ކޮލެޖްތަކުން އިމްތިހާނުތައް ނިމިގެން އުޅޭދުވަސްކޮޅެވެ. މައިޝާމެންގެ ކޯހުގެ ފަހުއަހަރުކަމުން މައިޝާމެން އިމްތިހާނުގެ ނަތީޖާއަށް އިންތިޒާރު ކުރަމުން ދިޔައެވެ. އިމްތިހާން ނިމެންދެން ކިޔާންވެސް މައިޝާއަށް ނުގުޅާ މަޑުކޮށްގެންހުރުމަށްފަހު މައިޝާއަށް ގުޅަންފެށިއެވެ. ކިޔާންގެ ފޯނު ކޯލުތަކަށް މައިޝާ ޖަވާބުނުދޭތީ ޝިފްނާއަށްވެސް ކިޔާންގުޅައި މައިޝާއަށް ވީ ކިހިނެއްތޯ އޮޅުންފިލުވަން މަސައްކަތްކުރަންފެށިއެވެ. ޝިފްނާ އަކީ މައިޝާގެ އެންމެ ގާތް އެކުވެރިޔާކަމުން މައިޝާގެ ހަޔާތުގައި ވީ ކަންތައްތައް ސިއްރުކުރަން އެއްބަސްވިއެވެ. އެހެންނަމަވެސް ކިޔާން މައިޝާއާއި އުޅޭމިންވަރު ފެނި ޝިފްނާބޭނުންވީ މައިޝާގެ ހަޔާތައް ކިޔާންއަށް އާދެވޭނެ […]
ހަތަރު ގަޑި ބައިވީއިރު ޔޫޝައު ހުރީ އައިކާ ބަލާ އައިހެވެ. އައިކާ ބޭރަށް ނުކުތް ވަގުތަކީ އައްޒާމް އައިސް ގެއަށް ވަންނަން ދިމާކުރި ވަގުތެވެ. އޭނާ އައިކާއަށް ބަލާލިއިރު އައިކާގެ ނަޒަރު ހުއްޓިފައި ހުރީ މަގުގެ އަނެއް ފަޅީގައި ސައިކަލުގައި މަޑުކޮށްލައިގެން އިން ޔޫޝައުއަށެވެ. އައިކާ ގޮސް ޔޫޝައުގެ ސައިކަލު ފަހަތަށް އަރަމުން ގޭ ދޮރާއި ދިމާއަށް ބަލާލީ އައްޒާމް ހުރެދާނެކަމަކަށް ނޫނެވެ. ނަމަވެސް އައްޒާމް އޭނާއަށް ބަލަން ހުރިތަން ފެނުމުން އޭނާގެ މޫނަށް ނުރުހުމުގެ އަސަރު […]
އަޔާން އާއި ޔާލްގެ ހަތަރު ކަޅި ބައްދަލުވި ވަގުތު އިސްޖަހާލީ ޔާލްއެވެ. މަޑުހިނގުމެއްގައި އަޔާން ކާރިންލާފައި ދިޔައިރު އިސްއުފުލާ ބަލާބެވެސް ނުލައެވެ. “ޒާއިން… މިތާނގަ؟؟؟ ” ޔާލް ހައިރާންވީ ކަރުދާސް ކަފަންއިން ޒާއިން ފެނިފައެވެ. “ހޫމް… ނޫ ބުނެގެން ކުޑަކޮށް އެހީވެލަން މިއައީ… ” ޔާލް ގާތަށް ހިނގައި ގަންނަމުން ޒާއިން ވާހަކަ ދެއްކިއެވެ. އަޔާން ހުރީ ދެބުމަ ގޮށްޖަހައިގެން އެމީހުންނާ ދިމާލަށް ބަލާށެވެ. އެހެން ހުރެފައި އައި ރުޅިމަތީ ގޮސް ލިފްޓަށް އެރީ ޔާލް މާ […]
**********3 މަސް ފަސް********** މިއަދުމީ ބޮޑު ދުވަހަކަށް ވާނެއެވެ. މިއަދަކީ އިޒާން އަހަރެންގެ އާއިލާ އާއި ބައްދަލު ކުރަން އަންނަ ދުވަހެވެ. ވަގުތު ކައިރިވި ވަރަކަށް އަހަރެން ދިޔައީ ހާސް ވަމުން ނެވެ. ނަމަވެސް މަންމަ މެންގެ ޖަވާބާއި ދޭތެރޭ އަހަރެން ޝައްކެއް ނުކުރަމެވެ. އަހަރެން ބޭނުން ހުރިހާ ކަމެއް ކޮށްދޭއިރު އަހަރެންގެ އުފަލަށްޓަކާ އިޒާން އާއިވެސް ރުހޭނެކަން ޔަގީނެވެ. ***************************** ހެދުން ރީތި ކުރަމުން އަހަރެން ސިޑިން ފައިބައިގެން އައީ މަންމަމެން ނަށް ގޮވަމުންނެވެ. އަހަރެންގެ […]
ރެހާން ރާއިންއާއެކުގަ ހިނގާފައި ގެޔަށް ދިޔައީ ދާމަގުމަތީގައި ތަޅުދަނޑި ނަގާނެކަމަށް ބުނަމުންނެވެ. ރާއިން ހީވަނީ ހިނގާފައި އުޅެންޖެހިގެން ޝަކުވާކުރާއިރުގަ ކުޑަކުއްޖެއްހެންނެވެ. އެހެންކަމުން ގެޔަށްވަނުމުގެ ކުރިން ރެހާން ދިޔައީ ތަޅުދަނޑި ބަލައެވެ. ގޭތެރަށް ދިޔައިރު ރީނާޒް ސިޓިންރޫމް ސޯފާގައި ވާހައެއް ހިފައިގެން އޮތެވެ. “ދޮންބެ ތަޅުދަނޑި ބަލާ ދޯ ތިއައީ؟ ނާޒް ކޮޓަރި ސައިޑް ޓޭބަލް މަތީގަ އިންނާނެ. ގެނެސްދެންވީތަ؟ ” ކަމެއް ޖެހިގެންނޫނީ ރެހާން މިގެޔަށް ނުވަންނާނެކަން ރީނާޒްއަށް އެނގެއެވެ. ރެހާން އެނަގާނެކަމަށް ބުނަމުން ސިޑިޔާ ދިމާއަށް […]
މިއުޝީން ވަނުމާއެކު ހެވިފައިއިނދެ ނިކްޔަލްގޮސް އެގޭކައިރިއަށް ކާރު މަޑުކޮށްލަމުން ގޭގެ ނަންބޯޑަށް ބަލައިލިއެެވެ. “މ.ރޯޝަނީ.” މަޑުމަޑުން ގޭގެ ނަން ނިކްޔަލް ކިޔައިލިއެވެ. އަދި ހިނިތުންވެލަމުން އެއްއަތް އޭނާގެ ކަޅުކަންގަަދަ ފަންއިސްތަށިގަނޑުގައި ހިންގައިލީ މިއުޝީންގެ މައުސޫމް ސޫރަ ދެލޯކުރިމަތީގައި ސިފަކުރަމުންނެވެ. ** ** ** އޮފީހަށް ވަދެގެންއައި ނިކްޔަލް މާާހެވިފައިހުރުމުން އާކިލް އޭނާ ފަހަތުންގޮސް ކެބިންއަށް ވަނެވެ. އެހެންނާ ނުހުންނަކަހަކަ ދިރުމެއް މިއަދު އެމޫނުމަތިން އާކިލްއަށް ފާހަގަވިއެވެ. “އޭތް އޭތް. ކޮންކަމެއްވީ؟ ހާދަ ހެވިފައޭދޯ. އޫމް. އަހަރެންނަށް ހާދައެބަހީވެއޭ […]
ފަހަތުގައި ހުރިއާލިމާ އަށް ބަލާލުމަށްފަހު ރަޝީދު ދޮރުހުޅުވާލިއިރު ޝަބީންހުރީ ފުޅާހިނިތުންވުމެއް ގައި ސާދިޔާގެ އަތުގައި ހިފައިގެންނެވެ. ފަހަތުގައި ހުރިޖާވިދު އިސްޖަހާލައިގެން ހުރީ ހިތްތެޅޭލެއްބާރުކަމުން އިސްއުފުލާލަންވެސް ނުކެރިގެންނެވެ. “އަވަހަށް ވަދޭއެތެރެއަށް.. ” ރަޝީދު ތަންދެއްކުމާއެކު ޝަބީން އާއި ސާދިޔާ އެތެރެއަށް ވަދެގެންދިޔައިރު ޖާވިދު ހުރީ ދެލޯބޮޑުވެފައި އާލިމާއަށް ބަލަން ނެގިފިޔަވަޅުމަތީގައި މުޑިއަރާފައެވެ. އާލިމާއަށްވެސްވީ ހަމަ އެހާވަރެވެ. ޖާވިދުގެ މޫނުފެނުމާއެކު އަނގަމަތީގައި އަތްއަޅާލައިގެންހުރިއިރު ދެލޮލުން ލަހެއްފަހެއްނެތި ކަރުނަފާއްދާލައިފިއެވެ. ފަހަތް ބަލާލި ސާދިޔާ އަށް ވީގޮތް އެނގުމާއެކު އަވަހަށްގޮސް ޖާވިދުގެ އަތުގައިހިފާ […]
“ޒާއިން.” ރޮވިފައިވާ އަޑަކުން ލާރާއަށް ގޮވާލެވުނެވެ. ************************************* އެމީހާ ފަހަތަަށް އެނބުރި ބަލާލުމުން އެއަކީ ޒާއިން ނޫންކަން ލާރާއަށް އިނގުނެވެ. އެމީހާ އެނބުރި ސުވާލުގެ ނަޒަރަކުން ލާރާއަށް ބަލަން ހުރީއެވެ. “ސޮރީ ސޮރީ. ހީކުރީ އެހެންމީހެއް ކަމަށް” ލާރާ އަވަސް އަވަހަށް މިހެން ބުނެ ފަހަތަށް އެނބުރުނެވެ. އޭނާއަށް މިކުރެވުނީ ކީއްހެއްޔެވެ. އެ ހަމަ އަސްލު ޒާއިންއަށް ވީކަމުގައި ވީނަމަވެސް އަހަރެންނަށް މިކުރެވުނީ ގޯސް ކަމެކެވެ. އެއީ ޒާއިން ނަމަ ޒާއިން ހީކުރާނީ ކީކޭ ހެއްޔެވެ. އަސްލަށް […]
ހޯލަށް ގޮސް އިށީނދެ ހަމަ ޖެހުމާއި އެކު އޭނާ އަށް އަވަސް ވެގަނެވުނީ އެހެން ކަމަކާ އެވެ. ޖީބުން ފޯނު ނަގައި މޯބައިލް ޑާޓާ އޮން ކޮށްލުމާއެކު ހެން މެސެެޖް ތަށް ފުލު ފުލުން އަންނަން ފެއްޓިއެވެ. އަދި ދެތިން މެއިލް އައިސްފައި އޮތް ތަން ފެނުނެވެ. އެއީ އޭނާ އެދި އެދި ހުރި މެއިލް ކަން އެނގުމުން ބޭ އިޙްތިޔާރުގައި ހީ ލެވުނެވެ. “ކިހިނެއްވީ؟” ރޫބީ ހެވިފައި އިން ތަން ފެނުމުން ނޭހާ އަށް އަހާލެވުނެވެ. […]