“ނޫން މަންމާ!!މަންމަ ދޫކޮށްލާފަކާ އަހަރެންނެއް ނުދާނަން،އަހަރެން ދިޔައިމަ މަންމަ ކިހާ އެކަނިވެރިވާނެ“ރޭޝަމް ބޮޑާހާކާލިއެވެ.“ޕިސް ޕިސް…ދަރިފުޅު އަދިވެސް ބޮޑެއް ނުވޭދޯ؟މުޅި އުމުރަކަށް ނޫނެއްނު މަންމައާ ދުރަށް ތިދަނީ“ނަރީމާގެ އޭނަގެ 18އަހަރުގެ ދަރިފުޅުގެ ބޮލުގައި އޯގާތެރިކަމާއެކު ފިރުމާލިއެވެ.“އެއީ ވަރަށް ރަހުމްކުޑަ މީހުން އުޅޭ ތަނެކޭ މަންމާ…އަހަރެންނެއް ނުދާނަން“ރޭޝަމް ދެބުމަ ގޮށްޖަހާލަމުން ހިނގައިގަތެވެ . ރޭޝަމްއަކީ ނަރީމާގެ ހުރި ހަމައެކަނި ދަރިފުޅެވެ.ރޭޝަމްގެ ބައްޕަ ވީތަނެއް ޚުދު ނަރީމާއަކަށްވެސް ނޭނގެއެވެ.ރޭޝަމް ލިބުނުތާ މަހެއްވެސް ނުވަނީސް ނަރީމާ ވަރިކޮށްފައި ދިޔަގޮތަށް މިއަދާ ހަމައަށް އެއްވެސް […]
“އަހަރެންވެސް ނުބަލަމެއްނު ލުބާ ގޮވައިގެން އޭނަގެ ކޮޓަރިއަށް ވަދެ މައުވަން ކުރާކަންތަކެއް. އަނެއްކޮޅުން އެކި ފަހަރު އެކި އަންހެން ކުދިން ގޮވައިގެން ސައިކަލަށް ލައިގެން ގޮސް ދާތަނަކާ ކުރާކަމަކާވެސް ނުބަލަމެއްނު.” ހަމަޖެހިލާފައި މަލާކް ބުނެލިއެވެ. އެޔާއެކު މަލާކް ގޮސްވަނީ ފާޚާނާއަށެވެ. މައުވަންއަށް ހުރިގޮތަށް ހުރެވުނީއެވެ. “މީހަކު ދެކެ ލޯބިވުން އެއީ މައްސަލައެއްތަ؟” ނިއަމް ސުވާލު ކުރީ މައުވަން އާއެވެ. ދެމީހުންތިބީ ނިއަމްގެ ކެބިން ތެރޭގައެވެ. “ހާދަ އެހެން ކަހަލަ ސުވާލެއް” މައުވަން އެހިއެވެ. ނިއަމް ބުނެލީ ކޮންމެސް […]
އިލްހާމް ހުރީ އިންތިހާއަށް ރުޅިގަދަވެފައެވެ. ފެނުނު މަންޒަރާއި އިވުނު އަޑުތައް ޤަބޫލުކުރަން ދަތިވެފައެވެ. ނިކާލް އެފަދަ މޮޔަކަމެއް ކުރީތީ އަންތަރީސްވެއްޖެއެވެ. މި ދުނިޔެއިން ނިހާ ނޫން ކުއްޖެއް ނިކާލްއަށް ނުފެނުނީ ހެއްޔެވެ؟ އިލްހާމް ފާހާނާއަށް ވަދެ މޫނު ދޮވެލިއެވެ. ބާލުޙާނާއަށް ނުކުމެ ދެތިން ސިނގިރޭޓް ހުލިކުރިއެވެ. އެވަރުންވެސް ހިތްހަމަޖެހޭ ގޮތެއް ނުވިއެވެ. ނިކާލްއާ ނިހާ ގުޅުން އެއީ އޭނާ އެއްގޮތަކަށްވެސް ޤަބޫލުކަމެއް ނޫނެވެ. ހުވަފެނަކުންވެސް އެފަދަކަމެއް ފެންނާކަށް އޭނާ ނޭދެއެވެ. ސަފީނާގެ މަރަށްފަހު، ނިހާ އެގެޔަށް ގެނައީވެސް […]
”މިހާރު މިކޮޅަށް އައިތާ ވީކަކަށް ވުރެ ބޮޑު ވީއެއްނޫން… ދެން ކޮންއިރަކުންތަ މާލެ ދާނީ؟ މިހެން މިބުނީ މަންމަ ވެސް މާބޮޑަށް ބަލިވީމަ އެކަމަކު ލީ ބޭނުމިއްޔާ އިޖާ މަޑު ކުރާނަން…!” ރޭގަނޑުގެ ކެއުން ނިއްމާލައިފަ ބޭރު ޖޯލިފަތީގަ ވާހަކަ ދައްކަން ތިބެފަ އިޖާޒު އަހައިލިއެވެ. “ތިކަމާ ލީވެސް މިވިސްނަނީ މަންމަ ބަލިވިއިރު އިޖާ ނެތީމަ މަންމަ ވަރަށް ދެރަ ވާނެ… އަނެއް ކޮޅުން މަގޭ ޗުއްޓީވެސް ހަމަ ވަނީ..” ލީޒާ ވަރަށް ވިސްނާލައިފަ ބުނެލިއެވެ. “އާނ… […]
އެއީ ‘އެލެގެންޓް ހޯމްސް’ ނަމަކަށް ކިޔާ ކުންފުންޏެއްގެ އެގްޒެކިއުޓިވް އެސިސްޓެންޓެއްގެ މަޤާމެވެ. މުސާރަވެސް ފުދޭވަރަކަށް ރަނގަޅުވުމުން ޝަރަފް ޝައުޤުވެރިވިއެވެ. އޭނަ ހަމަ ވަގުތުން ވަގުތަށް އިންޓަވިއުއަށްދާން ބޭނުންވިއެވެ. ދޮންތަ ގެއަށް އައުމުގެ ކުރިން ވެސް ދޮންތަ އުފާވާނެ ފަދަ ކަމެއް ކުރުމަށްޓަކައެވެ. އަދި އޭނަ ދޮންތައަށް ގެއްލުން ދިނުމުގެ ބަދަލުގައި ދޮންތައަށް އެހީވާން ބޭނުންވާކަން ވެސް ދެއްކުމަށްޓަކައެވެ. ޝަރަފް ވަގުތުން އަވަސްވެގަތީ އޭނަގެ ސެޓްފިކެޓްތައް އެއްކުރުމަށެވެ. ހެދުން ފޮށީގެ ކޮންމެވެސް ބައެއްގެ ތެރޭގައި އޮތް ފައިލެއްގައި […]
ސިހިފައި ބަލާލި މަލީހްއާއި ނަވާރުުއާދިމާއަށް ބަލަހައްޓައިގެން ތިބެ ހެމުންދިޔަ ޔާމިން އާއި އަރަޝްފެނުމުން މަލީހް އާއި ނަވާރުވެސް ދުރުވެލީ ތިބެވުންގޮތް ހަނދާންވުމުން ނެވެ. އޭރުވެސް ބަނޑުގައި އަތްއަޅައިގެ ޔާމިން އާއި އަރަޝް ހަމަހެނީއެވެ. ” ދެންއަޅެ ތިޔޯ.. ” ފާޑަކަށް ލަދުގަތްނަމަވެސް މަލީހް އެހެންއަހާލީ އެކަން ނޭންގުމަށެވެ. “އެކަމަކުވާ ދޯ މިތިބަ ލަވްބަރޑެއް.. ތިދެމީހުން ކިތަންމެސިއްރުން އުޅުނަސް މިހާރު ދެން އަހަރުމެންނަަށްވެސް ތީ ހަމަ ރޯމިއޯ އެންޑް ޖޫލިއެޓްކަން އިނގޭ.. ” ހެމުން ހެމުން އައިސް ޔާމިން […]
“ވަރަށް ހަނދާންވާނެ..” ލަމްހާ އައިކާގެ ގައިގައި ބައްދާލަމުން ބުނެލިއެވެ. “އަހަރެންވެސް..” އައިކާ އެހެން ބުނެލިއިރު އޭނާގެ ދެލޮލުން ކަރުނަތައް އޮހިގެންފިއެވެ. ލަމްހާ ވަރަށް އޯގާތެރިކަމާއެކު އައިކާގެ ދެލޯ ފޮހެލައިދިނުމަށްފަހު އޭނާގެ އަތަށް ގަނޑުކޮޅެއް ލައިދިނެވެ. އެއީ އޭނާ ދާންވީ އެޑްރެސް ލިޔެފައިވާ ގަނޑުކޮޅެވެ. ގަދަކަމުން ހިނިތުންވުމެއް ވެރިކުރުވަން މަސައްކަތްކުރަމުން އައިކާ ފޮށި ހިފައިގެން ނުކުންނަމުން ޔޫޝައުއަށް ބަލާލިއެވެ. އޭރު ޔޫޝައުވެސް އިނީ އައިކާއާއި ދިމާ ބަލާށެވެ. ނަމަވެސް އައިކާ ބަލާލުމާއެކު އޭނާ ދުރަށް މޫނު އަނބުރާލިއެވެ. އެވަގުތު […]
ޔާލް މަޑުމަޑުން ދުރުކޮށްލުމަށްފަހު އަޔާން އެނިތުގައި ބޮސް ދިނީ ލޯތްބާއި އެކުގައެވެ. އަޔާންގެ އެ ބީހިލުމަށް ފެން ބޮވައިގަނެފައިވީ ޔާލްއަށް ދެލޯ މަރާ ލެވުނެެވެ. އަޔާން ޔާލްގެ ކޯތާފަތުގައި ހިފަހައްޓައިލައި ޔާލްގެ ދެލޮލަށް ފުންކޮށް ބަލާލިއެވެ. އެލޮގައިވީ ކަރުނައެެވެ. ރަތް ކަމެވެ. މި ނިކަމެތި ކުއްޖާ ކިހާވަރަކަށް ހިތާމަކުރާނެ ތާއެެވެ. “ކީއްވެ ޔާލް ؟؟ ކީއްވެ ލޯބިވާއިރު ދުރުގަ ހުރީ ؟؟؟ ” ދެލޮލުން އުފާވެރިކަމުގެ ކަރުނަ ނިރާލައިފައިވާ ހާލު އަޔާން އަހާލިއެެވެ. ” އަޔާން.. އަހަރެންނަށް […]
މައުވަން މަލާކް އެއީ ކާކުކަން ނިއަމް އަށް ބުނެދޭން ބޭނުންވިއެވެ. އެކަމަކު މިހާރު ކަންތައްވެފައި އޮތްގޮތުން އެކަން ކުރަން މައުވަންއަށް އުނދަގޫވިއެވެ. އަނެއްކޮޅުން ނިއަމް އުޅެނީ ލައިހާގެ ވާހަކަ މައުވަންއާ ހަމައަށް ގެންދާނެ ގޮތެއް ނޭނގިގެންނެވެ. ދުވަސްތައް ފާއިތުވަމުން ދެއެވެ. މިއަދަކީ މަލާކްއަށް އޭނަގެ ފުލްޓައިމް ފުރަތަމަ މުސާރަ ލިބުނުދުވަހެވެ. އަމީނާއަށް ގުޅާފައި އެވާހަކަ ބުންޏެވެ. އަދި މަލާކް އެދޭކަންތައް ހާމަކުރިއެވެ. އެއީ އަމީނާ މާލެ ބަދަލުވުމެވެ. ކުރިންވެސް މަލާކް އެކިފަހަރު މަތިން އެކަންވޭތޯ އުޅެފިއެވެ. އިންކާރު […]