ހަމްސަފަރް
ބޭރުން ފެންނައިރު ހީވަނީ ބޮޑު ގަނޑުވަރެއްހެއްނެވެ. ސަންގުމަރުމަރު ހިލައިން ހަދާފައިވާއިރު ވަނީ ތިންބުރިއަށް ނަގާފައެވެ. ގެވަށައިގެން ވަށާފާރު ނަގާފައި ވާއިރު ކަޅުކުލައިގެ ބޮޑު ގޭޓެއްލާފައި ވެއެވެ. ގޭޓުން އެތެރެޔަށް ވަދެގެންދާއިރު ފެންނަން އޮތް ބޮޑު ބަގީޗާގައި އެކިކުލަކުލައިގެ މާމެލާމެލި ހައްދާފައިވެއެވެ. އެއީ މީހަކު ވަރަށް ރަނގަޅަށް ބަލަހައްޓަމުން އަންނަ ތަނެއްކަން ބަލާލުމުންވެސް އިނގެއެވެ. ގޭގެ އެތެރެޔަށްވަދެގެން ދާއިރު ފުރަތަމަވަދެވެންއޮންނަނީ ބޮޑު ހޯލެއްކަހަލަ ސިޓިންރޫމްއަކަށެވެ. މުޅިމާހައުލުންވެސް ފެންނަމުން ދަނީ ޒަމާނީ ކުލަތަކެވެ. ސިޓިންރޫމްގެ މެދާކަތްހިސާބުގައި ބޮޑުތަނބެއް ހުއްޓެވެ. އެތަނބުވަށައިގެން ކަޅުކުލައިގެ ސޯފާސެޓެއް ހުއްޓެވެ. ކުރިމަތީ ދެފަޅިއައްވާގޮތަށް ސިޑިބަރިހަދާފައި ހުއްޓެވެ. ބަލާލިކޮންމެ ދިމާއަކުންވެސް ފެންނަމުންދަނީ މޮޅެތި ކުރެހުންތެރިންގެ މަސައްކަތް ތަކުން މުޅިގެ ޒީނަތްތެރި ކުރެވިފައިވާތަނެވެ.
ގޭތެރޭގައި ކޮޅުކޮޅަށް ނޯކަރުން ހަރަކާތް ތެރިވަމުންދެއެވެ. ހީވާގޮތުން ރޭގަނޑުގެ ކެއުމަށް ތައްޔާރީ ވަމުންދަނީ އެވެ. ބާރަ މިހުންނަށް ތިބެވޭވަރުގެ މޭޒުމަތި ފަޅުފިލުވާލައިފައި ވާނީ އެކި ވައްތަރުގެ ކާތަކެތިންނެވެ. ގަޑިން ރޭގަނޑު ހަތްގަޑި ފަންސާސް ފަހެއް ވީއެވެ. ސިޑިން ފައިބައިގެން އަންނަ ދެމަފިރިން ފެނި ހަރަކާތް ތެރިވަމުން ދިޔަ ނޯކަރުންތައް މަޑުޖެހިލީ އެދެމީހުންނަށް އިޙްތިރާމް ކުރުމުގެ ގޮތުންނެވެ.
ވެލާނާ އިނޓަރނޭޝަނަލް އެއާރޕޯޓްގެ އެރައިވަލް ގޭޓުން ނިކުމެގެން އެ އަންނަ ޒުވާނާއަށް ގިނަ ބައެއްގެ ނަޒަރު ހުއްޓެމުން ދިޔައެވެ. ހުދުކުލައިގެ އަތްދިގު ޓީޝާޓްއަކާއި ނޫކުލައިގެ ޖީންސެއްގައި ހުރި ޒުވާނާ ފެންނަލެއް ނުހަނު ހިތްގައިމެވެ. ލޮލުގައި އަޅާލާފައިވާ ރޭބަން އަވިއައިނު އެ ދޮން މޫނާ ނުހަނު ގުޅެއެވެ. އެއްއަތުން ކޮނޑުގައި އޮތް ބެގްޕެކްގައި ހިފަހައްޓާލައިގެން އެނެއްއަތުން ޓްރޯލީ ދުއްވަމުން އަންނަ އެ ޒުވާނާގެ ނަޒަރު ހުއްޓުނީ މީހުންތަކު ތެރޭގައި އޭނަޔަށް ބަލަހައްޓައިގެން ހެވިދިލިފާހުރި ފަޒީންއަށެވެ.
ވަރަށް އަވަހަށް އަންނަނީ!
11 Comments!
Comments are closed.


salhi
Okayyy.. But because I dont know I just want to ask that hamsafar akee dhivehi baheh tho?? Konmes reader eh nuvatha writer viyas reply kollun edhen.. Btw heevany varah reethi vaane hen and waiting.. ?
thankyou… humsafar ei dhivehi baheh kammeh nannu ah ingifaeh nei… its just a name i gave the story…
Keevetha knme vaahakaehgaves ulhey anhen kudhin sifa kuraa iru DHON milafuzu beynunkuranee.. kalhu vma vaahaka aa nugulheneetha.. mee varah ufedhey suvaaleh .. hama haama kohlee… gina story thakun mikan faahaga kohlevey…
then liya story akah thikan handhaan bahahtaanan
Reethi vaane hen heevanee
I don’t think so
Hamsafar aeee hindhi baheh maana akee hayaathu ge baiveri yaa…. 🙂
Pakistan drama ah kiyaa name eh
Adhi vrh salhi……ekamaku vaahaka vaki hisaabakah gosfaa stuck nuvey abadhuvx up kuraane kamah unmeedh kuran….bst of luck…??
salhi