ލީޒާގެ ޖަވާބުން އަޔާޒަށް ލިބުނީ ކުއްލި ސިހުމެކެވެ. މީހާ ފިނިވެ އާޝޯހުވިއެވެ. މުޅި ދުނިޔެ އޭނާ ވަށާލި ފަދަ އިހުސާސެއް ވިއެވެ. ބުނާނެ އެއްޗެއް ނޭނގި މުޅި މީހާ ބަސް ހުއްޓިފައި އިނދެވުނީ ލީޒާއާއި ދިމާލަށް ކަޅި ޖަހާނުލާ ބަލާށެވެ. ވަގުތު ހިނގަމުން ދާ ގޮތް ނޭނގި އަޔާޒަށް ހުއްޓުން އަރާފައި އިނދެވުނީއެވެ. ވާނީވެސް އެހެންތާއެވެ. އޭނާ އިނީ އަދިވެސް އޭނާގެ ކަންފަތުގައި ގުގުމާލި ޖަވާބު ގަބޫލުކުރަން ދަތިވެފައެވެ. ބައްޕާއޭ ކިޔާލާފައި ގޮވާލެ ދަރިއެއް ކިތަންމެ ވަރަކަށް […]
ނިހާ ރޮއެ ގަތެވެ. އެމީހާގެ އަތުގައި ދަތް އަޅައި، އަތްދަށުން ވީއްލިގަތެވެ. ނިހާ ދުވެފައި ގޮސް ހޮޅުއަށި ދަށަށްވަދެ ފިލިއެވެ. އެމީހާ ހޮޅުއަށި ކައިރިއަށް އަޔެވެ. ނިހާގެ ހިތްހީވީ މޭ ފަޅާފައި ނުކުމެދާނެ ހެންނެވެ. ކުއްލިއަކަށް ޖެހި ބާރު ގުގުރީގެ އަޑާއެކު މުޅި ކައުނު އެކީގައި ދިއްލިގެންދިޔައެވެ. އެމީހާގެ ފައިކޮޅު ވަރަށް ރީއްޗަށް ނިހާއަށް ފެނުނެވެ. އެ ފައިތިލައިގައިވާ 06 އިނގިއްޔެވެ. މީހަކު ނިހާގެ ކޮނޑުގައި އަތް ޖައްސާލަމުން ގޮވާލުމާއެކު ނިހާއަށް ސިހިފައި ހޭލެވުނެވެ. އޭރު މުޅިމީހާވަނީ […]
“އަފޫ ބަލާބަލަ! ޝަރަފް ޢައްބާސްގެ މެސެޖެއް!!” ފައިހާ ބުނެލި ވާހަކައިން އަފާފަށް ހީވީ އޭނަގެ ހިތް ހުއްޓުމަކަށް އައީހެންނެވެ. އޭގެ ދެވަނަ ސިކުންތުގައި ފައިހާ އެ މެސެޖު ކިޔާލިއެވެ. “ހޫ އާރ ޔޫ؟ ފޯ ރިއަލް؟” ފައިހާ ސުވާލުގެ ރާގަކަށް މެސެޖު ކިޔާލިއެވެ. އެއާއެކު ފަޅި ސިކުންތެއްގެ ތެރޭގައި އޭނައަށް އެ ޝަރަފް ޢައްބާސްއާ ބެހޭ ގޮތުން އެތައް ޚިޔާލެއް ކުރެވުނެވެ. އެމީހަކަށް ޙަޤީޤަތުގައި ވެސް އޭނަ އެނގެނީބާއެވެ؟ އެނގެންޏާ އެނގެނީ ހާދަ ތަފްޞީލުކޮށެވެ. ބިންތު ޢައްމާރަކީ […]
“ކިހިނެއްވީ ފާޑަކަށް ބަލަހައްޓައިގެން ތިހުންނަނީ. މާ މޮޅުކަމެއް ކުރެވުނީމަތަ؟” ލަޔާން ފޯންގެ ބައިތައް ހޮވާލަމުން ވިޝިކާއަށް ބަލައިލާފަ ބުނެލިއެވެ. ވިޝިކާ ބޯހޫރާލުމަށްފަހު ނިކުމެގެން ދިއުމުން ލަޔާން ވިސްނާލިއެވެ. އެހެންނާ ލަޔާންއާ ޖަދަލުކުރާހިތުން ހުންނަ ކުއްޖާ އަނގައިން ބަހެއްނުކިޔާ ނިކުމެގެން ދިއުމުން ކުރިންރޭގައި ހިނގި ހާދިސާއާ ދޭތެރޭ ވިޝިކާ ވިސްނާކަން ލަޔާންއަށް އިނގުނެވެ. ކޮޓަރިތެރެއަށް ވެރިވެފައިވާ ފަނޑުއަލީގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި މަހުދީގެ ހިތުގައިވަނީ ހައިޖާނެއް އުފެދިފައެވެ. ކޮންމެ ފަހަރަކު އަވްލީންއާ ކައިރިވެލެވޭއިރަށް ޒީނަތުގެ ސަބަބުން އެދެމެދަށް […]
“އަޅެ ހާދަ ރީތި ރަށެކޭ މިއީ..!” ވެލިދޫ ބަނދަރަށް ލާންޗު ކައިރި ކުރުމާއެކު އަނގަ ގަދަ ލީޒާ ބުނެލިއެވެ. އިޖާޒު ވެސް ދަތުރުގައި ބައިވެރި ވުމުން ލީޒާ އިނީ އުފަލުން އަނގަ ވެސް ލައްޕާލަން ނޭގިފައެވެ. “ކޮބާ..! މަންމަ ބުނީމެއް ނޫން މިރަށް ވަރަށް ސަޅިވާނެޔޭ…” ލީޒާޔާ އެއްބައި ވަމުން ހައްވަ ބުނެލިއެވެ. “މި ރަށްހައި ރީތި ކުދިން ވެސް އުޅެޔޭ މިރަށުގަ ދޯ މަންމާ..؟!” އެއްމެން ހައްވަޔަށް މަންމަ ކިޔައިތީ އިޖާޒު ވެސް ހައްވައަށް މަންމަގެ […]
“ކާކުތަ މި ދަންވަރު ތާކުންތާކު ނުޖެހޭ ދޮގު ޚަބަރުތަކަކައިގެން މެސެޖްކޮށް އެ ގުޅައިގަތީ؟ ކުރާނެ ކަންތައް ހުސްވީތަ ދޭތެރެ ޖައްސަން އެ އެނބުރިގަތީ.. މުޅި ރޭ ޚަރާބުކޮށްލައިފި..” ޔޫޝައު އިނީ ރުޅިއައިސްފައެވެ. އޭނާއަށް ދެން އެރޭ ނުނިދޭނެތީއެވެ. އޭނާއަކީ ނިދާފައި ހޭލެވިއްޖެނަމަ ދެން ނިދޭ މީހެއް ނޫނެވެ. ދަންވަރުގެ އެވަގުތުގައި ހޭލެވުމުން އައިކާގެ ހާލު ބަލާލައި ހުރިހާ ކަމެއްވެސް ރަނގަޅުތޯ ބަލާލަން ޔޫޝައު ބޭނުންވިއެވެ. އޭނާ މިދުވަސްކޮޅު ނިދާ އުޅެނީ އައިކާގެ ކޮޓަރީގައިކަމަށް ވިޔަސް ލަމްހާ ކުޑަކޮށް […]
ހާމަ ކުރީމާ ލޯބި މަވާކަން (ޓްރެއިލަރ) އަހަރެން ލައި އާއި ދުރުވީ ލައިދެކެ ލޯބިނުވާތީއެއްނޫން. އަހަރެން ލައިއާއި ދުރުވަން މަޖުބޫރުވީ.އަހަރެންނަށް މަޖުބޫރުކުރީ އަހަރެންގެ އަމިއްލަ އެދުންތައް. އަހަރެންނަށް މިވަގުތު މުހިއްމީ ލޯތްބެއްނޫން. ލައިއައްޓަކައި މިހިތުގައި އަބަދުވެސް ހާއްސަ މަޤާމެއްވާނެ. އިރާދަކުރެއްވިއްޔާ އަދި މިހަޔާތުންވެސް ލައިއައް ލައިގެ ހައްގު މަޤާމު އަހަރެން ދޭނަން. އަހަރެން ލައި ކައިރިއަށް އެނބުރި ދާނަން. ލައިއާއި ގުޅެން ބޭނުންވާވަރު ހާމަކޮއްދޭނަން. އަހަރެން ލޯބިވާވަރު ހާމަކޮއްދޭނަން. ލައި އަހަރެންނަށް ނަފްރަތުނުކުރާނެނަމަ. *********** ނަފްރަތު..އަހަރެން އިބާންއަށް […]
“މިވަރުން އަހަރެން މޮޔަވާނެ. އެކަމަކު ކާކުތަ އެއީ؟؟ އަހަރެންގެ މިހީވުމަކީ ތެދެއްތަ؟ މި ސުވާލުތަކުގެ ޖަވާބު އަހަންނަށް ވަގުތު ފާއިތު ވުމުގެ ކުރިން ލިބޭނެތަ؟” މުލައިލްގެ ލޮލުން ކަރުނަ ހިލުނެވެ. **************************************************************** “މަންމާ. މިހާރު އަހަރެންގެ ކުޅިބައިވެސް އަތުރައިފިން. މިފަހަރު އެއިން އެކަކުވެސް ސަލާމަތް ވިޔަކަ ނުދޭނަން. މަންމަގެ ހައްގުގައިވެސް އަހަރެން އެ އެންމެނަށް ކުޅި ދައްކާލާނަން. ޔާނީ އެންޑް މުލައިލް.. ތި މީހުން ހީވެސް ނުކުރާނެ އަހަރެން މީ ކާކު ކަމެއް..ހަހަހަހަހަ” *************************************************************** ލަވައެއް ކިޔަމުން […]
ޔާނީއަށް ކޭކު ލަވަން އުޅުން މުލައިލް ގެ ގައިން ވަރުދޫވާހެން ހީވިއެވެ. ނަމަވެސް ކެތްކުރަމުން ގެންދިޔައީ އޭނާއަށް ގޮތެއްވެއްޖެނަމަ އެންމެން ހާސްވާނެ ކަން އިނގޭތީއެވެ. ނަމަވެސް މުލައިލްއަކަށް އެކަމެއް ކާމިޔާބެއް ނުވިއެވެ. އެންމެފަހުން އަތުގައި އޮތް ކޭކު ކޮޅާއެކު ހޭނެތިގެން ބިންމައްޗަށް ވެއްޓުނީއެވެ. އެންމެންގެ ސަމާލުކަން ދަމައިގަންނަމުންނެވެ. “މުލައިލްލްލްލްލް…………” އިވިގެން ދިޔައީ ޔުސްރާގެ އަޑެވެ. ހޮސްޕިޓަލް ކުރިމައްޗަށް މަޑުކޮށްލި އެމްބިއުލާންސުން ބޭޅުމަށްފަހު މުލައިލް ވަގުތުން އަވަސް ފަރުވާ ދޭތަނަށް ވެއްދުނެވެ. ކޯޓެއް ލަމުން ޔުސްރާ އަދި ޝިފާންވެސް […]