Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް މިއެދޭ ސޫރައޭ ތީމަގޭ ( 14 ވަނަ ބައި )

SJK...KOREAN Level 2100 Comments100 Login10 Stories
December 13, 2017 4 Mins Read
28 Comments

ޝާނިމްގެ ނަޒަރު ހުއްޓިފައިވަނީ ނޫރާއާއި ދިމާލަށެެވެ.
” ޝާނިމް ؟؟؟ ” ޝާނިމްގެ ނަޒަރުން އުނދަގޫ ވެފައިވާ ހާލު ނޫރާ ގޮވާލިއެވެ. ޝާނިމް ސިހިފައި ބޯ ހޫރާލިއެވެ. “މީ… އާނ.. ހުރޭ ވަރަށް ލޯބިވާ ކުއްޖެއް. އެކަމު ހިޔެއް ނުވޭ ކާމިޔާބު ވާނެހެނެއް… ” ޝާނިމް އިސްޖަހާލީ ލޮލުގައި ފައިބަން ތައްޔާރަށްހުރި ކަރުނަތަށް ފޮރުވުމަށެވެ. “އޮހް.. ” މިހެން ބުނެލިތަނާހެން ކެބިންއަށް ވަދެގެންއައި ޝިޔާޒްފެނި ދެމީހުންވެސް ހިމޭންވިއެެވެ. ލިބުނު ފުރުސަތުގައި ޝާނިމް ގޮސް ލިފްޓަށް އެރިއިރު ދެލޮލުން ކަރުނަތަށް ފައިބަނީއެެވެ. އެވަގުތު ލިފްޓުގައި މީހަކު ނެތްކަންވެސް ނަސީބެކެެވެ. ބޮލުގައި ދެއަތުން ހިފަހައްޓައިލުމަށްފަހު ޝާނިމްއަށް ދެކަކޫ މައްޗަށް ތިރިވެވުނެވެ. އެއް އިރެއްގައިވެސް އޭނާއަކީ މިހާ ފިނޑި މީހެއް ނޫނެެވެ. ނަމަވެސް އެ ލޯބީގެ ސަބަބުން އެދެލޮލުން ކަރުނަ ނާޅާ އެެންމެ ދުވަހެއްވެސް ނުދާނެއެވެެ.

ލޯބިވާއެެވެ. މިދެލޯ ފޮހެލާދޭން އަންނާށެވެ. އިންތިޒާރުގައި ހުރީމެވެ. ޝަކުވާ ހިތާ ކުރަމުން…….

ޓައި ރަނގަޅުކުރަމުން ކެބިންއަށް ވަތް އަޔާންގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ ކަބަޑު ކާރީ ހުރި ޔާލްއެވެ. ޔާލްގެ ސޫރަ ފެނުމުންވެސް އެހިތަށް އެނގުން ވެލައިގެން ދިޔައެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟؟ ކުރިމަތީ އެހުރީ ޖާނާ ފުރާނައިން ލޯބިވާ ހަމަ އެކަނި ކުއްޖާއެެވެ. ފިޔަވަޅެއްގެ އަޑުވެސް ނުއިއްވައި މަޑު ހިނގުމެއްގައި އަޔާންގޮސް ޔާލްގެ ފަހަތުގައި މަޑުކޮށްލިއެެވެ. އަދި ޔާލްގެ ފުރަގަހުން އެތުނި ހަށިގަނޑުގައި ބައްދާލިއެެވެ. ޔާލް ސިހުނު ނަމަވެސް އެއީ އަޔާންކަން ފާހަގަ ކުރަން އެނގުނީ ދުވި މީރު ފޮގް ސެންޓު ވަހުންނެވެ. އަޔާން މަޑުމަޑުން ޔާލްގެ ކޮނޑުމަތީ ދަތްދޮޅި އަޅުވާލުމަށްފަހު ކަންފަތަށް ފުމެލިއެެވެ. އެއާއެކު އިވިގެންދިޔައީ ޔާލްގެ މަޑު ހުނުމުގެ އަޑެވެ. “ދެން ޔާން… މީހަކު އައިސްދާނެ.. ” ޔާލްގެ އުނަގަނޑުގައި ވަށާލެވިފައިވާ އަޔާންގެ އަތް ނައްޓުވަމުން ޔާލް ބުނެލީ ކެބިންގެ ދޮރަށް ބަލާލަމުންނެވެ. “އުހޫން… މިހާރު ލައްކަ ދުވަހު ދުރުގަ ހުރެވިއްޖެ އެންނު. ދެން ނުދެވޭނެ.. ” އިތުރަށް ގާތްވެލަމުން އަޔާން ހީލިއެެވެ. “ޔާން ޕްލީޒް.. ” “އޯކޭ.. ހަދިޔާއެއް ދިނީމަ ދޫކޮށްލެވޭނީ.. ” ކުއްލި ހަރަކާތަކާއެކު ޔާލް އަޔާންއާވީ ފަރާތަށް އަނބުރާލުމަށްފަހު އަޔާން ބުނެލިއެެވެ. އޭރު އަޔާންގެ ނަޒަރުވަނީ ޔާލްގެ ތުންފަތަށް ހުއްޓިފައެެވެ. ޔާލްއަށް އެކަން އެނގުމުން ލަދުން މޫނު ފޮރުވާލިއެެވެ. އަޔާން މަޑުމަޑުން ޔާލްގެ މޫނުގައި ހިފަހައްޓާލިއެެވެ.
“އަޔާ.. ؟؟؟ ” ފަހަތުން އިވުނީ ޝާނިމްގެ އަޑެވެ. އެއާއެކު ދެމީހުންވެސް ދުރަށް ޖެހިލިއިރު ހީވީ ވައްކަމެއް ކޮށްގެން ފަޅާއެރިހެެނެވެ. ” އޯ އެމް ޖީ… ތި ދެމީހުން؟؟؟ ހުވާ ކުރެ ؟؟ ” ގަބޫލު ނުކުރެވިފައި ޝާނިމް ހުރީ އަނގަ ހުޅުވިފައެެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟؟ ދާދި ކުރިން ދުވަހު އަޔާން ދެއްކި ހުރިހާ ވާހަކައެއް އަދިވެސް އޭނަ ހަނދާން އެބަހުއްޓެވެ.. ދެން މިވީ ކިހިނެއް ހެއްޔެވެ؟؟

“ހޫން… ދެން ތި ޑޭ ޑްރީމިން ހުއްޓަބަލަ. ” އަޔާން ގޮސް ޝާނިމްގެ ބޮލުގައި ފުއްޓަތްކެއް ޖަހާލިއެެވެ. “އާން.. ހަމަ އަހަރެމެން ދެމީހުން. ” ޔާލް ގާތަށްގޮސް ހުއްޓެމުން ފުން ހިނިތުންވުމަކާއެކު އަޔާން ބުނެލިއެެވެ. “އެކަމު ޔާލް ލޯބިވަނީ…. ” “ހަހަަހަ… އެދުވަހު ބަލަ އަޔާންގެ ވާހަކައޭ ބުނީ… ޝާނިމްއަށް ޝައްކުވެދާނެތީ ދޮގުހެދީ. ” ހިނިގަނޑެއް ޖަހާލަމުން ޔާލް ބުނެލީ އެދުވަހު ކެންޓީންގައި ދެއްކި ވާހަކަތަށް ހަނދާންވުމުންނެވެ. “އޯހް… ކޮންގްރާ އިނގޭ ބްރޯ.. ” ޝާނިމް ގޮސް އަޔާން ގައިގައި ބައްދާލިއެވެެ. އަދި ޔާލައާއި ދިމާކޮށްލިއެެވެ. ޝާނިމް ހުރީ އޭނާގެ އެންމެ ގާތް އެކުވެރިޔާއަށް ލޯބި ހާސިލްވުމުން ވަރަށް އުފަލުންނެވެ. ނަމަވެސް ލޯބީގެ ހަގީގީ އުފާ އޭނާއަށް ލިބޭނީ ކޮން ދުވަހަކުން ހެއްޔެެވެ؟؟ އެހެން ހިތަށް އެރުމުން ޝާނިމްގެ ހިތުގައި ރިއްސާލިއެވެ. “ކީއްވެފަ؟؟؟” އަޔާންއަށް ޝާނިމްގެ މޫނުމަތިން ފެނިގެންދިޔަ ކުލަވަރު ކަމަކު ނުދިޔައެވެ. “ހެއް.. ބައެއް މީހުންނަށް ލޯބި ހާސިލްކުރަން ފަސޭހަވާނެ. އަނެއްބަޔަކު ޖެހޭނީ ހިތުގައި ވޭން އަޅާ ހާލު ލޯބި ނުލިބިގެން ރޯން.. ” ވޭނީ އަޑަކުން ޝާނިމް އެހެން ބުނެލުމާއެކު އަޔާންއަށް ހަނދާންވީ ނޫރާ މަތިންނެވެ. ތެދެކެވެ. އެކުވެރިޔާ ކިހާ ހާލެއްގައި އުޅޭނެހެއްޔެވެ؟ އަޔާންއާއި ޔާލްއަށް އެކަކު އަނެކަކަށް ބަލާލެވުނީ ޝާނިމްއަށް ކުރާނެ އަސަރު ހިތަށްއަރާފައެެވެ. ޝާނިމް ގަދަކަމުން ހިނިތުންވެލަމުން ކެބިންއިން ނިކުމެގެން ދިޔައެވެ.

އޮފީހުގެ ހުރިހާ މަސައްކަތެއް ނިންމުމަށްފަހު އަޔާންއާއެކު ކާރުގައި ޔާލް ގެއަށް ދިޔައެވެ.
“މިރޭ 8:30 އަށް ރެޑީ ވައްޗޭ.. އަންނާނަން ބަލާ.. ” ޔާލްއަށް ލޯބިވެތި ނަޒަރެއް ދެމުން އަޔާން ބުނެލިއެެވެ. ބަދަލުގައި ބޯ ޖަހާލަމުން ޔާލްވެސް ހީލިއެެވެ. އެ ހީލުމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެނީ ކޮލަށް އެޅޭ އަޑި ކޮޅުންނެވެ.

“ހަލޯ. ކޮބާ ރެޑީތަ ތިމީހުން. ” ފޯނުގައި ހުރެ އެމީހަކު ވާހަކަ ދެއްކިއެވެ. “އާނ. މަށަށް އެނގޭ އެދެމީހުން ގުުޅިއްޖެކަން.. އެކަމު ޔާލް އޭނައަށް ލިބުމުގެ ކުރިން އަހަރެންނަށް ލިބެން ޖެހޭނެ. އަހަރެން ޕްލޭން އަންގާނަން ފަހުން.. މިވަގުތު ބޭއްވީ. އެބަ ގުޅާ އެއްކަލަ މަންޖެ.. ” ފޯނަށް އަރާފައިވާ ނޫރާގެ ނަން ފެނުމުން އަވަސްއަވަހާ ޒާއިން ބޭއްވުމަށް ބުނެލިއެވެ. “ހަލޯ.. ކީކޭ ނޫ ؟ ” ރާގު ބަދަލު ކޮށްލަމުން ޒާއިން އަހާލިއެެވެ. “ހިނގާބަ މިރޭ ބުރެއް ޖަހާލަންދާން. ” ނޫރާ ޒާއިންގެ ހިޔާލު ހުރިގޮތެއް ބަލާލަން އަހާލިއެވެ. “މިރޭ ދޯ.. މިރޭ ނެތޭ ދެވޭކަށް. ކުޑަ ކަމެއް އެބައޮތް.. ސޯ އެހެން ރެޔަކުންދޯ.. ބާއި ލަވް.. ” އިތުރަށް ނޫރާއަށް ވާހަކަަ ދައްކާނެ ފުރުސަތެއް ނުދީ ޒާއިން ފޯނު ބޭއްވިއެވެ. ޒާއިންގެ އަމަލުތަށް ހުންނަ ގޮތުން ނޫރާއަށް ބައެއް ފަހަރު ޒާއިން އޭނަދެކެ ލޯބި ނުވެއޭ ވެސް ހިތަށް އަރައެެވެ. ނޫރާ ޒާއިންދެެކެ އިންތިހާ ލޯބިވިޔަސް ޒާއިން އޭނާދެކެ ލޯބިވާކަމާމެދު މިހާރު ޝައްކެވެ.

8:15 ވީރު ޔާލް ހުރީ ތައްޔާރުވެގެން ގޭ ދޮރުމަތީގައެެވެ. “އަހަމް އަހަމް.. ލަވް ބާޑް ބަލައި އަންނަންދެން ދޯ ތިއިންނަނީ ދޮރުމަތީ ސޭލު އަޅުވައިގެން.. ” މިސްކިތަށް ގޮއްސައި އައި ފައިޒާން ޔާލްއާއި ދިމާކޮށްލިއެވެ. ޔާލް ވަނީ އަޔާންއާއި އޮތް ގުޅުމުގެެ ވާހަކަ އާއިލާ އެންމެނާ ހިއްސާކޮށްފައެެވެ. އިރާދަކުރެއްވީތީ ޔާލްގެ މައިންބަފައިންވެސް އެގުޅުމަށް ރުހި ގަބޫލެވެ. “ދެން ދޯ… ފައިޒާން ގަނޑު. ބަލާނަމޭ ފައިއަށް ވާގޮތެއް.. އެދުވަހަކުން ސަލާމަތެއް ނުވެވޭނެ އިނގޭ ” ފައިޒާން ގައިގައި ބޮނޑިއެއް އަޅާލަމުން ޔާލް ދެލޯ ހަނި ކޮށްލިއެެވެ. އެވަގުތު އަޔާންގެ ކާރު އައިސް އެމީހުންނާ ހަމަ ކުރަނީއެެވެ. “އެއޮށް އައީ ދެންވެސް ދޭބަލަ އަވަހާ.. ” ފައިޒާން މިހެން ބުނެ ގެއަށް ވަނެވެ.

ޔާލް ގޮސް ކާރަށް އެރިއިރު އަޔާން ހުރީ ކަޅިވެސް ޖަހާނުލާ ޔާލްއަށް ބަލާށެވެ. “ދެން ތިވަރަށް ބަލަންޏާ މީހަކު ލަދުން ހަލާކުވާނެ.. ” އަޔާންގެ މޫނުކާރީ އަތް ހޫރާލަމުން ޔާލް ބުނެލިއެެވެ. “ޔާލް.. ވަރަށް ލޯބި މިރޭ. މިރޭ އެކަންޏެއް ނޫން އަބަދުވެސް. ” އަޔާން ޔާލްގެ އަތުގައި ހިފާލިއެެވެ. ބަދަލުގައި ޔާލް ހިނިތުންވެލިއެވެ.
ދެމީހުންވެސް ދިޔައީ ރަސްފަންނުގެ ހިތްގައިމު މާހައުލަށެެވެ.
“ޔާލް.. އަހަަރެންގެ އާއިލާ ވެސް ރުހި ގަބޫލު މިގުޅުމާ. ސޯ އަހަރެން ބޭނުން ވީހާވެސް އަވަހާ ކައިވެނި ކުރަން.. ” ޔާލް ވެސް އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެެވެ. “މާދަން މަންމަމެންނާ ބައްދަލު ކުރަންވީނު؟؟ ” އަޔާން ޔާލްއަށް ބަލާލިއެެވެ. ” ޔާން ބުނާ ކޮންމެ ބަހަކަށް ހަމަ އޯކޭ..” ޔާލް ހީލިއެވެެ. “ހެހެ. އެހެންވިއްޔާ ހިނގާ މިހެން ހަދަން.. ” އަޔާން ވަރަށް ތަފްސީލުކޮށް ހަދަންވީ ގޮތް ބުނެދިނެވެ. “އޯކޭ ލަވް. އެކަމު ހާދަ ހިތް ބިރުގަނޭ.. ލަދުންގޮސް ހަލަކުވާނެ ޔަގީން ” ޔާލް ހުރީ ހަމަ ރަނގަޅަށްވެސް ޖެހިލުންވެފައެވެ. ދެ އާއިލާގެ ބައްދަލުވުމެއް ބާއްވަން އުޅޭއިރު ފުރަތަމަ ފަހަރަށް ވުމުން ބިރުވެސް ގަންނާނެ ނޫންހެއްޔެވެ؟

“ޝާނިމް އަސްލު ވަރަށް ލޯބިވޭދޯ ނޫރާ ދެކެ.. އެކަމު ކިހިނެއް ނޫރާ ލިބޭނީ.. ނޫރާ ޒާއިންދެކެ މާ ލޯބިވޭ. ” ޔާލް ފުން ވިސްނުމެއްގައި އިނދެ ބުނެލިއެެވެ. “އަހަރެން އަސްލު ވަރަށް ދެރަވޭ ޝާނިމްއަށް އެހެންވީމަ.. އަހަންނަށް އެނގޭ ކަމަކީ ޝާނިމް ނޫރާދެކެ އިންތިހާއަށް ލޯބިވާކަން. އެކަމު ކީއްކުރާނީ.. ” އަޔާން ހުރީ އެކުވެރިޔާގެ ހާލާމެދު ވިސްނި ދެރަވެފައެެވެ. “އަސްލު ބުނަންތަަ ވާހަކައެއް؟ ޒާއިން އުޅޭ ގޮތް އެއްވެސް ގޮތަކަށް މަށަށް ކަމަކު ނުދޭ.. ކީއްވެތަ އޭނަ ޔާލްއަށް ބަލަނީ އަބަދު؟؟ ކާކުތަ އެއީ ؟؟ ” ޔާލްއަށްވެސް ހުދު އެސުވާލުގެ ޖަވާބެއް ނޭނގެއެެވެ. “ޒާއިން އެއީ ކްލާސް މޭޓެއް.. ” ޔާލް ބުނީ ހަމައެކަނި މިހެންނެވެ. “ޔާލް.. ގޮތް ނޭނގޭ މީހުންވެސް އުޅޭނެ. އަހަރެން ބޭނުމެއް ނޫން ޔާލްއަށް ދެރަގޮތެއް ވާކަށް ދުވަހަކުވެސް. ” ޔާލް އަށް ބަލާލަމުން އަޔާން ބުނެލި ގޮތުންވެސް އަޔާން ޔާލްދެކެ ލޯބިވާ މިންވަރު އަންގުވައިދެއެވެ.

ޒާއިން އޭނަގެ ރޭވުމާއިގެން ކަންތައް ކުރިއަށް ގެންދަމުންދިޔައިރު އެކަކަށްވެސް ކަމެއް ރޭކާ ނުލައެވެެ. ޒާއިން ދިޔައީ ލިބޭ ކޮންމެ ވަގުތެއްގައި ޔާލްއަށް ފާރަލަމުންނެވެ.

ޝާނިމްގެ ހާލަކީތޯއެެވެ. ނޫރާ ފެންނަ ކޮންމެ ހިނދެއްގައި އެހިތުގައި ވޭން އަޅައެވެެ. ނަމަވެސް ކެތްކުރުން ނޫން ގޮތެއް ނެތެއްނޫންހެއްޔެެވެ؟

އަޔާންއާއި ޔާލްގެ ލޯބީގެ ބަގީޗާގައި ކުރިލައި ހެދެމުން ދިޔަ މާގަސްތަކުގައި މާފޮޅި ތާޒާ ވަމުންދެއެވެެ. ދެމީހުންވެސް ތައްޔާރުވަމުން ދިޔައީ ދެއާއިލާ އާއި ކައިވެނީގެ ވާހަކަ ދައްކަން ހަމަޖހެިފައިވާ ދުވަހަށެވެެ. ނަމަވެސް އަޔާންގެ ހިތުގައި ނޭނގޭ ބިރުވެރިކަމެއް އުފެދެމުން ދިޔައިރު ކޮންމެވެސް ބޮޑުކަމެއް ވާންއުޅޭ ހިތަށް އަރަނީއެެވެ.

ނޫރާ ޒާއިންގެ ފަރާތުން އެއްވެސް އަޅާލުމެއް ނުލިބެއެެވެ. މިކަމާ ބޯ ގޮވާ ކޮންމެ ފަހަރަކު ހުރިހާ އިހްސާސެއް ބޭރުކޮށްލެވެނީ އޭނަދެކެ ހިތާ ފުރާނައިން ލޯބިވާ ޝާނިމްގާތުއެވެ. ނަމަވެސް އެކަން ނޫރާއަށް އެނގޭނަމަ ކޮންފަދަ ހެއްޔެވެ؟؟

(ނުނިމޭ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

SJK...KOREAN

Level 2100 Comments100 Login10 Stories

a girl who loves reading and writing dhivehi stories..and to read the sweet comments of the readers < 3 <3 <3

Other Articles

Previous

ގެއްލިދިޔަ ހަޔާތް….. 3

Next

ނޭނގި ހިތޭ ތި އަތުލީ 16

Next
December 14, 2017

ނޭނގި ހިތޭ ތި އަތުލީ 16

Previews
December 13, 2017

ގެއްލިދިޔަ ހަޔާތް….. 3

28 Comments!

  1. Hayat says:
    December 13, 2017 at 9:36 pm

    YAAAAAY

    1. Hayat says:
      December 14, 2017 at 3:35 pm

      Lol Anonymous kada vaane :p

  2. Anonymous says:
    December 13, 2017 at 9:39 pm

    Me first

  3. Lam says:
    December 13, 2017 at 9:40 pm

    Vvv reethi…

  4. Thu says:
    December 13, 2017 at 9:45 pm

    Ehaa dhuvas khfa up khlaairuvx haadha kurey.. ☹

  5. xee says:
    December 13, 2017 at 9:47 pm

    Me second dho

  6. Anonymous says:
    December 13, 2017 at 9:48 pm

    Vvv reethi vaaka?

  7. Firoo says:
    December 13, 2017 at 9:56 pm

    Vv rythi storyy. . ???avahah up kohdhehcheyy. ..

  8. Shudha says:
    December 13, 2017 at 10:19 pm

    Sjk how’s u?.. v reethi mi part ves?… zaain aa hedhi ley machah dhaavaruvey… eyna vaane rangalhu landeh dheyn… i love this story… keep up the gud work inge..? loveeeeeeess❤

  9. Friends says:
    December 13, 2017 at 10:26 pm

    Masha allah stry vvv nice.keep it up dear.but mi part vess kuru dhw.
    When next part dear.
    Plx upload soon sjk
    Waiting waiting.
    Gud nyt sjk.????

  10. Rsh says:
    December 13, 2017 at 10:50 pm

    V Reethi

  11. JUMA says:
    December 13, 2017 at 11:19 pm

    Hiii frnduuu. …??? hws u??? Story vrh reethi ????❤❤ ekamu too short??? r u bxy??? Wht hppnd? ??

  12. Yaloo says:
    December 13, 2017 at 11:32 pm

    Alhey yaal ah dhera gotheh nuhadhahchey.. btw stry hama fabulous ingey…waiting waiting…n whn nxt prt??

  13. Zuam says:
    December 14, 2017 at 12:10 am

    Wow….. waiting

  14. Mysh says:
    December 14, 2017 at 12:34 am

    Woowww..mi prt ves v rythi..bt shaanim aai noora ge bai thankolheh ginain genes dhinihyaa v rythi vaane..ly sjk❤

  15. .... says:
    December 14, 2017 at 4:16 am

    Nice

  16. Anonymous says:
    December 14, 2017 at 9:59 am

    Haadha kurey

  17. Ram says:
    December 14, 2017 at 1:32 pm

    Masha allah very very nice but haadha kurey this part?
    When next part …
    Ly sjk ..???????

  18. sana says:
    December 14, 2017 at 1:39 pm

    Hey how are you sjk ??
    This part hama obinexx to the max…..?
    But too short ?
    When next part…?
    Ly sjk dhooni gandaa ??

  19. Nish says:
    December 14, 2017 at 3:27 pm

    Awlheyy yaal ah kihinehbaa vaan eulheni..now vv kiyaa hiyve story? mi part ves vvv salhi..keep going dear? loves?

  20. Roo says:
    December 14, 2017 at 5:12 pm

    Awww dhen vaa goi balaalaa hithun nuves hurevey.. sjk avahah up kohladhehchey ingey luv ?? thankolheh short kanneynge.. but varah reethi.. yaal ah gotheh nahadhahchey. ? love you ❤️❤️

  21. Eemyaa says:
    December 14, 2017 at 8:41 pm

    Hei dear ? hw r u?? ?
    Story hama v reethi ??
    Eyruves heeviyey mi zaain rangalheh nuvaaney
    Alhey noo n yaal ah dhera gotheh nahadhahchey

  22. Shann says:
    December 15, 2017 at 8:53 am

    Wow wow sjk, haadha gadhaey story liyan.. V ves rythi mibaives… Khondhuvaheh mi story ah inthixaaru kuraathaa.. Mee mihaaru mi site ge enme enme rythi story.. Next part avaaaaaassss

  23. SJK...KOREAN says:
    December 16, 2017 at 7:14 am

    SALAAM all sweet readers..
    THANKYOU SO SO SO MUCH FOR EVERYONE. really glad to see ur comment 🙂
    sorry hurihaa kudhinge comment thakah mifaharu reply nukurevunyma 🙁 🙁
    actually, mi dhuvas kolhu varah busy koh alhugandu miulheny. ehn noon nama komme dhuvahaku insha allah part eh up kohdhenees, kurinvx up kohdheyhen..
    i’m being honest n really i’m too busy. hope all will understand 🙂 🙂 insha allah free veema daily koh up kohdheynan komme dhuvahaku one part gothah 😀
    nxt part soooon 😉
    LOVE YOU ALL SO MUCH <3 <3 <3 <3 <3 <3

  24. ?? says:
    December 16, 2017 at 10:52 am

    Its ok…we understand

  25. Anonymous says:
    December 16, 2017 at 12:19 pm

    Wow. Nice?

  26. Shudha says:
    December 16, 2017 at 12:46 pm

    ooh its ok dear… hope to see u soon ❤

  27. Love says:
    December 18, 2017 at 9:09 am

    Sjk where’s the story?? Craving for it… ?

Comments are closed.

Next Episodeހިތް މިއެދޭ ސޫރައޭ ތީމަގޭ (15 ވަނަ ބައި)←


All Right Reserved!