Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ކުށްވެރި ލޯބި 4 (ފަހުބައި)

Her Level 1
November 21, 2017 6 Mins Read
17 Comments

**********3 މަސް ފަސް**********

މިއަދުމީ ބޮޑު ދުވަހަކަށް ވާނެއެވެ. މިއަދަކީ އިޒާން އަހަރެންގެ އާއިލާ އާއި ބައްދަލު ކުރަން އަންނަ ދުވަހެވެ. ވަގުތު ކައިރިވި ވަރަކަށް އަހަރެން ދިޔައީ ހާސް ވަމުން ނެވެ. ނަމަވެސް މަންމަ މެންގެ ޖަވާބާއި ދޭތެރޭ އަހަރެން ޝައްކެއް ނުކުރަމެވެ. އަހަރެން ބޭނުން ހުރިހާ ކަމެއް ކޮށްދޭއިރު އަހަރެންގެ އުފަލަށްޓަކާ އިޒާން އާއިވެސް ރުހޭނެކަން ޔަގީނެވެ.

*****************************

ހެދުން ރީތި ކުރަމުން އަހަރެން ސިޑިން ފައިބައިގެން އައީ މަންމަމެން ނަށް ގޮވަމުންނެވެ. އަހަރެންގެ ހަރަކާތަށް މަޑު ޖެހިލުމެއް އައީ ގޭގެ ބޮޑު ދޮރު ހުޅުވާލާފައި އެތެރެއަށް ވަން އިޒާން ފެނިފައެވެ. ކޮން ފަދަ ރީތި ކަމެއް ހެއްޔެ؟ ކަޅު ކުލައިގެ ގަމިހަކާއި ކަޅު ކުލައިގެ ސްކްނީ ލާފައި ހުރި އިރު އިސްތަށި ގަނޑު ހުރީ އާ ގޮތަކަށް ހިއްލާލާފައެވެ. “ކަރަންޓުގަ ޖެހިފަ؟ ޕްލަސް ވާއު. ޔޫ ލުކް ހޭންޑްސަމް.” އެންމެ ފުރަތަމަވެސް އިޒާން އަހަރެންނާ ދިމާލަށް އެއްޗެކޭ ބުނުމުގެ ކުރިން އަހާލީމެވެ. އަހަރެމެންގެ ކަމަކީ އަބަދު އެކަކު އަނެކަކާ ދިމާކޮށް ތޮޅުމެވެ. ދެމީހުންވެސް އެންމެ އެކްސްޕާޓީ އެކަމަށެވެ. “ހޯން. ތިހެން ބުނާ މީހާ ވަރަށް ރީއްޗޭ. ރަނގަޅަށް ވިއްޔާ ލިޕްސްޓިކް ވެސް ކައިގެން އެއައީ. ޕްލަސް ސީރިއަސްލީ؟ ޔޫ ތިންކް އައި ލުކް ހޭންޑްސަމް؟” އަހަރެންގެ އުނނަގަނޑު ގައި ހިފާ ކައިރި ކޮށްލަމުން އިޒާން އަހަރެން ބުނެލިހެން ބުނެލިއެވެ. “އުނހު. މީ ހަމަ ނެޗްރަލް ބިއުޓީ.” ދަތްޕިލަ ދައްކާލަމުން އަހަރެން އެހެން ބުނި އިރުވެސް މުޅި ތުންފަތް ފުރާ އޮތީ ގަދަ ރަތް ކުލައިގެ ލިޕްސްޓިކެވެ. “އެންޑް ނޯޕް. ހޭންޑްސަމްއޭ ބުނީ ހަމަ އެކަނި އަހަރެންނަށް އެހެން ކިޔަން އިނގޭކަން ދައްކާލަން ވެގެން.” “ހެހެ. އިނގޭތަ ދޮގު ހަދާއިރު ތި ދަތްތައް އެބަ ދިގުވާކަން؟” އަހަރެންގެ މޫނާއި އިޒާންގެ މޫނު ކައިރި ކުރަމުން އޭނާ އަހާލިއެވެ. މަންމަމެން ކޮޓަރި ދޮރު ހުޅުވުނު އަޑާއި އެކު ކުއްލިއަކަށް ދެމީހުން ދުރަށް ޖެހިލީމެވެ. ދެމީހުންގެ ކޯޅުން ގަނޑާ ހެދި އެންމެފަހުން ރޮމޭންޓިކް ވަގުތު ކޮޅެއްވެސް ނުލިބުނެވެ. މަންމަ އާއި ބައްޕަ ސޯފާގައި އިށީންނަން ދަމުން އިޒާން އަށް ގޮވާލިއެވެ. އަހަރެން އިޒާންގެ ފަހަތުންގޮސް މަންމަ ކައިރީ އިށީނީ ލަދުގަނެފައެވެ. “ރޯޒީ. އިޒާންއަށް ބޯނެ އެއްޗެއް ގެނެބަލަ.” ގޭގައި މަސައްކަތް ކުރަން ގެނެސްފައި ހުރި ބޭރު މީހާއަށް ގޮވާލަމުން މަންމަ ބުނެލިއެވެ.

ބައްޕަ އިޒާން އާއި އޭނާގެ ދިރިއުޅުމާއި އާއިލާއާއި ބެހޭ ގޮތުން ސުވާލު ކުރިއެވެ. އަހަރެންނަށް އިހުސާސް ކުރެވުނީ މީ އިންޓަރވިއު އެކޭއެވެ. ބައްޕަ އިޒާންގެ އާއިލާއާއި ބެހޭގޮތުން އެހުމުން އިޒާން ބައްޕައަށް އޭނާގެ ފޯނުން ފޮޓޮއެއް ދައްކާލިއެވެ. އިޒާން ބައްޕައަށް އެ ފޮޓޯގައި ތިބިމީހުން ކިޔައި ދެމުން ދިޔައިރު ބައްޕަގެ މޫނު މައްޗަށް އަރާ ފައިބަމުން ދިޔަ ކުލަތައް އަހަރެންނަށް ވަރަށްވެސް ރަނގަޅަށް ފެނުނެވެ. ބައްޕަ ފޮޓޯ ބަލާނިންމާފައި މަންމަ އާއި ދިމާލަށް ބަލާލީ ހާސްކަމުގެ ނަޒަރަކުންނެވެ. އަހަރެންނާއި އިޒާން ތިބީ މޫނު މަތީގައި ސުވާލު މައިކެއް ޖަހައިގެން މި ވާގޮތެއް އިނގެން ބޭނުން ވެފައެވެ.

ކޮޅިގަނޑެއްގެ ވައި އަންނަކަން ފުރަތަމަ ފަހަރަށް އިހުސާސްވިއެވެ. ނަމަވެސް ކުޑަ ކުއްޖެއް ފަދައިން ބަސްއަހައިގެން އިނީ ހުރިހާކަމެއް މަންމަ މެންގެ އަތް މައްޗަށް ދޫކޮށްލާ އޯލް އިޒް ވެލް އޭ ހިތަށް އަރުވަމުންނެވެ. އިރު ކޮޅެއްގެ ހިމޭން ކަމަކަށްފަހު މަންމަ ބޯޖަހާ ލުމާއި އެކު ބައްޕަ ބުނި ވާހަކަ އަކުން އަހަރެންނަށް ހީވީ މީހަކު އަހަރެންގެ މޫނު މަތީ އެއްޗަކުން ޖެހިހެންނެވެ. މުޅި ދުނިޔެވެސް ހުއްޓުނު ކަހަލައެވެ. ހިތް އަވަސް ވެފައި އިނދެ އިންތިޒާރު ކުރެވެމުން ދިޔައީ “އެ ދޮގެއް. އެއީ ދަރިފުޅު މެންނަށް ވާގޮތެއް ބަލާލަން ބުނި އެއްޗެއް.” އެހެން މަންމަ މެން ބުނާނެ ވަގުތަކަށެވެ. ނަމަވެސް ކުރު އިންތިޒާރު ނިންމާލަން ޖެހުނީ ބައްޕަ ބުނި ވާހަކަ އަނެއްކާވެސް ތަކުރާރު ކޮށްލުމުންނެވެ. “މި ކައިވެނި ކުރެވޭކަށް ނެތް. ދެން އެންމެ ރަނގަޅީ އިޒާން ދިޔައިއްޔާ. ދެން ރަނގަޅުވާނީ ތި ދެމީހުންގެ މެދުގައި ކަމެއް ހިނގިކަން ހަނދާން ނައްތާލާ އަމިއްލަ ހަޔާތައިގެން ކޮންމެ މީހަކުވެސް ކުރިއަށް ދިޔައިއްޔާ.” ބައްޕަގެ ވާހަކަ ނިމުމާއިއެކު އަހަރެން ހިފަހަށްޓަމުން ދިޔަ ކަރުނަތައް މަންޒިލެއްނެތި ކޯތާފަތް މައްޗަށް ފައިބައިގެން ދިޔައެވެ.

އިޒާން ދާންތެދުވުމާއި އެކު އަހަރެން ދުވެފައި ގޮސް އިޒާންގެ އަތުގައި ހިފެހެއްޓީމެވެ. “ޝިޒް މަންމަ މެން ބުނާ އަޑު އަހާބަލަ. މިގުޅުން އިތުރަށް ދެން ކުރި އަކަށް ނުގެންދެވޭނޭ. އަހަރެން މީހުން ބުނާ އަޑު އަހަން މައިން ބަފައިންގެ ރުހުމާއި ނުލާ ކުރާ އެއްވެސް ކަމެއްގައި ބަރަކާތެއް ނުވާނޭ. އެހެންވީމަ އެންމެ ރަނގަޅު ގޮތަކީ ދެމީހުން ދުރުވުން.” އަހަރެންގެ އަތް ނައްޓުވަން މަސައްކަތް ކުރަމުން އިޒާން ބުނެލިއެވެ. އޭރުވެސް އެފުން ދެލޮލުން ފެއްނަނީ އިންތިހާ ދަރަޖައިގެ ހިތާމައާއި ވޭނެވެ. އެވަރުންވެސް އަމިއްލަ އިހުސާސްތައް ފޮރު ވަމުން ބެލީ އަހަރެންނަށް ވިސްނައި ދެވޭތޯއެވެ. މަޑުމަޑުން އަހަރެން އިޒާން ގެ އަތުން ދޫކޮށްލުމުން އޭނާ މަންމަ މެންނަށް ބަލާލުމަށް ފަހު ގެއިން ނިކުމެގެން ދިޔައެވެ.

އަހަރެން ރޮމުން ރޮމުން ބައްޕައާއި ދިމާލަށް ބަލާލި އިރު ބައްޕަ ހުރީ އިސްޖަހައިގެންނެވެ. ތަށި މުށިތައް މައްޗަށް ވެއްޓެމުން އަހަރެންނަށް އަޑުން އަޑު ނަގާ ބާރަށް ރޮއެ ގަނެވުނެވެ. ލޯބި ބީވުމުން ވާ އިހުސާސް ކިރިޔާ އިނގެން ފެށީއެވެ. މަންމަ އައިސް އަހަރެން ނަގާ ސޯފާގައި ބޭންދިއެވެ. މިހާވަރު ވި ފަހުން އަހަރެން އަލަށް މިހެން ރޯތަން ފެނުމުން މަންމަ ވެސް އިނީ ފެންކަޅި ވެފައެވެ.

އަހަރެން ކަރުނަތައް ފޮހެލުމަށް ފަހު ރުޅިވެރި ނަޒަރަކުން ބައްޕައާއި ދިމާލަށް ބަލާލަމުން ސުވާލު ކޮށް ލީމެވެ.”ކީއްވެ؟ ކީއްވެ ނޫނެކޭ ބުނެ ތި އިޒާން ފޮނުވާލީ؟ ލޯބިވާ ބަޔަކު ދުރުކުރީމަ ވާ އިހުސާސް އިނގޭތަ؟” “އާނ. މިދުނިޔޭގަ ތި އިހުސާސް އެންމެ ރަނގަޅަށް އިނގޭ އެކަކުމީ. އަޑުއަހާ. މިއަދު ދަރިފުޅަށް ހުރިހާ އެއްޗެއް ވެސް ކިޔައިދޭނަން.” ބައްޕަ ލޯފޮހެލަމުން ބުނެލި އެއްޗަކުން އަހަރެން ހައިރާން ވިއެވެ. މި އާއިލާގައި އެ ބުނަން އުޅޭ ކަހަލަ ސިއްރު ހުންނަ ކަމެއް އަހަރެން ނަކަށް ނޭނގެއެވެ.

“އެއީ މީގެ ތޭވީސް އަހަރު ކުރި. ވިޔަފާރި ދަތުރެއް ގައި ބައްޕަ ދިޔައީ ދަރިފުޅުގެ މަންމަ ގެ ރަށަށް. ގޮސް އުޅުނު އިރު ބައްޕައާއި ދިމާވީ އިޒާންގެ މަންމަ ޝަރުމީލާ އާ. އޭރު ދަރިފުޅުގެ މަންމަ އާ އިޒާންގެ މަންމަ އަކީ ބެސްޓް ފްރެންޑުން. ބައްޕަ އެރަށުގައި ހުރި އިރު އެންމެ ފުރަތަމަ ލޯބީގެ ގޮތުން ގުޅުނީ އިޒާންގެ މަންމައާ. ދެމީހުންނަށް ވެސް ވެވުނު ލޮއެއްބެއްގެ ސަބަބުން ނުކުރަންވާ ވަރުގެ ކަންތައްތައް ކުރެވުނީ. އިޒާންގެ މަންމަ ބައްޕަ ކައިރި އޭނަ ބަނޑު ބޮޑު ވާހަކަ ބުނުމުން ބައްޕަ ދިޔައިން އިޒާން މަންމަގެ ބައްޕަ ކައިރިއަށް އިޒާންގެ މަންމަ އާ އިންނަން ވަލީ ހޯދަން. އެކަމަކު ކައިވެނި އޮތީ ހަމަޖެހިފައޭ ކިޔާފަ ވަލީ އެށް ނުދިން. ބައްޕަ ހުރީ އާއިލާ އާއި ދެކޮޅަށްވެސް އޭނަ އާ އިންނަން ތައްޔާރަށް އެކަމަކު މައިން ބަފައިންގެ ރުހުމާއި ނުލާ ކުރާ އެއްވެސް ކަމެއްގައި ބަރަކާތެއް ނުވާނޭ ބުނެ އޭނާ އެކަމާ އެއްބަސް ނުވީ. ދެން ޝަރުމީލާ ބައްޕަގެ ކިބައިން އެދުނީ ދަރިފުޅުގެ މަންމަ އާ ކައިވެނި ކުރަން. އެހެންވެ ބައްޕަ ދަރިފުޅުގެ މަންމައާ އިނީ. ބައްޕަ މަންމަ ގޮވައިގެން މާލެ އައުމާއިއެކު ދެކުދިންގެ މަންމަމެންގެ ދުވަސްވީ ރަހުމަތްތެރިކަން ނެތިގެން ދިޔައީ.” ކުރު ގޮތަކަށް ބައްޕަ ބައްޕަމެންގެ މާޒީ އިން ހިރަފުސް ފޮޅާލި އިރު ބައްޕަ އަށާއި މަންމަ އަށް ވެސް ތިބީ ރޮވިފައެވެ. “ދަރިފުޅާ ބައްޕައަށް މާފު ކުރޭ.”

“ހޯން. ތީގަ ކޮބާތަ މައްސަލައަކީ؟ ބައްޕައާ އިޒާންގެ މަންމައާ ދެމެދުގައި ކަމެއް ހިނގިއޭކިޔާފައި ޖެހޭތަ އަހަރެމެންނަށް އަސަރު ކުރަން؟ އޭނ؟” ވެފާހުރި ދެރައާއި އައިސް ފައިވާ ރުޅި އެއްގެ ސަބަބުން ދުވަހަކުވެސް މަންމަ މެންނާ ވާހަކަ ނުދައްކާ ގޮތަކަށް އަހާލީމެވެ.

“އިޒާން އަކީ ދަރިފުޅުގެ އެއްބަފާ ބޭބެއޭ.” މަންމަ އަށް ކެތްނުކުރެވިގެން ބާރަށް ރޮއެގަންނަމުން ބުނެލިއެވެ. “މަންމަ އާއި ބައްޕައާ ކައިވެނި ކުރި ދުވަހު ޝަރުމީލާ އާ ހާފިޒް އާވެސް ކައިވެނި ކުރީ. ޝަރުމީލާ ކައިވެނި ކުރުމުގެ ކުރިން ހާފިޒް ކައިރި ބުނި އޭނާ ދަރިފުޅުގެ ބައްޕަގެ ދަރިއަކަށް ބަނޑު ބޮޑު ވާހަކަ. އެކަމަކު ހާފިޒް ޝަރުމީލާ ދެކެވާ ލޮއެއް ބަކުން އެ ކުށަށް މާފުކޮށް އެ ދަރިފުޅުވެސް އަމިއްލަ ދަރިއެއް ފަދައިން ބަލާނެ ކަމަށް ވައުދުވެފަ ކައިވެނި ކުރީ. ހާފިޒް ހަމަ އެކަނި ކަނޑައެޅި ޝަރުތަކީ ދުވަހަކުވެސް އިޒާން ކައިރި އޭނާ އަކީ އިޒާންގެ އަސްލު ބައްޕަ ނޫން ކަމަށް ނުބުނުން. ޝަރުމީލާ އެކަމަށް އެއްބަސްވި. އޭގެ ފަހުން ޝަރުމީލާއަށް އިޒާން ލިބުމުން އެއްވެސް މީހަކަށް ނޭނގި އެމީހުން އަލުން ކައިވެނި ކުރީ ކުރިން ކުރި ކައިވެނި ސައްހަ ނުވާނެތީ. އަހަރެންނަށް މިހުރިހާ ވާހަކައެއް ކިޔައިދިނީ އޭރު އަހަރެމެންނާ އެއްކޮށް އުޅުނު އެހެން ކުއްޖެއް. އަހަރެން މާލެ ބަދަލު ވި ފަހުން ޝަރުމީލާ ގެ އެންމެ ގާތް ރަހުމަތްތެރިޔާ އެއީ. އަހަރެމެން ދިމާވީ މީގެ މަހެއްހާ ދުވަސް ކުރިން ފިހާރަ އަކުން.” މަންމަ ވާހަކަ ނިއްމާލީ އަހަރެންގެ ހިތުގައި އުފެދުނު ސުވާލުގެ ޖަވާބު ދެމުންނެވެ.

މަޑުމަޑުން ސޯފާއިން ތެދުވެގެންގޮސް ކޮޓަރިއަށް ވަނީމެވެ. އޭރުވެސް މަންމަމެން ސޯފާގައި ތިއްބެވެ. ކޮޓަރިއަށް ވަދެ ދޮރުލައްޕާ ތަޅުލުމާއި އެނދުމައްޗަށް ވެއްޓި ރޯންފެށުން ދިޔައީ ދާދި އެކު އެކީގައެވެ. މީ ކޮންކަހަލަ ދުނިޔެއެއް ހެއްޔެ؟ ކޮންމެ މީހަކުވެސް ހަޔާތުގައި ބޭނުންވަނީ މުއްސަނދި ކަމެވެ. ނަމަވެސް މި މުއްސަނދިކަމުން ކުރާ އެއްވެސް ފައިދާ އެއް ނެތެވެ. އަހަރެންގެ ލޮލުން އަންނަމުން ދިޔަ ކަރުނައިން ބާލީސް ތެންމަމުން ދިޔައެވެ. އަހަރެންނަށް ނިދުނީ ވެސް ރޯލަ ރޯލާ އޮށްވައެވެ.

******1 އަހަރާއި 6 މަސް ފަސް******

އަހަރެންނަކީ އައިޖީއެމްއެޗް ގައި މަސައްކަތް ކުރަމުންދާ ހީވާގި ޑޮކްޓަރެކެވެ. އަހަރެން އިޒާންގެ ހަނދާންތަކާއިއެކު ދުވަސްތައް ވޭތު ކުރަމުން ދިޔައީ އެހެން މީހުންނަށް އެކަމުގެ އަސަރެއްވެސް ދައްކާ ނުލައެވެ. އިޒާންވެސް ވަނީ މިހާރު މީހަކާއި އިނދެ އާހަޔާތެއް ފަށާފައެވެ. އަދި މީގެ ހަތް ދުވަސް ކުރިން އިޒާންއަށް ވަނީ ލޯބި ލޯބި އަންހެން ކުއްޖެއްވެސް ލިބިފައެވެ. ކުރިއަށް ނުދެވިފައި ހުރީ ހަމައެކަނި އަހަންނަށެވެ. “ހޭއި. އިޒާންގެ ދަރިފުޅަށް ކިޔަނީ އައިނާ އިބްރާހިމް އިޒާން.” މިއަދު ބަލަން ހަމަޖެހިފައިވާ ޕޭޝެންޓުންގެ ނަންބަރުތައް މާދަމާއަށް ހަމަޖައްސަ ދޭށޭ ބުނަން އަހަރެން ކައުންޓަރު ކައިރިއަށް ދިޔަ ވަގުތު އެތާހުރި ރިޔާޝާ އަހަރެންނާ ދިމާލަށް ބަލާލަމުން ބުނެލިއެވެ. ރިޔާޝާ ވެސް މިހާރު މަސައްކަތް ކުރަނީ އައިޖީއެމްއެޗްގައި ޑޮކްޓަރަކަށެވެ. ރިޔާޝާ ބުނެލި އެއްޗަކުން ޝޮކެއް ލިބުނު ކަމުގައިވި ނަމަވެސް އެކަން ފޮރުވަން ހިނިތުން ވެލަމުން އެހެންހޭ ބުނެލީމެވެ. “ނިންމާފައި ގެއަށް ދިޔުމުގެ ކުރިން ދިމާ ވަށްޗޭ. އިންނާނަން ރޫމްގަ.” އަހަރެން ކުރަން އައި ކަންތައް ކުރުމަށްފަހު އެނބުރި އަހަރެންނަށް ހާއްސަ ކުރެވިފައިވާ ކޮޓަރިއަށް ދިއުމަށް ހިނގައި ގަންނަމުން ރިޔާޝާ ކައިރި ބުނެލީމެވެ. ކޮޓަރިއަށް ގޮސް ވަނުމާއިއެކު އަހަރެން ހިފަހައްޓައިގެން ހުރި ކަރުނަތައް ދޫކޮށްލީމެވެ. އިޒާން އޭނާގެ ދަރިފުޅަށް ކީ ނަމުން އަދިވެސް ދޭހަވަނީ އޭނާ އަހަރެން ދެކެ ލޯބިވާކަމެވެ. އެއީ އައިނާ އަކީ އަހަރެންނަށް ރީތިވެގެން އަހަރެމެން ދެމީހުންނަށް ލިބޭ އަންހެން ކުއްޖަކަށް ކިޔަން ކަނޑައެޅިނަމެކެވެ. އޭރު އެއްގޮތަކަށް ވެސް ދިރިއުޅުން މިހެން ބަދަލު ވެދާނެ އެކޭ ހިތަކަށް ނާރައެވެ. އަހަރެންގެ ހިތުގައި އެވަގުތު އެނބުރެން ފެށީ އަހަރެންގެ ހަގީގަތް އިނގުމުން އިޒާންއަށް ވާނެގޮތެކެވެ. ހަމަ ޔަގީނުންވެސް އޭނާ ކައިރި އެ ހިތި ހަގީގަތް ބުނާނެ މީހަކު މިދުނިޔެއަކު ނުވާނެއެވެ.

އިރު ކޮޅަކު އެހެން އިނދެލުމަށްފަހު އަހަރެން ގަނޑެއް ނަގާ ލިޔަން ފެށީމެވެ. “އައި ކޭންޓް ޓޭކް ދިސް އެނީމޯރ. ފޮގިވް މީ. އައި ވޮނަ ޑައި. މަންމަ އާ ބައްޕަ އާދެކެ ވަރަށް ލޯބިވޭ. މި ބަދު ނަސީބު ދަރިފުޅަށް މާފު ކުރޭ.” އިތުރަށް ލިޔަން ކެތްނުވުމުން ހުއްޓާލީމެވެ.

ރިޔާޝާ އައުމާއި އެކު އެ ގަނޑު ކޮޅު އަހަރެންގެ މަންމަމެންނާ ހަވާލު ކުރުމަށްއެދި އަހަރެން އޭތި ރިޔާޝާ އަތަށް ދިނީމެވެ. އަދި ރިޔާޝާ ގައިގާ ބައްދާލުމަށްފަހު ދިއުމަށް އެދުނީމެވެ. ރިޔާޝާ އަހަރެންނަށް ބަލާލުމަށް ފަހު ނިކުމެގެން ދިޔައީ އިފް އިޒާންގެ ކަންތައް ވިއްޔާ އޯކޭ. ޓޭކް ޔުއަރ ޓައިމް އޭ ބުނެފައެވެ.

ލެބޯޓްރީއަށްވަދެ އެތަނުން ކެމިކަލްފުޅިއެއް ނަގާ ދެލޯމަރާލުމަށް ފަހު ބޯލީމެވެ. އެއީ ކޯއްޗެއްތޯވެސް އަހަރެން ބަލައެއް ނުލަމެވެ. މަރުވާން އުޅޭ މީހަކު ކޯއްޗެއް ބަލާކަށް ހެއްޔެ؟ އަހަރެން ބިމަށް ތިރި ވަމުން ދިޔަ ވަރަކަށް ތަންތަން ފުސްވާން ފެށިއެވެ. އެވަގުތު ކައިރިން ބަޔަކު ވާހަކަ ދައްކާ އަޑުއިވުނެވެ. ދެންވީ ގޮތެއް އަހަރެންނަކަށް ނޭނގުނެވެ.

ދެލޯހުޅުވާ ލެވުނު އިރު އަހަރެންނަށް އޮވެވުނީ އައިސީޔޫ ގައެވެ. ހަމައެކަނި އިވެނީ އަހަރެންގެ ހަށިގަނޑަށް ގުޅާފައިވާ މެޝިންތަކުގެ އަޑެވެ. ކައިރީގައި އިން މަންމަ ފެނުނީ ރަނގަޅަށް ލޯހުޅުވާ ބަލާލުމުންނެވެ. “ދަރިފުޅާ ކީއްވެ؟ ކީއްވެ އަމިއްލަ އަށް މަރުވާން މަސައްކަތް ކުރީ؟” އަހަރެން ހޭ އެރިކަން އިނގުމުން އެންމެ ފުރަތަމަ ވެސް މަންމަ ރޮމުން ޝަކުވާ ކޮށްލިއެވެ. އެއްޗެއް ބުނަން އަނގަ ހުޅުވާލި އަހަންނަކަށް ވާހަކަ އެއް ނުދެންކުނެވެ. ވީގޮތް މަންމަ އަށް އިހުސާސްވުމާއި އެކު މަންމަ ދިޔައީ ޑޮކްޓަރަށް ގޮވާށެވެ. ޑޮކްޓަރު އައިސް އަހަރެން ބެލުމަށްފަހު ބުނީ ފަހަރެއްގާ ދެން އަހަރެން ނަށް ވާހަކަ ނުދެއްކިދާނެކަމަށެވެ. “ވާހަކަ ދެއްކޭނެ އޮތީ އެންމެ ގޮތެއް. އޮޕަރޭޝަނެއް ކުރަން ޖެހޭނީ. އެކަމް އެއީ ފިފްޓީ ފިފްޓީ ގެ ކަމެއް. އެ އޮޕަރޭޝަން ކޮށްގެން ވާހަކަ ނުދެއްކިއްޖެއްޔާ ދެން ދުވަހަކުވެސް ވާހަކަ އެއް ނުދެއްކޭނެ. އައި އޭމް ސޮރީ.” ޑޮކްޓަރުގެ ވާހަކަ ނިމުމާއި އެކު މަންމައަށް ރޮވެން ފެށުނެވެ.

އޭގެ ދެދުވަސް ފަހުން އަހަރެން ގެއަށް ދޫކޮށް ލެވުނެވެ. މަންމަ މެން ތައްޔާރު ވަމުން ދިޔައީ އޮޕަރޭޝަން ކުރުމަށްޓަކާ އިންޑިއާއަށް ދާށެވެ. އެކަމަކު އަހަރެން ރަނގަޅު ވާކަށް ބޭނުމެއް ނޫނެވެ. އަހަރެންނަށް ވެވުނު ކުށްވެރި ލޮއެއްބެއްގެ ސަބަބުން އަހަރެންނަށް މި ދުނިޔޭގައި އުފަލެއް ނެތެވެ. ދުނިޔޭގައި އުފަލެއް ނެތް އިރު މި ގޮތް ވެސް ރަނގަޅެވެ.  ދުނިޔެއަށް އަހަރެންނާއި އިޒާންމީ ކޮންމެ ބައެއް ކަމުގައިވިޔަސް އަހަރެންގެ ހިތުން އިޒާންއަށް ދެވުނު ޖާގައަކީ އެހެން މީހަކަށް ދެވޭނެ އެއްޗެއް ނޫނެވެ. އެރޭ އެ ޕާޓީއިން އަހަރެމެން ދެމީހުން ދިމާ ނުވިނަމަ ކިހާ ރިނގަޅު ހެއްޔެ؟ ހިތާމައެއް ނެތި މުޅި އުމުރަށްވެސް އުފަލުގައި އުޅެވުނީހެވެ. އަހަރެންގެ އުފާވެރި ހަޔާތަށް ނިމުން އައީ ހަމަ އެ ކުށްވެރި ލޯބީގެ ސަބަބުންނެވެ.

-ނިމުނީ-

Share Article

Follow Me Written By

Her

Level 1

Other Articles

Previous

އެހެނަސް ހަމަ ލޯތްބޭ ވެވެނީ (ދިހަވަނަބައި)

Next

ހިތް މިއެދޭ ސޫރައޭ ތީމަގޭ (10 ވަނަ ބައި)

Next
November 21, 2017

ހިތް މިއެދޭ ސޫރައޭ ތީމަގޭ (10 ވަނަ ބައި)

Previews
November 21, 2017

އެހެނަސް ހަމަ ލޯތްބޭ ވެވެނީ (ދިހަވަނަބައި)

17 Comments!

  1. Meesh says:
    November 21, 2017 at 3:33 pm

    Ehaa eh noon

    1. Her says:
      November 21, 2017 at 3:51 pm

      Reason bunela dheeba? Eyrahh Improve kuran masaiikaii kuraanan.. Thnk you…

    2. Meesh says:
      November 21, 2017 at 5:20 pm

      Reethi ekam adhi ves bodah emotion genes dhenvy.. Luvs.. ☺❤

    3. Meesh says:
      November 21, 2017 at 5:21 pm

      Dhen ninmmun ufaaverikon genaima gina readers attract vaany

  2. Shaa says:
    November 21, 2017 at 3:46 pm

    Mi story ge nimun v v kada ixaan ahves hageegaiy engun muhinmu dw v kada nimumeh

    1. Her says:
      November 21, 2017 at 3:49 pm

      Dhn liyaa stwrii ehga nihmun rangalhu kohlewey thw balaanan.. Thnks..

  3. Her says:
    November 21, 2017 at 3:47 pm

    Assalaamu Alaikum.. I am really Swrii for the delay.. I have no excuse.. Anyway stwrii nihmaalyy mign.. Let me know how it is.. I know ehaa kuru kuru stwrii eh v ma kamu nugos dhaane faharehhga..
    Nd Once again um really really swrii… Tc.. Ly.. ❤?

    1. Alisha says:
      November 21, 2017 at 11:44 pm

      Alhey then she can’t talk that??? ??????????????????

    2. wawa says:
      November 21, 2017 at 11:50 pm

      Alhey ending is not very very dhw….. But also nice for example you can write what happen she dhw… If she can talk or not And when did we see you’re other story hope we will see the other story very soon
      Wish you all the best ???✋?

    3. lai says:
      November 21, 2017 at 11:52 pm

      There is some grammar mistakes ??

  4. bodu varu says:
    November 21, 2017 at 4:09 pm

    hy?? bayyeh this is too too much haadha kurey and plus its not ehaa rythi v boring ending eh

  5. Shaa says:
    November 21, 2017 at 4:40 pm

    Mivahaka nihmun reehchehnoon

  6. Rsh says:
    November 21, 2017 at 6:18 pm

    Izaan ah thedhu neengunyma kada…
    Story nice but not that much…

  7. xim says:
    November 21, 2017 at 7:58 pm

    Story v nice hama but….izaan ah truth neyngunyma ehaa furihama ehnun…. You can improve…best of luck

  8. PRINCESS AFU says:
    November 21, 2017 at 10:43 pm

    Story ge ending ehaa ehaa eh nun cox aslu Ixaan ah ekamuge truth ingenjeheyne
    So I hope next time u will improve it ?❤️

  9. Lulia says:
    November 22, 2017 at 12:11 am

    Like how this isn’t about some 17 year old getting married to a 30 year old and having lots of kids. This is about something which happens in this society. Thank you writer ?

  10. Xee says:
    December 3, 2017 at 3:42 pm

    Thankolheh dhigukohlinama

Comments are closed.



All Right Reserved!