Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ނޫރު (ހަވަނަ ބައި)

Jana 100 Stories10 Stories1K Comments500 Comments100 Comments100 Login500 Login
December 4, 2017 9 Mins Read
47 Comments

“ދެން އެންމެ ރަނގަޅު. ތިވީ ގޮތުން ޝަރަފް މާލެއަށް ގޮއްސަ އެންމެ ފުރަތަމަ ކުރަންވީ ކަމަކީ ބިންތު ޢައްމާރު ހޯދުން. ބަދަލުގައި ޝަރަފް ބޭނުން ޢަދަދަކަށް ފައިސާ ލިބޭނެ. ފުރަތަމަ އޭނަ ހޯދާ. ދެން ހަދަންވީ ގޮތް ފަހުން ކިޔައިދޭނަން.” އެކޮޅުން އިވުނު ވާހަކަތަކުން ޝަރަފްގެ ދެބުމަ ކައިރިވިއެވެ. ޝަރަފް އެއްޗެކޭ ބުނަން އުޅުނުތަނާހެން ދެންވެސް އެކޮޅުން ވާހަކަ ދެއްކިއެވެ.

 

“އަހަންނަކީ ޝަރަފްއަށް ހެޔޮ އެދޭ މީހެއް ގޮތުގަ ދެކިގެން އަހަރެން މި ބުނާ ބަސްތައް ޤަބޫލުކުރާތި. ބިންތު ޢައްމާރާހެދި އަހަރުމެންނަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބިފަ އެބަހުރި. އެ ގެއްލުންތަކުގެ އަސަރު ޝަރަފްއަށް ވެސް ކުރުން އެކަށީގެންވޭ. މި ކަމާއި ޝަރަފް މި ޙަވާލުކުރީ މިކަމަށް އެންމެ އެކަށީގެންވަނީ ޝަރަފް ކަމަށްވާތީ. ޝަރަފް ކަހަލަ ޖެހިލުމެއްނެތި އެހެން މީހަކަށް ހިތަށްއެރިހާ ގޮތެއް ހަދާލެވޭނެ ފަދަ މީހަކަށް މިކަން ކުރެވޭނީ.” އެމީހަކު ބުނެލި ވާހަކައިން މެއަށް އުނދަގުލެއްވީ ވަގުތު ލޮލަށް ސިފަވެގެން ދިޔަ މަންޒަރަކުން ޝަރަފަށް ދެލޯ މަރާލެވުނެވެ.

 

“ކަމެއް ނުކުރެވިދާނެ ފަހަރެއްގަ. އަހަރެން އެމީހަކު ހޯދަދީފާނަން.” ޝަރަފް ބުނެލިއެވެ. އޭނައަށް އެހެން ބުނެވުނު ގޮތާއިމެދު ޚުދު އޭނަވެސް ޙައިރާންވިއެވެ.

 

“ވަޓް؟! ތިއީ ޝަރަފްތަ؟ ‘ފައިޓް އަންޓިލް ޔޫ ވިން’ އަކީ އެއްދުވަސްވަރެއްގަ މަޝްހޫރުވި މޮޑެލް، ޝަރަފް ޢައްބާސްގެ ބަސްތަކެއް ނޫންތަ؟” އެމީހަކު ވެސް ޙައިރާންކަމާއެކީ އަހާލިއެވެ.

 

“އެއީ ޝަރަފް ޢައްބާސްގެ ބަސްތައް. އެކަމަކު ބައެއްފަހަރު މީހުން ބަދަލުވާން މަޖުބޫރުކުރުވާ ފަދަ ޙާލަތްތައް ވެސް ދިމާވޭ.” ޝަރަފް ސީރިއަސްކަމާއެކީ ބުންޏެވެ. އޭނައަށް ޙަޤީޤަތުގައި ވެސް މިހާރު މީހަކަށް އަނިޔާއެއް ދިނުމަށްޓަކައި އަތް ހިއްލާލާނެ ގޮތް ޚިޔާލަށް ގެންނަން ވެސް ދައްޗެވެ. ވަކިން ޚާއްސަކޮށް އޭނައަށް އެނގިގެން އޭނައަށް އެއްވެސް ގެއްލުމެއް ދީފައި ނުވާ މީހަކަށެވެ. އަދި އޭނައަށް ހެޔޮކަމެއް ކޮށްދީފައިވި މީހަކަށެވެ.

 

ހިމޭންކަމެއްގެ ވަގުތުކޮޅަކަށްފަހު އެކޮޅުން ފުން ނޭވައެއް ދޫކޮށްލި އަޑު އިވުނެވެ. އެއަށްފަހު އަނެއްކާވެސް އެމީހާ ޝަރަފާއި ވާހަކަ ދެއްކިއެވެ.

 

“އެންމެ ރަނގަޅު. އެކަމަކު ވަރަށް ހިއެއްނުވޭ ޝަރަފަށް ބިންތު ޢައްމާރަށް ގެއްލުމެއްނުދީ ހުރެވޭނެހެން އޭނަގެ ޙަޤީޤަތް އެނގުނީމަ. އެހެންވީމަ އަދިވެސް އަހަރެން މިހިރީ ބިންތު ޢައްމާރު ހޯދުމުގެ މަސައްކަތް ޝަރަފާއި ޙަވާލުކޮށްގެން. މާލެއާއި ހަމަވާއިރަށް ޝަރަފަށް ހަދިޔާއެއް ލިބޭނެ. ކޮންމެ ދުވަހަކު ޝަރަފް ބިންތު ޢައްމާރު ހޯދުމަށް ކުރި މަސައްކަތް އަހަންނަށް ކިޔައިދެމުންދާހާ ހިނދަކު އެ ހަދިޔާ ލިބެމުންދާނެ. ޑީލް ޑަން!” އެމީހާ އެހެން ބުނެ ޝަރަފަށް އެއްޗެކޭ ބުނެލާނެ ފުރުޞަތެއްވެސް ނުދީ ފޯނު ކަނޑާލިއެވެ. ޝަރަފަށް ފޯނު ކަންފަތާއި ވަކިކޮށްލެވުނީ އަޖާއިބުވެފައި ހުރެއެވެ. އޭނަގެ ބަހެއްނެތި ‘ޑީލް ޑަން’ ވާނީ ކިހިނަކުން ހެއްޔެވެ؟ އޭނަ ‘ހަދިޔާ’އަކަށްޓަކައި އެހާ ވެސް ދަހީހެން އެމީހަކަށް ހީވަނީ ހެއްޔެވެ؟ އެހެންނޫނަސް ބިންތު ޢައްމާރާއި ދެކޮޅަށް މިމީހަކު ޙަމަލާއެއް ދޭން އުޅެނީ ކީއްވެ ހެއްޔެވެ؟ އެއީ ބިންތު ޢައްމާރާއިހެދި ގިނަ ބަޔަކު ތައުބާވެ ދީންވެރިވެގެންދާތީވެ ހެއްޔެވެ؟ އެހެނަސް އެފަދަ ޝަޚުޞިއްޔަތެއްގެ ގޮތުގައި ފެންނަމުން ދަނީ ހަމައެކަނި ބިންތު ޢައްމާރެއް ނޫނެވެ. ވީއިރު އޭނައާއި ދިމާލަށް ޚާއްޞަ އިންޒާރުތަކާއި ޙަމަލާތައް އަމާޒުވާންވީ ކީއްވެ ހެއްޔެވެ؟

 

ޝަރަފް ވިސްނުމެއްގެ ތެރޭގައި ވަނިކޮށް އޭނަގެ ފްލައިޓްގެ ވާހަކަ ޑިޕާރޗާ ތެރޭގައި ގުގުމަން ފެށިއެވެ. އެއާއެކު ޝަރަފް ކުރިމަތީގައި ހުރި ސްކްރީނަށް ބަލާލަމުން ތެދުވެ، ޖެހިގެން ހުރި ގޮނޑީގައި އޮތް އޭނަގެ ދަބަސް ނަގައި އެއްކޮނޑުގައި އަޅުވާލިއެވެ. އަދި ބޯޑިންގް ޕާސް ދެއްކުމަށްޓަކައި ހިނގައިގަތީ ދެންމެ އޭނައަށް އައި ފޯނު ކޯލަކީ މާ ބޮޑު ކަމެއްކަމަށް ނަހަދަމުންނެވެ. އެ ހަދިޔާއެއްގެ މަތިން އެމީހަކު ހަނދާންވެސް ނެތިދާނެކަމަށް ޝަރަފަށް ނިންމުނެވެ. އެހެނަސް އޭނައަށް ހީވީ ރަނގަޅަކަށް ނޫނެވެ.

 

**

 

 

އެދުވަހުގެ މެންދުރުގެ ވަގުތުގައި ޝަބާ ބަދިގެތެރޭގައި އަވަދިނެތި އުޅެމުން ދިޔައެވެ. އެ ކުޑަކުޑަ ފަންގިފިލާ ފަރުމާ ކުރެވިފައިވި ގޮތުން އެތާނގައި ހުރި އެންމެ ބޮޑު ކޮޓަރިއަކާއި ދެ ނިދާ ކޮޓަރިއެވެ. ބޮޑު ކޮޓަރީގެ އެތެރެއަށް ވާ ގޮތަށް ހުރި ބައި ބަދިގެއަކަށް ޚާއްޞަ ކުރެވިފައިވީއިރު ބޭރަށް ހުރި ބައިގައިވީ ކުޑަވަރެއްގެ ސިޓިންގް ރޫމެކެވެ. ސިޓިންގް ރޫމުގައި އިށީނދެވެން ހުރީ 4 މީހުންނަށް އިށީނދެވޭފަދަ ކުޑަ މޭޒެއްގެ ދޮށުގައެވެ. ހީވާގޮތުން އެއީ ކާމޭޒެވެ. އެހެނަސް އެވަގުތު އެމޭޒުދޮށުގައި އިށީނދެގެން އިން އާހިލް އިނީ އެ މޭޒުގެ ކުރިމައްޗަށް ވާގޮތަށް ހުރި ރެކްގެ ތެރޭގައި ހުރި ޓީވީ ބަލާށެވެ. އޭނަ ބަލަން ހުރީ ކޮންމެވެސް އިނގިރޭސި ފިލްމެކެވެ. ބަދިގެ ތެރޭގައި ހުއްޓެއްކަމަކު ޝަބާއަށް އެ ފިލްމުން ދައްކާ ވާހަކަތައް އަޑު އިވެމުން ދިޔައެވެ. ކޮންމެވެސް އަންހެނަކާއި ފިރިހެނަކު މާ ގާތްކޮށް ވާހަކަ ދައްކަން ފެށުމުން ޝަބާއަށް ވާހަކަ ދެއްކުނެވެ.

 

“އާހިލް އާހިލް……ކޯޗެއް ތިބަލަނީ؟” މަސައްކަތުގައި ހުރެ ޝަބާ މަޑުމައިތިރި އަޑަކުން ގޮވާލިއެވެ. ހަމަ އެއާއެކު އާހިލް ޗޮއްކަނޑާލި އަޑު އިވުމުން ޝަބާގެ ހިތަށް އުނދަގޫވިއެވެ.

 

“އިޓްސް ނޯ ބިގް ޑީލް މަންމާ! އެހާ ގޯސް ސީންއެއް ނޫން އެއީ.” ހިސާބެއްގެ ނުރުހުންތެރިކަމަކާއެކީ އާހިލް ވާހަކަ ދެއްކީ ދެންވެސް ޗެނަލް ބަދަލު ކުރުމެއްނެތިއެވެ. ހިތްދަތިވެފައިވިއެއްކަމަކު ޝަބާ ދެންވެސް އެކުވެރިއެއްގެ ގޮތުގައި ވާހަކަ ދެއްކޭތޯ ބެލިއެވެ.

 

“އެހާ ގޯސް ނޫނިއްޔާ ކޮންމެވެސް ވަރަކަށް ގޯސްކަން އާހިލްއަށް ވެސް އެބައިނގޭދޯ؟ އަފޫ ދައްތަ ދެއްކި ވާހަކަތައް ހަނދާން ނެތުނީތަ؟” ޝަބާ އެދިމާލަށް ބަލާލަމުން އަހާލިއެވެ.

 

“ޑޭމް އިޓް! އަދި މިއަދު ޤުރުއާން ކުލާސްވެސް އެބައޮތް. މަންމާ ދެން އަހަންނަށް ޤުރުއާން ކްލާސްތައް ހުއްޓާލަންވީއެއްނު؟ އައިމް 13! ކުޑަކުދިންނެއްނު ޤުރުއާން ކުލާސް ނަގައި ހަދަނީ؟” އާހިލް އޭނަގެ މަންމައަށް ބަލާލަމުން ބުނެލިއެވެ.

 

“ސުބުޙާނަ ﷲ! ޤުރުއާން ބާވައިލެއްވުނީ ކުޑަކުދިންނަށްތަ؟ އާހިލް އަމިއްލައަށް ޤުރުއާން އުނގެނެން މަސައްކަތް ކުރާނަމަތާ މީހަކު ނުގެނެސްވާން…” ޝަބާގެ ވާހަކަ ފުރިހަމަ ނުވަނީސް އާހިލް އަނެއްކާވެސް ޗޮއްކަނޑާލިއެވެ.

 

“މަންމާ ޔޫ އާރ ނޮޓް ކޫލް. ހިތަށްއަރާ ބައްޕަ ހުރިނަމައޭ. ބައްޕައަށް އަންޑަސްޓޭންޑްވާނެ.” އާހިލް، ޝަބާއަށް ބަލަން ހުރެ އެހެން ބުނެލަމުން ކުއްލިއަކަށް ޓީވީ ނިވާލާފައި ތެދުވެގެން ގޮސް އޭނަގެ ކޮޓަރިއަށްވަދެ ބާރަށް ދޮރު ލައްޕާލިއެވެ. އެ އަޑަށް ޝަބާ ސިހުންވާ ގޮތްވިއެވެ. އެ ހިނދު އާހިލް ދެއްކި ވާހަކައަކުން އޭނަގެ ލޮލަށް ކަރުނަތައް ޖަމާވާން ފެށިއެވެ.

 

އާހިލްގެ ބައްޕަ، ވަލީދުވަނީ އާހިލްއަށް އެންމެ 7 އަހަރުގައި ދުނިޔެ ދޫކޮށްފައެވެ. އެއީ މަސްތުވާތަކެތީގެ ވަބާގައި ވަލީދު ޖެހިފައިވިތާ 2 އަހަރު ފަހުންނެވެ. ވަލީދު މަސްތުގެ ޙާލުގައި ގެއަށް އަންނަން ފެށިފަހުން ޝަބާ އޭނަގެ އެތައް އަނިޔާއެއް އެކަނިމާއެކަނި ތަޙައްމަލުކުރަންޖެހުނެވެ. އެދުވަސްވަރަކީ މަންމައާއި ބައްޕަ ވަރިވެ މަންމައާއެކީ އޭނަގެ ދެކޮއްކޮއިން ވެސް އެމީހުންގެ ދޮންބައްޕަގެ ގެއަށް ބަދަލުވި ދުވަސްވަރެވެ. އަދި ބައްޕަ މަސައްކަތުގައި އުޅެނިކޮށް ކައްސާލައިގެން ވެއްޓި މުޅި ޢުމުރަށް ފުރޮޅުލީ ގޮނޑިއެއްގައި ހުންނަން ޖެހުނު ދުވަސްވަރުވެސްމެއެވެ. ކިތަންމެ ދަތިވިއެއްކަމަކު ޝަބާ ބައްޕައާއެކީގައި ހުންނަން ނިންމީ މަންމައާއި ބައްޕަ ވަރިވީ ބައްޕަގެ އެއްވެސް ކުށެއްނެތިކަން އޭނައަށް އެނގޭތީވެއެވެ. އަދި އެކަމަށްޓަކައި ބައްޕައަށް އިޙްޞާންތެރިވުމުގެ ގޮތުންނެވެ. އޭގެ ބަދަލުގައި އޭނަގެ ބައްޕަ ވެސް އޭނަދެކެ އިންތިހާއަށް ލޯބިވެއެވެ. ބަލި ޙާލުގައި ޝަބާއަށް ލިބެމުން ދިޔަ އަނިޔާތަކަށް ބަލަހައްޓައިގެން ހުންނަން ކެތްނުވެގެން ވަލީދު ކައިރިން ވަރިވުމަށް ބައްޕަ އެތައް ދުވަހެއްގެ މަތިން ރޮއިރޮއިފައި އެދުނެވެ. އެހެނަސް ޝަބާ ކެތްކޮށްގެން ހުރީ އޭނަގެ ދަރިފުޅު އާހިލްއަށްޓަކައެވެ. ވަލީދު އޭނައާއިމެދު ކޮންމެ ގޮތަކަށް ކަންތައް ކުރިއެއްކަމަކު އޭނަ އާހިލްއަށް ރަނގަޅުވުމުންނެވެ. މިއަދު އާހިލްގެ ފަރާތުން އެފަދަ އުޅުމެއް ފެންނަނީ އެހެންވެ ކަންނޭނގެއެވެ. އޭނަގެ ބައްޕަ އޭނަ ބޭނުންހާ އެއްޗެއް ހޯދައިދިނެއެވެ. އެހެނަސް އޭނައަށްޓަކައި ޙަޤީޤީ ޤުރުބާނީއެއްވީ އޭނަގެ މަންމަކަން އޭނައަކަށް ނޭނގެއެވެ.

 

އަމިއްލަ ޚިޔާލުތަކެއްގެ ތެރޭގައި ޝަބާ ހުއްޓާ ބަދިގެއާއި ކައިރިއަށް ވާގޮތަށް ހުރި ކޮޓަރި ތެރެއިން ބައްޕަ ކެއްސަންފެށި އަޑު އިވުނެވެ. ޝަބާ އޭނަގެ ލޮލުގެ ކައިރިން އިނގިލި ހިންގާލަމުން ދިގު ފިޔަވަޅުތަކެއްގައި ގޮސް އެކޮޓަރީގެ ދޮރު މައްޗަށް އެރިއެވެ. އޭރު އެ ކޮޓަރީގެ އެނދުގައި އޮތް އޭނަގެ ބައްޕަ، ޢައްބާސް އޮށޯވެ އޮވެފައި ސީދާވެލަން މަސައްކަތް ކުރަނީއެވެ. ޝަބާ ކުޑަކޮށް ދުވެލާފައި ގޮސް ބައްޕައަށް އެހީވެދިނެވެ. ޢުމުރުން 68 އަހަރުވެފައިވީއިރު ޢައްބާސްވަނީ ވަރަށް ބޮޑަށް ބަލިކަށިވެފައެވެ. ބޮލުގެ އިސްތަށިގަނޑު މުޅިން ނުރަވެފައިވީއިރު މޫނާއި ކަރާއި ދިމާލުން ކުޑަކޮށް ރޫތައް ނަގަން ފަށާފައިވިއެވެ. ޝަބާގެ އެހީގައި ސީދާވެލެވުނުއިރުވެސް އޭނަގެ ގައިގައި ރިއްސިކަން އޭނަގެ އަނގައިން ނިކުތް އަޑުތަކުން އެނގެއެވެ. ޢައްބާސްއަށް އަމިއްލައަށް ކުރެވޭ ކަންތައް ވަރަށްވެސް މަދެވެ. އޭނަ ފެންވަރުވައި ފާޚާނާއަށް ގޮސްދިނުމުގައި ވެސް އެހީވެދޭން އަންނަނީ، ޝަބާގެ އެދުމުގެ މަތިން އަވަށްޓެރި ގެއެއްގައި އުޅޭ ހެޔޮ އެދޭ ފިރިހެނެކެވެ. ކުރީގައި އަމިއްލައަށް ކައި އުޅެވުނެއްކަމަކު މިހާރު އަތް ތުރުތުރު އަޅާވަރުން އެކަން ވެސް ޝަބާ ހެޔޮހިތުން ކޮށްދެއެވެ. އެވަގުތުވެސް ފެންފޮދެއް ބޯންޖެހުނީ ޝަބާގެ އެހީގައެވެ. މި ހުރިހާ ދަތިތަކާއި އެކީގައި ވެސް ޢައްބާސް ގިނަވަގުތު ފެންނާނީ ހިނިތުންވުމެއްގައި ހުންނަ ތަނެވެ.

 

“ކޮބާ މިއަދު ކައްކަނީ ކޯޗެއްތަ ދަރިފުޅު؟” ޢައްބާސް އޭނަގެ ފުރިހަމަ ހިނިތުންވުމުގައި އިނދެ އަހާލިއެވެ.

 

“ވަކި ޚާއްޞަ އެއްޗެއްނޫން. ކުޑަ ހެދިކާއެއްވެސް ހެދޭތޯ މި ބަލަނީ. އަފާފް މިއަދު ހަވީރު އަންނާތީ.” ޝަބާ ވެސް ހިނތުންވުމަކާއެކީ ޖަވާބުދިނެވެ.

 

“އަނހަ! އަދި ބައްޕަ ހަނދާންވެސް ނެތިފައޭ އޮތީ ތިކަމާމެދު. އެ މަންޖެ އަންނައިރު ބައްޕައަށް ގޮވާލައްޗޭ ބައްޕަ ނިދިފަ އޮތިއްޔާ. ހާދަ ރީއްޗަށް ޤުރުއާން ކިޔަވަދޭ ކުއްޖެކޭ އެއީ……އެ އަޑު އިވިފަ ޝަރަފް މަތިން ހަނދާންވަނީ. ޝަރަފްއަކީ ވެސް ހާދަ ރީއްޗަށް ކިޔެވި ކުއްޖެކޭ.” ޢައްބާސް ބުނެލި ފަހު ޖުމްލައިން ޝަބާގެ ހިނިތުންވުން ފަނޑުވިއެވެ. ނޭނގޭ ސަބަބަކާހުރެ ބައްޕަ އެތައް އަހަރެއްފަހުން ވެސް ޝަރަފްގެ ވާހަކަ ދެއްކުން ހުއްޓައެއް ނުލައެވެ. އެކަކު އަނބުރާ ނަޔަސް ޝަރަފް އަނބުރާ އަންނާނެކަމަށް ބައްޕަ ބުނަނީ ކީއްވެކަމެއް ޝަބާއަކަށް ޔަޤީނެއްނޫނެވެ. ޝިނާޒާއި ޚިލާފަށް ޝަރަފަކީ ކުޑައިރު ޤަވާޢިދުން ނަމާދުކޮށް ކިޔަވާ ހިތުން ޤުރުއާން ކިޔެވި ކުއްޖަކަށްވާތީ ބައްޕައަށް އެހެން ހީވަނީ ކަންނޭނގެއެވެ. އެހެނަސް އެމީހުން ދިޔަތާ 8 އަހަރުވެފައިވީއިރު ދެން އެމީހުން އަނބުރާ އަންނާނެކަމުގެ އެއްވެސް އުއްމީދެއް ޝަބާގެ ހިތުގައެއްނެތެވެ.

 

ޝަބާ އެ ހުރި ގޮތަށް ހުއްޓާ ބޭރުން މީހަކު ގޭގެ ދޮރުގައި ޓަކިދިން އަޑު އިވުނެވެ. ޝަބާ އަވަސް އަވަހަށް އޭނަގެ ބުރުގާ ރަނގަޅުކޮށްލަމުން ގޮސް އެ ދޮރާއި ހަމަކޮށް ދޮރު ހުޅުވާލިއެވެ. އެ ހިނދު ފެނިގެން ދިޔައީ ކުޑަ ފޮށްޓަކާއެކީ ހުރި އޭނަ ނުދަންނަ ފިރިހެނެކެވެ. ޝަބާއަށް އެއްޗެކޭ ނުބުނެވެނީސް އެ ޒުވާނާ ވާހަކަ ދެއްކިއެވެ.

 

“މީތި ޝަރަފް ޢައްބާސްއާ ޙަވާލުކޮށްލަދިނުން އެދެން.” ޒުވާނާ ފޮށި ދިއްކޮށްލަމުން ކިޔާލި ނަމަކުން ޝަބާ ހުއްޓުން އަރައި އޭނަގެ ދެލޯ ބޮޑުވިއެވެ. އޭނަ އެއްފަހަރު އެ ފޮށްޓަށް އަނެއްފަހަރު އެ ޒުވާނާއަށް ބަލާލަމުން ވާހަކަ ދެއްކިއެވެ.

 

“މް…މިގޭގަ ޝަރަފް ނުއުޅޭ. އޭނަ ހުރީ ޤައުމުން ބޭރުގަ.” ޝަބާއަށް އަވަސްއަވަހަށް ބުނެލެވުނީ ހިތުގެ ތެޅުން އަވަސްވެފައިވާ ޙާލުގައެވެ.

 

“އޭނަ މިއަދުގެ ފްލައިޓަކުން މާލެއަށް އަންނަން އޮތީ.” ޒުވާނާ ދެން ބުނެލި ވާހަކައަކުން ޝަބާގެ ހިތްވެސް ފަޅި ސިކުންތަކަށް ހުއްޓުނުހެން އޭނައަށް ހީވިއެވެ. އިޙްޞާޞްވާންވީ ގޮތެއް ނޭނގިފައިވަނިކޮށް އެ ޒުވާނާ އެ ފޮށި އޭނަގެ އަތާއި ކައިރިކޮށްލުމުން ޝަބާއަށް އޭގައި ދެއަތުން ހިފުނެވެ. އޭތި އޭނަ ހީކުރިވަރަށްވުރެ ބަރުވުމުން އޭތި އޭނަގެ އަތުން ދޫނުވީވެސް ކިރިޔާއެވެ. ޒުވާނާ ދެންވެސް އެ ފޮށި ޝަރަފާއި ޙަވާލުކުރުމަށް ބުނެފައި ދާން ހިނގައިގަތެވެ. އެ ހިނދު ޝަބާ އެ ފޮށްޓައް ބަލާލަމުން ވަގުތުން އެ ފޮށި ބިންމަތީގައި ބަހައްޓާފައި ކައިރީގައި ހުރި މޭޒުމަތީގައި އޮތް ކަޓަރު ނަގައި އޭތި ކަނޑާލިއެވެ. އެއާއެކު ފެނިގެން ދިޔަ އެއްޗަކުން ޝަބާގެ ހިތަށް ބިރުވެރިކަމެއްވަނެވެ. ތަރުތީބުން ރޭވިފައިހުރި ފެހި ކުލައިގެ ބިއްލޫރި ފުޅިތަކަކީ ކޮންކަހަލަ ފުޅިތަކެއްކަން އޭނައަށް ވަގުތުން ނަގައިގަނެވުނެވެ. އެހެނަސް ޖެހިލުންވުމަކާއެކީ އޭގެއިން އެއްފުޅި ނަގައި ބޭރު ބަލާލީ ޔަޤީންކުރުމަށެވެ. އިސާހިތަކު ޝަބާ ރުޅިވެރި މޫނަކާއެކީ މުޅި އެ ފޮށި ނަގައިގެން ގޮސް ދޮރު މައްޗަށް އެރިއެވެ.

 

“އޭއި!” ޒުވާނާ ސިޑި ބަރީގެ އެންމެ ފަހު ހަރުފަތާއި ހިސާބުން ފެނިފައި ޝަބާ ހަރު އަޑުން ގޮވާލިއެވެ. އެއަށްފަހު އެ ފޮށި ބިންމައްޗަށް ވައްޓާލިއެވެ. ފުޅިތައް އެކަތި އަނެކައްޗާ ޖެހުނު އަޑު އިވުނެއްކަމަކު އެއްވެސް އެއްޗެއް ތެޅުނު އަޑެއް ނުއިވެއެވެ.

 

“މިއީ މިގޭގެ ތެރޭގަ މަ ބަހައްޓާނެ އެއްޗެއްނޫން! މީތި މަގޭ ލޯކުރިމަތިން މިވަގުތު ނުގެންދިޔައިއްޔާ މި ގުޅަނީ ފުލުހުންނަށް!” ޝަބާ އައިސްފައި ހުރި ރުޅީގައި އިންޒާރެއް ދިނެވެ. އެއާއެކު އެ ޒުވާނާ އޮޅުމެއްގައި ހުރި ފަދައިން އިރުކޮޅަކު ހުރުމަށްފަހު އަވަސްއަވަހަށް ދުވެފައި އައިސް އެ ފޮށި ހިފައިގެން ދިޔައެވެ. އެ ހިނދު އެ ފުޅިތައް ދޫކުރެވުނު ކަމަށްޓަކައި ޝަބާއަށް ހިތާމަކުރެވުނެވެ. އެގެއަށް ނުވަނިއްޔާ އެ ފުޅިތައް ދެން ވަންނާނީ އެހެން ގެއެއްގެ ތެރެއަށެވެ. އެގެއެއްގެ ޢާއިލާ ބަރުބާދު ކުރުމަށެވެ. އެހެނަސް އެންމެ ފުރަތަމަ މި ފޮށި މިގެއަށް އަންނަންވީ ކީއްވެ ހެއްޔެވެ؟ އެއީ ވެސް ޝަރަފްގެ ނަންމަތީގައެވެ. ޝަބާ އިރުކޮޅަކު ވިސްނުމަށްފަހު އެ ވާނީ އެހެން ޝަރަފް ޢައްބާސްއެއްގެ ވާހަކައޭ ހިތައި އެ ޙާދިސާގެ މަތިން ހަނދާން ނައްތާލިއެވެ.

 

**

 

ހަވީރު 4 ޖަހަން ގާތްވެފައި ވަނިކޮށް އަފާފް އިނީ ރީތިވާ މޭޒު ދޮށުގައެވެ. ފައިހާ އޭނަގެ ޝޯލް އަޅައިދެމުން ދިޔައިރު އަފާފްގެ މޫނުމަތީގައިވީ ހިނިތުންވުމެކެވެ. އެތައް ދުވަހެއްފަހުން ބޭރަށްދާން ތައްޔާރުވަމުން ދިޔައީތީ އަފާފްގެ ހިތަށް ވެރިވެފައިވީ އުފާވެރިކަމެކެވެ.

 

“އޯލް ޑަން! މާ ޝާ ﷲ އަފޫ ވަރަށް ލޯބި. އޯންވް! ކޮންމެވެސް މީހަކަށް މިއަދު އަފޫ ފެނިފަ ލޯބިވެސް ވެވިދާނެ. ޖަސްޓް އިމޭޖިން!” ފައިހާ އެހެން ބުނެލިއިރު އޭނަގެ މޫނުގައި ހުންނާނެ އުޖާލާކަން އަފާފަށް އަންދާޒާ ކުރެވުނެވެ.

 

“ތިކަހަލަ ކަންތައް އިމޭޖިން ކުރީމަ ބޯ ސަކަރާތްވާނީ. ފައިވެސް ވިސްނާލަބަލަ. މީހަކު ފެންނައިރަށް ލޯބިވެވޭތަ؟ އެފަދަ ލޯތްބެއް ދެމިއޮންނާނެތަ؟ އެގޮތަށް ލޯބި ނުވިއްޔާ ރަނގަޅީ. ލޯތްބަކީ މީހެއްގެ ހުންނަ ރަނގަޅު ސިފަތަކެއް ފެނިފައި ﷲ އަށްޓަކައި ވެވޭކަމެއް. މިރޭ ފޭސްބުކް ޕޯސްޓެއް ލިޔަންވީ އެކަމާ ބެހޭގޮތުން…..” އަފާފް ވިސްނުމެއްގެ ތެރޭގައި އިނދެ ބުންޏެވެ.

 

“އާނ އާނ……ދެން ހިނގާބަލަ ކުޑަކޮށް މޭކްއަޕް ވެސް ކޮށްލަންދޯ؟ ކުޑަކުޑަކޮށް. ވަކި މީހަކަށް ދައްކާކަށްނޫން. އަފާފް އަމިއްލައަށް ރީތިވާން.” ފައިހާ އެދުނެވެ.

 

“ނޯ، ފައި…….އަހަރެން މޭކަޕް ނުކުރަނީ ސަބަބަކާ ނުލައެއްނޫން. ކޮންމެ ސަބަބަކާހުރެ މޭކަޕް ކުރިޔަސް އަހަރެން އެކަން ކުރުމުގެ ނިޔަތް ބަދަލުވުން އެކަށީގެންވޭ. އަހަރެން އަމިއްލަ ނަފްސު މޮޔަ ހައްދާކަށް ބޭނުމެއްނޫން. އަހަންނަށް އެނގޭ އަހަރެން ވެސް ބޭނުންވާކަން މީހުންގެ ސަމާލުކަން ހޯދަން. އެ އެދުން ކޮންޓްރޯލް ކުރުމަކީ އަހަރުމެންނަށް އޮތްކަމެއް، ދޯ ފައި؟” އަފާފް ދޯދިނީ އެ ވާހަކައާމެދު ފައިހާ ނުރުހުންވާނެކަން އެނގި ހުރެއެވެ. އެހެނަސް ފައިހާއަށް ފަހުން ވިސްނޭނެގޮތް ހައްދަވައި ދެއްވުމަށް އެދި ދުޢާކުރަމުން އަފާފް އޭނައަށް އަނގޮޓިއެއް ނަގައިދިނުމަށް އެދުނެވެ.

 

**

 

ޝަރަފްގެ 9 ގަޑިއިރުގެ ދިގު ދަތުރު ނިމި އޭނަ އިން ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުގައި ޖެއްސީ ރާއްޖޭގެ ގަޑިން  ހަވީރު 5 ޖެހި ވަގުތެވެ. ފްލައިޓް ޖެއްސިތާ މާގިނައިރެއްނުވެ ޝަރަފް އޭނަގެ ފޮށި ހިފައިގެން ގޮސް ފެރީއަކަށް އެރިއެވެ. މާލެއާއި ގާތްވަމުން ދިޔަ ފެރީގައި އިން އިރު އޭނަގެ ހިތުގައި އެތައް ޖަޒުބާތެއް އަރާ ފައިބަމުން ދިޔައެވެ. ދޮންތައާއި ބައްޕަގެ އެކިއެކި ޚިޔާލުތަކުގައި އޭނަ ވަނިކޮށް ކޮންމެވެސް ފިރިހެނެއް އައިސް އޭނަގެ ކައިރީގައި އިށީނެވެ. ބަލާބެލުމަށް އެއީ ޒުވާން ފުރައިގެ ކުއްޖެކެވެ. ޝަރަފް އެކުއްޖާއަށް ބަލާފައި ދުރު ބަލަން ފެށި ތަނާހެން އޭނަ އޭނަގެ އަތުގައި ހުރި ފޮށްޓެއް ޝަރަފަށް ދިއްކޮށްލީ މިއީ ޝަރަފްގެ ހަދިޔާ ކަމަށް ބުނަމުންނެވެ. އެއާއެކު އެދުވަހު ހެނދުނު އައި ފޯނު ކޯލުގެ މަތިން އޭނަ ވަގުތުން ހަނދާންވިއެވެ. އެ ފޯނު ކޯލަކީ ކުޅިވަރެއްނޫންކަމުގެ އިޙްޞާޞް ޝަރަފަށް ކުއްލިއަކަށް ކުރެވުނެވެ. ހަމަ އެއާއެކު އެ ފޮށީގައިވީ ކޯޗެއްތޯ ބަލާލުމުގެ ޝައުޤުވެސް އޭނަގެ ހިތުގައި އުފެދުނެވެ. ‘ހަދިޔާ’އޭ ބުނުމުން އޭނަ ޚިޔާލުކުރީ ކޮންމެވެސް ވަރެއްގެ ފައިސާއެކެވެ. އެހެނަސް މިއީ ކޯޗެއް ހެއްޔެވެ؟

 

ޝަރަފް ފޮށީގެ އެކި ފަރާތް ބަލަމުން ދަނިކޮށް ފޮށީގެ ދެ ފަރާތުގައި ހިފަން ފަސޭހަ ކުރުމަށްޓަކައި ދެ ބާ ކަނޑާފައިވިކަން އޭނައަށް ފާހަގަވިއެވެ. އޭނަ އޭގެއިން އެއްބަލުގެ ތެރެއިން ބަލާލުމާއެކު އޭނަ ހުއްޓުން އެރީ އެއީ ކޯޗެއްކަން އޭނައަށް ވަގުތުން އެނގިގެން ދިޔުމުންނެވެ. އިސާހިތަކު ޝަރަފްގެ ހަނދާނަށް އައީ، އޭނަ ބިންތު ޢައްމާރުގެ ޚަބަރު ދޭނަމަ ކޮންމެ ދުވަހަކު އެ ހަދިޔާ އޭނައަށް ލިބޭނެ ކަމަށް އެމީހާ ބުނެލި ވާހަކައެވެ. އޭނަގެ މި ދެވިހިފުމާއި ބެހޭގޮތުން ވެސް އެމީހަކަށް އެނގެނީތާއެވެ. ފޮށީގެ ތެރެއިން އެ ފުޅިތައް ފެނިފައި ޝަރަފަށް ހިސާބެއްގެ ހިތްހަމަޖެހުމެއް ލިބުނު ވަގުތު ނުތަނަވަސްވެސްވިއެވެ. މީތި ހިފައިގެން ގެއަށް ދާނީތޯ އޭނަގެ ހިތަށްއެރިއެވެ. މި ހަދިޔާ ޤަބޫލު ނުކޮށްފިނަމަ އޭނައަށް ދަތިތަކާއި ކުރިމަތިވާނެކަން ޝަރަފަށް ޔަޤީނެވެ. ފަހަކަށް އައިސް އެންމެ ރެއަކުވެސް އޭނަ ބާރއަކަށް ނުގޮސްފިނަމަ އޭނަ ބޯ އަނބުރައި އަތްތުރުތުރު އަޅާ ގޮތްވެއެވެ. އެކަންތައް ހެޔޮވެގެން ދަނީ އޭނަ މަސްތުވެގެންނެވެ. ޝިނާޒް އެދުވަހު ކޮށްލި ސުވާލާއި މެދު އޭނައަށް ވިސްނުނީ އެވަގުތެވެ. އޭނައަށް މާލޭގައި އެ ފުޅިތަކާ ނުލާ އުޅެވޭނެ ހެއްޔެވެ؟

 

ފެރީގެ މުޅި ދަތުރު މަތީގައި ޝަރަފް ހުރީ ދެ ޚިޔާލެއްގެ މަތީގައެވެ. އެހެނަސް އެންމެ ފަހުން ފެރީއިން ފައިބަންވި ވަގުތު ޝަރަފް އެ ފޮށި ހިފައިގެން ފައިބަން ނިންމީ، އޭނަ ދުވަސްކޮޅަކުން އެކަން ހުއްޓާލަން އަމިއްލަ ނަފްސުގާތު ވަޢުދުވަމުންނެވެ.

 

**

 

އަފާފަށް ޝަބާގެ ގެއާއި ހަމައަށް ދެވުނީ ހަވީރު 4:15 ހިކަށްހާއިރެވެ. ފައިހާގެ އެހީގައި ލިފްޓުގައި އެ ފަންގިފިލާއަށް ގޮސް ސިޑިބަރިން އޭނަ އަރައިގެން ދިޔައީ ވަރަށް ނުތަނަވަސްވެފައި ހުރެއެވެ. އެހެނަސް އަފާފަށް ސަލާމަތުން ގޭގެ ދޮރުމަތީގައި ހުރި ޝަބާގެ ގާތަށް ދެވުނެވެ. އަފާފް ފެނުމާއެކު ޝަބާ އޭނަ ގައިގައި ބައްދާލައި ކިހިނެއްތޯ ސުވާލުކޮށް މަރުޙަބާ ކިޔުނެވެ. އަފާފް ފެނިފައި އާހިލް އިނީ ކިތަންމެހާ ވެސް ފޫހިވެފައެއްކަމަކު އަފާފް އެދުވަހުގެ ފިލާވަޅު ނަގައިދިނެވެ. އެއީ މުލްކު ސޫރަތުގެ ބައެއް އާޔަތްތަކެވެ. ސިއްރުކުރިޔަސް އަދި ފާޅު ކުރިޔަސް ހިތްތަކުގައި ވާހާ ކަމެއް ﷲ ދެނެވޮޑިގެންވާނެކަމަށް އަންގަވާފައިވި އާޔަތްތަކެވެ. އާޔަތްތައް ނަގައިދީފައި އަފާފް އެ އާޔަތްތަކުގެ މާނަތައް ވެސް އާހިލްއަށް ކިޔައިދިނެވެ. އާހިލްގެ ޙަޔާތާއި ގުޅޭނެ ފަދައަކުންނެވެ. ކިޔައިދިން އިރު އަފާފް ކުރަމުން ދިޔަ ސަމާސާތަކެއްގެ ސަބަބުން އާހިލް އަޑުއަހަން އިނީ ޝައުޤުވެރިކަމާއި އެކީގައެވެ. އެކަމާމެދު ޝަބާއަށް އުފާކުރެވުނެވެ.

 

ކިޔަވައިދީ ނިމުމުން ޝަބާ އެންމެންނަށް ސައި ތައްޔާރު ކުރިއެވެ. ސައިބޯން ތިބި ވަގުތު ފައިހާ ފޯނެއް އައިސްގެން ބޭރަށްދާން ޖެހުނެވެ. އެ ހިނދު ޝަބާ ވާހަކަ ދެއްކިއެވެ.

 

“އަސްލު ފައިހާ ނެތަސް އަފާފް އަމިއްލައަށް ތަންތަނަށް ދެވޭނެއޭ. ތަންތަނުގަ އަތްލައިގެން ފިޔަވަޅުތައް ގުނައިގެން އެކިއެކި މަގުތައް ދަސްވާނެ.” ޝަބާ ބުންޏެވެ.

 

“ހެހެ…..ރިސްކީ ކަމެއްދޯ އެކަމަކު. އަހަރެން ގޭގަ އެގޮތަށް ފިޔަވަޅެއް އަޅާލާއިރަށް ކޮންމެވެސް ކަބަޑެއްގަ ގޮސްޖެހެނީ.” އަފާފް އޭނަގެ ފެންތަށި ބޮމުން ބުނެލިއެވެ.

 

“އެހެންތަ؟ އަޅެ މިއަދު އަމިއްލައަށް އެ ދޮރާއި ހަމައަށް ދެވޭތޯ ބަލާލަބަލަ. އަހަރެން ކިޔައިދޭނަން ދެވޭނުދެވޭ ގޮތް. ކުޑަކުޑަ ތަންކޮޅެއްނު އެއީ؟ ޓްރާއި ކުރަން ބޭނުންތަ؟” ޝަބާ އަހާލިއެވެ. އަފާފް ވިސްނުމެއްގެ ތެރޭގައި އިނދެފައި ބޯޖަހާލީ އެ ޚިޔާލު ކަމުދިޔަ ވަރުންނެވެ. އޭނައަށް އިތުރު ކަންތައް އަމިއްލައަށް ކުރެވޭނެކަމުގެ އިތުބާރު އަމިއްލަ ނަފްސަށް ދިނުމަށެވެ.

 

**

 

8 އަހަރު ފަހުން މާބަގީޗާ ޢިމާރާތުގެ ކުރިމައްޗަށް ހުއްޓުނު ޝަރަފަށް އެ ޢިމާރާތުގެ އެންމެ ތިރިން ފެށިގެން މައްޗާއި ހަމައަށް ބަލާލެވުނުއިރު އާދަޔާ ޚިލާފު އިޙްޞާޞްތަކެއް ކުރެވުނެވެ. އޭނަ ދިޔަފަހުން އެ ޢިމާރާތަށް މާ ބޮޑު ބަދަލެއް ނާދެއެވެ. ޢިމާރާތުގެ ކުލަ ގަދަ ފެހި ކުލައަކަށް ބަދަލުވެ ބައެއް ބެލްކަނިތަކުން މާ ގިނަ ޕޮޓްތައް ފެންނަމުން ދިޔަކަން އެކަންޏެވެ. ޝަރަފް ހުރިގޮތަށް ހުއްޓާ އޭނަގެ ފަހަތުން ޓެކްސީ ދުއްވާ މީހާ އޭނަގެ ފޮށި ހިފައިގެން ފޭބިއެވެ. ޝަރަފް އޭތި އޭނައަށްޓަކައި ގެންގޮސްދިނުމަށް އެދި އެތެރެއަށް ވަންނަން ފެށީ އޭނަގެ ދެއަތުން އޭނައަށް ހަދިޔާއެއްގެ ގޮތުގައި ލިބުނު ފޮށި ހިފައިގެންނެވެ.

 

ޢިމާރާތުގެ ލިފްޓުން ފަސްވަނަ ފަންގިފިލާއަށް ދިޔައިރު އެ ލިފްޓުގައި އެހެން މީހަކު ނެތްކަމަށްޓަކައި ޝަރަފަށް ޝުކުރުވެރިވެވުނެވެ. ހަމަ އެވަގުތު އޭނައަށް ޓެކްސީގެ ތެރެއިން އޭނައަށް ގަމީހުގެ އަތުކުރި ވައްޓާލެވިފައިވިކަމަށްޓަކައި ވެސް ޝުކުރުވެރިވެވުނެވެ. އެނޫންނަމަ އޭނަ މިހާ ހިސާބަށް އައިއިރު ކުރިމަތިލާން ޖެހުނީހީ ކިތައް ނުރުހުމުގެ ނަޒަރުތަކާއި ކަމަށްވެސް ނޭނގެއެވެ.

 

ލިފްޓުން ފޭބުމަށްފަހު ޝަރަފް ދެންވެސް ނުތަނަވަސްވެފައިވި ހިތަކާއެކީ އެންމެ ފުރަތަމަ ކަމަކަށް ބެލީ އޭނަގެ ހަދިޔާ ފޮށި މައްޗަށް ގެންގޮސް ގޭގެ ދޮރު ކައިރީގައި ބެހެއްޓުމެވެ. އެވަގުތު ދޮންތައާއެކީ އެހެން އަންހެނެއްގެ ހުނުމުގެ އަޑު އިވުމުން ޝަރަފް ޙައިރާންވިއެއްކަމަކު އެއީ ދޮންތަގެ އެކުވެރިއެއްކަމަށް ބަލައި އޭނަގެ ހެދުން ފޮށި ނަގަން ދިޔައެވެ. އެ ބަރު ހެދުން ފޮށި އެއްއަތުން އުފުއްލައިގެން ސިޑީގެ އެންމެ ފަހު ހަރުފަތި ގިރާ ކުރުމަށްފަހު ޝަރަފް ދޮރުމަތީގައި ހުއްޓިލަމުން ފުން ނޭވައެއް ދޫކޮށްލިއެވެ. އެއަށްފަހު އޭނަ ޓަކި ދިނުމަށްޓަކައި އަތް އުފުލާލި ތަނާހެން އެ ދޮރު ހުޅުވިގެން ދިޔައެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Jana

100 Stories10 Stories1K Comments500 Comments100 Comments100 Login500 Login

Other Articles

Previous

ތިޔަ ލޯބީގެ ހައްޤުގައި (21)

Next

ވަންހަނާ (ދެވަނަބައި)

Next
December 5, 2017

ވަންހަނާ (ދެވަނަބައި)

Previews
December 4, 2017

ތިޔަ ލޯބީގެ ހައްޤުގައި (21)

47 Comments!

  1. Jana says:
    December 4, 2017 at 11:24 pm

    Assalaam’alaikum. lasvi kamattakai nihaayathah maafah edhen. varah avadhinethi veema mihaa lasvee. ekamaku dhigukoh genesdhevuneema hiyhama jehijje Alhamdhulillah! 🙂

    Kuree baiga huri comment thah kiyaafa jana vaahaka eh bunelan beynun. jana evves personal info eh mithaanga hissaa nukuran. jana aa ekuverivaan beynunvaa ukhtheh hurinama vaahaka ah haassa kurevifaivaa page ah msg eh kollun edhen In Sha Allah. jana reply kuraanan

    https://www.facebook.com/Asr-1445208739121696/?ref=bookmarks

    Quranuge dhivehi tharujamaa beynunvaa kiyuntherinves tanzil.net ah ziyaaraiy kollun edhen. e site in dhivehi tharujamaaves libeyne In Sha Allah

    http://tanzil.net/#trans/dv.divehi/1:1

  2. Pink says:
    December 4, 2017 at 11:40 pm

    Ma’sha allah jana
    Story v rythi?

    1. Jana says:
      December 5, 2017 at 2:54 pm

      Alhamdhulillah! (All praise and thanks belong to Allah) 🙂 <3

  3. Zeek says:
    December 4, 2017 at 11:43 pm

    Janaa!! Janaa thee teacher eh thr…?
    I am curious to know…. I guess you are islam teacher….. ? wish you all the best in ur life…. Thanxx 4 giving us to read this beautiful story

    1. Jana says:
      December 5, 2017 at 3:14 pm

      zeek ge comment kiyaafaey jana buny personal info share nukuramey 😛 ekamaku thi guess kuri gothun kuda vaahaka eh dhakkaalan beynun mithaanga. Zeek ah guess kurevuny rangalhakah noon. Surprise surprise i am NOT an islam teacher! 😀 zeek ah thihen heevaan jehunu sababaa medhu jana vaahaka dhakkan beynumy. ey aharumenge therein hama gina meehunnah heevefa onna gotheh. dheenuge ilmu libifa huriyyaa e vaany islaam mudharrisakah noony kommeves sheikh akashey. eggothakavves ehen profession thakuga ulhey meehun dheeny ilmu ungenifa thibeynehen aharumennah hiyeh nuvey. adhi emeehun e ilmu ungenen nujeheyhen ves aharumennah heevaathan aadhey. ekamaku muslimeh vejjeyya aharumennah vaajibeh nuveytha Quran aai hadhithaa medhu ithurah ungenen? namaadhugai Quran kiyevey hindhu e kiyey ehchegge maana engen jeheny hama ekani islaam mudharrisunnashaai sheikhunnah noon kanneynge dho zeek? 🙂 i cant tell you everything but i can tell you this. I am a student and i am working as well. Ekamaku jana kiyavaa ehchaky ves eyakun dheenee ilmeh libeyne ehcheh noon. adhi jana adhaa kuraa vazeefa akahves vaki dheenee ilmeh beynumeh nuvey. ekamaku mihaathanah thiya kiyuntherinnaa hama ah genesdhevunuhaa aayaithakaky meege aharuthakeh kurin Quran attakai jehunu loaibegge sababun komme dhuvahaku madhumadhun ungenemun gos ungenifa huri ehcheh. adhi arabi kiyavan feshy ves Quran ithurah ungenen vegen. eyves kommeves online site akun. komme dhuvahakuves Quranun minvareh ungeni Arabi bahattakai vaguthu heydha kureveytho balan. egothah heydha nukurevey dhuvasthahves aadhey dheytheredheytherein. but i’ve made learning more about the Quran a lifelong journey for myself In Sha Allah. and i’m trying to show others how to embark on that journey so that they can benefit as well In Sha Allah.
      May Allah increase us in beneficial knowledge. Ameen!

  4. Kiah says:
    December 4, 2017 at 11:57 pm

    Maashaa allah varah varah reethi

    1. Jana says:
      December 5, 2017 at 3:15 pm

      Alhamdhulillah! 🙂

  5. Han says:
    December 5, 2017 at 12:35 am

    Youtube in ekahala lectures thah alhe jana hoadhany kihineh kan bunedhyba.

    1. Jana says:
      December 5, 2017 at 3:21 pm

      Han youtube ga search kobbala mi ilmuveringe lectures thah. Ustadh Nouman, Sheikh Omar Suleiman, Sheikh Abdul Nasir Jangda, Mufti Menk, Sheikh Moutasem Al Hameedhee.
      emme bodah recommend kurany Ustadh Nouman ge tafseer lectures thah. hama hurihaa lecture egga hen hunnaany kommeves aayatheh bunedheefa. adhi ustadh nouman kiyaidhey goiyves varah faseyha vaane.
      dhivehi tafseer recordings thah hurey dr iyaz Abdul Latheef ge. you can search for his lectures on youtube as well In Sha Allah 🙂

  6. sana says:
    December 5, 2017 at 2:24 am

    Maashaa allah varah varah reethi jana dhooni gandaa ???????
    When next part?

    1. Jana says:
      December 5, 2017 at 4:08 pm

      Alhamdhulillah! 🙂 <3 <3 <3

      Next part thursday ga In Sha Allah. mi part aa eky thankolheh heavy msgs thah aima kudakoh slow down mi kolly. kiyuntherinnah eyaa medhu visnan vaguthu dheyn beynunvaathy. 🙂

  7. new says:
    December 5, 2017 at 6:20 am

    V v reethi!

    1. Jana says:
      December 5, 2017 at 4:08 pm

      Alhamdhulillah! 🙂

  8. Avee says:
    December 5, 2017 at 7:18 am

    Just awesome. Heevany dhemeehunge hiyaalu eh goiy hen

    1. Jana says:
      December 5, 2017 at 4:09 pm

      Alhamdhulillah! 😀 Anekka Afaaf aa Sharaf ge khiyaaluge vaahaka tha? hmm….balamaa vaagotheh In Sha Allah 🙂

  9. Creyxy says:
    December 5, 2017 at 7:38 am

    V beynun Jana r vaahaka dhahkkaalan. Islaah vaan beynumy

    1. Jana says:
      December 5, 2017 at 4:10 pm

      creyxy thee ukhtheh nama mi page ah msg eh kolla. In Sha Allah jana reply kuraanan

      https://www.facebook.com/Asr-1445208739121696/

  10. Azkaa says:
    December 5, 2017 at 7:51 am

    Maasha allah mi part vs v reethi n v interesting.. Waitin???

    1. Jana says:
      December 5, 2017 at 4:11 pm

      Alhamdhulillah! 🙂 next part thursday ga In Sha Allah 🙂 <3

  11. Xaaan says:
    December 5, 2017 at 8:34 am

    Masha Allah v reethi

    1. Jana says:
      December 5, 2017 at 4:11 pm

      Alhamdhulillah!

  12. curious says:
    December 5, 2017 at 8:59 am

    esfiya in kiyaa vaahaka tahaka balaa iru loaabee ge bai gina kamah vanya readers in like kuraa varu gina…jana ge story ga dheenee bai thah gina veema like madhukamah faahaga kurevey……… mi ee kihineh vaa kamah baaa…..esfiya in mi story emme reethee…

    1. Jana says:
      December 5, 2017 at 4:13 pm

      hehe….likes madhuviyas ey massala eh nooney. 🙂 muhimmy vaahakain kiyuntherinnah faidhaa eh kurun….

  13. Mish❤ says:
    December 5, 2017 at 9:04 am

    Kon irakun dhen Anna bai nerenee

    1. Jana says:
      December 5, 2017 at 4:14 pm

      Next part part thursday ga In Sha Allah 🙂

  14. Maaaa ? says:
    December 5, 2017 at 9:39 am

    Masha allah janasis ge storythah? ? varah reethi iburehthakun furigen vaa story eh maiee mihaaru abadhuves mi story ah inthizaaru kurevea…. ?

    1. Jana says:
      December 5, 2017 at 4:15 pm

      hehe….reethi veevarah maaaa ah faidhaa kurikamavves ummeedhukuran. Alhamdhulillah! 🙂 <3

  15. Xxxx says:
    December 5, 2017 at 9:40 am

    Mi vaahaka genesdhey leh varah furihama…dhen oi bai v.kiyaahiyvey….???????May Allah bless u..

    1. Jana says:
      December 5, 2017 at 4:15 pm

      Alhamdhulillah! May Allah bless you more. Ameen! <3

  16. no name? says:
    December 5, 2017 at 10:07 am

    asluvess jana ge story vv reethi masha allah. ebunaahen aslu love storys ah hurey 70 eh haa cmmnt kohfa . mikahala dheenee vaahaka eh liyunyma 50 eh haa cmnt ves nulibeyy… aslu vv dhera dhw but nevermind meehaku cmmnt nukuriyas jana kuraa kamrh jana kuracheyy.. miadhun feshigen insha allah alhugandu ves cmmnt kuraanan. jana ge hurihaa vaahaka eh ves kiyan ekam cmmnt eh nukuran. ekam dhn kuraanan insha allah. jana ge hurihaaa vaahaka thah ves ehaame ibraitheri adhi ehaa furihama. masha allah. hijr aai asr akee alhugandah dheenee vaahaka thakun emme reethi dhe vaahaka. e dhe vaahaka akee alhugandah hidhaayai dhehvumuge aslu alhamdulillah miadhu alhugandakee baraabarah namaadhu kuraa solih alheh.. insha allah. jazaakallah khair☺

    1. Jana says:
      December 5, 2017 at 4:25 pm

      hehe….comment aai likes madhuviyas mikan kurumattakai jana ge huri hiyvvareh nu eleyne In Sha Allah. ey jana mikan kurany vaki comment aai likes ah kamattakai nuvaathy. mi kan kurany ekanthahthakattakai kamavvaanama mi kureveny mulhin beykaaru kameh.
      no name comment nukuriyas massala eh neh. jana ah support kuran beynumiyyaa kohdheynvee kamaky mi vaahaka thakun faidhaa eh kuriyyaa ehen meehunnaa meethi hissaa kurun.vaahakaige bayakun faidhaa eh kuriyyaa e bai thiya kiyuntheringe aailaa aai ekuverinnaa hissaa kurumaky varah bodu edhumeh In Sha Allah.
      Baarakallah Laka! Maai Allah alhamen emmenge hiythahves ekalaange dheenugai saabithu kuravvaashi. Ameen!

  17. Chawder says:
    December 5, 2017 at 10:52 am

    Masha Allah v reethi mivaahaka.konirakun aneh part

    1. Jana says:
      December 5, 2017 at 4:26 pm

      Alhamdhulillah! Next part thursday ga In Sha Allah 🙂

  18. Jana says:
    December 5, 2017 at 2:49 pm

    FB Post:

    “Who says I want to show off? I just wear make up for my own, confident self!”

    Ever heard your mind saying these words, dear sister? Then, you are not alone. Let’s imagine that the thought that comes to some of our minds is true. But why does it happen to be, that every time we step out of our house with make-up, we tend to become self-conscious in the presence of men? Why is it that we start walking a little differently when we see a good looking man? Why is it that we try to act extra cute when that popular guy is staring at us?

    Dear sister, no matter how much we try to justify it to ourselves, it’s not because of our ‘confident’ and ‘independent’ nature that we spend so much time beautifying ourselves before stepping out of our homes. As women, we have the tendency to seek attention. So even the tiniest thing done, that you think might get you that attention will impact the personality that you carry outside your home. The way you carry yourself and the interactions that you have especially with the opposite gender will deeply get affected. And if we don’t catch ourselves at the right time, either we will ruin somebody else’s life or somebody else will ruin ours.

    Our deen saves us from that drama by teaching us a balance. Sure we can look good. But it is a responsibility upon us to judge our own actions. It is for us to judge how we beautify ourselves in order to seek attention or perhaps even to put others down. No matter how much we lie to ourselves, we clearly know the difference between looking presentable and looking attractive. We must look presentable but there is no need for us to put layers and layers of make up just so that someone might look at us. We, as muslimahs have much higher aspirations than seeking the attention of any man. Our ultimate goal in life is NOT marrying a man and settling down as fairy tales and movies suggest. Married or not, our struggle in life is to seek the pleasure of Allah and the ultimate goal is to earn Jannah that He has promised for us.

    May Allah grant all of us a deeper understanding. Ameen!

  19. Jana says:
    December 5, 2017 at 2:49 pm

    FB Post:

    “Oh it’s not SUCH a bad scene. It could have been worse!” says a typical teenage kid watching a movie premiere.

    You might think, ‘oh kids nowadays!’ But what about you and me? Have we never said this before? If not with our tongues haven’t we said it in our heart a number of times? Let’s be honest with ourselves. We see a trailer in a movie and sometimes the only reason we have the urge to watch the movie is just the glimpse of an inappropriate scene. And we might pretend to skip the scene when we watch the movie with others but when we are alone, we have absolutely no restrictions. And you might ask me…..what is so wrong about that? It’s just a few minutes of duration. That might be true but the fact of the matter is shaithaan is constantly working to pull you backwards. And if you think there is nothing wrong about that, it takes very little for shaithaan to take that one scene you watch and make it a trigger for you to get addicted to something much worse than that scene. And when you do, then you will regret that you ever saw such a scene with your own eyes.
    So the next time you watch a movie, ask yourself. Why exactly am I watching this? Think, reflect and take a decision In Sha Allah.

    1. Mazla says:
      December 6, 2017 at 12:41 am

      Wanted to ask this question! For about 7 to 8 years stopped watching movies and series..now also watch mainly Pakistani dramas online which really doesn’t have bad scenes compared to other movies and dramas BUT feeling gulity of getting addicted to this…enjoying it and feel guilty of wasting time and watching it at the same time. Wanted to stop this but confused. I do make duas too but again & again same thing happens..Janaa Plz suggest some productive ways to stop this and how to use my time wisely and make Dua for ppl like me.? This story is very nice and inspiring to do Good. May Allah bless ur work and make all of this a sadaqah jaaria to u. Jazakillah Khairan.

    2. Jana says:
      December 6, 2017 at 3:03 pm

      Ameen!

      Subhaanallah sister Mazla, you are not alone in this. i bet there are many other sisters out there who are addicted to those dramas and have a hard time getting out of it. But there is a way out of it In Sha Allah.
      First of all dear sister, i want you to know the negative impact those dramas have on your life though there are no particularly ‘bad scenes’ in them. I’m not familiar with what’s out there today, but from what i know those dramas show lots of family feuds. and a lot of times those feuds a not solved in a proper manner. For example a the problems between a mother-in-law and daughter-in-law and how at times the husband takes the side of his wife instead of his mother rather than trying to solve the problem in a just manner between the two. Or maybe there can be a very rebellious girl/boy going against his/her parents saying things like they should be free to do whatever they want. Or perhaps a girl and boy who want to get married without there parents’ consent. We may think that these personalities have no impact on us, but trust me, they do. The way we view the world changes when we watch these things and we know that we, as muslims have a much more mature understanding of life than that.
      So now that i told you the negative impact, i will give you some practical tips to get away from it. And this is where productivity tips comes into play. I would recommend you to make a to do list for each day. Include everything that you MUST do in it and also add some more things regarding what you can do to improve yourself. Like gaining more knowledge about deen, reciting more Quran, spending some time in memorization of Quran, finding out how you can do better at your work, spending quality time with your family and things like exercising. The important thing is to set a goal first. Like for example i have goals like watching 1 khutbah everyday, taking 1 lesson of Arabic everyday, memorizing about 5 ayahs everyday, and reading a self development book for 10 mins everyday. Write a to do list for each day depending on the goals you have. Make a to do list that is challenging. That you know you can JUST accomplish by the end of the day. Keep ticking each task that you accomplish.
      Once you start doing this, you will no longer have the time to worry about unnecessary things and you will focus on what is more important In Sha Allah. And remember, consistency is key. As Rasool (SAW) told us, the best deeds are those that are consistent though they are small.
      Hope this helped In Sha Allah. May Allah make us of those who use their time wisely. Ameen!

  20. Azkaa says:
    December 5, 2017 at 4:15 pm

    Jazaakallah khaira jana sis???
    Ly??
    May allah bless u n us??

    1. Jana says:
      December 5, 2017 at 4:26 pm

      Baarakallah Laki! Love you too <3 Ameen!

  21. hai says:
    December 5, 2017 at 6:27 pm

    vvvvvvvvvvvvvvvvvvvvvvv reeethi mi stry…
    and varah aguhuri mauluma thu kola vas libija….
    jana ge masaka thuga Allah barakalavasi…aamin..

    1. Jana says:
      December 6, 2017 at 2:42 pm

      Ameen! Maai Allah alhamen kuraa komme heyo amaleggai barkaaiy lavvaashi. Ameen! Alhamdhulillah! 🙂

  22. Creyxy says:
    December 6, 2017 at 7:44 am

    Fb use eh nukuran. Viber ga grup eh nydheythw.

    1. Jana says:
      December 6, 2017 at 2:43 pm

      fb ga noolhey nama 7997991 ah viber in msg eh kollun edhen. ey esfiya admin. just send a msg saying you want my number. you can get it and we can have a chat In Sha Allah. would love to help 🙂

  23. Jana says:
    December 6, 2017 at 2:40 pm

    FB Post: (Dhivehi)

    “މީ ދެން އެހާ ގޯސް ސީންއެއް ނޫން. މީތި މިއަށްވުރެ ގޯސްވީސް.” ފުރާވަރުގެ ކުއްޖެއް ޓީވީ ބަލަން އިނދެފައި ބުންޏެވެ.

    މިފަދަ މަންޒަރުތަކުން އަހަރުމެންނަށް ވިސްނޭނީ “މި ޒަމާނުގެ” ކުދިންގެ ނުބައިކަމާމެދުގައެވެ. އެހެނަސް އަހަރުމެންގެ ޙާލަކީ ކޮބައިތޯއެވެ؟ އެފަދަ ވާހަކަތައް އަހަރުމެންނަށް ނުދެއްކޭތޯއެވެ؟ ދުލުން އެބަސްތައް ނުބުންޏަސް ހިތުތެރޭގައި އެފަދަ ބަސްތަކެއް ނުބުނެވޭ ހެއްޔެވެ؟

    ބައެއްފަހަރު އަހަރުމެން ފިލްމެއް ބެލުމުގެ ހަމައެކަނި މަޤްޞަދަކަށްވެފައިވަނީ، އެ ފިލްމުގެ އިޝްތިހާރުގެ ތެރެއިން ފެނިގެން ދިޔަ ގޯސް މަންޒަރެއްގެ ސިކުންތުކޮޅެކެވެ. ފިލްމު އެހެން މީހުންނާއި އެކީ ބަލާއިރު އަހަރުމެން އެ މަންޒަރު ދުއްވާލިޔަސް، އެކަނި ތިބޭ ވަގުތުގައި އަހަރުމެން އެއްވެސް ވިސްނުމެއްނެތި އެ މަންޒަރު ބަލާލަނީއެވެ. މީގައި އޮތް މައްސަލައަކީ ކޮބައިތޯ ތިބާ ސުވާލުކޮށްފާނެއެވެ. އެއީ މަދު މިނެޓްކޮޅެއް ނޫންހެއްޔެވެ؟ އެހެނަސް ޝައިޠާނާ ހުއްޓުމެއްނެތި އަހަރުމެންނަށް ވަސްވާސް ދެމުން ދާކަން އަހަރުމެން ވިސްނަން ވާނެވެ. ފިލްމުގައި އެ ފެންނަ މަދު މިނެޓްކޮޅުގެ ނުބައި މަންޒަރަކީ އެއްވެސް ގޯހަކަށް ނުވާހެން ތިބާއަށް ހީވާނަމަ، އިސާހިތަކު ޝައިޠާނާ އެ މަންޒަރުގެ ސަބަބުން ތިބާ އެ މަންޒަރަށްވުރެ ގޯސް އެއްޗެއް ބެލުމަށް ދެވިހިފުމަށް މަގު ފަހި ކުރާނެއެވެ.

    އެހެންކަމުން ދެންފަހަރަކު ތިބާ ފިލްމެއް ބަލަން އިށީންނައިރު ވިސްލާނާށެވެ. އަހަރެން މި ފިލްމު ބެލުމުގެ ޙަޤީޤީ މަޤްޞަދަކީ ކޮބާ ހެއްޔެވެ؟ ވިސްނާފައި ތިބާ އަމިއްލައަށް ނިންމުމެއް ނިންމާށެވެ.

  24. Jana says:
    December 6, 2017 at 2:41 pm

    FB Post: (Dhivehi)

    “އަހަރެން އެކަކަށްވެސް ދެއްކޭކަށް ނުއުޅެން! އަހަރެން މޭކަޕް ކުރަނީ އަހަރެން އަމިއްލައަށް ރީތިވުމަށްޓަކައި!”

    އުޚްތާއެވެ! މިއީ ތިބާގެ ސިކުނޑި ތެރޭގައި ހިނގާ ޚިޔާލުތަކެއް ހެއްޔެވެ؟ އެހެންކަމަށްވާނަމަ މިއީ ހަމައެކަނި ތިބާގެ ޚިޔާލުތަކެއް ނޫނެވެ. މި ޚިޔާލުތަކާމެދު ކުޑަކޮށް ވިސްނާލަމާ ހިނގާށެވެ. އަހަރުމެން ރީތިވުމަށްޓަކައި ގަޑިއިރުތައް ހޭދަކުރަނީ އެހެންމީހުންނަށް ދެއްކުމުގެ ނިޔަތުގައި ކުރާ ކަމެއްނޫން ކަމަށް ބަލަމާ ހިނގާށެވެ. އެހެނަސް އެގޮތަށް ރީތި ވެގެން ގެއިން ނިކުމެވޭ ކޮންމެ ފަހަރަކު އަހަރުމެން ފިރިހެނުން ކުރިމަތީގައި ނުތަނަވަސްވަނީ ކީއްވެ ހެއްޔެވެ؟ ރީތި ފިރިހެނަކު އަހަރުމެންނަށް ބަލާލާއިރަށް ތަފާތު ގޮތަކަށް ހިނގެނީ ކީއްވެ ހެއްޔެވެ؟ މަޝްހޫރު ފިރިހެނަކު ބަލައިގެން ހުންނައިރު މާ އަންހެންވަންތަ ގޮތް ދެއްކެން މަސައްކަތް ކުރެވެނީ ކީއްވެ ހެއްޔެވެ؟

    އަހަރުމެން އަމިއްލަ ނަފްސަށް ކިތަންމެ އޮޅުވާލަން މަސައްކަތް ކުރިޔަސް ޙަޤީޤަތަކީ އަހަރުމެން އެހާ ވަރަށް އަހަރުމެންގެ ބޭރުފުށް ރީތިކުރަން މަސައްކަތް ކުރަނީ ވަކި އަމިއްލަ ނަފްސަށްޓަކައި ނޫންކަމެވެ. އަހަރުމެންނަކީ އަންހެނުންނަށްވީތީ ފިރިހެނުންގެ ސަމާލުކަން ހޯދުމުގެ އެދުމެއް އަހަރުމެންގެ ހިތުތެރޭގައި ވެއެވެ. އެ ސަމާލުކަން ހޯދުމަށްޓަކައި ކުރެވޭ ކިތަންމެ ކުޑަ ކަމެއްގެ ސަބަބުން ވެސް ގެއިން ބޭރުގައި އަހަރުމެން އުޅޭ އުޅުމަށް ބަދަލުތަކެއް އާދެއެވެ. އަހަރުމެން ކަންތައް ކުރާ ގޮތާއި ވަކިން ޚާއްޞަކޮށް ފިރިހެނުންނާއި ވާހަކަ ދައްކައި ހަދާ ގޮތްތަކަށް ބަދަލު އާދެއެވެ. އެފަދަ ޙާލަތެއްގައި އަހަރުމެންނަށް ރަނގަޅު ވަގުތުގައި އަމިއްލަ ނަފްސު ކޮންޓްރޯލް ނުކުރެވިއްޖެނަމަ، އަހަރުމެންނަށް އެހެން މީހެއްގެ ޙަޔާތް ބަރުބާދުވެވިދާނެއެވެ. އެހެންނޫނީ އެހެން މީހަކަށް އަހަރުމެންގެ ޙަޔާތް ބަރުބާދުވެވިދާނެއެވެ.

    އަހަރުމެންގެ ދީން އަހަރުމެންނަށް އުނގަންނައިދެއްވާފައިވި ކަންތައްތަކުން މި ދީން އަހަރުމެން އެ ޙާލަތްތަކުން ސަލާމަތް ކުރެއެވެ. އަހަރުމެންނަށް ޒީނަތްތެރިވެވިދާނެއެވެ. އެހެނަސް އެއީ ވަކި ހައްދެއްގައެވެ. އަހަރުމެން ކުރާ ޢަމަލުތަކުގެ ފަހަތުގައިވި ނިޔަތްތަކާމެދު ވިސްނުމަކީ އަހަރުމެންގެ ޒިންމާއެކެވެ. އަމިއްލަ ނަފްސަށް ކިތަންމެ ވަރަކަށް ދޮގު ހެދިޔަސް، ރީތިވުމުގައި މީހުންގެ ސަމާލުކަން ހޯދަން ކުރެވޭ ކަންތައްތަކާއި އެނޫން ކަންތައްތަކާމެދު ހުރި ތަފާތުތައް އަހަރުމެންނަށް ސާފުކޮށް އެނގެއެވެ.

    މުސްލިމް އަންހެނުންނަށްވީތީ އަހަރުމެންނަކީ ފިރިހެނެއްގެ ސަމާލުކަން ހޯދުމަށްވުރެ މާ ބޮޑެތި މަޤްޞަދުތަކާއިއެކީ ދިރިއުޅުން ވޭތުކުރަންޖެހޭ ބައެކެވެ. އަހަރުމެންގެ ޙަޔާތުގެ މަޤްޞަދަކީ ކާރޓޫންތަކާއި ފިލްމުތަކުން ފެންނަހެން މީހަކާއި ކައިވެނިކޮށްގެން އުފަލުގައި އުޅުމެއްނޫނެވެ. ޒަވާޖީ ޙަޔާތެއްގެ ކުރިންވެސް އަދި ފަހުން ވެސް މުސްލިމް އަންހެނެއްގެ މަޤްޞަދަކީ ﷲގެ ރުހިވޮޑިގަތުން ލިބިގަތުމެވެ. އަދި އެންމެ ބޮޑު މަޤްޞަދަކީ އެކަލާނގެ އަޅަމެންނަށްޓަކައި ތައްޔާރުކުރެއްވި ސުވަރުގެއަށް ދިޔުމެވެ.

    މާތް ﷲ އަޅަމެންނަށް ފުންކޮށް ވިސްނުމުގެ ތައުފީޤު ދެއްވާށި. އާމީން!

  25. Addu manje says:
    December 6, 2017 at 10:33 pm

    Varah reethi mi baives.. nxt part Thursday ga dhw.. waiting for tmrw..

  26. Anonymous says:
    December 7, 2017 at 10:22 pm

    Jana story up kolladhyba. Waiting waiting. Page refresh kolla kolla mi innany hama ??

Comments are closed.

Next Episodeނޫރު (ހަތްވަނަ ބައި)←


All Right Reserved!