ތިޔަ ލޯބީގެ ހައްޤުގައި (23)
ކޮންމެ ރެއަކު ނިދުމުން އޭނާއަށް ހުވަފެނުގައި ހަރީރާއަށް ޖެއްސުނު އިހާނެތި ހާލާއި، ކަޅުކޮށްތިބޭ ބަޔަކު އައިސް ދޮންވެފައި ހުންނަ ބޮޑެތި ދަނގަޑުތަކަކުން އޭނާގެ ގައިގައި ޖައްސައި ފިއްސާތަން ފެނެއެވެ. އެތައްރެއަކު ރޮއިގަނެފައި ލީޒްއަށް ނިދިން ހޭލެވޭއިރު މުޅިމީހާ ހުންނަނީ ދާހިތްލާ ފޯވެފައެވެ. މިގޮތަށް ކޮންމެ ރެއަކު ކަންތައްވަމުންދާނަމަ އޭނާއަދި މޮޔަވާނެކަން ހަމަޔަގީނެވެ. އޭނާއަށް މިފެންނަނީ މަންމައާމެދުގައި ކަންތައްކުރެވުނު ނިކަމެތިގޮތުގެ ހިތި ނަތީޖާއެވެ.
** ** **
ޖެހިގެން އައި ދުވަހު ނިކްޔަލް ލެޕްޓޮޕްއިން އޭނާގެ ޕެންއަށް އެންމެފަހުން ޝެއިޚް ޝަމީމް “މަންމަ” އާއި ބެހޭގޮތުން ދެއްވި ދަރުސް އަޅައިގެން ލީޒްމެން ގެއަަށް ދިޔައެވެ. ސިޓިންރޫމް ދޮރުމައްޗަށް އެރުމަށްފަހު ސަލާމް ގޮވާލިއިރުވެސް މުޅި ގޭތެރެއަށްވެރިވެފައިވަނީ ފަޅުކަމެވެ.
ނިކްޔަލް ސަލާމްގޮވިއަޑަށް ސަލާމް ބަލައިގަންނަމުން ނުކުތް ލީޒް ނިކްޔަލް ފެނުމާއެކު އެހުރިތަނުގައި ގަނޑުވިކަހަލައެވެ. ބުނާނެއެއްޗެއް ނޭނގި އިރުކޮޅަކު ހުރުމަށްފަހު އޭނާއަށް އިސްޖަހައިލެވުނެވެ. އެވަގުތު އެލޮލަށް ކަރުނަތައް ޖަމާވެގަތެވެ.
“ލީޒް.” ނިކްޔަލް ގޮވައިލީ ހިތްހެޔޮ ރާގަކަށެވެ. ނަމަވެސް ލީޒްގެ ފަރާތުން އެއްވެސް ޖަވާބެއް ނައެެވެ. “ލީޒް. ކޮބާ އާދިލް؟” ގޭތެރެއަށް ނަޒަރު ހިންގައިލަމުން އަނެއްކާާވެސް ނިކްޔަލް ވާހަކަދެއްކިއެވެ.
“އެބައުޅޭ ކޮޓަރީގަ.” މަޑުމައިތިރި ރާގަކަށް އިސްޖަހައިގެންހުރެ ލީޒް ޖަވާބުދިނުމުން އާދިލްއަަށް ގޮވައިލުމަށް ނިކްޔަލް އެދުނެވެ. ބޯޖަހައިލަމުން ލީޒް ގޮސް އާދިލްގެ ކޮޓަރީގައި ޓަކިޖަހައިލުމަށްފަހު އެތެރެއަށްވަނެވެ. އިރުކޮޅެއްނުވެ ދެމީހުން ކޮޓަރިން ނުކުމެގެން އައިއިރު ދެމީހުންގެ މޫނުމަތިންވެސް ކަންބޮޑުވުން ފާޅުވަމުން ދިޔައެވެ.
ނިކްޔަލްގާތުގައި އެތެރެއަށްވަންނަން ބުނުމުން ނިކްޔަލްގޮސް އެތަނުން ސޯފާއެއްގައި އިނށީދެލިއެވެ. އިރުކޮޅަކު ދެމީހުންގެ މޫނަށް ބަލަން އިނުމަށްފަހު ނިކްޔަލް ފުންނޭވާއެއްލިއެވެ.
“އަހަރެން މިއައީ ވަރަށް މުހިންމު އެއްްޗެއް ތިދެކުދިންނަށްވެސް ދައްކަން. އޭތި ނިމެންދެން ކަނުލައި އަޑުއަހަންވާނެ.” ނިކްޔަލް އެހެންބުނުމުން އެކަކު އަނެކެއްގެ މޫނަށް ބަލައިލުމަށްފަހު ދެމީހުން އެކަމަށް އެއްބަސްވިއެވެ.
ނިކްޔަލް ގޮސް ސިޓިންރޫމް ފާރުގައި ހަރުކޮށްފައިވާ ޓީވީއަށް ޕެން ޖަހައިލަމުން އެ ދަރުސް އަޅުވައިލިއެވެ. އަދި އޭނާވެސް އައިސް އެތަނުން ގޮނޑިއެއްގައި އިނށީދެލައި ހަމަޖެހިލިއެވެ.
ދަރުސް ފެއްޓިގެންދިއުމާއެކު ލީޒްގެ ދެލޯ ފެންކަޅިވަމުންދިޔައެވެ. އިވެމުންދިޔަ ވާހަކަތަކުން އެހިތަށް ތަދުވަމުންދިޔައީ މިއިން ޒަމާނެއްގައިވެސް އެހިތަށް ތަދުނުވާވަރަށެވެ. އެއްވެސް ހިފެހެއްޓުމެއްނެތި އެދެލޮލުން ހޯސްލައިފައި ކަރުނަ ފައިބަމުންދިޔައިރު ލީޒްގެ މަޑުގިސްލުމުގެ އަޑު ސިޓިންރޫމަށް ފެތުރިގެންދިޔައެވެ. އޭރު އެދަރުސް އަޑުއަހަން އެތަނަށްގޮސްތިބި ބައެއްމީހުންވެސް ލޯފުހޭތަން ޓީވީއިން ފެންނަމުންދިޔައެވެ.
ހިތްވަރުކުރަން މަސައްކަތްކުރިނަމަވެސް އާދިލްގެ ލޮލުންވެސް ކަރުނަ ފާދައިލިއެވެ. ފިރިހެނެއްކަމަކު އެދަރުހުން އިވެމުންދިޔަ ވާހަކަތަކުން އަސަރުނުކޮށެއްނުދާނެކަން ހަމަކަށަވަރެވެ. މަންމައާމެދުގައި ކަންތައްކުރެވުނު ގޮތް އެވަގުތު ދެމީހުނަށްވެސް ސިފަވަމުންދިޔައެވެ. ތެދެކެވެ. ހެޔޮލަފާ ޞާލިޙް މަންމައެއް ތިބާއަށްޓަކައި ނުކޮށްދެނީ ކޮންކަމެއްހެއްޔެވެ؟ އަމިއްލަ ހަށިގަނޑުގެ ރީތިކަމާއި ލޫޅާފަތިކަން ގެއްލުވައިލަނީ ތިބާއަށްޓަކައެވެ. ރޭގަނޑުގެ ނިދިން މަޙުރޫމްވަނީ ތިބާއަށްޓަކައެވެ. 9މަހާއި 9ދުވަސް ވަންދެން އެގަދަވޭން ކެތްތެރިކަމާއެކު ތަހައްމަލު ކުރަނީ ހަމަތިބާއަށްޓަކައެވެ. ތިބާ ބަލިވެއްޖެނަމަ އެމަންމަ ލޮލުފިޔައެއް ޖަހައިނުލާ މުޅިރެއާއި ދުވާ ހޭދަކުރަނީ ހަމަ ތިބާއަށްޓަކައެވެ. ތިބާއަށްޓަކައި އެނިކަމެތި މަންމަ ނުކޮށްދެނީ ކޮންކަމެއްހެއްޔެވެ؟ ނަމަވެސް ތިބާ ބޮޑުވެ ގައިބާރު ހުންނަ ދުވަހު އެމުސްކުޅި ނިކަމެތި މަންމައަށް އޭގެ ބަދަލުދެނީ ކިހިނަކުން ހެއްޔެވެ؟ ގެއިންނެރެ އެއްލައިލާއިރުވެސް ތިބާގެހިތަށް ހަމަ ރަހުމުގެ ކަންފުޅެއްވެސް ނުވަންނަނީހެއްޔެވެ؟
ދަރުސްނިމުނުއިރު ލީޒްއާއި އާދިލް އަޑުން އަޑުނަގައި ރޮމުންދިޔައިރު ނިކްޔަލްވެސް އިނީ ފެންކަޅިވެފައެވެ. އޭނާވެސް އޭނާގެ ލޯބިވާ މައިންބަފައިންމަތިން ހަނދާންވީއެވެެ.
ކުއްލިއަކަށް ލީޒް އިންތަނުން ތެދުވަމުން އައިސް ނިކްޔަލްގެ ފައިކައިރީގައި ކުޑަކަކޫ ޖަހައިލަމުން އޭނާ މަންމަ ގާތަށް ގެންގޮސްދިނުންއެދި ރޮއި އާދޭސްކުރަންފެށިއެވެ. “ހެޔޮނުވާނެ. އަހަރެން ބޭނުން މަންމަގެ ކިބައިން މައާފަށްއެދެން.” ރޮއިރޮއި އެދެލޯ އޭރުވަނީ ދުޅަވެފައެވެ. ބޯޖަހައިލަމުން ހިނިތުންވެލި ނިކްޔަލް ލީޒްގެ ގައިގައި ހިފައި ކޮޅަށް ތެދުވުމުން އާދިލްވެސް މަންމަ ގާތަށް ދާންބޭނުންކަމަށް ބުންޏެވެ. ދެމީހުން ގޮވައިގެން ނިކްޔަލް ގެއިން ނުކުމެ ކާރަށް އެރިއިރު އެހިތަށްވަނީ ބަޔާންކުރަންދަތި އުފަލެއް ލިބިފައެވެ. ﷲ އަށް ޙަމްދުކޮށްލަމުން ނިކްޔަލް ކާރު ދުއްވައިލިއެވެ.
** ** **
ސިޓިންރޫމްގައި ޓީވީބަލަން ތިބި ހަރީރާއާއި މިއުޝީން ދެލޯބޮޑުކޮށްލަމުން އިންތަނުން ތެދުވީ ނިކްޔަލްއާާ އެކުގައި އިސްޖެހިފައިތިބެ ގެއަށް ވަދެގެން އައި ލީޒްއާއި އާދިލް ފެނިފައެވެ. ހަރީީރާގެ މޫނުމަތިން ހިތްހަމަނުޖެހުން ފާޅުވަމުންދިޔަ ނަމަވެސް ލީޒްގެ މަޑު ގިސްލުމުގެ އަޑުން އެހިތަށްވެސް އަސަރުކުރިއެވެ.
ހަރީރާ ފެނުމާއިއެކު ލީޒްއަކަށް އިތުރަކަށް ކެތެއްނުވިއެވެ. ދުވެފައިގޮސް ހަރީރާގެ ފައިބުޑަށްވެއްޓިގަތީ ރޮއިހޭރެމުންނެވެ.
“މަންމާ. ހެޔޮނުވާނެ. އަހަރެންނަށް މައާފުކުރޭ. އަހަރެންނަށް ވިސްނިއްޖެ. އިނގޭ މަންމައާ ދޭތެރޭ ކަންތައްކުރެވުނީ ވަރަށް އިހާނެތިކޮށްކަން. މަންމަ ޕްލީޒް. މަންމަގެ މިދަރިފުޅަށް ހެޔޮވިސްނުން ލިބިއްޖޭ. އަހަރެންނަށް މައާފުކުރޭ. އިންޝާ ﷲ ދެން ދުވަހަކުވެސް މަންމަ ހިތުޖެހޭފަދަ ކަމެއް އަހަރެން ނުކުރާނަން. ހެޔޮނުވާނެ އަހަރެންނަށް ހިތްހެޔޮކުރޭ. ނިކްޔަލްބެ މިއަދު ކިތަންމެ ރަނގަޅަކަށްވެސް އަހަރެންނަށް އަހަރެންގެ ކުށް އިހުސާސުކޮށްދީފި. މަންމަގެ މަގާމް އަންގައިދީފި. އަހަރެން ބިރުގަނޭ މަންމާ. ނަރަކައިގެ އެވޭންދެނިވި އަޛާބުދެކެ ބިރުގަނޭ. ހެޔޮނުވާނެ އަހަރެންނަށް މައާފުކުރޭ.” ރޮމުންގިސްލަމުންގޮސް އެންމެފަހުން ލީޒްގެ އަޑުބެދުނެވެ. އިވުނު ވާހަކަތަކުން މިއުޝީނަށް އުފަލުންގޮސް އަނގަމަތީގައި އަތްއަޅައިލެވުނުއިރު އެދެލޯވެސްްވަނީ ފެންކަޅިވެފައެވެ. އޭރު އާދިލްވެސް ރޮވިފައިގޮސް ހަރީރާގެ ކިބައިން މައާފަށް އެދެމުންދިޔައީ ކުޑަކުއްޖަކުފަދައިންނެވެ.
އެމަންޒަރުބަލަން ހަރީރާއަށްވެސް ކެތްވީ ވަކިއިރެއް ވަންދެނެވެ. ލީޒްމެން އޭނާ އާއި މެދުގައި ކިތަންމެ ނުބައިކޮށް ކަންތައްކޮށްފައިވީ ނަމަވެސް މިއަދު އެދެކުދިންނަށް ހެޔޮވިސްނުން ދެއްވީތީ ހަރީރާ އުފާކުރިއެވެ.
ކަރުނަވީ ދެލޮލުން އޭނާގެ ދެދަރިންގެ މޫނަށް ބަލައިލަމުން ގުދުވެފައި ހަރީރާ ލީޒް ނެގިއެވެ. އަދި ލޯތްބާއެކު އެެދެކުދިންގެ ގައިގައި ބައްދައިލިއެވެ. ދަރިން ކިތަންމެ ނުބައިކޮށް ކަންތައްކުރިއަސް އެކުދިންނަށް ހެޔޮމަގުދައްކަން އަބަދުވެސް ތިބޭނީ މައިންބަފައިންވިއްޔާއެވެ.
މިއަދު އެެދެކުދިންގެ ލޮލުން އޮހޮރުނު ކަރުނައިން އެކުދިންނަށް ކުރެވުނު ކުށް އިހުސާސުވެއްޖެކަން އެނގެއެވެ. ވީއިރު މާފުނުކޮށް ކެތްވާނީ ކޮންމަޔަކަށް ހެއްޔެވެ؟ ހަރީރާއަށްވެސް މިއަދު ވަނީ ހެޔޮވިސްނުން ލިބިފައެވެ. އޭނާގެ ކުށަށް އޭނާގެ ދަރިފުޅު މައާފުކުރިއިރު އޭނާގެ ދަރިންނަށް ކުރެވޭ ކުށްތަކަށް މައާފުނުކޮށްވަކި އޭނާއަށް ހުރެވޭނެހެއްޔެވެ؟
ދެކުދިންގެ ގައިގައި ބައްދައިލަމުން ހަރީރާ ރޯންފެށިއިރު މިއުޝީންގެ ލޮލުންވެސް ހޯސްލައިފައި ކަރުނަ ފައިބަމުން ދިޔައެވެ. އެވަގުތު ލީޒްގެ ލޮލުގައި ދުރުގައި މަންޒަރުބަލަންހުރި މިއުޝީން އަޅައިގަތުމުން ލޯތްބާއެކު އެދައްތަގެ ގަޔަށް ފުރަތަމަ ފަހަރަށް ބަލައިލިއެވެ.
“ދޮންތާ. ދޮންތަވެސް ނިކްބެވެސް އާދޭ.” ހިނިތުންވެލަމުން ލީޒް ބުނެލިއެވެ. ނިކްޔަލްވެސް މިއުޝީންގެ ކޮނޑުގައި އަތްއަޅައިލަމުން ހިނގާށޭ ބުނެލީ ލޯތްބާއެކުގައެވެ. މަޑުހިނގުމެއްގައި ދެމީހުންގޮސް އެތަނުގައި ހުއްޓިލުމުން ހަރީރާ އެެދެމީހުންގެ ގައިގައިވެސް ބައްދައިލިއެވެ. އޭނާގެ ދަރިފުޅަށް ނިކްޔަލްފަދަ މާތް ފިރިހެނަކު ދެއްވީތީ އޭނާ ޝުކުރުވެރިވެއެވެ. އެންމެން ލޯތްބާއެކު އެކަކު އަނެކަކުގެ ގައިގައި ބައްދަމުންދިޔައިރު މިހާރު އެއިން އެކެއްގެ ހިތުގައިވެސް އަނެކަކާއިމެދުގައި އެއްވެސް ޝަކުވާއެއްނެތްކަން އެނގި ހާމަވަމުންދިޔައެވެ.
** ** **
އޭގެ ދެދުވަސްފަހުން އެންމެން މާލެދާން ފުރިއެވެ. ލީޒްވެސް ކުރީގެ ވިޔާނުދާއުޅުން ދޫކޮށްލުމަށްފަހު އިސްލާހުވިއެވެ. މާލޭގައި އެމީހުންތިބެން ނިކްޔަލް އެދުނީ އޭނާގެ ގޭގައެވެ. އެންމެން އެގޮތާ އެއްބަސްވިއެވެ. ނަމަވެސް މިއުޝީން އެގެއަށް ބަދަލުވާން ބޭނުންވީ އޭނާއާއި ނިކްޔަލްގެ ކައިވެނި ކުރެވެމުންނެވެ. އެގޮތް ކޮންމެ މީހަކަށްވެސް ކަމުދިޔައީ އެއީ އެންމެ ރަނގަޅުގޮތްކަމަށް ފެންނާތީއެވެ.
މާލެ ދިއުމަށްފަހު އާދިލްއަށް ނިކްޔަލްގެ އޮފީހުން ވަޒީފާ ހަމަޖެއްސިއިރު ލީޒް ބޭރުގައުމަކަށް ކިޔަވަން ފޮނުވަން ނިކްޔަލް ނިންމީ ލީޒް އިތުރަށް ކިޔަވަން ބޭނުންވާތީއެވެ. އެހެނަސް ލީޒްގެ ފުރުން ތަންކޮޅެއް ލަސްކޮށްލީ އޭނާ އާއި މިއުޝީންގެ ކައިވެނިކުރެވުމުން ދާށެވެ.
ހުރިހައި އެންމެން ވާހަކަ ދައްކައިގެން ހަމަޖެހުނީ ނިކްޔަލްއާއި މިއުޝީންގެ ކައިވެންޏާއެއްކޮށް އާކިލްއާއި އިޒާނާގެ ކައިވެނިވެސް ކުރާށެވެ. ދުވަހެއް ކަނޑައެޅުމަށްފަހު ވަރަށް ފޯރިއާއި އެކުގައި އެންމެން ކައިވެންޏަށް ތައްޔާރުވަން ފެށިއެވެ.
** ** **
އުފަލާއި މަޖަލުގައި ދުވަސްތައް ހޭދަވަމުންގޮސް ކައިވެނިކުރަން ހަމަޖެހިފައިވާ ދުވަސް އައިސް ޖެހުނެވެ.
އަވަދިނެތި ދެތިން ކުއްޖަކު އިޒާނާ އާއި މިއުޝީން ތައްޔާރުކުރަމުން ދިޔައިރު އެތަނުގައި ލީޒްވެސް ހަރަކާތްތެރިވަމުން ދިޔައެވެ. ކޮންމެ ކުއްޖަކުވެސް ވީއެންމެ ފުރިހަމައަކަށް ތައްޔާރުވެ ނިމުމުއިރު 8 ޖަހަން 5 މިނިޓަށް ވެއްޖެއެވެ. ކައިވެނިކުރަން ހަމަޖެހިފައިވަނީ ނިކްޔަލްމެން ގޭގައިކަމުން އަވަސްއަރުވައިލައިފައި އެންމެން ކާރަށް އަރައިގެން އެގެއާއި ދިމާއަށް މިސްރާބުޖެހިއެވެ. އޭރު އާކިލްގެ މައިންބަފައިންވެސް ނިކްޔަލްގެ ގޭގައި ހަރަކާތްތެރިވަމުންދިޔައެވެ.
ކާރު އެގޭދޮށަށް މަޑުކޮށްލުމާއެކު އެންމެން ކާރުން ފައިބައިގެން ނިކްޔަލްގެ ގެއާދިމާއަށް ހިނގައިގަތެވެ. އޭރު މޭޒުދޮށުގައި އެމީހުންގެ އިންތިޒާރުގައި ނިކްޔަލްއާއި އާކިލްގެ އިތުރުން ގާޒީވެސް އިނެވެ.
މިއުޝީން ފެނުމާއެކު ނިކްޔަލްގެ ދެލޯބޮޑުވެގެން ދިޔައެވެ.ގަދަ ރަތްކުލައިގެ އެކައިވެނީގެ ހެދުމުގައި މިއުޝީން ހާދަހައި ލޯތްބެވެ. އިޒާނާ އާއި މިއުޝީން ހެދުން ފަހައިފައިވަނީ އެއްގޮތަކަށެވެ. އޭގެއިންވެސް އެދެމެދުގައިވާ އެކުވެރިކަމުގެ ތެދުވެެރިކަން ނުހަނު ރަނގަޅަށް ހާމަވެއެވެ. އާކިލްއަށްވެސް އިޒާނާ ފެނިފައިވީ ހަމަ ނިކްޔަލްއަށް މިއުޝީން ފެނިގެންވީފަދަ ގޮތެވެެ.
އެދެމީހުން މޭޒުދޮށުގައި އިނށީނުމާއެކު ކައިވެނިކޮށްދެން ގާޒީ ފެށިއެވެ. ދެމީހުންގެ ދުލުން އަނބިގަބޫލުކޮށްފީމޭ ބުނި ވަގުތަކީ ދެއަންހެންކުދިންގެ ދިރިއުޅުމުގައިވެސް އައި އެންމެ އުފާވެރި ވަގުތުކޮޅެވެ. އެމަންޒަރުބަލަންހުރި ހަރީރާގެ ލޮލުން ކަރުނަ ނިރާލިއެވެ. އެއާއެކު ފާތުން ހަރީރާގެ ކޮނޑުގައި އަތްބާވައިލަމުން ހިނިތުންވެލީ އުފަލުންހުރެއެވެ.
ކައިވެނިޕާޓީ ބާވަން ހަމަޖެހިފައިއޮތީ ނިކްޔަލްގެ ގޭގެ ގޯތިތެރޭގައެވެ. ރީތިގޮތަކަށް އެތަންތައްޔާރުކުރެވިފައިވީއިރު ބަލައިފޫހިނުވާނެކަން ޔަގީނެވެ. އެހައިވެސް ފުރިހަމައެވެ. ޕާޓީ ފެށުމާއެކު މެހެމާނުންތަކުން މުޅި ގޯތިތެރެ ފުރިގެންދިޔައެވެ. އެކިތަންތަންކޮޅުގައި ވަށްމޭޒު ބެހެއްޓިފައިވީއިރު ހުދުކުލައިގެ ފޮތިގަނޑަކުން އެމޭޒުތައްވަނީ ރީތި ޑިޒައިނަކަށް ފޮރުވައިލެވިފައެވެ. ކޮންމެ މޭޒެއްގެ ދޮށުގައި 4 ގޮނޑި ހުއްޓެވެ.
ޕާޓީ ނިމުނުއިރުވަނީ ވަރަށް ލަސްވެފައެވެ. އެހެންކަމުން ހުރިހައި މީހުންވެސް ބޭނުންވީ އަވަހަަށް އެމީހެއްގެ ގެއަށްގޮަސް އަރާމުކޮށްލާށެވެ. އިޒާނާ ގައިގައި ކުޑަކޮށް ބައްދައިލަމުން މިއުޝީން މަރުހަބާ ކީއިރު އިޒާނާވެސް ބަދަލުގައި ހެވިފައި މިއުޝީނަށްވެސް މަރުހަބާ ކިޔެވެ. ދެއެކުވެރިން ވަކިވީ ހިނިތުންވެފައި ތިބެއެވެ.
** ** **
ނިކްޔަލްގެ ކޮޓަރިއަށްވަތް މިއުޝީންގެ ހިތް ނެގިނެގިފައި ޖެހެމުންދިޔައެވެ. މީހާާ ހާާސްވަމުން ދިޔައީ މިރޭގެ ކުރިއަށްއޮތްތާނގައި ވާނެ ކަންކަމާމެދުގައި ވިސްނައިފައިވެއެވެ. ނަމަވެސް އެހާސްކަމާއެކުވެސް އެހެން ހިތަށްއެރުމުން މުޅި ކުއްޖާގެ މޫނު ރަތްވެގެން ދިޔައެވެ.
ކޮޓަރިއަށް ވަތް ނިކްޔަލްއަށް މިއުޝީންގެ މިހާސްކަން ފާހަގަވީކަންނޭނއެވެ. ލޯތްބާއެކުގައި އައިސް އެތުނި ހަށިގަނޑުގައި ބައްދައިލިއެވެ. ސިހުނު ނަމަވެސް ނިކްޔަލްގެ މިއަމަލުން މިއުޝީންގެ ތުންފަތް މައްޗަށް ރަކި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.
“ދެން ތިހެން ނުހުރެ ދޭބަލަ ހެދުން ބަދަލުކޮށްލައިގެން އަންނަން. އަލަމާރީގަ އިންނާނެ އަހަރެން މިރެއަށްޓަކާ މިއުއަށް ގެނައި ވަރަށް ލޯބި ނިދާ ހެދުމެއް.” އެހުރިގޮތަށްހުރެ ނިކްޔަލް އެހެންބުނެލުމުން އޯކޭ އޭ ބުނެލުމަށްފަހު މިއުޝީން ނިކްޔަލްގެ އަތުތެރެއިން ނުކުމެ އަލަމާރިއާއި ދިމާއަށް ހިނގައިގަތެވެ. އަލަމާރީގެ ދޮރު ހުޅުވައިލުމާއެކު ކޮނޑެއްގައި އަޅުވައިފައިހުރި ނިދާހެދުން ފެނުމުން މިއުޝީންގެ މޫނަށް ލަދުވެތިކަން ވެރިވިއެވެ.
ހެދުން ހިފައިގެން ފާޚާނާއަށް ވަނުމަށްފަހު ކުޑަކޮށް ގައިދޮވެ ހަދައިލައިގެން އެނައިޓީ މިއުޝީން ލިއެވެ. ލަދުގަތް ނަމަވެސް ފުންނޭވާއެއްލަމުން ހަމަޖެހިލަން މަސައްކަތްކުރަމުން މިއުޝީން ފާޚާނާއިން ނުކުތެވެ. އެވަގުތު ކޮޓަރީގައި ރަސްކަންކުރަމުންދިޔަ އުއްބައްތިތަކުގެ ފަނޑުއަލީގައި ސޯޓެއްލައިގެން ހުރި ނިކްޔަލް މިއުޝީނަށް ފެނުނީ ހުވަފެނީގޮތަކަށެވެ. މުޅިތަނަށްވެރިވެފައި ލެވެންޑަރގެ މީރުވަހުން އެމާހައުލު އިތުރަށް މަސްތުކަމުން ފުރައިލަން މަސައްކަތްކުރާ ކަހަލައެވެ. ލަދުގެންފައި ފާޚާނާ ދޮރުކައިރީގައިހުރި މިއުޝީން ސިހުނީ އިނގެރޭސި ރީތި ލަވައެއްގެއަޑު ކޮޓަރިއަށް ފެތުރުމުންނެވެ. މަޑުމައިތިރާގެއްގެ އެލަވަ ޖަހައިލުމަށްފަހު ނިކްޔަލް އެލަވައިގެ އަޑުދަށުން ކިޔަމުންގޮސް މިއުޝީންގެ ކުރިމަތީގައި އެއްކަކޫ ޖަހައިލަމުން އިނށީދެ އޭނާއާއި އެކުގައި ނަށައިލަން އަންނަން ބުނެލީ ލޯބިވެތިގޮތަކަށެވެ. ނިކްޔަލްގެ މިއަމަލުން ހިނދުކޮޅަކަށް މިއުޝީން ހިތުން ހާސްކަންފިލައިގެންގޮސް ހެވުނެވެ. އެއަތުގެ ތެރެއަށް އޭނާގެ އަތްތިލަލައިމަހައިލިއެވެ. ވަގުތުން ނިކްޔަލް މިއުޝީންގެ އުނަގަނޑުގައި އެއްއަތުން ހިފައިލަމުން އެލަވަކިޔަމުން މަޑުމަޑުން ނަށަންފެށިއެވެ.
“އިފް އައި ހެޑް ޓް ލިވް މައި ލައިފް ވިތައުޓް ޔޫ ނިއާރ މީ.. ދަޑޭސްވުޑް އޯލްބީ އެމްޓީ.. ދަނައިޓްސްވުޑް ސީމް ސޯ ލޯންގް.. ވިތް ޔޫ އައި ސީ ފޯއެވަރ އޯ ސޯ ކްލިއަރލީ.. އައި މައިޓް ހެވްބީން އިންލަވް ބިފޯރ.. ބަޓް އިޓްނެވަރ ފެލްޓް ދިސް ސްޓްރޯންގް.. އަވަރ ޑްރީމްސްއަރ ޔަންގް އެންޑް ވީ ބޯތް ނޯ.. ދޭވިލް ޓޭކްއަސް ވެއަރ ވީވޯންޓް ޓް ގޯ.. ހޯލްޑްމީ ނޮއު.. ޓަޗްމީ ނޮއު.. އައި ޑޯންޓް ވޯންޓް ޓް ލިވް ވިތައުޓް ޔޫ.. ނަތިންގްސް ގޮނަ ޗޭންޖް މައި ލަވް ފޯ ޔޫ.. ޔޫ އޯޓް ޓް ނޯ ބައި ނޮއު ހައުމަޗް އައި ލަވްޔޫ.. ވަންތިންގް ޔޫ ކޭންބީ ޝުއަރ އޮފް.. އައި ވިލް ނެވަރ އާސްކް ފޯ މޯދެން ޔުއަރ ލަވް.. ނަތިންގްސް ގޮން ޗޭންޖް މައި ލަވް ފޯ ޔޫ.. ޔޫ އޯޓް ޓް ނޯ ބައި ނޮއު ހައުމަޗް އައި ލަވްޔޫ.. ދަވޯލްޑް މޭ ޗޭންޖް މައި ހޯލް ލައިފް ތްރޫ.. ބަޓް ނަތިންގްސް ގޮނަ ޗޭން މައިލަވް ފޯ ޔޫ..”
ނިކްޔަލްގެ ޖާދުވީއަޑުން އެލަވަ ކިޔަމުން ނަށަމުންދިޔައިރު މިއުޝީންހުރީ އާޝޯޚުވެފައެވެ. ކޮންފަދަ ހިތްގައިމު ފިރިހެންވަންތަ އަޑެއް ހެއްޔެވެ؟ މިއުޝީނަށް އިހުސާސުވަމުން ދިޔައީ ހުވަފެނެއްގެ ތެރޭގައި ވާހަކަތަކުން ވާފަދައިން ޕްރިންސަކާއި އެކުގައި ލަވަކިޔަމުން ނަށަމުންދެވޭހެނެވެ. އެލަވައިގެ ތެރެއަށް ގެއްލިހުސްވެފައިހުރެ ނިކްޔަލްއާ އެކުގައި ނަށަމުންދިޔައިރު އެދެލޯފެންކަޅިވަމުންދިޔައީ ނިކްޔަލް އޭނާއަށްޓަކައި ވެފައިވާ މަތިވެރި ގުރުބާނީތައް ހަނދާންވުމުންނެވެ. އެހައި ލޯބިވާ ފިރިއެއް ދެއްވާނީ ހަމަ ނަސީބުވެރިއަކަށެވެ.
ލަވަނިމެން ގާތްވެފައި ހުއްޓައި ނިކްޔަލް މިއުޝީން އަތްދަނޑިމައްޗަށް އުފުލައިލަމުން ފިނިފެންމަލުގެ ފިޔައިން ޖަރީކޮށްފައިވާ އެނދާއި ދިމާއަށް ހިނގައިގަތެވެ. އޭރުވެސް ހުއްޓުމެއްނެތި މިއުޝީން ބަލަމުންދިޔައީ ނިކްޔަލްގެ ހިތްްގައިމު މޫނަށެވެ.
އެނދުމަތީގައި މިއުޝީން ބާވައިލުމަށްފަހު ނިކްޔަލް މިއުޝީނާއި ގާތްވެލިއެވެ. އެވަގުތު ހިތްހަމަޖެހުމާއެކު މިއުޝީނަށް ލޯމަރައިލެވުނީ ބޭއިޚްތިޔާރުގައެވެ. ނިކްޔަލްގެ ލޯބިވެތި ކޮންމެ އަމަލަކަށް މަރުހަބާ ކިޔާ ހާލުގައެވެ. އުއްބައްތީގެ ފަނޑު އަލިކަމުގެ ތެރޭގައި ފާރަށް އެޅިފައިވާ އެދެމީހުންގެ ހިޔައި އެކަތިގަނޑަކަށްވީ ދާދި މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
39 Comments!
Comments are closed.







Hey all.. Salaam.. So here is the next part.. Sry all lasvyma.. Actually cake course ehga baiverivegen ulheythy v bxy midhuvaskolhu.. Ehnve ingey.. Hope u guys will like this part too.. Dhn othy in sha allah last part.. In sha allah tmrw or day aftr tmrw.. Enjoy reading.. Ly all❤?
Thanku nau???????????❤️❤️❤️❤️
Wlcm n thanks dear❤
Varah inthizaaru kohfin thanks upkohleethee
Thanks dear.. N wlcm
Nau nimunytha alhe story???and by the way mi part ves varah rythi..mal adhi alah mi vaahaka ah comment mi kohly..eves nimunythw ahaalan vegen..comment nukuriyas mi vaahaka kiyan ingey…nau,thy emme best writer ingey..i love u so much..
Awwnn.. V happy vehje comment nukuriyas vaahaka kiyaathy.. No dear.. Adhi nunimey.. Dhn ekm othy last part.. Love u so much dear
varah furihama ❤❤❤
Thanks dear❤
OMG. Varah reethi. Next part ah varah inthizaaru kureveyne??.
Thanks deae?
Nice
Thanks dear
Vvvv nice mi part vess.
Dhen last part dhw..
Waiting waiting….
Gud nyt nau…????
Thanks dear.. Ya gud nyt❤❤
yeyyyy mi.furathama
Hehe.. Nooney dear..
mi vaahaka nimuneetha ??
No.. Btw dhn iny lst part
Warah reeethi
Thanks dear
Thank u nau ???????????
Wlcm n thanks dear❤❤??
V.Nice dear?????
Thanks my dear❤❤?
love u nik … thankx nau .. stry v lobii … ♥♥♥
Ahaha.. Hehe.. Thanks dear❤❤
V v reethi nau haadha molhey love you nau ?????????
Awwn.. Thanks shai.. Ly too❤?
Wooo hooo salhiey? v furihama??❤????
Thanks dear❤❤?
Masha Allah… Alhe nau ge khonme story ehves hama rythyey dhw… N hama ehaa furihamaihyey dhw… Nau alhe story liyun huhttaa nulahchey igey… Thihaa molhu kuhjeh Shann adhi nudheken story liyaakah… Hama mulhin kosvehje… Nau ge khonme story ehves mi kiyaalany hama v v ves kiyaalaahithun n v hiyhama jehigen indhe… Luv u bodukoh nau
Awwwnn.. Thanks alot dear.. Thidhey support ah.. Ya in sha allah i wnt stp writing stories.. Thanks again.. N ly too❤❤
Masha Allah v furihama
Thanks dear
Alhe nau…vvvv reethi…best if luck…
Thanks lam
Nau… love u…… varah reethi mi part vas……??❤❤❤❤❤❤
vvv salhi?? inthizaaru kureveyni nauge mikahala ehyhen vaahakaeh an naany irakah ??