
ސިއްރު ސިއްރުން ހިތޭ… (18)
އާދުވަހަކަށް އިރު އަރައިގެން އައިރު މަލީހް ހުރީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. ބައްދަލުކުރަން މިއުޅެވެނީ ކާކުއާކަމެއް ނޭންގޭތީ މަލީހްޖެހިލުންވެސް ވެއެވެ. އެހެން ނަމަވެސް އެއިންކަމެއް އޭނަގެ ބައްޕައަށް ނާންގާ ދެބަފައިން އެކީގައި އޮފީހަށްދާން ނިކުތީ އެހެންދުވަސް ތަކެކޭވެސް އެއްފަައިން ސައިބޮއެހަދައިގެންނެވެ. މަލީހް ނިކުމެ ޑްރައިވަރަށް ބައްޕަ އަންނަކަން އަންގާލުމުން މުސްތޮފާގެ ކާރު އައިސް ގޭގެ ޕޯޓިކޯތެރެއަށް ވަނެވެ. މަލީހް އޭނަގެ ބައްޕަ ކާރަށް އަރުވާދިނުމަށްފަހު އޮފީހަށް ދާން އެކާރު ނައްޓާލުމުން އޭނަގެ ކާރުގައި ހޮސްޕިޓަލާދިމާއަށް އަވަހަށް ދުއްވާލިއެެވެ. މުސްތޮފާއަށް އަމިއްލަޔަށް އުޅޭވަރު ވުމުން މައިއޮފީސް އޭނާގެ ބައްޕައާއި ހަވާލުކޮށްފައި މަލީހް ބަދަލްވީ ހޮސްޕިޓަލް ހިންގުމަށެވެ. އެކަމުގައި މުސްތޮފާގެ އެއްވެސް އިއުތިރާޒެއް ނެތުމުންނެވެ. އެހެންނަމަވެސް މިހާރު ވިޔާފާރިއަކީ މަލީހްގެ ނަންމައްޗަށް އެއްކޮށް ބަދަލްކުރެވިފައިވާ އެއްޗެކެވެ.
އޮފީހުގައި އުޅެމުންދިޔަ މަލީހްއަށް އަރަޝްގެ ކޯލެއްލިބުނީ މަލީހް ކޮފީއެއް ބޯލަން ކެންޓީނަށްްވަދެލާން ނިކުތް ގަޑީގައެވެ. “ހެއި ޑޫޑް އެއްކަލަ މަބުނީމެއްނު މަންޖެއެއް އެބައިން އައިސް ކިހިނެއް ހަދަންވީ.. ” އަރަޝް ވާހަކަދެއްކިލެއް މަޑުކަމުން މަލީހްއަށް އެތާންގައި އެކުއްޖަކު ހުރީކަން ނަގައިގަނެވެ. ” އެހެންތަ.. އެހެންވީޔާ އެބަދަން ތިކޮޅަށް ބުނޭ މަޑުކޮށްލާށޭ..” މަލީހް މިހެން ބުނެފައި ފޯނުކަނޑާލާފައި ކޮލެޖާށް ދާން ނިކުމެ ކާރުގައި އެދިމާއަށް މިސްރާބުޖެހިއެވެ.
” ބޮސް އެބައާދޭ.. އެެެންވީމަ ސްޓޫޑެންޓް ވެއިޓިންގް ރޫމްގަ މަޑުކޮށްލާ .. ބޮސް އައީމަ އަންގާލާނަން..” އަރަޝް އެހެން ބުނުމާއެކު އެކުއްޖާ އެތަނުން ނިކުތީ ހިނިތުންވެ ހުރެއެވެ. މީހާދަ ފާޑެއްގެ ކުޖެކޭ އަރަޝްގެ ހިތަށް އެރުމުން އަރަޝްއަަށްވެސް ހީލެވުނީ އިހްތިޔާރަކާއި ނުލައެވެ.
ކާރުގައި އިން އިރު މަލީހްގެ ހިތްނުތަނަވަސް ވެފައިވުމާއެކު ވިސްނެމުން ދިޔައީ ކޮންކުއްޖެއް ކަމެއްނޭންގޭތީއެވެ. މަލީހްގެ ކާރު ކޮލެޖްގެ ގޭޓުން ވަނުމާއެކު ހަލަބޮލިވެގެން އެތެރޭގައި ހޭލަމޭލަވެ އުޅުން ހުރިހާ ކުދިން މަޑުޖެހިލިއެވެ. އެހުރިހާ ކުދިންވެސް އިސްވެރިޔާއަށް ގަދަރުކުރަނީ އެއިން ކޮންމެ ކުއްޖަކަށްވެސް ކިޔެވުމުގެ ފުރުސަތު ލިބިފައިވަނީ އިސްވެރިޔާގެ ދީލަތިކަމުން ކަމުގައިވެފައި އެކުދިންނަށް ކިޔެވުމުގައި ހުންނަ ގޮންކެހުތަކަށް އެފަރާތުންދޭ އެއްބާރުލުމުގެ ސަބަބުންނެވެ. ނަމަވެސް މަލީހް ގެ ތަނަކަށް ބަދަލްވީ ފަހުން ދުލުން ނުބުނި ކަމުގައިވިޔަސް ކޮންމެ އަންހެން ކުއްޖަކުވެސް މަލީހް އަށްބަލާލަނީ މަލީހްގެ ލޯތްބަށް ބޭގަރާރްވެފައިވާ ހާލުގައެވެ. ހަަައެގޮތަށް އެއަންހެން ކުދިންނާހެދި އުޅޭ ފިރިހެންކުދިން މަލީހް އަށް ބަލާލެވެނީ ހަސަދަވެރިވެފައިތިބެއެވެ. ނަމަވެސް އެހާގިނައިން ކޮލެޖްއަށް މަލީހް ނައުމުގެ އިތުރުން އަންހެންކުދިންނަށް އެއްވެސް ސަމަާލުކަމެއްނުދީ މަލީހް ދާތީ އެފިރިހެންކުދިންވެސްމަލީހް ފަދަ ސަހްސިއްޔަތަކަށް ވާން ބޭނުންވެއެވެ.
އާދައިގެމަތީން ނިމާލް މަލީހްގެ ނަންބަރަށް ގުޅާލީ ވޭތުވެދިޔަ ދެއަހަރުވެސް އެނަންބަރަށް ނުގުޅުނެއްކަމަކު ކޮންމެދުވަހަކުުވެސް އާއުންމީދަކާއެކުގައެވެ. ނަމަވެސް މިއަދުވެސް ލިބުނީހަމަ އެއްޖަވާބެކެވެ. ކަންފަތުގައި ފޯނުޖަހައިގެން އިން ނިމާލްފެނުމުން ޝިވަން އައިސް.. ” ބައްޕާ.. މަލީހް އަދި ގުޅާނޭ.. ވެދާނެ އަދި ވަގުތު ނުޖެހެނީކަމަށް.. ” ނިމާލްގެ ކޮނޑުގައި އަތްޖަހާލަމުން ބުންޏެވެ. “ބައްޕައަށް ވެސް ޔަގީން ކިތަންމެ ދުވަހެެއްވިޔަސް މަލީހް ބައްޕަމެން މަތިން ހަނދާންވާނެކަން.. އެކަމަކު ދަަރިފުޅާ މުސްތޮފާދެކެ އެހާރުޅިއައިސްގެން ދިޔާމަ ބައްޕަ ކަންބޮޑުވަނީ.. އަދި ދިޔަވަކިތަނެއް ބުނެލިނަމަވެސް ބައްޕަ ހިތްހަމަޖެހުނީސް..” ނިމާލް އަށް އެހެން ބުނެވުން އިރު ލޮލުން ކަރުނަފާއްދާ ލައިފިއެވެ. އޭރު ޖުމާ އާއި ޝަބީންވެސް އައިސް ގެއަށް ވަނީއެވެ. ލޮލުގެ އިޝާރާތުން ބައްޕަ ރޮނީކަން ބުނެފައި ޝިވަން އެތެރެއަށް ދިޔައީ ކުޑަމީހާ ރޯއަޑު އިވުމުންނެވެ.
ކާރުން ފެއިބުމަށްފަހު ރޭބަންބްރޭންޑްގެ އައިނު ލޮލަށް ހެޔޮވަރުކޮށްލީ އެތާންގައި ތިބިކުދިންގެ ނަޒަރު މަލީހްއަށް ހުއްޓިފައިވާކަން އެނގުމުންނެވެ. އޭރުއަރަޝްވެސް އައިސް މަލީހްކައިރީގައި ހުއްޓެނީއެވެ. “ހިނގާ އެތެރެއަށް.. އެބަހުރި ސޮއިކޮށްލަން ޖެހޭ ލިޔުންތަކެއްވެސް.. މާހް އަންނަވާހަކަ ބުނީމަ ނުފޮނުވީ.. ” މަލީހްގޮވައިގެން އެތެރެއަށް ދަމުން އަރަޝްވާހަކަ ދެއްކިއެވެ. އޮފީހަށް ގޮސް ވަދެވިމާއެކު މަލީހް އަށް ހަމަޖެހިގެން ނޭވާ ދޫކޮށްލެވުނެވެ. މީހަމަ ކޮލެޖަށް އަންނަ ކޮންމެދުވަހަކުވެސް މަލީހްއަށް ވާވަރެވެ. ކޮލެޖްގައިއުޅޭ އަންހެންކުދިންނާއި ފިރިހެންކުދިންގެ އެބެލުމުގެ ސަބަބުން މަލީހްއަށް ވަރަށް އުނދަގުވެއެވެ. އެސަބަބާހުރެ ކޮލެޖަށް މަލީހްއައުން މަދުކޮށްލުމަށްފަހު މިއަދުވެސް އެއައީ ކޮންމެހެން އަންނަންޖެހުމުންނެވެ. ނަމަވެސް މިއަދުވެސް ވީ އަމަ ކުރިންވެސްވާވަރެވެ. އެއްވެސް ބަދަލެއްނާދެއެވެ. މަލީހްއަށް ވީގޮތްފެނި ހިނިއައިނަމަވެސް އަރަޝް އެއްޗެކޭނުބުނީ އެގޮތްނޭންގޭ އަންހެންކުއްޖާގެ ކަންތަކުގަ މަލީހް ކަންބޮޑުވާނެކަން ހަނދާން ވުމުންނެވެ.
ލިޔުންތަށް ރަނގަޅަށް ބަލާލުމަށްފަހު އޭގައި ސޮއެކޮށްފައި މަލީހް އެދުނީ ކޮފީއެއް ގެނެސްދިނުމަށެވެ. އަރަޝްއާ ދެމީހުން ކޮލެޖްގެ ކަންކަމުގެ ވާހަކައިގައިތިބެ ފަސްވަރަކަށް މިނިޓްތެރޭ ކޮފީ ނިންމާލީ އިންތިޒާރުގައި ކުއްޖަކު ހުރީތީއެވެ. “ކޮބާ އެކުއްޖަކީ.. އަންގާލަބަ މިކޮޅަށް އަންނަން.. ” ހަމަޖެހިލަމުން މަލީހް ބުނެލިއެވެ.
” ކިހިނެއްވީ އަނެއްކާ.. އަހަރެން މިއުޅެނީޔޭ..” އާލިމާ ވާހަކަދެއްކީ ގެއަށް ވަދެގެންއައި ހަފީޒާ މާވަރަކަށް އޭނަޔަށް ގޮވާތީ ހަފީޒާއާއެވެ. ނަވާރު ބޭރަށްކިޔަވަން ދިއުމާއެކު ޒިޔާދު އޮފީހަށް އަދިނާލް ސްކޫލަށް ދިއުމުން ގޭގައި އެކަނިވުމުން ހަފީޒާ މިހާރު ގިނައިން އުޅެނީ އާލިމާކައިރިއަށް އަހެވެ. އަދި ބައެއް ދުވަސްދުވަހު އާލިމާ އާއެކުގައި ނިމާލްމެންގެއަށް ގޮސްހަދަނީ ކުޑަކުޑަ އިލްފްއުރާލާ ހަދާލާހިތް އޮންނަވަރުންނެވެ. ނުބުނި ކަމުގައިވިޔަސް ހަފީޒާވެސް މާމައަކަށް ވުމުގެ ހުވަފެންދަނީ ދެކެމުންނެވެ. ނަމަވެސް ނަވާރު އަލުން ކިޔަވާން ބޭނުން ކަމަށް ބުނުމުން އެވާހަކަ ދައްކަން ނުކެރުނީއެވެ.
” އެބައަންނަން އޭނަ ގޮވައިގެން.. ” “ނޫން އަރަޝްނުޖެހޭނެދާކަން.. ތީމިތާންގެ ޑީން.. އަހަރެން އައޭކިޔާފަ އަރަޝް މިތާންގެ އެހެންމުއައްޒަފުންގެ ކަންކަން ކުރާކަށް ނުޖެހޭނޭ.. ހިމޭނުންހުރެބަލަ މިތާންގަ އިށީންދެގެން.. މަސައްކަތު މީހަކަށް ގުޅާފަބުނޭ އޭނަ ގެންނަން.. ” އަރަޝް ތެދުވަން އުޅެނިކޮށް މަލީހް އޭނަ ހިފޭއްޓިއެވެ. މަލީހް އަރަޝްއާއި ޔާމިން ދެކެނީ އެއްބަނޑު އެއްބަފާ ބައެއްގެ ގޮތުގައެވެ. އަދިހަމަ އެގޮތަށް އެމީހުންކޮށްދިން ހެޔޮކަންތަށް އަބަދުވެސް މަލީހްގެ ހިތުގައި އޮވެއެވެ. އެކުގައި އެހެން އުޅޭއިރު ޝަބީންއާއި ޝިވަންމަތިން މަލީހް ވަރަށް ހަންދާންވެއެވެ. ނަމަވެސް ގުޅޭނެ ގޮތެއްނެތުމުން އެއިންމީހެއްގެ ހާލެއް މަލީހްއަށް އިނގެނީކީނޫނޭވެ. ހިނގާދިޔާ ހާދިސާގެތެރޭގައި ފޯނުހަލާކުވުމުން އެންމެންގެ ކޮންޓެކްޓް މަލީހް އަށް ގެއްލުނީއެވެ. ނަވާރުގެ ފޮޓޯވެސް ލެޕްގައި ރައްކައުނުކުރެވުންނަމަ އެވެސް މަލީހްއަށް ނުލިބުނީހެވެ.
އަރަޝް ގުޅުމުން މަސައްކަތުމީހަކު އެކުއްޖާ ގޮވައިގެން އައިސް ދޮރުގައި ޓަކިދިނެވެ. “ވަދޭ.. ” އަރަޝް ބުނެލިއެވެ. އިސްޖަހައިގެން އައިސް ވަންކުއްޖާގެ މޫނުނުފެނުން ކަމުގައިވީނަމަވެސް މަލީހް އިނީ އެއީ ދަންނަ މޫނެއްހެން ހީވުމިން ކަޅިޖަހާނުލާ ބަލާށެވެ. އެތަންފެނި އެންމެފަހުން އަތުގެ އިޝާރާތުން މަސައްކަތުމީހާއަށް ދާން އަންގާލާފައި އެކުއްޖާކައިިރިން އިށީނަންވެސްބުނީ އަރަޝްއެވެ. އެއާއެކު އިސްއުފުލާލި ކުއްޖާގެ މޫނުފެނި މަލީހްއަށްހީވީ ދުނިޔެރަންވިހެންނެވެ. ކުއްލިއަކަށް ތެދުވެފައި “ނަވާ” އޭ ކިޔާ ހޮވާލެވުނީ ބޭއިހްތިޔާރުގައެވެ. މަލީހްގެ އަޑުގައިވި އަސަރުން އަރަޝް އަށް މީ މަލީހްދަންނަ ވަރަށް ގާތް ކުއްޖެއްކަން އިނގުނެވެ. ނަވާރުއަށް އައިސްފައިވާ ބަދަލްފެނި މަލީހްއިނީ ބުނާނެއެއްޗެއް ނޭންގިފައެވެ. މިވީ ދެއަހަރުތެރޭ ނަވާރު ހަށިގަނޑު އަނަރޫފަ ވެފައިވާ މިންވަރުފެނި މަލީހްގެ ހިތުގައި ރިއްސާލިއެވެ.
ކުރިމަތީގައިހުރި ނަވާރުވެސް މަލީހްގެ އަޑުޖެހުމާއެކު ސިހިފައި ބަލާލެވުނީ ގަބޫލުކުރަން އުނދަަގޫވެފައެވެ. ހަގީގަތުގައި މިއަދު އޭނާބައްދަލްކުރަން އައީ މުސްތޮފާއާއެވެ. މަލީހްގެ ބައްޕަ ގެ ކުންފުނީގެ މައުލޫމާތުތަށް ހޯދުމަށްފަހު މިކޮލެޖަށް ކިޔަވަން އެހާވަރުން ނަވާރުއައީ މަލީހް އަށް އޭނަގެ ބައްޕަހޯދަދޭން އެހީތެރިވުމަށެވެ. އެހެންނަމަވެސް މަލީހް މިތަނުން ފެނުމުން މިހާރު މަލީހްއާ މުސްތޮފާދިމާވެއްޖެކަން ނަވާރުއަށް ޔަގީންވިއެވެ. އަދިމަލީހްއަށް ބަލަން އިނދެވުނީ އެރީތިސޫރަ އެހާދުވަހަށްފަހު ފެނުންއިރު އަދިމާ ރީތިހެން ހީވާތީއެވެ. ނަވާރުގެ ހިތުގެ ތެޅުން އަވަސްވަމުން ދިޔަވަރަކަށް މަލީހްގެ އެރީތި ފުންދެލޮލުގެ ތެރެއަށް ދަމާބާރަކުން އޭނާ ގެންދާފަދައެވެ. އެދެމީހުންގެ އެސީން ފެނިފައި އަރަޝް އަށް ވިސްނުނީ އެހަށް އެތަނުން ނިކުމެލާށެވެ. އެހެން މަޑުމަޑުން އެތަނުން ނިކުމެ ދޮރު ތަންކޮޅެއް ބާރަށް ޖަހާލީ އެމީހުން ހަމަބިމަށް ގެނުވާށެވެ. ދޮރުޖެހުން އަޑަށް މަލީހް އަވަހަށް އިށީންނާށޭބުނެ މޫނުމަތީގައިވި ކުލަވަރު ފޮރުވާލަމުން އިސްޖަހާލިއެވެ. އަދި އަރަޝް އިންގޮނޑިއަށް ބަލާލިއިރު ފެންނަން ނެތުމުން ދޮރުޖެހީ އަރަޝް ކަން އޭނާގެ ސިކުނޑިއަށް ނަގައިގަނެވުނެވެ. ނަވާރުވެސް އިނދެވުންގޮތް ހިތަށް އައުމާއެކު ލަދުން އިސްޖަހާލެވުނީ ހަމަރަނގަޅަށްވެސް ބޭޒާރުވެއްޖޭ ހިތަށް އެރުމުންނެވެ. މަލީހްއަށް ހަމަރަނގަޅަށްވެސް މިއަދު ނަވާރުގެ ލޮލުން ލޯބިނޫންއެއްޗެއް ނުފެނުނެވެ. ނަމަވެސް އަދި ހަމަ ފެންނައިރަށް އެވާހަކަދެއްކުން ރަނގަޅުނުވާނެތީ މަޑުޖައްސާލިނަމަވެސް އަދި މަލީހްއެކަން ކުރާނެއެވެ.
” ކޮންއިރަކު ނަވާ މިކޮޅަށް އައީ.. ކޯއްޗެއް ކިޔަވަނީތި މިހާރު.. ” ހަމަޖެހިލަމުން މަލީހް ސުވާލުކޮށްލިއެވެ. އޭރުވެސް ނަވާރު ލަދުން އިނެވެ. ” އަދިވެސް ލަދުންތަ.. އަހަރެމެން ދިމާނުވާތާ އެހާދުވަސްވެފަ ކުއްލިއަކަށް ދިމާވީމަ ދޯ އެހެންވީ އެއީ ކަމެއްނޫނޭ..” އެއްޗެއްނުބުނެ އެހެން ނަވާރު އިންނަން ފެށުމުން މަލީހްއެެެންބުނެލީ ނަވާރު ހަމަޔަކަށް އަޅުވާލުމަށެވެ. އެއާއެކު ނަވާރުބަލާލިއެވެ. މަލީހްއަމިއްލަ އިހްސާސްތަށް ހަމަޔަކަށް އަޅުވާލަމުން ގަލަމާކުޅެމުން އަނެއްކާވެސް ސުވާލު ތަކުރާރްކޮށްލިއެވެ. މަލީހް އަށް ބަލާލާފައި ނަވާރު އޭނަ މަލީހްދިޔަދުވަހިން ފެށިގެން މުސްތޮފާގެ ކުންފުނީގެ މައުލޫމާތު ހޯދިގޮތާއި އޭނަ އުޅޭތަން ބަލާ ކޮލެޖްއަށް އެޕްލައިކޮށް ކިޔަވަން އައީ މަލީހްއަށް ބައްޕަހޯދަދިނުމުގައި އެހީތެރިވެދޭން ކަމުގައި ބުންޏެވެ. އަދި މިހާރު މިފީލްޑްގަ ކިޔަވަން ފެށުމުން ޝައުގުވެރިވެ ހަމަރަނގަޅަށްވެސް ކިޔަވާންފެށީކަމުގައި ބުންޏެވެ. “އެެެންވީމަ އަރަޝް ކައިރީގަ އެދުނީ އަސްލު ބައްޕައާދޯ ބައްދަލްކުރަން.. ” މަލީހް އެހެންބުނުމުން ނަވާރު އާއިކޭ ބުނެ ބޯޖަހާލިއެވެ. “ތީ އެއްވެސް ކަމެއްނޫން.. ބައްޕައާ ބައްދަލްކޮށްލަދޭންވީތަ.. ” މަލީހް ނަވާރުގެ ލަދު ކަނޑުވާލަން އިތުރަށް ވާހަކަދެއްކުވުމަށް އަހާލިއެވެ. ” ނޫން.. މާހް އަށް މިހާރި ބައްޕައާ ދިމާވީމައެއްނު މިތަނުގަ ތިހުރީ.. ބައްޕަ ރަނގަޅުތަ.. ކިހިނެއްދިމާވީ.. ” ވަރަށް ނުކެރިހުރެނަމަވެސް އެންމެފަހުން ނަވާރު ވާހަކަދެއްކިއެވެ. ” ހޫމް.. ބައްޕަ އިންޝާﷲ މިހާރު ރަނގަޅު އޮފީހަށްވެސްދޭ..” “މިހާރު.. ކުރިންބަލިބެތަ އުޅުނީ..” މަލީހްއެހެން ބުނުމުން ނަވާރު ސުވާލުކޮށްލިއެވެ. މަލީހް މަވާރަށް މިކޮޅަށް އައިދުވަހުން ފަށައިގެން މިއަދާ ހަމަޔަށް ކަންތަށް ވެގެން ދިޔަގޮތް އޮޅުންފިލުވައިދިނެވެ. ވާހަކަތަށް އަޑުއަހަން ހުރި ނަވާރުއިނީ އަޑުއިވުން ވާހަކަތަކުން ބުނާނެ އެއްޗެއްނޭންގިފައެވެ. “އެރޭގެ ހާދިސާގަ އަހަރެންގެ ފޯނުވެސް ހަލާކުވި އެހެންވެ މިހުންނަނީ އެއްވެސްމީހަކަށް އަސްލުނުގުޅިފަ.. ކުރިން ހީކުރީ މެއިލްވިޔަށް އިންނާނެ.. އެކަމަކު ޖުމާވެސް މާހްގެ ލެޕް އޭރުބޭނުން ނުކުރާތީ އެވެސް ނޭންގުން.. ” ދެރަވެލާއި މަލީހް އެވާހަކަބުނެލީ.ނަވާރަށް އެމީހުނާގުޅޭނެ ނަންބަރު އިނގޭނެތީއެވެ. ” އެހެންތަ.. އެންމެންވެސް ތިބީ ވަރަށް ހާސްވެ ކަންބޮޑުވެފަ މާހް ކުއްލިއަކަށް ނުބުނެދިޔާމަ.. އިނގޭތަ ޝިވަން އާ ޝަބީން އެއީ އެއްބަފާދެކުދިން.. ” މަލީހްއަށް ނޭންގޭކަމަށްހީކޮށް ނަވާރު އެވާހަކަބުނެދިނެވެ. އެއާއެކު އެދުވަހު މަލީހް އެގޮތަށް ކަންތަށްކުރީ ކީއްވެކަމާއި އެދެމީހުންގެ ބައްޕައަކީ އެކަކުކަން އިނގޭކަމަށް މަލީހް ބުންޏެވެ. އެވަގުތު ނަވާރުލޮލުން ކަރުނަހިލުނީ މަލީހްގެ ހިތަށް އެވަގުތު އަސަރުކުރާނެވަރު އިހްސާސްވުމުންނެވެ. ” ހެއިނަވާ ކިހިނެއްވީ ..ރޮނީތަ.. ” މަލީހްއަށް ނަވާރުގެ ލޮލަށް ބަލާލެވުމާއެކު އަހާލެވުނެވެ. ” މިހާރު އެދެމީހުންވެސް މެރީކުރީތަ.. ” ނާހަން ހުރެފައި އެންމެފަހުން މަލޯހް އަހާލިއެވެ. އެއާއެކު ނަވާރުވެސް ވަރަށް ގަޔާވެފައި ޝިވަންމެން ކައިވެނިކޮށް މިހާރު ބޭބީއެއް ވެސް އޮތްވާހަކަ ބުނެފައި ފޯނުގައިވާ ފޮޓޯތަށްދެއްކިއެވެ. އަދި ޖުމާ އާއި ޝަބީން މަލީހް ގެ އިންތިޒާރުގައި ތިބިކަމަށްވެސް ބުންޏެވެ. މަލީހް ވަގުތުން ޝަބީންއަށް ގުޅަން ބޭނުންކަމަށްބުނުމުން ނަވާރު ނަންބަރުދިނެވެ.
11 Comments!
Comments are closed.
Assalaam alaikum .. miothee vaahakaige 18 vanabai.. unmeedhukuran mibaivess thihurihaa kiuntherinnah kamudhaanekamah .. liumuga kusheh vaanama! Faahaga! Kohladhinun edhen .. konmefaadukiumeh vess ufalaaeku balaigan naanan .. love u all readers.. ???
Am i first
Yes ur first Avee.. thank you so much.. Adhi baakee kithah partkan bunan dhathi.. ly
Story just awesome. Layaa story nimen kithah part tha baakee. Layaa kithah years tha
Vvv reechey sissy gandaa….waiting…loves
Thank you Ey ximmikolhaa ??
Masha Allah v reethi
Thank you dear xaan ??
alhey v kiyaahithun huhttaa e nimuny????layaa v molhu vaahaka liyan well done dear ?????????next part avahah up kohla dheyne kamah heekuran ly??
Varah reethi vaahaka. Ekm konme baeh nihmaafa miothee vaahakaige 18 vana Bai . Mihen liyunyma hyvany varah nuruhifa hure kiyuntherin aadheys kuraa varun bolah undhagoo vegen dhinyhen. Hama nunelee alhuagandah hyvaa goih ?
Thibunee thedheh v undhagoo gotheh feel vanee ehenliyefa onnaathee