Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް މިއެދޭ ސޫރައޭ ތީމަގޭ (7 ވަނަ ބައި)

SJK...KOREAN Level 2100 Comments100 Login10 Stories
November 18, 2017 6 Mins Read
48 Comments

ނަސީމާގޮސް އަލަމާރީ ދޮރުމަތީ ހުއްޓިލިއެވެ. އެތެރޭއިން އަޔާންއިނީ ޔާލްގެ ހެދުންތަށް ގައިމަށްޗަށް އަޅައިގެނެވެ. ދޮރުގެ ހަނި ދޭތެރެއިން އޭނާއަށް ނަސީމާހުރިކަން އެނގެއެވެ. ޔާލް ހުރީ ބިރުންގޮސް ވިރިވިރިއެވެ. ޒަމާން ދިޔައީއެވެ. ޔާލްގެ މޫނަށް ފުޅާ ހިނިތުންވުމެއްވެރިވީ ޑްރެސިން ޓޭބަލް ގޮނޑިމަތީއޮތް ކޮތަޅު ފެނުމުންނެވެ. “މަ…މަންމާ..މަންމާ… އެއޮތީއެއްނު ތިބުނާ ކޮތަަޅު…..” ނަސީމާ އަލަމާރީ ދޮރުފަތް ހުޅުވާލަން ދިމާކޮށްލި ވަގުތު ޔާލް އޭނާގެ މަންމަ އަތުހިފައި ދަމައިގަންނަމުން ބުންޏެވެ. “މިއޮތީ ދޯ… އާން ފަހުން މަންމަ ދަމުން ދިޔައީ އެތާނގައޭ ބާއްވާފަ… އަދިކިރިޔާ ހަނދާން މިވީ… ” ނަސީމާ އެ ކޮތަޅު ހިފައިގެން ޔާލް ކާރީ އަވަހަށް އަންނަން ބުނުމަށްފަހު ނިކުތެވެ. ނަސީމާ ކޮޓަރީ ދޮރުލެއްޕި އަޑުއިވުމާއެކު ހިފަހައްޓައިގެންހުރި ނޭވާ އަޔާން ދޫކޮށްލިއެވެ. ޔާލްވެސް ފުން ނޭވައެއްލުމަށްފަހު ގޮސް ކޮޓަރި ތަޅުލިއެވެ. “އާހް… މިއޮތީ ވާކަމެއް… މުޅި މީހާ ހަރާބު..” ޔާލްގޮސް އަލަމާރީ ދޮރު ހުޅުވާލިއިރަށް ފާޑަކަށް ވެއްޓިފައި އިނދެ އަޔާން ގައިގައި ތަތްވެފައި އޮތް ގަމީހަށް ދަމާލަމުން ބުނެލިއެވެ.. އަޔާން އޮތްގޮތް ފެނުމުން ޔާލްއަށް ހިނިގަނޑު މައިތިރިއެއް ނުކުރެވުނެވެ. ބަނޑުމަތީ އަތް އަޅައިގެން ހެމުންދިޔަ ޔާލްއަށް އަޔާން ބަލަންހުރީ އަނގަހުޅުވިފައެވެ. “އަހަމް…މީ.. ހިނގަ ދާން…. މިހާރު ޝާނިމްމެން ހޯދަން ނާންނަކަމެއްވެސް ނޭނގެ.. ” އަޔާންގެ ތޫނު ނަޒަރު ސީދާވެފައިވުމުން ޔާލް ހަމަޖެހެން މަސައްކަތްކުރި ނަމަވެސް އަދިވެސް އަޔާން އޮތްގޮތް ހިތަށް އެރުމުން ހެވެނީއެވެ.. ” އަމް.. ހޫނ.. ދެން ހޭނެކަމެއް ނެތޭ.. މީހުސް ޔާލްގެ ކަންތަށް… އެވަރަށް އެހީމަ ރީއްޗަށް ބުނިނަމަ އަވަހަށް ނުކުމެގެން ދިޔައީސްއެއްނު… ” އަލަމާރިން ނިކުމެ ގަމީހުގެ ބައެއް ގޮށްތަށް ނައްޓާލަމުން އަޔާން ބުނެލިއެވެ. ޔާލް އަވަސް އަވަހަށް އިސްޖަހާލިއެވެ. މިތަންފެނި އަޔާންގެ ތުންފަތަށް ވެރިވީ ލާނެތް ހިނިތުން ވުމެކެވެ. “އަހަރެން ބޭނުން ފެންވަރާލަން… އޯކޭތަ..” ޔާލް ލަދުގަންނަވާލުމުގެ ނިޔަތުގައި އަޔާން ބުނެލިއެވެ. “ދެން އަޔާންން…..” އަޔާން ދޮރުން ބޭރަށް ކޮއްޕާލަމުން ޔާލް ތުން ދަމާލިއެވެ. އަދި ދޮރުޖަލައްޕާލުމަށްފަހު ދޮރުގައި ލެގިލިއިރު ޔާލްގެ ތުންފަތްމަތީގައި ވަނީ ލަދުރަކި ހިނިތުންވުމެކެވެ. ޔާލް ހީކުރިގޮތާ ހިލާފަށް އަޔާންއަކީ ވަރަށް މަޖާ އަދި ވަރަށް ލާނެތް މީހެކެވެ. ޔާލްގެ ކޮޓަރީ ދޮރުކާރީ ހުރި އަޔާން ހުރީ ގަމީހުގެ ގޮއްތަށް އަޅުވާށެވެ. އިރު އިރުކޮޅާ ހިނިތުންވެލެވެނީ ޔާލް ލަދުގަތްވަރު ފެނުމުންނެވެ. ” އޭތް އޭތް ކޮންކަމެއް…. ތިއައީ ފެންވަރައިގެންތަ އަޅެ…. ” އަޔާން ހުރިގޮތް ފެނުމުން ޓެރަހުން ނިކުތް ޝާނިމް ލޯ ހަނިކޮށްލަމުން އަޔާންއާ ދިމާލަށް ބަލާލިއެވެ. ފަހަތުން ނޫރާވެސް ނިކުތެވެ. “މީ އަނެއް…. ” ” ހޫނ ހޫނ އެންމެ ރަނގަޅޭ…. ކޮބާ ޔާލް…. ތިދެމީހުން ނައިސްގެން އެތާ އިންނަތާ ގަރުނެއްވަނީ މިހާރު…. 9:30 ވީއޭ އެއޮއް…. އަޔާންގެ ގައިގައި ޝާނިމް ބޮނޑިއެއް އަޅާލިއެވެ. ” އަހަރެން މިހުރީއޭ…. މީ… ހެދުން ހަޑިވެގެން ދޮވެލަން އުޅުނީމަ ލަސްވީ… ” ޔާލް އެހެން ބުނެލުމުން އަޔާންވެސް ބޯޖަހާލީ އޮޅުމަކުންނެވެ. އެތަން ވަރަށް ސާފުކޮށް ޝާނިމްއަށް ފެނުނެވެ. ނަމަވެސް ޝާނިމް ބޭނުންވީ ފަހުން އަޔާންއާއި ދިމާކޮށްލާށެވެ. ” ދެން އެހެން ރެޔަކުދޯ…. މިރޭ މިހާރު މަލަސްވެއްޖެ އެންނު…..” ނޫރާ މިހެން ބުނުމުން އެންމެންވެސް އެއްބެސްވެ ބޯޖަހާލިއެވެ.

ނިދަން އޮށޯވެ އޮތް ޔާލްގެ ފިކުރުތަށް ވަނީ އަޔާންއާއި ގުޅިފައެވެ. މިރޭ ވެގެންދިޔަ ކަންތަކުން އަދިވެސް ހެވެނީއެވެ. ނަމަވެސް ޔާލް އުފާވީ މިހާރު އަޔާން ޔާލްއާއި ވަރަށް އެއްކޮށް އުޅޭތީއެވެ. ޔާލްގެ ހުރިހާ ނުތަނަވަސްކަމެއް އެއްކޮށް ފިލައިފިކަހަލައެވެ. އަޔާންއާއެކު ހޭދަކޮށްލެވޭ ކުޑަކުޑަ ހިނދުކޮޅަކުންވެސް ޔާލްގެ ހިތް އުފަލުން ބަންޑުންވާފަދައެވެ. އެވިސްނުމުގައި އޮތް ޔާލްއަށް ނިދުނު އިރެއްވެސް ނޭނގެއެވެ.

އެނދުގެ ހެޑްބޯޑްގައި ލެގިލައިގެން އަޔާންއިނީ ލެޕް ހުޅުވައިގެނެވެ. ނަމަވެސް އަޔާންއަށް އެހާ ބޮޑަށް އެކަމަށް ސަމާލުކަން ދެވޭހެނެއް ހިޔެއްނުވެއެވެ. ވިސްނެމުން ދިޔައީ ޔާލްއާއި މެދުގައެވެ.. ޝާނިމް އެބުނީ ތެދެއް ނޫންހެއްޔެވެ؟ ރުޅިއަކީ ހަމަ ލޯބީގެ ފެށުމެވެ. މިހާރު އަޔާންއަށް އެކަން ގަބޫލުކުރެވިއްޖެއެވެ. ކުރީގައި އުޅެވުނު ގޮތް ހަނދާވުމުން އަޔާންއަށް ހިނިތުންވެލި ނަމަވެސް އެ ހިނިތުންވުން ފަނޑުވެގެން ދިޔައީ އޮފީހަށް އައި އެ ގޮތް ނޭނގޭ ޒުވާނާ މަތިން ހަނދާންވުމުންނެވެ. ކޮންމެހެންވެސް މާދަމާ އެއީ ކާކުކަން ހޯދަން އަޔާން ބޭނުންވިއެވެ.. އޭނަގެ ލޯބިވާ ޔާލްއަށް އެހެން ފިރިހެނަކު ލޯބިން ފޮނުވާ ހަދިޔާތަކާއި ސިޓީތަށް ދެކެން އެހިތަށް ކެތްވާނެހެއްޔެވެ؟؟ ދަންވަރު 2 ޖެހީރުވެސް އަޔާންއަށް ނިދޭގޮތެއް ނުވިއެވެ.

ނޫރާ ވިސްނަމުން ދިޔައީ ޒާއިންއަށް ލޯބި ހުށައަޅާނެގޮތެކެވެ. ނޫރާ ދެކޭ ގޮތިގައި އަންހެން ކުދިންވިޔަސް ލޯބި ހުށައެޅުމަކުން ގޯހެއް ނެތެވެ. ނަމަވެސް ބައެއް މީހުންގެ ވިސްނުން ތަފާތެވެ. އެންމެ ފަސޭހަވާނީ ޔާލްގެ ހިޔާލެއް ހޯދުންކަމަށް ވިސްނައި ބާލީހުގައި ބައްދާލުމަށްފަހު ނޫރާ ދެލޯމަރާލިއެވެ.

ޝާނިމްގެ ހިތަށްވަނީ މިރޭ ވަރަށްވެސް ހިންހަމަޖެހުން ލިބިފައެވެ. އޭނާގެ ހިތުގެ މަލިކާއާއި އެކު ވަގުތު ހޭދަކޮށްލެވުމުންނެވެ. ނޫރާއަށް ނޭނގުނަސް ޝާނިމް އޭނަ ދެކެވަނީ ހަގީގީ ލޯތްބެވެ. ހަމަ އެކަނި ކުރިމަތިން ފެންނަން ހުއްޓަސް އެހިތަށް ބަޔާންކުރަން ދަތި ފިނިކަމެއް ލިބެއެވެ. މާދަމާ ކޮންމެހެންވެސް ޔާލްގާތު މިވާހަކަ ދައްކަން ޖެހޭނެއެވެ. ނަމަވެސް ކުރިއަށް އަންނަން އޮތީ ކިހާ ކަޅު ވިލާގަނޑެއްކަމެއް އިނގޭނީ ކިހިނެއްހެއްޔެވެ؟؟؟

މިއަދަކީ ޔާލްއަށް އަދިއަލަށް އޮފީހަށް ތަންކޮޅެއް އަވަހާ އާދެވުނު ދުވަހެކެވެ. މިއަދު ޔާލްހުރީ ވަރަށް ހަމަޖެހިލާފައެވެ. ސޮއި ކޮށްލުމަށްފަހު ލިފްޓަށް އެރިއިރު ޝާނިމްވެސް ހުއްޓެވެ. ” ޝާނިމް ބުނީމެންނު ވާހަކައެއް އެބައޮތޭ….” ޔާލް ޝާނިމްއަށް ބަލާލިއެވެ. “އާނ… ޔާލްވެސް ހާދަ ހަނދާންގަދައޭ ދޯ… ތިވާހަކަ ދައަކަން އުޅެނިކޮށް ތިބުނީވެސް…. މިއަދު ކޮންއިރަކު ފްރީވާނީ…؟؟؟” ޔާލްގެ ބޮލުގައި އިނގިލިކުރި ޖައްސައި ކުޑަކޮށް ކޮއްޕާލަމުން ޝާނިމް އަހާލިއެވެ. “މިއަދުދޯ… އޫމްް….. 10 ހާތާ އޯކޭވާނެތަ؟؟؟ އެގަޑީ ފްރީ ވާނީ…” ޔާލް ވިސްނާލަމުން ބުނެލިއެވެ. “ޔާލްއަށް އޯކޭވިއައްޔާ ދެންހަމަ އަހަރެންވެސް އޯކޭ.. ހެެހެ.. އޯކޭ ސީ ޔޫ އެޓް ދި ކެންޓީން… ” ތިންވަނަ ފްލޯއަށް އާދެވުމުން ޝާނިމް ނިކުންނަމުން ހަނާ އަޅާލިއެވެ.

ޔާލްގޮސް އަޔާންގެ ކެބިން ދޮރުހުޅުވާލިއެވެ. އަދި މަޑުމަޑުން ބޯ ދިއްކޮށްލީ އަޔާންއިންތޯ ބަލާލުމަށެވެ. ” ތީ ކުޑަކުޑަ ސުއިއްޕެއްތަ ނުފެނި ވަންނަން ތިއުޅެނީ…؟؟ ” އަޔާން ހުރީ ފައިލް ހަރުގަނޑުކާރީ ހަށަންބަނދެލައިގެންނެވެ. ޔާލްއަށް މަޑުމަޑުން ބޯމަތީ ޖަހާލެވުނެވެ. އަސްލު ޔާލް އެހާ ސިއްރުން އަޔާންއަށް ނުފެނި ވަންނަން އުޅުނީ އަދިވެސް ރޭގައި އަޔާން އުޅުނު ގޮތުން ލަދުގަނެފައި ހުރިވަރުންނެވެ. “ބަލަޝް ވާވަރެއްދޯ…. އަހަރެން ކީކޭ ބުނީމަ..؟؟ ” އަޔާން މިހެން ބުނެލިތަނުން ޔާލްގެ ފޯނަށް މެސެޖެއް އައި އަޑު އިވުނެވެ. “މާބޮނޑި ލޯބިވެރިޔާ ގުޑް މޯނިން ކީ ކަންނޭނގެ.. ” ޔާލް ފޯނު ނެގުމުން އެޔަށް ވައްކަޅިން ބަލާލަމުން މަލާމާތުގެ ރާގަކަށް އަޔާން ބުނެލިއެވެ. “ހުއް… އަޔާންއަށް ކީއް…. އަހަރެން ލޯބިވާ މީހަކު ހުއްޓަސް ނެތަސް…. އަހަރެންގެވެސް ހުރެޔޭ ވަރަށް ލޯބިވަ މީހެއް… ” ހުވަފެނީ ގޮތަކަށް ޔާލްއެހެން ބުނެލިއިރު އަޔާންއަށް ނޭނގުނު ކަމަކީ އެ މީހަކީ ހުދު އަޔާންކަމެވެ. ޔާލް އެހެން ބުނެލުމުން އަޔާންއަށް ލިބުނީ ޝޮކެކެވެ. ނަމަވެސް އެކަން ބޭރުފުށުން ނުދައްކައި ބާރު ހިނގުމެއްގައި ގޮސް ގޮނޑީގައި އިށީނދެލިއެވެ. ކުއްލިއަކަށް އަޔާންއަަށް މިއައި ބަދަލުން ޔާލް ސިހުނު ނަމަވެސް ދެ ކޮނޑު ހިއްލާލުމައްްފަހު ގޮސް އަޔާންގެ މޭޒު ކުރިމަތީ ހުއްޓިލިއެވެ. ” އެއީ ނޫރާ…. މިއަދު ބައްދަލު ކޮއްލަން ބޭނުމޯ ބުނީ… ” ޔާލް މަޑުމަޑުން ބުނެލިއެވެ. “އަހަރެން ނާހަމެންނު….. ދެން ދޭބަލަ ތި ލޯބިވެރިއެއް ކާރިއަށް… އެކަމު މަސައްކަތް ނިންމާފަ ދެވޭނީ…” އަޔާން ކުއްލިއަކަށް އެހާ ރުޅި އައުމުން ޔާލް ހުރީ ވާނުވާގައެވެ. ޔާލަ ފާޑަކަށް ބަލަން ހުރުމުން އަޔާންއަށް ހަމަބިމަށް އާދެވުނެވެ. ” އަހަރެން ވަރަށަ ބޮލުގަ ރިއްސާތީ މިއުޅެނީ…. ދެން ދޭ.. ” ޔާލްއަށް ޝައްކެއް ވެދާނެހެން ހީވުމުން ހަރުކަށިރާގެއްގައި އަވަސް އަވަހާ އަޔާން ބުނެލިއެވެ. ” ބޭސް ގެނެސްދެންތަ…؟؟؟ ” ހާސްވެފައި ނަމަވެސް ހަމަޖެހިލަމުން ޔާލް އެހެން އަހާލީ އަޔާން ބޮލުގައި ރިއްސާވާހަަކަ ބުނުމުންނެވެ. ޖަވާބުގައި އަޔާން ދެފަރާތަށް ބޯހޫރާލުމަށްފަހު ގޮޑީގައި ލެގިލައި ދެލޯމަރާލީ އެހިތުގައި ހިނގަމުންދަ ހައިޖާނުގަނޑަށް ކުޑަވެސް ހަމަޖެހުމެއް ލިބޭތޯއެވެ. މަޑު ހިނގުމެއްގައި ޔާލްގޮސް މަސައްކަތް ފެށިއެވެ. މަސައްކަތަށް ގެއްލި ހުސްވެއިން ޔާލްއަށް އަޔާން ބަލަމުންދާ ކަމެއް ރޭކާނުލައެވެ. އަޔާންގެ ހިތް ބިރުން ތެޅިލީ ދެންމެ ޔާލް އޭނަ ލޯބިވާ މީހަކު ހުރެޔޭ ބުނުމުންނެވެ. މިއަދު އެހިތަށް ވަރަށް އަސަރުކޮށްފިއެވެ. އެހާ އަވަހާ ރުޅި އާދެވުނީވެސް އެހެންވެއެވެ. ޔާލްއާ ދިމާލަށް ބަލަންއިން އަޔާންގެ ދެލޮލުން ބުނާކަހަލައެވެ. ލޯބިވާ ޔާލްއެވެ. އަހަންނަށް ޔާލްދެކެ ލޯބިވެވިއްޖެއެެވެ، އިހްތިޔާރަކާ ނުލައެވެ. ނަމަވެސް ތި ދުލުން އެހެން މީހެއްދެކެ ލޯބިވާ ވާހަކަ ބުނުމުން މިހިތަށް ކުރާ އަސަރު އަންދާޒާއެއް ނުކުރެވޭނެއެވެ.

މަސައްކަތްތަށް ނިންމާލުމަށްފަހު ޔާލް ގަޑިބަލާލިއިރު 9:15 ވީއެވެ. ދަބަސް އަޅުވާލަމުން ކެންޓީނަށް ދާން އަވަސްވެގަތީ ނޫރާ އަންނަން ބުނެފައި އޮތުމުންނެވެ. ދޮރުން ނިކުންނަން ހިނގައިގަތް ޔާލް ހުއްޓުނީ ގޮޑީގައި ރީތިކޮށް ނިދާލައިފައި އޮތް އަޔާން ފެނިފައެވެ. އެހެން އޮންނައިރު ކިހާ މައުސޫމުހެއްޔެވެ؟؟ އަޔާންއަަށް ގޮވަން ނުހަދާ ޔާލްގޮސް ލިފްޓަށް އެރިއެވެ.

ކެންޓީންގެ ގޮނޑިއެއްގައި އިށީނދެއިން ޔާލް ހަމަޖެހިލައި ބުމަ އަރުވާލީ ނޫރާ އައިސް ކުރިމަތީ އިށީނދެލުމުންނެވެ. ” ހޫމް… ޔާލް… މީ.. އަހަރެން މިއުޅެނީ ޒާއިނައަަށް ލޯބި ހުށައަޅަން… ޔާލްގެ ހިޔާލު ހޯދާލަން މިއައީ… ” ނޫރާ އަތުގެ އިނގިލިތަކާ ކުޅެލިއެވެ. “ހޯ.. ވައު… ހަމަ ކެތްނުވީދޯ އެންމެފަހުން…. ހެހެ… ހޫމް… އަހަންނަށް އޯކޭ.. އެކަމު ޒާއިންގެ ހިތުގަ އޮތްއެއްޗެއް އިނގޭތަ..؟؟؟ ” ޔާލް މިހެން އަހާލުމުން ނޫރާ ހިނިތުންވެލިއެވެ. ޒާއިންވެސް އެކީގަ އުޅޭއިރު ވަރަށް ހީވޭ އަހަރެންދެކެ ލައިކްވާހެން.. ދެން އެހެން ނޫނަސް ލޯބިވާ ވާހަކަ ބުނީމަ އެނގިދާނެންނު.. އެކަމު ވަރަށް ނާވަސްވޭ އެބަ… ” ޔާލްއާއި ނޫރާއާ ދެމީހުން އެކަން ކުރާނެ ރަނގަޅު ގޮތެއް ވިސްނިއެވެ. ” އޯކޭ… ތެންކްޔޫ ސޯމަޗް ޑާލް… ” ޔާލްދިން އައިޑިޔާ ކަމުދިއުމުން ނޫރާ އުފާވެލާފައި މިހެން ބުނެ ހިނގައިގަތީ އަދި ނިންމަންޖެހޭ ކުޑަ މަސައްކަތެއް އޮތުމުންނެވެ. “އެނީ ޓައިމް.. ” ނޫރާ އަށް އަޑުއިވޭ ވަރަށް ޔާލް ގޮވާލިއެވެ. އަދި ކުރިމަތީހުރި ކޮފީތަށިން އެތިކޮޅެއް ބޮއިލީ ޝާނިމް އަންނަން ބުނި ވަގުތު ޖެހުމުންނެވެ. “ހެއި ޔާލް… ވަރަށް ގަޑިއަށް ފަރުވާތެރި ކުއްޖެއްކަން އިނގޭ… ” ޝާނިމް އައިސް ގޮނޑީގައި އިށީނދެލިއެވެ. “ހެހެ ޝާނިމްވެސް… އެއްގޮތެއްނު ހަމަ… ” ހީލަމުން ޔާލް ބުނެލިއެވެ. “އާނ… އަސްލު ނޭނގެ މިވާހަކަ ފަށާނެ ގޮތެއްވެސް…. ޔާލް.. އަހަންނަށް ކުއްޖެއްދެކެ ވަރަށް ބޮޑަށް ލޯބިވެވިގެން މިއުޅެނީ… ” ޝާނިމް ސީދާ މައުލޫއަށް ދިޔައެވެ. ” އަސްލުތަ…. މީ ހުރިހާ މީހުންނަށްވެސް ލޯބިވެވޭ މޫސުންތަ… ހޫމް.. ކާކުތަ ތިހިތުގެ މަލިކާއަކީ..؟؟” ހިނިތުންވެލަމުން ޔާލް އެއްވެސް ފިކުރެއްނެތި އަހާލިއެވެ. “އެއީ…އެއީ… ނޫރާ… ” ޝާނިމް މަޑުމަޑުން ބުނެލިއެވެ. “ނުރާއޭ..؟؟؟؟؟؟ ” ޔާލްއަށް އަހަލެވުނެވެ. “އާނ ޔާލް… އަހަރެންނަށް ފުރަތަމަ ނޫރާ ފެނުނީވެސް އެއްކަލަ ދުވަހު ހުޅުމާލެއިން…. ފުރަތަމަަ ފެނިލުމުންވެސް އަހަރެންގެ ހިތް މަގާމުން ބޭރުވި… އެ ސޫރައަށް ބަލަން ހުރެވުނީ ކިހާއިރަކު ކަމެއްވެސް ނޭނގެ… އޭގެ ފަހުން އަހަންނަށް އިނގުނީ އެއީ ޔާލްގެ ބެސްޓް ފްރެންޑްކަން އަދި އަހަރެންގެ ޕާސަނަލް ސެކެޓްރީކަންވެސް…. މިހިތަށް އެހާ ބޮޑު އުފަލެއް ލިބުނު ދުވަހެއް އަދިއެއް ނާދޭ… ޔާލް ޕްލީޒް އަހަރެންނަށް ނޫރާ ހާސިލް ކުރުމުގަ އެހީވެދީ…. ” ޝާނިމް ވާހަކަ ނިންމާލިއިރު ޔާލް އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ތަގުދީރު ކުޅޭ ކުޅިގަނޑު ނިކަން ދެކެބަލާށެވެ. ޔާލްގެ ބޯ ހާސްވާގޮތް ވިއެވެ. ޝާނިމް ނުރާދެކެވާ ހަގިގީ ލޯބި ކޮންމެއަކަސް ވަރަށް ރަނގަޅަށް ފެނިއްޖެއެވެ. އެކަން ޝާނިމްގެ ވަހަކަތަކުން އެކަނިވެސް އެބަ އެނގެއެވެ. އެފަކީރުގެ ހިތް އެލޯތްބަށް އެދި ގޮވަނީއެވެ. ޔާލް ފަދައިންނެވެ. ނަމަވެސް……..
ނޫރާ ލޯބިވަނީ ޒާއިންދެކެއެވެ. މިވީ ކިހިނެއް ހެއްޔެވެ؟؟؟ ޔާލްގެ ފަރާތުން ޖަވާބެއް ނުލިބުމުން ޝާނިމް ދެފަހަރަކަސް ޔާލްއަށް ގޮވާލިއެވެ.. “ޝާނިމް އެކަމު ނޫރާ….” ޔާލްގެ ޖުމްލަ ނުނިމެނީސް ޝާނިމް ވާހަކަ ދައްކަންފެށިއެވެ. “ކިހިނެއްވީ ؟؟؟ ނޫރާގެ ލޯބިވެރިޔަކު ހުރޭތަ..؟؟؟؟” ޝާނިމް އެހެން އަހާލުމުން ޔާލް ދެފަރާތަށް ބޯ ހޫރުވާލިއެވެ. ” ނު.. ނޫން.. އެހެނެއް ނޫން…” ޔާލް ބޭނުންވީ ޝާނިމްއަށް އެހަށް އެކަން ސިއްރުކުރާށެވެ. ޔާލްގެ ޖަވާބު އަޑުއިވުމުން ޝާނިމްގެ ތުންފަތް މަށްޗަށް ފުޅާ ހިނިތުން ވުމެއް ވެރިވިއެވެ. ނަމަވެސް ހަގީގަތް އެނގޭ ދުވަހަކުން އެ ހިނިތުންވުން އެގޮތުގައި ވާނެހެއްޔެވެ؟؟ “ޔާލް އަހަރެން ވަރަށް ބޮޑަށް އުންމީދުކުރަން މިކަމުގަ ޔާލްގެ އެއްބާރުލުން ލިބޭނެކަމަށް… އެނގޭ ދޭނެކަންވެސް.. ” ޔާލްްގެ އަތްމަތީ އަތްބާއްވާލަމުން ޝާނިމް އުންމީދުން ފުރިގެންވާ ނަޒަރަކުން ޔާލްއަށް ބަލާލިއެވެ. ޔާލްވެސް ގަދަކަމުން ހީލުމަށްފަހު ބޯޖަހާލިއެެވެ. “ހޫމް.. ދެން އަހަރެންގެ ވާހަކަ ނިންމާލަމާ…. ޔާލް ދެންމެ ބުނީމެންނު މީ އެންމެނަށް ލޯބިވެވޭ މޫސުންހޭ… އަނެއްކާ ޔާލްވެސް އަހަމް އަހަމް….” ޝާނިމް ބުނި އެއްޗެއް ޔާލްއަށް ނަގައިގަނެވުނެވެ. އެވަގުތަކީ އަޔާން ކެންޓީނަށް އައިސް ވަތްވަގުތެވެ. އަޔާންގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ ހެވިފައި ވާހަކަ ދައްކަންތިބި ޔާލްއާއި ޝާނިމްއެވެ. އެމީހުންނަށް ނުފެންނާނެހެން އަޔާންގޮސް އެމީހުން ތިބި މޭޒުގެ ފަހަތުގައިހުރި ގަހާއި ނިވައިވެލިއެވެ. މިހާރު ޔާލްމެން ދައްކަމުންދިޔަ ވާހަކަ ވަރަށް ސާފުކޮށް އަޔާންއަށް އަޑުއިވެމުން ދިޔައެވެ.

“އަސްލު ހަގީގަތަށް ބުނަންތަ… އަހަރެންނަށް އެމީހެއްދެކެ ލޯބިވެވުނުތާ ދުވަސްތަކެއް ވެއްޖެ… އެކަމު އެލޯބި ހަސިލުވާނެ ހެނެއް ހިޔެއް ނުވޭ… އެކަމު އަބަދުވެސް އަހަރެން އޭނަދެކެ ލޯބިވާނަން.. އުމުރަށްވެސް… ” ޔާލް ދައްކަމުން ދިޔަ ވާހަކައިން އަޔާންގެ ހިތް ދިޔައީ ތޮރުފަމުންނެވެ. ” އެކަމު… އެކަމު މިހާރު އޭނަވީ އަހަންނާ ވަރަށް ދުރުގަ… އުމުރަށްވެސް އިންތިޒާރުކުރާނަން… ” ޝާނިމްއަށް ޔާލް އެދައްކަނީ އަޔާންގެ ވާހަކަކަން ޝައްކުކުރުމުގެ ޖާގަ ނުދިނުމުގެ ގޮތުން ޔާލް ދޮގެއް ހަދާލިއެވެ. ގަހުގެ ފަހަތުގައި ލެގިލައިގެންހުރި އަޔާންގެ ހާލަކީތޯއެވެ. ހިތުގައި މަޑުމަޑުން ފިރުމާލެވުނީ ތޫނު ތަދެއް އެރިކަހަލަ އިހްސާސެއް ވުމުންނެެވެ……………..

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

SJK...KOREAN

Level 2100 Comments100 Login10 Stories

a girl who loves reading and writing dhivehi stories..and to read the sweet comments of the readers < 3 <3 <3

Other Articles

Previous

ސިއްރު ސިއްރުން ހިތޭ… (12)

Next

ލޯތްބެއްނެތް ގުޅުން (11 ވަނަ ބައި)

Next
November 18, 2017

ލޯތްބެއްނެތް ގުޅުން (11 ވަނަ ބައި)

Previews
November 18, 2017

ސިއްރު ސިއްރުން ހިތޭ… (12)

48 Comments!

  1. Nau says:
    November 18, 2017 at 3:53 pm

    Yaaayyyy.. Me first dhw.. Vvvvv lwbi ingey stry.. I jst luv it.. Sooooooo cutie.. Waiting for the next part.. Ly dear.. Kyp it up..❤❤

    1. SJK...KOREAN says:
      November 18, 2017 at 5:55 pm

      Yeyyy. Yes u first ?
      Thankyou soo much nau?❤? love u more❤❤

  2. Minnie✨ says:
    November 18, 2017 at 3:55 pm

    Alhe kihineh e vany…? Story vvvv reethi….? When next part??? Waiting waiting…? Love you…?❤

    1. SJK...KOREAN says:
      November 18, 2017 at 5:55 pm

      ?
      Thankyou soo much Minnie?❤? love u more❤❤

  3. Limsha says:
    November 18, 2017 at 3:55 pm

    Alhey.. So sad
    Bt varah salhi ingey

    1. SJK...KOREAN says:
      November 18, 2017 at 5:56 pm

      ☺Thankyou soo much Limsha?❤

  4. Kul says:
    November 18, 2017 at 4:01 pm

    Warah reethi waiting

    1. SJK...KOREAN says:
      November 19, 2017 at 5:22 am

      Thank you so much kul???

  5. Rsh says:
    November 18, 2017 at 4:02 pm

    WOW V Reethi ?
    When next part???

    1. SJK...KOREAN says:
      November 18, 2017 at 5:57 pm

      ☺Thankyou so much Rsh?❤ insha allah day after tomorrow ??

  6. Mai says:
    November 18, 2017 at 4:14 pm

    Varah varah varah varaha loabi???….next part when…

    1. SJK...KOREAN says:
      November 19, 2017 at 5:23 am

      Thank you so much mai???

    2. SJK...KOREAN says:
      November 19, 2017 at 5:23 am

      Insha allah tomorrow ?

  7. Nahu says:
    November 18, 2017 at 4:20 pm

    wooowww.. When nxt prt

    1. SJK...KOREAN says:
      November 18, 2017 at 5:57 pm

      ☺Thankyou so much nahu?❤ insha allah day after tomorrow ??

  8. Friends says:
    November 18, 2017 at 4:24 pm

    Masha allah stry vvvv nice.
    Keep it up SJK.
    Waiting 4 next part…
    Upload soon ingey dear..

    1. SJK...KOREAN says:
      November 18, 2017 at 5:58 pm

      ☺Thankyou so much Friends ?❤ insha allah day after tomorrow ga up kohladheynan ❤❤?

  9. SunShine says:
    November 18, 2017 at 4:29 pm

    Yaayyy..
    Vrh loabi

    1. SJK...KOREAN says:
      November 19, 2017 at 5:24 am

      Thankyou so much sunshine❤❤?

  10. Hana says:
    November 18, 2017 at 4:30 pm

    Alhey eoh v gotheh dhww…stry hama habeys ingey..waiting nxt prt..

    1. SJK...KOREAN says:
      November 18, 2017 at 5:59 pm

      ☺Thankyou so much Hana ?❤❤?

  11. Zuam says:
    November 18, 2017 at 4:32 pm

    Alhey….. ehn nuhadhaa…… ? varah varah varah reethi….. kon irakun next part??????

    1. SJK...KOREAN says:
      November 18, 2017 at 6:00 pm

      Hehe? don’t cry dear?☺Thankyou so much zuam?❤❤? nxt part insha allah day after tomorrow ??

  12. Nish says:
    November 18, 2017 at 4:42 pm

    Awwwn?vvv nice mi part ves?i thing zaain kahneyge loabi vani yaal dheke nd maabodi ves dheny..waiting waiting! LY dear?

    1. SJK...KOREAN says:
      November 18, 2017 at 6:01 pm

      ?☺Thankyou so much Nish?❤lets see dho? luv u more??

  13. Awa says:
    November 18, 2017 at 5:42 pm

    Love triangle eh kanneyne…. varah habeys SJK…. konirakun next part?

    1. SJK...KOREAN says:
      November 18, 2017 at 7:17 pm

      Hehe vedhaane ?
      Thankyou so much ???? awa❤❤ insha allah day after tomorrow ??

  14. Layaa says:
    November 18, 2017 at 6:08 pm

    Alhey kihineh thiyadhanee yaan ah.. mihaaru alamaariah laifi .. ? mifaharu gassbuduga .. ekamakuvess vaahaka hama varah furihama.. ?? when next part dhoonyaa.. luv u .. ???

    1. SJK...KOREAN says:
      November 18, 2017 at 7:18 pm

      Hehe ???
      Thankyou soooo much ???? layaa❤❤ insha allah day after tomorrow ?? luv u much more ❤❤❤

  15. shereen says:
    November 18, 2017 at 7:11 pm

    Hahah majaa.. ekam dhen evee kihineh..

    1. SJK...KOREAN says:
      November 18, 2017 at 7:19 pm

      Hehe ?
      Thankyou so much shareen ?hehe sakaraaiyy dhw veegoih ???

    2. SJK...KOREAN says:
      November 18, 2017 at 7:20 pm

      *shereen ☺

  16. Min says:
    November 18, 2017 at 7:24 pm

    Alhey e vee kihineh tha ? ? enmen mihaaru e ulheny bodu olhun Bolhun gadeh ge therey ?? ga so sad??? ? alhey Ayaan ah igey ne nama dhw. Any ways story Vvvvvvvvvvvvvvvv reethi ❤ ?????????????

    1. SJK...KOREAN says:
      November 19, 2017 at 5:25 am

      Dhw??Thankyou so much Min❤❤???

  17. Maaal says:
    November 18, 2017 at 7:27 pm

    Zaain aky kaaku tha??? Eyna mathin handhaan neh nei. Alhe kiyaidheeba e kaaku kan. Plx plx plx.???

    1. SJK...KOREAN says:
      November 18, 2017 at 8:24 pm

      Zaain aky yaal and noora ge classmate eh. E vaahaka innaane bunelaafa kurin dhiyaima part ehga☺☺☺

  18. xeek says:
    November 18, 2017 at 8:06 pm

    Just wow… u have a great writing skill..LY???

    1. SJK...KOREAN says:
      November 18, 2017 at 8:25 pm

      Aw Thanks a lottt dear xaya❤❤??? ly more????

  19. PRINCESS AFU says:
    November 18, 2017 at 8:25 pm

    Just awesome kyp it up dear
    LYSM

    1. SJK...KOREAN says:
      November 18, 2017 at 8:26 pm

      Thankyou soo much dear???❤❤❤ ly much more????

  20. Shudha says:
    November 18, 2017 at 8:40 pm

    woah… Masha Allah varah reethi… haadha dhera gothekey mivany… dhn vaany kihineh baa??? anyways its awesome… keep it up.. shudha hykuri varah vure sjk molhu inge ;-D loves<3

    1. SJK...KOREAN says:
      November 19, 2017 at 5:27 am

      Lets see what happens ?Thankyou so so much shudha❤❤?? loves more??

  21. Ram says:
    November 18, 2017 at 8:45 pm

    V v salhi.. amazingly superb hama.. waiting for next part.. maadhen tha? loves ??

    1. SJK...KOREAN says:
      November 19, 2017 at 5:28 am

      Hi my dear Ramko.. ??Thankyou so so much dear❤❤? tomorrow insha allah ?? loves more?❤❤❤❤❤

  22. Roo says:
    November 18, 2017 at 11:53 pm

    Alheyy ayaan ehaa dhera nukohlaba ?? but varah reeeeeethi ingey ??? when is next part?? Love youu ?❤️??

    1. SJK...KOREAN says:
      November 19, 2017 at 5:29 am

      Hehe?
      Thankyou so much dear Roo ❤❤? tomorrow insha allah ? love u more?❤❤

  23. Yaa says:
    November 19, 2017 at 12:38 am

    Ayaan dera kuraakh nuwaane ehnu.. wrh reethi nd i love it ?

    1. SJK...KOREAN says:
      November 19, 2017 at 9:56 am

      Thanks a lot dear??❤

Comments are closed.

Next Episodeހިތް މިއެދޭ ސޫރައޭ ތީމަގޭ (8 ވަނަ ބައި)←


All Right Reserved!