހި ކަމުގެ އިޝާރާތެއްކަން އޭނާއަށް އެނގުމުންނެވެ.

“މިހާރު ގަބޫލު ކޮށްފިންތަ ނަހޫ؟ މައިޝާ އަކީ ހަމަ އެކަނި ފްރެންޑެއް.. މީހުން ދައްކާހާ ވާހަކައެއް އަޑު ނާހާށޭ އޭރުވެސް ބުނީމެންނު.. ސޮރީ މައިޝާ.. ވަރަށް ދެރަވެއްޖެ މިހެން ނަހުލާ މައިޝާ ގެންނަން ޖެހުނީތީ..” ރަހުމާއި ހަމްދަރުދީގެ ކަންފުޅެއްވެސް ނުވާ އެ އިންސާނާ މައިޝާ އާއި ވާހަކަ ދައްކަމުން ދިޔައިރު ހީވަނީ ޑްރާމާއެއް ކުޅެމުން ދިޔަހެެނެވެ. ނަހުލާއަށްވެސް އޮޅުވާލީއެވެ. ނަހުލާއަށް ޝައްކެއްވުމުން މުސްތަފާ އެއީ މައިޝާދެކެ ލޯބިވާ މީހެއްނަމަ އޭނާއާއި އިންނަން ބޭނުންވާ ވާހަކަ ދައްކަންވީނުންހެއްޔެވެ. އެހެނަސް އޭނާ އެގޮތް ބޭނުންނުވީ ނަހުލާ އޭނާއަށް ގެއްލިދާނެތީ އެކަމުގެ ބިރު އޮތުމުންނެވެ. ދެން މައިޝާއަށް އެދިނީ ކޮންފަދަ ނިކަމެތިކަމެއް ހެއްޔެވެ. ވަލު ޖަނަވާރުން ކަންތައް ކުރާ ހެން ބަނޑުހައި ހޫނުކަން ފިލުވާލުމަށްފަހު ބާކީވާ ބައި އެއްލާލާ އުސޫލުން، މައިޝާ ގެ ބޭނުން ހިފާ ނިމުމުން މައިޝާ ނަގާ މުސްތަފާއެއްލާލީއެވެ. މައިޝާއަށް އެތަނުގައި ހުންނާނެ އިތުރު ހިތްވަރެއްނެތުމުން ދެން ދަނީއޭ ބުނެ އަވަހަށް ގެއަށް އައިސް ކޮޓަރިތެރެއަށް ވަދެ އެނދުމައްޗަށްވެއްޓި އަޑުން އަޑުނަގާ ހިތްފުރޭވަރަށް ރޯލިއެވެ. އަދި އަނެއްކާވެސް ފޯނުނަގައި ނަހުލާގާތުހުރިއިރު  އައި މެސެޖް ދެވަނަފަހަރަށް ކިޔާލިއެވެ. ” މައި ޕްލީޒް.. އައި އެމް ސޮރީ.. އައި ކުޑުންޓް ޓެލްހާ.. އެންޑް އައި ޑޯންޓް ތިން އައި ކެން އެވާ ޑޫ އިޓް. އިފް ޔޫ ހޭވެ އެވާ ލަވްޑްމީ، ޖަސްޓް ޕްރިޓެންޑް ދެޓް ޔޫ އާރ އަ ވެރީ ކްލޯޒް ފްރެންޑް އޮފް މައިން.. ޝިފާން އަށް ނޭގި އެއްދުވަހު މައިޝާގެ ވާހަކަ ދެއްކުނު އިރު ނަހުލާއަށް އަޑު އިވުނީ.. އެހެންވެ އެވަރަކުން މައިޝާ އެ ހޯދީ.. ފޮގިވްމީ ދޫނީ.. ދިސް އިޒްންޓް ދަ ރައިޓް ޔެޓް..”

ނުނިމޭ

6

8 Comments

 1. Ai ❤️?

  November 18, 2017 at 5:22 am

  Me first dho

  • shereen

   November 18, 2017 at 7:51 am

   🙂

 2. SJK...KOREAN

  November 18, 2017 at 6:54 am

  Varah obi.. ????❤❤Waiting

  • shereen

   November 18, 2017 at 8:05 am

   🙂 thanks

 3. Rsh

  November 18, 2017 at 12:25 pm

  WOW ???
  Waiting for next…..

 4. no name

  November 18, 2017 at 2:06 pm

  mivaahakaiga miulhey musthofaa aky hama magey bf… merry kohgen ulhuniru vx migothah.. anehka mihaaru vx eyna ma gengulheny nuidhe hama migothah…maishaa ah mi vaagothah mashah vx vany. kithame rulhi annan massaikai kurias eyna hama vaahaka dhakkaairah neyge veegothah. dhagaiffaanah dhamaahen ma vx dhamany…..

  • shereen

   November 18, 2017 at 2:54 pm

   Ohh… Musthafa kahala makaru verin kairin salaamai veytho try kurey… Vaahaka kiyaathee thanks 🙂

  • no name

   November 18, 2017 at 7:06 pm

   aslu v bodu hiyyvareh mivaahakain vx libey eba…. thanks… vaahaka hma v reethi

Comments are closed.