އެހެނަސް ހަމަ ލޯތްބޭ ވެވެނީ (ފަންސަވިސްވަނަބައި)
“އާސިމާ ހެޔޮ ނުވާނެ ތިހާ ނުބައިވާން. ކޮން އިރަކުތަ ތިހާ ހިތްހަރު މީހަކަށްވި. އަހަރެންނާ އިމްރާން ދަންނަ އާސިމާއެއް ނޫންތީ. އަހަރެންނާ އިމްރާންގެ ދިރިއުޅުން ހަލާކު ކޮއްލުމުން އެކަމާ މާފް ކުރެވިދާނެ. އެކަމަކު ބުނަން. އަހަރެންގެ އެންމެ ލޯބިވާ ދަރިފުޅުގެ ދިރިއުޅުން ހަލާކުގެ ތެރެއަށް ވައްޓާލީ. މަޔެއްގެ ހިތުން ދުވަހަކުވެސް މާފެއް ނުލިބޭނެ. ހަަމަ މިހާރު މިތަނުން ދޭ.” ހުރިހާ ވާހަކަތަށް އަޑުއިވުނުއިރު ނަސްރީނާއަށްވެސް ވަނީ ފުންއަސަރުތަކެއް ކޮއްފައެވެ. އާސިމާގެ ސަބަބުން އެތައް ބައެއްގެ ދިރިއުޅުން މިވަނީ އަޑި ނޭނގޭ ފުންވަޅުގަނޑަކަށް ވެއްްޓިފައެވެ. ހުރިހާ ސިއްރުތަކެއްް ބޭޒާރުވުމުން އާސިމާ ހިސާބަކަށް މާޔޫސްވިއެވެ. އޭނަޔަށް އުފަލުގަ އުޅެވެން އޮތް ދުވަސްތަކަށް ނިމުމުގެ ސިއްކަ ޖެހިގެން ހިނގައްޖެޔޭ ހިތް ބުނެލިކަހަލައެވެ. ޖަނާންގެ އަތުގަ ހިފައިގެން ބޭރަށް ނުކުތީ ރީނާޒް ހޮސްޕިޓަލްގަ އޮތް ހަނދާން ވެގެންނެވެ. އާސިމާޔަށް ކިރިޔާވެސް ގޮތެއް އޮތީ ރީނާޒްގެ ފަރާތުންކަން ގަބޫލުކުރެވުމުންނެވެ..
” އައިޝާ ދަރިފުޅާ. ރެއިންއަށް އެގޮތަށް ކަންތަށް ކުރެވުނު ސަބަބު މިހާރު އެނގެއެއްނު. މަންމަގެ ދަރިފުޅަށް ކުރެވުނު ކުށަށް މާފްކުރޭ. އަދި ރެއިންގެ ހަޔާތަށް އެނބުރިއައުމަކީ މިމަންމަގެ ވަރަށް ބޮޑުއެދުމެއް. އެދިރިއުޅުމަށް އުޖާލާކަން ގެނެސްދެވޭނީ ހަމައެކަނި އައިޝާއަށް” އައިޝާގެ ކޮނޑުގައި އަތްބާއްވާލަމުން ނަސްރީނާ އެހެން ބުނެލިއިރު އެއަޑުގައި މަޑު ތުރުތުރެއް އެކުލެވިފައި ވެއެވެ. ޒާމިންއާ ރާއިންވެސް ނަސްރީނާގެ އެދުމަށް އެއްބަސްވުމަށް އައިޝާކުރެން އެދުނީ އައިޝާގެ އުފާތަށްވެސް ވަނީ ރެހާންއާ އެކުގައިކަން އެނގޭތީއެވެ. ރެހާންވެސް އާދޭހުގެ ނަޒަރަކުން އައިޝާއަށް ބަލަހައްޓައިގެން ހުއްޓެވެ.
” އެންމެންވެސް އަހަރެންނަށް މައާފު ކުރޭ. މަންމާ ވަރަށް ދެރަވޭ މަންމަގެ އަޅުގަނޑުގެ ކިބައިން އެންމެ ފުރަތަމަ އެދުނު ކަންތަށްވެސް ކޮއްނުދެވުނީމަ. އަޅުގަނޑަށް ނެތް ރެހާންގެ ހަޔާތަށް އެނބުރި އާދެވޭކަށް. ރެހާންއަށް އަޅުގަނޑު ބަޑުބޮޑުކަން އިނގުނަސް ނޭނގުނަސް އެހިތުގަ އަޅުގަނޑަށްޓަކާ ކުޑަވެސް ކުލުނެއް އޮތްނަމަ ހާލުބަލާލިސް. އެކަމު އެދުވަހަށްފަހު ބަދަލުހިފަން ނޫނީ ރެހާން އަޅުގަނޑަށް ހޯދާފައެއްނުވޭ. ދެން ކުރިން ދިމާވެފަ ހުރި ކަހަލަ ކަމަކާ ކުރިމަތިލުމުގެ ހިތްވަރެއް ނެތް. މިހާރު ވަރުބަލި ވެއްޖެ މަންމާ. ޕްލީޒް އަޅުގަނޑުގެ ކިބައިން ތިކަމަށް ނޭދޭ. އެކަމަކު ރެހާން ބޭނުން ކަމުގައި ވާނަމަ އެއީ ހޫދުގެ ބައްޕަކަން އެންގުމަކުން އަހަރެންގެ އެއްވެސް މައްސަލައެއްނެތް. ” ކަރުނައިގެ ތެރެއިން ހިނިތުންވެލަމުން އައިޝާ އެހެން ބުނެލީ އެއީ އެންމެ ރަނގަޅު ގޮތްކަމަށް ފެންނާތީއެވެ.
“ޔޭއި. ރެއިންބެ އެއީ ހޫދުގެ ބައްޕިތަ؟” އައިޝާއަށް އެންމެ ފަހުޖުމްލަ ބުނެވުނީ ހައިތަމް ހޫދު ގޮވައިގެން ގެޔަށް އާދެވުނު ގަޑީގައެވެ. ހޫދު ދުވަމުންކަހަލަ ގޮތަކަށް އައިސް ރެހާން ގައިގަ ބައްދާލިއެވެ.
“ތެންކިޔު ރެއިންބެ. ބައްޕި ހޯދާދޭން ބުނީމަ ރެއިންބެ ހޫދުގެ ބައްޕިއަކަށް ވީމަ. ހޫދު ކުރިންވެސްް ބޭނުންވީއަސްލު ރެއިންބެއޭ ބައްޕިއަށްވާން. މިހާރު ބައްޕިއަށް ވީމަ ހޫޑީ ކިޔަސް ރަނގަޅުވާނެއެއްނު… މަންމީ.. ކީއްވެ ރޮނީ. މިހާރު ހޫދުއަށް ބައްޕި ލިބުނީމަ މަންމި ހެޕީ ވާނީ ދޯ” އައިޝާގެ ކަރުނަތަށް ފުހެލަމުން ހޫދު އެހެން ބުނެލިއިރު އެ ކުޑަކުޑަ މޫނުކޮޅުގައިވާ އުފާވެރިކަން ވިދާ ބަބުޅަމުން ދެއެވެ. މަންމި ދެން ނުރޯނަމޭ ބުނެ ހޫދު ގަޔާލާ ބޮނޑިކޮއްލިއިރު އައިޝާ ހުރީ ކުރިޔަށް ކަންތަށް ކުރާނެ ގޮތަކާމެދުގައި ކަންބޮޑުވެފައެވެ. އައިޝާއާ ރެހާންގެ އަތުގައި ހިފާލައިގެން ހޫދު ކޮޅަށް ތެދުވުމުން އެ ދެމީހުންވެސް އެއްވެސް ދެކޮޅުވެރިކަމެއް ނެތި ހިނިތުންވެލަމުން ތެދުވިއެވެ. ހޫދުގެ ކުރިމަތީގައި ހިނިތުންވިނަމަވެސް އައިޝާ އަދިވެސް ރެހާންއަކަށް މާފެއް ނުކުރެއެވެ.
“ދަރިފުޅާ ހޫޑީ ބައްޕި ދާންވެއްޖެ އިގޭ ހޮސްޕިޓަލަށް. ނާޒް ދޮންތި ބަލިވެފަ އޮތީމަ. އެކަނިވާނެއެއްނު އެހެން އޮންނަން. ބަސްއަހާލައިގެން މަންމި ގާތުގަ ހުރޭ އިނގޭ. ބައްޕި އަންނާނަން ހަވީރުގަ ބަލާ.” ރީނާޒް ހޮސްޕިޓަލްގައި އެކަނިން އޮންނާނެކަން ވިސްނުމުން ރެހާން ހޫދުއަށް ވިސްނައިދިނެއެވެ. އެޔާއެކު އައިޝާ ހޫދުކައިރީގައި އެތެރަށް ދާާން ބުނުމުން ދިޔައެވެ. ތަނުގައި ވެރިވެފައިވީ ހަމަ ހިމޭންކަމެވެ. ކޮންމެ މީހެއްގެ ސިކުނޑީގައިވެސް އެނބުރެމުންދަނީ އެއްސުވާލު ތަކެކެވެ. ރީނާޒްއަށް ހުރިހާ ހަގީގަތެއް އަންގަންވީބާއެވެ؟ ހަގީގަތް އެނގުމުން ރެހާން ކަންތަށްކުރާނީ ކިހިނަކުން ބާއެވެ..
“ދޮންބޭ. އަހަރެންނަށް ރަނގަޅީ އެކެއްވެސް މިތަނުގަ ދެކެވުނު ވާހަކައެއް ނާޒްއަށް ނޭންގިއްޔާ..އަހަރެންނަށްވެސް އިނގޭ ނާޒްއަށް ހުރިހާ ހަގީގަތެއް އެނގުމަކީ އޭނާގެ ހައްގެއްކަން. އެކަމަކު މިޔޮއް ހުރިހާ ދުވަސްވަންދެން ބައްޕަކަމުގައި ދެކުނު ފަރާތަކީ ނާޒްއާ އެއްވެސް ގުޅުމެއްނެތް މީހެއްކަން އެނގުމުން އެފަކީރުގެ ހިތްހަލާކު ވެދާނެ. ކިތަންމެ ދުވަހެއްވިޔަސް އަހަރެންނަށް މިގޮތުގަ ކެއްކުރެވޭނެ. ދޮންބެމެންގެ ހަގީގަތް ކިޔާދިނަސް ބައްޕަގެ ކަންތަށް ނާޒްއަށް ނޭނގުނިއްޔާ އެންމެ ރަނގަޅުވާނީ.. އެންމެންވެސް މިގޮތަށް ކަންތަށް ކުރާނެކަމަށް އަހަރެން ދެކެނީ” ރާއިން ހިތާ ދެކޮޅަށް އެއެދުނީ ހަގީގަތްތަށް އެނގިއްޖެނަމަ ވާނެގޮތަކާމެދުގައި ވިސްނާލާފައެވެ. އެންމެންވެސް ރާއިންގެ ބަހަށް ތާއީދުކުރިއެވެ. ރާއިންއާ ރީނާޒްގެ ހިތުގައި އެކަކު އަނެކަކަށް އިހުސާސްތަކެއް ވިކަމުގައިވިޔަސް އެކަން އަނެކަކަށް އަންގާފައެއް ނުވެއެވެ.. ރާއިންއަށް އުނދަގޫވިނަމަވެސް ކުރިޔަށް އޮތްތާގައި ރީނާޒްގެ ބޭބެއެއްގެ ގޮތުގައި ހުންނަން ނިންމި ނިންމުމަށް އެންމެންވެސް އިހްތިރާމްކުރިއެވެ. އެންމެންވެސް ހޮސްޕިޓަލަށް ދާން ނިންމީ ރީނާޒްގެ ހާލުބަލާލުމަށެވެ. ބޮޑު ކަންތަށްގަނޑެއްނިންމާލިއިރު މިހާރު ރީނާޒްވެސް ހޭއަރާފާނެއެވެ. އައިޝާވެސް ނަސްރީނާއާ ހޫދު ހަވާލުކުރުމަށްފަހު ހޮސްޕިޓަލަށް ދިޔައީ ރީނާޒްގެ ހާލެއް ބަލާލަން ބޭނުންވެފަ ހުރިވަރުންނެވެ. މަންހާވެސް ގޭގަ މަޑުކޮއްލީ ވަރުބަލިވެފަ ހުރުމުންނެވެ.
އައިޝާއާ ރެހާން އަދި ޒާމިންއާ ރާއިން ހޮސްޕިޓަލަށް ވަދެގެން ދިޔައިރުވެސް ހަތަރު މީހުންގެ މެދުގައިވީ ނުތަނަވަސް ކަމެވެ. ދެންމެ ހިނގާދިޔަ ކަންތަށްތަކުގެ ސަބަބުން އެންމެންވެސް ތިބީ ބަސްހުސްވެފައެވެ. ރީނާޒް ބާއްވާފައި އޮތް ކޮޓަރިޔާ ހަމަޔަށް އާދެވުމުން ތިންފިރިހެނުން ބޭރުގައި މަޑުކޮއްލުމަށް އެދި އައިޝާ ވަނީ އެތެރަށެވެ.
އެތެރަށް ވަދެގެން ދިޔައިރު އައިޝާއަށް އިވިގެން ދިޔައީ ރީނާޒްގެ މަޑުމަޑު ގިސްލުމުގެ އަޑެވެ. އަޑުން އެކަނިވެސް އެހިތަށް ކޮއްފައިވާ އަސަރު އައިޝާއަށް ދެނެގަނެވުނެވެ. ރީނާޒް އެހާ ހިތާމަ ކުރަނީ ކޮންކަމަކާ ބާއެވެ. އަނެއްކާ އާސިމާމެން ކުރިޔަށް އައިސް ރީނާޒްއަށް ހުރިހާ ހަގީގަތެއް ކިޔާދިނީ ބާއެވެ.
“ހޭއި ނާޒް. ކޮންކަމަކާ ތި ރޮނީ؟” އައިޝާ މަޑު ހިނގުމެއްގައި އައިސް ރީނާޒްގެ މަގަތުގައި އިށިނުމުންވެސް ރީނާޒްއަށް މީހެއްގެ ހިލަމެއް ވީހެނެއް ހިޔެއްނުވެއެވެ. އައިޝާ ރީނާޒްގެ ކޮޑުގަި އޯގާތެރިކަމާއެކުގައި އަތް ބާއްވާލީ އަދިވެސް ރީނާޒް ކަކުލުގައި ބޯ ޖައްސާލައިގެން އިނީމައެވެ. މީހެއްގެ ހިލަމެއްވުމުން ރީނާޒްއަވަސްއަވަހާ ކަރުނަތަށް ފުހެލުމަށްފަހު އެއްވެސް ކަމެއް ނުވެޔޭ ބުނެ އައިޝާއަށް ހިނިތުންވުމެއް ހަދިޔާ ކޮއްލިއެވެ.
“ނާޒް. އަހަރެންނަށްވެސް އޮޅުވާލަން ތިއުޅެނީ. އަހަރެންނަށް ހަމަ ރަނގަޅަށް އެނގޭ ކޮންމެސް ކަމެއް ވީމަކަން ނާޒް ތިހާވަރަށް ރޯނީ. ނާޒް ބަލިވުމުގެ ސިއްރަކީވެސް އެއީ” ނާޒް ކުރަމުންދާ ހިތާމަ އައިޝާއަށް އިނގުނުކަހަލައެވެ. ބޮޑުކަމެއްނުވެ ރީނާޒްކަހަލަ ރަނގަޅު ކުއްޖަކު ނުކައި ނުބޮއި އެހެން ނޫޅޭނެއެވެ.
“ކީއްވެތަ އަހަރެންނަށް މިގޮތަށް ދިމާވަނީ؟ އަހަރެން ވަރަށް މަސައްކަތް ކުރަން އެއީ ބޭބެކަން މިހިތަށް ވިސްނާދެވޭތޯ. އެކަމަކު މި ބަސްނާހާ ހިތްގަނޑު އެކަން ގަބޫލު ކުރާކަށް ނޫޅުނު. އެނގޭ މިހެން ބުނުމަކީވެސް ފާފައެއްކަން. ކިހާ ގޮތެއްނެތް ކުއްޖެއްތަ އަމިއްލަ ބޭބެޔާ ލައިކްވާނީ.”ގިސްލެވެން ފެށުމުން ރީނާޒްގެ އަޑުބެދުނެވެ. ރީނާޒްގެ ހިތުގައި ރާއިންއަށްޓަކައި ވީ ތެދުވެރި ލޯބި އެވަގުތު އައިޝާއަށް ދެނެގަނެވުނެވެ. މިހާރު ރީނާޒް އެކުރަމުންދާ ހިތާމަތަކަކީ އައިޝާގެވެސް އެއްދުވަސް ވަރެއްގެ ބައިވެރިޔާއެވެ. އެންމެ ލޯބިވާމީހާ ނުލިބުމުން ހިތުގައި އަޅާވޭން އެންމެ ބޮޑަށް ތަހައްމަލް ކޮއްފައިވާ އެކަކަށް އައިޝާ ވާނެކަން ޔަގީނެވެ. އައިޝާ މަސައްކަތް ކުރަމުން ދިޔައީ ރީނާޒް ހަމަޔަކަށް އެޅުވޭތޯއެވެ. ރީނާޒްއަކީ ގޯސްމީހެއް ނޫންކަމާއި ރީނާޒްއަށް ކުރިން އެކަންކަން އެނގުނުނަމަ ރާއިންއާ ދޭތެރޭގައި އެފަދަ ނަޒަރަކުން ނުދެކޭނެކަމަށް ބުނެ އެތަށް ނަސޭހަތް ދިނެވެ. އައިޝާގެ ވާހަކަ ތަކުން ރީނާޒް ކޮންމެވެސް ވަރަކަށް ހަމަޖެހުނެވެ. ރާއިންގެ ހަނދާންތަކުން ދުރުވުމަށް އޮތް އެންމެ ރަނގަޅު ހައްލަކީ މި ފަސްގަނޑު ދޫކޮށް ދިޔުންކަން ރީނާޒްއަށް ވިސްނުނެވެ. އެކަން އައިޝާއާ ހިއްސާ ކުރުމަށްފަހު ހޮސްޕިޓަލުން ދޫކޮއްލާއިރަށް މާލެ ފުރަން ރީނާޒް ނިންމިއެވެ. ރާއިން ނުފެންނަ ހިސާބަކަށް ދެވުމުން ރީނާޒްގެ ހިތުން އެހަނދާންތަށް ހިތުން ފުހެވޭނެކަމަށް ރީނާޒް ހީކުރިއެވެ.
“ނާޒް. އަހަރެންމީ ދައްތައެއް ކަމުގަ ދެކެމެއްނު؟ އެހެންވީމަ އަހަރެން މިދައްކާ ވާހަކަ ރަނގަޅަށް ކަނުލާ އަޑުއަހައްޗޭ. ނާޒް މާލެ ދިޔުމުގެ ކުރިން ދޮންބެޔާ މެދުވެސް ވިސްނާލަންވާނެ ދޯ. ދޮންބެވެސް އެކަނިވާނެދޯ ނާޒް ތިހެން ހަމަ ކުއްލިޔަކަށް ދިޔައިމަ. ނާޒް ކަމެއް ދިމާވުމުން އެކަމާ ކެރިގެން ކުރިމަތި ނުލާ ދިޔުން އެއީ އެންމެ ރަނގަޅު ގޮތެއް ނޫން. ރީނާޒް ވާންޖެހޭނީ ކޮންމެ ކަމަކާވެސް ކެރިގެން ކުރިމަތިލެވޭ ވަރުގެ ހިތްވަރުގަދަ ކުއްޖަކަށް. އިންޝާﷲ ނާޒްގެ ހަޔާތަށް އަންނާނީ ނާޒްގެ ހަޔާތަށް އެންމެ އެކަށީގެންވާ މީހާ. އެމީހަކު ނާޒް ހިތުގަ ޖެހޭފަދަ ކަމެއް ދުވަހަކުވެސް ނުކުރާނެ. މާތްﷲ އެއްވެސް އަޅަކަށް ދެރަގޮތެއް މެދުވެރިއެއް ނުކުރައްވާނެ.” ރީނާޒްގެ ބޮލުގައި ފިރުމާލަމުން އައިޝާ ދައްކަމުންދިޔަ ވާހަކައި ފޮރުވިފައިވާ މާނަ ރީނާޒްއަށް ނޭނގުނު ނަމަވެސް އައިޝާ ދިޔައީ ހިތުގައި އެތަށްކަމެއް ރާވަމުންނެވެ. އައިޝާ މީގެ ކުރިން ކޮއްފައިވާފަދަ ހިތާމަތަކެއް ރީނާޒް ކުރާކަށް އޭނާ ނޭދެއެވެ. ކިތަންމެ ބޭނުންވިނަމަވެސް ފުރަތަމަ ލޯބި ހިތުން ފުހެވިގެން ނުދާނެކަން އެންމެ ރަނގަޅަށް އެނގޭނީ އައިޝާއަށެވެ. ނާޒް ކުޑަކޮށް ހަމަޖެހުމުން އައިޝާވެސް އެބަ އަންނަންކަމަށް ބުނެ ނުކުތީ އިރުކޮޅަކުން އާސިމާމެން އަންނަ ވާހަކަ ރީނާޒް ބުނުމުންނެވެ.
ހަވީރުވަންދެން އެންމެންވެސް ރީނާޒްގެ ގާތުގައި ވަގުތު ހޭދަކުރަމުން ދިޔައިރު ހިތްތަކުގައިވި ހަމަނުޖެހުން ރީނާޒްއަށް އެގުނަ ނުދެއެވެ. އާސިމާމެން އެތާގަ ތިބި ކަމުގައިވިޔަސް ރެހާން އެކަމާ މާބޮޑު އަޅާލުމެއް ނުބެހެއްޓީ ރީނާޒްއަށްޓަކައެވެ. ލޭގެގުޅުން ނެތްކަމުގައިވިޔަސް އަދިވެސް ރެހާން ދެކެނީ ރީނާޒްއަކީ އޭނަގެ އަމިއްލަ ކޮއްކޮގެ ގޮތުގައެވެ. ހަވީރުވުމުން ޒާމިންއާ އެކުގައި ރެހާންވެސް ގެޔަށް ދިޔައީ ހޫދު ގާތުގައި އެހެން ބުނެވިފަ އޮތީމައެވެ. ރާއިންއާ އެކުގައި އައިޝާ މަޑުކުރުމުން އާސިމާމެންވެސް ގެޔަށް ދިޔައެވެ.
އެނދު ކައިރީ އިން ގޮނޑީގައި ރާއިން އިޝީންދެލައިގެން އިންއިރު ރީނާޒްއަށް އޮތީ ނިދިފައެވެ. ގޮޑި ކައިރިޔަށް ޖައްސާލުމަށްފަހު ރީނާޒްގެ ނިއްކުރީގައި ބޮސްދިންއިރު އެ ދެލޮލުގައި ކަރުނަ ފާއްދާލިއެވެ. އަމިއްލަ ނަފްސާ ޝަކުވާ ކުރަން ފެށުނީ ބޭއިހްތިޔާރުގައެވެ.
” އަހަރެން ކިހާ ބަދުނަސީބު. ކައިރީގަ ފެންނަން ހުންނައިރުގަވެސް ހީވަނީ އެތައްހާސް މޭލެއް ދުރުގައި ހުރެވޭހެން. ހިތަށް ކިތަންމެ ތަދުވިޔަސް ނާޒްއަށް ހަގީގަތް އެެނގޭކަށް ބޭނުމެއްނޫން. މުޅިދުނިޔެއިންވެސް އަހަރެން ލޯބިވި ފުރަތަމަ ކުއްޖާއަށް އެފަދަ ހިތާމަތަކެއް ކުރާތަން ދޭކަށް އަހަރެންނެއް ބޭނުމެއްނޫން. މިއަދަށްފަހު ދުވަހަކުވެސް ހިތުގަވާ ލޯބި މީހަކަށް ފާޅުވިޔަކަ ނުދޭނަން.” ލޯބި ގޮތަކަށް ނިދާލާފައި އޮތް ރީނާޒްގެ މޫނަށް ބަލާލަމުން ރާއިން އެހެން ބުނެލަމުން ހިނިތުން ވެލިއެވެ. އެތަނުން ދާން ތެދުވީ އައިޝާ މެސެޖް ކޮއްލާފައި ކެންޓީނަށް އައިސްދިނުމަށް އެދުމުންނެވެ.
” ރާއިން” ރާއިން ކުރިޔަށް އެޅިފިޔަވަޅު މަޑުޖައްސާލީ ރީނާޒްގެ އަޑަށެވެ. މޫނުމަތީގައިވާ ހިތާމަތަށް ފޮރުވަމުން އަނެއްފަރާތަށް އެނބުރިލިއިރު ރީނާޒްއަށް އެމޫނުމަތީގެ ކުލަވަރު ދެނެގަންނަން އުނދަގޫ ނުވާނެކަން އޭނަޔަށް އެނގެއެވެ.
“ކޮން ހަގީގަތެއް؟ ޕްލީޒް ބުނެބަލަ؟ އަހަރެންނަށް މިހާރު އެނގިއްޖެ ތިހިތުގަވެސް އަހަންނަށްޓަކާ އިހުސާސްތަކެއް ވާކަން. ދުވަހަކުވެސް އަހަރެންނަށް ހެޔޮ އެދުނުނަމަ ތިބުނާ ހަގީގަތެއް އަހަރެންނަށް ސިއްރު ނުކުރޭ. ރާއިން ބޭނުންނަމަ މުޅިއުމުރަށްވެސް ނުފެނި އުޅިފާނަން” ރީނާޒްގެ ވާހަކަ ތަކުން ރާއިން ހާސްވިއެވެ. ރާއިން އެ ހުރިހާ ވާހަކަ ތަކެއް ދެއްކިއިރު ރީނާޒްޒ އޮތީ ނިދާފަކަމަށް ހެދިގެންތާއެވެ. ރާއިންއަށް ދޭނެ ޖަވާބެއް ނޭނގުމުން އައިޝާ ގުޅާކަމަށް ބުނެ އަނެއްކާވެސް ހިނގައިގަތީ ހަގީގަތްތަށް ރީނާޒްއަށް ކިޔާދޭނެހާ ހިތްވަރު ނެތީމައެެވެ.
“ރާއިން ހެޔޮ ނުވާނެ. އަހަރެންނަށް ތިބުނާ ހަގީގަތެއް ކިޔާދީ. އަހަރެންނަށް ޔަގީން ދެމީހުންނަކީ އެއްބަފާ ބަޔަކަށް ވަންޏާ މިފަދަ އިހުސާސްތަކެއް ނުއުފެދޭނެ. ރާއިންގެ ޑޭޑްއަކީ އަސްލުވެސް ހައިތަމްބެ ދޯ؟” މިފަހަރު ރާއިން ހުއްޓުނީ ރީނާޒް އޭނާގެ އަތުގައި ހިފުމުންނެވެ.
” ނާޒް އަހަރެންގެ ބައްޕަޔަކީ ހަމަ ދޮންބެގެވސް ބައްޕަ. އެކަމު ނާޒްގެ” ރާއިންގެ ކެއްތެރިކަން ކޮޅުންލައިގެން ދިޔައީ ރީނާޒްގެ ވޭނީ ގިސްލުމުގެ އަޑުއިވުމުންނެވެ. ރީނާޒްގެ ދެލޮލުން އެންމެ ކަރުނައެއް ވެއްޓޭތަން ބަލަންވެސް ރާއިންއަކަށް ކެތެއް ނުވާނެއެެވެ. ރީނާޒް އެއަތުގެ ތެރޭގައި ބޮނޑިކޮއްލިއިރު ރީނާޒް ހުރީ ރާއިންގެ ޖުމްލައިން ނަގަންވީ މާނައެއް ނޭނގިފައެވެ. ޔަގީނަށްވެސް ރާއިންއަކީ އަމިއްލަ ކޮއްކޮޔެއްދެކެ ލޯބިވެވިގެން އުޅޭނެފަދަ އަޚުލާގެއް ނެތް މީހެއް ނޫންކަން ރީނާޒްއަށް އިނގެއެވެ. އެހުރިގޮތަށްހުރެ ހުރިހާ ހަގީގަތެއް އޭނާޔަށް ކިޔާދިނުމަށް ރީނާޒް އެދުނެވެ. ހަގީގަތް ކިތަންމެ ހިތިވިނަމަވެސް ރީނާޒް އެކަމަށް ކެއްކުރާނެކަމަށް ވައުދުވުމުން ރާއިންއަށްވެސް ކިޔާދެން މަޖުބޫރު ވިއެވެ. ރާއިންވާ ތެދުވެރި ލޯތްބަށްޓަކާ އެކަންކުރަން ނިންމިއިރު އެންމެންގާތު ދެއްކިވާހަކައެއް ހަނދާނެއްވެސް ނެތެވެ.
ރީނާޒްގެ އަތުގަ ހިފާލައިގެން ރާއިންއައިސް އެނދުގައި އިށީނެވެ. ހުރިހާ ހަގީގަތްތަކެއް ފެށިގެން ކިޔާދިނެވެ. އެމީހުންގެ އާއިލާގެ ތެރޭގައި ނަސްލު އޮޅިފައިވާކަމާއި އެކަމަކު މިހާރު އެންމެންނަށް ހަގީގަތްތަށް އިނގިއްޖެކަމެވެ. ވާހަކަތަށް ނިމުނުއިރު ރީނާޒްއިނީ ރާއިންގެ މޭގައި މޫނު ފޮރުވާލައިންގެ މަޑުމަޑުން ރޯށެވެ. އުމުރުން މިހާދުވަސް ވުމުން ބައްޕަ ކަމުގައި ދެކުނު މީހާއަކީ އޭނާޔާ އެއްވެސް ގުޅުމެއް ނެތް މީހެއްކަން އެނގުމުން އެހިތަށް ވަނީ ފުން އަސަރުތަކެއް ކޮއްފައެވެ. މަންމަ އެގޮތަށް ކަންތަށް ކުރިނަމަވެސް ރީނާޒްގެ ހިތުގައި އިމްރާންއަށް ދެވިފައިވާ ބައްޕައެއްގެ މަގާމު އެހެންމީހަކަށް ނުދޭނެއެވެ. ރާއިންގެ ލޯތްބާއި އަޅާާލުން ފެނި ރީނާޒް ކުޑަކޮށް ހަމަޔަކަށް އެޅުނެއެވެ. އަދި އައިޝާއާ ރެހާންއާ މެދުގައި ވިސްނާލިއެވެ.
” ރާއިން. އަސްލު ދޮންބެމެންވެސް އުޅޭނީ ހަމަ އަހަރުމެން މިއުޅޭހެން ދޯ. ވަރަށް ހިތާމައިގަ ދެމީހުންވެސް އުޅޭނީ. މިކަންކަން އަހަރެންނަށް އެނގުނުކަން އަންގާނެކަމެއް ނެތް. ފުރަތަމަ އެ ދެމީހުން ގުޅެން އަހަރެން ބޭނުންވަނީ.އިހަށް ހިނގާ އެެކްޓެއް ޖައްސަން އެދެމީހުން ގުޅުވަން. އަހަރުމެން މާ ދެރަވެފަ އުޅެންޏާ އެއިން އެކަކަށްވެސް ކެތެއް ނުވާނެ. ކޮންމެސް ގޮތަކަށް އައިޝާއަށް މަޖުބޫރު ކުރަމާ ދޮންބެޔަށް މައާފުކުރަން.” ރީނާޒްގެ ހިޔާލު ރާއިންއަށްވެސް ކަމުދިޔައެވެ. އަދި ރެހާންމެން ގުޅުވުމަށް މޮޅު ޕްލޭނެއް ރާވާލުމަށްފަހު ރާއިން ދިޔައީ އައިޝާ އަންނަން ބުނިކަން ހަނދާން ވުމުންނެވެ. މިހާރު އެދެމީހުންގެ ލޮލުންވެސް ފެންނަމުންދަނީ އެކަކުއަނެކަކަށްޓަކާވީ ތެދުވެރި ލޯތްބެވެ.
“ރާއިން. ރާއިންއަށް ހީވޭތަ އެންމެ ރަނގަޅަށްހެން ތި ނިންމުނީ. ރާއިންގެ ހިތުގައިވާ އެއްޗެއް ރީނާޒްއަށް އެނގުން މުހިންމުކަމަކަށް ނުދެކެންތަ؟ އެކުއްޖާ ކިހާހިތާމައެއް ކުރާކަން އެނގޭތަ ރާއިންއާމެދު ހިތުގައި އިހުސާސްތަކެއް އުފެދުމުން. އަހަރެންނަށް ފެންނަނީ ނާޒްއަށް ހުރިހާ ހަގީގަތެއް ކިޔާދެން” އައިޝާ ވިސްނަމުންދިޔަ ކަންތައްތައް ރާއިންއާ ހިއްސާ ކޮއްލިއެވެ.
“ދޮންބެދައްތައަށް ކިހިނެއް އިނގެނީ ރީނާޒް އެހާ ހިތާމަތަކެއް ކުރާކަމެއް. ދޮންބެދައްތަވެސް ތިއުޅެނީނު ހަމަ ގޮތްދޫނުކުރަން.” ރާއިން ލޯ ހަނިކޮއްލަމުން ބުނެލި ޖުމްލައިން އައިޝާއަށް ކިތަންމެހާވެސް އަސަރު ކުރިއެވެ. އައިޝާ އެވާހަކަ ނުދައްކަން ބުނުމުން އޯކޭޔޭ ބުނުމަށްފަހު ރާއިން ގެޔަށްދާން ހިނގައިގަތީ އައިޝާ އަދިވެސް އޭނަޔާ މިވާހަކަ ދައްކާނެކަން އެނގޭތީއެވެ. ރާއިންގެ ގޮތްދޫނުކުރުމުގެ ސަބަބުން އައިޝާ ހުރީ ބޯގޮވާވަރު ވެފައެވެ. މިޔަދު ގެޔަށްގޮސް އެނެމެންގެ ހާޒިރުގައި އެވާހަކަ ދައްކަން އައިޝާ ނިންމިއެވެ.
ރީނާޒް ގާތުގައި އިރުކޮޅަކު މަޑުކޮއްލުމަށްފަހު އައިޝާ ގެޔަށް ދިޔައީ އާސިމާމެން އެތަނަށް އައުމުންނެވެ. އެދެމީހުންގެ މޫނު ފެނުނަސް މިހާރު އައިޝާ ފޫހިވެއެވެ.
“ދަރިފުޅާ. މަންމަ އެބައޮތް ވަރަށް މުހިންމު ވާހަކައެއް ދައްކަންވެފަ. ފަހަރެއްގައި މިކަންތައްތައް އެނގުމުން ނާޒް މަންމަދެކެ ރުޅިވެސް އަތުވެދާނެ. އެކަމު މިމަންމަ ހުރިހާ ކަމެއްވެސް ކުރީ ނާޒްއަށްޓަކާ” އާސިމާ ދައްކަމުން ދިޔަ ވާހަކަ މެދުކަނޑާލީ ރީނާޒްއެވެ. އޭރު ޖަނާންވެސް ދާދި ގާތުގައި ކުއްވެރިޔެއް ފަދައިން އިސްޖަހާލައިގެން ހުއްޓެވެ.
” މަންމަ ތިދައްކަން އުޅޭވާހަކަތަށް އަޅުގަނޑަށްއެގޭ. ޝަކުވާކުރަން ބޭނުންވިނަމަވެސް އަޅުގަނޑުގެ ބައްޕަ ދަސްކޮއްދީފައިވަނީ މަންމަޔަށް އިޙްތިރާމް ކުޑަވާނެ އެއްވެސް ކަމެއް ނުކުރުމަށް. ބައްޕަ އަބަދުވެސް ބުނުއްވާނެ ސުވަރުގެ ވާނީ މައިމީހާގެ ފައިތިލަ ދަށުގައޭ. މަންމައަށް ކުރެވިފައިާ ކުއްތަކަށް އަޅުގަނޑު މައާފް ކޮއްފިން. އެކަމަކު އަސްލު މަންމަ މާފަށް އެދެންޖެހޭނީ ދޮންބެމެން ގާތުންކަންނޭގެ. އަޅޫގަނޑު ދުޢާކުރާނަން އެމީހުންގެ މާފްވެސް މަންމަޔަށް ލިބޭތޯ” ކިޔަމަންތެރި ދަރިޔެއްހެން އިސްޖަހާލައިގެންއިދެ ރީނާޒް ވާހަކަ ދައްކަމުން ދިޔައިރު އެހިތުގައި އެތައްހާސް ޝަކުވާތަކެއް ވިއެވެ. ނަމަވެސް މިންވަރަށް ޝުކުރުވެރިވާހާލު އެހިތް އެންމެންނަށް ސާފުކަމާމެދުގައި ބުންލިއެވެ.
“މަންމަޔަށް އެނގޭ މަންމަމެންނަށް ކަންތަށް ކުރެވިފައިވަނީ ވަރަށް ގޯސްކޮއްކަން. ޖަނާންވެސް އެހުންނަނީ ވަރަށް ދެރަވެފަ. މަންމަމެން މިރަށުން ފުރުމުގެ ކުރިން އެންމެންގެ ކިބައިން މާފަށް އެދޭނަން. އަދި މަންމަގެ އެދުމަކީ ދަރިފުޅާއި ރާއިންވެސް ގުުޅުން” އެތަކެއްއަހަރުތަކަށްފަހު މިއަދު އާސިމާއަށް ވަނީ ހެޔުވިސްނުން ލިބިފައެވެ. އެކަމަށްޓަކާ އެންމެ ބޮޑަށް އުފާކުރި ރީނާޒްއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
61 Comments!
Comments are closed.




Hello all. Miothy 25th epi. Hope all of you will like it.. nd dhn innaanee last epi. InshaAllah maadhan genesdheynan..LY all?????
Waiting for the last part dhoonyaa … mibaivess hama habbu.. ? keep it up
Thanks dear???
First dhw..
Yes dear?
Hey mi 1st dhw ☺
V v reethi mi bai vx. Thanks Away?
Thankyou shifu darling
Story is very beautiful… So sad next one Hama last tha? ?????
Awwwwn. Thankyou sm.. dhn vaahakaeh viyyaa nimmaalan thaa jeheynee.. ly??
Story is very beautiful… So sad… next one Hama last tha? ?????
Hama varah best
Thanks limy????
Wow.me first dhow
Fenupari darling.. thankss???
Wooooowww ???? thnkx dear?
Thanks dear.. n you are welcome??
Masha allah stry vvv nice….keeo it up awa…
Waiting 4 next part…..
*keep*gud nyt.?????
Thanks friends???
Story nimenee dhw.
mmmmm
Alhey. Hama aslu gothah ves rovihjje. Vedhaane dhw shikaa ge family ga ves mi gothah dhimaavefa hureema asaru kuree kamah. Heevanee mi story mee shikaa ge family ga dhimaavi haadhisaa engigen liyefa hen. Hehehe. Ly awa. Awa kithah years tha?
Asluvx tha shikaa. I’m so sorry. I didnt know..love you too shikaa.. n i want to contact you if you dont mind..btw i’m 19 years ingey???
Alhey maadhan last episode tha? And plx don’t stop writing story you can write storys you have that telant…
Dhooni plx don’t stop writing………
This part is hama super….
Keep it up dhooni gandaa??????????????????????
Hey sanaa. Last ey dhn inee…. inshaAllah maa busy nooniyyaa v avahah ehn vaahakaeh genesdheveythw balaanan??ly??
Mi prt v sperb……Finallly… Last prt a hisaabah aadevih j dhw…. Ekm sooo sad….waiting 4 last prt….
Thanyou rii.. inshaAllah dhn inee hama last
haadha dhigu inthizaareh kohfa ey mi kiyaalan libuny hehe -__- ! varah reeethi. finally a happy ending is here dhw. mi story nimuni ma varah sad vaane. every day i look forward to this story <3 one of the best! hope mi story nimunas ava ge new story eh avahah kiyan libeyne kamah :*
Thankyou sm dhoonii????i’ll try ehn vaahakaeh genesdheveythw
Wow … awesome ?????????????? waiting for last prt???????❤??????
Thanks jum??????
Masha Allah v reethi
Thanks xaaaan darling????
Masha Allah.. Awa haadha ryhchey mibaives.. V ves rythi story eh mee.. Adhi ehaaves furihama.. Awa v molhu igey story liyan, masha Allah.. Thigothuga kuriah dheveytho balaa
Thankyou si much darling.
Reenaax ge bai veriyaa kyvve eh dhuvas vareh ga aisha ge baiveri yaa ah vaan vee?
Ehenneh nuney bunefa eyny xee.. Maanayaky reenaax e ulhun gothashey Aisha ahves ulhen jehuny.. Eh maanaeh dheyhavaa gothah e jumala bunedhyfa eyny dhw awa???
Shann ebunee rangalhah
Masha Allah varah varah reethi…..
Hei zuam. Thanks???
nice story
Thanks?
Story loabikkann???❤❤❤
Thanks love???
obinesss toooo the maaaax ????❤❤
Thankyou so so so much??
Thanks awa.? v v v v reethi?
Thanks dear?????
Wow???????
Reethi mi part ves
Thankyou sm darling
Awa darlin koniraku vaahaka up kurany kehmadhuvaathy darlin
Alhey reyga mi story feshigen mi kiyaalee. Alhey varah loabi mi story.. its soo real.. ❤ dheraves vejje dhen iny last part ey bunyma ? bt v v reethi mi story… ??
Vvvvv reethi mi part ves.. V kehmadhuvey eba next part kiyaalaahithun….
Waiting for next part when will you upload it?
Kon irakun up kohladheveyny last part varah kethmadhuvehjje
Kn irakuntha up kurany
Waiting
Nxt part Avahah up kohla dhyba . .
Kn irakun up vaaniii awaa
Kon irakin vahakaige aneh part up vaany
Waiting ??
Mihaaru mi vaahaka kiyaa hih ves kedije.?Bunaa dhuvahakh up ves nukurey?