މިއުޝީން ވަނުމާއެކު ހެވިފައިއިނދެ ނިކްޔަލްގޮސް އެގޭކައިރިއަށް ކާރު މަޑުކޮށްލަމުން ގޭގެ ނަންބޯޑަށް ބަލައިލިއެެވެ. “މ.ރޯޝަނީ.” މަޑުމަޑުން ގޭގެ ނަން ނިކްޔަލް ކިޔައިލިއެވެ. އަދި ހިނިތުންވެލަމުން އެއްއަތް އޭނާގެ ކަޅުކަންގަަދަ ފަންއިސްތަށިގަނޑުގައި ހިންގައިލީ މިއުޝީންގެ މައުސޫމް ސޫރަ ދެލޯކުރިމަތީގައި ސިފަކުރަމުންނެވެ.
** ** **
އޮފީހަށް ވަދެގެންއައި ނިކްޔަލް މާާހެވިފައިހުރުމުން އާކިލް އޭނާ ފަހަތުންގޮސް ކެބިންއަށް ވަނެވެ. އެހެންނާ ނުހުންނަކަހަކަ ދިރުމެއް މިއަދު އެމޫނުމަތިން އާކިލްއަށް ފާހަގަވިއެވެ.
“އޭތް އޭތް. ކޮންކަމެއްވީ؟ ހާދަ ހެވިފައޭދޯ. އޫމް. އަހަރެންނަށް ހާދައެބަހީވެއޭ އެހެންގޮތެއްހެން. އަނެއްކާ…” ނިކްޔަލްގޮސް ގޮނޑީގައި އިނށީދެލަމުން އާކިލްގެ މޫނަށް ބަލައިލީ ހެވިފައިއިނދެއެވެ.
“ޔެސް ޔެސް އާކް. ތިހީވީ ހަމަ ރަނގަޅަށް. އައި އެމް އިން ލަވް. އުމުރުގައި ފުރަތަމަ ފަހަރަށް.” އިސްތަށިގަނޑުގައި އަތްހިންގައިލަމުން އުވާފެލައިފައި ނިކްޔަލް އިންތަނުން ތެދުވަމުން ހުވަފެނީ ގޮތަކަށް ބުނެލިއެވެ. ލިބުނު އުފާވެރި ޚަބަރަކުން އާކިލްއަށް ގޮސް ނިކްޔަލްގެ ގައިގައި ބައްދައިލެވުނެވެ. އެކުވެރިޔާގެ އެއުފާވެރި މޫނު އޭނާއަށް އެފެނުނީ ހާދަހައި ދުވަހެއްފަހުންނެވެ.
“އޯ ގޯޑް. އާކް. އަހަރެން މޮޔަވާން އުޅޭހެން ހީވަނީ. އެއަންހެންކުއްޖާ އަހަރެންނަށް މިޖެއްސީ ކޮންފަދަ ޖާދޫއެއްބާއޭ ހިތަށް އަރާ. އާކް. އެންމެފަހުން އަހަރެންގެ ހިތާއި ކުޅެލެވޭވަރުގެ ކުއްޖަކާ ދިމާވީ. އައި އެމް ސޯ ހެޕީ.” އުފާވެފައިހުރި ނިކްޔަލްފެނި އާކިލްވެސް ހިނިތުންވެލިއެވެ.
“ހޫމް. އެންމެފަހުން ލޯބިވެވުނީއޭ ދޯ. ހެހެ. ކޮންނަމެއްތަ ކިޔަނީ؟” ނިކްޔަލްގެ ކޮނޑުގައި އަތުން ޖަހައިލަމުން އާކިލް އަހައިލިއެވެ.
“އަދި ނަމެއް ނޭނގެ. އެކަމަކު ވަރަށް އަވަހަށް ހޯދާނަން.” ނިކްޔަލްގެ އަޑުގައިވި ޔަގީންކަންފެނި އާކިލް ބޯޖަހައިލީ ގުޑް ލަކްއޭ ބުނެލަމުންނެވެެ. ދެމީހުން އިރުކޮޅަކު ވާހަކަދައްކަން ތިބެފައި އެނބުރި މަސައްކަތަށް ރުޖޫއަވިއެވެ.
** ** **
ގެއަށް އައިސް ވަތް މިއުޝީންގެ ފަހަތުން ހިތްހަމަނުޖެހިފައިހުރެ އިޒާނާ ހިނގައިގަތެވެ. ދެމީހުންގޮސް ވަނީ މިއުޝީންގެ ކޮޓަރިއަށެވެ.
“ހޫން. ދެން ކިޔައިދީ.” ހިތްހަމަނުޖެހިފައި އިޒާނާ އެހެންބުނީ މިއުޝީން ގުޅައިފައި އޭނާ ލަސްވީ ކުޑަ ކަމެއްވެގެންނޭ ބުނުމުންނެވެ.
ހަމަޖެހިލަމުން މިއުޝީން ފެށީ ފުރަތަމަ އޮފީހުން ދިމާވި ކަންތަކުންނެވެ. ޝަޔާން އޭނާދެކެ ހިތްހަމަނުޖެހިފައި ހުރި މިންވަރު އިޒާނާއަށް ކިޔައިދެމުންދިޔައިރު އެދެލޮލަށް ކަރުނަ ޖަމާވަމުން ދިޔައެވެ.
މިއުޝީންގެ ވާހަކައިން އިޒާނާވެސް ދެރަވިއެވެ. އަދި ހަމައެހައިމެ ރުޅިއައެވެ. “އަހަރެން ގުޅީމަވެސް ޝަޔާން ފޯނެއް ނުނަގާ. ނޭނގެ ކީއްވެގެން ކަމެއްވެސް.” އިޒާނާ ފޯނަށް ބަލައިލަމުން އެހެންބުނެލީ މާޔޫސްކަމާއެކީގައެވެ. ނަމަވެސް އޭނާ ހިތްވަރުއެލުވައެއް ނުލާނެއެވެ. ޝަޔާންއާ ބައްދަލުކޮށްގެންވިއަސް ރަޝާގެ ވާހަކަތައް ކިޔައިދޭނެެއެވެ.
“އަހަރެން ދެން ބޭނުމެއްނޫން އިތުރަކަށް އެއޮފީހަށް ދާކަށް. ސޮރީ އިޒާ. އަހަރެންނަކަށް ދެން ކެތެއްނުވާނެ. އެހެންތަނަކުން ވަޒީފާއެއް ލިބޭތޯ ބަލާނީ ދޯ. ޕްލީޒް.” އިޒާނާގެ އަތުގައި ހިފައިލަމުން ހިތުގައިޖެހިފައިއިން މިއުޝީން އެހެން ބުނެލުމާއެކު އިޒާނާވެސް ބޯޖަހައިލީ އެއީ ޚުދު އޭނާވެސް ބޭނުންވާގޮތްކަމަށް ވާތީއެވެ. ދެންއިތުރަކަށް މިއުޝީން އެންމެ ދުވަހަކުވެސް އެއޮފީހަށް ފޮނުވާކަށް އިޒާނާ ބޭނުމެއްނޫނެވެ. އޭނާގެ އެކުވެރިޔާ ވާވަރަށް ހިތާމައުފުލައިފިއެވެ. އިތުރު ހިތްދަތިކަމެއް އެއެކުވެރިޔާއަށް ލިބޭކަށް އިޒާނާ ނޭދެއެވެ.
“ހޫމް. ދެން ތި ލަސްވި ސަބަބެއް އަވަހަށް ބުނެބަލަ.” އިރުކޮޅަކު ވިސްނަންއިނުމަށްފަހު އިޒާނާ މިއުޝީންގެ މޫނަށް ބަލައިލިއެވެ.
ދެފަރާތަށް ބޯހޫރައިލުމާއެކު މިއުޝީންގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އެއްދިމާއަކަށް ބަލަންއިނދެ އެގޮތްނޭނގޭ ފިރިހެންކުއްޖާގެ ވާހަކަތައް އިޒާނާއަށް ކިޔައިދިނެވެ. އިޒާނާގެ ނިތަށް ރޫއަރުވައިލަމުން ފާޑަކަށް ހިނިތުންވެލިއެވެ.
“ވެދާނު އޭނަ މިއުދެކެ ލޯބިވަނީ ކަމަށްވެސް. ހެހެ.” އިޒާނާ ލާނެތްފާޑަކަށް ހިނިތުންވެލަމުން މިއުޝީނާ ދިމާކޮށްލިއެވެ. އެއާއެކު މިއުޝީން އިޒާނާގެ ގައިގައި ބޮނޑިއެއް އަޅައިލިއެވެ.
“ނޯވޭ. އެހައި ފުރިހަމަ ރީތި މީހަކު އަހަރެންކަހަލަ ކުއްޖެއްދެކެ ލޯތްބެއް ނުވާނެ. ޝަޔާންވެސް ނުވިއެއްނު.” މިއުޝީންގެ އުފާވެރިމޫނު ވަގުތުން މިލައިގެން ދިޔައެވެ. ޝަޔާން މަތިން ހަނދާންވުމާއެކު އެހިތް ފިސްފިސްވެގެން ދިޔައެވެ. ވަގުތުން ދެލޯ ފެންކަޅިވިއެވެ.
މިއުޝީނަށް ވީގޮތްފެނި އިޒާނާވެސް ދެރަވެލައިފައި އިސްޖަހައިލިއެވެ. “ދެންދެރަނުވޭ. އިރާދަކުރެއްވިއްޔާ މިއު އަށް އެއަށްވުރެ ރަނގަޅު އިންސާނަކު ލިބޭނެ. ހިނގާދޯ އަރާމުކޮށްލައިގެން އެހެންތަނަކުން ޖޮބެއް ލިބޭތޯ އުޅެން.” މިއުޝީންގެ އަތުގައި ފިރުމައިލަމުން އިޒާނާ އެހެން ބުނުމުން މިއުޝީން މަޑުމަޑުން ބޯޖަހައިލިއެވެ.
އެހެނަސް އިޒާނާ އެބުނާފަދަ މީހަކާ ދިމާވިނަމަވެސް އޭނާއަށް އެމީހެއްދެކެ ލޯބިވެވޭނެ ހެއްޔެވެ؟ ޝަޔާންގެ ނަން އެހިތުން ފުހެލެވޭނެ ހެއްޔެވެ؟ އެހިތްއަލުން އެހެން މީހަކަށް ދެވޭނެ ހެއްޔެވެ؟ ހައްތަހައިވެސް ޖަވާބު ނޭނގޭ ސުވާލުތަކެވެ.
އޭގެ ދެދުވަސް ފަހުން މިއުޝީން ޝަޔާންގެ އޮފީހުން ކެނޑުނެވެެ. ކަމެއްނެތި ގޭގައި އިންނަންވުމުން ފޫހިކަންވަނީ އޭނާ ވަށައިލައިފައެވެ. ހެނދުނު އިޒާނާވެސް ކޮލެޖަށް ގޮސްފައި އެނބުރިއަންނަނީ ހަވީރުވާފަހުންނެވެ.
ސޯފާގައި ޓީވީބަލަން އިންދައި ދޮރުހުޅުވައިލައިފައި އިޒާނާ ވަނެވެ. އޭނާގެ މޫނުމަތިން އޭނާހުރީ ކޮންމެވެސް ކަމަކާއި ވަރަށް އުފާވެފައިކަން އެނގެއެވެ.
“ކިހިނެއްވީ މާއުފާވެފަ؟” ސޯފާގައި ހަމަޖެހިލަމުން މިއުޝީން އަހައިލިއެވެ. އިޒާނާ ހެވިފައި އައިސް މިއުޝީން ގާތުގައި އިނށީނެވެ. “އަހަރެން މިއައީ މިއުއަށް ޖޮބްކޮޅެއް ހޯދަން އުޅެފަ. އިން ވަރަށް ހިތްހަމަޖެހޭކަހަލަ އޮފީހެއް. އެތަނަށް ސިޓީ ފޮނުވާފަ މިއައީ. އެކަމަކު އެތަނުގަވެސް އިނީ އެތަނުގެ ވެރިމީހާގެ ޕީއޭގެ މަގާމް ހުސްކޮށް. ބަޓް ސެލެރީ ވަރަށް ރަނގަޅު.” މިއުޝީންގެ މޫނަށް ބަލައިލަމުން އިޒާނާ ކިޔައިދިނެވެ. އިރުކޮޅަކު ވިސްނަންއިނުމަށްފަހު މިއުޝީން ބޯޖަހައިލިއެވެ. ކަމެއްނެތި ގޭގައި އިނުމަށްވުރެ ތަނަކަށް ދިއުންމާރަނގަޅުވާނެއެވެ. އަބަދު އެކަނިވެފައި އިންނަންވުމުން ޝަޔާން މަތިން މާބޮޑަށް ހަނދާންވަނީއެވެ.
އޭގެ އަނެއްދުވަހު އޮފީސް ނަމްބަރަކުން މިއުޝީނަށް ގުޅުމަށްފަހު ޖެހިގެން އޮތް ދުވަހުގައި އިންޓަރވިއު އޮންނާނޭ ވާހަކަ ބުންޏެވެ. ހިތްއަވަސްވެފައިވާ ހާލު މިއުޝީން އޭގެ އަނެއްދުވަހަށް އިންތިޒާރު ކުރަމުން ދިޔައެވެ.
** ** **
ކާރުން ފައިބަމުން ލައިގެންހުރި ކަޅު ކޯޓުގެ މެދުގައިހުރި ގޮށް ނިކްޔަލް އަޅުވައިލިއެވެ. އަދި ބާރުހިނގުމެއްގައި ގޮސް އޮފީހަށް ވަނެވެ.
އޭނާގެ ކެބިންއާާއި ދިމާއަށް ދަމުން ރިސެޕްޝަނުގައިއިން ކުއްޖާގެ ގާތަށް ހުއްޓިލީ ކަމެއް އޮޅުންފިލުވައިލުމުގެ ނިޔަތުގައެވެ. “މިއަދު އޮތް އިންޓަރވިއުއަށް ހުރިހައިކަމެއް ރެޑީކުރިންތަ؟” އަތުކުރީގައި އޮތް ގަޑިއަށް ނަޒަރު ހިންގައިލަމުން ނިކްޔަލް އަހައިލީ އަވަސްއަރައިފައި ހުރެއެވެ. ވަގުތުން އެކުއްޖާ ބޯޖަހައިލީ އާއެނކޭބުނުގެ ގޮތުންނެވެ. އެކުއްޖާއަށް ހިނިތުންވުމެއް ދިނުމަށްފަހު ނިކްޔަލް އޭނާގެ ކެބިންއާއި ދިމާއަށް ހިނގައިގަތެވެ.
ގަޑިން 8.15 ވުމާއެކު އޮފީހުގެ ވެެއިޓިންރޫމް ފުރެމުންދިޔައީ މިއަދުގެ އިންޓަރވިއުއަށް އަންނަމުންދިޔަ ކުދިންތަކުންނެވެ. ސޯފާގެ އެއްފަރާތުގައި އޭނާގެ ފައިލް އުނގުމަތީގައި ބާވައިލައިގެން މިއުޝީންވެސް އިނެވެ. އެތަނަށް އަންނަމުންދިޔަ ކުދިންތައްފެނި މިއުޝީންގެ ހިތް މާޔޫސްވަމުންދިޔައެވެ. އެފަދަ ރީތި ކުދިންތިއްބައި އޭނާއަށް ވަޒީފާ ލިބުމަކީ ނާދިރުކަމެކެވެ. އެހެނަސް އުއްމީދު ގެއްލުވައިލާކަށް ބޭނުމެއްނުވިއެވެ.
އިންޓަރވިއު ފެށިގެން ކުރިއަށްދަމުން ދިޔަވަރަކަށް ފަހަރަކު ކުއްޖަކުވަންނަމުން ދިޔައެވެ. ހިތްއަވަސްވެފައި މިއުޝީން ބަލައިލީ އޭނާގެ ގާތުގައި އިން ކުއްޖާގެ ނަން ގޮވައިލުމުންނެވެ. ދެން ޖެހޭނީ އޭނާއަށެވެ. ތުންފަތުގައި ދަތްއަޅައިލަމުން ހުރިހަިއކަމެއްވެސް ރަނގަޅަށް ދިއުމަށްއެދި މިއުޝީން ދުޢާ ކޮށްލިއެވެ.
“އައިމިނަތު މިއުޝީން.” ކެބިންއިން ނުކުންނަމުން އަންހެންކުއްޖަކު އޭނާގެ ނަމުން ގޮވައިލުމުން ހާސްވެފައި މިއުޝީން އިސްއުފުލައިލައި ބަލައިލިއެވެ. އެވަގުތު ކެބިންގެ އަނެއްފަރާތުން ލައިފައި އޭނާއަށް ފުރަގަސްދީގެން ހުރި މީހަކު ދިޔަތަން މިއުޝީނަށް ފެނުނެވެ. ހިތްވަރުކޮށްލައިފައި އިންތަނުން ތެދުވެ ހިނގައިގަތެވެ. މަޑު ހިނގުމެއްގައިގޮސް އެކެބިންއަށް ވަތްއިރު އެކަކުވެސް އެތަނުގައެއް ނެތެވެ.
“މިތާ އިނށީދެލާ. ބޮސް ވެއްޖެ ކުޑަކަމަކު ބޭރަށް ދުރުވެ. އިރުކޮޅަކުން އަންނާނެ.” މޭޒުގެ ކުރިމަތީގައިހުރި ގޮނޑިއެއް ދައްކައިލަމުން ހިނިތުންވެލައިފައި އެކުއްޖާ ބުނެލިއެވެ.
“ހާސްވެފަތަ؟” އިސްޖަހައިގެންއިން މިއުޝީން ފެނުމުން އެއަންހެންކުއްޖާ އެކުވެރިރާގަކަށް އަހައިލިއެވެ. އިސްއުފުލައިލައި އެކުއްޖާގެ މޫނަށް ބަލައިލަމުން މިއުޝީން ނޫނެކޭ ބުނަމުން ހިނިތުންވެލިއެވެ.
އެވަގުތު ކެބިންގެ ދޮރު ހުޅުވުނުއަޑަށް މިއުޝީން އިސްޖަހައިލިއެވެ. މުޅިތަނަށް ފޮގް ސެންޓްގެ މީރުވަސް ފެތުރިގެންދިޔައެވެ. މިއުޝީނަށްވެސް ދެލޯމަރައިލަމުން ނޭވާ އެތެރަށް ދަމައިލެވުނެވެ. އެވަހުން ހިތަށް ލިބުނީ ބަޔާންކުރަންދަތި ހަމަޖެހުމެކެވެ.
އެތެރެއަށް ވަތް ނިކްޔަލް އޭނާއަށް ފުރަގަސްދީގެން އިން އަންހެންކުއްޖާއަށް ބަލައިލަމުން އަވަސް އަވަހަށް އައިސް އޭނާގެ ގޮނޑީގައި އިނށީނެވެ. އަދި ކުރިމަތީގައި އޮތް ފައިލަށް ބަލައިލަމުން ވާހަކަދައްކަން ފެށިއެވެ.
“ސޮރީ އެނގޭ ކުޑަކޮށް ލަސްވީމަ. ކުއްލިއަކަށް ވަރަށް މުހިންމުކަމެއް ދިމާވީ.” ފައިލަށް ބަލަމުން ނިކްޔަލް ވާހަކަދައްކަމުން ދިޔައެވެ.
ކުރިމަތިން އިވުނު ފިރިހެންވަންތަ އަޑުން ސިހިފައި މިއުޝީނަށް އިސްއުފުލައިލަމުން އެމީހަކާ ދިމާއަށް ބަލައިލެވުނެވެ. އެއާއެކު އޭނާގެ ދެލޯބޮޑުވެގެން ދިޔައީ އޭނާގެ ކުރިމަތީގައި ފައިލަށް ބަލަންއިން ނިކްޔަލް ފެނުމުންނެވެ.
އިންޓަރވިއު ފަށަންވެގެން ނިކްޔަލްވެސް އިސްއުފުލާލައި ކުރިމަތީގައިއިން އަންހެންކުއްޖާގެ މޫނަށް ބަލައިލިއެވެ. އެވަގުތު އޭނާއަށްވެސްވީ ހަމަ މިއުޝީނަށް ވީފަދަ ގޮތެކެވެ. ހައިރާންކަން ފާޅުވަމުންދިޔަ އެމޫނުމައްޗަށް އިރުކޮޅެއްފަހުން ލާނެތް ހިނިތުންވުމެއް ވެރިވިއެވެ.
“އައްސަލާމް އަލައިކުމް. އައި އެމް ނިކްޔަލް.” ހިނިތުންވެލައިފައި ނިކްޔަލް ދެވަނަ ފަހަރަށް ތައާރަފުވެލިއެވެ. މިފަހަރު އެއަތުގައި ނުހިފައި އިންނާކަށް މިއުޝީނަކަށް ނުކެރުނެވެ. ލަދުރަކި ހިނިތުންވުމަކާއެކު އެއަތުގައި ހިފައި ސަލާމްކޮށްލިއެވެ. އޭނާގެ ފަހަތުގައިއިން އަންހެންކުއްޖާއަށް އިޝާރާތްކޮށްލަމުން އެހަށް ބޭރުގައި މަޑުކޮށްލުމަށް ނިކްޔަލް ބުނުމުން ހިނިތުންވެފައި އެކުއްޖާ ކެބިންއިން ނުކުތެވެ.
“ހޫމް. އެންމެފަހުން ނަން ބުނާހިތުންތަ މިތަނަށް ތިއައީ؟ ހެހެ. މިއޮތީ ދެވަނަ ފަހަރަށް ބައްދަލުވެފަދޯ. އެވެސް އަހަރެން ތިއަންހެންކުއްޖާ ހޯދަން ދިއުމުގެ ކުރިން. މާރަނގަޅަކަށްނު މިދިމާވީ. ދެން އަވަހަށް ނަން ބުނޭ.” މިއުޝީނާ ދިމާއަށް އެއްލޯ މަރައިލަމުން ނިކްޔަލް އެހެން ބުނުމުން އެމޫނު އެއްކޮށް ރަތްވެގެން ދިޔައެވެ.
“އަޅުގަނޑުގެ ނަމެއް ނޭނގޭތޯ؟” އައިނު ރަނގަޅުކޮށްލަމުން މިއުޝީން އެހެން އަހައިލީ ނިކްޔަލްގެ ކުރިމަތީގައި އޮތް ނަން ލިސްޓް ފެނުމުންނެވެ. “ނޫން. އެކަމަކުވެސް އަހަރެން ބޭނުމީ ތިކުއްޖާގެ ދުލުން ނަން ބުނާއަޑު އަހައިލަން.” ހިނިތުންވެފައި މިއުޝީންގެ މޫނަށް ބަލަމުން ނިކްޔަލް ދިޔައެވެ.
“މި.. މިއުޝީން.” ހާސްވެފައި މިއުޝީން ނަން ބުނެލުމާއެކު ނިކްޔަލްއަށް އެނަން ހިތުން ކިޔައިލެވުނެވެ. ތަފާތު ރީތި ނަމެކެވެ.
“ހެހެ. އޯކޭ. ސޯ އިންޓަރވިއުއާވެގެން ކުރިއަށް ދަމާ.” ރަސްމީގަޑިވުމުން ބޭނުންނަމަވެސް އެހައި ގިނައިރު މިއުޝީނާ ވާހަކަދައްކަން އިނދެވޭކަށް ނެތެވެ. އެހެންކަމުން އިންޓަރވިއު ކުރިއަށްގެންދަމުން ނިކްޔަލް ދިޔައެވެ. ކުރެވޭ ކޮންމެ ސުވާލަކަށްވެސް މިއުޝީން ދޭ ޖަވާބުތަކުން އޭނާގެ ވިސްނުންތޫނުކަން ނިކްޔަލްއަށް ހާމަވަމުންދިޔައެވެ. އަތުގައި އޮތް މިއުޝީންގެ ސެޓިފިކެޓްސްތަކަށް ނަޒަރު ހިންގަމުން ސުވާލަކުފުލު ސުވާލެއްކުރަމުން ނިކްޔަލް ދިޔައެވެ.
އިންޓަރވިއު ނިމުމާއިއެކު ޖަވާބެއްދޭން މާދަން ގުޅާނެކަމަށްބުނެ ދެންދިޔަސް އެންމެ ރަނގަޅޭ ނިކްޔަލް ބުނެލުމުން އަވަސް އަވަހަށް ގޮނޑިންތެދުވެ ނުކުންނަން މިއުޝީން ހިނގައިގަތެވެ.
ދޮރާއި ދާދި ކައިރިވިތަމާ ނިކްޔަލް މިއުޝީނަށް ގޮވައިލުމުން އެނބުރި ނިކްޔަލްގެ މޫނަށް ބަލައިލީ ކިހިނެއްވީތޯ އަހައިލާފަދަ ގޮތަކަށެވެ.
ހިނިތުންވެލަމުން ނިކްޔަލް ދެފަރާތަށް ބޯހޫރުވައިލުމާއެކު މިއުޝީނަށްވެސް ހެވުނެވެ. މިއީ ކިހިނެއްވެގެންއުޅޭ މީހެއްބާއޭ އޭނާގެ ހިތަށް އެރިއެވެ. ފަނޑުހިނިތުންވުމެއް ނިކްޔަލްއަށް ހަދިޔާކޮށްލުމަށްފަހު މިއުޝީން ކެބިންއިން ނުކުތެވެ. އެއާއެކު ފުންނޭވާއެއްލަމުން ނިކްޔަލް ގޮނޑީގައި އިނށީނެވެ. އޭނާއަށް ކޮޅަށްހުރެވުނުކަންވެސް ހަނދާންވީ ކެބިންއަށްވަތް އަންހެންކުއްޖާ ކޮޅަށްހުރީ ކީއްވެތޯ ސުވާލުކުރުމުންނެވެ. މިއުޝީން ފެންނައިރަށް އޭނާއަށް އެވާގޮތްތައް ޚުދު އޭނާއަށްވެސް ނޭނގެއެވެ. ހިނިތުންވެލަމުން ނިކްޔަލް ދެފަރާތަށް ބޯހޫރުވައިލިއެވެ.
** ** **
މިއުޝީން ގެއަށްގޮސް އިޒާނާއަށް ހުރިހައި ވާހަކައެއް ކިޔައިދިނުމުން އިޒާނާ ވަރަށް ދިމާކުރިއެވެ. ދެމީހުން ސަކަރާތުގައި ވަގުތައް ހޭދަކުރުމަށްފަހު އެރޭ ނިދުނީ ވަރަށް ލަހުންނެވެ.
ހެނދުނު ސައިބޯންއިން މިއުޝީންގެ ފޯން ރިންގްވާން ފެށުމުން އަވަހަށް ފޯން ނެގީ އެއީ ނިކްޔަލްގެ އޮފީހު ނަމްބަރަަށްވީމައެވެ.
“އައްސަލާމް އަލައިކުމް. މިއުޝީންތޯ؟” އެކޮޅުން ވާހަކަދެއްކި އަންހެންކުއްޖާ އަހައިލިއެވެ. “ވައަލައިކުމް ސަލާމް. ލައްބަ. އަޅުގަނޑުމީ މިއުޝީން.” ހިތްއަވަސްވެފައި މިއުޝީން އެހެންބުނުމުން މަރުހަބާ ކިޔައިފައި އޭނާއަށް ވަޒީފާ ހަމަޖެހިފައިވާކަމަށާއި މާދަމާއިން ފެށިގެން ވަޒީފާއަށް ނުކުތުމަށް ބުންޏެވެ. ވީއުފަލުން މިއުޝީންއަށް ޔޭ އޭކިޔައި ހަޅޭލަވައިގަނެވުނެވެ. އެއަޑަށް ސިހިފައި އިޒާނާ ބަލައިލީ ދެލޯބޮޑުކޮށްލަމުންނެވެ. ސޮރީއޭ ބުނަމުން އިޒާނާއަށްވީ ގޮތްފެނި މިއުޝީން ހޭންފެށިއެވެ.
އޭގެ އަނެއްދުވަހެވެ. ހެނދުނު 8 ޖަހަން 5 މިނިޓަށްވީއިރު މިއުޝީންހުރީ އޮފީހުގެ ދޮރު ކުރިމަތީގައެވެ. ހަމަޖެހިލަމުން ދޮރު ހުޅުވައިލުމަށްފަހު އެތެރެއަށް ވަނެވެ. ނިކްޔަލްގެ ކެބިން އިންނަނީ ތިންވަނަ ފްލޯގައިކަމުން ލިފްޓްއިން އެފްލޯއަށްދިޔައެވެ. ރިސެޕްޝަންގައި އިނީ އިންޓަރވިއު އޮތް ދުވަހު ކުދިންގެ ނަންތައްކިޔަން އިން އަންހެންކުއްޖާއެވެ. މިއުޝީން ފެނުމާއެކު ހިތްހެޔޮ ގޮތަކަށް ހިނިތުންވެލަމުން އައިސް އޭނާގެ ކުރިމަތީގައި ހުއްޓިލިއެވެ.
“ހާއި. ވެލްކަމް އެނގޭ. އަހަރެން މީ ނަޔާ. އެނގޭ ފުރަތަމަ ދުވަސްވީމަ ވަރަށް ހާސްވެފަކަން ތިހުރީ. އެހައި ކަންބޮޑު ނުވައްޗޭ. ބޮސް ވަރަށް ރަނގަޅުވާނެ. މީހުންނާ ވަރަށް ގުޅޭނެ. ދެން އަހަރެންމީ އެކުވެރިއެއްގެ ގޮތުގަ ދެކޭތި އެނގޭ. ހެހެ. ބްރޭކް ގަޑީގަ ދާނަން ސައިބޯން ބަލާ. ސީޔޫ.” ހިނިތުންވެހުރެ މިއުޝީނާ ސަލާމްކޮށްލަމުން ނަޔާ ބުނެލިއެވެ. އޭނާގެ އެކުވެރިކަންފެނި މިއުޝީންގެ ނުތަނަވަސްވެފައިވާ ހިތަށް ހަމަޖެހުން ލިބިގެން ދިޔައެވެ. ބޯޖަހައިލަމުން ގޮސް ނިކްޔަލްގެ ކެބިންއަށްވަނެވެ.
އޭރު އަދި ނިކްޔަލް ނާދެއެވެ. އެހެންވެ އަވަސް އަރުވައިލަމުން ނިކްޔަލް އަންނަންވާއިރަށް އޭނާގެ މޭޒުމަތި ތަރުތީބުކޮށްލައި ރީތިކޮށްލިއެވެ.
އެވަގުތު ކެބިންގެ ދޮރު ހުޅުވުނުއަޑަށް ކުރަންހުރި މަސައްކަތްތައް މަޑުޖައްސައިލަމުން މިއުޝީން ފަހަތަށް އެނބުރި ބަލައިލިއެވެ. ކެބިންއަށް ވަތް ނިކްޔަލް ފެނި މިއުޝީން ހިނިތުންވެލިއެވެ. ބަދަލުގައި ނިކްޔަލްވެސް ހިތްގައިމު ހިނިތުންވުމެއް ދިނެވެ. އޭނާގެ އަތުގައި އޮތް ރަތްކުލައިގެ ފިނިފެންމާބޮނޑި ގެނެސް މިއުޝީން އަތަށް ދިނުމުން ވާނުވާ ނޭނގޭހާލުގައި ނިކްޔަލްގެ މޫނަށް ބަލައިލިއެވެ.
“އޫމް. ތިމާތަށް ޖަހާލަބަ މިއުގެ މޭޒުމަތީގައި އެހުރި ވާސްއަށް. އެވާސް އެގޮތަށްހުރީމަ ވަރަށް ފަޅެއްނުދޯ.” ހިތްހެޔޮ ރާގަކަށް ނިކްޔަލް އެހެން ބުނުމުން ބޯޖަހައިލަމުން ހިނިތުންވެލައިފައި މިއުޝީން ގޮސް ރީތިގޮތަކަށް އެވާސްއަށް މާތަށް ޖަހައިލިއެވެ. އެމަންޒަރުބަލަން ނިކްޔަލް ހެވިފައި ހުއްޓެވެ.
ދެމީހުންވެސް މަސައްކަތާއިވެގެން ކުރިއަށްދިޔައެވެ. އުޅެންޖެހުނުލެއް ބުރަކަމުން ބްރޭކްގަޑި ޖެހުނު އިރުވެސް މިއުޝީނަށް ނޭނގުނެވެ. އޭރުވެސް ނިންމަންވެފައިހުރި މަސައްކަތްތައް ގިނަކަމުން މިއުޝީން ބޭނުންވީ ތަންކޮޅެއްފަހުން ބްރޭކަށް ދިއުމަށެވެ.
“ބްރޭކްއަކަށް ނުދަންތަ؟” މަސައްކަތާއިވެގެން އުޅެމުންދިޔަ މިއުޝީންގެ އަމަލުތަކަށް ބަލަންއިން ނިކްޔަލް އެހެން އަހައިލުމުން ބްރޭކަށް ދާނީ ތަންކޮޅެއްފަހުންނޭބުނެ މިއުޝީން މަސައްކަތްތައް ނިންމުމައިގެން އުޅެގަތެވެ.
މިއަދު ހެނދުނުއްސުރެ ނިކްޔަލްގެ ހިތް އުފަލުން ނަށަނީއެވެ. ދެން އޭނާ މަސައްކަތްކުރަން ޖެހޭނީ އޭނާ އެންމެ ލޯބިވާ ފަރާތާއެއްކޮށްކަމުން އެހިތަށްވަނީ ބަޔާންކުރަންދަތި އުފަލެއް ލިބިފައެވެ. އިރުއިރުކޮޅާ މިއުޝީންގެ މައުސޫމް މޫނަށް ނަޒަރު ހުއްޓައިލެވެއެވެ.
ކެބިންގެ ދޮރުގައި ޓަކި ޖަހައިލުމަށްފަހު ނަޔާ އެތެރެއަށްވަނީ މިއުޝީން ހޯދާށެވެ. މަސައްކަތުގައި މަސްއޫލުވެގެންއިން މިއުޝީން ފެނުމުން މަޑުން ގޮވައިލިއެވެ. ކޮމްޕިއުޓަރުގެ ސްކްރީނުން ނަޒަރު ވަކިކޮށްލަމުން މިއުޝީން ނަޔާގެ މޫނަށް ބަލައިލިއެވެ.
“ބްރޭކަށް ނުދާނަންތަ؟” ނަޔާ ހިނިތުންވެފައިހުރެ އަހައިލިއެވެ. ނުދާން ހުއްޓެއްކަމަކު ނަޔާ އާދޭސްކޮށްކޮށް އެންމެފަހުން މިއުޝީން ޖެހުނީ ހަތިޔާރު ބަހައްޓައިފައި ނަޔާއާއި އެއްކޮށް އޮފީހުގެ ކެންޓީނަށް ދާށެވެ. އެތަނުން ނަޔާ އޭނާގެ އެކުވެރިންނަށް މިއުޝީން ތައާރަފުކޮށްދިނެވެ. ހުރިހައިކުދިންވެސް ނުހަނު އެކުވެރިވެފައި އެހައި ހިތްހެވެވެ. މިއުޝީންހުރީ އޭނާގެ އައު ވަޒީފާއާއިމެދު ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ. ގައިމު ކުރިންއުޅުނު އޮފީހުމެ މުއައްޒިފުންގެ ފަރާތުން ކުރިމަތިވިފަދަ މަލާމާތަކާއި މިތަނަކުން ކުރިމަތިލާކަށް ނުޖެހުނެވެ. އެއީ އޭނާގެ ހިތަށް ލިބުނު އެންމެބޮޑު ހަމަޖެހުމެވެ.
ހުރިހައި މަސައްކަތެއް ނިންމައިލުމަށްފަހު ގެއަށްދާން ނުކުތްއިރު އިރުއޮއްސެނީއެވެ. މަގުމަތީގައި ޓެކްސީއެއްގެ އިންތިޒާރުގައިއިން މިއުޝީންގެ ކުރިމައްޗަށް ކުއްލިއަކަށް ކާރެއް އައިސް މަޑުކޮށްލުމުން ހައިރާންވެފައި އޭގެ އެތެރެއަށް ބަލައިލިއެވެ. ޖަހައިފައިވާ ބޯކަޅު ބިއްލޫރީގެ ސަބަބުން އެތެރެއެއް ނުފެނެއެވެ. އެވަގުތު އޭނާއާއި ދިމާއަށްހުރި ކާރުގެ ދޮރު ހުޅުވުނެވެ. އެތެރޭގައިއިން ނިކްޔަލް ފެނުމުން މިއުޝީނަށް ހައިރާންކަމާއެކު ހިނިތުންވެލެވުނެވެ. ނިކްޔަލްވެސް ހެވިފައި ކާރަށް އަރަންބުނުމުން އިރުކޮޅަކު ވިސްނައިލަން ހުރުމަށްފަހު މިއުޝީން ކާރަށް އެރިއެވެ.
މިއުޝީން ގޭގެ ނަން ބުނެލީ ނިކްޔަލްއަށް ނޭނގޭނެކަމަށެވެ. ހިނިތުންވެލަމުން ނިކްޔަލް ކާރު ދުއްވައިލިއެވެ.
“ސަރ. ސަރ އަސްލު ނުޖެހޭނެ އަޅުގަނޑަށްޓަކައި މިހުރިހައިކަމެއް ކޮށްދޭކަށް.” އިސްޖަހައިލަމުން ދަބަސް އުނގުމަތީގައި ބާވައިލަމުން މިއުޝީން ބުނެލިއެވެ.
“ނޫން. ތިއީ އަހަރެންގެ ޕީއޭ. ސޯ މިއު ސަލާމަތުން ގެއާާ ހިސާބަށް ގެންދިއުމަކީ ހަމަ އަހަރެންގެ ޒިންމާއެއްގެ ގޮތުގަ އަހަރެން ދެކެނީ.” މިއުޝީންގެ މޫނަށް ބަލައިލަމުން ނިކްޔަލް އެހެންބުނެލުމުން އިސްއުފުލައިލައިފައި ނިކްޔަލްގެ މޫނަށް މިއުޝީންވެސް ބަލައިލިއެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވެގެންދިޔަ ވަގުތު ދެހިތުގެ ތެޅުންވެސް އަވަސްވެގެން ދިޔައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
57 Comments!
Comments are closed.







Hey all salaam.. Here is the 7th part of this story.. Hope u guys will like this part too.. If there is a mistake do let me knw.. Enjoy reading.. Next part in sha allah tmrw.. Have a nice day all. Ly..?❤
Wowwwwwwwwww!story hama obinexx to the max…..
Alhey Nau Haadha molhey vaahaka liyan masha allah
Now this story is my favorite story in esfiya
Keep it up nau dhoonnii????
Awwn.. Thank u soooooo much axka dhoony.. ??
Well done???????
Thanks sana?
oh yeah nau.v habas.?mi vahakaya haadha inthizaaru kureveye.love u
Awwn.. Thanks alot saadhu.. Love u too?
Woww
Thanks airaa
Vvvvv reethi mi baives…waiting next part..❤
Asluves v loabi mi story nau ❤
Thanks alot chim..❤❤
Wow..me first tha…hadha salhiey ehaa kiyaahithun indha enimunee…thanx nau ??
Thanks n wlcm dear❤
v reethi mi part ves..❤❤❤ nau pls pls adhi miadhu one part up kohla dheebaa ???
Thanks dear.. Will try ingey❤❤
Very very nice…..hama habeys..love it n luv u soooo much…hmm u said u re 18 ,right?that means ur only 3yrs elder than meee..ur my sis age….anyways i wish u all the best 4 ur ‘A’level exam on Jan….kyp going..withLOL❤ ummwah????????
Awwn.. Thank u sooooo much dear.. Hehe ya dhw.. Luv u too dear❤?
Nau ur the bestttttt
Love uuuu dear
Stry vrh nice keep ittt uppp yaar
Thanks alot dear.. Luv u too
Vvv reethi…kurin part takah comment nukurevunee bxy veema…exam ah daskuran vegen…ekamu hama stry hama best…my favourite…lov it…waiting
Thanks alot lam.. N gud luck for the exam..
Nau.. hama habeyss mi part vx..?? avahah next genesdheebalala
Thanks alot awa
oohh my gaaad.. miushyn emme fahun nikyal aa gulhuny dhw… v reethi mi part ves… u r one of the best writers in esfiya.. keep up the good work nau.. loves<3 😀
Thanks dear.. Adhi nueh gulhe ehnu.. Kyp waiting.. Hehe.. Loves❤❤
VV REETHI
Thanks afu dear
Hey nauu stry vvvvv salhi.keep it up nau…
Waiting 4 next part…plx plx upload soon dear..
Have a nice day nau.???????????????????????????????
Thanks alot dear❤
Vvv reethi mi part ves ?
Thanks navy❤
Masha Allah…?
Love it…???
Keep it up dear..?♥♥♥
Miu and Nikyal so cute…♥♥♥
When next part??? Miadhu adhi 1 part grnesdheeba Nau..??❤
Love you…❤❤❤✨
Thanks dear.. Will try ingey.. Louve u too❤?
V REETHI ???
Thanks dear?
waau varah reethi, finally waiting for the next part <3 nikyal and miu varah gulhey <3
Thanks dear..❤
Wooow…….? nau varah thafaathu ingey story dhaa goiyy…keep going..miss you.❤❤ next part avas khola dhehchey…..
Awwnn.. Thanks xim.. Miss u too❤
Story loabikannnn…. ????
Thanks dear❤❤
hey.. how you doin?
I hate thanksgivings
oh shit i might smoke
i think he is a…. transponster!
we were on a BREAK!!!!
i want babies
he’s her lobster!
Haha.. Frnds ge characters dhw..?
Wow nau, haadha rychey mibaives.. Ehbayah vure anehbai rythi.. Hama nau ge molhulan igey mi fennany.. V v v v rythi mi story.. Masha Allah..
Thanks alot dear..
hey nau.. varah loabi mi partvx.. hama best!! ??
waiting.. loves❤❤❤
Thanks dear..❤
nau ge vaahakathah hama reetheeye dho ? varah reethi mi part ves
Hehe.. Thanks dear❤
koba next part avahah up kohla dheebaa pls pls
Yes dear trying..
When is next part?