**********3 މަސް ފަސް********** މިއަދުމީ ބޮޑު ދުވަހަކަށް ވާނެއެވެ. މިއަދަކީ އިޒާން އަހަރެންގެ އާއިލާ އާއި ބައްދަލު ކުރަން އަންނަ ދުވަހެވެ. ވަގުތު ކައިރިވި ވަރަކަށް އަހަރެން ދިޔައީ ހާސް ވަމުން ނެވެ. ނަމަވެސް މަންމަ މެންގެ ޖަވާބާއި ދޭތެރޭ އަހަރެން ޝައްކެއް ނުކުރަމެވެ. އަހަރެން ބޭނުން ހުރިހާ ކަމެއް ކޮށްދޭއިރު އަހަރެންގެ އުފަލަށްޓަކާ އިޒާން އާއިވެސް ރުހޭނެކަން ޔަގީނެވެ. ***************************** ހެދުން ރީތި ކުރަމުން އަހަރެން ސިޑިން ފައިބައިގެން އައީ މަންމަމެން ނަށް ގޮވަމުންނެވެ. އަހަރެންގެ […]
ލޯގަނޑު ކުރިމަތީ ގައި ހުރެ އަހަރެން އެންމެ ފަހު ފަހަރަށް އަހަރެންގެ ހަށިގަނޑަށް ބަލާލީމެވެ. ވަޔާއި އެކު ވިހުރެން ދޫކޮށް ލެވިފައިވާ އަހަރެންގެ އިސްތަށިގަނޑު ރީތިކޮށްލަމުން ގެއިން ނިކުތީމެވެ. އޭރު އިޒާން އަބަދުވެސް އަހަރެން ބަލައި އައިސް އިންނަތާންގައި އަހަރެންގެ އިންތިޒާރުގައި އިނެވެ. ފަރި ހިނގުމެއްގާ އައިސް އަހަރެން އިޒާންގެ ސައިކަލް ކައިރިއަށް ހުއްޓިލީމެވެ. އިޒާން އަނގަ ހުޅުވައިގެން އަހަންނާއި ދިމާލަށް ބަލަން އިނުމުން އަހަރެން ލަދު ގަތެވެ. އެކަން ފޮރުވުމަށްޓަކާ މަޑުމަޑުން އިޒާން ގައިގާ ބޮނޑިއެއް […]
އިޒާން އަވަސް އަވަހަށް އެހެން ދިމާލަކަށް ބަލާލަމުން ސޮރީއޭ ބުނެލިއެވެ. އަހަރެންނަށް ހުރެވުނީ އިޒާންގެ އެރީތި މޫނުއެހާ ގާތުން ފެނުމުން އެ މޫނަށް ބަލަހައްޓައިގެން ހުއްޓިފައެވެ. އިޒާން ދެބުމަ ގޮށްޖަހާލަމުން އަހަރެންގެ މޫނު ކުރިމަތީ ފުއްޓަތްކެއް ޖަހާލިއެވެ. “ޔޭ.. އަމް މް އި އިޓްސް އޯކޭ” ހަމަބިމަށް އާދެވުމާއި އެކު ކޮށަކޮށައިގެން އަހަރެންނަށް ބުނެލެވުނެވެ. އިޒާން އެއްމިޔަކަނުން ހީލަމުން ދާން ހިނގައިގަތެވެ. އަހަރެންނަށް ހުރެވުނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ކުއްލިއަކަށް އަހަރެން ސިއްސައިގެން ދިޔައީ މީހަކު […]
އަހަރެންނަކީ މުއްސަނދި އާއިލާއެއްގައި ހުރި ހަމަ އެކަނި ކުއްޖާއެވެ. އެހެންކަމުން އަހަރެންނަށް އަހަރެން ބޭނުންވާ ހުރިހާ ކަމެއްވެސްވެއެވެ. ވިލާތަކުގެ މަތީގައި އަހަރެން ބޭނުން ގޮތަކަށް އުދުހުމުގެ މިނިވަންކަން އަހަރެންގެ މައިން ބަފައިން ވަނީ އަހަންނަށްދީފައެވެ. އަހަރެންގެ އުފަލަށްޓަކާ އެމީހުން ފުރާނަވެސް ގުރުބާން ނުކުރާނެ ކަމާއި މެދު އަހަންނަށް ޝައްކެވެ. އަހަރެންދެކޭ ގޮތުގައި މިދުނިޔެ އަކީ އަހަރެމެން އުފާކުރަންވާ މާހައުލެކެވެ. އޭގެ ސަބަބުން މަންމަމެން އަހަންނައް ދީފައިވާ މިނިވަން ކަމުގެ ފައިދާ އަހަރެން ވަރަށް ވެސް ރަނގަޅަށް ނަގަމެވެ. […]