ޢެދެމޭ އުފާ….(44)
”ބޭބީ އަދިވެސް ރުޅި އައިސްތަ؟” އަލްޔާ ފާޑަކަށް ހުރުމުން ވިނާން އަހައިލިއެވެ. މާލެދާން ޓިކެޓު އަވަސް ކުރިއްސުރޭން އަލްޔާ އިންނަނީ ފާޑަކަށް ހިތްހަމަ ނުޖެހިފައެވެ. އޭނަ އެވަރަށް ތުން ދާމާފަ އިންނަ އިރު ވެސް އަވަހަށް މާލެ ދާން އުޅޭ ސަބަބެއް ވިނާންއެއް ނުބުނެއެވެ. ބުނާހާވެސް ވަރަކީ މާލެ ދިޔައިމަ އިނގޭނެ ކަމަށާއި މަންމަމެންނަށް ސަޕުރައިޒެއް ދޭންކަމަށެވެ. “ނޫން.. ކީއްވެ ރުޅި އަންނަންވީ؟ އަލް ހަމަ ހެޕީ..!” އުފާވެފަ ހުރިކަން މޫނުމައްޗަށް ގެންނަމުން އަލްޔާ ބުނެލިއެވެ. ” ގުޑް..! ވަރަށް ލޯބިވޭ އިނގޭ…” އަލްޔާގެ ކޯތާފަތަށް ބޮސް ދިނުމަށް ފަހު ވިނާން ބުނެލިއެވެ. “ހޫމް.. ދެން ނުބުންޏަސް ލޯބި ވާކަން އިނގެޔޭ…” ކުޑަކޮށް ތުއި ވެލައިފަ އަލްޔާ ބުނެލިއެވެ. “ހެހެ… ހަމަ އިނގޭތަ؟ އަދި ހަދާން ނެތުނީއޭ..! ފުރަން ދިއުމުގެ ކުރިން އެބަޖެހެޔޭ އެއްޗެއް ގަނެލަންދާން… ހިނގާބަލަ މިތާ ކައިރި ހުރި މޯލްއަށް ވަނދެލައިފަ އަންނަން…” ހިނި ގަނޑެއް ޖަހާލައިފަ ކުއްލިއަކަށް އެއްޗެއް ގަންނަން ޖެހޭ ކަން ހަނދާން ވުމުން ވިނާން ބުނެލިއެވެ. އިތުރު އެއްޗެއް ނުބުނެ އަލްޔާ ވެސް ހިނގައިގަތެވެ.
”މަންމަ ހާދަ ފާޑަކަށް ތިހުރީ… އަނެއްކާ ބަލީތަ؟” ވަޒުނާ ހޮސްޕިޓަލުން އައި ވަގުތު އަފީފާ މާ މޯޅި ވެފަ ސޯފައިގަ އިނުމުން އަހައިލިއެވެ. މިއަދު މުޅިންހެން އަފީފާ ހުންނަ ގޮތަކީ އެއީއެވެ. “ބައްޔެއް ނޫން… ހަމަ ހުރެވުނީ…“ އަފީފާ ވަރަށް ފާޑަކަށް ބުނެލިއެވެ. ”އެހެންތަ؟! އެކަމަކު އަޅުގަނޑަށް ހީވަނީ ކޮންމެވެސް ކަމަކާ ފިކުރު ކުރައްވާހެން..!” އަފީފާ ކައިރީގަ ސޯފައިގަ އިށީންނަމުން ވަޒުނާ ބުނެލިއެވެ. ”އާނ… މަންމަޔަށް އެބަ ފިކުރު ކުރެވޭ ކަމަކާ! މަންމަގެ ހިތަށް އަރަނީ ވާފިރުގެ ހާލަތާ ދޭތެރޭ.. ދަގަނޑު ފަރުބަދައެއްހެން ހުރި މީހަކު ކުއްލިއަކަށް އެވަރުގެ ބައްޔެއް ވީމަ ފިކުރު ކުރެވޭންނޫން ދަރިފުޅާ..؟!” އަފީފާއަށް ފިކުރު ކުރެވޭ ކަންތައް ބުނެލިއެވެ. “ލައްބަ މަންމާ… އަޅުގަނޑު ވެސް ވަރަށް ދެރަވޭ އެކަމާ މިއަދު ވެސް އިރު އިރު އިރު ކޮޅާ އަހަނީ އަލްގެ ވާހަކަ.. ބުނަނީ ބޭބެއަށް އިނގެޔޯ އަލްޔާ ނާންނާނެކަނުް..! ބޭބެއަށް މާފެއް ވެސް ނުކުރާނެ ކަން..! އެހެން ކިޔަ ކިޔައިފަ ރޮނީ.. އަޅުގަނޑަށް ވެސް ރޮވުނު ވާފިރުބެ އެހާ ދެރަވެފަ ރުއީމަ..!” މިއަދު ހޮސްޕިޓަލުގަ ވީ ކަންތައް ވަޒުނާ ކިޔާދިނެވެ. “އެހެންތަ؟!އިރާދަ ކުރެއްވިއްޔާ ހުރިހާ ކަމެއް ވެސް ރަނގަޅު ވާނެ.. މަންމަޔަކަށް ހީނުވޭ އަލްޔާ މާފު ނުކޮށް ހުރެލާނެހެނެއް… އަލްޔާ އަކީ އެހާ ގޯސް ރަހުމެއް ނެތް ކުއްޖެއް ނޫން..!” އަފީފާ ބުނެލިއެވެ. “ލައްބަ އަޅުގަނޑަކަށް ވެސް ހީނުވޭ އަލް މާފު ނުކޮށްފާނެހެނެއް…!” އަފީފާ ދެއްކި ވާހަކަޔާ އެއްބަސް ވަމުން ވަޒުނާ ބުނެލިއެވެ. ދެމައިން އިރު ގަނޑަކު ވާހަކަ ދައްކަން ތިބުމަށް ފަހު ވަޒުނާ ވަނީ ކޮޓަރިއަށެވެ. އަފީފާ ވެސް އެހެން އިންނަން ފޫހިވާތީ ނިކުމެލީ ބޭރުގަ އޮތް ބަގީޗާއަށެވެ.
“ހަމަ ތެދެއް މިބުނީ ލޮޑު ވެއްޖެ! ހަފުތައެއް ތެރޭ ވެސް ހާދަ ވަރަކަށޭ ހަޑިވެފަ މިހިރީ..!” މާލެ އައި ގޮތަށް ލީޒާއާ ޒިއާދާޔާ ދެމީހުން ހަވީރުއްސުރެ ހޭވައްޓައިފަ ގޭތަރެ ސާފު ކުރަން ތިބެފަ ލީޒާ ބުނެލިއެވެ. “އާއެކޭ! މަވެސް މިހިރީ ތިކަމަކާ ހެދި އަންތަރީސްވެފަ..! އެހެންޏާ ފަހެ އަހަރެމެން ފުރަން ވެގެން ވެސް މުޅި ގޭތެރެ ސާފު ކޮށްފަ ވިއްޔާ ދިޔައީ..! ކޮންމެހެން މިވަރު ވާންޖެހޭތަ؟” ޒިއާދާ ވެސް މާ އަވަހަށް ހަޑި ވީ ކަމަށް ބުނެ ލީޒާޔާ އެއްބަސް ވިއެވެ. “ހަލޯވް.. ކަމަނާ މާލެ އަރައިފަ ގުޅާވެސް ނުލަންތަ ތިހުންނަނީ؟ ކޮބައިތަ ގެނައި ހަދިޔާތައް..؟” ލީޒާއަށް ފޯނު ކަންފަތުގަ ޖައްސައިގެން އެއްޗެއް ނުބުނެވެނީސް ވަޒުނާ ގުނަން ފެށިއެވެ. “ނޫނޭ ތިގެއަށް ދާންށޭ މިތިބީ… ހަވީރު ގެއަށް އައިސް ވަދުނު އިރު ގޮނޑެކޭ އެއްވަރު! އެހާވަރަށް ހިރަފުސް އަރައިފަ އޮތީ..! އެހެންވެ ފުރަތަމަ މިތާ ފޫކޮޅު ޖައްސައިލެވޭ ވަރު ކުރެވޭތޯ މިއުޅެނީ..!” ލީޒާ ބުނެލިއެވެ. “އެހެންތަ؟! ކުރިން ބުނި ނަމަތާ ހެލްޕެއް ވާންވެސް ދެވޭނީ ވަޒޫ ވެސް ވަރަށް ބިޒީކޮށް މިއުޅެނީ.. ގުޅާނަން ފަހުން…” ފަހުން ގުޅާނެ ކަމައްބުނެ ވަޒުނާ ފޯނު ބޭއްވިއެވެ. އެވަގުުތު ވަޒުނާގެ ފޯނަށް ގުޅަން ފެށީ އައިރަމްއެވެ.
“ހިނގާ އަވަހަށް ދާން.. މިހާރު ވެސް މާ ލަސް ވެއްޖެ..!” ބޭނުންވާ އެއްޗެހި ގަތުމަށް ފަހު ވިނާން ބުނެލިއެވެ. “ހޫމް.. ހިނގާ.. އަދި ބައެއް އެއްޗެހި ހުންނާނެ ފޮއްޓަށް ވެސް ނޭޅި..“ ކޮތަޅުތައް އަތައް ލައިގެން ހިނގައިގަންނަމުން އަލްޔާ ބުނެލިއެވެ. “ބޭބް އެއްޗެއް ކާނަންތަ؟ ވިނާ ވަރަށް ހައި ވެއްޖެ..!” ހޮޓާ ދޮރުމައްޗަށް ފޭބުމާއެކު ވިނާން އަހައިލިއެވެ. “އާނ.. ވަރަށް ބަނޑުހައި އެބަވޭ..! ހޮޓަލަށް ވަނދެ އެއްޗެއް ކާލާނީދޯ..؟ އިތުރުތަނަކަށް ދާން ވަގުތެއް ނެތައް ނޫން..؟! ކިރިޔާ ކައިގެން ރެޑީ ވެވޭހާ ވަގުތު އޮތީ“ ބަނޑުގައި އަތް ހާކަމުން އަލްޔާ ބުނެލިއެވެ. “ހޫމް.. ތިއީ ސަޅި ގޮތެއް..! ކޮންމެވެސް އެއްޗަކަށް އޯޑަރު ދީފަ މައްޗަށް އަރާނީ… ފެންވަރައިގެން ރެޑީވެ ނިމޭ އިރަށް އަންނާނެއް ނޫން..؟!” އަލްޔާގެ ބަހަށް އެއްބަސް ވަމުން އެގޮތަށް ވިނާން ނިއްމާލިއެވެ. ދެމަފިރިންވެސް އަވަސް އަވަހަށް އޯޑަރު ދިނުމަށް ފަހު ފުރާ ގަޑިޖެހޭތީ އަވަހަށް ތައްޔާރުވާންށެވެ.
“އެކޮއެ އަލްޔާ ކައިރީގަ ބުނެބަލަ ބޭބެ ބުންޏޭ އެންމެ ފަހަރަކު ވިޔަސް ބޭބެއާ ބައްދަލު ކޮއްބަލާށޭ..! ބޭބެގެ ހިތަށް ހާދަ ތަދު ވެޔޭ އެ މަންޖެއާ ދޭތެރޭ ކަންތައް ކުރެވުނު އިހާނެތި ގޮތް ހިތައް އަރައިފަ” ވާފިރުގެ ލޯ ހުޅުވުމާއެކު ވަޒުނާ ކައިރި ޝަކުވާ ކޮއްލިއެވެ. ކޮންމެ ދުވަހަކު ވެސް ވާފިރުގެ ހާލަކީ އެޔެވެ. އަލްޔާގެ ވާހަކަ ދައްކައިފަ ކަރުނަ އަޅައި ނުލެވެންޏާ އޭނަޔަށް ހަމަ ޖެހުމެއް ވެސް ނުލިބޭ ތޯއްޗެކެވެ. “ވާފިރުބޭ ތިހެން ނުބުނޭ… އޭރު އެގޮތަށް ކަންތައް ކުރެވުނީ ނުވިސްނުނީތީ… ދެން އެންމެ ރަނގަޅު ގޮތަކީ އެކަހަލަ ކަމެއް ތަކުރާރު ނުވެވޭތޯ ބެލުން… އަޅުގަނޑަކަށް ހީނުވޭ އަލްޔާ އަކީ އެހާ ހަރު ހިތެއް އޮންނަ ކުއްޖެއްހެން..!” ވާފިރުއަށް ވިސްނާދެމުން ވަޒުނާ ބުނެލިއެވެ. “އާނ ކޮއްކޯ..! އަލްޔާ އަކީ ވަރަށް ރަނގަޅު ކުއްޖެއް! މި ބޭބެގެ ދަރިއެކޭ ވެސް ނުބުނާނެ..! އެހާވެސް އެމަންޖެ ރަނގަޅު.. ބައެއް ފަހަރު އެމަންޖެ އުޅުން އޭނަގެ މަންމަޔާ ހާދަ އެއްގޮތޭ..!” ކުރީގެ މާޒީއަށް ގެބެމުން ވާފިރު ބުނެލިއެވެ. އޭރު އެ މުސްކުޅި ފިރިހެނާގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ ފައިބަމުން ދިޔައެވެ. އޭރު ވަޒުނާ ހުރީ ވާފިރު އެބުނި އެއްޗަކާ މެދު ވިސްނާލަންށެވެ. އަލްޔާއާ އޭނަގެ މަންމަޔާ އެއްގޮތޭ ބުނީމަ ވަޒުނާ އިނީ އެބުނި އެއްޗެއް ދޭޙަވާން ނޭގިފައެވެ. ދޭޙަވެވޭނީ ވެސް ކިހިނަކުން ހެއްޔެވެ؟. މިވީހާތަނަށް މަޔަކަށް އެހައި ނުބައި ނުލަފާ މަޔަކު ވަޒުނާ ވެސް ވަކި ނުދެކޭ ވިއްޔާއެވެ. ވަޒުނާގެ މަންމަ އަފީފާ އަކީ ވެސް ރަނގަޅު މީހެކޭ ނުބުނެވޭނެއެވެ. އެހެން ނަމަވެސް ދަރިއަކަށް އެހާ ބޮޑެތި އަނިޔާތަކެއްކޮށް ނަހަދައެވެ.
”ވާފިރުބެ ދެން ހުއްޓާލާ..! އިރާދަ ކުރެއްވިއްޔާ ވަރަށް އަވަހަށް އަލްޔާ އައިސް ދާނެ.. ހިތްވަރު ކުރަން ވާނެ! ކެތްތެރިންނާއެކު މާތްﷲ ވޮޑިގެން ވަނީ..!” ވާފިރުގެ ބުރަކަށީގައި ފިރުމައިލަމުން ވަޒުނާ ބުނެލިއެވެ. އެވަގުތަކީ ވަޒުނާގެ ފޯނަށް ވިނާން ގުޅި ވަގުތު ކަމުން އަވަސް އަވަހަށް ވަޒުނާ ނިކުތީ ފޯނު ހިފައިގެން ބޭރަށެވެ. ވިނާން އެދުނު ގޮތަށް އެމީހުން މާލެ އަންނަކަން އަންގަން ބޭނުން ނުވާތީއެވެ.
”ހަލޯވް… ކީކޭ ކުޑަބެ؟ މާލެ އާދެވުނީދޯ؟” ފޯނު ކަންފަތުގަ ޖެހުމާއެކު ވަޒުނާ އަހައިލިއެވެ. “އާނ… މާލެ މިއާދެވުނީ.. ކުޑެބެ މިދަނީ ފެރީއަށް އަރަން ގެއަށް ގޮސްފަ އެއްޗެހިތައް ލައިފަ އެބަދަން ހޮސްޕިޓަލަށް… ވަޒޫ ކުރަންވީ ކަމަކީ މަންމަމެން ވެސް ހޮސްޕިޓަލަށް ގެންދަންވީ އިނގޭ..! ކުޑަބެ ގެއަށް ދިއުމުގެ ކުރިން ވަޒޫ ވާނެ އެކަންތައް ކުރަން… އޯކޭ؟!” އަލްޔާ ފާހަނަޔަށް ދިޔަ ވަގުތު ވަޒުނާއަށް ގުޅައިފަ ކަންތައް ކުރަންވީ ގޮތް ވިނާން ކިޔައިދިނެވެ. “އޯކޭ..! ވަޒޫ މިގުޅަނީ މަންމަޔަށް…” އެހެން ބުނެފަ ވަޒުނާ ފޯނު ބޭއްވިއެވެ.
”މަންމާ ވަރަށް އަވަހަށް ދުރުވެބަލަ ހޮސްޕިޓަލަށް! ވާފިރުބޭ ވަރަށް ސަކަރާތްވެއްޖެ! އައިސީޔޫއަށް ވައްދައިފި! ބައްޕަ ކައިރީގަ ވެސް ބުނުއްވަބަލަ އެހެން…” ވިނާން ގުޅައިގެން ބޭރަށް ނިކުމެފަ ވަޒުނާ ވަދުނު އިރު ވާފިރު މާ ބޮޑަށް ނޭވާ ހާސް ވާތީ ޑޮކުޓަރުންނާ ނަރުހުންނާ ތިބީ އަވަސް ފަރުވާ ދޭންށެވެ. “އެހެންތަ؟! ކީއްވެ މާބޮޑަށް ހާލު ބޮޑުވީ؟” ހައިރާންވެފަ އަފީފާ އަހައިލިއެވެ. އޭރު އަފީފާ ހުރީ ހަގީގަތުގަ ވެސް ވަރަށް ބޮޑަށް ދެރަވެ ހާސް ވެފައެވެ. “ނޭނގެ މަންމާ! އަޅުގަނޑަށް ވެސް ފޯނެއް އައުމުން ނިކުތީ ބޭރަށް… ފޯނު ނިއްމާލައިފަ އެތެރެއަށް ވަނދުނު އިރު ޑޮކުޓަރުންނާ ނަރުހުން ތިބީ ފަރުވާ ދޭން..! ދެންމެ އައިސީޔޫއަށް ވެއްދީ.. މަންމަޔާ ބައްޕަޔާ ދެމީހުން ތަންކޮޅެއް އަވަހަށް ދުރު ވައްޗޭ މިކޮޅަށް.. އަޅުގަނޑު އެބަ ބިރު ގެނޭ… މީގެ އިރުކޮޅެއް ކުރިން ވެސް ވާފިރުބެ ވަރަށް ވާހަކަ ދެއްކި..!” ތަފުސީލުކޮށްކަން ހިނގި ގޮތް ވަޒުނާ ކިޔައިދިނެވެ. “އެހެންތަ؟! އަލްޔާގެ ވާހަކަދޯ؟ ދަރިފުޅާ އެކަމާ އެހާ ނުވިސްނާތި މަންމަމެން މިދަނީ އިނގޭ..!” ވަޒުނާ ހާސްވާނެ ވަރު އިނގޭތީ ހިތްވަރު ދެމުން އަފީފާ ބުނެލިއެވެ. އިތުރަށް ވަޒުނާއަށް އެއްޗެއް ނުބުނެވެނީސް ފޯނު ކަނޑާލުމަށް ފަހު އަފީފާ ހިނގައިގަތީ ހޮސްޕިޓަލަށް ދިއުމަށެވެ.
”ހާދަ ތެޅި ފޮޅިގެން ކޮންތަނަކަށްތަ ތިދަނީ؟” ބާރު ބާރަށް ސިޑިން ފައިބަމުން ދިޔަ އަފީފާ ޖެހުނީ ސައުދުގެ ގައިގައެވެ. “މިދަނީ ހޮސްޕިޓަލަށް.. ވަޒޫ ބުނި ގުޅައިށޭ ވެސް އެކަމަކު އަވަސު އަރުވާލައިފަ ހުރި ވަރުން ގުޅާވެސް ނުލާ މި ފޭބުނީ..!” އަފީފާ ބުނެލިއެވެ. ”އެހެންތަ؟! ކިހިނެތްވީތަ؟ ވާފިރު މާ ހާލުދެރަވީތަ އަނެއްކާ..؟!” އަވަސް އަވަހަށް ސައުދު އަހައިލިއެވެ. “އާނ.. އައިސީޔޫއަށް ވައްދައިފަ މާ ހާސަރު ނުދަމާ ހިނގާބަލަ އަވަހަށް ދާން..!” ސައުދުގެ އަތުގައި ހިފައި ދަމައި ގަންނަމުން އަފީފާ ބުނެލިއެވެ. “އަވަހަށް ހިނގާ ދާން..!” އެހެން ކިޔައިފަ ސައުދު ވެސް ހިނގައިގަތީ އަވަހަށް ބޭރަށް ނިކުންނާށެވެ.
”ދަރިފުޅާ!” އައިސީޔޫ ބޭރުގައި އިން ގޮނޑިއެއްގައި ވަޒުނާ ހުއްޓާ ފެނުމުން ސައުދުމެން ގޮސް ވަޒުނާއަށް ގޮވައިލިއެވެ. “މިހާރު ކިހިނެތްތަވަނީ ދަރިފުޅާ؟ ކުޑަބެއަށް ގުޅިންތަ ދަރިފުޅު؟” ވަޒުނާ އެއްޗެއް ނުބުނެ އިނުމުން ސައުދު އަހައިލިއެވެ. “ލައްބަ ގުޅައިފިން… ބުނިން ވާފިރުބެ ވަރަށް ހާލު ދެރައޭ!” ވަޒުނާ ބުނެލިއެވެ. “ކޮބައި ކިހިނެތްތަވަނީ؟ ކޮބައިތަ ބައްޕަ؟” ސައުދުއާ އަފީފާޔާ ދެމީހުން ސިއްސައިގެން ދިޔައީ ފަހަތުން ވިނާންގެ އަޑު އިވުމުންނެވެ. “ދަރިފުޅާ ކޮންއިރަކު އައީ؟ ބުނެވެސްނުލާ؟” ވިނާން ގައިގަ އޮޅުލައިގަންނަމުން އަފީފާ އަހައިލިއެވެ” ދެންމެ މިއާދެވުނީ އަސްލު ސަޕުރައިޒެއް ދޭންވެގެން އައީ… އެކަމަކު ފެރީ މަތީގަ ހުއްޓާ މާބޮޑަށް ބައްޕަ ބަލިވީމަ އެކަން ހުއްޓާލީ..!” ކަން ވީގޮތް ވިނާން ކިޔައިދިނެވެ. “އެހެންތަ؟! ނަސީބެއް ނޫން ދަރިފުޅުމެންނަށް އާދެވުނުކަން ވެސް..! ވާފިރު އޮތީ އައިސީޔޫގަ…” ސައުދު ބުނެލިއެވެ. “ލައްބަ… ވަޒޫ ބުންޏޭ ބައްޕަ މާބޮޑަށް ބަލި ވާހަކަ.. ވަޒޫ ބުނެގެންނޭ ކުރިން މިއައީވެސް..!” ވިނާން އިތުރަށް އޮޅުން ފިލުވައިދެމުން ބުނެލިއެވެ. އޭރު އަލްޔާ ހުރީ ފާޑަކަށް ފެންކަޅިވެފަ ވެގެން އުޅޭ ގޮތް ނޭގިފައެވެ. “ދަރިފުޅާ ހިތްވަރު ކުރަންވާނެ ކޮންމެ އިންސާނަކަށް ވެސް ދެރަކަމާ ނިކަމެތިކަން ދިމާވާނެ އެކަމަށް ކެތްކުރުން ނޫން ގޮތެއް ނޯންނާނެ…” އަލްޔާގެ ބުރަކަށީގަ ފިރުމައިލަމުން އަފީފާ ބުނެލިއެވެ. އަފީފާ އެހެން ބުނި އިރަކު އަލްޔާއަށް އެއްވެސް ކަމެއް ނޭނގޭ ކަމެއް އަފީފާއަކަށް ނޭނގެއެވެ.
”އެއީ ތެދެއް ދަރިފުޅާ.. ބައްޕަމެން މިތިބީ ދަރިފުޅާއެކު..!” އަފީފާ ދެއްކި ވާހަކަޔަށް އެއްބައިވަމުން ސައުދު ވެސް ބުނެލިއެވެ. ”ކިހިނެތްތޯ ވެގެން މިއުޅެނީ؟ އަޅުގަނޑަކަށް އަދި މާސާފުކޮށެއް ނޭނގެ ވެގެން އުޅޭ ގޮތެއް…” އެއްމެންގެ މޫނަށް ވަކި ވަކިން ބަލަމުން ހައިރާންވެފަ ހުރެ އަލްޔާ އަހައިލިއެވެ. އޭރު ވެސް ކޮންމެވެސް މީހަކު ބަލިވެގެން ކަން އަލްޔާއަށް އިނގެއެވެ. ނަމަވެސް ބަލިވެގެން އުޅެނީ އޭނަގެ ބައްޕަ ކަމެއް ކުޑަކޮށް ވެސް މޭރުން ނުވެއެވެ. ”އަލް ވިނާއަށް މާފު ކުރަށްޗޭ..! އަލްގެ ބައްޕަ ވަރަށް ހާލު ދެރަ އައިސީޔޫގަ އޮތީ.. ފުރުން އަވަސް ކޮއްލީވެސް މި ސަބަބާހުރެ އޭރު އަލް ކައިރީގަ ނުބުނީ މާބޮޑަށް ދެރަވެދާނެތީ ޕުލީޒު އަލް ވެދިޔަކަމެއް ވެ ނިމިއްޖެ ބައްޕަޔަށް މާފުކޮށް އެއީ ބައްޕަ ކަމެއް ބަލައިގެން ބައްޕަޔަށް އެހީތެރިވެދީ… މިއީ އެ ބައްޕަޔަށް އެންމެ އެހީތެރިކަން ބޭނުންވާ ވަގުތު..!” އަލްޔާގެ އަތުގައި ހިފައިގެން ހުރެ ހުރިހާ ވާހަކައެއް ކިޔައިދެމުން ވިނާން ބުނެލިއެވެ. އަލްޔާ ހުރީ ބުނާނެ އެއްޗެއް ނޭނގި ހުއްޓިފައެވެ. އަސްލު ބަލި އެނގުނު ނަމަ ހާދަ ދެރައެއް ވީހެވެ. “ކީއްވެ ނުބުނީ؟ ކުރިން ބުނި ނަމަވެސް އަލް ރުޅިއެއް ނާންނާނަމޭ އެއީ އަލްގެ ބައްޕައޭ..!” އަލްޔާއަށް ބުނެވުނީ އެހާ ހިސާބަށެވެ. ރޮވޭ ވަރުންވާހަކައެއް ނުދެއްކުނެވެ. އަލްޔާގެ ހާލަތު ފެނުމުން އެއްމެން ވެސް ތިބީ ފެންކަޅިވެފައެވެ. “އަލް ދެން ހުއްޓައިލާ ދެން ދުވަހަކު ވެސް އަލް ކައިރި ނުބުނެ މިކަހަލަ ކަމެއް ނުކުރާނަން..!” އަލްޔާގެ ހަށިގަނޑު ގަޔައިލާ ބޮނޑި ކުރަމުން ވިނާން ބުނެލިއެވެ.
“ވިނާ ޕުލީޒު ބައްޕަަ ކައިރިއަށް ގެންގޮސްދީ! އަލް ބޭނުން ބައްޕަ ދެކިލަން…” ރޮމުން އަލްޔާ ބުނެލިއެވެ. “ހަމަޖެހޭ ދޫނީ..! އިރު ކޮޅަކުން އެތެރެއަށް ވަނދެވޭނެ..“ އަލްޔާގެ ބުރަކަށީގަ ފިރުމަމުން ވިނާން ބުނެލިއެވެ. އެންމެން އެހެން ތިއްބާ އަލްޔާ ދުވެ ގޮސް ވަނީ އައިސީޔޫއަށެވެ. ފަހަތުން ވިނާން ވެސް ދުވެ ގޮސް ވަނދެއްޖެއެވެ. އެތެރެއަށް ވަން އިރު ފެނުނު މަންޒަރުން އަލްޔާގެ ހިތް ދިޔައީ ކުދި ކުދި ވެގެންނެވެ. ވިނާންއަށް ވެސް ވީހަމަ އެވަރެވެ. “ބައްޕާ! ބައްޕާ!” ވާފިރު އޮތް އެނދު ކައިރިޔަށް ހުއްޓި ހުރެ އަލްޔާ ވޮވަމުން ދިޔައެވެ. “ޕޭޝަންޓު ވަރަށް ބަލި..! އިހަށް ބޭރަށް ވަޑައިގަންނަވާ…” އައިސީޔޫގަ ހުރި ޑޮކުޓަރު ބުނެލިއެވެ. “ނޫން ޑޮކުޓަރު ތިހެން ނަހައްދަވާ..! އަޅުގަނޑު ފިނުވާނުލާ..! ވިނާ ބުނޭ އަހަރެން ނުފޮނުވައިލާށޭ..!” ވިނާންގެ ގައިގަ އެލި ގަންނަމުން އަލްޔާ ބުނެލިއެވެ. “ބައްޕާ! ބައްޕާ! ލޯ ހުޅުވައިލަބަލަ!” ދެވަނަ ފަހަރަށް ވެސް އެނދު ކައިރިއަށް ހުއްޓި ހުރެ ވާފިރުގެ އަތުގަ ހިފައި ތަޅުވަމުން އަލްޔާ ގޮވަމުން ދިޔައެވެ. “މިވަގުތު އެއޮތީ ނިދާ އިނޖިކުޝަނެއް ޖަހައިފަ.. އިރުކޮޅަކުން ހޭލެވޭނެ، ހީވަނީ ހޭލެވޭ އިރު ހުންނާނީ ކޮންމެވެސް ވަރަކަށް ހަމަޔަކަށް އެޅިފަހެން… މާ ބޮޑަށް ފިކުރު ކުރާތީ އެހާ ސަކަރާތްވީ..!” ޑޮކުޓަރު ބުނެލިއެވެ. ”އަލް އިހަށް ހިނގާ ބޭރަށް ނިކުންނަން… ބައްޕަ ހޭލެވުނީމަ ޑޮކުޓަރު ގޮވާނެ.. މިތާ މިހެން ތިބީމަ މިތާ ތިބި އެހެން ބަލި މީހުންނަށް ވެސް އުނދަގޫވާނެ.. ބަސް އަހައިގެން އިހަށް ނިކުންނަން ހިނގާ…” އަލްޔާގެ ބޮލުގަ ފިރުމަމުން ވިނާން ބުނެލިއެވެ. ވިނާން އެބުނީ ތެދެއްކަން އިނގޭތީ ހިތާ ދެކޮޅަށް ވެސް އަލްޔާ ބޭރަށް ނިކުމެއްޖެއެވެ. އޭރު ލީޒާޔާ ޒިއާދާއާ ދެމީހުން ވެސް އައިސް ތިއްބެވެ.
…….ނުނިމޭ…….
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
17 Comments!
Comments are closed.



Me first dho
Yap dhw thanks xee
V v Rythi. Ekamak haadha kurey. Thy hama best ingey.
Me second dho
Hehe ya thanks Naik mi part ves Hama kurey dhww next part dhigu kuraanan
Adam mi vaahaka v v Rythi ingey. Adam v v molhu. Love u
Thanks nahoo love U2
Vadhuny nukiyaane, vanee kiyaany, gondyga nueh hunnane, gondyga innaany. V ginain mistake dhekkijje evx varakah improve vaakameh faahagaeh nuvey. N mikahala comment ah reply vx nukurey. Faadukiyani rangalhu kurierumeh beynun vaathi. Mi kurani malaamaatheh nun. Nuny hajam nuvegeneh nun. Mivaahaka aky varah reethi vaahakaeh. Ekahala kanthah hunnaathi kiyan bolah undhaguvany… Rangalhu kohlabala ekanthah. Plz…. Keep it up
Thanks ainth next part ragalhu veythoa balaanan
Maa ginain lodu e word beynun kury ma ehaa ehaa eh noon. ☺☺
Hehe ehentha hurry dhen faharakun varubali liynee
mashah mivaahaka varah reethi. ekamaku varah mistake gina. faahaga vx kohlaifin varah ginafaharu. evx kurierumeh nufeney…. and magey comments thakah reply vx nukurey. malaamaatheh nun mikurany eh… kuriah dhiumah hiyyvareh dhinumuge beynumuga egothah comment kuranyvc…
Thanks ainth mistake ragalhu kureveytho try kuran ekamaku heenuvey raply nukoh hure dhaaneheneh
Leeza men kairyga bunedhyba vaahaka dhekkumuga rythi bas ihuthiyaaru kurumaky Katu kameh nooney. Mivaahaka kithamme rycchas bahuruva hadi vyma baeh faharu vaivey
Thanks ithoo leezamen talk kuranee Hadi kohtha???
very very very nice hama mi part ves ………
When last part?
Thanks sana dhen nimen eulhenee last part up vaane dhuvaheh vaki neyge