Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭނގި ހިތޭ ތި އަތުލީ 16

Star Level 310 Stories100 Comments100 Login
December 14, 2017 6 Mins Read
67 Comments

މަލާކް ދެން އިތުރު އެއްޗެއް ނުބުނެ އޮތީއެވެ. އޭރު މައުވަން ފެން ހާކަން ފަށައިފިއެވެ.

ގެއަށް ގޮސް އެއްޗެހި ބަދަލު ކޮށްގެން ވަރަށް އަވަހަށް އަންނާނަން ކަމަށް ބުނަމުން މައުވަން ނިކުތެވެ. އަދި އަންނަމުން ކާން ގެންނަންވީ ކޯއްޗެއްތޯ މައުވަން އޮޅުން ފިލުވިއެވެ.

ހަލުވި ފިޔަވަޅުތަކެއްގައި ސިޑިން އަރައިގެން މައުވަން ދިޔައީ ކޮޓަރިއަށް ވަންނާށެވެ. ކޮޓަރި ތަޅުގައި ހިފާލި ތަނުން ފަހަތުން އޭނަގެ ގައިގައި މީހަކު ބައްދާލިއެވެ. މައުވަން ބަލާލިއިރު ލުބާއެވެ. ކުރުސޯޓަކާއި ތުނި ޓީޝާޓެއްގައި ލުބާ ފެންނަލެ ކިތައްމެހާމެސް ފުރިހަމައެވެ. އިސްތަށިގަނޑު ތެތްކޮށް އޮތުމުން އެއައީ ދެންމެ ފެންވަރައި ތާޒާވެލައިގެން ކަން އިނގެއެވެ. ލުބާ ކުޑަކޮށް ކޮރުޖަހާލާފައި ކޮށްލިކަމަކުން މައުވަންއަށްވެސް އިހްސާސްތަށް ކޮންޓްރޯލް ކުރަން ދަތިވިއެވެ. އަދި ލުބާގެ އެ ހަރަކާތުގައި ފުރިހަމައަށް ބައިވެރިވެވުނެވެ. އަދި ހަމައެހާމެ އަވަހަށް ދެމީހުން އެއްކޮށް ކޮޓަރިއަށް ދެމިގަނެ ދޮރު ތަޅުލިއެވެ.

މަލާކް އޮތީ މައުވަން އަންނާނެ ކަމަށެވެ. އެހާ އޯގާތެރިކޮށް ކަންތައްތައް ކޮށްދީފައި ދިއުމުން އަންނާނެކަމަށް އޭނައަށް އުއްމީދު ކުރެވެނީއެވެ. އަދި ކާއެއްޗަކަށް އޯޑަރު ކުރަން އުޅެފަވެސް ނުކުރީ މައުވަން ކާއެއްޗެހި ގެންނާނެކަމަށް ބުނެފައިވާތީއެވެ.

މަލާކް މައުވަން ނައުމުން އަމިއްލައަށް ކާއެއްޗެހި ގެނެސްގެން ކެއެވެ. އަދި އޭނަ އަންނާނެކަމަށް އުއްމީދުކުރެވުނީ އަމިއްލަ މޮޔަކަމުންނޭ ހިތަށް އެރިއެވެ. މަލާކް ޝޯލް އަޅާލައި ތާޒާވެލިއެވެ. ޒާދު އެބަދަންކަމަށް ބުނެ މެސެޖް ކުރީމައެވެ. އޭރު ހުންވެސް ވަނީ މަޑުވެފައެވެ. ޒާދު ވަތްގޮތަށް އަހާލީ އެކަނި ތޯއެވެ. ފިރިމީހާ ވާހަކަނޭހީ އެވާހަކަ ނުދައްކަން މަލާކް އެދިފައިވާތީއެވެ. މަލާކް ބުނެލީ އެތާތިބި މީހުން ހަމަދެއްމެ ނިކުތީކަމަށެވެ. މަލާކް ފަސޭހަ ކަމާއެކު ދޮގެއް ހަދާލިއެވެ. ޒާދު އައިސް އިރުކޮޅެއްވިތަނާ އެއްކޮށް މަސައްކަތްކުރާ އެހެން ބައެއް ކުދިންވެސް އައެވެ. އަދި ވާހަކަ ދައްކާލަށް ތިބުމަށްފަހު އެމީހުން ނިކުތީ އިރުއޮއްސި ހަތެއްޖެހިފަހުންނެވެ.

މައުވަންއަށް ހޭލަވުނީ އިރުއޮއްސި ހަތެއްޖެހިފަހުންނެވެ. އޭރު ކައިރީގައި ނިދާފައި ލުބާ އޮތެވެ. މަލާކްމަތިން މައުވަން ހަނދާންވީ ކުއްލިއަކަށެވެ. އަދި ތަކުރާރުކޮށް ޝިޓް ޝިޓް ކިޔާލުމަށް ފަހު ގޮސްވަނީ ފާޚާނާއަށެވެ. ލުބާއަށް ގޮވާކަށްވެސް ނުހަދައެވެ.

މައުވަން ދިޔަ ގޮތަށް ދިޔައީ ހޮސްޕިޓަލަށެވެ. އަދި އެތަނުގެ ކެންޓީނުން އެއްޗެއް ތައްޔާރު ކޮށްގެން މަލާކް އޮތްތަނަށް ދިޔައެވެ. މައުވަން ވަތް އިރު މަލާކް އޮތީ ފޯނާއި ކުޅޭށެވެ. މީހަކު ވަތްކަން އެނގުމުން މަލާކް ކާކުތޯ ބަލާލިއެވެ. އަދި ކުރިން ކުރަން ހުރި މަސައްކަތަށް އަނބުރާ ރުޖޫއަވެއްޖެއެވެ. “ކާންވީނު” މަލާކްގެ ބޯލާ ކޮޅުގައި ހުރި ކަނބަޑު މަތީ ގެނައި އެއްޗެހިތަށް ބަހަށްޓަމުން މައުވަން އެދުނެވެ. “ކައިފިން” މަލާކް ބުނެލިއެވެ. “އަހަރެންދެކެ ރުޅިއައިސްސަތަ؟” މައުވަން އެހިއެވެ. “ނޫން. އަހަންނަން ކޮން ހައްޤެއްއޮތީ މައުވަންދެކެ ރުޅިއަންނަން” މަލާކް އޭރުވެސް އިނީ ފޯނާއި ކުޅޭށޭވެ. އަދި އިސް އުފުލާލައި މައުވަންގެ މޫނަން ބަލާލުންވެސް މުހިއްމު ކަމަކަށް ނުވިއެވެ. “އައި އޭމް ސޮރީ” މައުވަން ބުނެލިއެވެ. “އަހަންނަން ދިޔަ ގޮތަށް ޖައްސާލިތަނާ ނިދުނީ” މައުވަން އިތުރު ކޮށްލިއެވެ. ދެންވެސް މަލާކް އެއްޗެއް ބުނާ ޚިޔާލެއް ނުކުރިއެވެ. އެވަގުތު ޑޮކްޓަރު އައިސް މަލާކް ޑިސްޗާޖް ކުރިއެވެ. އަދި ގިނައިން ދިޔާ އެއްޗެހި ބުއިމަށާ ފަސްދުވަސް ވަންދެން ރެސްޓްކުރުމަށް އެދުނެވެ.

މަލާކް ގޮވައިގެން ގެއަށް ދާން ސައިކަލު ހިފައިގެން އައިސް ހޮސްޕިޓަލްގެ ދޮރުމަތީ މައުވަން އިނެވެ. އެކަމަކު މަލާކް ސައިކަލަށް އަރާޚިޔާލެއް ނުކުރިއެވެ. އެރީ ޓެކްސީއަކަށެވެ. މައުވަންވެސް ތަނުގެ ގޮތުން އެއްޗެއް ނުބުނެ ކާރު ފަހަތުން ދުއްވާލިއެވެ. ގެއަށް ދެވުނީ ދެމީހުން އެއްކޮށެވެ. އަދި މަޑުނުކޮށް އެރީ މައްޗަށެވެ. ކޮޓަރި ދޮރު ހުޅުވާލާފައި ފުރަތަމަ ވަނީ މަލާކްއެވެ. އެޔާއެކު އޭނަ ހުއްޓުން އެރިއެވެ. ކޮޓަރީގެ ޓައިލްސަތަށް މަތީގައި ވަނީ ދެމީހުންގެ އަންނައުނުތަކެވެ. އޭރުވެސް ލުބާ އޮތީ އަރާމްކޮށް ނިދާލާފައެވެ.ފަހަތުން ވަތް މައުވަންއަށް އަތްހާކާލެވުނީ ބޮލުގައެވެ. މިވީ ކިހިނެއް ހެއްޔެވެ. އޭނަ ލުބާގެ މަތިން ކުޑަކޮއްވެސް ހަނދާން ނުވީ ކީއްވެ ހެއްޔެވެ. މޫނު މަތިން ނުދެއްކިއެއް ކަމަކު މަލާކް ކިތައްމެ ހާވެސް ދެރަވިއެވެ. އަދި ގެނައި އެއްޗެހިތަށް މޭޒުމަތީގައި ބަހައްޓާފައި މަލާކް ނުކުތީ ބޭރަށެވެ. މައުވަންއަށް މަލާކް ފަހަތުން ފިޔަވަޅެއްވެސް ނަގާކަށް ނުކެރުނެވެ. ކަންވީ ގޮތުން ހުރިހާ ރުޅިއެއްބޭލީ ލުބާއަށެވެ. ދިޔަގޮތަށް ގޮސް ލުބާގެ އަތުގައި ހިފާ ދަމައިގަނެ އެނދުންވެސް ވައްޓާލިއެވެ. ލުބާ ހުރީ ވާނުވާ ނޭނގިފައެވެ. އަދި އަންނައުނުތަށް ލައިގެން ވަގުތުން ކޮޓަރިން ނިކުތުމަށް އެންގިއެވެ.

މަލާކް އޭނަގެ ސައިކަލަށް އަރައި ދުއްވާލިއެވެ. ވަކި މިސްރާބެއް ނެތިއެވެ. އޭރު އޭނަގެ ލޮލުން ކަރުނަ އާދެއެވެ. އެއްވެސް އިޚްތިޔާރަކާ ނުލައެވެ. މަލާކް ގޮސް މަޑުކޮށްލީ ރަސްފަންނުގައެވެ. އެތާ އިނދެ ހިތް ފުރެންދެން ރޯލިއެވެ. ދެން އޭނަ މިސްރާބު ޖެހީ އޭނަ ހިފި އެޕާޓްމަންޓާށެވެ. އެތަނަންވަދެ ނަމާދު ކޮށްލައިގެން ޖައްސާލީ ނިދޭތޯއެވެ. އޭރު ބޮލުގައިވެސް ރިއްސައެވެ.

މައުވަން ހާސްވީ މަލާކް އެގާރަ ޖެހިއިރުވެސް ގެއަށް ނައިސް ގެންނެވެ. ގުޅާލަން އޭނަ އަތުގައި ނަންބަރެއްވެސް ނެތެވެ. މި ގަޑީގައި މީހެއްގާތު މަލާކް ނަންބަރު ދޭން އެދެފިނަމަ ސުވާލުތަކެއް ކުރިމަތި ވާނެތީވެ މައުވަން އެކަން ކުރާކަށް ގަސްތެއް ނުކުރިއެވެ. ސައިކަލުގައި ދުއްވަ ދުއްވާފައި ނުފެނިގެން ދެންދިޔައީ ހޮސްޕިޓަލަށެވެ. ހޮސްޕިޓަލުން މަލާކް ނަންބަރު ހޯދައިގެން ގުޅިއެވެ. ފޯން ރިންގު ވިއެއްކަމަކު ނުއެއް ނަގައެވެ. މައުވަން ތިންވަނަ ފަހަރަށް ގުޅިތަނާ ފޯން ނެގިއެވެ. މަލާކް ފޯން ނެގީ އެއްވެސް ވަރަކަށް އެއީ މައުވަންގެ ކޯލެއްކަމަށް ހީކުރެވިފައި ނުވާތީއެވެ. ފޯން ނަގައި މަލާކް ހަލޯގަވާލިއެވެ. “ކޮންތާކު ތިހުރީ” ފުރަތަމަވެސް މައުވަން ކޮށްލީ ސުވާލެކެވެ. ޖަވާބު ދިނުމުގެ ބަދަލުގައި މަލާކް ފޯން ކަނޑާލިއެވެ. ދެން އޭނަ ވަނީ ފާޚާނާއަށެވެ. ފާޚާނާއިން ނިކުމެގެން އައި އިރު މައުވަންގެ ފަސްމިސްކޯލް އިނެވެ. ފޯން ނިންވާލަންވެގެން އުޅުނު ވަގުތު އައީ މެސެޖެކެވެ. “ދެއެއް ޖަހަންވާއިރަށް ގެއަށް ނައިސްފިނަމަ ތީ މަގޭ އަންބެއްނޫން. އަދި މަލާކްގެ މަންމައަށް ގުޅާފަ ބުނާނަން ވަރި ކުރީ ގެއަށް ނިދަން ނައީމައޭ.” މައުވަންގެ މެސެޖް ކިޔާފައި މަލާކް އިތުރަށް ރުޅިގަދަވުން ނޫންކަމެއް ނުވިއެވެ. އެކަމަކު ގެއަށް ނުގޮސް ހުންނާކަށް ނުކެރުނެވެ.

މަލާކް ގެއަށް ދިޔައިރު މައުވަން އިނީ ސިޓިން ރޫމް ސޯފާގައެވެ. ދިޔަގޮތަށް އޭނަ ދިޔައީ ކޮޓަރިއަށެވެ. ފަހަތުން މައުވަންވެސް ދިޔައެވެ. ކޮޓަރިއަށް ވަތްގޮތަށް މަލާކް ވަނީ ފާޚާނާއަށެވެ. މައުވަން އިށީނީ ސޯފާގައެވެ. މަލާކް ނިކުންނައިރަށް މައުވަން އުޅުނީ މާފަށް އެދޭށެވެ. އެކަމަކު މައުވަންއަށް ބުނެވުނީ “އައި” އެހިސާބަށެވެ. މައުވަން ޖެހުނީ ހުއްޓާށެވެ. “އަހަރެން ބޭނުމީ ނިދަން ވަރަށް ބޮޑަށް ބޮލުގަ ރިއްސާތީވެ މިއުޅެނީ” މަލާކް އިއްވާލި ޖުމްލައިގެ ސަބަބުންނެވެ.

ހެނދުނު ފޯންގެ އެލާމްގެ އަޑަށް މައުވަންއަށް ހޭލެވުނު އިރު މަލާކް ހުރީ ތައްޔާރުވެގެންނެވެ. ހޮސްޕިޓަލަށް ދާށެވެ. “ކޮންތާކަށް ދާން ތިއުޅެނީ” މައުވަން އެހިއެވެ. ހޮސްޕިޓަލަށް ކަމުގައި މަލާކް ބުނެލިއެވެ. “ޑޮކްޓަރު ބުންޏެއްނު ފަސްދުވަސް ވަންދެން ރެސްޓްކުރާށޭ” މައުވަން ހަނދާންކޮށްލަދިނެވެ. މައުވަން ބުނި އެއްޗަކަށް މަލާކް އަޅައެއް ނުލައެވެ. އޭނަގެ ބޭގް ހިފައިގެން ނިކުންނަން ދޮރު ހުޅުވާލިއެވެ. އެއަށްވުރެ އަވަހަށް ފެނުނީ މައުވަން އައިސް ދޮރު ލެއްޕި ތަނެވެ. އަދި މިއަދު ޑިއުޓީއަށް ނުދެވޭނެ ކަމުގައި ބުނެލިއެވެ. “ތީ ދެން ކޮންކަމެއް މައުވަން” މަލާކް ހިތްހަމަ ނުޖެހުނެވެ. މަލާކް އަނގައިން މައުވަން ގެ ނަން ބޭރުވާ ކޮންމެ ފަހަރަކު ނޭނގޭ ހިތްހަމަ ޖެހުމެއް މައުވަންއަށް ލިބެއެވެ.  ބަލިވީމަ އެކަކުވެސް ޑިއުޓީއަށް ދާން ނުޖެހޭނެ ކަމުގައި މައުވަން ބުނެލިއެވެ. “އަހަރެން ބައްޔެއްނޫން” މަލާކް ބުނެލިއެވެ. “އޯކޭ ބަލިނޫނަސް ނުދެވޭނެ. ފިރިމީހާ ބުނީމަ ދެން ނުދެވޭނެއްނު. އެހެން ނޫނަސް ތީ ނުލާހިކު ކިޔަމަންތެރި ކުއްޖެއްނު” އެއްލޯމަރާލުމަށް ފަހު ސޯފާއަށް ވެއްޓެގަންނަމުން މައުވަން އިއްވާލިއެވެ. މަލާކް ގޮސް އިށީނީ އެދުގައެވެ.

މަލާކް އެހެން އިންދައި ފޯން ރިންގުވިއެވެ. ވާހަކަ ދައްކަން ނިކުތީ ބެލްކަންޏަށެވެ. ގުޅީ އޭނައަށް އާއްމުކޮށް ގުޅާނަންބަރުންނެވެ. އިރުކޮޅަކު އޮތުމަށްފަހު މައުވަންއަށް ކެތެއްނުވިއެވެ. ނިކުމެގެން ގޮސް މަލާކްގެ ކައިރީ މަޑުކޮށްލިއެވެ. އެކަމަކު އޭނަ ދިއުމުން ވާހަކަ ދައްކާކަށް މަލާކް ގަސްތެއް ނުކުރިއެވެ. ފަހުން ގުޅާނެކަމަށް ބުނެ ފޯން ކަނޑާލިއެވެ. އަދި މައުވަންއަށް އެއްޗެއް ބުނުމުގެ ފުރުސަތު ނުދީ އެތެރެއަށް ވަނެވެ. ދެންފެނުނީ މައުވަން މަލާކްގެ ކުރިމަތީގައި ހުއްޓައެވެ. “ކާކު އެއީ؟” މައުވަން އެހިއެވެ. މަލާކް ޖަވާބެއްދޭކަށް ނޫޅުނެވެ. މައުވަން މަލާކްގެ އަތުން ފޯން އަތުލައި އެނަންބަރަށް ޑައިލް ކޮށްލިއެވެ. އެހާމެ އަވަހަށް ފޯން ނެގިއެވެ. “ކާކުތީ” މައުވަން ހެލޯވެސް ގޮވާނުލާއެހިއެވެ. އެކޮޅުން އެހީ ކިހިނެއްވީތޯއެވެ. ފިރިހެން އަޑެކެވެ. “ކީއްކުރަން މީހުންގެ އަބީންނަން ގުޅަނީ؟” މައުވަން ބުނެލިއެވެ. “އަބީންނަން ވަނީ ދަރީންނަން ވެފަކަންނޭނގުނީތީ ހިތާމަކުރަން” އެކޮޅުން ވާހަކަ ދެއްކިއެވެ. “ކީކޭ؟” މައުވަން ހައިރާންވެފަ ހުރެ އަހާލިއެވެ. “ތިއިވުނީ ރަނގަޅަށް . މަލާކްއެއީ މަގޭ ދަރިއެއް” އެހެންބުނެފައި އެކޮޅުން ފޯން ކަނޑާލީއެވެ. އޭރުވެސް މައުވަން ހުރީ އެހުރި ގޮތަށް ފޯން ކަންފަތުގައި ޖަހައިގެން ތިރިކޮށްލަން ނޭނގިފައެވެ.

މައުވަން ފެންވަރާ ނިމިގެން މަލާކް ގޮވައިގެން ދިޔައީ ސައިބޯށެވެ. އަދި މަލާކަށް ގިނައިން ކެއުމަށް މައުވަން ނަސޭހަތްތެރިވިއެވެ. އަދި ކޮޓަރިއަށް ދެތިންޕެކެޓް ޖޫސްވެއްދާދިނެވެ. އަދި އެވެސް ބޯންވާނެ ކަމުގައި ބުނެލިއެވެ.

މަލާކް ބަލިވިފަހުން ކޮންމެ ގަޑިއަކުވެސް މައުވަން ކަނީ މަލާކްއާއި އެކު ގެއިންނެވެ. އެވަރަށް މަލާކަށް އަޅާލައެވެ. ކޮންމެ ގަޑިއަކުވެސް މަލާކް ގާތަށް ބޭހާއި ފެންތަށި ހިފައިގެން އާދެއެވެ. އެކަން ނުކުރުމަށް މަލާކް ބުންޏެއް ކަމަކު ބަދަލެއް ނާދެއެވެ. އަމިއްލައަށް މަލާކްގެ ބީޕީ ޗެކްކޮށް ހަދައެވެ. ކެއާލެސްވާން އިނގޭހެން ކެއާ ކުރަންވެސް ދަންނަ ފިރިހެނެކޭ މަލާކް ހިތަށްއެރިއެވެ. އަދި އެކަމަށް ހިތުން ތައުރީފް ކުރިއެއްކަމަކު އޭނަ އެކަމެއް ނުދައްކައެވެ. އަދި މައުވަންގެ ބަދަލުވަމުންދާ މިޒާޖް ފެނިފައި އުފާވެއެވެ. މަލާކް ދެކުނު ގޮތުގައި މައުވަން އެ ގޮތަށް ކަންތަން ކޮއްދެނީ އެދުވަހު މަލާކަށް ފެންނި މަންޒަރުގެ ސަބަބުންނެވެ. އޭގެ ބަދަލެއްގެ ގޮތުންނެވެ. މަލާކަށް ނޭނގުނީ މައުވަންގެ ހިތް  މަލާކަށް ލެނބެމުން ދާކަމެވެ.

ހުކުރުދުވަހުގެ ހަވީރުގެ ވަގުތެވެ. މައުވަން ދިޔައީ ނިއަމް ގުޅާފައިން ކޮފީއަށް ދާވާހަކަ ބުނުމުންނެވެ. ” އަސްލު އަހަރެން މައުވަން މިގެނައީ ވަރަށް ބޮޑު ވާހަކައެއް ދައްކަންވެގެން.” ރެސްޓޯރެންޓަކަށް ގޮސް ހަމަޖެހިލާފައި ނިއަމް ބުނެލިއެވެ. ކުރިއެއް ގެންދާށޭ މައުވަން ބުނެލިއެވެ. “އަހަރެންގެ ލައިފްގެ އެއްމެ މުހިއްމު ކަންތަކުގެ ވާހަކަ ބުނަން މިއުޅެނީ. މައުވަން ހިތްހަމަ ނުޖެހޭނަމަ އަހަރެން ހުއްޓާލާނަން. އެކަމަކު އަހަރެމެންގެ މިގުޅުން ކެނޑޭކަށް އަހަރެން ބޭނުމެއްނޫން” ނިއަމް ކުރިއަށް ގެންދިޔައެވެ. “އޭމޭން ކީކޭތަ ކިއަން ތިއުޅެނީ” މައުވަން އެހިއެވެ. “އަހަ…އަހަރެން … އަހަރެން” ނިއަމް ފަސްޖެހުނެވެ. “ކޮން އަހަރެން އަހަރެން ނެއްތިޔަނީ. ތި ބުނަން އުޅޭ އެއްޗެއް ސާފުކޮށް ބުނެބަލަ” މައުވަން ބުނެލިއެވެ. “އަހަރެން ރައްޓެހިވެގެން އުޅެނީ ލައިހާ އާ” ހިތްވަރުކޮށްލާފައި ނިއަމް ބުނެލިއެވެ. މައުވަން އިރުކޮޅެއް ވަންދެއް އެއްޗެއް ނުބުނެ އިނީއެވެ. ދެން ފެނުނީ ނިކުމެގެން ދިޔަތަނެވެ. ނިއަމްއަށް ގޮވާލާކަށްވެސް ނުކެރުނެވެ. މޫނުގައި އަތް ހާކާލަ ހާކާލަ އޭނަ އިނީއެވެ.

ދެދުވަސް ވެގެން ދިޔައިރު ނިއަމް ލައިހާގެ ކޯލަކަށް ޖަވާބު ނުދޭތާންގައި މެސެޖަކަށް ރިޕްލައި އެއްވެސް ނުކުރިއެވެ. ވީގޮތް ލައިހާއަށް އިނގެއެވެ. މައުވަން އަށް ގުޅަން ހިތަށް އަރާފަވެސް ފަސްޖެހެވެނީއެވެ. އަނެއްކާ އޭނަ ދެކެވެސް ރުޅިއައިސް ހުރެދާނެތީއެވެ.

މަލާކް އޭނަގެ މަންމަ މާލެ ގެންނަން އުޅޭ ޚަބަރު މައުވަންއަށް ދިނެވެ. މައުވަން އެކަމަށް ތާއީދު ކުރިއެވެ. އަދި އެއްވެސް ދައްޗެއް ނެތި އެގޭގައި ހުރެވޭނެކަން ހާމަކުރިއެވެ. މަލާކް ކަންކޮއްފައި ވާގޮތް އޭނައަށް ނޭނގެއެވެ. މަލާކް ދެކޮޓަރީގެ އެޕާޓްމެންޓެއް ހިފާފައިވާކަން ހާމަކުރިއެވެ. އަދި މަންމަ ހުންނާނީ އެތަނުގައި ކަމަށް ބުނެލިއެވެ. އަދި އޭނަވެސް އެތަނަން ބަދަލުވާން ގަސްތުކުރާ ކަންހާމަކޮށްލިއެވެ. ” ދަޓްސް ނޮޓް ގޮނަހެޕެން” މައުވަން ވަގުތުން އިންކާރު ކުރިއެވެ. “ވައި” މަލާކް އެހިއެވެ. “ކޯޒް ޔޫ އާ މައި ވައިފް” މައުވަން އިއްވާލިއެވެ. “ކުޑަ ދުވަސް ކޮޅަކަށް ވިއަސް” މަލާކް އެދުނެވެ. އެކަމަކުވެސް މައުވަން ކުރީ އިންކާރެވެ. “ގައިމު އަހަރެން ދިއުމުން މައުވަންއަށްވެސް ވާނީ ފަސޭހަ ދޯ… އޭރުން ގައިމު މައުވަން ގަންނާނެ ގަނޑެއް ގަތުމުގެ މިނިވަން ކަން އޮންނާނެތާ. އަހަންނަން ފެނިދާނެތީ އުޅޭކަށް ނުޖެހޭނެއްނު” މަލާކް ބުނެލިއެވެ. މައުވަން ހުއްދަ ދިނެވެ. އެއީ މަލާކް ހިތްހަމަ ޖައްސާދިނުމުގެ ގޮތުންނެވެ. އެކަމަކު މަލާކް ހީކުރި ގޮތުގައި މަލާކް ބުނި އެތި މައުވަންއަށް ވިސްނިގެން ހުއްދަ ދިނީއެވެ. އެކަމާ މަލާކް ދެރަވެސް ވިއެވެ.

ޖެހިގެން އަންނަ ދުވަހަކީ އަމީނާ އަންނަން ހަމަ ޖެހިފައިވާ ދުވަހެވެ. އަހެން ކަމުން އެރޭގެ ކެއުމުގެ ވަގުތު ގައި މަޒްހަރަށް އެ ޚަބަރު މައުވަން ދިނެވެ. އަމީނާ ހުންނަން އެޕާޓްމެންޓެއް ހިފާފައި ހުންނާނެކަމަށް ބުންޏެވެ. އަދި މަލާކް އާއި މައުވަންއާއި ދެމީހުން ވެސް ކުޑަދުވަސް ކޮޅަކަށް އެތަނަން ބަދަލުވާ ވާހަކަ ހާމަކޮށްލިއެވެ. މައުވަން ބުނެލި އެއްޗަކުން ހަރަކާތް ހުއްޓުނީ މަލާކްއެވެ.

“ކަލޭ އަހަރެންގެ ދަރިފުޅުގެ ބޮލަށް ވަދެގެން އާއިލާ އެއްމެއް މާލެ ގެންނަނީ ދޯ” ވަގުތެއް ހޯދައިގެން ނަސީމާމެން މަލާކްއާއި ދިމާކޮށްލިއެވެ. އާދައިގެ މަތިން މަލާކް ހުރީ ހިމޭނުންނެވެ. “ހަމަހިލާ ތިކަން ކުރާކަށް ނުކެރޭނެ” ނަސްރީނާ ބުނެލިއެވެ. އެވަގުތު އިންތިފާޤުން މައުވަންއަށް އެތަނަން އާދެވުނެވެ. “ދަރިފުޅަށް އިނގޭތަ މިހިރަ ސުންޕާ އަންހެނާ ވިއްދާފަ އެހެރީ ދަރުފުޅުގެ ދިރިއުޅުން ހަލާކު ކުރަން ކަމެއް. މިހާރު އެ އުޅެނީ ދަރިފުޅު ލައްވަ އެޕާޓްމެންޓް ހިފުވާފަ އާއިލާ އެއްމެން އެތަނަން ގެންނަން” ނަސީމާ ބުނެލިއެވެ. މައުވަން އެއްޗެއް ނުބުނެއެވެ. “މިހާރު ދެން މީނަގެ ކިބައިން މިންޖުވާ ދުވަސް އައީމި. އަވަހަށް ވަރިކޮށްފަ ފޮނުވާލަ ރަށަށް. އޭރުން ހުންނާނީ މުއްސަނދި ދިރިއުޅުމެއް ލިބިފަ” ނަސްރީނާ ބައިވެރިވެލިއެވެ. “މަންމާ. އަހަންނެއް ނޫނޭ އެތަން ހިފީ. އޭނަގެ އަމިއްލަ ފައިސާއިން އެކަން ކުރީ” މައުވަން އޮޅުއް ފިލުވާދިނެވެ. “ކޮންތާކުން އެވަރަށް ފައިސާ ހޯދަނީ. ފިހާރަ ތަކުގެ ކޭޝިއަރުންނަން އެވަރަށް ފައިސާ ލިބޭކަމެއް ނުދެނަހުރިން” ނަސީމާ ބުނެލިއެވެ. އޭރު އަކްޔަން އަދި މަޒްހަރުވެސް އެތަނަން އަތުވެއްޖެއެވެ. “ވެދާނެއްނު ހަށިވައްކައިގެން ކަމަށްވެސް” ނަސްރީނާ ބުނެލިއެވެ. “ނަސްރީނާ! ކަލޭ ލަދެއް ނުގަނޭތަ އަހަރެންގެ ގެދޮރުގަ ހުރެގެން އަހަރެންގެ ދޮށީދަރިފުޅުގެ އަންހެނުންނާ ދިމާލަށް ހިތުހުރިއެއްޗެއް ކިޔާކަށް” މަޒްހަރު ހަޅޭއްލަވައި ގަތެވެ. “މަޒްހަރުވެސް ޖެހޭނެ ހަޤީގަތާ ކުރިމަތިލާން. ދެކޮޓަރީގެ އެޕާޓްމެންޓެއް ކުއްޔަށް ހިފާފަ. ސައިކަލެއްގަނެފަ. މިހުރިހާކަމެއް އެއްފަހަރާ އޭނަ އެ ކޮށްލީ. މައުވަން އެ ބުނަނީ އޭނަގެ ފައިސާއަކުން ނޫނޭ. ދެން މާލޭގެ ކޮން ފިހާރައަކުންބާ އެހާ ބޮޑު މުސާރައެއްދެނީ ” މަލާތްމާތުގެ ރާގަކަށް ނަސްރީނާ އެހިއެވެ. އޭރު މަލާކްގެ ލޮލުން ފެންއާދެއެވެ. އެވަރުންވެސް އަމިއްލަ ދިފާއުގައި އެއްޗެއް ބުނާ ޚިޔާލެއް ނުކުރިއެވެ. ނަސްރީނާ ކީ އެއްޗެހި އިވިފައި މަޒްހަރު ބަލާލީ މައުވަންގެ މޫނަށެވެ. ” ދަރިފުޅެއް ނޫންތަ އެކަންތައް ތައްކޮށްދިނީ” މަޒްހަރު އެހިއެވެ. “އާނ ބައްޕާ. އަޅުގަނޑެއް ނޫން. އޭނަގެ އަމިއްލަ ފައިސާއިން. ޝީ އިޒް އަ ޑޮކްޓަރ” މައުވަން އިއްވާލި ޖުމްލައިން ތަނުގައި ތިބި އެއްމެން ތިބީ ހިމޭންވެފައެވެ. ނަސީމާ، ލުބާ އަދި ނަސްރީނާ ފާޑަކަށް އަނގަ ސަކަރާތް ވެފައި ތިއްބެވެ. އަކްޔަން ވަގުތުން މަރުހަބާ ކިޔައި ކާންދޭން ވާނެ ކަމުގައި ބުނެލިއެވެ. މަޒްހަރު ހިތްހަމަ ޖެހުމުގެ ނޭވާއެއްލިއެވެ. ކުޑަ ވަގުތުކޮޅަކަށް ނަމަވެސް މަލާކާއި ދޭތެރޭ ނުބައި ޝައްކެއް ކުރެވުމުން ދެރަވިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Star

Level 310 Stories100 Comments100 Login

Other Articles

Previous

ހިތް މިއެދޭ ސޫރައޭ ތީމަގޭ ( 14 ވަނަ ބައި )

Next

ވޭންތަކުން ދިން ހިތި މާޒީ… (1 ވަނަ ބައި)

Next
December 14, 2017

ވޭންތަކުން ދިން ހިތި މާޒީ… (1 ވަނަ ބައި)

Previews
December 13, 2017

ހިތް މިއެދޭ ސޫރައޭ ތީމަގޭ ( 14 ވަނަ ބައި )

67 Comments!

  1. Reader says:
    December 14, 2017 at 1:11 am

    Yaayyyy… Habeyyss hama.. Me first

  2. Youme says:
    December 14, 2017 at 1:17 am

    Alhey kihineh mivy. Vaahaka kiyaa nimmaafa refresh kollithanun surprise bomeh. Heheheh
    Varah salhi mi bai ves ❤️❤️❤️❤️❤️❤️

  3. Yehtaf says:
    December 14, 2017 at 1:18 am

    Story is awesome

  4. ❤#!/❤ says:
    December 14, 2017 at 1:27 am

    Wow. Haadha reechey abadhu inthixaar kurevenee mi story ah???

  5. Mai says:
    December 14, 2017 at 1:31 am

    I em fasth vaahaka vra reethe

  6. Mishee says:
    December 14, 2017 at 1:35 am

    Haadha reethi vaahakaekey… V ufaavejje 2 part up kohdhineema… When next part.. Avahah up kollahchey
    Ehaa dhigu inthixaareh nukuruvahchey..

  7. Razeenaa says:
    December 14, 2017 at 1:52 am

    Aaaan reethi vejjenn. Thee mi maaley meehunge vahtharu nikn fonivaane . Vaahaka vvv salhi vvinthixaaru kurevey movaahakayah ????

  8. Rsh says:
    December 14, 2017 at 4:14 am

    Nice mi part ves v reethi .. comment nukuriyas hurihaa part eh hama baraabarah kiyan…
    When is next part…..?

  9. Sha says:
    December 14, 2017 at 5:36 am

    Varah furihama.
    Ameena kaariyah dhevunyma malak aa mauvan ge gulhun ves ranglhu vaane kanneyge dhw.
    Keep it up star!!!

  10. Blue beauty says:
    December 14, 2017 at 5:41 am

    wow reethi mi part ves dhen konirakun next part?

  11. Sam says:
    December 14, 2017 at 7:28 am

    Wow story is awsome thanks dear

  12. Juvey says:
    December 14, 2017 at 7:41 am

    V nice waiting for next part

  13. Ana says:
    December 14, 2017 at 7:42 am

    Thank u. mi hama surprise eh.
    Vaahaka v reethi.

  14. Mai says:
    December 14, 2017 at 8:01 am

    Mi vaahaka vv …….. reethe

  15. Star says:
    December 14, 2017 at 8:39 am

    THANK YOU ALL

  16. Zuam says:
    December 14, 2017 at 9:02 am

    Wow.. Varah reethi.

  17. Xaaan says:
    December 14, 2017 at 9:12 am

    Masha Allah v reethi

  18. asli says:
    December 14, 2017 at 9:56 am

    varah reethi when is next part pls up kohdyba dhigukoh and avaha.

  19. Yalun says:
    December 14, 2017 at 10:08 am

    Wow..vvv nyc?

  20. malko says:
    December 14, 2017 at 10:10 am

    story varah reethi. mauvan dheke varah foohivey. he doesnt deserve malaak. hama aslukoh varah foohivejje eyna dheke. kurin beynunvi eynayaa malaak aa gulhen. but not anymore.

  21. Nees says:
    December 14, 2017 at 10:25 am

    Habeys… v salhi

  22. JUMA says:
    December 14, 2017 at 10:38 am

    Wowwwwww…..?????❤❤ whn nxt prt? ?

  23. Sheen says:
    December 14, 2017 at 10:56 am

    Masha allah. V furihama.
    Vaguthe vejeiyya tday ahi eh part up ko dheebala plz

  24. Kul says:
    December 14, 2017 at 12:42 pm

    Haadha reethi a awahah up kohdheeba pls waiting

  25. Shimy says:
    December 14, 2017 at 1:03 pm

    Wow superb????

  26. Fathimath says:
    December 14, 2017 at 1:34 pm

    Wow.. this stry is just awsome… Ma Sha Allah… you’r a great writer..keep up your good work…

  27. Aki says:
    December 14, 2017 at 1:38 pm

    varah reethi mi part ves.. adhi miadhu one part up kohla dheebaa pls ❤❤❤

  28. Malaa says:
    December 14, 2017 at 2:08 pm

    Nice…… plz one more part today….

  29. Jeek says:
    December 14, 2017 at 2:13 pm

    Miadhu adhi vaahaka up kohdheyne tha?

  30. Black beauty says:
    December 14, 2017 at 2:23 pm

    Dhn kon irakun tha alhe waiting ga hama

  31. Nus says:
    December 14, 2017 at 2:29 pm

    Miyaduta mirayta up koladevaynee gadiye buneladeeba

  32. Anonymous says:
    December 14, 2017 at 3:09 pm

    Waaaw
    This story is awesome
    Waiting for the next part ❤❤

  33. Anonymous says:
    December 14, 2017 at 3:40 pm

    Mee mi site ga in emme salhi vaahaka. Plx komme dhuvahaku 2 part up kodhdheeba. Plxxxxxxx

  34. Mary says:
    December 14, 2017 at 3:51 pm

    Wow wow mi part ves vvvvvv reethi ? ? ? ?

  35. Anonymous says:
    December 14, 2017 at 4:39 pm

    Star when next part

  36. Jeek says:
    December 14, 2017 at 6:55 pm

    Mirey vaahaka up kuraane
    Atleast answer eh dheebala

  37. .. says:
    December 14, 2017 at 8:28 pm

    Am I missing something? Malaak kyvve luba dheke rulhi aee? Did she rape mauvaan? Hurihaa kameh gai anhenun goas vaani. aslu varah dheravey abadhu mikahala vaahaka hunnaathyve. Mauvan ulhey gothah Anhen kuhjaku ulhefiyya eyna goas vaani dhuvahakuves aa life eh nulibeyne.

    1. unaal says:
      December 14, 2017 at 11:40 pm

      yeah..she raped him…n he raped her..both raped each other..
      so aslu dhemyhun vc goas..

    2. Ithoo says:
      December 15, 2017 at 2:53 am

      Koacchekey thidhemyhun thikiyany. Geytherein luba malaa ah kuraa varu kudaeetha.
      Ehen noonas kurimathyga firimyhaa aa ekko ehen ulheynama emyhaku dheke auto in ves rulhi annaaane. Thy adhi myge kameh dhimaa nuvaathy molhu ecchehi liyeleveny. Dhimaavi nama e anhen kujjaku rolaa kaalaaanekan yagyn ?

    3. .. says:
      December 15, 2017 at 3:40 am

      Noon dhoonyya aharen dhuniye dhekefin. Firimeeha 2 Sharon dhookoffa when meehaka eny dhiyumun aharen rulhi aee hama ekani eyna dheke. Plus malaak ey ahannah jehuny olhumakun. Aharen midhakkany mi vaahaka thakuga abadhuves goas firihenunaai rangalhu anhenun thibeythi. Aharen ge hiyaalu mee mikamun ithoo akaai bithoo akah baaru k uranyya magey massala eh noon. Myge kameh dhimaa nuve ye adhi eba kiya eh nu

    4. unaal says:
      December 15, 2017 at 6:39 am

      ??????

    5. unaal says:
      December 15, 2017 at 6:42 am

      alhugandu buny luba ya mauvan ge vaahaka .. ehn v ma adhi nukiye ehnu goas ehcheh…
      comment nukiya eh nu reply thikury

  38. Faath says:
    December 14, 2017 at 9:11 pm

    Writer jeheyne dho comment thakah ans kuran..
    Story vvvvv nice..

    1. Jeek says:
      December 14, 2017 at 9:16 pm

      Yaa thats what I’m saying too! Eyrun dho vaanuvaa eh ingeynee

  39. Nus says:
    December 14, 2017 at 10:21 pm

    Mirayge baa konirakun baa

  40. Naaz says:
    December 14, 2017 at 11:03 pm

    Dear writer, Star!
    I kindly request you to reply to our comments as we would like to know when the story would be uploaded!
    Mihaaru mi theben jehenee reply naisgen iru kolhu kolhaa check kohla kohlaa vahaka upload kuri tho!
    Atleast think for yourself even
    Amilla ah kiya vahaka eh mi site ga upload nukohgen vaanuvaa neyngi reply naeema you will feel disappointing right?
    We feel the same way too!
    Aslu evves varaka writer eh readers aa dheythereh nuves visnaa hen heevanee! Ehenve hen heevanee reply ves naananee
    Im a teacher, hama vaguthu hoadhaigen vaahaka kiyan
    The same way you can also find time!

    Its just my opinion

  41. Asli says:
    December 15, 2017 at 12:00 am

    Star Darling when next part… Can’t wait to read it?

  42. Naaz says:
    December 15, 2017 at 12:31 am

    Dear Star,
    I kindly request you to reply to some of our comments as we would like to know when the next part would be uploaded

  43. Ithoo says:
    December 15, 2017 at 1:13 am

    Koba mirey

  44. shanhaa says:
    December 15, 2017 at 1:45 am

    vvv salhi aneh partah inthizaaru kuran

  45. Nus says:
    December 15, 2017 at 10:35 am

    Raya ge part vee gotey naygi vanee javaabey libin eden

  46. Naaz says:
    December 15, 2017 at 12:26 pm

    Kiyuntheringe comment ah ijaaba nudhey liyun therien mi nooniyya nudheken dhuvahakuves!
    Kon irakun tha vaahaka genesdheynee????

  47. Star says:
    December 15, 2017 at 12:59 pm

    Dear readers I understand ur feeling. So try to under mine also.
    I started writing story as a hobby. Don’t act like I’m full time story writer. I do have other works also. Like I have to go job, cleaning,cooking, enjoying, spend time with my family etc. Most importantly I love sleeping n watching series also. Sleeping I mean minimum 12hrs every day. So plx try to understand these things. So I cannot upload story every day. N reply every question but I will try my best

    1. .. says:
      December 15, 2017 at 6:35 pm

      Thihaa rude nuviyas vedhaane kaneyge

    2. .. says:
      December 15, 2017 at 6:37 pm

      And thivaruge meeheun enmen vaahaka kiyaa ehech kah vaahaka liyaane kameh ves nethenun thivaru v ya. Mihaa story kiyaa iruga ves nudheh ken thivaruge rude story writer eh

  48. Star says:
    December 15, 2017 at 1:03 pm

    Sorry ehaa gina in ithizaaruga bahahtan jehey thee. I will try to upload it tonight. Ekam fahareh ga hama upload nukure vidhaaane

    1. Black beauty says:
      December 15, 2017 at 4:20 pm

      Salhi theethi.avahah up kohlahche waiting star

  49. Sha says:
    December 15, 2017 at 2:09 pm

    Star, most of the readers do understand your feelings and the situation. We love your story. It’s currently the most fascinating ongoing story in esfiya. Hope the negativeness of a few won’t affect your persona or demotivate you.
    Keep up the good work you are doing.

  50. Lily says:
    December 15, 2017 at 7:25 pm

    Star, are you updating tonight? Can’t wait to read the next episode.

    1. Naaz says:
      December 15, 2017 at 8:16 pm

      Nidhi hama kohffa dho story upload kureveynee

  51. Shimy says:
    December 15, 2017 at 8:55 pm

    Waiting for the next par?☺

  52. Black beauty says:
    December 15, 2017 at 9:00 pm

    Avadhi vedhaane 12 hours ge ninjo

  53. ❤#!/❤ says:
    December 15, 2017 at 9:07 pm

    Alhe kobaa tha story ..Plx plx up kohdheebala????

  54. Black beauty says:
    December 15, 2017 at 10:36 pm

    Dhn evaru kohfa ninmaalee thwche vaahaka.c levijjeynun

  55. Black beauty says:
    December 15, 2017 at 11:12 pm

    Adhives noolheytha nidhihama vaakah

    1. Naaz says:
      December 15, 2017 at 11:31 pm

      Aaan heevanee ehen hen! Ehenve kanneynge e ulhenee vaahaka up nukohdhevigen

  56. Sham says:
    December 15, 2017 at 11:16 pm

    Star vaahaka upload nukh nidhi hama kuran dhiyaee dhw. Theethi kada eyh. Thihn hedhyma readers ah thibeynee nunidhifa. Think about others too darling.

Comments are closed.

Next Episodeނޭގި ހިތޭ ތި އަތުލީ 17←


All Right Reserved!