ހޯލަށް ގޮސް އިށީނދެ ހަމަ ޖެހުމާއި އެކު އޭނާ އަށް އަވަސް ވެގަނެވުނީ އެހެން ކަމަކާ އެވެ. ޖީބުން ފޯނު ނަގައި މޯބައިލް ޑާޓާ އޮން ކޮށްލުމާއެކު ހެން މެސެެޖް ތަށް ފުލު ފުލުން އަންނަން ފެއްޓިއެވެ. އަދި ދެތިން މެއިލް އައިސްފައި އޮތް ތަން ފެނުނެވެ. އެއީ އޭނާ އެދި އެދި ހުރި މެއިލް ކަން އެނގުމުން ބޭ އިޙްތިޔާރުގައި ހީ ލެވުނެވެ. “ކިހިނެއްވީ؟” ރޫބީ ހެވިފައި އިން ތަން ފެނުމުން ނޭހާ އަށް އަހާލެވުނެވެ. […]
ކްލިނިކަށް ވެރިވެފައި ވަނީ މަރު ފަދަ ހިމޭން ކަމެކެވެ. ފުދޭވަރަކަށް މީހުން އެމީހުންގެ މަސަަަަައްކަތުގައި އަވަދިނެތި އުޅެމުން ދާތަން ފެނެއެވެ. ބަލި މިހުން ދާތަނެއް ވީމައި ކަންނޭނގެއެވެ. ހެވިފައި ހުރި އެންމެ މޫނެއް ވެސް ނުފެނެ އެވެ. މުޅިން ނުތަނަވަސް ކަމެވެ. އޮޕަރޭޝަން ތިއޭޓަރުން ނިކުމެ އަތަށް ލައްވާފައި އިން އަންގި ލިޔާ ބޭލީ ފާރުގައި ހަރުކޮށްފައި ހުރި ގަޑިއަށް ބަލާލަމުންނެވެ. އެ ހޯލް ގެ ތަންކޮޅެއް ދުރުގައި ހުރި ގޮނޑި ބަރި އެއް ގައި އިށީނދެގެން ތިބި ޕޭޝަންޓްގެ އާައިލާ އަށް ފުން ނަޒަރަކުން ބަލާލިއެވެ. އޭނާގެ އެ ބެލުމުން ދޭން އެ އުޅެނީ ކޮން ކަހަލަ ޙަބަރެއް ކަން އެ އެންމެންނަށް ވެސް އެނގޭ ކަހަލަ އެވެ. އެންމެންގެ މޫނުން ވެސް ނުތަނަވަސް ކަން ފެނިގެން ދިޔަ އެވެ. “އައިމް ސޮރީ” ދަމުން ޕޭޝަންޓުގެ މަންމަގެ ކޮނޑުގައި އަތް އަޅާލަމުން މަޑުމަޑުން ބުނެލި އެވެ. އެ ވަގުތު އެ އަންހެން މީހާގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ އޮހިގެން ދިޔަ އެވެ. ދަރި އެއް ބީވުުމުން މަޔަކަށް ކުރާނެ އަސަރު އޭނާ އަށް ވެސް އިހުސާސް ވެއެވެ. ޑޮކްޓަރެކެވެ. ނަމަވެސް ކުރާނީ ކީއް ހެއްޔެވެ. ކޮންމެ ބަލި މީހެއްގެ ވެސް ފުރާނަ ސަލާމަތް ކުރަން އޭނާ ނުލާހިކު ބޭނުމެވެ. ޝިފާ ލައްވަނީ ވަކި ފަރާތަކުން ވިއްޔާ އެވެ. އޭނާ އަށް ކުރެވޭނެ ހާ ވެސް ކަމަކީ ދުޢާ އެވެ. އަދި ދެވޭނެ ހާ ވެސް އެއްޗަކީ ފަރުވާ އެވެ. ލިޔާ އެ ދިޔަ ގޮތަށް ގޮސް އޭނާގެ އޮފީހަށް ވަދެ އިށީނދެލި އެވެ. އަދި ހަމަޖެހިލިއެވެ. މިރޭ ދެން އޭނާ ބަލާނެ އިތުރު ބަލި މީހެއް ނެތުމާއި އެކު ކްލިނިކް ބަންދު ކުރާ ވަގުތު ވެސް ދިޔައީ ކުޑަތަން ވަމުންނެވެ. **************** އޮސްޓްރޭލިއާގެ ގަޑިން ހެނދުނު ހަތެކެވެ. ސިޑްނީގެ އެސް ސްޓީވެން ކޮލެޖްގެ ދަރިވަރުން ހޭބޯ ނާރައި އުޅެ އެވެ. ކޮންމެ ކުއްޖެއްގެ ވެސް މަންޒިލަކީ ކޮލެޖްގެ މެއިން ހޯލް އެވެ. އެއް ކުއްޖަކަށް ވުރެ ކުރިން ގޮސް ހިތް އެދޭ ދިމާލަކުން އިށީންނާނެ ސީޓެއް ހޯދުމެވެ. ރޫބީ އާއި ނޭހާ ވެސް ބާރު ހިނގުމެއްގައި އެ ދިމާލަށް ދެ އެވެ.