Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެހެނަސް ހަމަ ލޯތްބޭ ވެވެނީ (ދިހަވަނަބައި)

Awa Level 4100 Comments10 Stories100 Login
November 21, 2017 5 Mins Read
53 Comments

ރެހާން ރާއިންއާއެކުގަ ހިނގާފައި ގެޔަށް ދިޔައީ ދާމަގުމަތީގައި ތަޅުދަނޑި ނަގާނެކަމަށް ބުނަމުންނެވެ. ރާއިން ހީވަނީ ހިނގާފައި އުޅެންޖެހިގެން ޝަކުވާކުރާއިރުގަ ކުޑަކުއްޖެއްހެންނެވެ. އެހެންކަމުން ގެޔަށްވަނުމުގެ ކުރިން ރެހާން ދިޔައީ ތަޅުދަނޑި ބަލައެވެ. ގޭތެރަށް ދިޔައިރު ރީނާޒް ސިޓިންރޫމް ސޯފާގައި ވާހައެއް ހިފައިގެން އޮތެވެ.
“ދޮންބެ ތަޅުދަނޑި ބަލާ ދޯ ތިއައީ؟ ނާޒް ކޮޓަރި ސައިޑް ޓޭބަލް މަތީގަ އިންނާނެ. ގެނެސްދެންވީތަ؟ ” ކަމެއް ޖެހިގެންނޫނީ ރެހާން މިގެޔަށް ނުވަންނާނެކަން ރީނާޒްއަށް އެނގެއެވެ. ރެހާން އެނަގާނެކަމަށް ބުނަމުން ސިޑިޔާ ދިމާއަށް ހިނގައިގަތެވެ. ރެހާންގެ ކޮއްކޮ ވަރަށް ޝައުގުވެރިކަމާއެކީގައި ފޮތެއް ކިޔާލަން އޮތުމުން އޭނަޔަށް އުނދަގޫކުރާކަށް ރެހާން ބޭނުމެއް ނުވިއެވެ. ކޮޓަރިޔަށް ވަންނަން ދިޔަ ރެހާން މަޑުޖެހިލީ ދެމީހަކު ސިއްރުން ވާހަކަ ދައްކާ އަޑު އިވުމުންނެވެ. އާސިމާގެ ކޮޓަރީ ދޮރު ކުޑަކޮށް ހުޅުވިފައި ހުރުމުން ކިޔާއެއްޗެއް ތަންކޮޅެއް ސާފުކޮށް އަޑުއަހާލުމަށް ރެހާން ކައިރިވެލިއެވެ.
“ރަށަށް އައިއްސަ އެއްދުވަސް ވިއިރުވެއް ރެއިން އަހަންނަށް ފެނިވެސް ނުލާ. ގައިމު މިހާރު މިހުންނަނީ ރެއިންއަށް އެންމެ ކަމުދާގޮތަށް ބުރުގާވެސް އަޅައިގެނެއްނު، އަދިވެސް އެ ފުއްބަސްތާ މަތިން ހަނދާން ނައްތާލާކަށް ނުވޭތަ އޭނާ؟ ” ޖަނާން ވާހަކަ ދައްކަމުން ދިޔައިރު ކެއްމަދުވެފައި ވާވަރު އިނގެއެވެ. މިހުރިހާ ދުވަސް ވަންދެންވެސް ޖަނާން މަސައްކަތް ކުރަމުން އެދަނީ ރެހާން ކާމިޔަބު ކުރެވޭތޯއެވެ.
“ހަމަޖެހިބަލަ. ޖެނީއަށްވެސް އިނގެދޯ ރެއިން އެމަންޖެ ދެކެ ރުޅިއަންނަވަރު. ދެން ކީއްވެ އޭނަ ޖެނީއާ ނުގުޅެންވީ. އެ ބަސްތާގަނޑާ ބަލާފަ ޖެނީސް ހާސްބައި ރީތި. އެހެންނޫނަސް ޖެނީއަށް ހީވޭތަ އަހަރެންގެ އެ މޮޅު ޕްލެން ފަނުފުލުން ދިޔަދޭނެހެން. އަސްލު އަހަރެން ހިތަށް އަރަޔޭ ރެއިން ހާދަ ވިސްނުމެއް ނުހުރެޔޭ. ކުޑަކޮށް ވިސްނާލިނަމަވެސް އެނގޭނެދޯ އެކަހަލަ ސަޅި ފިރިހެނަކު ބަސްތާއަކާ ހިތާވެގެން ނޫޅެނެކަން” އާސިމާ ދިޔައީ ޖަނާންއަށް ވިސްނާދެމުންނެވެ.
” ދައްތަޔަށް އެކަނި ހުރިހާ ކްރެޑިޓެއް ނުލިބޭނެ. އެރޭ އަހަރެން ރެއިން ރަނގަޅަށް ވާވައްދާ ނުލިނަމަ އޭނަ ގެޔަށް ގެނައުންވެސް ވީހީ ބޮޑުކަމަކަށް. އަހަރެން ހީވެސް ނުކުރަމޭ ރެއިން އެހާ ފަސޭހައިން މަޅިގަ ޖެހޭނެ ކަމަކަށް.” ޖަނާން ވާހަކަ ދައްކަމުން ދިޔައީ ފަހުރުވެރިކަމާ އެކުގައެވެ
“އަސްލުވެސް ހަމަ އޮންޓައިމްއަށް ރެއިންއަށް އެތަނަށް އާދެވުނީ. އެ ފިރިހެން ކުއްޖާއަށް ކޮޓަރިން ނުކުމެވުނު ގަޑިއަށް. ނަސީބެއް ކައިކައިގެން އެމަންޖެވެސް ނިދަންމިޔަރެއްހެން ނިދާލާކަން.” އާސިމާ ދިޔައީ އެރޭގެ ހަނދާންތަށް އާކުރަމުންނެވެ.
“އާ ރެއިންއަށް ކިހިނެއް އިނގެނީ އެރޭގަ އެއްވެސް ކަމެއް ނުވާކަމެއް. އަހަރުމެން ދެއްކި މަންޒަރެއް ވިއްޔަ ރެއިންއަށް ފެންނާނީ. ބައްޕަ އެކްސިޑެންޓްވެސް ވީ އެކަން އިނގިގެން ރުޅިއައިސް ގެއިން ނުކުމެގެން ދިޔަ ފަހުން ކަމަށް ބުނުމުން އެހެން އެއްޗެއް ނުވެސް ވިސްނޭނެއެއްނު. ރެއިންއަށް ކިހިނެއް އިނގެނީ އަހަރެމެން އެހެން މޮޅު ވާހަކައެއް ހަދާލިޔަސް” ޖަނާން ހިނިގަނޑެއް ޖަހާލިއެވެ. އޭރު ރެހާންގެ ލޮލުން އަލިފާންކަނި ބުރައެވެ. ރުޅިއައިސްގެން އަތުންފައިން ގޯހެއް ނެހެދެނިސް އެގެއިން ނުކުމެގެންދާން ރެހާން ހިނގައިގަތެވެ. އެދެއަންހެނުންވެގެން ހަލާކުކޮއްލީ ކިތަށް މީހުންގެ ދިރިއުޅުންކަމެއްވެސް ނޭނގެއެެވެ. ޔަގީނަށްވެސް އެލިސްޓުގެ އެންމެ ކުރީގައި ރެހާންގެ ނަން ހިމެނޭނެއެވެ.
ގެޔަށް ވަދެގެން އައި ރެހާން ސިޓިންރޫމްގައި އިން ރާއިންއަށް ބަލާލުމެއްނެތި ދިޔަގޮތަށް ވަނި ކޮޓަރިއަށެވެ. ރުޅިއައިސްފައި ހުރުމުން އެ ރުޅި ކޮޓަރީގެ ދޮރަށް ބާލަނީއޭ ރާއިންގެ ހިތަށް އެރިއެވެ. ކޮންމެވެސް ބޮޑުކަމެއް ވީމަ ނޫނީ އޭނާ ގޮވީމަ އަޅާވެސްނުލާ ރެހާންއެއް ނުދާނެއެވެ. އެހެންކަމުން ރާއިން ތެދުވެގެންގޮސް ރެހާންގެ ކޮޓަރީގައި ޓަކިޖަހާ ގޮވާލިއެވެ. ރެހާން “ލީވް”އޭ ބުނިއަޑު ނޫން އެހެންއަޑެއް ނީވުނެވެ. އެއަޑުންވެސް ރުޅިއައިސްފައިވާ މިންވަރު ރާއިންއަށް ދެނެގަނެވުނެވެ. ރެހާން ހަމަޔަކަށްއެޅޭހާއިރު ކޮށްފައި ޒާމިން ގޮވައިގެން އައިސް ބައްދަލުކުރުމުން ފަހަރެއްގަ ކިޔާދީފާނެޔޭ ރާއިންގެ ހިތަށް އެރިއެވެ
” ހަލޯ ޒާމިން. މިރޭ ފްރީވިއްޔާ އަހަރުން ގެޔަށް ޖައްސާލަންވީނު. މުހިންމު ކަމަކު.” ރާއިންއަށް ފެނުނު އެންމެ ރަނގަޅު ގޮތަކީ ޒާމިންއާއެކުގަ ރެހާންކުރެން ވީގޮތް އޮޅުން ފިލުވުމެވެ. ޒާމިންވެސް އިޝާކޮއްގެން އަންނާނެކަމަށް އެއްބަސްވިއެވެ.
އިރުއޮއްސިގެން ދިޔައިރުވެސް ރެހާން ކޮޓަރިޔަކުން ނުނިކުމެއެވެ. ރާއިން ދެތިން ފަހަރު ކާން ގޮވުމުންވެސް ބަނޑުހައި ނުވާކަމަށްބުނެ ނުނިކުތީ ރާއިންއާ ކުރިމަތިލާން ބެނުން ނުވާތިއެވެ. އިޝާއަށް ބަންގިގޮވުމުން ރާއިން ނަމާދަށް ދިޔަކަން ޔަގިންވުމުން ރެހާންވެސް ނަމާދުކޮއްލައިގެން ބޭރަށް ނުކުތެވެ. އަމިއްލައަށް ކޮފީތައްޓެއް ހަދާލުމަށްފަހު ބަދިގެޔާވީ ފަރާތުން ހަދާފަ ހުންނަ ފެންޑާޔަށް ނުކުތެވެ. ހަނދުވަރުގެ ރިހިއަލިން މުޅިތަންވަނީ އަލިވެފައެވެ. ނަމަވެސް ރެހާންގެ ހަޔާތުގައިވަނީ ކަޅުފޮއި ރެޔެއްގެ އަނދިރިކަމެވެ. ދެއަންހެނަކު ވެގެން އޭނާގެ މުޅި ދިރިއުޅުމުގައި ހުޅު ޖަހައިފިއެވެ. އެހެންމީހުން ކިޔާހާ އެއްޗެއް ގަބުލުކުރުމުގެ ސަބަބުން ރެހާންއަށް ކުރެވުނީ މާފު ނުލިބޭވަރުގެ ކުށެކޭ އޭނަ ހިތަށް އެރިއެވެ. ލޮލަށްފެނުނު މަންޒަރެއްގެ ހަގީގަތް ބަލާނުލުމުގެ ސަބަބުން ރެހާންގެ އަތުން ހަލާކުވެގެން އެދިޔައީ ކުށެއްނެތް ކުއްޖެއްގެ ދިރިއުޅުމެވެ. އެވެސް ރެހާންގެ ހިތުން ޖާގައެއް ދިން ފުރަތަމަ ކުއްޖާއެވެ. އުމުރަށް އެކީގައި އުޅެން ވައުދުވީރު އެކަހަލަ ކަމެއް ދިމާވާނެޔޭ ރެހާންގެ ހިތަކަށް ނާރައެވެ. ރެހާންއަށް މި ވެވުނީ ކިހާ ބޮޑު ހިޔާނާތެއްހެއްޔެވެ؟ ބައްޕަޔަކު އޭނާގެ ދަރިފުޅު އަމާނެއްތެގެ ގޮތުގައި ހަވާލުކުރުމުން އެކުއްޖާޔާމެދު ކަންތަށް ކުރެވުނީ ކިހާ އިހާނެތިކޮށް ހެއްޔެވެ. އެދުވަހު އެންމެފަހަރަކުވެސް އޭނާގެ ވާހަކަ އަޑުއަހާލިނަމަ މިހެނެއްނުވީހެވެ.
ގޭތެރޭގެ އެތަންމިތަން ބަލަމުން ރާއިންމެން ދިޔައީ ރެހާންގެ ހިލަމެއް ނުވާތީއެވެ. ގޭތެރެއިން ރެހާން ނުފެނުުމުން ދެމީހުންވެސް އޭނަ ގޮސްދާނެ ތަނަކާމެދު ވިސްނިއެވެ. ރެހާންއަށް ފޯނުކުރަން ނިންމީ އެރުން ރެހާން ގެނެސްގެން އޭނަޔާ ވާހަކަ ދައްކަން ފަސޭހަވާނެތީއެވެ. ފޯނު ރިންގުވާ އަޑާދިމާއަށް ރާއިންމެން މަޑުމަޑުން ދިޔައެވެ. ބަދިގެފަރާތުން ބޭރަށް ނުކުމެވޭއިރު ހުންނަ ފެންޑާގެ ސޯފާގައި ރެހާން އެމީހުންނަށް ފުރަގަސްދީގެން އިންތަން ފެނުމުން ދެމީހުންވެސް ގޮސް ރެހާންގެ ދެފަރާތުގައި އިށީނެވެ. ހަދުވަރުގެ އަލިން މޫނުފެންނަވަރުވުމުން ރާއިންމެންނަށް ރެހާން އިންގޮތްފެނި ހައިރާންވިއެވެ. އުޅަނބޮށި ކަކުލުގައި ވިއްދާލައިގެން އިންއިރު ދެއްތުން މޫނު ވަނީ ފޮރުވާލައިގައެވެ. އިނގިލިގެ ކަރަވައިގެ ތެރެއިން ފައިބައިގެން އަންނަ ތާޒާ ކަރުނަތަށް ފެނުމުން ރެހާން ރޮނީކަން އެނގުނެވެ.
“ހެއި ބުރޯ ރޮނީތަ އަނެއްކާ. މަންމަޔަށް ކަމެއްވީތަ؟ ” ރެހާންފަދަ ބޮޑު ފިރިހެނެއް ކަރުނަ އަޅާރޯނީ ކޮންމެވެސް ބޮޑުކަމެއް ދިމާވީމަކަން ޒާމިންއަށް އިގުނެވެ. އަތުން ރަނގަޅަށް މޫނު ފޮހެލަމުން ރެހާން މޫނުން އަތްނެގީ ނުރޮމޭ ބުނަމުންނެވެ.
“ކަމެއް ވެއްޖެ އިނގޭ ބުރޯ. މިއަދު ތަޅުދަނޑި ހިފައިގެން އައިރަށް އަހަންނަށް އެނގިއްޖެ ކަމެއްވެފަ ހުރިކަން.އެގެއިން ވީކަމެއްވީ.. ކިހިނެއްތަވީ؟ ” ރާއިންވެސް އިނީ ދެރަވެފައެވެ. އޭނާ ރެހާން ދެކެނީ އާއިލާ މީހެއްގެ ގޮތުގައެވެ.
“ތެދެއް ވީގޮތް އަހަރުމެންނަށް ކިޔާދީބަލަ. އަހަންނަށް އެނގޭ ރެހާންގެ އަހަރެމެން ނޫންބަޔަކު ނެތްކަން. ކިޔާދިނީމަ ރެހާންއަށްވެސް ފަސޭހަ ވާނެ. ވީގޮތް އިނގުނީމަ ފަހަރުގަ އަހަރުމެންނަށްވެސް ހެލްޕެއް ވެވިދާވެ” ޒާމިންވެސް ބެނުންވި އޭނާގެ އެކުވެރިޔާއަށް ދިމާވެގެން އުޅޭ ކަމެއްގެ ހައްލު ހޯދައިދޭށެވެ.
” އެއްވެސް ކަމެއްގަ ހެލްޕެއް ނުވެވޭނެ. އިޓްސް ބިޔޯންޑް ރީޗް. އައި އޯލްރެޑި ރުއިންޑް މައި ލައިފް” ރެހާން ބުނެލިއިރި އެއަޑުގައި އެތަށްހާާސް އިހުސާސްތަކެއް އެކުލެވިގެން ވެއެވެ. އެ ދިރިއުޅުން އަނބުރާ ލިބޭނެކަމަކަށް އޭނާ ގަބޫލެއް ނުކުރެއެވެ. އެނާ ކޮށްފައިވަނީ މާފު ހައްގު ކުށެއް ނޫނެވެ.
“ކިޔާދިނީމަ ދޯ އިނގޭނީ. އަހަރުމެންނާ ޝެއާ ކޮއްލަނިކޮށް ލުޔެއްވެސް ލިބިދާނެ” ރާއިންވެސް ޒާމިންގެ ވާހަކަޔާ އެއްބަސްވެލިއެވެ. ރެހާން އޭނާގެ ހަޔާތުން އެތަކެއް ދުވަހެއްކުރިން ލައްޕާލެވިފައިވާ ޞަފްޙާތަށް އޭނާގެ އެކުވެރިންނަށް ކިޔައިދޭން ނިންމީ އެވާހަކަތަށް ހިއްސާކުރާނެ ފަރާތެއް ބޭނުންވެފައި އިންލެއް ބޮޑުކަމުންނެވެ. އެއިހުސާސްތަށް ބޭރު ނުކުރެވިއްޖެނަމަ އޭނާ މޮޔަ ވެދާނެއެވެ. ވާހަކަތަށް ކިޔައިދޭން ފެށުމުން ރެހާންއަށް ހީވި އޭނާގެ މާޒީ ސިފަވާހެންނެވެ.

6 އަހަރު ކުރި..
މަޑު ހިންގުމެއްގައި ޓާމިނަލްއިން ނުކުމެގެން ސަނާޝްއައީ ދަބަސްތަށް ލާފައިވާ ޓްރޮލީ ހިފައިގެންނެވެ. އޭރު ދުރުގައި އޭނާގެ ބައްޕަޔާއި އެކުގައި ބައްޕަގެ އެންމެގާތް އެކުވެރިޔާ އިމްރާން އޭނަބަލާ އައިސް ހުއްޓެވެ. އެމީހުންނަށް ލުއި ހިނިތުންވުމެއްދެމުން ސަނާޝް މަޑުމަޑުން ހިނގަމުން ދިޔައެވެ.
“އަހާ ބައްޕަގެ ރަންދޫނި ހާދަ ބޮޑުވެއްޖެޔެ ދޯ” ސަނާޝްގެ އަތުގައި ހިފާލަމުން ލަތީފު ބުންޔެވެ. ދުވަސްގަނޑަކަށްފަހު އޭނާގެ ދަރިފުޅު ފެނުނުއިރު އައިސްފައިވާ ބޮޑެތި ބަދަލުތަކުގެ ސަބަބު އޭނާޔަށް އިނގެޔެވެ. މަންމަޔަކާ ނުލައި ބޮޑުކުރި ދަރިފުޅަށް ފުރިހަމަ ހިމާޔަތެއް ދެވިފައި ނުވާތީ ލަތީފް ދެރަވެއެވެ. އެކަމަކު އެއީ އޭނާއަށް ބާރު ފޯރުވޭ ހިސާބެއްގައި ހިނގާދިޔަ ކަމެއްނަމަ އެކަން ހުއްޓުވުމަށް އޭނާގެ ފުރާނަވެސް ލަތީފު ގުރުބާން ކުރީހެވެ. އެކަމަށް ނުކުޅެދިފައިވާ ލަތީފު މިއަދު ބޭނުންވަނީ އޭނާގެ ދަރިފުޅަށް އުފާވެރި ހަޔާތެއް ހޯދައި ދިނުމެވެ.
“ސަނާޝް ދަރިފުޅު އެބުނާހެން ހާދަ ބޮޑޭ މިހާރު. ހުރިހާކަމެއް ރަނގަޅުދޯ؟” އިމްރާން ސަނާޝް ދެކެނީ އޭނާގެ އަމިއްލަ ދަރިއެއްގެ ގޮތުގައެވެ. ސަނާޝްވެސް އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. އިމްރާ އޭނާ ވަރަށް އިހްތިރާމް ކުރާމީހެކެވެ. ބައްޕަގެ ރަހުމަތްތެރިން ތިބިނަމަވެސް މިހާ ހިތްހެޔޮ މީހަކު އޭނާ ނުދެެކެއެވެ. މާލޭގެ މުއްސަނދި މީހަކު ރަށްފުށުގެ އާދައިގެ މަސްވެރިޔަކާ ދެމެދު އެއޮންނަ އެކުވެރިކަމަކީ މުޅި ދުނިޔެއަށް ނަމޫނާއެއްފަދަ އެކުވެރިކަމެއްކަން ސަނާޝް ގަބޫލުކުރެއެވެ. މާގިނަ ވާހަކަތަކެއް ދެއްކުމެއްނެތި ގެޔަށްދިޔުމަށް ކާރަށް އެރީ ސަނާޝް ވަރުބަލިވާނެކަން އެނގޭތީއެވެ.
އިމްރާނާއި ލަތީފު ދިމާވެފައިވަނީ މީގެ އަހަރުތަކެއް ކުރިން އައިޖީ އެމްއެޗުންނެވެ. ދެމީހުންގެވެސް އަންހެނުން ވިހަން ވެއްދީ އެކުއެކީގައި ކަމަށް ވުމުން އެތަނުން އެމީހުންގެ ރަހުމަތްތެރިކަން ފެށުނެވެ. ލަތީފު ކަހަލަ އާދައިގެ މީހަކު އަންހެނުން ވިއްސަން މާލެ ގެންނަން ޖެހުނި ރަށު ސިއްހީމަރުކަޒުން ކުއްޖާގެ ހާލަތު މާ ރަނގަޅު ނޫންކަމަށް އެންގުމުންނެވެ. އެކަނިމާއެކަނި ބޮޑު ހޮސްޕިޓަލްތެރޭގައި އުޅެންޖެހުނު ލަތީފަށް އިމަރާންފަދަ ވާހަކަ ދައްކާލާނެ އެކުވެރިއެއް ލިބުމުން އުފާވިއެވެ. ދެމީހުންވެސް ލިބެން އުޅެ ކުއްޖާއާބެހޭ ގޮތުން ވާހަކަ ދައްކަމުން ދިޔައެވެ. އިމްރާންގެ ދެވަނަ ދަރިފުޅުކަމުގައި ވިޔަސް ލަތީފުގެ ފުރަތަމަ ކުއްޖާކަމަށްވުމުން ބައްޕައަކަށް ވުމުން ކުރެވޭ އިހްސާސްތަށް އިމްރާން ކިޔައިދެމުން ދިޔައެެވެ. ދެމީހުންގެ އެކުވެރިކަން އިތުރަށް ލާމެހިގެން ދިޔައީ ލަތިފް ކޮށްދިން ހެޔޮއަމަލުގެ ސަބަބުންނެވެ. އިމްރާންގެ އަންހެނުންގެ ފުރާނަޔަށް ނުރައްކާވިހިނދު ލޭ ބޭނުންވެގެން ބުނުމުން ލޭހަދިޔާކުރަން ލަތީފް ފަހެއް ނުޖެހުނެވެ. އޭނާގެ އަންހެނުން ވިހަން ވައްދާފައި ވިނަމަވެސް ލަތީފް އެވަގުތު މުހިންމު ކަމުގައި ދެކުނީ ލޭހަދިޔާ ކުރުމެވެ. ލަތީފުގެ ހެޔޮ އަމަލުގެ ސަބަބުން އިމްރާންގެ އަންހެނުންގެ ފުރާނަ ސަލާމަތް ވިއެވެ. ނަމަވެސް އެވީވަގުތުކޮޅު ތެރޭގައި އޭނާގެ މުޅި ހަޔާތަށް ބޮޑު ހުސްކަމެއްއަޔެވެ. ލަތީފުގެ އަންހެނުން ވިހެއުމަށްފަހު މަރުވީ ލޭ މަދުވެގެންނެވެ. އެވަގުތު ލަތީފް އިމްރާނަށް އެހީނުވެ އަންހެނުން ގާތުގައި މަޑުކުރިނަމަ އެހެނެއް ނުވީހެވެ. ލަތީފުގެ މިހިތާމައިގައި އިމްރާން ބައިވެރިވިއެވެ. ލަތީފަކީ އަބަދުވެސް އޭނާގެ ނަޒަރުގަ މާތް މީހަކަށް ވެގެން ދިޔައެވެ. ލަތީފްވީ ގުރުބާނީގެ ބަދަލުގައި އޭނާގެ އަންހެން ދަރިފުޅަށް ފަހި މުސްތަގުބަލެއް ހޯދައިދިނުމަށް ވެދެވެން ހުރިހުރިހާ ކަމެއް ކޮށްދިނުމަށް އިމްރާން ވައުދުވިއެވެ.
ބޮޑު ބިލްޑިންއެއްގެ ކުރިމައްޗަށް ކާރު ހުއްޓާލުމުން ސަނާޝް ބޭރުބަލާލިއެވެ. ބައްޕައަށްޓަކައި މާލެ އައިކަމުގައި ވިޔަސް މިތަނަށް އޭނާގެ އެއްވެސް ޝައުގުވެރިކަމެއް ނެތެވެ. ނަމަވެސް ބައްޕަގެ އެދުމުގައި ކޮޅުފައިން ޖަހަން ނުކެރުނީއެވެ. އިމްރާންބެގެ ހެޔޮކަމުގެ ބަދަލު އެގޮތަށް އަދާކުރަން އޭނަ ބޭނުން ނުވީއެވެ. އިމްރާންބެ އެވަރުގެ ބޮޑުހަރަދެއް ނުކުރިނަމަ ސަނާޝްކަހަލަ ކުއްޖަކަށް ކިޔެވުމަށް އެފަދަ ފުރުސަތެއް ނުލިބެނެއެވެ. އެހެންކަމުން ސަނާޝް ނިންމީ އިމްރާންގެ ދަރިފުޅާ ކައިވެނި ކުރާށެވެ. އެއީ ބައްޕަގެވެސް އެދުމަކަށް ވާތީއެވެ. އެކައިވެނިން އެނާ ހިމާޔަތްތެރިކަން ނޫން އެހެންކަމެއް ބޭނުމެއް ނޫނެވެ. އަދި އިމަރާންބެގެ ވާހަކަ ހުރިގޮތުން އެބުނާ ދަރިފުޅަކީވެސް ދިރި އުޅުމެއް ފަށަން މާބޮޑު ޝައުގުވެރިކަން ހުރި ކުއްޖެއް ނޫންކަން އެނގެޔެވެ. މިހާ ދުވަސްވެގެން ދިޔައިރުވެސް އެ ހިތް ހުސްކޮއް އޮތުމުގެ ސިއްރަކި އެޔޭ ސަނާޝް ހިތާހިތުން ކިޔާލިއެވެ. ޢިމްރާންގެ ދަރިފުޅުގެ ފަރާތުން ސަނާޝްއަށް ބޭނުންވާ ހިމާޔަތް ލިބިގެންދާނެކަމުގެ ގެރެންޓީ ދިނެވެ. އިމްރާންވެސް ބޭނުންވަނީ ސަނާޝްއަށް ދިމާވެފައިވާ ކަންކަމުގެ ސަބަބުން އޭނަޔަށް ރަނގަޅު ފިރިޔަކު ހޯދައިދިނުމެވެ. އެމަގާމަށް އޭނާގެ ދަރިފުޅަށްވުރެ އިތުބާރުކުރެވޭނެ ދެވަނަ މީހަކު ނުހުންނާނެއެވެ. އިމްރާންގެ ދަރިފުޅުވެސް އެކައިވެންޏަށް އެއްބަސް ވުމުން އޭނަހުރީ ވަރަށް އުފަލުންނެވެ.

ސޯފާގައި އިށީނދެގެންއިން ސަނާޝްއިނީ ފިނިވެފައެވެ. މިއީ އޭނާގެ ވާންއުޅޭފިރިމީހާއާ ބައްދަލުވާނެ ފުރަތަމަ ފަހަރުކަމަށް ވުމުން ބަޔާންކުރަން ނޭނގޭފަދަ އިހްސާސް ތަކެއް ކުރެވެމުން ދެއެެވެ. އިސްޖަހާލައިގެން އިން ސަނާޝްއަށް އެތާގައި މީހަކު މަޑުކޮއްލިކަންވެސް ނޭނގުނެވެ.
” ދަރިފުޅާ. މީ ސަނާޝް. ވަރަށް ބަސްއަހާ ރަނގަޅުކުއްޖެއް. ސަނާޝް މީ ބޭބެގެ އެންމެ ލޯބިވާ ދަރިފުޅު ރެއިން.” ފުރިހަމަނަމާއެކު ތައާރަފްކޮއްދިންނަމަވެސް ސަނާޝްއަށް އަޑުއިވުނީ ރެއިންއޭ ބުނި ހިސާބަށެވެ. އިސްއުފުލާ ބަލާލި ސަނާޝް އިނީ ކަޅިޖަހާލަންވެސް ނޭނގިފައެވެ. ކުރިމައްޗަށް ވާގޮތަށް ހުއްޓިލައިގެން ހުރި އިސްކޮޅުންދިގު ބައިމަތި ފުޅާ ޒުވާނެކެވެ. ހުދު ގަމީހަކާ ކަޅު ފަޓުލޫނެއްގައި ބެގީކޮއްލައިގެން ހުރުމުން ހީވަނީ އޮފީހައްދާން ތައްޔާރުވެގެން ހުރިހެންނެވެ. ތުނިކޮށް ކޮށާފައިވާތުނބުޅިންނާއި ޒަމާނާއެންމެ ގުޅެނެގޮތަށް ކޮށާލައިފާ އިސްތަށިގަނޑުން ފެޝަނަށް ލޯބިކުރާ ޒުވާނެއްކަން ފާޅުވެއެވެ.
“ހައި ސަނާޝް. ރަނގަޅުތަ؟” ރެހާން ހިނިތުންވެލަމުން ސަލާމަށް އަދިއްކޮއްލިއެވެ. ބޯޖަހާލަމުން ސަނާޝް އަށްވެސް ހިނިތުންވެލެވުނެވެ. ބައްޕަ އޭނަޔަށްޓަކާ ހޮވާފައި މިހުރީ ކޮންކަހަލަ އަންހެން ކުއްޖެއްބާއޭ ރެހާންގެ ހިތަށް އެރިއެވެ. ފުރަތަމަ ދުވަހުވެސް ލޮލުން އޭނާ ކައިލައިފިއެވެ. ކުޑަކޮށް ފަލަކޮށް ހުއްޓަސް ބަލައިލާކަށް ހުތުރެއް ނޫނެވެ. ރެހާންއަށް ބޮޑަށް ސަނާޝް ސިފަވީ ކުޑަކުއްޖެއްހެންނެވެ. ބަޓާކްރީމްކުލައިގެ ބޮޑުދެލޮލުން ބަލަހައްޓައިގެން ހުރި ގޮތުންވެސް ސަނާޝްގެ މައުސޫމްކަން ދެނެގަނެވެއެެވެ. މިގަޑިގައި މަޑުކޮއްލެވެން ނެތުމުން އެންމެންގެ ކިބައިން މާފަށް އެދެމުން ރެހާން ދިޔައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Awa

Level 4100 Comments10 Stories100 Login

author of "ehenas hama loibey veveny"

Other Articles

Previous

ތިޔަ ލޯބީގެ ހައްޤުގައި (7)

Next

ކުށްވެރި ލޯބި 4 (ފަހުބައި)

Next
November 21, 2017

ކުށްވެރި ލޯބި 4 (ފަހުބައި)

Previews
November 21, 2017

ތިޔަ ލޯބީގެ ހައްޤުގައި (7)

53 Comments!

  1. Awa says:
    November 21, 2017 at 12:57 pm

    Hii guyss salaam?? 10th vx up kollevifa miothy. Mistakes thah faahaga kolla dhehchey. N hope you guys will like it?.have a good day????

  2. jumm says:
    November 21, 2017 at 12:57 pm

    yeyyy….me first dhww

    1. Awa says:
      November 21, 2017 at 12:58 pm

      Yes jumm darling??

  3. annoying reader says:
    November 21, 2017 at 1:16 pm

    omg so aisha miulheni name ves change kohllaigen dhw. 😀 that means rehan ge wife aki hama aisha, and hoody aki emeehun ge kid ey, rain and rehan twins dhwwwww -_-! um excited finally those two evil ladies ge molhu plan thah ves bust vejje, waiting for the next part <3

    1. Awa says:
      November 21, 2017 at 1:21 pm

      Heheheh.. Awa akah vx neingey??and yaa. Devil meehunah abadhu win eh nuvaane..
      Thanks??

  4. aki says:
    November 21, 2017 at 1:18 pm

    varah furihama.. next part avahah up kohla dheebaa pls

    1. Awa says:
      November 21, 2017 at 1:22 pm

      Thanks aki?? i’ll try my best avahah upkollan??

  5. Aish says:
    November 21, 2017 at 1:28 pm

    Adhi miadhu ehbai up vaane tha… V nice, and interesting…

    1. Awa says:
      November 21, 2017 at 1:38 pm

      Thankss aish.. i’ll try ingey??

  6. Yaloo says:
    November 21, 2017 at 1:36 pm

    Stry vv reethi..whn nxt prt?? Waiting waiting

    1. Awa says:
      November 21, 2017 at 1:39 pm

      Thanks yaloo.. inshaAllah avahah upkolleveythw balaanan

  7. Reader says:
    November 21, 2017 at 1:41 pm

    Bunyeve kiyaa iru innaany yaa eh noon. Gnaviyani

    1. Awa says:
      November 21, 2017 at 1:43 pm

      Thankss reader. Rangalhu kollanan dhn inshaAllah

  8. Kul says:
    November 21, 2017 at 1:43 pm

    Warah reethi keep it up waiting

    1. Awa says:
      November 21, 2017 at 3:55 pm

      Thanks kul darlingg

  9. Shaa says:
    November 21, 2017 at 1:48 pm

    Masha allah mi storty v v v v reethi .. ??so curious to read nexr part ❤

    1. Awa says:
      November 21, 2017 at 2:06 pm

      Thankss shaa??

  10. Lil guy says:
    November 21, 2017 at 1:54 pm

    So aisha ge aslu name aky aishath sanaash dho. Curious to find out what happens next

    1. Awa says:
      November 21, 2017 at 2:07 pm

      Neingey Awa akah vx?? kiyaaleema ingidhaane kanneynge

  11. Xxxx says:
    November 21, 2017 at 2:08 pm

    Nice dear.???? waiting…???

    1. Awa says:
      November 21, 2017 at 2:42 pm

      Thanks dear??

  12. sana says:
    November 21, 2017 at 2:16 pm

    Awa dhoonnii you are bestttttt love ypu dear story vrh nice keep it up ???????????

    1. Awa says:
      November 21, 2017 at 2:43 pm

      Thankyoou sanaa dhoonii???

  13. sana says:
    November 21, 2017 at 2:16 pm

    Awa dhoonnii you are bestttttt love you dear story vrh nice keep it up ???????????

  14. Limsha says:
    November 21, 2017 at 2:17 pm

    Dhn mihaarah vure ves stry rythi vaanehn hyvany

    1. Awa says:
      November 21, 2017 at 2:45 pm

      InshaAllah reethivaane… thankss limm??

  15. samahaa says:
    November 21, 2017 at 2:19 pm

    Masha allah love it keep it up dear??????

    1. Awa says:
      November 21, 2017 at 2:47 pm

      Thankss samahaa?ly??

  16. xaaaaan says:
    November 21, 2017 at 2:21 pm

    wow

    1. Awa says:
      November 21, 2017 at 2:48 pm

      Thankss xaaaan??

  17. Axka says:
    November 21, 2017 at 2:22 pm

    Waau varah reethi, finally waiting for the story keep it up ??????????????????

    1. Awa says:
      November 21, 2017 at 3:16 pm

      Thankyo Axkyyyy darling???

  18. PRINCESS AFU says:
    November 21, 2017 at 2:22 pm

    BEAUTIFUL ?????

    1. Awa says:
      November 21, 2017 at 3:18 pm

      Thankss princess

  19. Alisha says:
    November 21, 2017 at 2:24 pm

    Wowwww!super when next part???????

    1. Awa says:
      November 21, 2017 at 3:20 pm

      Thanks alisha. Avahah upkolla dheveythw miulheny?

  20. mal says:
    November 21, 2017 at 2:26 pm

    Obinexx to the max ???????????????????

    1. Awa says:
      November 21, 2017 at 3:23 pm

      Thankss mal darling????

  21. sama says:
    November 21, 2017 at 2:34 pm

    Beautiful???????????????????????????

    1. Awa says:
      November 21, 2017 at 3:25 pm

      Thank sama dhoonii

  22. Rsh says:
    November 21, 2017 at 2:41 pm

    Ehen veema Aisha is rehaan ge wife……
    Avahah next part up kohdheeba…..
    Aslu mi story kuriyah dhaagoi v v v REETHI…???

    1. Rsh says:
      November 21, 2017 at 2:44 pm

      Kiyaahithun hama kaimadhuvefa……
      Hama ehaaves reethi mi story ge part thah

    2. Awa says:
      November 21, 2017 at 3:27 pm

      Heheh.. thankss Rsh??avahah up kolla dheveythe masakkaiyy kuran eba?

  23. Aishaa says:
    November 21, 2017 at 3:31 pm

    Varah reeti mi part ves….
    ❤️❤️❤️???

    1. Awa says:
      November 21, 2017 at 4:07 pm

      Thankss aishooo??

  24. Unknown girlll.. says:
    November 21, 2017 at 3:34 pm

    Very,very nice…hmm im15..OW 4 the nxt part…luv ya….dhi suki..❤❤❤? kyp going?????

    1. Awa says:
      November 21, 2017 at 4:00 pm

      Thabkss girll??? ly too????

  25. reader says:
    November 21, 2017 at 3:59 pm

    6 aharun special dr ah veetha . anyway story varah reethi

    1. Awa says:
      November 21, 2017 at 4:03 pm

      Yup reader. Its possible… thankyou???

  26. Friends says:
    November 21, 2017 at 4:20 pm

    Hey Awa…..
    Masha allah stry vvvv reethi….KEEP IT UP AWA.
    Waiting 4 next part…
    Plx plx upload soon………..
    If you can mirey one part plx plx……????????????????????????????????????

    1. Awa says:
      November 21, 2017 at 5:54 pm

      Hey friendss??
      Thank you love??
      I’ll try my best??

  27. SJK...KOREAN says:
    November 21, 2017 at 4:54 pm

    hey love .. varah salhi mi partvx, ???
    keep it up dear..
    waiting❤?? loves

    1. Awa says:
      November 21, 2017 at 5:56 pm

      Hello love(klaus??)
      Thanks??ly????

Comments are closed.

Next Episodeއެހެނަސް ހަމަ ލޯތްބޭ ވެވެނީ (އެގާރަވަނަބައި)←


All Right Reserved!