މަލާކް ދެން އިތުރު އެއްޗެއް ނުބުނެ އޮތީއެވެ. އޭރު މައުވަން ފެން ހާކަން ފަށައިފިއެވެ. ގެއަށް ގޮސް އެއްޗެހި ބަދަލު ކޮށްގެން ވަރަށް އަވަހަށް އަންނާނަން ކަމަށް ބުނަމުން މައުވަން ނިކުތެވެ. އަދި އަންނަމުން ކާން ގެންނަންވީ ކޯއްޗެއްތޯ މައުވަން އޮޅުން ފިލުވިއެވެ. ހަލުވި ފިޔަވަޅުތަކެއްގައި ސިޑިން އަރައިގެން މައުވަން ދިޔައީ ކޮޓަރިއަށް ވަންނާށެވެ. ކޮޓަރި ތަޅުގައި ހިފާލި ތަނުން ފަހަތުން އޭނަގެ ގައިގައި މީހަކު ބައްދާލިއެވެ. މައުވަން ބަލާލިއިރު ލުބާއެވެ. ކުރުސޯޓަކާއި ތުނި ޓީޝާޓެއްގައި ލުބާ […]
ޝާނިމްގެ ނަޒަރު ހުއްޓިފައިވަނީ ނޫރާއާއި ދިމާލަށެެވެ. ” ޝާނިމް ؟؟؟ ” ޝާނިމްގެ ނަޒަރުން އުނދަގޫ ވެފައިވާ ހާލު ނޫރާ ގޮވާލިއެވެ. ޝާނިމް ސިހިފައި ބޯ ހޫރާލިއެވެ. “މީ… އާނ.. ހުރޭ ވަރަށް ލޯބިވާ ކުއްޖެއް. އެކަމު ހިޔެއް ނުވޭ ކާމިޔާބު ވާނެހެނެއް… ” ޝާނިމް އިސްޖަހާލީ ލޮލުގައި ފައިބަން ތައްޔާރަށްހުރި ކަރުނަތަށް ފޮރުވުމަށެވެ. “އޮހް.. ” މިހެން ބުނެލިތަނާހެން ކެބިންއަށް ވަދެގެންއައި ޝިޔާޒްފެނި ދެމީހުންވެސް ހިމޭންވިއެެވެ. ލިބުނު ފުރުސަތުގައި ޝާނިމް ގޮސް ލިފްޓަށް އެރިއިރު ދެލޮލުން […]
ކުއްލިއަކަށް ފަހަތުން މީހަކު އައިސް ރޭޝަމް ދުރަށް ކޮށްޕާލިއެވެ.“ބަލަ ކަލޭ ކައިރީ ކާކު ބުނީ މިހިރަ އަންހެނާއަށް އެހީވާށޭ..ހަމަ މިހާރު ނިކުމޭ ބަދިގެއިން“ލަތީފުގެ އަޑު ގަދަވެގެންދިޔައެވެ.ރޭޝަމް ބިރުންގޮސް ތުރުތުރު އަޅައިގަތެވެ.އަވަސް ފިޔަވަޅެއްގައި ގޮސް ކޮޓަރިއަށް ރޭޝަމް ވަނެވެ.މާލްވެސް ދުވެފައި ގޮސް ކޮޓަރިއަށް ވަނެވެ.އަދި ދޮރު ތަޅުލުމަށްފަހު ދޮރުގައި ބާރަށް ލެނގިލަމުން ދެކަކޫ މައްޗަށް ތިރިވިއެވެ.މާލްގެ ލޮލުން ހުއްޓުމެއްނެތި ކަރުނަ އޮހެރެންފެށިއެވެ.“ބައްޕަ މަންމައަށް އަނިޔާ ކުރަނީ..ނޫން..ނޫން…މަންމާ ….މަންމާ“އެމައުސޫމު ޅަހިތުގެ ޝަކުވާތައް އަޑުއަހަމުންދިޔައިރު ރޭޝަމްގެ ހިތް ދިޔައީ ކުދިކުދިވަމުންނެވެ.އެފަދަ ލާއިންސާނީ […]
“ މަންމާ،ކިހިނެއްތަ؟ވަރަށް ހަނދާންވޭ މަންމަ މަތިން“ރޭޝަމްގެ ދެލޯ ފެންކަޅިވިއެވެ.“މަންމަވެސް ވަރަށް ހަނދާންވޭ ދަރިފުޅު މަތިން،ދަރިފުޅު ރަނގަޅުތަ؟ކިތަންމެ ކުޑަ ކަމެއް ވިޔަސް މަންމަ ކައިރީ ބުނައްޗޭ“ނަރީމާވެސް އިނީ ރޮވިފައެވެ.“މަންމަ މިއަދު ލާރި ފޮނުވައިފިން މީހެއްގެ އަތަށް ދީފަ…ރަނގަޅަށް އުޅޭތި،ބަސްއަހައިގެން ކިޔަވާތި“ނަރީމާ ރޭޝަމްއަށް ނަސޭހަތްތެރިވިއެވެ . ކުލާހުގައި އިންއިރު ރޭޝަމްގެ ނަޒަރު ގޮސް ހުއްޓިފައިވަނީ ޔާނާއަށެވެ.ޔާނާއަކަށް އެކަމެއް ފާހަނގައެއް ނުވިއެވެ.ކުލާސް ނިމުމާއެކު ރޭޝަމް ޔާނާގެ ފަހަތުން ހިނގައިގަތެވެ.“ޔާނާ…މަޑުކޮށްލެވިދާނެތަ؟ވާހަކައެއް ދައްކާލަން ވެގެން“ރޭޝަމް ޔާނާ ހުއްޓުވިއެވެ.“ކޮން ވާހަކައެއް؟އަވަހަށް ބުނެބަލަ،ކުޑަކޮށް ލަސްވޭ އެބަ“ޔާނާ ހައިރާންކަމާއެކު […]
”ބޭބީ އަދިވެސް ރުޅި އައިސްތަ؟” އަލްޔާ ފާޑަކަށް ހުރުމުން ވިނާން އަހައިލިއެވެ. މާލެދާން ޓިކެޓު އަވަސް ކުރިއްސުރޭން އަލްޔާ އިންނަނީ ފާޑަކަށް ހިތްހަމަ ނުޖެހިފައެވެ. އޭނަ އެވަރަށް ތުން ދާމާފަ އިންނަ އިރު ވެސް އަވަހަށް މާލެ ދާން އުޅޭ ސަބަބެއް ވިނާންއެއް ނުބުނެއެވެ. ބުނާހާވެސް ވަރަކީ މާލެ ދިޔައިމަ އިނގޭނެ ކަމަށާއި މަންމަމެންނަށް ސަޕުރައިޒެއް ދޭންކަމަށެވެ. “ނޫން.. ކީއްވެ ރުޅި އަންނަންވީ؟ އަލް ހަމަ ހެޕީ..!” އުފާވެފަ ހުރިކަން މޫނުމައްޗަށް ގެންނަމުން އަލްޔާ ބުނެލިއެވެ. ” […]
ބޭރުން ފެންނައިރު ހީވަނީ ބޮޑު ގަނޑުވަރެއްހެއްނެވެ. ސަންގުމަރުމަރު ހިލައިން ހަދާފައިވާއިރު ވަނީ ތިންބުރިއަށް ނަގާފައެވެ. ގެވަށައިގެން ވަށާފާރު ނަގާފައި ވާއިރު ކަޅުކުލައިގެ ބޮޑު ގޭޓެއްލާފައި ވެއެވެ. ގޭޓުން އެތެރެޔަށް ވަދެގެންދާއިރު ފެންނަން އޮތް ބޮޑު ބަގީޗާގައި އެކިކުލަކުލައިގެ މާމެލާމެލި ހައްދާފައިވެއެވެ. އެއީ މީހަކު ވަރަށް ރަނގަޅަށް ބަލަހައްޓަމުން އަންނަ ތަނެއްކަން ބަލާލުމުންވެސް އިނގެއެވެ. ގޭގެ އެތެރެޔަށްވަދެގެން ދާއިރު ފުރަތަމަވަދެވެންއޮންނަނީ ބޮޑު ހޯލެއްކަހަލަ ސިޓިންރޫމްއަކަށެވެ. މުޅިމާހައުލުންވެސް ފެންނަމުން ދަނީ ޒަމާނީ ކުލަތަކެވެ. ސިޓިންރޫމްގެ މެދާކަތްހިސާބުގައި ބޮޑުތަނބެއް ހުއްޓެވެ. […]
އެރޭ ރޭޝަމްގެ ލޮލަކަށް ނިންޖެއް ނައެވެ. އެތައް އިރެއްވަންދެން ނިންޖާ ހަނގުރާމަ ކުރުމަށްފަހުވެސް ބަލި ގަބޫލުކުރަންޖެހުނީ ރޭޝަމްއަށެވެ. މާދަމާ އަކީ ރޭޝަމްގެ ހަޔާތް ބަދަލްކޮށްލާނެ ދުވަހެއްކަން ރޭޝަމް އަށް ހީވަމުން ދިޔައެވެ. މިރެއާ ޖެހެންދެން އުޅުނު އުފާވެރި ދިރިއުޅުމަށް ބަދަލެއް އަންނަން އުޅޭކަމުގެ އިންޒާރު ރޭޝަމްގެ ނަފްސު ދެމުންދިޔައެވެ. ފަތިސް ނަމާދަށް ބަންގި ގޮވީވެސް ރޭޝަމް އެހާލެއްގައި އޮއްވައެވެ. މަޑުމަޑުން ތެދުވެގެން ގޮސް ނަރީމާގެ ކައިރީގައި އިށީންދެލިއެވެ. އަދި މަންމަގެ އަތުގައި ހިފާލަމުން އެއަތަށް ބަލާލިއެވެ. މަޑު،ދޮން […]
ދެން ފެނުނީ ބަންލާފައި ދޮރު ޖަހާފައި މައުވަން ނިކުމެގެން ދިޔަތަނެވެ. ރިސޯޓްގައި ދެދުވަސް ކޮށްފައި އައި އިރުވެސް މަލާކް އުޅުނީ އަވަދި ނެތިއެވެ. ފަހުން މައުވަންވެސް އެއްޗެއްނުބުނެއެވެ. ހަފުތާއަކަށް ފަހު އަކްޔަންގާތު ނަސީމާ އަނެއްކާވެސް ކައިވެނީގެ ވާހަކަ ދެއްކިއެވެ. އަކްޔަން ހާމަކުރި ގޮތުގައި އަލާ ނޫން ކުއްޖަކު ދެކެ އޭނައަށް ލޯތްބެއް ނުވެވޭނެއެވެ. އަދި އެނޫން ކުއްޖަކާ އިންނާކަށްވެސް ބޭނުމެއްނޫނެވެ. މަޒްހަރު ނަސީމާއަށް ވިސްނައިދޭން ކުރި މަސައްކަތްވީބޭކާރެވެ. އެއަށްވުރެ ބޮޑަށް ނަސްރީނާ ވަނީ ނަސީމާގެ ބޮލަށް ވަދެފައެވެ. […]
ނޭންގިހިތޭ ގެންދެވީމަ ލޯބިން.. މިތުރާ ނުނިދޭ…. ހަނދުމަވަނީ، ހަނދުމަވަނީ، ހަނދުމަވަނީ.. މޭގަޖަހާ ވިންދުނޭންގިލޯބިން… ގެންދެވީތޯކަލާ… ގެންދެވީކަލާ، ގެންދެވީކަލާ، ގެންދެވީކަލާ… ނޭންގިހިތޭ ގެންދެވީމާ މިތުރާ ހޯދެނީ…. ******************* ވީހަނދާ ރޭގެ ސާފުހަނދުވަރުގަ ފެނުނުމަންޒަރުތަކޭ.. ފޫހިނުވޭތޯބަލާ… މެންދަމުގާ ފިނި މަންޒިލެއްގާ ނިދާފާވަނީ… ނޭންގިހިތޭ ގެންދެވީމަ ލޯބިން… މިތުރާ ނުނިދޭ.. ހަނދުމަވަނީ، ހަނދުމަވަނީ، ހަނދުމަވަނީ.. ނޭންގިހިތޭ ގެންދެވީމާ މިތުރާ ހޯދެނީ.. **************** ހޯ… ޝައްކުނުފިލާތި ނޭންގެޔޭހާލު ވާށެލޯބީގާއެހީ.. ހޯދެނީ.. ސާހިބާ… ހާލްކިޔާދީފިން ފާރުތަށްހެދޭ މޭގާ ނޭންގެނީ… ނޭންގިހިތޭ ގެންދެވީމަ ލޯބިން.. މިތުރާ […]