ބޮސް ދޭ ހާ ލޯބިވޭ. (ދެ ވަނަ ބައި)
ހޯލަށް ގޮސް އިށީނދެ ހަމަ ޖެހުމާއި އެކު އޭނާ އަށް އަވަސް ވެގަނެވުނީ އެހެން ކަމަކާ އެވެ. ޖީބުން ފޯނު ނަގައި މޯބައިލް ޑާޓާ އޮން ކޮށްލުމާއެކު ހެން މެސެެޖް ތަށް ފުލު ފުލުން އަންނަން ފެއްޓިއެވެ. އަދި ދެތިން މެއިލް އައިސްފައި އޮތް ތަން ފެނުނެވެ. އެއީ އޭނާ އެދި އެދި ހުރި މެއިލް ކަން އެނގުމުން ބޭ އިޙްތިޔާރުގައި ހީ ލެވުނެވެ.
“ކިހިނެއްވީ؟” ރޫބީ ހެވިފައި އިން ތަން ފެނުމުން ނޭހާ އަށް އަހާލެވުނެވެ. ނޭހާ އަކީ މާލެ އަށް އުފަން ކުއްޖެކެވެ. ދެ އަހަރު ކުރިން ޑޮކްޓަރީ ސަނަދު ނެގުމަށްޓަކައި އެސް ޓީ ކޮލެޖް އަށް ޖޮއިންވެ ކިޔަވަން އުޅުމުގެ ތެރޭގައި ރޫބީ އާއި އެ ދެ މީހުންގެ ދޭތެރޭގައި ވަނީ ވަރަށް ގާތް ގުޅުމެއް އުފެދިފަ އެވެ.
“މެއިލް އެއް އައިސްސަ އެބައިން ހީވަނީ އެއްކަލަ މީހާ ހެން” ރޫބީ އުފަލުން ފުރިގެންވާ ރާގެއްގައި ބުނެލިއެވެ. “ސާބަސް އަވަހަށް ކިޔާ ދެން” އެންމެ މެއިލް އަކަށް ޓަކާ އޭނާ އަށް ވާ ވަރު ފެނިފައި ނޭހާ ހިނި ވެސް އައެވެ. ނޭހާ އެހެން ބުނުމުން ނުބުންޏަސް ކިޔާނަމޭ ބުނެ އޭނާ މެއިލް ހުޅުވާލިއެވެ. ނަން ފެނުމާއި އެކު ވެސް ހިތް އުފަލުން ފުރުނެވެ. އެންމެ ސިކުންތެއް ވެސް ލަސް ނުކޮށް އަވަހަށް ކިޔަން ފެއްޓިއެވެ. ކެތް މަދު ވެފައި އިނދެ އެވެ. މި މެއިލް ރޭގައި ފޮނުވުމަށް ފަހު އޭނާގެ ލޮލަކަށް ނިންޖެއް ނާދެ އވެ . ެއޭގައި އޮތެވެ.
(“އެންމެ ފުރަތަމަ ވެސް އަޅުގަނޑު ބުނެލަން ބޭނުން ވަނީ ޝުކުރިއްޔާއެވެ. . އަޅުގަނޑު ގެ ވާހަކަ ތަށް ނުކުންނަ ވަރަކުން ކިޔައި ތިދޭ ތަރުހީބަށެވެ. ފަހަރެއްގައި މި މެއިލް ކިޔާ ނިމޭ އިރު ކަމަނާގެ ހިތުގައި އަހަރެންނާ ދޭތެރޭ ނަފްރަތު އުފެެދުމަކީ ވެސް ދުރުގައި ވާ ކަމެއް ނޫނެވެ. މި މެއިލް އަށް އަންނަ އެއްޗިސްސަށް ޖަވާބު ދީ އެއް އަޅުގަނޑު ނުހަދަމެވެ. ކޮންމެހެން ވެސް ޖަވާބު ދޭން ޖެހޭ ކަހަލަ އެެއްޗެއް ކަމުގައި ވާ ނަމަ ސިޓީ އަކުން ޖަވާބު ދީ ހަދަނީ އެވެ. ނަމަވެސް ކޮންމެ މަހަކު ވަކި ދުވަހެއްގައި ތަކުރާރު ކޮށް އެއް މެއިލް އެއް އަންނަމުން ދާތީ އެންމެ ފަހުން ޖަވަބު ދޭ ހިތް ވީ އެވެ. އަޅުގަނޑު ލިޔާ ވަހަކަ ތަކުގައި އުޅޭ “ރޫޔާ” އަކީ އަޅުގަނޑުގެ ހިޔާލީ ކުރެހުމަހަކަށް ބިނާ ކޮށްފައިވާ ޝަޚްސެކެވެ. އެއްވެސް ބޭފުޅަކަށް އަދި ތިބާައަށް ވެސް ނިސްބަތް ކޮށްފައި ލިޔެފައި ވާ އެއްޗެއް ނޫނެވެ. އަދި ކަމަނާ ތީ މި ވާހަކަ ދައްކަ ފުރަތަމަ ކުއްޖާ އެއް ވެސް ނޫނެވެ. އެ ކުދިންނާ ރޫޔާ ވައްތަރު ކަމަށް ބުނެ ދައުވާ ކުރާ ބޭފުޅުން ވެސް މަދެއް ނޫނެވެ. އެއް ގޮތަކަށް ވެސް ކަމަނާ ދޮގު ހަދަނީއޭ އަޅުގަނޑު ނުދަންނަވަމެވެ. މިއޮށް ހުރިހަ ދުވަހު އެއް ވާހަކަ އެއް ދައްކައި އަޅުގަނޑަށް މެއިލް ކުރާނީ ވެސް ކޮންމެސް ކަމެއް ވީމައި ތާ އެވެ. އަދި އަޅުގަނޑު ވެސް ޖަވާބު ދޭނީ އޭގައި ކޮންމެސް ވަރަކަށް ތެދު ހިމެނިފައި ވާކަމަށް އަޅުގަނޑުގެެ ނަފްސު ގަބޫލް ކުރާތީ ތާ އެވެެް. ކޮންމެ އަކަސް މިހާ ހިސާބުން މި ލިއުން ކުރު ކޮއްލަމެވެ. އަސްލު މައުޠޫ އަށް އުރެ މިހާރު ވެސް މާ ދިގު ވެއްޖެ ހެން އަޅުގަނޑަށް ހީވެއެވެ. ތި އިންނެވީ ދިގު ކަމުން ފޫހި ވެފައި ކަން ވެސް އަޅުގަނޑަށް ޔަގީނެވެ. ކަމަނާ ނެންގެންނެވި ފަދައިން އަޅުގަނޑުގެ ތަސްވީރެއް ވެސް ފޮނުވިފައި ވާނެ އެވެ .ނިންމާލަމެވެ. ބާއްޖަވެރި ދުވަހަކަށް އެދެމުންނެވެ. ) މެއިލް ކިޔާ ނިމުމާއި އެކު ރޫބީ އަވަސް ވެލީ އެ ފޮޓޯ ބެލުމަށެވެ. ލޯޑް ކޮށްފައި ބަލާލުމާއި އެކު އޭނާގެ ދެލޯ ބޮޑު ވި އެވެ. މުޅި އަތް ތުރު އަޅަން ފެއްޓިއެވެ. އަތުން ފޯނު ވެސް ދޫ ނުވީ ކިރިޔާ އެވެ.
“ހޭ! ޔޫ އޯކޭ؟” ރޫބީ އަށް ވަމުން ދިޔަ ގޮތް ފެނިފައި ނޭހާ އޭނާގެ ކޮނޑުގައި އަތް އަޅާލިއެވެ. އޭރު ރޫބީ މުޅި ގައިން ދާ ހިއްލަ އެވެ. މުޅި މީހާ ހުރީ ތުރު ތުރު އަޅަ އެވެ. ދޭނެ އެއްވެސް ޖަވަބެއް ނެތުމާއި އެކު ރޫބީ އޭނާގެ ފޯނު ނޭހާ އަށް ދައްކާލި އެވެ. ފެނުމާއި އެކު ނޭހާ ވެސް ސިހިގެން ދިޔަ އެވެ.
“ތީ އޭނަ؟” ނޭހާ އަށް ވެސް ހައިރާން ކަމާ އެކީ އަހައިލެވުނެވެ. އެއީ މުސްކުޅިއެއްގެ ފޮޓޯ އެވެ. ބޮލުގައި ނުރަ ނުޖަހާ އެންމެ ތަންކޮޅެއް ވެސް ނެތެވެ. އަނަރޫފަ ވެފައި ވާ މޫނެކެވެ. ބޮޑަށް ވައްތަރީ މި ހިސާބު ޕާލިމެންޓް ގައި އުޅޭ ކަހަލަ މުސްކުޅި އަޖޫޒަކާ އެވެ. ރޫބީ އެ އިން ގޮތަށް ގަނޑު ވެފައި އިނެވެ. ނޭހާ އަށް ރޫބީ ގެ މޫނަށް ބަލަން އިނދެވުނެވެ. މިއޮށް ހުރިހާ ދުވަހު އޭނާ ބެލި ހުވަފެން ހަގީގަތަކަށް ނުވުމުން އޭނާ ވާނެ ދެރަ ނޭހާ އަށް ވެސް އިހުސާސް ވެ އެވެ. “ކޮބާ އޭރު ވެސް ބުނީމެއްނު ކޯއިންސިޑެންސަކަޝޭ ވާނީ ….. ތޭންކް ގޯޑް ތަންކޮޅެއް ކުރިން އެނގުނުކަން” އެންމެ ފަހުން ނީނދެވިގެން ނޭހާ ބުނެލި އެވެ.
“ޔޫ ކޯލް އިޓް އަ ކޯ އިންސިޑެންސް؟ ޕްލީޒް ނޭހާ! ޓްރައި ޓު އަންޑަސްޓޭންޑް…. މަށޭ އޭނަ އޭގަ ސިފަ ކޮއްފަ ހުންނަނީ ! އޯކޭ ދޯ އެހެން ކަމެއް ނަމަ އެހެން މީހެކޭ ބުނެވެން. އެންމެ ކުޑަ ވެގެން ގޮސް މަގޭ ކަންފަތް ކައިރީ ހުންނަ ކަޅުތިލަ އަށް ދާންދެން މަގޭ ފައިގެ ފަލަމަސްގަނޑުގަ ހުންނަ އުފަންލަފަށް ދާންދެން އޭނަ ޑިސްކްރައިބް ކޮށްދީފަ ހުރޭ….ޔޫ ކޯލް އިޓް އަ ކޯ އިންސިޑެންސް؟” ރޫބީ އަށް ބުނެވުނުލެއް ބާރު ކަމުން ނެހާ އޭނާގެ ގައިގައި ވިކައިގަތެވެ. އެވަގުތު ރޫބީ އަށް ވެސް އޭނާ އަށް އިނދެވުނީ ހޯލްގައި ކަން އިހުުސާސް ވި އެވެ.
“ދެން ނޭނގެ އަހަންނަކަށް…ރޫބީ ބުނިހެން ރޫބީ ދަންނަ މީހަކަށް ވެސް ވެދާނެ. ވެދާނެ އޮޅުވާލަން ދޮގު ހަދަނީ ކަމަށް ވެސް.. އަޅާނުލާ! ޖަސްޓް ޓްރައި ޓު ފޮގެޓް އިޓް..” ރޫބީ އަށް ހިތްވަރު ދިނުމުގެ ގޮތުން ނޭހާ އޭނާގެ އަތުގައި ހިފާލަމުން ބުނެލި އެވެ. ނޭހާ އެހެން ބުނެލުމުން ރޫބީ ވެސް ހިނިތުންވެލި އެވެ. ހަނދާން ނައްތާލަން އޭނާ ވެސް ބޭނުމެވެ. ނަމަވެސް ނެއްތޭނީ ވެސް ކިހިނެއް ހެއްޔެވެ. އެހާ ގިނަ އެހާ އެއްފަދަ ކަންކަން އިއްތިފާގަކުން ވެދާނެ ކަމަކަަށް އޭނާގެ ހިތެއް އެއްބަހެއް ނުވެއެވެ.
**********************
ކްލިނިކް އިން އައިސް ފެންވަރައި ތާޒާ ވެލުމަށްފަހު ލިޔާ ސިޓިންރޫމަށް ނިކުތެވެ. އޭރު އޭނާ ގޭގައި މަސައްކަތް ކުރަން ގެނެސްފައި ހުންނަ ސާންތާ މޭޒު މައްޗަށް ކާ އެއްޗިސް އަރުވައިން އޭނާގެ އިންތިޒާރުގައި އިނެވެ.
14 Comments!
Comments are closed.

Me first dho mifaharu, hehe..stwry v rythi..kyp it up
story v rythi ??
Liya e gal e tha ?
salhi?
V Reethi ???
Nahoo ge filmtha aneykaa mee
I know this story.. kureega dhivehi vaahaka eh mi.. hindi vaahaka ehge tharujamaa… I forgot the name of the book.. same thing happens..
heevaa heevumeh maybe. i didnt read mihen vaa vhk eh
Salhi
Kurias vanyy kihineh thw vvv balailaahiyyvey…. v loabii
Salhi ingey… Hama ekani negative koh in thankolhaky thihaa short koh liyaathyve.. Dhn prt eh vrh dhigu kohlahchey ingey.. Try ur bst.. Gud luck dear
V habu….. To be continued…..
next part kon iraku
waiting…
when nxt part. ..thankolheh avahah up kohdhehchey.. ehen noony foohi vedhaane…waiting☺☺