ހިތް މިއެދޭ ސޫރައޭ ތީމަގޭ (10 ވަނަ ބައި)
އަޔާން އާއި ޔާލްގެ ހަތަރު ކަޅި ބައްދަލުވި ވަގުތު އިސްޖަހާލީ ޔާލްއެވެ. މަޑުހިނގުމެއްގައި އަޔާން ކާރިންލާފައި ދިޔައިރު އިސްއުފުލާ ބަލާބެވެސް ނުލައެވެ.
“ޒާއިން… މިތާނގަ؟؟؟ ” ޔާލް ހައިރާންވީ ކަރުދާސް ކަފަންއިން ޒާއިން ފެނިފައެވެ. “ހޫމް… ނޫ ބުނެގެން ކުޑަކޮށް އެހީވެލަން މިއައީ… ” ޔާލް ގާތަށް ހިނގައި ގަންނަމުން ޒާއިން ވާހަކަ ދެއްކިއެވެ. އަޔާން ހުރީ ދެބުމަ ގޮށްޖަހައިގެން އެމީހުންނާ ދިމާލަށް ބަލާށެވެ. އެހެން ހުރެފައި އައި ރުޅިމަތީ ގޮސް ލިފްޓަށް އެރީ ޔާލް މާ ހެވިފައި ޒާއިންއާއި ވާހަކަ ދައްކާތަން ބަލަން އުނދަގޫވުމުންނެވެ. އަޔާންގޮސް ކެބިންއަށް ވަދެވުމާއެކު މޭޒުމަތީހުރި ގަނޑުތަށް އުކާލިއެވެ. މީހާ ހުރީ ރުޅިއައިސްގެން ހަމައިން ނެއްޓޭވަރުވެފައެވެ. އަދި ދެއަތުން ބޮލުގައި ހިފަހައްޓައިލުމަށްފަހު ކާކޫ މައްޗަށް ތިރިވިއެވެ. މިހާރު އެހިތަށް އެލިބެނީ ހާދަ ވޭނެކެވެ. ޔާލްދެކެ ވާ ލޯބި ދުވަހަކަށްވުރެ ދުވަހެއް ދަނީ އިތުރުވަމުންނެވެ. ނަމަވެސް ޔާލް ލޯބިވަނީ އެހެން މީހެއްދެކެ އެއްނޫންހެއްޔެވެ؟؟ އިހްސާސްތަށް ފޮރުވަން ރުޅި އިސްކުރަން އަޔާންއަށް މިއަދުވަނީ މަޖުބޫރުވެފައެވެ. އަޔާން ތެދުވިތަނާހެން ޔާލްއައިސް ކެބިންއަށް ވަނެވެ. އަޔާން ޔާލް އައިކަމަށްވެސް ނުހަދާ ބޭރަށްނިކުމެގެން ދިޔައީ ހަރުކަށި ހިނގުމެއްގައެވެ. ޔާލް ހުންނަ ތާކު ހުންނަން ބޭނުންނުވަނީއެއްނޫނެވެ. އެހިތް އަބަދުވެސް އެދިގޮވަނީ ޔާލް ގާތުގައި ވުމަށެވެ. ނަމަވެސް ހާލަތު އެގޮތަކަށް ތަނެއްނުދެއެވެ. އަޔާން ނިކުތުމުން ހުއްޓުން އަރާފައި ހުރި ޔާލްއަށް ގޮސް ގޮނޑީގައި އިށީނދެވުނީ ކޮޅަށް ނުހުރެވޭނެކަން އެނގުމުންނެވެ. އެހިތަށް ހާދަ ވޭނެއް އަޅައެވެ. އެ ލޯބި ލިބޭނީ ކޮންދުވަހަކުންބާއެވެ.. ޔާލްގެ ލޮލުން ހޯސްލާފައި ކަރުނަތަށް އަންނަން ފެށިއެވެ.
ޒާއިން މަޑުމަޑުން ގޮސް ލިފްޓަށް އެރީ އަޔާންގެ ކެބިންއަށް ދިއުމަށެވެ. ނަމަވެސް މާޔޫސްވީ ލިފްޓު ހުޅުވުނުއިރު ކުރިމަތީ ހުރި އަޔާން ފެނުމުންނެވެ. “ކޮންތާކަށް؟؟” އަޔާން ލިފްޓަށް އަރަމުން ފާޑަކަށް ޒާއިންއާއި ދިމާލަށް ބަލާލިއެވެ. “މީ…އަނެއް… އަސްލު އަޔާން ހޯދަން މިއައީ… އެތަނުގެ ޑެކަރޭޝަން އިންނަނީ ކިހިނެއްތޯ އަހާލަން..” ޒާއިންގެ ޑައިލޮގް ވަރަށްވެސް މޮޅެވެ. ނަމަވެސް އެކަން އަޔާންއަށް އޮޅޭނެހެއްޔެވެ.؟؟ “އެހެންތަ… ހިނގާދާން.. ތިރިއަށް ގޮއްސަ ބުނާނަން.. ” އަޔާން ފަސްޓް ފްލޯއަށް ފިއްތާލިއެވެ. ޒާއިން އިނީ އޭނަގެ މިޝަން ފެއިލް ވުމުން ފާޑަކަށެވެ.
ޕާރުސަލު ކަރުދާހުން ހަދާފައިވާ ޑިސައިންތަށް ހިފައިގެން ޔާލް އައި ވަގުތު ގޮސް ޖެހުނީ އަޔާންގެ ގައިގައެވެ. ނަމަވެސް އަޔާން ޔާލްއަށް ލޯ އަޅާލުމަށްފަހު ހިނގައިގަތެވެ. ޔާލްވެސް ބަދަލުގައި ލޯ އަޅާލިއެވެ. އެކި އެކި މަސައްކަތް ނިންމަމުން ގޮސް ވަރަށް ބޮޑުބައް ތައްޔާރުކޮށް ނިމިއްޖެއެވެ. ޔާލް ތަންކޮޅެއް ދުރަށްގޮސް ނޫރާއަށް ގުޅާލީ އެމީހުންގެ ހަބަރެއް ބަލާލުމަށެވެ. “ހަލޯ… ޔާލް.. މީ ވަރުގަދަ ފިރިހެނެއް އިނގޭ… ވަރަށް މަޖާ… މީނަ ދެތިން ދުވަސް ވަންދެންވެސް މިގޮތަށް ހިފަހައްޓައިލެވިދާނެ މަށަށް… ހެހެ ” ނޫރާ ވާހަކަ ދެއްކީ ޝާނިމް އާއި ތަންކޮޅެއް ދުރައްޖެހިލަމުންނެވެ. ” އެހެންތަ… ރަނަގަޅު.. އެންޖޯއީ.. އޭ ނޫ ބުނިންތަ ޒާއިން ގާތު މިތަނަށް އަންނަން.؟؟ ” ދުރުގައި ހުރި ޒާއިންއަށް ބަލާލަމުން ޔާލް އަހާލިއެވެ. އޭރުވެސް ޒާއިނަގެ ނަޒަރު ސީދާވެފައިވަނީ ޔާލްއަށެވެ. ޔާލް އަޅާވެސް ނުލާ އެހެެން ދިމާލެއް ބަލަންފެށިއެވެ. ވަރަށް ސިއްރުން ޒާއިންގެ ހަރަކާތްތަކަށް ބަލަން އަޔާން ހުއްޓެވެ. ޒާއިންގެ ނަޒަރު އަބަދުވެސް ޔާލްއަށް ހުންނާތީ އަޔާން އަންނަނީ އަމަށަކު ރުޅިއެއްނޫނެވެ.
” އާނ.. އަހަރެން ބުނިން… ދިޔަދޯ؟؟ ” ނޫރާވެސް އަހާލިއެވެ. “ހޫމް… އޭދެން ބާއްވަނީ.. މިއުޅެނީ ވަރަށް ބިޒީކޮށްހަމަ އެންމެންވެސް… ހައެއް ޖަހަން ވާއިރަށް ރެޑީ ކުރަންޖެހޭ އެއްކޮށް…” ޔާލް މިހެން ބުނެ ފޯން ބޭއްވިއެވެ. ” އޭ ޔާލް.. ކެރޭނެތަ މީތި އެލުވާލަން؟؟؟” އޮފީހުގެ މުއައްޒަފެއް ކަމުގައިވާ ރަޝާއައިސް ފުއްޕާހަން ތަކެއް ދައްކާލިއެވެ. “ހެހެ.. އެއްވެސް ކަމެއް ނޫނެއްނު.. ” މިހެން ބުނެ ޔާލް ކާރީއިން ހަރުގަނޑު ކުޑަކޮށް ހަމަ ޖައްސާލިއެވެ. އަދި އޭގެ މައްޗަށްއަރައި ފުއްޕާހަންތަށް ހަރުކުރަންފެށިއެވެ. އޭރުނއެތަން ބަލަން ތަންކޮޅެއް ކާރީގައި ޒާއިންވެސް ހުއްޓެވެ. އަޔާންވެސް މަ ނޭނގޭ ކަމަށް ހަދާފައިވެސް ޔާލްއަށް ބަލަމުން ދިޔައެވެ. ހުރިހާ ހަންތަކެއް ހަރުކުރުމަށްފަހު ޔާލް އުޅުނީ ފައިބާާށެވެ. ނަމަވެސް އެޅުނީ އެންމެ ތިން ފިޔަވިއްސެވެ. އެއާއެކު ޔާލް ފައި ކައްސާލިއެވެ. މިތަން ފެންނީ އަޔާންއާއި ޒާއިންއާ ދެމީހުންނަށް އެއްކޮށްކަހަލަ ގޮތަކަށެވެ. ދެމީހުންނަށް ދުއްވައިގަނެވުނީ އެއްފަހަރާއެވެ. ޔާލްގެ ހަޅޭކުގެ އަޑު މުޅިތާ ގުގުމައިގެން ދިޔައިރު އެންމެންގެ ލޯތަށްވަނީ އޭނައަށް އަމާޒުވެފައެވެ. އެންމެ ކައިރީގައި ހުރީ ޒާއިންކަމުން ޔާލް ވެއްޓުމުގެ ކުރިން އެހިސާބަށް އަޔާންއަށް ވުރެ ކުރިން ދެވުނީ ޒާއިންއަށެވެ. ޔާލް ވެއްޓުނީ ސީދާ ޒާއިންގެ އަތްމަށްޗަށެވެ. ނަމަވެސް ދެމީހުން އެއްފަހަރާ ބިންމައްޗަށް ވެއްޓުނީ ޒާއިންއަށް ބެލެންސް ކުރާނެ ފުރުސަތެއް ނުލިބުމުންނެވެ. އެންމެންގެ ހިނިގަނޑުފަޅައިގެން ދިޔައީ އެހިސާބުންނެވެ. އަޔާން ފިޔަވައެވެ. އަޔާންއަށް ހުރެވުނީ ހުއްޓުންއަރާފައެވެ. ނަސީބަކުން އެކަކަށްވެސް ގެއްލުމެއް ނުލިބެއެވެ. ޒާއިންގެ ފައެއް ތަނެއް ބިންދައިގެން ދިޔަނަމައޭ އަޔާންގެ ހިތަށް އެރިއެވެ. ޔާލްއަށް އަވަސް އަވަހާ ތެދުވެވުނީ އަޔާން ބަލަން ހުރިކަން އެނގުމުންނެވެ. ޒާއިން ތެދުވި ގޮތަށް ޔާލްގެ އަތުގައި ހިފައިލަމުން ތަނަކަށް ތަދުވިހޭ އަހާލިއެވެ. ޒާއިން މާ ގާތްވެގެން އުޅޭތީ އެކަމާ ޔާލް ހިތްހަމައެއް ނުޖެހުނެވެ. ނަމަވެސް އެންމެން ބަލަން ތިބުމުން އެއްޗެކޭ ބުނާކަށް ނުކެރުނެވެ. އަޔާން އިތުރަށް އެންމެ ހިނދުކޮޅަކުވެސް ބަލަން ނުހުރެ ކުރަންހުރި މަސައްކަތާއިގެން ކުރިއަށް ދިޔައެވެ..
ޝާނިމްއާއި ނޫރާ ވިލިނގިލީ އަތިރިމަތޯގައި ފައިވާން އަތަށް ނަގައިގެން ހިނގަމުން ދިޔައެވެ. އެދެމެދުގައިވަނީ ހަމަ ހިމޭންކަމެވެ. “ޝާނިމްއަށް މާދަމައަކީ އޭނަގެ އުފަންދުވަސް ކަންވެސް ހަނދާން ނެތީތަ ހަމަ. ” ނޫރާއަށް މަޑުމަޑުން ބުނެލެވުނެވެ. “ކީކޭ؟؟” ޝާނނމް ކުއްލިއަކަށް ބޯ އަރިކޮށްލައި އެހެން އަހާލުމުން ނޫރާ ދިޔައީ ސިއްސައިގެންނެވެ. “ނު.. ނުކިޔަން އެއްޗެކޭ.. ” ކުޑަކޮށް ހީލަމުން ނޫރާ ޖަވާބު ދިނެވެ. އެވަގުތު ނޫރާފަޔަށް އެރީ ބޮޑު ކަކުންޏެކެވެ. ނޫރާ ހަޅޭއްލަވައި ގަންނަމުން ކައިރީހުރި ޝާނިމްގެ އުނަގަނޑުގައި އޯޅުލައިގަތެވެ. ހުއްޓުންއަރާފައިވާ ޝާނިމް މަޑުމަޑުން އަތް ގެންގޮސް ނޫރާގައިގައި ހިފަހައްޓައިލެވުނެވެ. ޝަނިމްގެ ހިތުގެ ތެޅުން ނޫރާއަށްވެސް އަޑުއިވޭނެކަން ގައިމެވެ. ނޫރާ އެހާ ގާތުގައިވުމުން ޝާނިމް ފިނިވާގޮތްވިއެވެ. އަދި މަޑުމަޑުން ނޫރާގެ ދެކޮނޑުހިފައި ދުރުކޮށްލަމުން އެދެލޮލަށް ބަލާލިއެވެ. މިހާރު ޝާނިމްގެ ހިތް ހީވަނީ ނިކުމެދާނެހެންނެވެ. ޝާނިމްގެ ތޫނު ނަޒަރު ސީދާވެފައި ވުމުން ނޫރާ އިސްޖަހާލުމަށްފަހު ސޮރީއޭ ބުނެލިއެވެ. ޝާނިމްއަށް ހަމަހޭވެރިކަންވީ ނޫރާ ވާހަކަ ދެއްކުމުންނެވެ. “އިޓްސް އޯކޭ..” ކުޑަކޮށް ދުރުވެލަމުން ޝާނިމް ދުރުބަލާލިއެވެ. ދެންމެ ކުޑަތަންކޮޅެއް ލަސްވިނަމަވެސް އެހިތް ފަޅާ އަރާނެކަން ގައިމެވެ. “ހަލޯ..” ނުރާއަށް ފޯނެއްއައުމުން ޖަވާބު ދިނެވެ. “އޯކޭ.. ” އެކޮޅުން ވާހަކަ ދައްކާނިމުމުން ނޫރާ ފޯނު ބޭއްވުމަށްފަހު ޝަނިމްއަށް ބަލާލިއެވެ. “މީ… ދައްތަ ބުނީ މިކޮޅުގަ މަޑުކޮށްލަންވީ ނޫންހޯ މާދަމާ ދާގޮތަށް..” ނޫރާ ވަރަށް ވިސްނަން އިނދެފައި ވާހަކަ ދެއްކިއެވެ. އަސްލު ދެންމެ ނޫރާއަށް ގުޅީ އަޔާންއެވެ. މާދަމާ ވަންދެން ޝާނިމް މާލެ އަޔަ ނުދީ ބެހެއްޓުމަށް އަޔާން ބުނުމުން ނޫރާ ޝާނިމްގެ ހިޔާލު ބަލާލިއެވެ. “އެންމެ ރަނގަޅު.. ނޫރާ ހަމަ ބޭނުންގޮތެއް.. ” ޝާނިމް އެހާ ފަސޭހައިން އެއްބަސްވުމުން ނޫރާ ހައިރާންވިއެވެ. ނަމަވެސް އޭގެ ފަހަތުގައި ފޮރުވިފައިވާ ސަބަބު އެނގޭނީ ކިހިނަކުންހެއްޔެވެ؟؟ އެދުވަހު އެއްކޮށް ދެމީހުން މަޖަލާއި ފޯރީގައި އުޅުނެވެ. ނަމަވެސް ނޫރާ ދެރަވީ ޒާއިން އަދި ނޫރާ ގުޅިފަހުން ނުގުޅާތީއެވެ. މާ ބިޒީ ވީމަކަމަށް ނިންމައި ނޫރާ އެކަމާ އަޅާނުލައި ހުރީއެވެ.
މަޣްރިބް ނަމާދު ބަންގި ގޮވިތަނާހެން އެންމެންވެސް މަސައްކަތްތަށް ނިންމާލިއެވެ. މިހާރު އޮފީސްތެރެ ވަރަށްވެސް ފުރިހަމައެވެ. އެއްފަރާތު ފާރުގައި ބޮޑުކޮށް *ހެޕީ ބާތުޑޭ ޝާނިމް* ޖަހާލެވިފައިވާއިރު އެކި ކުލަކުލައިގެ ފުއްޕާހަންތަކާއި އެކި ޑިސައިންތަކުން ފާރުތަކާއި އެހެނިހެން ތަންތަންވަނީ ޖަރީކޮށްލެވިފައެވެ.
“ސޯ…. ނަމާދުގަޑި… އެހެންވީމަ މިރޭ ދެން މަސައްކަތް ނިމުނީ.. މާދަމާ އޮންނާނީ ކުދި ކުދި ކަންކަން ކޮށްލުން… މާ ގިނަ މީހުނެއް ބޭނުމެއް ނުވާނެ އެކަން ކޮށްލާކަށް.. ” ޒާއިންއާއި ދިމާލަށް ބަލާލަމުން އަޔާން ބުނެލިއެވެ. ” ޒާއިން އޯކޭ ދެން މާދަމާ ނަޔަސް… އަހަރެމެން އެކަން ކޮށްލާނަން.. “އަޔާން ދެން އެންމެ ހިނދުކޮޅަކުވެސް ޒާއިން އެތާ ހުންނާކަށް ބޭނުމެއް ނުވިއެވެ. “އެންމެނަށްވެސް އެމީހަކާއެކު ކޮންމެސް އެކަކު ޕާޓީއަށް އަންނައިރު ގެނެވޭނެ… އެހެންވީމަ މާދަމާރޭ 8 ޖަހާއިރަށް އަހަރެން އަންނާނަން ޝާނިމް ގޮވައިގެން ތިމީހުން ތިބެ ރެޑިއަށް.. އޯކޭ.. ” ޔާލްވެސް އިނީ އަޔާން ދެއްކި ވާހަކަ ރަނގަޅަށް އަޑުއަހާށެވެ. ޔާލް އެވަގުތު ވިސްނާލީ އޭނަ ގެންނާނެ މީހަކާ މެދުއެވެ. “ހޫމް.. ފައިޒާން. “ޔާލް ނިންމީ ފައިޒާންއާއެކު އެރޭ އައުމަށެވެ.
ނޫރާއާއި ޝާނިމް އެރޭ ނިދީ ވިލިނގިލީގައެވެ. ނޫރާގެ ދައްތަމެންގޭގައި ހުރެވޭނެގޮތް ނޫރާވަނީ މާ ކުރިންވެސް ހަމަޖައްސާފައެވެ.. މާދަމާ ހަވީރު މާލެ ދާގޮތަށެވެ. ނަމަވެސް އިތުރު ހެދުމެއް ނުގެނެވުމުން ނޫރާ ހުރީ ބޯގޮވާފައެވެ.
ގެއަށް ވަދެގެން އައި އަޔާން ފެނި މަލްހާ ގޮސް އަޔާންގެ އަޔުގައި ހިފައިގަތެެވެ.. “ދެން ދޮންބޭ… ހާދަ ލަހުން ތިއައީ… ” މަލްހާ ބޮޑާ ހާކާލިއެވެ. އަޔާން ގާތަށް ހިނިއައީ މަލްހާގެ ބޭބީ ގޮތްގަނޑު އަދިވެސް ނުކެނޑޭތީއެވެ. “ހެހެ… ކުޑަކުޑަ ބަނީ… މަދަމާރޭ ޕާޓިއަށް ދާނަ ރެޑީވާތި 8 ޖަހާއިރަށް.. ދޮންބެ އަންނާނަން ބަލާ.. ” މަލްހާގެ ނޭފަތުގައި ހިފާލަމުން އަޔާން ހީލިއެވެ. “އަސްލުވެސްތަ..؟؟؟ ޔޭ!!! “މަލްހާ ކުޑަކޮށް ފުންމާލިއެވެ. މަލްހާ އުޅޭ ގޮތުން އަޔާން ހުރީ ހެވިދިލިފައެވެ. “އެބަ އަންނަން ފެންވަރައިލައިގެން ނަމާދަށް ގޮއްސަ… އެއްކަލަ ޕްރެސެންޓް ބަލާލަން މިރޭ ވާނެންނު ” ސިޑިން އަރަމުން އަޔާން ބުނެލިއެވެ.
ފެންވަރާލައިގެން މިސްކިތަށް ގޮއްސް އިރު ސާދިޔާ އުޅެނީ ކާން ހަދައެވެ. “މަންމަ… ކޮން އިރަކުތަ ބައްޕަ އަންނަނީ…؟؟؟ އަހަރެން ކުރިން ދުވަހު ގުޅާލިން އެކަމު ނިއްވާލާފަ އޮތީ…” އަޔާން ގޮސް ސާދިޔާ ގާތު މަޑުކޮށްލިއެވެ. ފަޔާޒުވަނީ މީގެ ދެދުވަސް ކުރިން މެލޭޝިޔާއަށަ ފުރައިގެން ގޮއްސައެވެ. ” ބައްޕަ ބުނީ މިފަހަރު ހަފްތާއެއްވަރު ނަގާނޭ… ސަލާމްބުނި ދަރިފުޅަށްވެސް… “ސާދިޔާ މޭޒުމަށްޗަށް ތަށިތަށް ނަގަމުން ވާހަކަ ދެއްކިއެވެ. “އެހެންދޯ…ކޮބާ މަލް؟؟ ” އަޔާން އަހާލިއެވެ. “ވެއްޖެ ކޮޓަރީގަ.. އަޔާން ނައިސްގެން ހުރީ.. ދާބަލަ އޭނަ ގޮވައިގެން ކާން އަންނަން.. ” ސާދިޔާ މިހެން ބުނުމުން އަޔާން ގޮސް މަލްހާގެ ކޮޓަރީ ޓަކި ޖަހާލިއެވެ. ނަމަވެސް މަލްހާގެ ހަބަރެއް ނުވުމުން ތަޅުގައި ހިފާލިއިރު ތަޅުހުރީ ހުޅުވާފައެވެ. އަޔާން ދޮރު ހުލުވާލުމަށްފަހު ކޮޓަރީ ތެރެއަށް ބޯ ދިއްކޮށްލިއެވެ. ކޮޓަރިތެރޭ އެއްވެސް އަލިކަމެއް ނުވެއެވެ. އެވަގުތު އަޔާންއަށް ވިސްނުނީ މަލްހާ މިއުޅެނީ އޭނައަށް ކޮންމެސް ލަނޑެއް ދޭން ކަމަށެވެ. އަޔާންއަށް މޮޅު ހިޔާލެއް އައުމުން މަޑުމަޑުން އެތެެރެއަަަށްވަދެ ދޮރުލައްޕާލިއެވެ. އެވަގުތު ދޮރުގެ އަނެއްފަރާތު ފިލައި އިން މަލްހާ އަޔާންގެ ކަންފަތްދޮށުގައި ހަޅޭއްލަވައިގަންނަން އުޅުނު ނަމަވެސް ސިއްސައިގެން ދިޔައީ އަޔާން އޭގެ ކުރިން ހަޅޭއްލަވައި ގަތީމައެވެ. އަޔާން އަވަސް ހަރަކާތަކާއެކު ބޮކިތަށް ޖައްސާލިއެވެ، އެވަގުތު މަލްހާއަށްވެފަ އިންގޮތުން ބަނޑުގައި އަތްއަޅައިގެން ހުރެ ހެވެން ފެށުނީ އިތުރަށް ކެތް ނުވުމުންނެވެ. “ދެން ދޮންބޭ… ވަރަށް ފޫހިވޭ…” މަލްހާ އަޔާން ގައިގައި ބޮނޑިއެއް އަޅާލުމަށްފަހު ދާން ހިނަގއިގަތެވެ، “އޭތް އޭތް.. މަޑުކޮށްބަލަ… ދޮންބެއަށް އޭރުވެސް އިނގެޔޭ މަލް އުޅުނީ އެކަހަލަ ކަމެއް ކުރަންކަން” މަލްހާގެ އަތުގައި ހިފަމުން އަޔާން ބުނެލިއެވެ. “ހޫން… އަބަދުވެސް މި ދޮންބެއަށް މޮޅު ލިބޭނީ…” މަލްހާ ތުންއަނބުރާލިއެވެ. “ދެން ސްވިޓީ ތިހާއަވަހަށް ރުޅި އަންނާކަށް ނުވާނެ… ކޮބާ ދޮންބެގެ ޕްރެސެންޓް؟؟؟” އަޔާން އެހެން އަހާލުމުން މަލްހާ ބޮލުން އަލަމާރިއާއި ދިމާލަށް އިޝާރާތް ކޮށްލިއެވެ. އެއީ ވަރަށް ރީތި ނޫކުލައިގެ ގަމީހެކެވެ. ފެންނަ ފެނުމަށްވެސް އަޔާންއާއި ވަރަށް ގުޅޭނެކަން އެނގެއެވެ. އަދި އެއާ އެއްކޮށް ކަޅުކުލައިގެ ޖެކެޓެއްވެސް އިނެވެ. “ވާއު… ވަރަށް ރީތި… ތެންކިޔޫ ސްވިޓީ ” މަލްހާއާއި ދިމާލަށް ބަލާލަމުން އަޔާން އޭތި ގައިގައި ޖައްސާލީ ހެއުވަރުތޯ ބަލާލުމަށެވެ. ހަމަ ސިދާ އަޔާންގެ ގަޔަށް ހެއުވަރުވާވަރަށް ގަނެފައިވާ އެއްޗެކެވެ. “ދޮންބެ މިރޭ ދާންވާނީ ތީތިލައިގެން.. ” މަލްހާ އައިސް އަޔާންގެ ކުރިމަތީ މަޑުކޮށްލިއެވެ. “އޯކޭ… އަސްލުވެސް ވަރަށް ރީތި އިނގޭ..” އަޔާންއަށް ހަމަ ރަނގަޅަށްވެސް އޭތި ކަމުދިޔައެވެ،
“ފައި… މާދަންރޭ އޮންނަ ޕާޓިއަކަށް ދެވިދާނެތަ ތިއްތައާއެކު؟؟ ” ޔާލް ވާހަކަ ދެއްކީ ސޯފާގައިއިން ފައިޒާންއާއެވެ،
“ތީދެން އަހާކަހަލަ ސުވާލެއްވެސް ނޫނެއްނު.. ކިހާއިރަކަށް ރެޑީ ވާންވީ؟؟؟ ” ފައިޒާން ހީލަމުން އަހާލިއެވެ. ” 8 ޖަހާއިރަށް” ޔާލްވެސް ހީލިއެވެ.
ގޭ ދޮރުމަތީ މަޑުކޮށްލައިގެން އަޔާންހުރީ ޝާނިމް އަންނާނެ އިރަކަށެވެ. “އޭ އަޔާ… މިލައިގެން ދެން ކީއްކުރަން އަންނަން ބުނީ.. މިދަނީ ރައީސުލް ޖުމްހޫރިއްޔާ ދެއްވާ އިނާމެއް ބަލައިދާންތަ؟؟؟” ސައިކަލުގައި އައިސް ހުއްޓިލި ޝާނިމް އޭނަ ލައިގެންހުރި ކޮޓަށް ބަލާލަމުން ބުނެލިއެވެ. އަޔާން ހިނިއައީ އަދިވެސް ޝާނިމްއަށް މިއީ އޭނަގެ އުފަންދުވަސްކަން ހަނދާން ނެތުމުންނެވެ. “ވެދާނެ ޝާނިމްއަށް ހަނދާންނުހުންނަ ކަމުގެ އެވޯޑު ލިބެނީ ކަމަށްވެސް…” ހިނގަނޑެއް ޖަހާލަމުން އަޔާން ބުނި ޖުމްލައިން ނަގަންވީ މާނަައެއް ޝާނިމްއަކަށް ނުވިސްުނެވެ. “ދެން ތިހެން ހުއްޓަކަސް ސައިކަލެއް ނުދުވާނޭ.. އަވަސް ކޮށްބަލަ މިހަރު އެއޮށް 8 ޖަހަނީ.. ” އަޔާން އެހެން ބުނެލުމުން ޝާނިމް ކޮންތާކަށްހޭ ދާންވީ ބުނެ ސައިކަލު ދުއްވާލިއެވެ. “ހިނގާބަލަ އޮފީހަށް އެހަށް.. ” އަޔާން ބުނެލިއެވެ.
އޮފީހުތެރޭ އެންމެން ތިބީ ތައްޔާރަށެވެ. ޝާނިމް ވަނުމުން ހުރިހާ ބޮކިފައްޗެއް ދިއްލަން ފިތަށް އޮބަން ރެޑީއަށެވެ.
ޝާނިމް ސައިކަލު މަޑު ކޮށްލީ އޮފީސް ދޮރުމަށްޗަށެވެ. “ދޭބަލަ ވަންނަން… އަހަރެން އެބަ އަނަން މީހަކު ގޮވައިގެން ” ޝާނިމް ސައިކަލުން ބާލުވަމުން ޝާނިމްގާތު އެތެރެއަސް ވަނުމަށް ބުންޏެވެ. “އެކަމު މިވަގުތު މިތަނަށް ކީއްކުރަން… އަޔާ..” ޝާނިމްގެ ވާހަކ ނުނިމެނީސް އަޔާން ވާހަކަދެއްކިއެވެ. “ދެން މީ އަދީ ވަރަށް އަނގަ ގަދަ މިހެއް ސަހާދެ… ދޭބަލަ ދެނަ ބުނީމަ.. އެބަ އަންނަމޭ.. “މިހެން ބުނެ އޮފީހު ތަޅުދަނޑި ދިނުމަށްފަހު ޝާނިމްއަށް ވާހަކަ ދައްކާނެ ފުރުސަތެއް ނުދީ އަޔާން ސައިކަލު ދުއްވާލިއެވެ. ދެކޮނޑު އަރުވާލުމަށްފަހު ޝާނިމް އޮފީހަށް ވަންނަން ހިނގައިގަތެެވެ. ތަނކޮޅެއް ދުރުގައި ހެވިފައި މިމަންޒަރު ބަލަން އަޔާން ސައިކަލުގައި މަޑުކޮސްލައިގެން ހުއްޓެވެ.
އޮފީސް ހުޅުވާލާފައި ވަތް ޝާނިމް ސިހުނީ މުޅިތަން އެކި ކުލަކުލައިގެ ބޮކިފަތިން ދިލިގެން ދިއުމުންނެވެ. އަދި އެތެރޭގައި ތިބި އެންމެން އެއްއަޑުން ހެޕީ ބާތުޑޭއޭ ބުނުމުންނެވެ. ޝާނިމްއަށް މިއި އޭނާގެ އުފަންދުވަސްކަންވެސް ހަނދާންވީ ދެނެވެ. ފަހަތުން އަތްޖަހަމުން އަޔާންވެސް އައެވެ. އެވަގުތު މިހުރިހަ ކަމަކި އަޔާންގެ ކަމެއްކަން ޝާނިމްއަށް ވިސްނުނެވެ. “ތޭންކްސް ބްރޯ.. ” އަޔާން ގައިގައި ބައްދާލަމުން ޝާނިމް ބުނެލިއެވެ. ފަހަރަކު މީހަކު އައިސް ޝާނިމްއަސް ހަދިޔާއެއް ދިނެވެ. ޝާނިމް ހުރި ވަރަށް އުފަލުންނެވެ. އޭނާއަށް އަޔާންފަދަ އެކުވެރިއެއް ލިބުމުންނެވެ. ޝާނިމް ގަތުގައި ހުރެފައި ފަސްއެނބުރި ބަލާލި އަޔާންގެ ލޮލުގައި އަޅައިގަތީ އެންމެންގެ ތެރޭ ހުރި ޔާލްއެވެ. އެއާއެކު އަޔާންއަށް އަނގަހުޅުވުނެވެ. ޔާލް މިރޭ ހިވަނީ ހޫރު ޕަރީއެއްހެނެވެ. އައިސް ބްލޫ ކުލައިގެ ދިގު ހެދުން ޔާލްއާއި ނުލާހިކު ގުޅެއެވެ. ފަން އިސްތަށި ގަނޑު ދޫކޮށްލެވިފައިވާއިރު ވަރަށްވެސް ފުރިހަމައެވެ. ތުންފަތުގައި މަޑު ލިޕްސްޓިކެއް ޖައްސާލެވިފައި ވެއެވެ. ކަޅި ޖަހާލަން ނޭނގިފައި އިން އަޔާންގެ ދެބުމަ ގޮއްޖެހުނީ ޔާލްގާތަށް އައިސް ހުއްޓުނު ފިރިހެން ކުއްޖާ ފެނުމުންނެވެ. އޭނަ ޔާލްގާތު ވާހަކައެއް ބުނުމުން ޔާލް ހޭންފެއްޓިތަން އަޔާންއަށް ވަރަށް ރަނގަޅަށް ފެނުނެވެ. އެ ފިރިހެން ކުއްޖައާއިމެދު އަޔާންގެ ހިތުގައި ހަސަދައިގެ އޮއިވަރެއް ހިނގާލިއެވެ. އަޔާން ކުއްލިއަކަށް މަލްހާގެ މަތިން ހަނދާންވުމުން އަވަސް އަވަހާ ދިޔައީ މަލްހާ ބަލައެވެ.
މިއޮއް ހުރިހާއިރު އަޔާންއަށް ބަލަންއިން ޔާލްގެ ތުންފަތްމަތީގައި ވަނީ ރީތި ހިނިތުންވުމެކެވެ. މިރޭ އަޔާން ހާދަ ރީއްޗެވެ. ބަލައި ބަަަލައިވެސް ފޫހި ނުވާނެއެވެ. ނޫކުލައިގެ ގަމީހުގައާއި ޖެކެޓުގައި އަޔާން ހުންނަލެއް ވަރަށް ސްމާޓެެވެ. ނަމަވެސް ހިނިތުންވެލައިގެން އިން ޔާލްގެ ހިނިތުންވުން ފަނޑުވީ އަޔާންއާއެކު އޮފީހަށް ވަދެގެން އައި އަންހެން ކުއްޖަ ފެނުމުންނެވެ. އެކުއްޖަ އަޔާންގެ އަތުގައި ހިފާލައިގެން ހުރިއިރު މޫނުމަތިގައިވަނީ އުފާވެރިކަމެވެ. ޔާލްއަށް އެމަންޒަރު ބަލަން މާކަ ފަސޭހައެއް ނުވިއެވެ.
ނުރާއައީ ޒާއިންގެ އަތުގައި ހިފާލައިގެންނެވެ. މިތަންފެނި ޔާލްގެ ދެލޯ ބޮޑުވިއެވެ. އަދި ބޭއިހްތިޔާރުގައި ޝާނިމްއަށް ބަލާލިއެވެ. “ހެއި ޔާލް.. ސޮރީ ލަސްވީމަ.. ކޮބާތަ ޝާނިމް… ރަނގަޅު ޕރެސެންޓެއް ހިފައިގެން މިއައީ.. “ނޫރާ އައިސް ޔާލްގާތު އަހަލިއެވެ. އެވަގުތު ޔާލްއަށް ހިންދިރުވާލެވުނެވެ. ” އެހުރީނު.. ހިނގާބަލަ ޒާއިން..” ޒާއިނަގެ އަތުގައި ހިފައިގެން ނޫރާ ހިނގައިގަތީ ޝާނިމް ގާތަށެވެ.
ޝިޔާޒްއާއި ވާހަކަ ދައްކަންހުރި ޝާނިމް ފަހަތް ބަލާލީ ނޫރާ ގޮވާލި އަޑުއިވުމުންނެވެ. “ޝާނިމް.. ހެޕީ ބާތުޑޭ…އެން ދިސް އިޒް ފޯ ޔޫ.. “ޝާނިމްއަތަށް ޕާރުސަލް ދެމުން ނޫރާ ވިޝް ކޮށްލިއެވެ. ހައިރާންވެފައި ޝާނިމްއަށް ބެލެމުން ދިޔައީ ނޫރާއާއި އަތުގުޅާލައިގެން ހުރި ފިރިހެން ކުއްްޖާއަށެވެ. “އޯހް… ސޮރީ… ޝާނިމް ދިސް އިޒް މައި ބޯއީ ފްރެންޑް ޒާއިން.. އެން ޒާއިން، ދިސް އިޒް މައި ވަންއެން އޮންލީ ކޫލް ބޮސް ޝާނިމް ” އެއަޑު ޝާނިމްގެ ކަންފަތާ ހަމައަށް ފޯރީ ހޮނު ގުގުރިއެއް ފަދައިނެވެ.. “ބޯއީ ފްރެންޑް ” އެ ލަފްޒު ޝާނިމްގެ ކަންފަތް ދޮށުގައި ގުގުމަމުން ދިޔައެވެ. ޝާނިމްއިނީ ބިމަށް ޖެހި މުޑިއެއްހެން ގަނޑުވެފައެވެ. އުފަންދުވަހު މިލިބުނީ ވޭންދެނިވި ހަދިޔާއެކެވެ. އެ ހިތުގައި ރިއްސާލީ އެޔެއް މިއެއް ބަލާފައެއް ނޫނެވެ. ޝާނިމްއަށް ދުނިޔެ އަނދިރިވި ކަހަލައެވެ. ބޭއިހްތިޔާރުގައި ޔާލްއާއި ދިމާލަށް ބަލައިލެވުނެެވެ. ކުއްވެރިޔަކު ފަދައިން ޔާލްވެސް އިސްޖަހާލިއެެެވެ. އެހިތަށް ކުރާނެ އަސަރު ޔާލްއަށް އަންދާޒާ ކޮށްނުލެވޭހާވެސް ބޮޑެވެ. ހިތާމަތަށް ފޮރުވަމުން ގަދަކަމުން ހިނިތުން ވެލަމުން ޝާނިމް އެބަ އަންނަމޭ ކިޔާފައި ދިޔައީ އެމީހުން ކުރިމަތީ ދެން ނުހުރެވޭނެކަން އެނގުމުންނެވެ.
ޕާޓީ ވަރަށް ފޯރިއާއެކު ކުރިއަށް ދިޔައެވެ. ނޫރާ ކޯކުތަށްޓެއް ހިފައިގެން އައި ވަގުތު މީހެއްގައި ޖެހި ކޯކު ތަށި ބަންޑުންވީ ނޫރާ ގަޔަށެވެ. އެމީހާ މައާފަށް އެދުމުން އޯކޭވާނޭ ބުނެ ނޫރާ ދިޔައީ ވޮޝް ރޫމަށެވެ. ފުރުސަތަކަށް ބަލަބަލައި ހުރި ޒާއިން ނޫރާ ދިއުމުން އެއް ކަނެއްގައި މަޑުކޮސްލައިގެން އިން ޔާލްގާތަށް ޖެހިލިއެވެ. މިތަން ދުރުގައި ބަލަން ހުރި އަޔާން އަށް ފެނުނެވެ. “ވާއު.. މިރޭ ހާދަ ރީއްޗޭ… ” ޒާއިން އައުމުން ޔާލް އަށް ފުންނޭވައެއް ދޫކޮށްލެވުނީ ފޫހިވިވަރުންނެވެ. ޒާއިން މަޑުމަޑުން ޔާލްގެ ނިއްކުރިމަށްޗަށް ވެއްޓިފައި އޮތް އިސްތަށިކޮޅު އެއްކައިރި ކޮށްލިއެވެ. މިމަންޒަރު ބަލަން ހުރި އަޔާންހުރީ ކެކިކެކިއެވެ. ޒާއިން އުޅެގޮތުން ޔާލްއަށް އުނދަގޫވުމުން ކުޑަކޮށް ދުރަށް ޖެހިލިއެވެ. ޔާލްއަށް ހިތްހަމަޖެހުމުގެ ނޭވައެއް ލެވުނީ ޒާއިންއަށް ފޯނެއް އައިސްގެން ދުރަށްހިނގައިގަތުމުންނެވެ. ޔާލް އެކަނި ވާނެ އިރަކަށް ބަލަބަލައި އިން އަޔާން ބާރު ހިނގުމެއްގައިގޮސް ހިފީ ޔާލްގެ އަތުގައެވެ. އަދި ޔާލް އިތުރު އެއްޗެކޭ ބުނުމުގެ ކުރިން ޔާލްގޮވައިގެން ބާރު ހިނގުމެއްގައި ގޮސް ލިފްޓަށް އެރިއެވެ. އަޔާން ޔާލް ގެންދިޔަތަން އެހެން މީހަކަށް ނުފެންނީ ޔާލްމެން ތިބީ އެންމެ ފަހަތުގައޮ ކަމަށް ވާތީއެވެ،
ލިފްޓަށް އެރިގޮތަށް އަޔާން އެންމެ މަތީ ފްލޯގެ ފިތަށް ފިއްތާލިއެވެ. އަދި ޔާލްއާއި ކުރިމަތިލިއެވެ. ޔާލްހުރީ ވާނުވާގައެވެ. “ކާކު ޔާލައާއެކު ޕާޓިއަށް އައިސްގެން އެއުޅެނީ ؟؟” ހަމަޖެހެމުން އަޔާން ފުރަތަމަ އަހާލީ އެހެންނެވެ. “އަޔާންއަށް ކީއްވަނީ ކޮންމެމީހެއް ވިޔަސް..” ޔާލް ދެބުމަ ގާތް ކޮށްލަމުން ވާހަކަދެއްކިއެވެ. “އެހެންވިއްޔާ އެ ޒާއިން ޔާލްގެ ފަހަަތުން ނުނެއްޓިގެން އެއުޅެނި ކީއްވެ؟؟ އަބަދު ޔާލްގެ ލޮަލަށް ބޮލަށް އަރާތަން ފެންނަނީ…” އަޔާން ދިޔައީ ފަހަރަކަށްވުރެ ފަހަރެއް ޔާލްއާއި ގާތްވަމުންނެވެ. “އަޖައިބެއް.. އަޔާން އަދިވެސް އަހަންނަށް ފާރަލަނީތަ…ކޮންކަމެއްތީ ދެން.. އަޔާންއަކަށް ނުޖެހޭނެ އަހަރެންގެ ލައިފްގަ ހިނގަ ކަންތަށްތަކާ ބެހޭކަށް… އެއީ އަޔާންއާ ބެހޭކަމެއް ނޫން.. އެހެން ނޫނަސް.. ” މިހިސާބަށް ބުނެވުނުތަނާ ޔާލްގެ ޖުމްލަ އިތުރަށް ފުރިހަމަ ނުވީ އަޔާން ކޮށްލިކަމަކުންނެވެ. އަޔާންއަށް އިތުރަށް ކެތް ނުވުމުން ޔާލްގެ ތުންފަތުގައި ބޮސްދެވުނީ އިހްތިޔާރުން ބޭރުގައެވެ. ހައިރާންކަމެއް ލިބުނުނަމަވެސް ޔާލްއަށް އެހަރަކާތުގައި ބައިވެވުނެވެ. 39 ސިކުންތު ވަރަކަށް ދިގުދެމިގެން ދިޔައިރު ދެމީހުންނަށްވެސް ދުރަސް ޖެހިލެވުނީ ނޭވައި ކޮޅަށް ދިއުމުންނެވެ. “ޑެމިޓް ޔާލް… ޑެމިޓް.. އައި ލަވް ޔޫ.. ”
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
95 Comments!
Comments are closed.




ahsalaam alaikum ☺so here’s the 10th part.. hope everyone will like it.. mistake thah faahaga kohdhehchey? insha allah next part soon ? luv u all readers ❤❤???
hei varah gina mistake ebahuridhw. sorry inge. nuvx kiyan up kohli iru.. 30 seconda jahanvi thankahvx eynee 39 jehifa??
btw, dhn faharakun kiyaafa up kurany. ☺?
Hehe its OK .. V salhi vahaka.. ??shanim hadha dhera vane ey dhw ??
thankyuu soo much dear.. ??? dhw asluvx ??
?????❤
varah reethi mistory,,,, mi saituga liyaa emme reethi 3 vaahaka thaku therey mivaahaka himeney..SJK…KOREAN….yaal. and ayaan, nooraa and shaanim, faizan and malha gulhunyma varah reethivaane….kihinehtha reethi idea annany , mivaahakige sifakurunthah varah reethi…waiting next part…
Thankyou soo soo much dear viroo???
Hehe dhn hama visnaalyma annany???
Keep waiting dear❤❤❤❤
Heheh .nice..shanim ah alhaalaane kuhejeh neithr?
Mee first dhw
yes dear u first??
SJK Kn irakun up khdheynyy waiting waiting
insha allah today evening! at 4 maybe??
Hei thanks avahah up khdhinyma. Ekam adhi nuvx kiyan kiyaalaafa adhi comment eh khlaanan ?❤
you’re most welcome???
Woow dhn kn irakun up khdheyny???❤❤❤
thankyuu soo much Nahu ??
insha allah soon ????
Nice
thankyou so much dear NAASY?????
v v reethi
thankyou so much dear rose????
Nice. Nimey than kolhu varah reethi
think next part will be nice
?thankyou so much dear yaal????
Very very nice…adhi eh part up kohlevidhaanrtha??..if u dont mind ..pretty plx..hm, u said ur sweet 16..u re 1yrs elder than meee..yaaahooo luv ya soo much lots and lots of ummwah 2u????❤❤❤kyp going????
?thankyou sooo much dear unknown girl?❤❤❤
hehe ehnthr??✌✌
hey dear i’ll try my best ingey..maybe up kohdheveynee.☺ hope u’ll understand?
lots of love ?????❤❤❤❤
zain haadha goahey, he doesnt deserve noo. noo and shanim gulhuvaba,then faizan and ayan kokko dhw gulheyni. varah reethi mi part ves <3 yal and ayan ge bai kiyaa hithun keh nulavaifi miharu <3 thankyou SJK, there are few grammar mistakes though, ekan rangalhu kohllima varah reethi vaane
thankyou soooo much annoying reader???
dhw zaain haadha goaheyy?
lets see dhw kihinehtho vany..
yes dhn faharakun insha allah rangalhu kohlaanan..thanks again❤❤❤❤
Wow. Exiting. Waiting for next part
thankyou soo much Avee ????
Alheyy haadha salhi eyy stry..thankolheh avahah up khdhehchey…can’t wait dhn vaane gotheh balailan..
thankyou soo much Yaloo ???? insha allah avahaa up kohladheynan???❤❤❤
V nice waiting forthe next part. Kon dhuvahaku 11 vana part up kohleveyvaru vaany.varah keth madhuvehjje 11 part fennane dhuvahakah☺
??thankyou soo much Mai ???? insha allah varah avahaa.. keep waiting deat???❤❤❤
Alhey …dhn thankoleh dhigu kohlinama…kiyaa hithun indhaa e nimunee…avahah up kohdhey thi plx sjk..lovs
hehehe alhey kurutha????
thankyou soo much Lam.. insha allah nxt part soon ??❤❤loves more
Alhey mihaaru story varah reethi vehje. And you r improving, sometimes mistakes annaane but don’t worry. Then liyaa faharaku ragalhu kurevey tho balaaney
??
thankyou soooo much shikaa. insha allah with the support of sweet readers like u, i’ll improve..?? ??❤❤??
Wowwww this story is awsome v v v reethi … ???????????
??
thankyou sooo much shaa?? ??❤❤?? loves
V REETHI…..???
thankyou soo much Rsh ?????❤
Vvv reethi. Kiyuntherin kiyaa hivvaa gothah vaahaka liyan hadhaan kurah chey.
vaahaka hadi ekey noon ingey mibuney
baeh liyuntherin handhaan nethey kameh veema
point recorded in the mind??thankyou soo much Mishi ?????❤
Wow??????
thankyou soo much shaya???❤❤❤
Hey SJK…39 min.hehehe.
Vvvvv salhi mi part vess dear…keep it up dear.
Waiting 4 next part..
***39 second***
hey friends??
hehehe actually its 30 seconds???
thankyou sooo much dear????❤??
Awwwh…. Varah nice
thankyou soo much limsha??❤❤❤
Wow. Story vvv reethi ingey. Nuliyevey varakun liyan nuulhey thi. Eyrun mistakes gina vedhaane ly sjk tc
yes dear… ☺☺thankyou soo much neekko??❤❤❤ ly more.. tc??
Adhi 1 part mirey genesdhyba plx
i’ll try my best dear.. kohdheynamekey nubuneveyne dhw. eyrun nukohdhevijjiyya dhogakannu vaany.. so try kuraanan ingey????❤❤❤
Wowowowow..❤???
Hama speechless….?♥✨
Finally… Loabi vaa vaahaka bunefi dhw…. ??
I am soooo happy..?
Dhn Yaal ves bunebala..??
Zaain yaal aa dhuruga hurebala…???
You are soooo Brilliant. ??
Masha Allah…?❤❤✨
Alhe mirey 1 part up kohdheeba plx plx plx..??
Sooo curious…??
All the best girl….♥♥♥♥✨
Love you….?❤❤✨
THANKYOU SOOOO MUCH DEAR MINNIE ???
yeah dhn ingidhaanethaa dhw yaal hadhaa gothehvx.. lets see???
i’ll try my best dear☺☺
love u more❤❤????
Wowwww.. Jst wowww.. Maasha allah.. Vvvvvvv salhi.. I jst luv this part.. ??Hehe.. Avahah nimidhaanethy laslahun kyvx.. Waiting for the next part.. Plxx avahah upkohdhehchey.. Luv u dear.. ❤❤
THANKS A LOTT MY DEAR NAU… ??
hehehe ehndhw ?
yes insha allah avahah up kohladheynan??
love u more?????❤❤❤
Great. Story mihaaru varah reethi. Can’t wait for the next part
thankyouu sooo much yalaa ?????❤
Can’t wait to read the next part… Love this story ??
Story reethi kamun mihaaru dhiha faharah vure ginain kiyehje. So nicee
thankyouuu soo much niaa ????❤?
Masha Allah…vvvv salhi…
thankyouuu soo much humey????❤?
Pls next part mirey… so curious to read this stry always am checking hama up wi thw ❤❤
i’ll try inge. thankyouuu soo much ithu????❤?
I love you too ayaaann ???? Hama habbu mi part vx.. sjk, you are so goood ??❤
hey ramko love ?
hehe yaal ge badhalu dhw ly2 ey thibuny??
THANKYUU SOO MUCH DEAR????❤?LOVES ❤❤??
Yey. At last. Vaahaka varah salhi. One more part genes dheyn veenu. To night ga. And my friend eh salaam buni sjk ah ly and tc
aww ?? Sjk ge vx varah gadhayah salaam ingey e friend akah ??
i’ll try inge..☺☺
THANKYUU SOO MUCH DEAR????❤?LOVES more?
Hey SJK love.??
Hw r u????
Mi vaahaka varah reethi.. abadhuvx kiyaahithun innanee. Wish you All 5he best dear??ly?❤❤
hey awa love??
just great . hows u?????
THANKA A LOTT LOVE ??❤❤?? LOVES MORE
Hellowww! ?❤️ Varah reethi mi vaahaka.. and yayy ayaan buny dhw yaal kairy loabivaa vaahaka ? very excited for next part.. LY ???
Wow sjk, molhu igey.. Masha Allah.. Thi ibaaraah kurumaa n sifa kohdhinumah hama ahssaribahaa saabas dheyhaavey.. Ehaaves rythi vefa furihama.. Hama mulhin kosvehje.. Thy v molhu vaahaka liyun theriakah vaane kuhjehkan hama yagyn.. Ehaaves molhu.. Masha Allah..
hey shinn?
really really happy to see ur comment?
THANKYOUU SO SO SO MUCH DEAR. ??????❤❤
varah ufaavey thihaa support dheythee ???
loves??
OH SJK…….. l love this part Vvvvvvvvvvvvvvvv much ly dear????
Vrh lowbii waiting 4 the nxt prt …
Thankyou so much sinaa❤???
Yeyyy ayaan ah loabi vaa vaahaka bunevijje dhw yaal kykey baa bunaani so interesting?vvvv salhi mi part ves?waiting for the next part! LY??
Thankyou soo much Nish❤??? ly more❤
Mi alah ky vaahaka eh v v salhi nimey than v romantic dhen vaa goyy balan v avaha beynun??
Thankyou soo much Inaa❤???
Woww sjk story Hama habeys ??????
BTW Ayaan and Yaal gulhuvaba pls
Anyways good night ? Sweet dreams
LYSM ????
GUD MORNING ?Thankyou soo much PRINCESS AFU ❤???
Hehe lets see emyhunnah vany kihineh tho??
Ly more ??❤❤
alhey ehaa kiyaahithun indha e nimuny..vv reethi mi story..keep it up
Thankyou soo much aishuuu❤??? ehaa kiyaa hithun mi story kiyaalaa thy v happy???
alhey adhi kiriyaa story kiyevaru mivy.. finally ayaan confessed his love for yaal… this is so awesome.. zaain jealous kollachey.. v majaa vaane dhw.. Maasha Allah mi part ves hama fab.. keep it up 😀 loveeeeeess
Hehe ?? yeah.. Finally!!!
Thankyou soooo much dear??
Dhn zaain ah vaa gotheh
Hehe ?? yeah.. Finally!!!
Thankyou soooo much dear??
Dhn zaain ah vaa gotheh vx engidhaanethaa dhw??
Loves ss more??❤❤❤
Vvv nice story☺☺ eagerly waiting for next part… ❤❤❤❤ keep it up☺
thankyuu so much firoo??❤❤
thankyuu so much firoo???❤❤
Good going grl?
Vahaaka v habeys?
Mistakes thah madhukohlahchey⚪⚫??
Inthizaaruga ??
thankyuu so much dear ?????? yes dhn faharakun insha allah
OMG ending was so beautiful????hama korean drama ehge thankolheh hen heenavi varah furihama… next part thankolheh avahah up kohdhehcheyy??
hehe ??thankyuu so much dear ?????? yes nxt part today.. at 4 i think??