ނޭނގި ހިތޭ ތި އަތުލީ 10
މަންމަ އެކަހަލަ ސުވާލެއްކޮއްފާނެ ކަމަކަށް އޭނަ ހިއެއްނުކުރެއެވެ. އޭނަ އަދި މެރީ ކުރިފަހުން އެއްވެސް ފައިސާއެއް މަލާކަށް ނުދެއެވެ. ކޮންމެހެން ނުދޭކަން ނޫނެވެ. އޭނަ މިހިރީ އެކަން ހަނދާންނެތިފައެވެ. މައުވަން ދެކުނު ގޮތުގައި މަންމަ އެސުވާލު ކުރަން އެޖެހުނީ މަލާކް ކޮންމެސް އެއްޗެއްކީމައެވެ. މައުވަން ބުނެލީ އެހެން ބެލިފަނެތްކަމަށެވެ. އަދި މަލާކް ބުނިވަރަކަށް ދެނީކަމުގައެވެ.
“މަލާކް ބުނިވަރަކަށް ފައިސާނުދޭތި. އަހަރެމެންކަހަލަ މުއްސަނދި ބައެއްގެ ތެރެއަށް އެކަހަލަ ނިކަމެތި ބައެކަށް އާދެވުނީމަ ވިސްނާނީ އަހަރެމެން ފެލައިލެވޭތޯ. އެމީހުން ތިބޭނީ ފައިސާއާއި ހެދި ހޭބަލިވެފަ.ދަރިފުޅު އެވަރު ވިސްނައިގެން އުޅޭތި” ނަސްރީނާގެ ވާހަކަތަކުން މައުވަންއަށް އިނގުނީ އަދި މަލާކް އެއްޗެއްކިޔައިގެން އުޅެނީ ނޫންކަމެވެ. އޭނަ ހިތްހަމަ ޖެހުނެވެ. އެކަމަކު މަންމަގެ އެވާހަކަތަށް މައުވަންއަށް ޤަބޫލެއް ނުކުރެވޭނެއެވެ. ހަމަގައިމުވެސް މަލާކް ފައިސާއާއި ހެދި ނޫޅެއެވެ. ދެން ނަސީމާ ބުނެލީ މަލާކް ވަޒީފާއަށް ދިއުން ހުއްޓުވުމަށެވެ. އަދި އެއީ މައުވަންއަށް ނޭނގޭކަމެކެވެ. އެކަމަކު އެކަމެއް ނަސީމާއަކަށް ނާންގައެވެ. ދައްކަންހިރު ވާހަކަ ނިމިއްޖެ ކަމުގައިވާނަމަ އޭނަ ދެންދަނީކަމަށް ބުނެ ސިޑިންއަރައިގެން ދިޔައީއެވެ.
“ވަޒީފާއަށް ނިކުންނައިރުވެސް އަހަރެންކައިރީ ބުނެލުމެއްނެތްދޯ” ގަމީހުގެ ގޮއްތަށް ނަންޓަމުން މައުވަން ސުވާލު ކުރީ ކޮޓަރީގައި އިސްތިރި ކުރަންހުރި މަލާކްއާއެވެ. “އަހަރެންހީކުރީ ތިހާދީންވެރި ކުއްޖަކު ފިރިމީހާ ގާތު ނުބުނެ އެވަރުގެ ކަމެއް ނުކުރާނެކަމަށް” އެ އަޑުގައިވަނީ މަލާމާތެވެ. މަލާކް ބުނެލީ ކައިވެނީގެ ކުރިން ހުއްދަ ދިންހަނދާން އޭނަ އެބަހުރިކަމަށެވެ. މައުވަންވެސް ހަނދާންވިއެވެ. އެކަމާ ގުޅުވައިގެން އިތުރު އެއްޗެއް ނުބުނެއެވެ. ދެން މައުވަން ގޮސް މަލާކް އިސްތިރި ކުރަން ހުރި މޭޒުމަތީ ވޮލެޓުން ފަސްހާސް ރުފިޔާ ނަގާފައި ބޭއްވިއެވެ. ސުވާލުގެ ނަޒަރުން މަލާކް ބަލާލީ މައުވަންގެ މޫނަށެވެ. “އަނބިމީހާއަށް ޚަރަދު ކުރުމަކީ ފިރިމީހާގެ ވާޖިބެއްނު” މައުވަން ބުނެލިއެވެ. މަލާކް ބުނެލީ ފައިސާ ބޭނުން ނޫންކަމުގައެވެ. އޭނަ އަމިއްލަ ޚަރަދު ކުރާވަރަށް އޭނަ އަތުގައި ފައިސާހުރި ކަމަށްބުނެ އިތުރު ތަފްސީލް ދިނެވެ. ދެން މައުވަން ބުނެލީ އެހެންވިއްޔާ އެކައުންޓަށް އަޅައި ގިނަކުރުމަށެވެ. މިހެން ބުނުމުން މަލާކް އައީ ރުޅިއެވެ. އޭނަ ދެކުނު ގޮތުގައި އެއީ މައުވަންގެ މަންމަމެންގެ ކަންތަކެވެ. “އަހަންނަން އިނގޭ ތި އެންމެން އަހަރެން ދެކެ ފޫހިވެ ރުޅިއަންނަކަން. އަދި ތިމިހުން ދެކޭގޮތުގައި އަހަރެން މިއުޅެނީ ފައިސާއާ ހެދި. އެކަމަކު ބުނަން ރަނގަޅު ވާހަކައެއް ފައިސާ އާއި ހެދި އުޅޭމީހެއްނޫން މަށަކީ. ބަލަ ތިމިހުން އެކަންޏެއް ނޫނޭ މި މާލޭގަ މުއްސަނދި ބަޔަކަށް އުޅެނީކީ” ކަތައްމެ މަޑުން ވާހަކަ ދެއްކިއެއްކަމަކު އެ އަޑުގައިވި ނުރުހުން މައުވަންއަށް އެނގުނެވެ.
މައުވަންއާއި ލުބާގެ ގުޅުން ދުވަހެއް ދުވަހަކަށް ދިޔައީ ގާތް ވަމުންނެވެ. އެކަން ނޭނގެނީ ހަމައެކަނި މަޒްހަރާއި އަކްޔަންއަށެވެ. މަލާކްގެ ކުރިމަތީގައިވެސް ދެމީހުން ހީ ސަކަރާތް ޖަހައެވެ. ބޭރަށް ކާންގޮސް ހަދައެވެ. މަލާކް ކޮންމެސް ވަރަކަށް ދެރަވިއެއް ކަމަކު އެކަމެއް ނުދައްކައެވެ. އެދެމީހުން އެކީ ލުބާގެ ކޮޓަރިއަށް ވަންނަ ތަންވެސް ކިތައްމެ ދުވަހަކު މަލާކަށް ވަނީފެނިއެވެ.
ދުވަސްތައް ފާއިތު ވަމުންގޮސް މަލާކްގެ ކައިވެންޏަށް 6މަސް ވެގެން ދިޔައީއެވެ. އޭނައަށް ޑޮކްޓަރަށް ދައްކަން އަންނަ މީހުން ދުވަހެއް ދުވަހަކަށް ދަނީ އިތުރު ވަމުންނެވެ. ހިތްހެޔޮ މިޒާޖްގެ ސަބަބުންނާއި ދޭފަރުވާގެ ރަނގަޅު ކަމުންނެވެ.
މައުވަން އާއި މަލާކްގެ ގުޅުމަކަށް އެއްވެސް ބަދަލެއް ނާދެއެވެ. އެކަމަކު އަކްޔަން އާއި އޮތް ގުޅުން ގާތްވެ އެކުވެރީންނަން ބަދަލުވިއެވެ. ނަސްރީނާ މާލެ ބަދަލުވި އިރު ލުބާވެސް އޭނަޔާއެކު މާލެ ބަދަލުވެ އުޅެމުން ދަނީ މައުވަންމެން ގޭގައެވެ. ނަސްރީނާ މާލެ ބަދަލުވީ އޭނަގެ ފިރިމީހާގެ ކުއްލިމަރާ ގުޅިގެންނެވެ. ލުބާ މިހާރު މާލެއިން ވަޒީފާ ހޯދަގެން ވަޒީފާއަށް ނިކުމެއެވެ. ލުބާގެ މައިގަނޑު މަޤްސަދަކީ މައުވަން ހާސިލް ކުރުމެވެ.
އަކްޔަންވެސް އޭނަ ހިތްކިޔާ އަންހެން ކުއްޖަކު ފެނިގެން ފަހަތުން ހިނގާތާ ދުވަސްތަކެއް ވެއްޖެއެވެ. އެކަމަކު އަދި އޭނަ ވާހަކަ ދައްކަން މަސައްކަތް ކުރިއެއްކަމަކު އެ ކުއްޖާގެ ފަރާތުން ހިނިތުންވުމެއް އެކަނި ލިބޭކަމެވެ. އިތުރު ކުރިއެރުމެއް ނުލިބެއެވެ.
ހެނދުނު މަލާކް ބަދިގޭގައި އުޅެނިކޮށް އަނބުރައިގަތެވެ. އޭގެ ކުރީ ދުވަހުވެސް އެގޮތަށް އަނބުރައި ގަނެގެން ޓެސްޓްތަކެއްވަނީ ހަދާފައެވެ. ވަގުތުން އެމީހުންގެ އާއިލީ ޑޮކްޓަރު އައެވެ. ކުރީ ދުވަހުގެ ނަތީޖާތަށް ހިފައިގެންނެވެ. އޭރު ގޭ އެންމެން ތިބީ މައުވަންގެ ކޮޓަރީގައި މަލާކްގެ ކައިރީގައެވެ. މަލާކް އޮތީ އެނދުގައެވެ.”ކޮންގްރޭޖްލޭޝަން. މައުވަން ބައްޕައަކަށްވަނީ” ޑޮކްޓަރުގެ ޖުމްލައާއެކު މައުވަން އަދި މަލާކްއަށް ހީވީ ކަންފަތް ދޮށުގައި ބޮވެއް ގޮވިހެންނެވެ. މައުވަން ވަގުތުން އެކަމަށް އިންކާރު ކުރަން ބޭންވިއެވެ. އޭނަގެ ދަރިއެއްނޫންކަމަށް ބުނެ މަލާކް ވަރިކޮށްލަން ބޭނުންވިއެވެ. އެކަމަކު އިދެގެން އެހާ ދުވަސް ވެފައިވާއިރު އެކަމަށް ސީދާ އިންކާރު ކޮށްފިނަމަ އޭނަވެސް ފަޟީހަތްވާނެއެވެ. އެހެންވެ އޭނައަށް ޖެހުނީ ހިމޭނުން ފޭކް ހިނިތުންވުމެން ދައްކައިގެން ހުންނާށެވެ. މަޒްހަރަށް އުފަލުން ރޮވުނެވެ. އޭނަ ކެތްތެރިކަމެއް ނެތި މި ދުވަހަށް އިންތިޒާރު ކުރާތާ ކޮންދުވަހެއް ހެއްޔެވެ. މައުވަންގެ ގައިގައި ބައްދާލައި މަރުހަބާ ކިޔެވެ. އަކްޔަންވެސް ހަމަ އެފަދައިން މަރުހަބާ ކިޔެވެ. ތިން އަންހެނުން ތިބީ މި އިވުނު ހަބަރުން ތޮބީއަތު ގޯސްވެފައެވެ. އެހެން ނަމަވެސް އެމީހުންވެސް މަރުހަބާ ކިޔެވެ. މަލާކް ކިތައްމެ ހިތްވަރެއް ކުރިއެއްކަމަކު އޭނަގެ ލޮލުން ކަރުނަ އައެވެ. މިއީ އޭނަ އެއްގޮތަކަށްވެސް އުއްމީދުކުރި ކަމެއްނޫނެވެ. މައުވަން މިހާ މަކަރު ގަދަވެދާނެކަމަކަށް އޭނަ ހީކޮށްފައެއްނުވެއެވެ. މި ގޮތަން ކަންތައްކުރުމުގެ ބަދަލުގައި ރީތިކޮށް ބުނިނަމަވެސް އޭނަ މައުވަން އެދޭކަންތައް ކޮށްދިނީހެވެ. އެހެންމީހުން ދެކުން ގޮތުގައި އެއީ އުފާވެރި ކަމުގެ ކަރުނައެވެ.
މަލާކް ނިންމި ގޮތުގައި މައުވަން އޭނަޔަށް ކޮންމެސް ގޮތަކުން ބޭހެއް އެއްޗެއް ބޯންދީފައި އޭނަ ނިންދަވާފައި އޭގެ ނާޖާއިޒް ފައިދާ ނަގަނީއެވެ. މައުވަން ޤަބޫލު ކުރިގޮތުގައި މަލާކް އުޅޭނެ ގޮތަކަށް އުޅެ އުޅެ ފައިއޭނަގެ ބޮލުގައި އެޅުވީއެވެ. މައުވަން އުޅޭ ގޮތުން އެއްވެސް ޝަކުވާއެއް ނުކުރާތީ ބައެއްފަހަރު މައުވަން މަލާކްގެ ކެތްތެރިކަމަށް އަމިއްލައަށްވެސް ހިތުން ތައުރީފްކުރެއެވެ. އެކަމަކު ޝަކުވާނުކޮށް ގަންނަގަނޑު މި ފަޅާއެރީއެވެ. ނުމޮށޭގުރާ މި އޮތީ މިފަހަރު ބާރަށް ދައިގަނެފައެވެ.
އަންހެނުންގެ ޑޮކްޓަރަކަށް ދައްކާލަން ބުނެފައި ޑޮކްޓަރު ދިޔައީއެވެ. އަދި އެދެމަފިރީންނަން ވަގުތު ކޮޅެއް ދެމުން އެހެން މީހުންވެސް ނިކުމެގެން ދިޔައީއެވެ. ދިޔުމާއެކު މައުވަން ދޮރު ތަޅުލިއެވެ. އުނަގަނޑުގައި ދެއަތްވިއްދާލަމުން އެދުކައިރިއަށް އައިސް ހުއްޓުނީއެވެ. އޭރު ހުރީ އިންތިހާއަށް ރުޅިގަވެފައެވެ. އޭރުވެސް މަލާކަށް ރޮވެނީއެވެ. ކޮންރުއިމެއް ހޭ ތި ރޮނީ މައުވަން އެހިއެވެ. އަޑު ބާރުކޮންނެވެ.މަލާކް ޤަބޫލްކުރި ގޮތުގައި ރުޅިއަންނަންވީ އޭނައެވެ. މައުވަންއަކަށް ރުޅި އައުމުގެ ހައްޤެއްނެތެވެ. މައުވަންގެ އެ ސުވާލަށް ޖަވާބްދިނުން މަލާކަށް މުހިއްމު ކަމަކަށް ނުވިއެވެ.
“އަހަރެންގެ އަތުންފައިން ގޯހެއް ނުހެދެނީސް ތީ ކާކުގެ ދަރިއެއްކަންބުނޭ” މައުވަންގެ ޖުމްލައިން މަލާކްގެ ނިތަންރޫގިނަވެގެން ދިޔައެވެ. އަދި ތެދުވެ އެނދުގެ ހެޑްބޯޑްގައި ލެނގެލިއެވެ.”އަދި މާ ނަމާދު ކޮއްކޮށްފަ ދީނީވެގެން އުޅެއެއްނު. މަހިތުން ތީ ވަރަށް ރަނގަޅު އަންހެނެއް. އިނގޭތެ ކައިވެނި ކޮށްފަ އަހަރެން ކަލެއާ ގާތްނުވީ ކީއްވެކަން؟ އަހަރެން ޤަބޫލްކުރި ގޮތުގައި ތިވަރުގެ މާތް އަންހެން ކުއްޖަކަށް އެވަރުގެ ލަނޑެއް ދީގެންނުވާނެ.އެއީ އަހަރެން ރާވައިގެން ހުރީ އިނދެގެން އަހަރެއްވަރު ކޮށްލާފަ ކަލޭވަރިކުރަން. އެކަމަކު ކަލޭތިވީ އެއަށްވުރެ މާ ނުލަފާ ޖާހިލަކަށް. ތި ބޮޑު ހެދުންތެރޭގައި ނިވާވެގެން ތިހުރީ އެއްވެސް އަގެއްނެތްމީހެއް” މަލާކަށް ޖަވާބުދޭނެ ވަގުތު ކޮޅެއްވެސް ނުދީ މައުވަން ވާހަކަ ކުރިއަށް ގެންދިޔައެވެ. “ބަލަ އަހަރެން ކުރި ސުވާލުގެ ޖަވާބުވެސް ނޭނގެނީދޯ! ދުވާލު ކިތައްމީހުން ކާރިއަށް ދަން” މިފަހަރު އެ އަޑުގައިވަނީ މަލާމާތެވެ. ” މައުވަންއަށް މީ ކާކުގެ ދަރިއެއްކަން ނޭނގޭކަމަށް ވާނަމަ އަންނަކަށްވެސް ނޭނގެ. އެކަމު ބުނަން އަހަރެން ދުވާލަކު ސަތޭކަ މީހުންކާރިއަށް ދިޔަސް ދާނީ ހޭހުންނަ މީހުން ކާރިއަށް. މީހަކު ހޭނައްތާފައި އެކަމު ނާޖާއިޒް ފައިދާ ނަގާވަރުގެ ފިނޑިއެއްނޫން މަށަކީ” މަލާކް އަޑުގައި ނުރުހުމާއި ހިތާމަ އެކުލެވިގެން ވިއެވެ. މަލާކްޖުމްލަ ނިމެންވިއިރު މައުވަންއަށް ހުރެވުނީ އެނދުކާރީ ގުދަށެވެ. އެއްއަތުން މަލާކްގެ އަނގަމަތީގައި ހިފައިގެންނެވެ. “ކީކޭ ކިޔާނަމޭ ހިތާތަ ތިއުޅެނީ؟” އެގޮތަށް ހުރެ މައުވަން އެހިއެވެ. މިފަހަރު މަލާކް ހިޔާރުކުރީ ހިމޭންކަމެވެ. މައުވަން އަތްދޫކޮށްލިއިރު އެތަން ހުރީ ރަތްވެފައެވެ. “ހަނދާން ކުރާތި މީގެ ފަހުން އަރެންގެ ހުއްދަނެތި މިގެއިން ނިކުމެގެން ނުވާނެ” އެހެން ބުނުމަށްފަހު މައުވަން ނުކުމެގެން ދިޔައީއެވެ.
މެންދުރު ފަހު ތިނެއްޖެހިއިރު އަކްޔަން ހުރީ އޭނަގެ ހިތުގެ މަލިކާ އުޅޭ އޮފީސް ކުރިމަތީ ސައިކަލު ޕާކްކޮށްގެން އެ މަތީގައެވެ. އެއަންހެން ކުއްޖާ ފެނުމާއެކު އަކްޔަން އަތުން ހަނާ އަޅާލިއެވެ. އާދައިގެ މަތިން ޖަވާބު އައީ ހިނިތުން ވުމަކުންނެވެ. މިފަހަރު އަކްޔަން ސައިކަލުގައި ދިއުމުގެ ބަދަލުގައި ދާންފެށީ ހިނގާފައެވެ. އެކުއްޖާގެ ފަހަތުންނެވެ. އޭނަ މިހާރު ނަން އަހަމުން ފަހަތުން ސައިކަލު ދުއްވާތާ އެތައް ދުވަހެއްވީއެވެ. އެކަމަކު އެއްމެ ކުޑަމިނުން ނަންވެސް ނޭނގެއެވެ. އެހެންކަމުން މިއަދު އެހެން ދިޔަނުދޭން އަކްޔަން ނިންމިއެވެ. އަދި އެކުއްޖާ ހަނި ގޯޅިގަނޑަކަށް އެޅުމާއެކު އަތުގައި ހިފައި ހުއްޓުވިއެވެ. އަދި ދޫކޮށްލާނީ ނަން ބުނުމުންކަމުގައި ބުނެލިއެވެ. އެހަންހެންކުއްޖާގެ މޫނުން ހާސްކަން ފެންނަން ހުއްޓެވެ. އެކަމަކު އެދުލުން އެއްމެ ބަހެއްވެސް ނުކިޔައެވެ. “މިއަތުން ދޫކޮށްލެވޭނީ ނަންބުނިއިރަކުން” ފާރުގައި ލެނގިލަމުން ހަމަޖެހިލާފައި އަކްޔަން ތަކުރާރު ކޮށްލިއެވެ. އިރުކޮޅަކުން އަކްޔަންއަށް ފެނުނީ އެ ބޮޑު ދެލޮލުން ކަރުނަ އަންނަން ފެށިތަނެވެ. ދެން ހިފަހަށްޓައިގެން ހުންނާކަށް އަކްޔަންއަކަށް ނުކެރުނެވެ.އަވަހަށް އަތުން ދޫކޮށްލިއެވެ. އޭނަ ގޮސް އޮބާލަންދެން ހުރި ފިޔަވަޅު މަތީގައި ހުރެވުނީއެވެ. އޭނަ ދިޔަ ދިމާލަށް ބަލާށެވެ. ދެން އަކްޔަން އައިކޮޅަށް އަނބުރާލީއެވެ. މާޔޫސްވެ ހުރެއެވެ.
“މައްސަލައަކީ ފައިސާއެއްނޫނޭ ބުނެފީމެއްނު” މައުވަން ކޮޓަރިއަށް ވަތް ވަގުތު މަލާކް އިނީފޯނުގައެވެ. އެޖުމްލަ ވަރަށް ސާފްކޮށް މައުވަން އަށް އިވުނެވެ. މައުވަން ކޮޓަރިއަށް ވަނުމުން އިތުރު އެއްޗެއް ނުބުނެ މަލާކްފޯން ކަނޑާލީ ފަހުން ގުޅާނަން ކަމަށް ބުނެފައެވެ. އޭރު ޒުވާބު ކޮށްފައި ނިކުމެގެން ދިޔަމީހަ އަދި ކިރިޔާ އެއައީއެވެ. މިހާރު ރޭގަނޑު ނުވައެއްޖެހީއެވެ. “ކާންދާންވީނު” މަލާކް ބުނެލިއެވެ.”ކާކާ ތި ފޯނުން ވާހަކަ ދެއްކީ؟” މަލާކަށް ޖަވާބެއް ދިނުމުގެ ބަދަލުގައި މައުވަންވެސް ކޮށްލީ ސުވާލެކެވެ. މަލާކް މައުވަންގެ މޫނަން ބަލާލިއެވެ. އަދި އެހާމެ އަވަހަށް އިސްޖަހާލިއެވެ. މައުވަން މަލާކްގެ ފޯން އަތުލިއެވެ. އަދި ކޯޑް ޖަހާށޭ ބުނެ މަލާކަށް ފޯން ދިއްކޮށްލިއެވެ. މައުވަން ބެލީ ކޯލް ލޮގް އެވެ. މަލާކް ކޯޑް ޖަހާ ދިނުމުންނެވެ. ދެންމެ ވާހަކަ ދައްކަން އިނީ މަލާކަށް ކުރީން ދުވަހެއްގައި ތަކުރާރުކޮށް ގުޅި ނަންބަރުންނެވެ. އަދި އެ ނޫނަސް އެނަންބަރުން މަލާކް ފޯނަން ގުޅާފައި ހުއްޓޭވެ.
މައުވަން އެނަންބަރަށް ގުޅިއެވެ. ފޯނެއް ނުނަގައެވެ. “އެއީ ދޯ ތިދަރީގެ ބަފަޔަކީ؟” ފޯން އެނދުމައްޗަށް އެއްލަމުން މައުވަން ބުނެލިއެވެ. މައުވަން ހާމަކުރި ގޮތުގައި ކިތައްމެ ދުވަހަކު މަލާކް އެމީހަކާ ސިއްރުން ވާހަކަ ދައްކަނިކޮށް އިވިފައި އެބަހުއްޓެވެ. އެކަމަކު އޭނަ އަޅާނުލާ ހުރީ މިފަދަ ކަމެއްކުރާވަރަށް ވުރެ ރަނގަޅު ކުއްޖެއްގެ ގޮތުގައި އޭނަ މަލާކް އާމެދު ދެކުނީތީއެވެ. “ކީއްވެތަ އެއްބަސް ވާން ނުކެރިގެން ތިއުޅެނީ؟” މަލާކްވެސް ކުރީ ސުވާލެކެވެ. “އަހަރެން ކޮންކަމަކަށް އެއްބަސް ނުވެގެންތަ ތި އުޅެނީ؟ މައުވަންއަށް މަލާކް ބުނި އެއްޗެއް އެނގުނު ކަމަކަށް ނުވިއެވެ. “މައުވަންގެ ދަރިއެއްކަމަށް އެއްބަސް ވާން ނުކެރިގެން ތިއުޅެނީ ސިއްރުން ކުރިކަންތައް ފަޅާއެރީމަތަ؟” މަލާކް ސާފު އިބާރާތުން އިއްވާލިއެވެ. “ބަލަ އަހަރެން ކޮންކަމެއްތަ ސިއްރުން ކޮށްގެން ތިއުޅެނީ” މައުވަން ބުނެލިއެވެ. އެޔާއެކު އިވުނީ މަޒްހަރު ބޭރުން ގޮވާލި އަޑެވެ. މައުވަން ގޮސް ދޮރު ހުޅުވާލިއެވެ. މަޒްހަރު ބުނެލީ އަވަހަށް ޑޮކްޓަރަށް ދެއްކުމުގެ ކަންތަކާ އުޅުމަށެވެ. އެކަމާ އުޅޭކަމަށް ބުނެ މައުވަން އަވަހަށް މަޒްހަރު ފޮނުވާލިއެވެ.
ނިއަމްއާއި ލައިހާގެ ގުޅުން ލޯތްބަށް ބަދަލުވިއެވެ. ރަސްމީކޮށް އެކަކު އެނެކަކަށް ޕުރަޕޯސް ނުކުރިއެއްކަމަކު ދެ ޒުވާނުން އުޅެނީ ރައްޓެހިވެގެންނެވެ. އާއިލާއަށް ސިއްރުންނެވެ. ކޮންމެހެން މަލާކް އެގޮތް ބޭނުން ވެގެނެއް ނޫނެވެ. އެއީ ނިއަމްގެ ނިންމުމެކެވެ. ނިއަމް ވަނީ އޭނަޔަށް ވަގުތު ކޮޅެއް ދިނުމަށް މަލާކްގާތު ބުނެފައެވެ. އެއީ ރަނގަޅު ވަގުތެއްގައި މައުވަންއަށް އެދެމީހުންގެ ގުޅުމުގެ ވާހަކަ ކިޔާދިނުމަށެވެ. އަދި އެއަށްފަހު ދެ ފަރާތުގެ އާއިލާއަށް އެންގުމަށެވެ.
ނިއަމްއިނީ މައުވަންއާއެކު ޑްރީމް ހޮސްޕިޓަލްގެ ކެންޓީންގައެވެ. ދެމީހުންގެ ކައިރީގަވެސް އާވި އަރައަރާ ހުރި ކޮފީތައްޓެވެ. “ތީރަނގަޅު މީހެއް. މަމީ ބެސްޓް ފްރެންޑް އެކަމަކު އަދިވެސް އަނބިކަނބަލުން ދައްކާނުލާ ތިއުޅެނީ؟” މައުވަން ޝަކުވާކޮށްލިއެވެ. މައުވަން ބުނެލި ގޮތުގައި އެއީ މައުވަންގެ ކުށެއްނޫނެވެ. އަބަދު ރަށުންބޭރުގައި އުޅެއުޅެފައި ކޮންމެހެން އޭނަގާތުގައި އެވާހަކަ ދެއްކުމުގެ ބޭނުމެއްނެތެވެ.
އެއީވެސް ތެދެކެވެ. ނިއަމް އެއައީ 4 މަސްވަންދެން ރަށުންބޭރުގައި އުޅެފައެވެ. އިތުރަށް މައުވަން ބުނެލި ގޮތުގައި އެކަހަލަ ގޮތެއްފޮތެއް ނެތް މީހަކު ތަޢާރަފް ކޮށްދިނުމުގެ ބޭނުމެއްނެތެވެ. ނިއަމް މައުވަންއަށް ބަލާލީ ސުވާލުގެ ނަޒަރުންނެވެ. އެކަމަކު ތަފްސީލްދޭކަށް މައުވަން ގަސްދެއްނުކުރިއެވެ. ފަހުން ކިޔާދޭނެކަމަށް ބުނެ މައުލޫބަދަލު ކޮށްލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
37 Comments!
Comments are closed.




Yay! Finally! Was waiting for this all day long ❤️
Thank you
Farah kuru ????
Varah kuru ????
Hama ehaa kurutha
Vrh kuru… ????
Hama ehaa kurutha
Alhey kihineh mivi. Mauvan rulhiaisgenves Malak aaeku sleep kuraanama ayrun engeynu.
asluves dho… varah reethi mi part ves ❤❤❤
Thanks both
Alhe daily up koddhyber…vvv rythi stry…???
Busy veema ey
Story v nice.when next part
Thanks
varah reethi mibaves dhen next part konirakun avas vaane dhw
Thanks. Avahah genes dheveythw balaanan. May be not today
Varsh reethi mi vaahaka
Reethi
Thanks
Wow story v nice
Doc eh viyya engeyne ehhnu preg noon kann.. hama nujehey mivahaka…….
Asluvess dho
WOW…. vvv rythi story. .☺??❤❤❤
Mi v kihineh thr…..dhn kaakah tha preg v e…I don’t understand…… Or Preg nuveytha anehkaa….ooh next part avahah up kohdhehchey…..
Niyam n laihaa loabeege gothun gulhigen dhen eyge fahathun mibunany niyam n malaak loabivaa vaahaka mivany kihineh????
It’s a mistake. Instead of malaak name there will be laihaa. Sorry
aslu doc eh viyyaa engen jeheynedho preg kan nuvatha noon kanves . aamu meehunnah ves engey kameh e ee . v odd egothah genaima .
Haadhahaa kurathoa?????
Thank you all
V reethi ekamaku kiyun tharin ihthizaaru kuran nujahy gothah vaahaka thah genss dhinun edhen
Too short.but nice
Malaak akee doctoreh eyneyah neyngi kihineh eyneyah beys dheveyny dhen mauvannah engeynehnun eyna sleep kurinama mauvan sleep kohgen libunu dhariyehnama eyna malaak aa dhimaalah halheylavanee keehve adhi edhemeehun eh hospitalehga ulheyiruves neygeytha
amilla ah ves test kohlleveyne dho preg tho balan.hama nujehey.
Wat a joke… Dhenn preg noon kann vess neygey tha doc akah vaairu
next part avas kohdhyba
when can you upload the next part???
next part haadha lahey the