Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭނގި ހިތޭ ތި އަތުލީ 15

Star Level 310 Stories100 Comments100 Login
December 13, 2017 4 Mins Read
33 Comments

ދެން ފެނުނީ ބަންލާފައި ދޮރު ޖަހާފައި މައުވަން ނިކުމެގެން ދިޔަތަނެވެ.

ރިސޯޓްގައި ދެދުވަސް ކޮށްފައި އައި އިރުވެސް މަލާކް އުޅުނީ އަވަދި ނެތިއެވެ. ފަހުން މައުވަންވެސް އެއްޗެއްނުބުނެއެވެ.

ހަފުތާއަކަށް ފަހު އަކްޔަންގާތު ނަސީމާ އަނެއްކާވެސް ކައިވެނީގެ ވާހަކަ ދެއްކިއެވެ. އަކްޔަން ހާމަކުރި ގޮތުގައި އަލާ ނޫން ކުއްޖަކު ދެކެ އޭނައަށް ލޯތްބެއް ނުވެވޭނެއެވެ. އަދި އެނޫން ކުއްޖަކާ އިންނާކަށްވެސް ބޭނުމެއްނޫނެވެ. މަޒްހަރު ނަސީމާއަށް ވިސްނައިދޭން ކުރި މަސައްކަތްވީބޭކާރެވެ. އެއަށްވުރެ ބޮޑަށް ނަސްރީނާ ވަނީ ނަސީމާގެ ބޮލަށް ވަދެފައެވެ. “އަކްޔަން މި މަންމަދެކެ އެއްވެސް ވަރަކަށް ލޯބި ވާނަމަ މަންމަ ދައްކާ ކުއްޖަކާ އިންނާނެ” ނަސީމާ ފެށީ ރޯށެވެ. ދެން އޭނަ ދެއްކީ ދަރީން ދެކެ އޭނަ ލޯބިވާވަރާއި އެކަމަކު ދަރީން އެވަރު ނުދަންނަވާހަކައެވެ. އޭރުވެސް އޭނައަށް ރޮވެނީއެވެ. އެހިސާބުން އަކްޔަން އިނީ ހިމޭންވެފައެވެ.

އެއީ ގިނަ މައިން ބަފައިންގެ އާދައެވެ. އެމީހުން ނުރުހޭ މީހަކާ ކައިވެނި ކުރަން އުޅޭނަމަ އިންކާރު ކުރުމެވެ. ކިތައްމެ ރަނގަޅަސް ނުބަޔަސްހެވެ. ފާޅުގައި ނުރުހޭކަމަށް ބުނުމުން ހުއްޓާނުލައިފިނަމަ އިމޯޝަނަލީ އެކަން ކުރަނީއެވެ. ދެން ޖެހޭނީ އެހިސާބުން ލޯބި ނުވާމީހަކާ އެކީ އުމުރު ހޭދަކުރާށެވެ. މައިން ބަފައިންގެ ހައްޤުގައެވެ. ފަހުން ދަރީންގެ ހައްޤުގައެވެ. މައްސަލައަކީ އިނދެގެން އުޅޭ ދެމަފިރީންގެ ހައްޤުނެތީމައެވެ. އަކްޔަންއަށްވެސް މަންމަގެ އާދޭސް ތަކަން ޖެހުނީ އިޖާބަދޭށެވެ.

އަކްޔަން އަލާޔަށް ހަޤީޤަތް ފޮރުވާކަށް ގަސްތެއްނުކުރިއެވެ. އަދި މަންމަގެ އެދުމަށް ކައިވެނި ކުރިއެއްކަމަކު އަލާދޫކޮށްލަނުލާނެ ކަމުގެ ޔަޤީންކަން ދިނެވެ. އަދި ދެއަންބަން އަލާއާއި ކައިވެނި ކުރާނެވާހަކަ ބުނެލިއެވެ. އަކްޔަން ހުރިހާ ވާހަކައެއް ދެއްކި އިރުވެސް އަލާއިނީ ރޯށެވެ. އަކްޔަންއަށްވެސް ރޮވެނީއެވެ. އަކްޔަންގެ ލޯތްބާމެދު އަލާ ސުވާލެއް ނުއުފެދެއެވެ. އެ ދޮލޮލުން އޭނައަށްޓަކާވާލޯބި އަލާއަށް ފެނެއެވެ. އެކަމަކު މިވީ ކިހިނެތް ހެއްޔެވެ؟ ދެމީހުން އެކަކު އަނެކަކު ދެކެ މިވަރަށް ލޯބި ވާއިރު މިޖެހެނީ ދުރުވާށެވެ. އަކްޔަން އަލާ ގެނެސް އޭނަގެ މެއާލައި ބޮޑިކޮށްލިއެވެ. އޭރުވެސް ދެމީހުންނަން ރޮވެނީއެވެ. އަކްޔަން އަލާއަށް ހިތްވަރު ދިނެވެ. އޭނައަށް އިތުބާރު ކުރުމަށާ އަދި އަލާއާއި ވަރަށް އަވަހަށް އިންނާނެކަމަށް ތަކުރާރުކޮށް ބުންޏެވެ.

ކައިވެންޏަށް އެއްބަސްވި ހިސާބުން އަކްޔަންގެ އުޅުމަށް ދިޔައީ ބަދަލު އަންނަމުންނެވެ. ދެދުވަހު ހަމައަށް އޮފީހަކަށް ނުދެއެވެ. ކެއުމާދުރުވެ ގިނަވަގުތު ހޭދަކުރަނީ ކޮޓަރީގައެވެ. މަޒްހަރުގެ އިތުރުން މައުވަންވެސް ނަސީމާގެ ނިންމުން ބަދަލު ކުރެވޭތޯ މަސައްކަތް ކުރިއެވެ. މަލާކް ވެވުނު ވަރަކުން އަކްޔަންއާއެކު ވަގުތު ހޭދަކޮށް އޭނަޔަށް ހިތްވަރު ދެއެވެ.

ޑިއުޓީ ނިންމާފައި މަލާކް އާއި ޒާދު އަވަސް އަރުވާލާފައި ނިކުމެވުނީ ނިއަމް އަދި މައުވަންގެ ކުރިމައްޗަށެވެ. “އަނހާ މާއަވަސް އަރުވާލާފަ ކޮންތާކަށް ދާން” ނިއަމް އަހާލިއެވެ. “މިދަނީ މަލާކްއަށް ސައިކެއް ގަންނަން ދާންވެގެން. މިހާރު އެ ވެސްގަންނަން ކިޔާތާ ދުވަސް ވެއްޖެވިއްޔަ” ޖަވާބު ދިނީ ޒާދު އެވެ. މައުވަންގެ އަތް މުއްކަވާލެވުނެވެ. އަވަހަށް ދާށޭ ބުނެ ނިއަމް ހިނގައި ގަތުމުން ފަހަތުން މައުވަންވެސް ހިނގައިގަތެވެ.

މަލާކް ކޮޓަރިއަށް ވަތްއިރު މައުވަން އިނީ ސޯފާގެވެ. ހަމައެކަނި ކަކުލުން ތިރިއަށް ފައިބާ ވަރުގެ ސޯޓެއްލައިގެން ހުރި އިރު އޭނަގެ ރީތިކަން އިތުރަށް ފުރިހަމަ ކޮށްދެއެވެ. މައުވަން މަލާކަށް ގޮވާލާފައި ސޯފާގައި އިޝީންނަން ބުންޏެވެ. މަލާކް އިށީނެވެ. “ޒާދު އާއި މަލާކް އޮންނަނޯ ކޮން ގުޅުމެން” މައުވަން އެހިއެވެ. “ރައްޓެހިކަން” މަލާކް ބުނެލިއެވެ. “ހަމައެކަނި ރައްޓެހިކަން އޮންނައިރު މަލާކްގެ ހުރިހާކަމެއްގަ އޭނަ އުޅެނީ ކީއްވެ؟ މައުވަން ދެވަނަ ސުވާލެއްކޮށްލިއެވެ. “ފްރެންޑް ވީމައެއްނު” އަނެއްކާވެސް މަލާކް ދިނީ ހަމަ ކުރިންވެސް ދިންޖަވާބެވެ. “ލުކް މަލާކް. ތިހެންވާތީއޭ އަހަރެން ރުޅި އަންނަނީ. ރީތިކޮށް ޖަވާބު ދީބަލަ” މައުވަން އޯގާތެރި ކަމާއެކު ބުނެލިއެވެ. މަލާކް ބުނެލީ އޭނަ މިވާހަކަ ދައްކަނީ ރީތިކޮށް ކަމަށެވެ. “ތި ދެމީހުން އުޅެނީ ރައްޓެހިވެގެންތަ؟” މައުވަން ސީދާ ޕޮއިންޓަށް ދިޔައެވެ. “ވަޓް؟” މަލާކް ބުނެލިއެވެ. ތަންކޮޅެއް ބާރަށެވެ. ” ބުނަން މައުވަން ރަނގަޅު ވާހަކައެއް. އަހަރެންގެ ފިރިމީހާ އޭނަގެ އަތްބެން ހުންނަކަން ހަނދާންނެތުނެއް ކަމަކު އަހަރެން މީ މީހެއްގެ އަނބެއްކަން އަބަދުވެސް އަހަރެން ހަނދާންހުރޭ. އަދި މީހެއްގެ އަނބެއްގެ ގޮތުގައި ހުރެގެން އެހެންފިރިހެނަކާ އެކީ ތިފަދަ ނިޔަތެއްގައި އަހަރެން ނޫޅޭނަން” މަލާކް އެއްނޭވާއިން ނިންމާލިއެވެ. މައުވަން އިސްޖަހައިގެން އިނީއެވެ.

ޖެހިގެން އައި ދުވަހު ބްރޭކް ގަޑީގައި ކެޓީން ތެރެއިން މަލާކެއް ނުފެނުނެވެ. މައުވަން ލޯ ހިންގާލިއިރު ޒާދު އާއި އަދި އިތުރު ދެ ޑޮކްޓަރުންވެސް ތިއްބެވެ. އެކަމަކު މަލާކެއް ނެތެވެ. ކައި ނިމިގެން ނިކުން ނަން ދެވުނީ އެއްމެން އެއްކޮށެވެ. “އޭކޮބާ މިއަދު މަލާކް؟” މައުވަންގެ ހިތުގައި އޮތް ސުވާލު ބޭރުކޮށްލީ ނިއަމްއެވެ. “އޭނަ އޮބެއް އޭ.ޑީ.ކޭ ގަ އެޑްމިޓްކޮށްފައި.ޑިއުޓީ ނިންމާފައި ގޮވާލަން ދާން އަހަރެމެން މިކިޔަނީ” ޒާދު ބުނެލިއެވެ. “ވަޓް އެޑްމިޓް ކޮށްފައޭ” ހައިރާންކަމާއެކު މައުވަން އަހާލިއެވެ. ގައިމު އޭނަ ނިކުތްއިރު މަލާކް ރެޑީވެގެން ނިކުމެއްޖެ ވިއްޔާއެވެ. ބަލި ހެނެއް ހިޔެއްނުވެއެވެ. “މަލާކްވީމަ އެޑްމިޓްކޮށްގެން ނުވަނީތަ؟” އެހެން ޑޮކްޓަރަކު ބުނެލިއެވެ. “އެހެނެއްނޫން. ދެން މިތަން ހުއްޓަ އޭނަ އެހެން ހޮސްޕިޓަލަކަށް ދިޔައީމަ” މައުވަން އޮޅުވާލިއެވެ.

ވަގުތުން މައުވަން އޭޑީކޭއަށް ދިޔައެވެ. އެހެންމީހުންނަން ނޭނގޭ ގޮތަށެވެ. މައުލޫމާތު ސާފުކޮށްގެން މައުވަން މަލާކް އޮތްތަން ހޯދިއެވެ. މައުވަން ދިޔައިރު މަލާކް އޮތީ ޕްރައިވެޓް ރޫމެއްގައި އެކަންޏެވެ. ލޯއޮތީ މެރިފައެވެ. މައުވަން ގޮސް މަލާކްއޮތް އެނދުކާރިއަށް ހުއްޓުނެވެ. އަދި އެލޯބި ލޯބި މޫނަން ބަލަން ހުރެވުނީއެވެ. އެމޫނުގައި ފިރުމާލަށް އަތް ހިއްލާލިއެއްކަމަކު އަނބުރާ އަތްލީޖީބަށެވެ. މައުވަން ޖެހެލުންވީއެވެ. އޭރުވެސް މައުވަންގެ ނަޒަރު މަލާކްގެ މޫނުން ވަތްކެތް ނުވެއެވެ. އެވަގުތު މަލާކް ލޯހުޅުވާލިއެވެ. އޭނަ ދިޔައީ ފެނުނު ސޫރައިގެ ސަބަބުން ސިހިގެންނެވެ. އަދި އެނދުން ތެދުވެލަން އޭނަ އުޅުނެވެ. އެކަމަށް ހުރަސްއެޅީ މައުވަންއެވެ. “ކާއެއްޗެއް ގެންނަންތަ؟” މައުވަން އެހިއެވެ. މަލާކް ބުނެލީ ކައިފިންކަމުގައެވެ. “ކިހިނެއްވީ އެޑްމިޓްކުރީ؟” ކައިރީގައި ހުރި ގޮޑީގައި އީންނަމުން މައުވަން އޮޅުންފިލުވިއެވެ. ” ވީކެއް ވަރު ވެއްޖެ ހުންއަންނަތާ. މިއަދު ދެން މާ ހުންގަދަވީމަ ދައްކާލަން އައި ތަނުން ބޭއްވީ” މަލާކް ބުނެލިއެވެ. “ކީއްވެ އަހަރެންގާތު ބަލިވާހަކަ ނުބުނީ” މައުވަން ބުނެލިއެވެ. “އުނދަގޫ ނުކުރަންވެގެން” ހިމޭންކަމުގެ ވަގުތު ކޮޅަކަށްފަހު މަލާކް ޖަވާބު ދިނެވެ. “ކޮންއިރަކު އަހަރެން ބުނީ މަލާކްކައިރީ އަހަންނަން އުނދަގޫވާނެއޭ. ބަލިވީމަ ޖެހޭނެދޯ އެކަކު އަނެކަކަށް އަޅާލަން” މައުވަން  ބުނެލި ޖުމްލައިން މަލާކް ހައިރާންވިއެވެ. މިހާރަކަށް އައިސް މައުވަން އަށް މިވަނީ ކީއްބާއޭ އޭނަގެ ހިތަށްއެރިއެވެ.

ދެމީހުން ވާހަކައިގައި ތިއްބައި ނަރުސް ކުއްޖަކުއައިސް މަލާކްގެ ހުންބަލާލިއެވެ. އަދި ހުންގަދަ ކަމަށް ބުނެ ފެންއުގުޅަން ފެށިއެވެ. އަދި ޝޯލްނެގުމުން ފެންއުނގުޅަން ފަސޭހަ ވާނެކަމުގައި ބުނެލިއެވެ. މަލާކަށް ބަލާލެވުނީ މައުވަންގެ މޫނަށެވެ. އޭރު ނަރުސް ކުއްޖާހުރީ މަލާކް ޝޯލްނަގަންދެން ފެން އުގުޅުން މަޑުޖައްސާލައިގެންނެވެ. މަލާކް މަޑުމަޑުން ޕިންތައް ނަންޓައި ޝޯލް ނެގިއެވެ. ދެން ނަރުސް ފެންހާކަން ފެށިއެވެ. އަދި އަވަސް އަވަހަށް ފެން ހޭކުމަށް މައުވަންގާތު ބުނެލިއެވެ.

ނަރުސް ނިކުތުމާއެކު މަލާކް އުޅުނީ ޝޯލް ބޮލުގައި އޮޅާލާށެވެ. އެވަގުތު މައުވަން މަލާކްއަތުން ޝޯލްއަށް ލައި ދުރުގައި ބޭއްވިއެވެ. އެހާއަވަހަށް ނަރުސް ދެއްކިވާހަކަ ހަނދާންނެތުނީތޯ މައުވަން އަހާލިއެވެ. މަލާކް އެއްޗެއް ނުބުނެ އިނީ އިސްޖަހައިގެންނެވެ. އޭނައަށް އެހެން ހުރެގެން މައުވަންއާ ހަތަރު ކަޅި ހަމަކުރަން އުދަގުލެވެ. ” ހޭއި. ވަޓްސް ރޯންގް ވިތް ޔޫ. އައި ހޭމް ޔުއަރ ހަޒްބެންޑް. ބުރުގާ ނާޅަހުއްޓަ ފެނުނަސް އެއީ ދެން މައްސަލައެއްނޫނޭ” މަލާކް އެހެންއިނީ ކީއްވެކަން މައުވަންއަށް އިނގޭތީ އޯގާތެރި ކަމާއެކު މައުވަން ބުނެލިއެވެ. “ދެން ނުދަނީތަ ހޮސްޕިޓަލަށް” މަލާކް އުޅުނީ މައުވަން އެތަނުން ނުގޮސްގެނެވެ. ރީތި ހިނިތުންވުމަކާއެކު މައުވަން ބޯޖަހާލިއެވެ. އަދި އިންތަނުން ތެދުވެ މަލާކްގެ ގައިގައި ފެން ހާކަށް ފެށިއެވެ. އެވަގަތު މަލާކް މައުވަންގެ އަތުގައި ހިފައި ހުއްޓުވިއެވެ. އަދި އޭނަ އަމިއްލައަށް ވާނެކަމުގައި ބުނެލިއެވެ. މައުވަން ބުނެލީ ނަރުސް އޭނަ ގާތު ފެން އުނގުޅަށް ބުނިކަމަށެވެ. އަދި އަމިއްލައަށް ފެންހޭކޭއިރު ނަރުސް ނުހުއްޓުވީ ކީއްވެތޯ އަހާލިއެވެ. މަލާކް ދެން އިތުރު އެއްޗެއް ނުބުނެ އޮތީއެވެ. އޭރު މައުވަން ފެން ހާކަން ފަށައިފިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Star

Level 310 Stories100 Comments100 Login

Other Articles

Previous

ނޭންގިހިތޭ ގެންދެވީމާ މިތުރާ… (ޓްރެއިލަރ)

Next

ގެއްލިދިޔަ ހަޔާތް…..2

Next
December 13, 2017

ގެއްލިދިޔަ ހަޔާތް…..2

Previews
December 13, 2017

ނޭންގިހިތޭ ގެންދެވީމާ މިތުރާ… (ޓްރެއިލަރ)

33 Comments!

  1. Awa says:
    December 13, 2017 at 6:07 pm

    Yey.. me first adhi nuves kiyan ingey darling. Ekm ingey reethi vaanekan.. thee molhu kujjeh??

    1. Awa says:
      December 13, 2017 at 6:12 pm

      Kurey??kiyaa hithun ineema heevi gotheh kanneynge dhw star.. waiting for the next??

    2. Xaaaan says:
      December 13, 2017 at 7:36 pm

      Awa darlin mis u❤? dhen mivaahaka dhw Masha Allah v reethi ingey❤

  2. ?Shahu? says:
    December 13, 2017 at 6:11 pm

    haadha kurey..
    but story was awesome.. as usual..
    when next part

  3. xoo says:
    December 13, 2017 at 6:13 pm

    Haadha kurey ?

  4. Zeesh says:
    December 13, 2017 at 6:14 pm

    Wo varah reethi. Ekamaku haada kurey

  5. Kul says:
    December 13, 2017 at 6:14 pm

    Wow nice keep it up waiting

  6. Choppi says:
    December 13, 2017 at 6:17 pm

    Story Hama varah best. But next part long kohdhy Bala….

  7. Some one says:
    December 13, 2017 at 6:27 pm

    Wow? very nice.. but very short….?

  8. Aesthetic says:
    December 13, 2017 at 6:31 pm

    Alhe ehaa inthizaaru kuruvaafa vs haadha kurey! Varah rythi ekam. Next part vs mirey up kohdhyba.

  9. Asli says:
    December 13, 2017 at 6:33 pm

    Varah salhi mi part ves? but maa kury :c
    When is next part?? ♥♥♥

  10. Sha says:
    December 13, 2017 at 6:39 pm

    Lovely as usual.
    Wish you could make it a bit longer.
    Keep it up!!!

  11. Aisha says:
    December 13, 2017 at 6:45 pm

    Alheyyyy haadha kurey

  12. Firoo says:
    December 13, 2017 at 6:51 pm

    v rythi story. … star avahah up kohdhehcheyy. .. I can’t wait room read this story. …???❤

  13. Aki says:
    December 13, 2017 at 6:52 pm

    varah furihama ekamu thankolhe kuree mi part.. adhi mirey one part up kohla dheebaa pls pls

  14. sam❤ says:
    December 13, 2017 at 7:04 pm

    Stry v reeethii … ekm mihaaa reethi stry eh genesdhey iruu … mii ah vure dhigoookon genes dhehchey. Ehnooony kiuntherin ehaaa like eh nuvaaane .. but stry hama perfect?????? waiting next part ,,,

  15. Zee says:
    December 13, 2017 at 7:04 pm

    Haadha kurey mi part v reethi

  16. Rifu says:
    December 13, 2017 at 7:05 pm

    masha allah. . varah loabi? waiting4 nxt part…..

  17. Blue beauty says:
    December 13, 2017 at 7:06 pm

    V nice story…… up kohdhehchey pls pls

  18. Kiah says:
    December 13, 2017 at 7:08 pm

    Haadha kurey

  19. Saadha Abdhulatheef says:
    December 13, 2017 at 7:24 pm

    Adhi kuda than kolheh dhugu kohlinama rangalhu

  20. amadey says:
    December 13, 2017 at 7:32 pm

    Varah reethi . Waiting for next part. ???

  21. Yua'ana says:
    December 13, 2017 at 7:34 pm

    Next part thankolheh dhigukoh dhehcheyy…
    Varah Salhi.. Waiting for next part

  22. Natu says:
    December 13, 2017 at 7:58 pm

    Thankholhe dhigukhon genesdheebala

  23. Friends says:
    December 13, 2017 at 7:59 pm

    Woww salhi.but stry kuru dhw.when next part.waiting waiting.
    Gud nyt dear.????

  24. faroo says:
    December 13, 2017 at 8:20 pm

    Haadha kurey waiting 4 next part….

  25. Jeek says:
    December 13, 2017 at 8:23 pm

    Nice! Ekam thankolheh kuru!

    Mirey adhi up kuraane tha vaahaka??

    1. Au says:
      December 13, 2017 at 9:30 pm

      Alhey haadha kurey.e kam varah reethi❤❤❤

  26. Nees says:
    December 13, 2017 at 9:14 pm

    Star.. varah salhi vaahaka.. bt thankolheh avas aruvaalaafa baeh vaahakathah genesdheefavaahen heevey.. bt vvvv salhi… keep it up..

  27. Yalun says:
    December 13, 2017 at 9:45 pm

    Wow…v nyc…miadhu adhi mi story kiyan feshy…bt nyc kamun kurin part thah ehkh kiyaalevuny…?

  28. Youme says:
    December 14, 2017 at 12:48 am

    Hama varah furihama. Ekam thankolheh kury dhooni gadaa❤️

  29. Nus says:
    December 14, 2017 at 12:50 am

    Mirayge baa kon irakun

  30. Mary says:
    December 14, 2017 at 12:59 am

    Vvvvvv reethi ???????thankolheh kuru vahaka dhigu koh genesdheeba please

Comments are closed.

Next Episodeނޭނގި ހިތޭ ތި އަތުލީ 16←


All Right Reserved!