Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ގެއްލިދިޔަ ހަޔާތް…..2

cheesemoosa Level 210 Stories100 Comments
December 13, 2017 5 Mins Read
6 Comments

އެރޭ ރޭޝަމްގެ ލޮލަކަށް ނިންޖެއް ނައެވެ. އެތައް އިރެއްވަންދެން ނިންޖާ ހަނގުރާމަ ކުރުމަށްފަހުވެސް ބަލި
ގަބޫލުކުރަންޖެހުނީ ރޭޝަމްއަށެވެ. މާދަމާ އަކީ ރޭޝަމްގެ ހަޔާތް ބަދަލްކޮށްލާނެ ދުވަހެއްކަން ރޭޝަމް އަށް ހީވަމުން
ދިޔައެވެ. މިރެއާ ޖެހެންދެން އުޅުނު އުފާވެރި ދިރިއުޅުމަށް ބަދަލެއް އަންނަން އުޅޭކަމުގެ އިންޒާރު ރޭޝަމްގެ ނަފްސު
ދެމުންދިޔައެވެ. ފަތިސް ނަމާދަށް ބަންގި ގޮވީވެސް ރޭޝަމް އެހާލެއްގައި އޮއްވައެވެ. މަޑުމަޑުން ތެދުވެގެން ގޮސް ނަރީމާގެ
ކައިރީގައި އިށީންދެލިއެވެ. އަދި މަންމަގެ އަތުގައި ހިފާލަމުން އެއަތަށް ބަލާލިއެވެ. މަޑު،ދޮން އަތްތިލައެކެވެ. ބުރަ މަސައްކަތް
ކޮށްފައިވާކަން އެއަތުގައި ޖެހިފައިވާ ރޫތަކަށް ބަލާލުމުން އެނގެއެވެ. އެއީ ހަމައެކަނި ރޭޝަމްއަށްޓަކާ ރެއާދުވާލު ދާ
އޮހޮރުވާ، ހިނިތުންވުމަކާއެކު މަސައްކަތްކުރި ދެއަތެވެ. ރޭޝަމްގެ ލޮލުން ކަރުނަ ހިލުނެވެ. ލޯބިން އެދެއަތުގައި ރޭޝަމް
ބޮސްދިނެވެ. އެއާއެކު ނަރީމާއަށް ހޭލެވުނެވެ. ކައިރީގައި ރޮވިފައި އިން ރޭޝަމްއަށް އޯގާތެރިކަމާއެކު ނަރީމާ
ބަލާލިއެވެ. “ހިތްވަރުކުރޭ ދަރިފުޅާ، އިރާދަކުރެއްވިއްޔާ ދަރިފުޅު ވަރަށް އަވަހަށް ނަރުހަކަށް ވެގެން މަންމަ ކައިރިއަށް މިރަށަށް
އަންނާނެ، އެދުވަހަކަށް މަންމަ ކެނޑިނޭޅި އިންތިޒާރުކުރާނަން…“ ނަރީމާއަށްވެސް ރޮވެންފެށުނެވެ.
ނަމާދުކޮށްލައިގެން ރީތިވެލައިގެން ބަނދަރުމައްޗަށް ރޭޝަމްއަށް ދެވުނުއިރު މީހުން ދޯންޏަށް އަރަނީއެވެ. މޫސަބެވެސް
ބަނދަރުމަތީގައި ރޭޝަމްގެ އިންތިޒާރުގައި މަޑުކޮށްލައިގެން އިނެވެ. “ރޭޝަމް..ރޭޝަމް…މަޑުކޮށްބަލަ“ ތަންކޮޅެއް ދުރުން
ދުވެފައި ޒަފޫ އައެވެ. ޒަފޫ ފެނުމުން ރޭޝަމް އިތުރަށް ދެރަވިއެވެ. ބާރަށް ބައްދާލުމާއެކު ރޭޝަމްގެ ލޮލުން ކަރުނަ
އޮހެރެންފެށިއެވެ. “މިއޮތީ ފޯނެއް …އަހަރެން ގުޅާނަން ހާލުބަލަން، ފްރެންޑްސް ފޯރ އެވަރ“ ރޭޝަމް އަތަށް ފޯނެއް ދެމުން ޒަފޫ
ބުންނެވެ. “އެކަމަކު މިއީ ޒަފޫގެ ފޯނެއްނު.. ދެން ޒަފޫ..“ ރޭޝަމް ހައިރާންވެފައިހުރެ ޒަފޫއަށް
ބަލާލިއެވެ. “މައްސަލައެއްނެތޭ، އަހަރެންނާ ނަރީމައްތަ ގުޅާނަމޭ ރޭޝަމްއަށް ކޮންމެވެސް ގޮތަކުން..“ ޒަފޫ
ހިނިތުންވެލިއެވެ. “އަހަރެންގެ ވަރަށް ބޮޑު އެދުމެއް އެބަ އޮތް.. މަންމަ ރަނގަޅަށް ބަލައިދެއްޗޭ ޕްލީޒް“ ރޭޝަމް ޒަފޫ ކައިރީ
އެދުނެވެ. ޒަފޫ އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.
“ ދަރިފުޅާ ރޭޝަމް، އެގޭ ދައްތަމެންގެ ބަސްއަހާތި، ރަނގަޅަށް ކިޔަވާތި… ކައިގެން ބޮއިގެން ހުންނާތި“ ނަރީމާ ރޭޝަމްއަށް
ނަސޭހަތްތެރިވިއެވެ. “މަންމައަށް އިނގޭނު އަހަރެން ގޯސްކޮށެއް ނޫޅޭނެކަން ދޯ“ ރޭޝަމް ހިނިތުންވާން މަސައްކަތް
ކުރިއެވެ. އަދި މަންމަގެ ގައިގައި ބާރަށް ބައްދާލަމުން މަންމަގެ ކޮލުގައި ބޮސްދިނެވެ .
ދޯންޏަށް އެރުމާއެކު ރޭޝަމްގެ ހިތް ބާރަށް ރޮއިގަތެވެ.ވަގުތުން ބަނދަރުމަތީގައި ތިބި މަންމައާ ޒަފޫއާ ދިމާލަށް
ބަލާލެވުނެވެ. ރޭޝަމްގެ މައުސޫމު ހިތަށް ތަދުވަމުންދިޔައެވެ. އެވަގުތު ނަރީމާގެ ލޮލުގައި އެތައް އުއްމީދުތަކެއް
އުތުރިއަރަމުންދިޔައެވެ. މިދުނިޔޭގައި އެގޮތަށް ދަރިންނަށް މަތީ ތައުލީމު ހޯދައިދިނުމަށްޓަކާ ދުރަށް ފޮނުވާލަނީ ކިތައް
މައިންބަފައިން ހެއްޔެވެ؟ ހަމައެކަނި އެންމެ ކަމަކަށްޓަކައެވެ. އެދަރިފުޅު އެމައިންބަފައިން ފަޚުރުވެރިވާފަދަ ދަރިއަކަށް
ހެދުމަށްޓަކައެވެ. އެހެނަސް މާލެ ދެވުމުން މައިންބަފައިން ވީ ޤުރުބާނީއަށް ފަސްއަޅާ ފޮރުވާލަނީ ކިތައް ދަރިން
ހެއްޔެވެ؟ ފާހިޝް އަމްލްތަކުގެ ޝިކާރައަކަށް ނޫނީ އަނިޔާވެރިއެއްގެ މަގުގައި އަރަޤުވެގެންދަނީ ކިތައް ދަރިން ބާވައެވެ؟ ފަހެ
ރޭޝަމް ވާނީ އޭނަގެ މަންމަގެ ނަން ރަން ގަލަމުން ފަވާލާނެ ކުއްޖަކަށް ހެއްޔެވެ؟ ނޫނީ އެމަންމަގެ ހިތް ކަފުންކޮށް ވަޅުލާނޭ
ދަރިއަކަށް ހެއްޔެވެ؟ ކޮންމެއަކަސް އެމަންމަގެ ހިތުގައި އެތައް އުއްމީދުތަކެއް މިއަދު އެބަވެއެވެ.
ދޯނި ދުއްވާލުމާއެކު ރޭޝަމް މަންމަމެންނަށް އަތް ހޫރާލިއެވެ. ނަރީމާއާ ޒަފޫވެސް އަތް ހިއްލާލިއެވެ. ނަރީމާ ހުރީ
އުފަލުން ހެވިފައެވެ. ހަމައެހެންމެ ވޭނީ ކަރުނައެއްވެސް އެދެލޮލުން ފާއްދާލިއެވެ. ފަހެ އަމިއްލަ ދެއަތުން ރޭޝަމް އެފޮނުވާލެވުނީ
އަމާން އުފާވެރި މަންޒިލަކަށް ހެއްޔެވެ؟ އަންނަން އޮތް ތޫފާނަކީ ކިހާ ވޭންދެނިވި ތޫފާނެއްކަމާއި އޭގައި އެކުލެވިފައިވަނީ ކިހާ
ވިހަގަދަ ޒަހަރެއްކަން އެމައިމީހާގެ ހިތަށްވެސް ނުގެނެވޭނެކަން ޔަގީނެވެ.
ދޯނިމަތީގައި އިން އިރު ރޭޝަމްގެ ނަޒަރު ގޮސް ހުއްޓިފައިވަނީ މާކަނޑުގެ ބިޔަ ރާޅުތަކާ ދިމާލަށެވެ. “އަހަރެންގެ ހަޔާތުގެ
ބޮއްކުރާ ލައްގަން މިއުޅެނީ ކޮންފަދަ މަންޒިލަކަށްބާވައެވެ؟ ބިރު ގަނެއެވެ. ވަރަށް ބޮޑަށް ބިރު އެބަގަނެއެވެ. “ރޭޝަމް އަމިއްލަ
ނަފްސާ ވާހަކަދައްކަމުންދިޔައެވެ. އަދި އަތް ދަބަހުގައި އޮތް މަންމަގެ ކުޑަ ފޮޓޯއެއް ނެގުމަށްފަހު މޭގައި ޖައްސާލިއެވެ. އެވަގުތު
ރޭޝަމްގެ މުޅި ހަށިގަ ނޑު ފިނިވެގެންދިޔައެވެ. ހަޔާތުގަވެސް ފުރަތަމަ ފަހަރަށް މަންމައާ ދުރަށް ދާން ޖެހުމުން އެހިތުގައި
ވޭނީ އާހެއް އުފެދެމުންދިޔައެވެ.
ކުއްލިއަކަށް ފޯނަށް މެސެޖެއް އައެވެ. ތެޅިތެޅި އޮތް ހިތަކާއެކު ރޭޝަމް އެމެސެޖް ކިޔާލިއެވެ. “އުފާވެރި ދުވަސްތަކަކަށް
އެދެން، އަވަހަށް އަންނާތި، މިސް ޔޫ“ އެއީ ޒަފޫގެ މެސެޖެކެވެ. ރޭޝަމްގެ ލޮލުން ކަރުނަ ފާއްދާލިއެވެ. އަވަސް އަވަހަށް ކަރުނަތައް
ފޮހެލަމުން މޫސަބެއާ ދިމާލަށް ބަލާލިއެވެ. “މޫސަބޭ.. އެގޭގައި އުޅެނީ ކޮން ބައެއްތަ؟ ވަރަށް ގިނަ މީހުން އުޅޭތަ؟ “ރޭޝަމް
އޮޅުންފިލުވަން ބޭނުންވިއެވެ. “އެގޭގައި އުޅެނީ ލަތީފު ކިޔާ މީހެއް،އޭނަގެ ދެ އަނބިންނާ ދެދަރިން،ދެން އުޅޭނެ ލަތީފުގެ
ފިރިހެން ކޮއްކޮއެއް“ މޫސަބެގެ ޖަވާބުން ރޭޝަމްއަށް ލިބުނީ ކުއްލި ސިހުމެކެވެ. “ދެއަނބިން…… އެއް ގެއެއްގަ“ ރޭޝަމްގެ
މޫނުމައްޗަށް ވެރިވެގެންދިޔައީ ނުތަނަވަސްވެރިކަމެވެ. ދެވެން މިއުޅެނީ ކޮންފަދަ ތަނަކަށް ބާއޭ ހިތާހިތާ ސުވާލުކޮށްލެވުނެވެ.
މާލެ ވަދެވުނީ އެއްރޭ އެއްދުވާ ފަހުންނެވެ. “ރޭޝަމް.. ރޭޝަމް.. ތެދުވޭ.. މާލެ އާދެވިއްޖެ“ މޫސަބެ ރޭޝަމްއަށް
ގޮވާލިއެވެ. މޯޅިއަކަށް ދެމިލަމުން ރޭޝަމް ލޯ ހުޅުވާލިއެވެ. އެއާއެކު ނިދިވެސް ފިލައިގެންދިޔައެވެ. ހައިރާންކަމާއެކު ރޭޝަމްއަށް
ވަށައިގެން ބެލެން ފެށުނެވެ. ޓީ ޖެޓީއަށް ދޯނި ގާތްކުރަމުން ދިޔައިރު ރޭޝަމްހުރީ އަނގައިން ބަސް ހުއްޓިފައެވެ. “މީ މާލެތަ
ނޫނީ ބޭރު ގައުމެއްތަ؟ “ބޭއިޚްތިޔާރުގައި ރޭޝަމްއަށް އަހާލެވުނެވެ. “ހެ.. ހެ.. އެކޮއި ބުނަން،މިއީ ހަމަ މާލެ، މިތަނުގެ އުސް
އިމާރާތްތައް ފެނިފަ ހައިރާންވީ ދޯ.. ދުވަސްކޮޅެއްވީމަ އަދި މާލޭގެ އަސްލު ހަގީގަތް އެކޮޔަށް ވެސް އިނގޭނެ“ މޫސަބެ އެއް
މިޔަކަނުން ހީލިއެވެ. ކުރެވުނު ސުވާލުން މޮޔަހީވެ ރޭޝަމް އިސްދަށަށް ޖަހާލިއެވެ.
ދޯނިން ފޭބުމާއެކު މޫސަބެ ރޭޝަމްގެ ފޮށި ދޯނިން ބޭލިއެވެ. އަދި މަގުގެ އެއްފަރާތުގައި ޓެކްސީއެއް ލިބޭތޯ
މަޑުކޮށްލިއެވެ. ޓެކްސީއެއް ލިބުނީ އިރުގަ ނޑެއް ފަހުންނެވެ. “އާދޭ އަވަހަށް އަރާ …“ މޫސަބެ ގޮވާލިއެވެ.ހައިރާންވެފައިހުރެ
ރޭޝަމް ގޮސް ކާރަށް އެރިއެވެ. މޫސަބެވެސް ފޮށި ޑިކީއަށް ލުމަށްފަހު ކާރަށް އެރިއެވެ.“މ.ވިދާގެ“ މޫސަބެ ޑްރައިވަރު
ކައިރީގައި ބުނެލިއެވެ. އެއާއެކު ޑްރައިވަރު ޓެކްސީ ދުއްވާލިއެވެ. ރޭޝަމް ކާރުގެ ކުޑަދޮރުން ބޭރަށް ނަޒަރު
ހިންގާލިއެވެ. ފެންނަމުން ދިޔައީ ހުވަފެނެއްބާއޭ ހިތަށް އަރަމުން ދިޔައެވެ. އުސް އިމާރާތްތަކާ އެތައް ހާސް ފިހާރަތަކެއް
ފެންނަމުން ދިޔައެވެ. މަގުމަތީގައި ދުއްވާ އެއްޗިއްސާއި މީހުން ގިނަކަމުން ރޭޝަމް އިނީ ދެލޯ ބޮޑުވެފައެވެ.
ގެއާ ހަމައަށް އާދެވުމުން ޓެކްސީ މަޑުކޮށްލިއެވެ. ރޭޝަމް ޓެކްސީއިން ފޭބުމަށްފަހު މަގުގެ އެއްފަރާތުގައި
މަޑުކޮށްލިއެވެ. މޫސަބެ ފޮށި ހިފައިގެން އައިސް ރޭޝަމް ކައިރީގައި މަޑުކޮށްލިއެވެ. “މިހިރީ އެގެއަކީ.. މިތާ ހަތަރުވަނަ
ބުރި“ ފެހިކުލައިގެ ދޮރާއްޓެއް ލާފައި ހުރި އިމާރާތަކާ ދިމާލަށް އިޝާރާތްކޮށްލަމުން މޫސަބެ އެދޮރުން ވަނެވެ. ރޭޝަމްވެސް
ފަހަތުން ވަނެވެ. ސިޑިން އަރަމުން ދިޔައިރު ރޭޝަމްގެ ހިތް ބާރަށް ތެޅެމުންދިޔައެވެ. ކީއްވެގެން ކަމެއް ނޭނގެއެވެ.
މޫސަބެ އެގޭ ދޮރު ހުޅުވާލަމުން އެތެރެއަށް ވަނެވެ.ރޭޝަމް މަޑު ފިޔަވަޅުތަކެއްގައި އެތެރެއަށް ވަންނަން
ހިނގައިގަތެވެ. ކުއްލިއަކަށް މެދުއުމުރުގެ އަންހެނަކު ރޭޝަމްގެ ފައިބުޑަށް އައިސް ވެއްޓުނެވެ. އެއާއެކު ރޭޝަމްއަށް
ހަޅޭއްލަވައިގަނެވުނެވެ. ބޭއިޚްތިޔާރުގައި ދުރަށް ޖެހިލެވުނެވެ. އަދި އެއަންހެންމީހާއާ ދިމާލަށް ސުވާލުގެ ނަޒަރަކުން ރޭޝަމް
ބަލާލިއެވެ. ތަށިމުށިގަނޑުގައި އަތް ވިއްދަމުން ތެދުވެވޭތޯ އެއަންހެންމީހާ ދިޔައީ މަސައްކަތް ކުރަމުންނެވެ. އެވަގުތު އެއަތުގައި
ވާ ޒަޚަމްތައް ރޭޝަމްގެ ލޮލުގައި އަޅައިގަތެވެ. އަތުގެ އެކި ތަންތަން ވަނީ ފިހިފައެވެ. މުޅި މީހާ ވަނީ ހިކި
އަނަރޫފަވެފައެވެ. ހަމްދަރުދީގެ ނަޒަރަކުން ރޭޝަމް އެމީހާގެ ލޮލަށް ބަލާލިއެވެ. އެދެލޮލުގައިވަނީ ވޭނާ
ހިތްދަތިކަމެވެ. ބިރުވެރިކަމެވެ. ރޭޝަމްއަށް ފަހަތަށް ޖެހިލެވުނެވެ. “ތެދުވޭ، ހަމަ މިހާރު މަގޭ ލޯ ކުރިމަތިން
ދުރަށްދޭ“ ބަރު، ފިރިހެން އަޑެއް އިވުމާއެކު އެދިމާލަށް ރޭޝަމްއަށް ސިހިފައި ބަލާލެވުނެވެ. އެއީ މެދު އުމުރުގެ ފިރިހެނެކެވެ. އެއީ
އެގޭގެ ވެރިމީހާ، ލަތީފްކަން ރޭޝަމްއަށް ވިސްނައިގަނެވުނެވެ. އޭނަގެ ހަޅޭކާއެކު ބިންމައްޗަށް ވެއްޓިފައި އޮތް ނިކަމެތި
އަންހެންމީހާ ފުންމައިގެން ތެދުވިއެވެ. ބިރެއްފެނިގެން ތެދުވާ ކަހަލަ ގޮތަކަށެވެ. އަދި ދުވެފައި ގޮސް ބަދިގެއަށް ވަނެވެ.
“މިއީ ރޭޝަމް، އަހަރެން ބުނީމެއްނު ކިޔަވަން ވެގެން ކުއްޖަކު އަންނާނެ ވާހަކަ“ މޫސަބެ ވާހަދެއްކީ ލަތީފްއާއެވެ. ރޭޝަމް
ހުރީ ހިރިލަންވެސް ނުކެރިފައެވެ. ހުއްޓުނު ފިޔަވަޅު މަތީގައި ހުރެވުނީއެވެ. “ރޭޝަމް ހުންނާނީ އާމިރާމެން ކޮޓަރީގަ.. ދެންމެ
މިތަނުން ދިޔަ އަންހެނާ ވާހަކަ މިބުނީ، މިގޭގަ އުޅެންވާނީ އަހަރެން ބުނާ ގޮތަށް ހަދައިގެން“ ލަތީފް ރޭޝަމްއަށް ބަލާލަމުން
ބުންޏެވެ. ކޮޓަރިއާ ދިމާލަށް އިޝާރާތް ކޮށްލަމުން ލަތީފާއި މޫސަބެ ގެއިން ނިކުމެގެން ދިޔައެވެ.
ފޮށި ދަމަމުން ކޮޓަރިއާ ދިމާލަށް ރޭޝަމް ހިނގައިގަތެވެ. ކޮޓަރިއާ އަރާ ހަމަވަނިކޮށް ޖެހިގެން ހުރި ކޮޓަރިން ނިކުތް
އަންހެންމީހާގެ ގައިގައި ރޭޝަމްގެ ކޮނޑުން ޖެހުނެވެ. “އައްޗީ..ގައިގަ ނުޖެހޭތި.. ހީނުކުރާތި މިގެއަށް އާދެވުނީމަ ރަންގަނޑެއް
ލިބުނީއޭ… ރާއްޖެތެރޭ ނާތަހުޒީބު މީހުން.. ހްމް.. ވަރަށް ފޫހިވޭ“ އެއަންހެންމީހާ ހުރީ ރުޅިއައިސް ރަތްވެފައެވެ. “އަޅުގަނޑަށް
މައާފު ކުރޭ، ގަސްތުގައެއް ނޫން“ ރޭޝަމް އަދަބުވެރިކަމާއެކު އިސްދަށަށް ޖަހާލިއެވެ. ނަމަވެސް ކުދިކިޔަމުން އެއަންހެންމީހާ
ދިޔައީއެވެ. ފުންނޭވާއެއް ލަމުން ރޭޝަމް ކޮޓަރިއަށްވަނެވެ.
ކޮޓަރިއަށް ވަދެވުމާއެކު ފޮށި ކަނެއްގައި ބަހައްޓާލަމުން ކޮޓަރިތެރެއަށް ރޭޝަމް ބަލާލިއެވެ. އެވަގުތު އެއްފަރާތެއްގައި
ހުރި ކުޑަ އެނދެއްގައި ނިދާފައި އޮތް ކުޑަ ފިރިހެން ކުއްޖަކު ރޭޝަމްގެ ލޮލުގައި އަޅައިގަތެވެ. މަޑު ފިޔަވަޅުތަކެއްގައި ގޮސް
އެނދު ކައިރީގައި ރޭޝަމް މަޑުކޮށްލިއެވެ. އަދި ހިނިތުންވުމަކާއެކު އެކުއްޖާއަށް ބަލައިލިއެވެ. ވަރަށްވެސް ލޯބި
ކުއްޖެކެވެ. ބަލާބެލުމަށް ހީވަނީ އެއް އަހަރުގެ ކުއްޖެއްހެންނެވެ. އެކުއްޖާގެ ބޮލުގައި ފިރުމާލަމުން ރޭޝަމް އެނދުގައި
އިށީނެވެ. ކުއްލިއަކަށް ކޮޓަރީގެ ދޮރު ހުޅުވިގެންދިޔައެވެ. ސިހިފައި އެދިމާލަށް ރޭޝަމްއަށް ބަލާލެވުނެވެ. ކޮޓަރީގެ ދޮރުމަތީގައި
ހުރީ ގާތްގަ ނޑަކަށް 9 އަހަރުގެ އަންހެން ކުއްޖެކެވެ. އެކުއްޖާ ހުރީ ސްކޫލް ޔުނީފޯމެއްގައި ކަމުން އެއައީ ސްކޫލުން ކަން
ރޭޝަމްއަށް އެނގުނެވެ. “އަވަހަށް ދޭ ޔުނިފޯމް ބަދަލުކޮށްގެން އަންނަން، މަންމަ ކާން ހަދާނަން“ އޭރު ފެނުނު ނިކަމެތި
އަންހެންމީހާ ކޮޓަރިތެރެއަށް ވަދެގެން އައެވެ. ރޭޝަމް އަވަސް އަވަހަށް އެނދުން ތެދުވިއެވެ. “އަހަރެންނަށް ކިޔަނީ އާމިރާ.. މިއީ
އަހަރެންގެ ދޮށީ ދަރިފުޅު، މާލް، ނިދާފަ އެއޮތީ ޔަނާލް“ އެއަންހެން މީހާ ހިނިތުންވުމަކާއެކު ރޭޝަމްއާ ވާހަކަދެއްކިއެވެ. ރޭޝަމް
ހުރީ ހުއްޓުންއަރާފައެވެ. ފެންނަމުން މިދާ މަންޒަރުތައް ހިތަށް ގެންނަން އުނދަގޫވަމުން ދިޔައެވެ. “އަޅުގަނޑަށް ކިޔަނީ
ރޭޝަމް“ ރޭޝަމް ހިނިތުންވެލިއެވެ.
ފެންވަރާލާ ރީތިވެލައިގެން ރޭޝަމް ދިޔައީ ބަދިގެއަށެވެ. އެވަގުތު މާލް އިނީ މޭޒުދޮށުގައި ކާށެވެ. ބަދިގެތެރޭގައި
އަވަދިނެތި ކެއްކުމުގައި އާމިރާ އުޅެއެވެ. “ދައްތާ…އަޅުގަނޑު އެހީއެއް ވެދެންތަ؟ “ރޭޝަމް އާމިރާއާ
ސުވާލުކޮށްލިއެވެ. “ނޫން.. މިގޭގަ ހުރިހާ މަސައްކަތެއް ކުރަނީ ދައްތަ، ރޭޝަމް ދޭ މާލްއާ އެކީ ކާން“ ހިނިތުންވުމަކާއެކު އާމިރާ
ވާހަކަދެއްކިއެވެ. “އެކަމަކު އަޅުގަނޑު ބޭނުން ދައްތައަށް އެހީތެރިވާން.. އަޅުގަ ނޑުގެ މަންމަ އަބަދުވެސް ބުނޭ މީހުންނަށް
އެހީތެރިވާށޭ… އެހެން ނޫނަސް ދައްތަގެ އަތަށް ބަލާބަ… މުޅި އަތް ތިއޮތީ ފިހިފަ“ ރޭޝަމް ހަމްދަރުދީގެ ނަޒަރަކުން އާމިރާގެ
އަތަށް ބަލާލިއެވެ. އަދި ސިންކުތެރޭގައ ފުނިޖެހިފައި ހުރި ތަށިތައް ދޮންނަން ފެށިއެވެ.
ކުއްލިއަކަށް ފަހަތުން މީހަކު އައިސް ރޭޝަމް ދުރަށް ކޮށްޕާލިއެވެ.(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

cheesemoosa

Level 210 Stories100 Comments

Other Articles

Previous

ނޭނގި ހިތޭ ތި އަތުލީ 15

Next

ހަމްސަފަރް

Next
December 13, 2017

ހަމްސަފަރް

Previews
December 13, 2017

ނޭނގި ހިތޭ ތި އަތުލީ 15

6 Comments!

  1. niky says:
    December 13, 2017 at 6:28 pm

    V reethi

  2. JUMA says:
    December 13, 2017 at 6:49 pm

    Wowww. . Vrh reethi mi vaahaka …. nxt prt plx dhogu kohla dhehche ingey???? whn nxt prt???? Waitingssss ???????

    1. JUMA says:
      December 13, 2017 at 6:56 pm

      Dhigu kohla*
      By the way I’m first dhw ?????????

  3. sam❤ says:
    December 13, 2017 at 6:50 pm

    Nice

  4. Xxxx says:
    December 13, 2017 at 8:38 pm

    Wooooowww..v.interesting

  5. Rsh says:
    December 13, 2017 at 8:39 pm

    V Reethi…? but v kuru..

Comments are closed.

Next Episodeގެއްލިދިޔަ ހަޔާތް….. 4←


All Right Reserved!