Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތިޔަ ލޯބީގެ ހައްޤުގައި (22)

Nau Level 910 Stories100 Comments500 Comments100 Stories100 Login1K Comments
December 5, 2017 6 Mins Read
41 Comments

ރޮވިފައި އޭނާއާއި ދިމާއަށް ބަލަންހުރި މިއުޝީން ފެނުމާއެކު ހަރީރާގެ ހިތަކަށް ކެތެއްނުވިއެވެ. ބާރަށް ރޮއިގަންނަމުންހުރި ތަނަށް ތިރިވީ އަމިއްލަ އިޚުތިޔާރުން ބޭރުގައެވެ.

އެމަންޒަރުފެނިފައި މިއުޝީންގެ ހިތް ފަޅައިގެންނުދިޔައީ ހަމަ ކިރިޔާއެވެ. ބޭއިޚުތިޔާރުގައި ހަރީރާއާއި ދިމާއަށް ދުއްވައިގަނެވުނެވެ. އޭރުވެސް ބިންމަތީގައި އިނށީދެގެންއިނދެ އަޑުން އަޑުނަގައިފައި ހަރީރާ ރޮމުންދިޔައެވެ. ހަރީރާ ގާތުގައި އިނށީދެލަމުން މިއުޝީން ހަރީރާ ގައިގައި ބާރަށް ބައްދައިލީ މަންމާއޭ ކިޔައި ގޮވައިލަމުންނެވެ. ރޮވިފައިވުމުގެ ސަބަބުން އެއަޑުވަނީ ކޮންމެވެސް ވަރަކަށް ކުރެހިފައެވެ. މިއުޝީންގެ މިއަމަލުން ހަރީރާއަކަަށްވެސް އިތުރަށް ކެތެއް ނުވިއެވެ. މައިވަންތަކަމުގެ ލޯބި އުތުރުއަރަން ފެށުމުން މިއުޝީންގެ ގައިގައި ލޯބިން ބައްދައިލަމުން އެބޮލުގައި އޯގާތެރިކަމާއެކު ފިރުމައިލިއެވެ. ދެމައިން އެކަކު އަނެކެއްގެ ގައިގައި ބައްދައިލައިގެންތިބެ ރޮމުން އެކަކު އަނެކެއްގެ ކިބައިން މައާފަށް އެދެމުންދިޔަ މަންޒަރު ފެނުމުން ނިކްޔަލްގެ ދެލޯވެސް ފެންކަޅިވިއެވެ.

ް”މަންމަގެ ދަރިފުޅާ. ދެން ދުވަހަކުވެސް މަންމަ ދޫކޮށްލައިފައި ނުދާތި. ތިފަދަ މާތް ދަރިއެއްގެ އަގު މަންމައަށް އިހުސާސުވީ ދަރިފުޅު މަންމަ ދޫކޮށްލައިފައި ދިއުމުން.” ހިތުގައި ޖެހިފައި ހަރީރާ ވާހަކަދައްކަމުންދިޔައިރު މިއުޝީންގެ ހިތަށް ބަޔާންކުރަންދަތި އުފަލެއް ލިބުނީ އުމުރުގައި ފުރަތަމަ ފަހަރަށް ހަރީރާ އޭނާއާއި “ދަރިފުޅު”ގެ ނަމުން މުޚާތަބުކުރީމައެވެ. ހަރީރާގެ ގައިގައި ހިފައި އިތުރަށް ބާރުކޮށްލެވުނީ ދުވަހަކުވެސް މަންމަ އެފަދަ ނިކަމެތި ހާލަކަށް ދޫކޮށްލައިފައި ނުދާނަމޭ ބުނަމުންނެވެ.

އެހުރިހައި ދުވަހު ހަރީރާ އޭނާއަށް ދިން ހިތާމަތައް މިއަދު ހަރީރާގެ ލޯބިވެތި ފިރުމުންތަކުންނާއި ބަސްތަކުން އެހިތުން ފިލައިގެން ދިޔަކަހަލައެވެ. މަންމައާއި މެދުގައި ހިތުގައި ޝަކުވާއެއް ބާވާނީ ކިހިނެއްހެއްޔެވެ؟ އެއީ 9 މަސްދުވަހުގެ ގަދަވޭނުގައި އުޅުމަށްފަހު އޭނާ މިދުނިޔެއަށް އުފަންކުރި މަންމައެވެ. ވީއިރު އެމަންމައަށް މައާފުނުކޮށް ހުރެވޭނެހެއްޔެވެ؟

“މަންމާ ކީއްވެ؟ ކީއްވެ މަންމަ ތިފަދަ ހާލެއްގައި އުޅުނުއިރު އަހަރެންނަށް އަންގައިނުލީ؟ އަހަރެން ކޮންމެ ދުވަހަކު އައިމިނަ ދައްތައަށް ގުޅަން މަންމަގެ ހާލުބަލަން. އެކަމަކު ދައްތަވެސް އަބަދު ބުނަނީ މަންމަ ރަނގަޅޭ. ވަރަށް އުފަލުގައޭ އުޅެނީ.” ހަރީރާ ގަޔާދުރުކޮށްލަމުން އެލޮލުން އޮހޮރެމުންދިޔަ ކަރުނަތައް ލޯތްބާއެކު ފުހެލުމަށްފަހު މިއުޝީން އަހައިލިއެވެ.

“މަންމަގެ ސަބަބުން ދަރިފުޅަށް ކިހައި ބޮޑު ހިތާމައަކާާއި ހިތްދަތިކަމެއް ތަހައްމަލުކުރަން ޖެހުނު. މަންމަ ކިހައި ގޯސް. ދަރިފުޅު އުފަންވި ދުވަހުން ފެށިގެން ދަރިފުޅަށް މަންމަގެ ފަރާތުން ލިބުނީ ހުސް ހިތްދަތިކަން. ވީއިރު ދަރިފުޅަށް ހަމަޖެހޭ އުފާވެރި ދިރިއުޅުމެއް ލިބުމުން މަންމައަށް ކިހިނެއް ކެރޭނީ ގޮސް އެދިރިއުޅުމު ތެރެއަށް ވަންނަން؟މަންމައަށް ކޮންހައްގެއް އޮންނާނީ؟ މަންމައަށް ނުކެރުނީ ދަރިފުޅުގެ ކުރިމައްޗަށް އަރާން. އެހައި ހިތްވަރެއްނެތް މަންމަގެ. އެހެންވެ މަންމަބުނީ އައިމިނަ ގާތު ދަރިފުޅަށް މަންމެ ހާލު ނުއަންގަން.” ގިސްލަ ގިސްލާފައި ހަރީރާ މިއުޝީނަށް ހުރިހައި ވާހަކައެއް ކިޔައިދެމުން ދިޔައެވެ. މިއުޝީން ދިޔައިއްސުރެ ހަރީރާ އުޅެންޖެހުނު ނިކަމެތި ހާލެވެެ. ލީޒްއާއި އޭނާގެ މެދަށް ހުންނަ ފިރިހެން ދަރިފުޅު އާދިލް އޭނާއާއި މެދުގައި ކަންތައްކުރި އިހާނެތިގޮތެވެ. އެހައިދުވަސްފަހުން މިއުޝީން ފެނުމުން ހަރީރާއަށް އެއިހުސާސުތައް ހިތުގައި ނުހިފެއްޓުނީއެވެ. ދަރިފުޅުގެ ކުރިމަތީގައި އޭނާގެ ހިތުގެ ހާލު ބަޔާންކުރަން ބޭނުންވީއެވެ.

އިވުނު ވާހަކަތަކާއެކު މިއުޝީންގެ ލޭކެކިގެންދިޔައެވެ. ލީޒްދެކެ އައީ އަަމަށަކު ރުޅިއެއްނޫނެވެ. އެއީ ކޮންކަހަލަ ދަރިއެއްބާވައެވެ؟ މަންމައަކާއި މެދުގައި އެހައި އިހާނެތިގޮތަކަށް ކަންތައްކުރަން ކެރުނީތީ މިއުޝީން ހައިރާންވިއެވެ.

ބޭރުން ހަރީރާ މީހަކާ ރޮއިރޮއިފައި ވާހަކަދައްކާ އަޑަށް ލީޒް ސިޓިންރޫމްއިން ނުކުތީ ހިތްހަމަނުޖެހިފައެވެ. “އޭތް. ކާކާ މާވެފަ ތިވާހަކަ ދައްކަނީ؟ މިހާރު މަސައްކަތްތައް ނިމު.” ހަޅޭލަވަމުން ބޭރަށް ނުކުތް ލީޒްއަށް ހަރީރާ ގާތުގައި ރުޅިއައިސް ރަތްވެފައިއިން މިއުޝީނާއި ފަހަތުގައިހުރި ނިކްޔަލް ފެނުމާއެކު ހުއްޓުން އެރިއެވެ. ބުނާނެ އެއްޗެއްނޭނގި ގަނޑުވެފައިއިން ލީޒް ސިހުނީ މިއުޝީންގެ އަތުގެ ހޫނު ހަމަލާއެއް އޭނާގެ ކޯތާފަތްމައްޗަށް އެރުމުންނެވެ.

ދެލޯބޮޑުކޮށްލަމުން މިއުޝީނާއި ދިމާއަށް ލީޒް ބަލައިލިއިރު އަތުން މަޑުމަޑުން އޭނާގެ ކޯތާފަތުގައި ފިރުމަމުން ދިޔައީ ނެގި ދިލައެއްގެ ސަބަބުންނެވެ. “ކަލޭގެ އޮވޭތަ ހިތޭ މިކިޔާ ގުނަވަނެއް؟ ނޫނީ ހިތުގެ ބަދަލުގަ ހަރު ހިލަގަނޑެއްތަ އޮތީ؟” ދަތްކުނޑި ވިކައިލަމުން މިއުޝީން އެހެންބުނިއިރު އޭނާ ތުރުތުރުއަޅަމުންދިޔައީ އައިސްފައިވާ ގަދަ ރުޅީގެ ސަބަބުންނެވެ. މިއުޝީންގެ މިސިފަ ފުރަތަމަ ފަހަރަށް ފެނުމުން ބުނާނެ އެއްޗެއްނޭނގި ލީޒްއަށް ހުރެވުނީއެވެ. ގޭތެރޭގައި މާއަޑުގަދަވާން ފެށުމުން އާާދިލްވެސް ބޭރަށް ނުކުތީ ވެގެންއުޅޭ ގޮތެއް ބަލައިލުމަށެވެ. ފެނުނު މަންޒަރުން އާދިލްއަަށްވެސްވީ ލީޒްއަށްވީ ވަރެވެ. އެވަގުތު މިއުޝީންގެ ރުޅިވެރި ނަޒަރު އާދިލްއަށްވެސް ހުއްޓުނެވެ.

“ކަލޭމެން ދެމީހުންތީ މަންމަ އެންމެ ލޯބިން ބަލައިބޮޑުކުރި ދެމީހުން. ބޭނުން ކޮންމެ އެއްޗެއްހޯދައިދީ ބުނި ކޮންމެ ކަމެއް ކޮށްދިން. ދެން ކީއްވެހޭ މިއަދު މަންމަ މުސްކުޅިވެ ގައިބާރުދޫވުމުން ކަލޭމެންގެ ލޯތްބާއި އަޅައިލުން މަންމައަށް ނުދެންވީ؟” އަނެއްކާވެސް މިއުޝީން ހަޅޭލަވައިގަތެވެ.

“އަހަރެން.” ލީޒް ދިފާއުގައި ވާހަކަދައްކަން ފެށުމުން އަތުގެ އިޝާރާތުން މިއުޝީން އެކަން މަނާކުރިއެވެ. “ކޮން އަހަރެންނެއް؟ ބަލަ މަންމަ ކަލޭމެންނަށް ނުބައި ނަސޭހަތެއް ދިންތަ؟ މަންމަކުރި ކޮންމެ ކަމެއްކުރީ އަދި ބުނި ކޮންމެ ބަހެއްވެސްބުނީ ހަމަ ކަލޭމެންނަށް ރަނގަޅަކަށް. އެކަމަކު ކަލޭމެންނަކަށް އެވަރެއްވެސް ނުވިސްނުނު. ލީޒްއަށް އެނގޭތެ ތިހެން އުޅެން ހަދައިގެން ލީޒްއަށް ދެރައެއް ލިބިއްޖެއްޔާ ހަމަ އެދުވަހަކުންވެސް ލީޒްއަށް އެހީވަން ހުންނާނީ އެމަންމަކަން. ކޮން މަޔަކު އެދޭނީ އޭނާގެ ދަރިންގައިގަ އަލިފާނުގެ އެންމެ ކަންޔެއްވެސް ޖެހެން؟ އެއްވެސް މަޔަކު ނޭދޭނެ. އެހެންވީމަ މަންމައަށް ދަރިން ނުބައިމަގުން ދާންފެށީމަ ހަޅޭލެވެނީ.” މިއުޝީންގެ ލޮލުން ހޯސްލައިފައި ކަރުނަ ފައިބަމުންދިޔައިރުވެސް އޭނާގެ ވާހަކަތައް ކުރިއަށް ގެންދިޔައެވެ.

“ބަލަ މަންމައަށް ލިބުނު ހިތާމަތައް މަންމަގެ ދަރިއަކަށް ލިބެން ނޭދޭތީ މަންމަ އެގޮތަށް ކަންތައްކުރީ. އެކަމަކު ކަލޭ. ކަލޭގެ ލަދެއް ހަޔާތެއްވެސް ނެތީތަ؟ ކަލޭ ބަނޑުއަޅައި ވިހޭ މައިމީހާއާއިމެދު ތިހައި ރަހުމް ކުޑަކޮށް ކަންތައްކުރަން. އެންމެ ކުޑައިރުއްސުރެ ބޮޑުވަންދެން ލޯތްބާއި އަޅައިލުންދީ މައިންބަފައިން ދަރިން ބަލައި ބޮޑު ކުރަނީ މިދުވަސްދެކޭކަށް ނޫނޭ. އެކަމަކު އެމައިމީހާ މުސްކުޅިވީދުވަހު އެޖެހުނީ އެންމެފަހުން މިގޭގެ ނޯކަރެއްގޮތުގަ އުޅެން. ކަލޭމެންކަހަލަ ދަރިން ލިބުމަށްވުރެ މާރަނގަޅުވާނެ ދުވަހަކު ދަރިއެއް ނުލިބުނަސް. ހަނދާންކުރައްޗޭ. އެމައިމީހާއަށް ތިޖެއްސި ނިކަމެތިހާލު އަދި ކަލޭމެންގެ ދަރިން ކަލޭމެންނަަށްވެސް ޖައްސާނެ. އެދުވަހުން އެނގޭނެ ހިތަށް ކުރާ އަސަރާ ތަދުވާވަރު. އެދުވަސް އައުމުގެ ކުރިން ދެންވެސް އިސްލާހުވެވޭތޯ ބަލާ.” މިއުޝީން ބުނަން ބޭނުންވި ހުރިހައި ވާހަކައެއް ބުނެނިންމައިލުމަށްފަހު އެނބުރި ހަރީރާ ގާތަށްގޮސް މަޑުކޮށްލިއެވެ. އޭރު ލީޒްއާއި އާދިލްވެސް ހުރީ ގަތްލަދެއްގެ ސަބަބުން އިސްޖެހިފައެވެ. އެގޭ ދޮށަށް އަވަށްޓެރި ބައެއްމީހުން ޖަމާވެ އެމަންޒަރުތައް ބަލަން ތިއްބެވެ. އެއިން މީހެއްކުރިމަތީ މިއަދު އަނގަ ހުޅުވައިލާކަށްވެސް ލީޒްއަކަށް ނުކެރުނެވެ.

“އަހަރެން މިދަނީ މަންމަ ގޮވައިގެން. ދެން ކަލޭމެންނަށް އުނދަގޫ ޖައްސާކަަށް އަހަރެންގެ މިމަންމައެއް މިގޭގައެއް ނުހުންނާނެ.” ހަރީރާގެ ކޮނޑުގައި ހިފައި ގަޔާ ގާތްކޮށްލަމުން މިއުޝީން ބުނެލިއެވެ. އެވަގުތު ފަހަތުގައި ހުރި ނިކްޔަލްވެސް އައިސް ހަރީރާގެ އަނެއް ކޮނޑުގައި ހިފައި ދާން ހިނގާށޭބުނެލިއެވެ. އެހުރިހައިއިރު މަޑުންހުރި ހަރީރާ ނިކްޔަލްގެ މޫނަށް ބަލައިލީ ޝުކުރުވެރި ނަޒަރަކުންނެވެ.

“ދައްތާ. އަހަރެން ބުނީމެއްނު ދައްތަގެ މިދަރިފުޅު ދައްތަ ގާތަށް ގެނެސްދޭނަމޭ. ކުޑަދުވަސްކޮޅަކަށް އިންތިޒާރުކޮށްލާށޭ. މިއަދު އަހަރެންވީ ވައުދު ފުއްދިއްޖެކަމަށް ހީކުރަން.” ހަރީރާގެ އަތުގައި ހިފައިލަމުން ނިކްޔަލް ބުނެލިއެވެ. ބޯޖަހައިލަމުން ރޮވިފައި ހަރީރާ އާނއެކޭ ބުނެލިއެވެ. އެމަންޒަރުފެނި މިއުޝީންހުރީ ވާނުވާނޭނގިފައެވެ. ނިކްޔަލް ހަރީރާ ގާތަށް އައީ ކޮންއިރަކުހެއްޔެވެ؟ ސުވާލުގެ ނަޒަރަކުން ބަލަންހުރި މިއުޝީންގެ މޫނަށް ބަލައިލަމުން ނިކްޔަލް ހިނިތުންވެލީ ފަހުން ހުރިހައި ވާހަކައެއް ކިޔައިދޭނަމޭ ބުނެފައެވެ.

އެބައަންނަމޭބުނެ ހަރީރާގޮސް އޭނާގެ ކޮޓަރިއަށްވަދެ ކުޑަ ފޮއްޓަކަށް އޭނާގެ ހެދުންތަކާއި މިއުޝީން އޭނާއަށް ފޮނުވި ފައިސާތައް ރައްކާކުރަންލީ ދަޅު ލުމަށްފަހު ފޮށިހިފައިގެން ނުކުތުމުން ނިކްޔަލްގޮސް އެފޮށީގައި ހިފިއެވެ. މިއުޝީން ހަރީރާގެ ކޮނޑުގައިހިފައި ގަޔާ ކައިރިކޮށްލަމުން ނިކްޔަލްގެ ފަހަތުން އެގެއިން ނުކުމެ ކާރަށް އެރިއެވެ.

މަންޒަރުބަލަންތިބި މީހުންގެ ނުރުހުމުގެ ބަސްތަކާއި ބެލުންތައް ލީޒްމެންނަށް އަމާޒުވާންފެށުމުން ގަތްލަދެއްގެ ބޮޑުކަމުން ދުވެފައި ލީޒް ގޭތެރެއަށް ވަނެވެ. އޭރު އެދެލޯވަނީ ފެންކަޅިވެފައެވެ. މިއުޝީން ދެއްކި ހުރިހައި ވާހަކަތަކެއް އޭނާގެ ކަންފަތް ކައިރީގައި ގުގުމަމުން ދިޔައިރު ހަރީރާއާއި މެދުގައި ކަންތައްކުރެވުނު އިހާނެތިގޮތްތައް އޭނާގެ ދެލޯކުރިމަތީގައި ސިފަވަމުން ދިޔައެވެ. ނޫނެކޭ ކިޔައި ބާރަށް ހަޅޭލަވައިގަތުމަށްފަހު ލީޒްއަށް ދެއަތް ކަންފަތްމަތީގައި އެޅުމަށްފަހު ދެލޯމަރައި ބާރުކޮށްލެވުނެވެ.

** ** **

ކާރުއައިސް މަޑުކޮށްލީ އެރަށުން ކުއްޔަށްދޭ ގެއެއްކައިރިއަށެވެ. ނިކްޔަލްވަނީ އެމުޅިގެ ކުއްޔަށް ހިފައިފައެވެ. ގޭގެ ސިޓިން ރޫމްގައި ފޮށިތައް ބެހެއްޓުމަށްފަހު ތިންމީނުން ސޯފާގައި ޖައްސައިލިއެވެ.

އޭރުވެސް މިއުޝީންއިނީ ހަރީރާގެ އަތުގައި ހިފައިގެންނެވެ. “ދަރިފުޅާ. މަންމައަށް މާފު.” އަދިވެސް ހަރީރާގެ ލޮލުން ކަރުނަ ނުހިކެއެވެ. ވަގުތުން ހަރީރާ ބުނަންއުޅުނު ޖުމުލަ މިއުޝީން ހުއްޓުވިއެވެ. “މަންމާ. މަންމަ ނުޖެހޭނެ ދުވަހަކުވެސް އަހަރެންގެ ކިބައިން މައާފަށް އެދޭކަށް.” ލޯތްބާއެކު ހަރީރާ ގެނެސް މޭގައި ލައްކޮށްލަމުން މިއުޝީން ބުނެލިއެވެ. އެތަންބަލަންއިން ނިކްޔަލް ހިނިތުންވެލިއެވެ.

“ނިކްޔަލް ދަރިފުޅާ. ދަރިފުޅު ތިކޮށްދިންކަމަށް ދައްތައަށް މުޅިއުމުރު ހުސްވިއަސް ޝުކުރުވެރި ނުވެވޭނެ. މިއަދު ދަރިފުޅު ދައްތައަށް ތިގެނެސްދިނީ ދައްތަގެ ގެއްލިފައިވި އެންމެ އަގުބޮޑު ޚަޒާނާ.” ނިކްޔަލްގެ މޫނަށް ބަލައިލުމަށްފަހު ހަރީރާ ބުނެލީ ލޯތްބާއެކުގައެވެ.

“ހޫމް އޯކޭ. ދެން އަހަރެންނަށް ހުރިހައި ވާހަކައެއް ކިޔައިދީ. ނިކް ކިހިނެއް މަންމަ ދަންނަނީ؟” މިއުޝީމް ނިކްޔަލްއާ ދިމާއަށް އެނބުރެމުން އަހައިލިއެވެ. ހިނިތުންވެލަމުން ފުންނޭވާއެއްލުމަށްފަހު ނިކްޔަލް ވާހަކަފެށިއެވެ.

“މިއު ސިންގަޕޫރުގައި ކިޔަވަން އުޅުނު ދުވަސްކޮޅު އަހަރެން އައިން މިރަށަށް. އޭރުވެސް މިއު ވަރަށް ގިނައިން މަންމަގެ ވާހަކަ ދައްކަމެއްނު. އެހެންވެ އަހަރެންނަށް އިހުސާސުވި މިއު މަންމަދެކެ ލޯބިވާވަރު. އެހެންވެ އަހަރެން ބޭނުންވީ މިއުއަށް މިއުގެ މަންމަ ހޯދައިދޭން. އަހަރެން މިރަށަށްއައީ ދައްތައަށް ވިސްނައިދޭން. އެކަމަކު މިރަށަށް އައުމާއެކު އަހަރެންނަށް އެނގުނު ދައްތަ އުޅޭ ނިކަމެތި ހާލު. ދައްތަގެ ދެންތިބި ދެކުދިން ދައްތައާާމެދު ކަންތައްކުރާ އިހާނެތިގޮތްތަށް އަހަރެންގެ މިދެލޮލުން ދުށިން. އަހަރެންނަށް އެނގުނު ދައްތަ ބަދަލުވެފައިވާ މިންވަރާ މިއުދެކެން ބޭނުންވާ މިންވަރު. މިއުދެކެ ދައްތަ ހަގީގަތުގައިވެސް ވަރަށް ލޯބިވާކަން. އޭރު މިއުއާ ދޭތެރޭ ކަންތައްކުރެވުނުގޮތުން ދައްތަ ހިތާމަކުރާކަންވެސް އެނގުނު. އެހެންވެ އަހަރެން ދައްތައާ ބައްދަލުކޮށްފަ ބުނިން އަހަރެންނާއެކު މާލެދާން. ދައްތަ އެހެން އުޅޭތަންދެެކޭކަށް އަހަރެންނަކަށް ކެތެއްނުވި. އެކަމަކު އެދުވަހު ރޮއިރޮއިފަ ދައްތާ އެކަމާ ދެކޮޅުހެދީ. މިއު ދައްތަ ބަލައި ނާންނަނީސް ނުދާން ދައްތަ ހުރީ. ދެން އެދުވަސްކޮޅު ދައްތަގެ ހާލު މިއުއަށް ސިއްރުކުރީ އެއީ މިއުގެ ކޯހުގެ އެންމެފަހު ދުވަަސްކޮޅުވީމަ. އެފަހަރު އެނބުރިދަމުން އަހަރެންބުނިން ދައްތަގާތު އަހަރެން މިއު އެނބުރި ދައްތަގާތަށް ގެންނަންދެން ކުޑަދުވަސްކޮޅަކަށް އިންތިޒާރުކޮށްލަން. މިއަދު އަހަރެންނަށް އެވައުދު ފުއްދިއްޖެ.” ނިކްޔަލްގެ ވާހަކަތަކުން މިއުޝީންގެ ހިތުގައި އޭނާއަށް ދެވިފައިވާ މަގާމް އެތައް ދަރަޖައެއް އިތުރުވިއެވެ. އެއީ ކިހައި މާތް އިންސާނެއް ހެއްޔެވެ؟ އޭނާގެ އުފަލަށްޓަކައި ނިކްޔަލް ކޮންމެފަދަ ގުރުބާނީއެއްވެސް ވެދާނެކަމާއިމެދަކު މިއުޝީން ޝައްކެއްނުކުރެއެވެ. މިއަދު އޭނާއަށް ދުނިޔޭގެ ހުރިހައި އުފަލެއް ލިބިފައިވާ ފަދައެވެ. ފެންކަޅިވެފައިވާ ދެލޮލުން ނިކްޔަލްއަށް ބަލައިލަމުން މިއުޝީން ލޯތްބާއެކުގައި ހިނިތުންވެލިއެވެ.

“އަދި އެއްވާހަކަ. ދައްތާ ދެން ތިބައުވެފައިވާ ހެދުންތައް ލާނެކަމެއްނެތް. އަހަރެން ހުންނާނެ ދައްތައަށް އައު ހެދުންވެސް ގެނެސްފަ.” އެތަނުން ފޮށްޓަކަށް އިޝާރާތް ކޮށްލަމުން ނިކްޔަލް ބުނެލިއެވެ. ހިނިތުންވެލަމުން ހަރީރާ ބޯޖަހައިލިއެވެ.

“މަންމާ. އަހަރެން ކޮންމެ މަހަކަ މަންމައަށް ފޮނުވާ ފައިސާއިން އައު ހެދުން ނުގަތީ ކީއްވެ؟” ސުވާލުގެ ނަޒަރަކުން ހަރީރާގެ މޫނަށް ބަލައިލަމުން މިއުޝީން ޝަކުވާކޮށްލިއެވެ. “މަންމައަށް އެފައިސާކޮޅު ލިބޭކަން އެނގިއްޖެނަމަ ލީޒް އެއަތުލާކަށްވެސް ފަހެއް ނުޖެހޭނެ. އެހެންވެ. ދަރިފުޅާ. އެހުރިހައި ފައިސާއެއް މަންމަ އެއްކުރީ. މަންމަ ބޭނުން އެފައިސާއިން ހައްޖަށްދާން.” މިއުޝީންގެ މޫނަށް ބަލައިލަމުން ހަރީރާ އޭނާ ބޭނުންވާގޮތް ހާމަކޮށްލުމާއެކު މިއުޝީންގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ. “ޔަގީނެއްނު. މަންމަ ބޭނުން ކޮންމެ ކަމެއްވެސް އަހަރެން ކޮށްދޭނަން.” ހިނިތުންވެލި މިއުޝީން ބުނެލިއެވެ. “އާން އަދި ހަނދާންނެތިފައޭ މިއިނީ. ނިކްޔަލް. މިއަދަށްފަހު ދަރިފުޅުވެސް ޖެހޭނީ މަންމަ ކިޔަން އިނގޭ. ނުބުންޏަސް މަންމައަށް އެނގޭ ތިދެކުދިންވެސް އެކަކު އަނެކަކުދެކެ ލޯބިވާކަން.” ހިނިގަނޑެއް ޖަހައިލަމުން ދެލޮލުން އައިސްފައިހުރި ކަރުނަތައް ފުހެލަމުން ހަރީރާ ބުނެލިގޮތުން މިއުޝީނާ ނިކްޔަލްއަށްވެސް ހެވުނެވެ. އެތައްދުވަހަކަށްފަހު ހަރީރާގެ ހިނިތުންވުން ފެނުމުން މިއުޝީންގެ ހިތަށް ހަމަޖެހުންލިބިގެން ދިޔައެވެ.

** ** **

ނިކްޔަލް ބޭނުންވީ އެރަށުގައި ހަފްތާއެއް ވަންދެން މަޑުކޮށްލާށެވެ. އެތައް ދުވަހަކަށްފަހު އެފަދަ ހިތްގައިމު މާހައުލަކަށް އާދެވުމުން އެހައި އަވަހަށް އެނބުރިދާން ނިކްޔަލް ބޭނުންނުވީއެވެ.

ތިންމީހުން އެކުގައި މަޖާދުވަސްތަކެއް އެރަށުގައި ހޭދަކުރަމުންދިޔައިރު ސިއްރު ސިއްރުން އެމީހުންގެ ހަރަކާތްތައް ބަލަމުން ލީޒް ދިޔައީ ހަލާކުވެފައިވާ ހިތަކާއެކުގައެވެ. ދެތިން ދުވަހަކު ނިކްޔަލްއަށްވަނީ އެތަން ފެނިފައެވެ. ލީޒްއަށް ވިސްނުނީއޭ ހިތައި އެރަށުން ފުރުމުގެ ކުރިން ލީޒްއާ އެއްފަހަރު ވާހަކަދައްކައިލަން ނިކްޔަލް ނިންމިއެވެ.

** ** **

އަނދިރިކަން ރަސްކަންކުރަމުންދިޔަ ކޮޓަރީގައި ލީޒްގެ މަޑު ގިސްލުމުގެ އަޑު ގުގުމަމުން ދިޔައެވެ. އެނދުގެ އެއްކަނެއްގައި ބާލީސް މެޔާލައި ބާރުކޮށްލައިގެން އޮވެ ލީޒް ގިސްލަގިސްލާފައި ރޮމުންދިޔައެވެ.

އޭނާގެ ހަނދާނުގައިވީ ކުޑައިރު ހަރީރާ އޭނާއާއި މެދުގައި ކަންތައްކުރި ލޯބިވެތި ގޮތްތަކެވެ. އޭނާއަށް ހިމާޔަތްދިން ގޮތެވެ. އަޑުއުފުލައި އެންމެ ބަހެއްވެސް ހަރީރާ އޭނާއާއި ދިމާއަށް ބުނެފައެެއް ނުވެއެވެ.

އެކަމަކު އޭނާ ކިހައި ގޯސްހެއްޔެވެ؟ މިއުޝީން ބުނީ ތެދެކެވެ. ހިތެއްގެ ބަދަލުގައި އޭނާގެ އޮތީ ހަރު ހިލަގަނޑެކެވެ. މަޔަކާމެދުގައި އެހައި ނުބައިކޮށް ކަންތައްކުރަން އޭނާއަށް ކެރުނީ އެހެންވީމައިތާއެވެ.

ކޮންމެ ރެއަކު ނިދުމުން ހޭނާއަށް ހުވަފެނުގައި ހަރީރާއަށް ޖެއްސުނު އިހާނެތި ހާލާއި، ކަޅުކޮށްތިބޭ ބަޔަކު އައިސް ދޮންވެފައި ހުންނަ ބޮޑެތި ދަނގަޑުތަކަކުން އޭނާގެ ގައިގައި ޖައްސައި ފިއްސާތަން ފެނެއެވެ. އެތައްރެއަކު ރޮއިގަނެފައި ލީޒްއަށް ނިދިން ހޭލެވޭއިރު މުޅިމީހާ ހުންނަނީ ދާހިތްލާ ފޯވެފައެވެ. މިގޮތަށް ކޮންމެ ރެއަކު ކަންތައްވަމުންދާނަމަ އޭނާއަދި މޮޔަވާނެކަން ހަމަޔަގީނެވެ. އޭނާއަށް މިފެންނަނީ މަންމައާމެދުގައި ކަންތައްކުރެވުނު ނިކަމެތިގޮތުގެ ހިތި ނަތީޖާއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nau

Level 910 Stories100 Comments500 Comments100 Stories100 Login1K Comments

A girl who loves reading and writing stories. My dream has always been to become a successful story writer. In Sha Allah. ❤

Other Articles

Previous

ވަންހަނާ (ދެވަނަބައި)

Next

ސިއްރު ސިއްރުން ހިތޭ… (18)

Next
December 5, 2017

ސިއްރު ސިއްރުން ހިތޭ… (18)

Previews
December 5, 2017

ވަންހަނާ (ދެވަނަބައި)

41 Comments!

  1. Nau says:
    December 5, 2017 at 1:51 pm

    Salaam all.. Here is the 22nd part of the story.. Hope all will like this part too.. Let me knw the mistakes and enjoy reading.. Have a nice day.. Nxt part in sha allah tmrw.. Ly all.. ?❤

  2. Huya says:
    December 5, 2017 at 1:52 pm

    So nice .. varah wait kohfin mi story ah .. and finally mi kiyevuniy. Next part avaha up kohdehchey plxxxx ❤️?

  3. Paree says:
    December 5, 2017 at 1:53 pm

    First dhw☺️

  4. Dhimm says:
    December 5, 2017 at 1:56 pm

    Yay.. Mr first tha

    1. Dhimm says:
      December 5, 2017 at 1:57 pm

      Me…**

    2. Dhimm says:
      December 5, 2017 at 2:40 pm

      Vrh vrh reethi ingey vaahaka….??

  5. Ram says:
    December 5, 2017 at 2:02 pm

    V v reethi

  6. sam♥ says:
    December 5, 2017 at 2:04 pm

    wow … waiting next part

  7. Minnie✨ says:
    December 5, 2017 at 2:05 pm

    Salaam Nau darling…?
    Haadha inthizaareh kuri fahun ney thi up kuree .?
    Mi part ves hama vvvvvvv loabi… Hama obiness to the max…?❤❤❤
    Waiting for the next part.?
    Love you nau kolhaa…?❤✨

  8. Riii says:
    December 5, 2017 at 2:07 pm

    Ohhh !!!! Nau.. Its soooOO beautiful… Avahah nxt prt up kohdehchey…..

  9. KAYA says:
    December 5, 2017 at 2:11 pm

    im second varah reethi story.. ekamaku kudakoh dhigu kolladhin nama..

  10. Black rose says:
    December 5, 2017 at 2:12 pm

    It’s beautiful

  11. naju says:
    December 5, 2017 at 2:13 pm

    masha allah v v v v reethi mi part ves

  12. xee says:
    December 5, 2017 at 2:19 pm

    V v v Rythi mi vaahaka

  13. Xaaan says:
    December 5, 2017 at 2:21 pm

    Masha Allah v furihama

  14. Kola says:
    December 5, 2017 at 2:25 pm

    Wow. Hama rovihhjje?. Next part ves hama mihaa reethi vaane kamah ummydhu kuran. Waiting?❤?

  15. Shann says:
    December 5, 2017 at 2:28 pm

    Me second dhw

    1. Shann says:
      December 5, 2017 at 2:30 pm

      Sry eyee olhigen

    2. Shann says:
      December 5, 2017 at 2:32 pm

      Sry eyee olhigen, nau mibaives v v rythi.. Ekam story nimen ulheythi v dheraves vey.. Umeedh kuran ehen story v avahah fennaane kamah

  16. JUMA says:
    December 5, 2017 at 2:39 pm

    Wowwwwwww??????❤???????????

  17. Lam says:
    December 5, 2017 at 2:44 pm

    Ooo….vvvv reethi…nau waiting ingey…avahah up kohdehchay ingey nxt part

  18. Avee says:
    December 5, 2017 at 2:49 pm

    Alhey. Varah gina iru inthizaaru kuri kuru muge nimun aee haadha ufaa veri koshey. E ee dharin rangalhah tharubiyyathu kurumun libeyne enme bodu faidhaa dhw nau. Nau ves balahchey ekan vey tho kuhjeh libunee ma. Ly nau. Bye. And i am waiting for the next part ingey

  19. Minnu says:
    December 5, 2017 at 3:13 pm

    V reethi

  20. shanhaa says:
    December 5, 2017 at 3:16 pm

    varah reethi ibrahthyri vaahaka eh ???

  21. Mary says:
    December 5, 2017 at 3:18 pm

    Vvvvvvv reethi hama habeys ❤❤❤❤????????

  22. Xuhu says:
    December 5, 2017 at 3:55 pm

    Oh haadha salhiey. V furihama.

  23. sana says:
    December 5, 2017 at 4:01 pm

    Alhey nau varah varah reethi mi part ves… Hana obinexx to the max…..
    Keep it up dhooni gandaa???????????????????????

    1. samahaa says:
      December 5, 2017 at 4:03 pm

      Hey, nau how are you? This part also hama super ingey keep it up ????????????

  24. ®@@ñ! says:
    December 5, 2017 at 4:06 pm

    Varah varah reethi ????

  25. Axka says:
    December 5, 2017 at 4:39 pm

    Alhey nau this part is obinexx to the max…….

  26. ham says:
    December 5, 2017 at 4:41 pm

    When last part?? Story very very very very nice..????????

  27. unaal says:
    December 5, 2017 at 7:19 pm

    vrh reethi..

  28. Annu says:
    December 5, 2017 at 7:24 pm

    Suppperrrbbbb!!!????

  29. Elyshaa says:
    December 5, 2017 at 8:38 pm

    Wow ????

  30. Elyshaa says:
    December 5, 2017 at 8:44 pm

    And next part avahah up kohla dheythi ingey i am curious ?

  31. Shai says:
    December 5, 2017 at 8:58 pm

    Wow v v reethi hama rovy varu vey nau you aa the best love you ????????????????

  32. Meesh says:
    December 6, 2017 at 6:29 pm

    Koba story nau?? ?

  33. jjey ? says:
    December 6, 2017 at 6:47 pm

    Nau kobaa???

  34. Mau says:
    December 6, 2017 at 7:18 pm

    Alhe kobaa tha mihaaru inthizaRukoko varubaliveje plx plx Ava’s kodhyba

  35. Nau says:
    December 6, 2017 at 7:26 pm

    Thank u sooooooo much everyone❤

  36. Sheera says:
    December 6, 2017 at 10:02 pm

    Kba next part

Comments are closed.

Next Episodeތިޔަ ލޯބީގެ ހައްޤުގައި (23)←


All Right Reserved!