Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ގެއްލިދިޔަ ހަޔާތް….. 3

cheesemoosa Level 210 Stories100 Comments
December 13, 2017 4 Mins Read
4 Comments

ކުއްލިއަކަށް ފަހަތުން މީހަކު އައިސް ރޭޝަމް ދުރަށް ކޮށްޕާލިއެވެ.“ބަލަ ކަލޭ ކައިރީ ކާކު ބުނީ މިހިރަ އަންހެނާއަށް
އެހީވާށޭ..ހަމަ މިހާރު ނިކުމޭ ބަދިގެއިން“ލަތީފުގެ އަޑު ގަދަވެގެންދިޔައެވެ.ރޭޝަމް ބިރުންގޮސް ތުރުތުރު އަޅައިގަތެވެ.އަވަސް
ފިޔަވަޅެއްގައި ގޮސް ކޮޓަރިއަށް ރޭޝަމް ވަނެވެ.މާލްވެސް ދުވެފައި ގޮސް ކޮޓަރިއަށް ވަނެވެ.އަދި ދޮރު ތަޅުލުމަށްފަހު ދޮރުގައި
ބާރަށް ލެނގިލަމުން ދެކަކޫ މައްޗަށް ތިރިވިއެވެ.މާލްގެ ލޮލުން ހުއްޓުމެއްނެތި ކަރުނަ އޮހެރެންފެށިއެވެ.“ބައްޕަ މަންމައަށް
އަނިޔާ ކުރަނީ..ނޫން..ނޫން…މަންމާ ….މަންމާ“އެމައުސޫމު ޅަހިތުގެ ޝަކުވާތައް އަޑުއަހަމުންދިޔައިރު ރޭޝަމްގެ ހިތް ދިޔައީ
ކުދިކުދިވަމުންނެވެ.އެފަދަ ލާއިންސާނީ އަމަލްތައް ފެނުމުން އެފަދަ ކުޑަކުދިންނަށް އެލިބެނީ ކިހާބޮޑު އަނިޔާއެއް
ހެއްޔެވެ؟ނަފްސާނީ ބަލީގެ ޝިކާރައަކަށް ވެގެންދަނީ ކިތައް މައުސޫމު ކުދިން ހެއްޔެވެ؟ދުވެފައި ގޮސް މާލްގެ ގައިގައި
ރޭޝަމް އޮޅުލައިގަތެވެ.“މާލް ދޫނީ..ނުރޮއި ހުއްޓާލަބަ އަވަހަށް،މަންމައަށް ކަމެއް ނުވެޔޭ“މާލް ހަމަޔަކަށް އެޅުވޭތޯ ރޭޝަމް
މަސައްކަތްކުރިއެވެ.“ނޫން..ނޫން..ދޮގު ވާހަކަތައް ތިދައްކަނީ..އަޅުގަ ނޑަކީ ނުވިސްނޭވަރު ކުޑަކުއްޖެއް ނޫން “މާލް ތެދުވެގެން
ގޮސް ފާހާނާއަށް ވަދެ ދޮރު ތަޅުލިއެވެ.ރޭޝަމްއަށް ރޮވެންފެށުނެވެ.އާމިރާގެ ހާލާމެދު ހަމްދަރުދީ ވެވެންފެށުނެވެ .
ރޭގަ ނޑު 9 ޖަހަނީއެވެ.އާމިރާ ޔަނާލް ނިންދެވޭތޯ އުޅުނެވެ.މާލް ފިލާވަޅު ހަދަން އިނެވެ.ރޭޝަމް މަޑުމަޑުން ކޮޓަރިން
ބޭރަށް ނިކުތެވެ.އެވަގުތު އެއްވެސް މީހަކު ސިޓިންގ ރޫމުގައި ނެތެވެ.އެހެންކަމުން ސިޓިންގ ރޫމުގައި އިން ބެލްކަނީ
ކައިރިއަށް ރޭޝަމް ދިޔައެވެ.މޮޅިވެރިކަމާއެކު ރޭޝަމް މަގުމައްޗަށް ބަލާލިއެވެ.ހަލަބޮލިކަން ނޫން އެއްޗެއް އެމަގުމައްޗަކުން
ރޭޝަމްއަށް ސިފައެއް ނުކުރެވުނެވެ.ހަނދާންވަމުން ދިޔައީ ހަމައެކަނި މަންމަ މަތިންނެވެ.އަވަސް އަވަހަށް ފޯނު ނަގާ ޒަފޫ
މެސެޖްކޮށްފަ އިން ނަންބަރަށް ގުޅާލިއެވެ.ދެތިންފަހަރު ރިންގުވާއިރަށް އެކޮޅުން ފޯނު ނެގިއެވެ.“ރޭޝަމް….ކޮބާ
ކިހިނެއް؟ރަނގަޅުތަ؟ގޭ މީހުން ހެޔޮތަ؟“އެކޮޅުން ވާހަކަދެއްކީ ޒަފޫއެވެ.ރޭޝަމްގެ ދެލޯ ފެންކަޅިވިއެވެ.“ހްމް،ރަނގަޅޭ،ކޮބާ
މަންމަ؟“ރޭޝަމް ކަރުނަތައް ފޮހެލިއެވެ.“މިހިރީ ނަރީމައްތަ،މަޑުކުރޭ..މިދެނީ ފޯނު“ޒަފޫގެ އަޑުގައިވަނީ
އުފާވެރިކަމެވެ.“ދަރިފުޅާ…ކައިފިންތަ؟ރަނގަޅުތަ؟“ނަރީމާގެ އަޑު ޖެހުމާއެކު ރޭޝަމްގެ ލޮލުން ހުއްޓުމެއްނެތި ކަރުނަ އޮހެރެން
ފެށިއެވެ.“ރަނގަޅު،މިގޭ މީހުންވެސް ވަރަށް ރަނގަޅު..މަންމަގެ ހާލު ރަނގަޅު ދޯ …މިވަގުތު ދެން ބާއްވަނީ،ފަހުން
ގުޅާނަން“ރޭޝަމް އަވަހަށް ފޯނު ބޭއްވިއެވެ.އިތުރަށް ދޮގު ހަދަން ބޭނުން ނުވާތީއެވެ.ކަރުނަތައް ފޮހެލަމުން ކޮޓަރިއަށް ދާން
އެނބުރުނުއިރު މޫސަބެއާ ލަތީފް އައިސް ގެއަށް ވަންނަނީއެވެ.“ރޭޝަމް،މިއޮތީ ރޭޝަމް ކޯހަށް ހޮވުނުކަމުގެ ސެޓްފިކެޓާ
ހުރިހާ އެއްޗެހި،މާދަމާއިން ފެށިގެން ދާންޖެހޭނެ ކޮލެޖަށް.“ކަރުދާސްތަކެއް ދިއްކޮށްލަމުން މޫސަބެ ވާހަކަދެއްކިއެވެ.ރޭޝަމް
ހިނިތުންވެލިއެވެ.“މިރޭ މޫސަބެ ރަށަށް ދަން،ރަނގަޅަށް ކިޔަވާތި“މޫސަބެ އެހެން ބުނެލުމަށްފަހު ނިކުމެގެން ދިޔައެވެ.ރޭޝަމް
އަވަހަށް ގޮސް ކޮޓަރިއަށް ވަނެވެ .
” މަންމާ،މިކުރެހުން ރީތިތަ؟“މާލް އަހާލިއެވެ.ނަމަވެސް އާމިރާ އޭރުވެސް އުޅުނީ ޔަނާލް ނުނިންދެވިގެންނެވެ.“ދީބަލަ
ދައްތަ ބަލާލަން“ރޭޝަމް މާލްއާ ކައިރިވެލިއެވެ.މާލް އިސްދަށަށް ޖަހާލަމުން އެކުރެހުން ރޭޝަމްއަށް ދެއްކިއެވެ.އެއާއެކު
ރޭޝަމްގެ ހިތުގައި ރިހުމެއް އުފެދުނެވެ.އެކުރެހުމުގައިވަނީ މާލްއާ ޔަނާލްއާ،މާލްގެ މަންމައެވެ.އެތިން މައިން އެކުގައި ތިބި
އިރު ދުރުގައި ވަކިން ފިރިހެނަކު އަނިޔާވެރިގޮތަކަށް މަރާލެވިފައިވާ ތަނެވެ.“މިއީ ކާކު“އެކުރެހުމުގައިވާ ފިރިހެންމީހާއާ
ދިމާލަށް ރޭޝަމް އިޝާރާތްކޮށްލިއެވެ.“އެއީ މަންމައަށް އަނިޔާކުރާ މީހާ“މާލް އާމިރާއާ ދިމާލަށް ބަލާލަމުން ބުންޏެވެ.އާމިރާގެ
ދެލޯ ބޮޑުވެގެންދިޔައެވެ.“މާލް ކައިރީ ކިތައްފަހަރު ބުނާނީ ތިކަހަލަ ވާހަކަ ނުދައްކާށޭ،ބަލަ އެއީ މާލްގެ ބައްޕައޭ“އާމިރާގެ އަޑު
ގަދަވެގެންދިޔައެވެ.އެއާއެކު މާލްގެ ދެލޯ ފެންކަޅިވިއެވެ.
ގަޑިން 11 ގަޑި ބައިވަނީއެވެ.“ރޭޝަމް ނިދާ މިތާގަ އެހެރަ ގޮދަޑި އަޅައިގެން“އާމިރާ ހުރީ ވަރުބަލިވެގެންގޮސް
މާނޭވާލެވިފައެވެ.މުޅި ދުވަހު ބުރަ މަސައްކަތުގަ އުޅެން ޖެހުމުން މުޅި މީހާ ވަނީ ހަލާކުވެފައެވެ.“އުހުނ..މަންމަ ނިދާބަ
އެގޮދަޑީގަ،ރޭޝަމް ދައްތަ ނިދާނީ މާލް ކައިރީގަ މާލްގެ ގޮދަޑީގަ“ރޭޝަމްގެ އަތުގައި ހިފާ ދަމާލަމުން މާލް ބުންޏެވެ.
މެންދަމުގެ ވަގުތެވެ.ރޭޝަމްއަށް ހޭލެވުނީ މާލްގެ ގިސްލުމުގެ އަޑަށެވެ.އަވަސް އަވަހަށް މާލްއަށް ބަލާލެވުނެވެ.މާލް
ގިސްލަމުންދިޔައީ ނިދީގައެވެ.ރޭޝަމް ލޯތްބާއެކު މާލްގެ ގައިގައި ބައްދާލިއެވެ.ކުއްލިއަކަށް އެއްޗެއް ވެއްޓުނު އަޑު
އިވުނެވެ.ރޭޝަމް ދިޔައީ ސިއްސައިގެންނެވެ.ތެޅިތެޅި އޮތް ހިތަކާއެކު ރޭޝަމް ތެދުވިއެވެ.އަދި ކޮޓަރިން ނިކުތުމަށް
ހިނގައިގަތެވެ.ކޮޓަރީގައިވާ ފަނޑު އަލިކަމުގެ ތެރޭގައި ބުރުގާ ނަގާ ބޮލުގައި އަޅާލަމުން ކޮޓަރީގެ ދޮރު ރޭޝަމް ހުޅުވާލިއެވެ .
ސިޓިންގ ރޫމުގައި އެއްވެސް އަލިކަމެއް ނެތެވެ.އެހެންކަމުން އަނބުރާ ކޮޓަރިއަށް ވަންނަން ހިނގައިގަތްތަނާ
އަނެއްކާވެސް އެއްޗެއް ވެއްޓުނު އަޑުއިވުނެވެ.އެއަޑު އަންނަމުން ދިޔައީ ރޭޝަމްމެން ކޮޓަރިއާ ޖެހިގެން ތިންވަނައަށް ހުރި
ކޮޓަރިންނެވެ.ރޭޝަމްގެ ހިތް ބާރަށް ތެޅެންފެށިއެވެ.ދެވިސްނުމެއްގައިހުރެ ރޭޝަމް އެކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ.މަޑު
ފިޔަވަޅުތަކެއްގައި ގޮސް އެކޮޓަރިއާ އަރާ ހަމަވީއިރު ރޭޝަމްގެ ހިތް ހީވީ އަތް މަތީގައި ތެޅިތެޅި އޮތްހެންނެވެ.އެކޮޓަރީގެ ދޮރު
ހުރީ ކުޑަކޮށް ހުޅުވިފައެވެ.މަޑު ރަތްކުލައިގެ އަލިކަމެއް އެކޮޓަރިތެރޭގައި ހުއްޓެވެ.ކުޑަކޮށް ގުދުވެލަމުން ދޮރުގެ ތަޅުގައި
ރޭޝަމް ހިފާލިއެވެ.އެއާއެކު އެކޮޓަރިތެރޭގައިވި މަޑު އަލިކަން އެއްކޮށް ފަ ނޑުވެގެންދިޔައެވެ.ސިއްސައިގެންގޮސް ދޮރުގެ ތަޅުން
ރޭޝަމްގެ އަތް ދޫވިއެވެ.މުޅި ތަނަށް ކަޅު އަނދިރިކަން ވެރިވެގެންދިޔައެވެ.ރޭޝަމްގެ ހިތް ބާރަށް ތެޅެންފެށިއެވެ.ބިރުންގޮސް
ދާހިއްލަންފެށިއެވެ.އަވަސް ފިޔަވަޅުތަކެއްގައި ކޮޓަރިއާ ދިމާލަށް ދުއްވައިގަތެވެ.ކުއްލިއަކަށް ރޭޝަމްގެ ފިޔަވަޅަށް ހުއްޓުން
އެރިއެވެ .
ކުރިމަތީގައި ހުއްޓިލައިގެން މީހަކު ހުރިކަން ޔަގީންވުމުން ރޭޝަމްގެ އަތްފައި ފިނިވެގެންދިޔައެވެ.އަނދިރިކަމުން އެއީ ކާކުކަން
އެނގޭވަރެއް ނުވެއެވެ.“ކާކު…ކާކު“ރޭޝަމްގެ އަޑު ތުރުތުރުއަޅަމުންދިޔައެވެ.އެއްވެސް ޖަވާބެއް ނުލިބުމުން ރޭޝަމްގެ ހިތް
ބާރަށް ތެޅެންފެށިއެވެ.މުޅިމީހާ ގަ ނޑުވިކަހަލައެވެ.
އިރުކޮޅަކުން ބާރަށް ވިދާލުމާއެކު ގުގުރައިގަތް އަޑުއިވުނެވެ.ސިޓިންގ ރޫމްގެ ކުޑަދޮރު ހުރީ ހުޅުވާފައިކަމުން ވިދާލުމާއެކު
މުޅި ގޭތެރެއަށްވެސް އަލިވެގެންދިޔައެވެ.އެއާއެކު ބޯކޮށް ވާރޭ ވެހެންފެށިއެވެ.ނާމާން ތޫފާނެއް ފަދައިންނެވެ.ރޭޝަމްއަށް
ބޭއިޚްތިޔާރުގައި ހަޅޭއްލަވައިގަނެވުނެވެ.އެއާއެކު ރޭޝަމްގެ ކުރިމަތީގައި ހުއްޓިލައިގެން އިން މީހާ ކުރިއަށް ފިޔަވަޅެއް
އަޅާލިއެވެ.ސިއްސައިގެން ދިޔުމާއެކު ރޭޝަމް ފަހަތަށް ޖެހެންފެށިއެވެ.އެމީހާ ދިޔައީ ކުރިއަށް އަވަސް ފިޔަވަޅުތަކެއް
އަޅަމުންނެވެ.ތިންވަނަ ކޮޓަރިއާ ހަމައަށް ދެވުމުން އެމީހާގެ ފިޔަވަޅަށް ހުއްޓުންއެރިއެވެ.ރޭޝަމްގެ ހިތުގެ ތެޅުން ދިޔައީ
އަވަސްވަމުންނެވެ.ކުއްލިއަކަށް ފޯނަކުން ރޭޝަމްގެ މޫނަށް އަލިއެޅިގެންދިޔައެވެ.އެއާއެކު ތިންވަނަ ކޮޓަރީގެ ދޮރު ބާރަށް
ލެއްޕުނެވެ.ރޭޝަމްއަށް ސިހިފައި އެދޮރުގައި ލެނގިލެވުނެވެ.ކުރިމަތީގައި ހުރި މީހާ ރޭޝަމްގެ ފައިން ފެށިގެން ބޮލާ ހަމައަށް
ފޯނުން އަލިކޮށްލިއެވެ.ރޭޝަމްގެ ދެލޯ ބޮޑުވެގެންދިޔައެވެ.މުޅި މީހާ ދާހިއްލަންފެށިއެވެ.
“ ތިނެއް…ބޭނުންތަ ތިންވަނަ ކޮޓަރިއަށް ވަންނަން؟“އެމީހާ ވައިއަޑަކުން އަހާލިއެވެ.އަދި ރޭޝަމްއާ ގާތްވެލަމުން
ރޭޝަމްގެ މޫނަށް ފޯނުން އަލިކޮށްލިއެވެ.އެވަގުތު އޭނަގެ މޫނުވެސް ރޭޝަމްއަށް ފެނުނުނެވެ.އެ އީ ޒުވާނެކެވެ.ބޮލުގެ
އިސްތަށިގަ ނޑު ވަނީ ކޮނޑާ ހަމައަށް ދިގުކޮށްފައެވެ.ކަންފަތުގައި ބޮޅު ލައްވާފައި ހުއްޓެވެ.ރޭޝަމްއަށް ބިރުންގޮސް
ލޯމަރާލެވުނެވެ.“ނޫން..ނޫން…ބޭނުމެއްނޫން ވަންނާކަށް“ރޭޝަމްއަށް ރޮވެންފެށުނެވެ.އެއާއެކު އެޒުވާނާ ރޭޝަމްއާ އިތުރަށް
ގާތްވެލަމުން ދޮރުގައި އަތް ވިއްދާލިއެވެ.“ބޭނުންވާނެ،އަދި ބޭނުންވާނެ،ވަންނަންވެސް ވަންނާނެ!!މިދޮރުން ވަދެއްޖެއްޔާ ތީނަގެ
މުޅި ދިރިއުޅުން ބަދަލުވެގެންދާނެ…މިކޮޓަރިން ބޭރުގެ ދުނިޔޭގައި ވާކަހަލަ ހިތްދަތިކަމާ ހަމްދަރުދީއޭ ކިޔާ އެއްޗެއް
އެތާނގައެއް ނުވާނެ..“އެޒުވާނާގެ ތުންފަތަށް ވިހަ ހިނިތުންވުމެއް ވެރިވެގެންދިޔައެވެ.ރޭޝަމްގެ ހިތުގެ ވިންދު
އަވަސްވިއެވެ.ތެޅިތެޅި އޮތް ހިތަކާއެކު އެޒުވާނާގެ މޭގައި އަތްއަޅާ ދުރަށް ކޮއްޕާލިއެވެ.އަދި ދުވެފައި ގޮސް ރޭޝަމް ކޮޓަރިއަށް
ވަނެވެ.
ކޮޓަރިއަށް ވަދެވުމާއެކު ރޭޝަމް ކޮޓަރީގެ ދޮރު ތަޅުލިއެވެ.އޭރުވެސް ރޭޝަމްގެ ހިތް ބާރަށް ތެޅެމުންދިޔައެވެ.އަދި
މާނޭވާ ލެވެމުންދިޔައެވެ.ހިތްވަރުކޮށްފައި ގޮސް ކޮޓަރިތެރޭގައި ހުރި ކުޑަ މޭޒެއްގެ މަތީގައި ހުރި ފެންފުޅިއަކުން ފެންފޮދެއް
ބޯލިއެވެ.ފުން ނޭވާއެއް ބޭރުކޮށްލަމުން ރޭޝަމް އަވަހަށް ގޮދަޑިމަތީގައި އޮށޯތެވެ.އޭރުވެސް ރޭޝަމްގެ ސިކުނޑީގައި
އެނބުރެމުން ދިޔައީ ދެންމެ ދިމާވި ކަންތަކެވެ.“ތިންވަނަ ކޮޓަރި ……..އެއީ އަނެއްކާ ކޮންތަނެއް……އެޒުވާނާގެ
ވާހަކަތަކުން އެތަނުގައި ވަރަށް ބޮޑު ސިއްރެއްވާހެން ހީވަނީ“ރޭޝަމް އަމިއްލަ ނަފްސާ ވާހަކަދައްކަމުން ދިޔައެވެ .
މުޅިއެރޭ ހޭދަވީ އެޚިޔާލުގައި އޮއްވައެވެ.ހެނދުނު ހޭލެވުމާއެކު ރޭޝަމް ކޮލެޖަށް ދާން ތައްޔާރުވާންފެށިއެވެ.މާލްވެސް
ސްކޫލަށް ދާން ތައްޔާރުވަމުންދިޔައެވެ.“ދައްތައަށް އިނގޭތަ އެފް.އެޗް.އެސް ހުންނަތަން؟“ރޭޝަމް އާމިރާ ކައިރީގައި
އަހާލިއެވެ.“ދައްތާ..ދައްތާ..މާލްއަށް އިނގޭ…މާލްމެން ސްކޫލާ ކައިރިވާނެ..މާލްއާ އެއްކޮށް ދާންވީނު..“މާލް
ހަޅޭއްލަވައިގަތެވެ.އާމިރާ ހިނިތުންވެލިއެވެ.
ކޮލެޖުގެ ފުރަތަމަ ދުވަސް ރޭޝަމް ހޭދަކުރީ ހުސް ބޯގޭނުމުގައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.ދަންނަ އެއްވެސް މީހަކު
ނެތް،މުޅިން އާ މާހައުލެއް ކަމުން ރޭޝަމް ހުރީ ފޫހިވެފައެވެ .
ގެއަށް ވަދެވުމާއެކު ރޭޝަމްގެ ފިޔަވަޅަށް ހުއްޓުންއެރިއެވެ.ސިޓިންގ ރޫމުގެ ސޯފާގައި އެއްކަލަ ޒުވާނާ އިނެވެ.ލަތީފްއާއި
އޭނަގެ ހަގު އަނބި،ލީޒާވެސް އިނެވެ.އެޒުވާނާގެ ފުން ނަޒަރު ހުއްޓިފައިވަނީ ރޭޝަމްއާ ދިމާލަށެވެ.“ކޮބާ..ކިހިނެއް ކޮލެޖުގެ
ފުރަތަމަ ދުވަސް“ލަތީފް ސޯފާއިން ތެދުވިއެވެ.“ރަނގަޅު ހަމަ…“ރޭޝަމް އިސްދަށަށް ޖަހާލިއެވެ.އަދި ސިއްރުން އެޒުވާނާއަށް
ބަލައިލިއެވެ.އޭރުވެސް އޭނަގެ ނަޒަރު ހުއްޓިފައިވަނީ ރޭޝަމްއަށެވެ.“ބްރޯ..އަދި އެމަންޖެ އިންޓްރޮޑިއުސް ވެސް
ނުކޮށްދެމެއްނު،އެއް ގެއެއްގަ އުޅެންޏާ ވާނެއެއްނު ފްރެންޑްވެލަން“ސޯފާއިން ފުންމައިގެން ކަހަލަ ގޮތަކަށް އެޒުވާނާ
ތެދުވިއެވެ.“ރަނގަޅު ވާހަކައެއް ތީވެސް…މީ ރޭޝަމް،ކިޔަވަން އައި ކުއްޖެއް “ލަތީފް ކޮޓަރިއާ ދިމާލަށް
ހިނގައިގަތެވެ.ލީޒާވެސް ފަހަތުން ދިޔައެވެ.ރޭޝަމް އަވަހަށް ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ.“ހޭ އި!!ވެއިޓް،އަދި ދާކަށް
ނުވެއެއްނު..އަހަރެން އަދި އިންޓްރޮޑިއުސް ވާންޖެހޭނޭ…އައި އެމް ޒާއްޓެ “ޒާހިދު ސަލާންކޮށްލުމަށް އަތް
ދިއްކޮށްލިއެވެ.ރޭޝަމް އަޅާވެސް ނުލާ ގޮސް ކޮޓަރިއަށް ވަނެވެ.ޒާހިދުގެ މޫނުގެ ކުލަވަރު ވަގުތުން ބަދަލުވެގެންދިޔައެވެ.
ރޭޝަމް ފެންވަރައިގެން ނިކުތް އިރު އާމިރާ އިނީ ޔަނާލް ރީތިކުރާށެވެ.ލޯގަ ނޑު ކުރިމަތީގައިހުރެ ބުރުގާ އަޅަމުން
ދިޔައިރު ރޭޝަމްގެ ހިތުގައި އެތައް ސުވާލުތަކެއް އުތުރިއަރަމުންދިޔައެވެ.އިރުއިރުކޮޅާ ރޭޝަމްގެ ނަޒަރު ގޮސް އާމިރާއަށް
ހުއްޓެއެވެ.އެކަން އާމިރާއަށް ފާހަނގަ ވާކަށް ގިނައިރެއް ނުނެގިއެވެ.“ކިހިނެއްވީ؟އެއްޗެއް ބޭނުންވީތަ؟“އާމިރާގެ އަޑަށް
ރޭޝަމް ދިޔައީ ސިއްސައިގެންނެވެ.“ނޫން…އެއްޗެއް ބޭނުމެއް ނޫން“ރޭޝަމް އަވަސް އަވަހަށް ކޮޓަރިން ނިކުމެގެން
ބަދިގެއަށް ދިޔައެވެ.
ކައިގެން ކޮޓަރިއަށް ވަންއިރު ކުޑަދޮރު ކައިރީގައި ޔަނާލް އުރާލައިގެން އާމިރާ އިނެވެ.ރޭޝަމް ދެވިސްނުމެއްގައި ހުރެ
ގޮސް އާމިރާ ކައިރީގައި ހުއްޓުނެވެ.އަދި ޔަނާލް އުރާލިއެވެ.“ވާހަކައެއް އަހާލަންތަ؟“ރޭޝަމް އާމިރާގެ މޫނަށް
ބަލާލިއެވެ.އާމިރާ އާއެނކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ.“މިގޭގައި އެހެރަ ތިންވަން ކޮޓަރި އެއީ ކޮންތަނެއް؟“ރޭޝަމް
ބޭރަށް ބަލާލިއެވެ.އާމިރާގެ ދެލޯ ބޮޑުވެގެންދިޔައެވެ.މުޅި މީހާ ހާސްވެގެންދިޔައެވެ.ރޭޝަމްއަށް ކިތަންމެ ރަނގަޅަށްވެސް އެކަން
ފާހަގަވިއެވެ.“ބުނެބަ..އެއީ ކޮން ތަނެއް؟“އަނެއްކާވެސް ރޭޝަމް އެސުވާލު ތަކުރާރުކޮށްލިއެވެ.“އެއީވެސް ހަމަ
ކޮޓަރިއެއްނު،ޒާހިދުގެ ކޮޓަރި…ލަތީފްގެ ކޮއްކޮ،ކިހިނެއްވީ ރޭޝަމް ތިސުވާލު ތިކުރީ؟އަނެއްކާ ރޭޝަމް އެކޮޓަރިއަށް
ވަނީތަ؟“އާމިރާގެ އަޑުގައި ވަނީ ނުތަނަވަސްވެރިކަމެވެ.“ނޫން،ހަމަ އަހާލީ“ރޭޝަމް ހިނިތުންވެލިއެވެ.“ރޭޝަމް ނުވަންނާތި
އެކޮޓަރިއަށް…“އާމިރާގެ ރޭޝަމްއަށް ބަލާލިއެވެ.އާމިރާ ކަމެއް ސިއްރުކުރަން އުޅުނުކަން ރޭޝަމްއަށް ޔަގީންވިއެވެ.
ޖެހިގެން އައި ދުވަހެވެ.ކޮލެޖް ނިންމާފަ ގެއަށް ދާން ރޭޝަމް ނިކުތް ވަގުތެވެ.ކުއްލިއަކަށް ބާރު ސްޕީޑެއްގައި ދުއްވާފައި
އައި ސައިކަލެއް ކޮލެޖް ކުރިމައްޗަށް މަޑުކޮށްލިއެވެ.އެއާއެކު ރޭޝަމްއަށް ފަހަތަށް ޖެހިލެވުނެވެ.ސައިކަލު މަތީގައި އިން މިހާ
ރޭޝަމްއަށް ބަލާލަމުން އެއްމިޔަކަނުން ހީލިއެވެ.އިރުކޮޅަކުން އަންހެން ކުއްޖަކު އައިސް އެސައިކަލުގެ ފަހަތަށް
އެރިއެވެ.ރޭޝަމްގެ ހިތް ބާރަށް ތެޅިގަތެވެ.ސައިކަލުގެ ކުރީގައި ހުރީ ޒާހިދުއެވެ.ފަހަތުގައި އިނީ ރޭޝަމްމެން ކުލާސް
ކުއްޖެކެވެ.“ޔާނާއާ ޒާހިދާ ކޮންގުޅުމެއް؟؟؟؟……ޔާނާ މެދުވެރިކޮށް އެކޮޓަރީގެ ހަގީގަތާ ހަމައަށް ވާސިލްވެވިދާނެ
ކަންނޭނގެ “ރޭޝަމް ފުން ނޭވާއެއް ބޭރުކޮށްލިއެވެ.
“ ދައްތާ،ހިނގާބަލަ މާލް ގޮވައިގެން ހިނގާލަން ދާން…ޕްލީޒް“މާލް ރޭޝަމް ކައިރީ އާދޭސްކުރަމުންދިޔައެވެ.“ހުކުރު
ދުވަހު ދާނީ ދޯ“ރޭޝަމް ހިނިތުންވެލިއެވެ.“ހުކުރު ދުވަހު ނުދެވޭނެޔޭ ދައްތާ،ހުކުރު ދުވަހު ހަވީރު 5 ގެ ފަހުން
ކޮޓަރިންވެސް މާލް ނިކުތުން މަނާކޮށްފައޭ މަންމަ އޮންނަނީ“މާލް ރުޅި މޫނު ހަދާލިއެވެ.“އެއީ ކީއްވެ މަންމަ
މަނާކުރަންވީ؟“ރޭޝަމް ހުރީ ހައިރާންވެފައެވެ.“އެއީ ކޮންމެ ހުކުރު ދުވަހަކު ބައިވަރު ގޯސް މީހުން އަންނާނެ
މިގެޔަށް،މާލްއަށް އިނގޭ އެކަން“މާލް އަނގަ ހަދާލިއެވެ.“އެކީއްވެ ގޯސް މީހުންނޭ ތިބުނީ؟“ރޭޝަމް ހުރީ އޮޅުންފިލުވަން
ބޭނުންވެފައެވެ.“އެއީ މަންމަ ބުނީ މާލް ކައިރީގަ،އެހެންވެ ބޭރަށް ނުނިކުންނާށޯ“މާލްގެ އެވާހަކައިން ރޭޝަމްގެ ހިތުގައި
އިތުރު ސުވާލުތަކެއް އުފެދުނެވެ.ކޮންމެއަކަސް އެގޭގެ ހުރިހާ ހަގީގަތެއް ހޯދަން ރޭޝަމް މިއަދު ބޭނުންވާކަހަލައެވެ.ހާއްސަކޮށް
ތިންވަނަ ކޮޓަރީގެ ހަތަރު ފާރުތެރޭގައި ފޮރުވިފައިވާ ބޮޑު ސިއްރެވެ. (ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

cheesemoosa

Level 210 Stories100 Comments

Other Articles

Previous

ގެއްލިދިޔަ ހަޔާތް….. 4

Next

ހިތް މިއެދޭ ސޫރައޭ ތީމަގޭ ( 14 ވަނަ ބައި )

Next
December 13, 2017

ހިތް މިއެދޭ ސޫރައޭ ތީމަގޭ ( 14 ވަނަ ބައި )

Previews
December 13, 2017

ގެއްލިދިޔަ ހަޔާތް….. 4

4 Comments!

  1. Juma says:
    December 13, 2017 at 10:43 pm

    Vv reethi story maasha Allah….nd bytheway vv happy veyy thigothahh VaahKa upkohdheyythyy… i just luv thz story nd u too

  2. Rsh says:
    December 13, 2017 at 10:52 pm

    V Salhi…waiting for next..

  3. Reem says:
    December 13, 2017 at 11:13 pm

    Mi vaahaka konme ves thaakun fenun handhaan vey..
    Alhe mii thedhehtha??

  4. JUMA says:
    December 13, 2017 at 11:21 pm

    Wowww????❤?

Comments are closed.

Next Episodeގެއްލިދިޔަ ހަޔާތް…..5←


All Right Reserved!