މިކްޔަން އަތްދިއްކޮށްލީ ވީއުފަލަކުން ޔުއާން އުރާލުމަށެވެ. ނަމަވެސް ޔާނާ އެ އަތް ފޮޅުވާލާފައި ކޮޓަރިއަށް ދިޔައީ ދެބުމަ ގޮށްޖަހައިގެން ހުރެގެންނެވެ. ****** ޔާނާ ގޮސް ދޮރު ލައްޕަންދެން މިކްޔަންއަށް ބަލަންހުރެވުނީއެވެ. ޔާނާ އޭނާދެކެ ރުޅިއަންނަވަރު ހިތަށް އެރުމުން އެހިތް މާޔޫސްވެގެން ދިޔައެވެ. މިއަދު އޭނަ އެގެއަށް އެއައީ ޒިޔާދު ގޭގައި ޔާނާ ފިޔަވައި އިތުރުމީހެއް ނުހުންނާނެ ކަމަށް ބުނުމުންނެވެ. ކޮންމެޔަކަސް އަދި މިކްޔަން ހިތްވަރު އެލުވައެއް ނުލާނެއެވެ. އޭނަ ދޫކުރާނީ ޔާނާ ރުއްސާފަކަން ގައިމެވެ. މިކްޔަން ފަސްއެނބުރުނު […]
“އެދެމީހުންނާ އެކުގަ ފިހާރަޔަށް ދިޔައީ ގޭގަ ބެނުންވާ ހުރިހާ އެއްޗެއް ނެތީތަ؟ އަހަރެން ހެދުނު އެހީމަވެސް ބުނި ދެން ފިހާރަޔަށްދާނީ ފުރަން ވީމަޔޭ” ސަނާޝްގެ މޮޔަކަމުން ރެހާންއަށް އާދެވުނި ރުޅިއެވެ. މިކުއްޖާއަށް ކަމެއްކުރަން ނޭނގުނަސް ވިސްނުމެއް ހުންނާނެޔޭ ކުރިން ރެހާން ހިތަށް އެރިއެވެ. އެކަމަކު ވިސްނުން ހުންނަނީ ހަމައެކަނި ކިޔެވުމުގަ އެކަނިކަން މިއަދު ރެހާންއަށް އެނގުނެވެ. ސަނާޝް ބަސްއަހާ ކުޑަކުއްޖެއް ފަދައިން ކޮޓަރިޔަށްވަދެ އެނދުގައި އިށީނެވެ. އެމީހުން ކުރިމަތީގަ މާ ލޯބިން އުޅިފަ ހަމަ އެކަނި ވާއިރަށް […]
ނިކްޔަލްއާާއި ސަކަރާތް ޖަހަމުން ބޭރަށް ނުކުތް މިއުޝީން ކުއްލިއަކަށް ގަނޑުވިކަހަލައެވެ. މޫނުމަތީގައިވި އުފާވެރިކަން ގެއްލި ވަގުތުން މުޅިމީހާގެ މޫޑް އެއްކޮށް ޚަރާބުވިއެވެ. ގާތުގައި ނިކްޔަލްހުރިކަންވެސް އޭނާ ހަނދާންނެތްފަދައެވެ. މޫނުގެ ކުލަ ވަގުތުން އޮއްސި ދެލޮލަށް ކަރުނަ ޖަމާވީ ބަސްބުނާހައިކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ގަބޫލުނުކުރެވިފައި ކުރިމަތިން ފެންނަމުންދިޔަ މަންޒަރަށް މިއުޝީން ބަލަމުން ދިޔައިރު އޭނާހުރިގޮތްފެނި ނިކްޔަލް ކަންބޮޑުވެފައި ސުވާާލުކުރަމުން ދިޔައެވެ. ދުވަހަކުވެސް އެދެލޮލުން ކަރުނަ ދެކެފައިނުވާ ނިކްޔަލްގެ ހިތަށް ތަދުވަމުންދިޔައީ ހިތާމައިގެ ތަސްވީރެއްހެން ގަބުއަރައިފައިހުރި މިއުޝީން އޭނާގެ އެއްވެސް […]
“ކީކޯ އޮތީ؟ އޭނަގެ ހަލު ރަނގަޅުތަ؟” ނަސްރީން އަވަސްއަވަހަށް އަހާލިއެވެ. “ހުރި ގޮތް ކުޑަކަން!” ފަރީދު ބާރަކަށް ހަޅޭއްލަވައިގަތެވެ. އެވަގުތު އޭނާގެ އަތުގެ ހޫނު ހަމަލާއެއް ނަސްރީންގެ ކޯތާފަތް މައްޗަށް އަރައިގެން ދިޔައެވެ. ފަރީދު ޖެހި ތަނުގައި ހިފަހައްޓާލަމުން، ނަސްރީން ފަރީދުގެ މޫނަށް ބަލާލީ ސުވާލުން ފުރިގެންވާ ނަޒަރަކުންނެވެ. “މި ބަލާބަލަ!” މިޝާލްގެ ސިޓީ ނަސްރީންއާ ދިމާއަށް އެއްލަމުން ފަރީދު ހަޅޭއްލަވައިގަތެވެ. އަދި އިތުރަށް އެތަނުގައި މަޑުކުރަން ނުހަދާ އޭނާ ކޮޓަރިތެރެއިން ނިކުމެގެން ދިޔައީ އަތުން ފައިން […]
” ޑެމިޓް ޔާލް… ޑެމިޓް.. އައި ލަވް ޔޫ ” އަޔާން ޔާލްއާއި ދުރުވެލުމަށްފަހު އެދެލަލޮށް ބަލާލިއެވެ. ޔާލްއަށް ބަޔާންކުރަން ދަތި ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ. އުފަލުން ނަށާލަން ބޭނުންވިއެވެ. ފަޒާގައި އުދުހިލަން ބޭނުންވިއެވެ. ނަމަވެސް ޔާލްއަށް އަނގައިން ބަހެއް ނުބުނެ ހުރެވުނީއެވެ. ދެންވެސް ވާހަކަ ދެއްކީ އަޔާންއެވެ. “އެކަމު… އެކަމު އަހަންނަށް އެނގޭ ޔާލް ލޯބިވަނީ އެހެން މީހެއް ދެކެކަން…. ވަރަށް ސާފުކޮށް އެނގޭ… އަހަރެން ބޭނުމެއްނޫން އެއްވެސް ވަރަކަށް މީހުންގެ ދޭތެރެއަށް ވަންނާކަށް…. ޔާލް […]
“ނޫން. ތިއީ އަހަރެންގެ ޕީއޭ. ސޯ މިއު ސަލާމަތުން ގެއާާ ހިސާބަށް ގެންދިއުމަކީ ހަމަ އަހަރެންގެ ޒިންމާއެއްގެ ގޮތުގަ އަހަރެން ދެކެނީ.” މިއުޝީންގެ މޫނަށް ބަލައިލަމުން ނިކްޔަލް އެހެންބުނެލުމުން އިސްއުފުލައިލައިފައި ނިކްޔަލްގެ މޫނަށް މިއުޝީންވެސް ބަލައިލިއެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވެގެންދިޔަ ވަގުތު ދެހިތުގެ ތެޅުންވެސް އަވަސްވެގެން ދިޔައެވެ. ނިކްޔަލްގެ ނޫކުލައިގެދެލޮލުގައި އެވަނީ ކޮންފަދަ ދަމާބާރެއްހެއްޔެވެ؟ މިއުޝީނަށް ހިންދިރުވައިލެވުނެވެ. އަވަސް އަވަހަށް އަނެއްފަރާތަށް މޫނު އަނބުރައިލިއެވެ. ގެއަށް އާދެވުމުން ނިކްޔަލްއަށް ޝުކުރުއަދާކުރުމަށްފަހު މިއުޝީން ކާރުގެ ދޮރުހުޅުވައިލިއެވެ. “ޓޭކް ކެއާރ.” […]
“ޔަން” މިކްޔަން ހުއްޓުން އެރީ ޔާނާ ގޮވާލިއަޑު އިވުމުންނެވެ. ********************************** މިކްޔަން މަޑުމަޑުން ޔާނާގެ ކޮޅަށް އެނބުރުނެވެ. މިކްޔަންއަށް ފުންނޭވާއެއް ބޭރުކޮށްލެވުނީ ޔާނާގެ ލޯމެރިފައި އޮތުމުންނެވެ. “ޔަން ޔަން” އޭރުވެސް ޔާނާ ދިޔައީ މިކްޔަންއަށް ގޮވަމުންނެވެ. މިކްޔަން ގޮސް ޔާނާގެ ބޮލުގައި ފިރުމާލިއެވެ. ފަތިސް ވާން ކައިރިވުމުން މިކްޔަން މަޑު މަޑުން ބެލްކަނީގެ ދޮރު ލައްޕާލާފައި ނިކުތެވެ. އެއަށްފަހު މަޑުމަޑުން ހޮޅިއަށް ފައިލައި ފޭބިއެވެ. މަޑުމަޑުން ފޭބުމަށްފަހު ދިޔުމަށް އެނބުރިލި މިކްޔަން ސިހުނީ ކުރިމަތީ އަނގަބޮޑުވެ އާގަމަ […]
ކޮޓަރިޔަށް ވަދެ އެދުމަތީގައި އޮށޯންނަމުން ސަނާޝްއަށް ރެއިންއާމެދު ވިސްނާލެވުނެވެ. އެހާރީތި ފުރިހަމަ ޒުވާނެއް އޭނަޔެއް ނުދެކެއެވެ. ބޯ އެސްފިޔަތަކާއި ވިދުންގަދަ ލޮލެކެވެ. މޫނުމަތީގައިވާ ސީރިޔަސްކަމުން ސަނާޝްއަށް ފުރަތަމަ ނަޒަރުންވެސް ކަމުގޮސްފިއެވެ. އެހިނިތުންވުމަށް ފިދާވާނަމެވެސް ސަނާޝްގެ ހިތަށް އެރިއެވެ. މީގެ އިތުރުން އިމްރާންބެ ކިޔާދީފައިވާގޮތުން ދީނަށް ލޯބިކުރާ މީހެއްކަންވެސް އެނގެއެވެ. އެހެންކަމުގައިވާނަމަ އަހުލާގުވެސް ރަނގަޅުވާނެއެވެ. ސަނާޝްއަށް އޭނާގެ ނަސީބު ކިހާ ރަނގަޅުހޭ ހިތަސް އެރިއެވެ. އޭނާގެ އުނިކަމާއެކުވެސް ރެއިންފަދަ ޒުވާާނަކު އޭނަ ގަބޯލުކުރީތީ ހިތާހިތުން ޝުކުރުވެރި ވެވުނެވެ. ސަނާޝްމެންގެ […]