Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތިޔައީ މަގޭ އުފަލަކީ 3

Aishath Eeman Rashyd Level 1
December 23, 2017 4 Mins Read
15 Comments

”ދެން.. ކޮން ކޮޓަރިއަކު ޒޯޔާ ހުންނާނީ.. ދެން ނެތެއްނު ރޫމެއްވެސް..” އާލިޔާ އެހެން ބުނިއިރު އޭނާގެ ހިތް އާދަޔާޚިލާފަށް ބާރަށް ތެޅެއެވެ. ހީވަނީ ޒަހީނާގެ ޖަވާބު އޭނާއަށް އެނގޭހެންނެވެ. ”ރޫމެއް ނެތިއްޔާ ދެން އަލްގެ ކޮޓަރީގައެއްނު ހުންނާނީ..” ޒަހީނާ ވަރަށް ހަމަޖެހިލާފައި އިނދެ ބުނެލިއެވެ. އާލިޔާ އިތުރު އެއްޗެކޭ ނުބުނީ އެހެން ގޮތެއް ނެތީމައެވެ. އިތުރު މީހަކާ ކޮޓަރި ޝެއާ ކުރުމަކީ އޭނައަށް ވާނެ ކަމެއް ނޫނެވެ. އާލިޔާ ސޯފާއިން ތެދުވެ ޒޯޔާއަށް ބަލާލުމަށްފަހު ފުން ނޭވާއެއް ދޫކޮށްލިއެވެ. ”އާދޭ ކޮޓަރިއަށް.. ނިދަން މިދަނީ..” އާލިޔާ ޒޯޔާއަށް ބަލާލުމަށްފަހު ފަރުވާ ކުޑަ ގޮތަކަށް ބުނެލިއެވެ. އެއްވެސް ޝަކުވާއެއް ނެތި ހިނިތުންވެލައިގެން ހުރެ ޒޯޔާ އާލިޔާގެ ފަހަތުން ގޮސް ކޮޓަރިއަށް ވަނެވެ.

އާލިޔާ ކޮޓަރިއަށް ވަތްއިރު ޒޯޔާގެ އެއްޗެހި އެ ކޮޓަރިއަށް ވައްދާފައި ހުރިތަން ފެނުމުން އަނގަޔަށް ގޮތެއް ހަދާލެވުނެވެ. ”ސިންގަލް ބެޑެއް މީ.. ކޮންތާކު ޒޯޔާ ނިދާނީ..” އާލިޔާ އައިސް އެނދުގައި އިށީނދެލަމުން އަހާލިއެވެ. ”އޮންނާނެ ތުނި ގޮދަޑިއެއް ގެނެއްސަ.. މަންމަ ބުނި ގުދަން ހުރިތަން ކޮޓަރިއަކަށް ބަދަލުކުރާ ވާހަކަ..” ޒޯޔާ ބުނެލިއެވެ. ”ދެން.. އެތަން ޒޯޔާއަށް ދޯ..” އާލިޔާ އަހާލިއެވެ. ”އާނ.. އެތަން ހެދެން ދެން ދޮންތަ ކޮޓަރީގަ އުޅޭނީ..” ޒޯޔާ އޭނާގެ ދަބަހުން ނިދާ ހެދުން ނަގަމުން ބުނެލިއެވެ. ފާޚާނާއަށް ވަންނަ ދިޔަ އާލިޔާ ސިހުނީ ޒޯޔާ އޭނާއަށް ދޮންތަ ކިޔުމުންނެވެ. ”ދޮންތަ.. މައި ފުޓް..” އާލިޔާ ބަނޑަށް އަޑުއިޥޭވަރަށް އެހެން ބުނެފައި ފާޚާނާއަށް ވަނެވެ.

ހެނދުނު ހެނދުނާ ހޮސްޕިޓަލަށް ގޮސް އާލިޔާ އަވަސް ވެގަތީ ޑޮކްޓަރ ފަޔާޒް އައުމުގެ ކުރިން ނިޝީގެ ހާލު ބަލާށެވެ. އާލިޔާ ދިޔައިރު އަދި ނިޝީ ހެއެއް ނާރައެވެ. އޭރު ޒީހާންގެ އިތުރުން އެހެން ފިރެހެން ކުއްޖަކުވެސް އެތާ އިނެވެ. ޒީހާން އާ ވައްތަރު ކަމުން އެއީ ޒީހާންގެ ކޮއްކޮއެއްކަމަށް އާލިޔާއަށް ގަބޫލުކުރެވުނެވެ. ނިޝީ އެސްފިޔަތައް ތަޅުވާލިތަން އާލިޔާއަށް ފެނުނީ އާލިޔާ ނިޝީގެ ބީޕީ ޗެކްކުރަން ހުއްޓައެވެ. އާލިޔާ މަޑުމަޑުން ނިޝީއަށް ގޮވާލިއެވެ. އެވަގުތު ޒީހާންވެސް އައިސް ނިޝީ އޮތް އެނދުގެ މަގަތުގައި އިށީނެވެ. އެވަގުތު ޒީހާން ޖަހައިގެން ހުރި ސެންޓުގެ ވަހުން އާލިޔާ އަށް ނޭވާ އެތެރެއަށް ދަމާލިއެވެ. ”ދޮންބޭ..” އާލިޔާ ނިޝީއަށް ބަލާލީ ނިޝީ ޒީހާންއަށް ގޮވާލިއަޑަށެވެ. ނިޝީ ބޮލުގައި އަޅާފައި އޮތް ބޭސްގަނޑުގައި އަތްކާއްތާލިއެވެ. ”ނިޝީ ކިހިނެތްތަ؟..” އާލިޔާ ނިޝީގެ ވިންދު ބަލާލަމުން އޯގާތެރިކަމާއެކު އަހާލިއެވެ. ”ކުޑަކޮށް ބޮލުގަ ރިއްސާ..” ނިޝީ ލޯމަރާލަމުން ބުނެލިއެވެ. ”އެއްވެސް ވަރަކަށް ބަނޑަށް ތަދުވޭތަ؟..” އާލިޔާ އަހާލިއެވެ. ނިޝީގެ އޮޕަރޭޝަން ކުރެވުނީ ބަނޑުކަމަށް ވާތީއެވެ. ނިޝީ ބުނީ ބަނޑަށް ތަދުނުވާ ކަމަށެވެ. އެވަގުތު ޑޮކްޓަރ ފަޔާޒްވެސް އެތަނަށް އައެވެ. ޑޮކްޓަރ ބައްލަވާފައި ބުނުއްވީ އިތުރަށް ކަމެއް ގޯސްނުވާނަމަ 2 ދުވަސް ފަހުން ގެއަށް ފޮނުވާލާނެ ކަމަށެވެ. އަދި ގަޑިން ގަޑިއަށް ދޭންވީ ބޭސްތައް އާލިޔާއަށް ކިޔައިދިނެވެ. ޑޮކްޓަރ ފަޔާޒްގެ ފަހަތުން ނުކުންނަން ދިޔަ އާލިޔާ ސިހުނީ ފަހަތުން މީހަކު އޭނާގެ އަތުގައި ހިފެހެއްޓުމުންނެވެ. އާލިޔާއަށް ހީވީ އޭނާގެ ހަށިގަނޑުގައި ކަރަންޓު ރާޅުބާނިތަކެއް ދަތުރުކުރިހެންނެވެ. ހިންދިރުވާލުމަށްފަހު އާލިޔާ ފަހަތް ބަލާލިއެވެ. އޭނާއަށް ހީވި ހީވުން ޔަގީނެވެ. އެއީ ޒީހާންއެވެ. ޒީހާން އާލިޔާއަށް ބަލާލާފައި އެއްމިޔަކަނުން ހިނިތުންވެލުމަށްފަހު އިޝާރާތްކޮށްލީ ނިޝީ އޮތް އެނދު ކައިރީގައި ހުރި ކަބަޑަށެވެ. އާލިޔާއަށް އެދިމާއަށް ބަލާލެވުމާއެކު ބުމަ އަރުވާލެވުނެވެ. އޭނާ ހިފައިގެން އައި ފައިލް އޮތީ އެތާ ބޭއްވިފައެވެ. ” އޯވ… ތޭންކްސް..” އާލިޔާ ހިނިތުންވެލުމަށްފަހު ޒީހާންއަށް ބަލާލިއެވެ. އަދި ތެޅި ތެޅި އޮތް ހިތަކާއެކު ފައިލް ހިފައިގެން އެތަނުން ނިކުމެގެން ދިޔައެވެ.

އާލިޔާ ނިޝީއަށް ބޭސްދޭން ދާ ކޮންމެ ފަހަރަކު ޒީހާންއާ ދިމާވެއެވެ. އެގޮތުން އެމީހުން ވަނީ ރަހުމަތްތެރިކަމުގެ ގުޅުން އުފައްދާފައެވެ. އާލިޔާވަނީ ނިޝީގެވެސް ގާތް ރަހުމަތްތެރިއަކަށް ވެފައެވެ.

ދުވަސްތައް ފާއިތުވެގެން ދިޔައީ ހީވެސް ނުކުރާހާ އަވަށެވެ. އާލިޔާއާއި ޒީހާން އެކީގައި ތަންތަނަށްގޮސް ވަގުތު ހޭދަ ކުރެއެވެ. އެކުގައި ގިނަ ވަގުތު ހޭދަ ކުރެވުމުގެ ސަބަބުން އާލިޔާއަށް ޒީހާން އާމެދު ގޮތްނޭނގޭ އިހުސާސްތަކެއް އުފެދެންފެށިއެވެ. އެއީ ލޯބީގެ މަތިވެރި އިހުސާސްކަން އޭނާއަށް ރޭކާލީ އޭނާގެ އިހުސާސްތައް މަޖުދާއާއި ހިއްސާކުރެވުނު ފަހުންނެވެ.

އެދުވަހަކީ އާލިޔާއަށް ތަންކޮޅެއް ކުރިން ހޮސްޕިޓަލުން އާދެވުނު ދުވަހެކެވެ. އޭރު އާލިޔާގެ ބައްޕަ އަނިލްއާއި ޒަހީނާއާއި އަފްޒަލްގެ އިތުރުން ޒޯޔާ ތިބީ ކޮންމެވެސް ތާކަށް ދާން ތައްޔާރުވެގެނެވެ. ”ދަރިފުޅާ.. ދޭބަލަ ވަރަށް އަވަހަށް ފެންވަރާ ތައްޔާރުވެލައިގެން އަންނަން.. އެބައޮތް ވަރަށް މުހިންމު ތާކަށް ދާންވެފަ..” ޒަހީނާ ބުނެލިއެވެ. ވާން އުޅެނީ ކީއްކަން ނޭނގިހުރެ އާލިޔާ ބުމަ އަރުވާލަމުން ވީ ކީއްތޯ ޒޯޔާގާތު އަހާލިއެވެ. ޒޯޔާ ދެކޮނޑުއަރުވާލީ ނޭނގެއޭ ބުނުމުގެ ގޮތުންނެވެ. ޒޯޔާގެ ފަރާތުން އެދެވޭ ޖަވާބެއް ނުލިބުމުން އާލިޔާގޮސްވަނީ ކޮޓަރިއަށެވެ.

ކާރުގައި އިން އިރުވެސް އާލިޔާގެ ހިތް ދިޔައީ ބާރަށް ތެޅެމުންނެވެ. ދެފަހަރަކު ކޮންތާކަށްތޯ ދަނީވެސް އާލިޔާ ޒަހީނާ ގާތުން ސުވާލުކުރިއެވެ. ޒަހީނާގެ ޖަވާބަކަށްވީ ދެވުމުން އެނގޭނެ ކަމަށެވެ.

ކާރު އައިސް މަޑުކޮށްލީ ބޮޑު ގޭޓެއްގެ ކުރިމައްޗަށެވެ. އެވަގުތު ގޭޓުކައިރީގައި ހުރި ވޮޗަރު އައިސް ގޭތު ހުޅުވާލަދިނެވެ. ގޭޓުން އެތެރެއަށް ވަދެގެން ކާރު ދިޔައިރު އާލިޔާއާއި ޒޯޔާ ތިބީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެއީ އެގޭގެ ބޮޑުކަމާއި ރީތި ކަމުންނެވެ. ” މީ ޕެލެސް އެއްތަ؟..” ހައިރާންވީ ވަރުން ޒޯޔާއަށް އާލިޔާ ގާތު އަހާލެވުނެވެ. ”ހީވަނީ ދޯ..” އާލިޔާ މަޑު ހީލުމަކާއެކު ބުނެލިއެވެ.

އާލިޔާމެން ކާރުން ފައިބައިގެން ދިޔައީ އަނިލްގެ ފަހަތުންނެވެ. އަނިލް ގޮސް ދޮރު ކުރިމަތީ ހުއްޓިފައި ރަނގަބީލު ޖަހާ ފިތަށް އޮއްބާލިއެވެ. މާ ގިނައިރެއް ނުވެ މީހަކ އައިސް ދޮރުހުޅުވިއެވެ. އެއީ މެދު އުމުރުގެ އަންހެނެކެވެ. ބަލާބެލުމަށް ހީވަނީ އެގޭގައި މަސައްކަތް ކުރަން ގެންގުޅޭ މީހެއްހެނެވެ. އޭނާގެ ފަހަތުން އާލިޔާމެން ގޮސް އެރީ ލިފްޓަކަށެވެ. 7 ބުރީގެ ގެއެއް ކަމުން އަނިލް އޮއްބައިލީ 7 ޖަހާފައި އިން ފިތަށެވެ.

އާލިޔާމެނަށް 7 ވަނަ ބުރިއަށްއެރުމުން އެމީހުނަށް މަރުހަބާކީ ގާތްގަނޑަކަށް އަނިލްމެނާ އެއްވަރުގެ ފިރެހެނެކެވެ. އެމީހާގެ ފަހަތުން އާލިޔާމެން ގޮސް އިށީނީ ބޮޑުކޮޓަރީގައި ހުރި ސޯފާގައެވެ. އެގޭގެ ރީތިކަމުން އާލިޔާއިނީ އެހެން ދިމާލަކަށް ނަޒަރު ހުއްޓާލަން ނޭނގިފައެވެ. އޭނާ ސިހުނީ ފަހަތުން ދައްތާއޭ ކިޔާފައި މީހަކު ފަަހަތުން ގޮވާލި އަޑު އިވުމުންނެވެ. އާލިޔާ ފަހަތް ބަލައިލިއެވެ. ގަބޫލު ނުކުރެވޭފަދަ ގުތަކަށް އާލިޔާއަށް އެކުއްޖާއާ ދިމާ ބަލަހައްޓައިގެން ހުރެވުނީ އެއީ ނިޝީ ކަމަށް ވާތީއެވެ. ”ނިޝީ… މިގޭގަ… ކީއްކުރަނީ..” ހީވެސް ނުކުރާފަދަ ގޮތަކަށް ނިޝީ ފެނުމުން އާލިޔާއަށް އަހާލެވުނެވެ. ” ހެހެހެ.. މީ އަޅުގަނޑުގެ ގެޔޭ ދައްތާ..” ހީލާފައި ނިޝީ ބުނެލިއެވެ. އާލިޔާއަށް ލޯބޮޑުކޮށްލެވުނީ ނިޝީ އެހެން ބުނުމުންނެވެ. އާލިޔާގެ ސިކުނޑި މަސައްކަތް ކުރަން ފެށީ އޭގެ އިރުކޮޅެއް ފަހުންނެވެ. ”އަމްމް… ނިޝީ.. އެހެންވިއްޔާ.. ޒީހާންވެސް އުޅެނި މިގޭގަ ދޯ..” އާލިޔާ ކުޑަކޮށް ނިޝީއާ ކައިރިވެލަމުން އަހާލިއެވެ. ނިޝީ ހީލާފައި އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. އާލިޔާއަށް ހީވީ މުޅި ދުނިޔެ ރަންވި ހެނެވެ. މިއިނދެވެނީ ޒީހާންގެ ގޭގައި ކަން އިހުސާސް ވުމުން އޭނާއަށް އިނދެވުނީ އަޑި އަޑިން ހީލަ ހީލައެވެ. ދެން އޭނާއަށް ވިސްނެން ފެށީ މިގެއަށް އައި ބޭނުމާ މެދުއެވެ. އޭނާގެ އިތުރުން ދެން ތިބި މީހުންވެސް ސިއްސައިގެން ދިޔައީ ކޮންމެވެސް  އެއްޗެއް ވެއްޓުނު އަޑަށެވެ.

ސޯފާ ކުރިމަތީގައި ހުރި ނާސިޔާ ފެނިފައި އެއީ ޒީހާންގެ މަންމަކަން އާލިޔާއަށް އެނގުނެވެ. ނާސިޔާ އަތުން ވެއްޓުނީ އޭނާގެ ފޯނެވެ. އެކަމަކު ނާސިޔާ ސިހެންވީ ސަބަބެއް އާލިޔާއަކަށް ނުވިސްނުނެވެ. އާލިޔާމެން އެގެއަށް އައީވެސް އެމީހުން ދައުވަތު ދީގެން ވިއްޔާއެވެ. އާލިޔާ އަނގަޔަށް ގޮތެއް ހަދާލިއެވެ.

”މަންމާ.. ކިހިނެއްވީ؟..” ނިޝީ އައިސް ނާސިޔާ ގާތު ހުއްޓެމުން އަހާލިއެވެ. ”ނޫނޭ.. މާ ބޮޑު ކަމެއް ނުވޭ ދަރިފުޅާ..” ނާސިޔާ ހަމަޖެހޭގޮތް ދައްކަމުން ބުނެލިއެވެ. ”އަނިލް.. މީ އަހަރެންގެ އަންހެނުން ނާސިޔާ… ނާސިޔާ.. މީ އަނިލް.. އަހަރެންގެ ވަރަށް ދުވަސްވީ އެކުވެރިއެއް.. ދެން މީ އަނިލްގެ އަންހެނުން ޒަހީނާ..” ނާސިޔާގެ ފިރިމީހާ އަކްރަމް އަނިލްގެ ދެމަފިރިން ނާސިޔާއަށް ތަޢާރަފް ކޮށްދިނެވެ. ނާސިޔާ ޒަހީނާއަށާއި އަނިލްއަށް ބެލީ ތަފާތު ގޮތަކަށްކަން އާލިޔާއަށް ފާހަގަ ކުރެވުނެވެ. އެވަގުތު އެތަނަށް ޒީހާން އާއި އޭނާގެ ކޮއްކޮ އަހުސަން އެތަނަށް އައިތަން އާލިޔާއަށް ފެނުނެވެ. އަހުސަން އަކީ ޒީހާންއާއެކީ ހޮސްޕިޓަލުން އާލިޔާއަށް ފެނުނު ކުއްޖާއެެވެ.

ދެއާއިލާ ތައާރަފް ވުމަށްފަހު ދެން އޮތީ އެންމެ ބޮޑު ވާހަކަ ކަަަމަށް އަކްރަމް ބުނުމުން އާލިޔާގެ ހިތް އާދަޔާޚިލާފަށް ބާރަށް ތެޅެން ފެށިއެވެ. އަކްރަމް ގޮވާލީ އެގޭގައި އުޅޭ ނޯކަރަކަށެވެ. އެމީހާ އައީ ކުޑަވަރެއްގެ ތަބަކެއް ހިފައިގެނެވެ. އޭގައި އިނީ ކުޑަ ކުޑަ ދެ މަހުމާ ފޮށްޓެވެ. އެއީ ކޯއްޗެއްކަން ބަލާލާ ހިތުން އާލިޔާ އިނީ ކެތް މަދުވެފައެވެ. ” އާލިޔާ… ޒީހާން.. ބައްޕަމެން މިއަދު ދަރިފުޅުމެނަށް ނޭނގި ވަރަށް ބޮޑު ނިންމުމެއް ނިންމައިފިން… ބައްޕަމެން ބޭނުމީ ޒީހާން އާ އާލިޔާ ކައިވެނީގެ މާތް ގުޅެން…” އަކްރަމް އެހެން ބުނެ ނިމުނުއިރު އާލިޔާ ތުންފަތްމަތީގައި ވަނީ މާނަފުން ހިނިތުންވުމެކެވެ. އާލިޔާ ޒީހާން އަށް ބަލާލީ އަނެއްކާ މީ ޒީހާން ރުހޭވަރު ކަމެއްބާއޭ ހިތަށްއަރާފައެވެ. އާލިޔާ ޒީހާން އަށް ބަލައިލިއިރު ޒީހާންގެ މުށި ކުލައިގެ ދެލޯ ވަނީ އާލިޔާއަށް ހުއްޓިފައެވެ. އޭރު ޒީހާންގެ މޫނުމަތީގައިވެސް ހިނިތުންވުމެއްވިއެވެ. ޒޯޔާ ސައިޑަކުން އައިސް އާލިޔާ ގައިގައި ބައްދާލުމުން އާލިޔާ ކުޑަކޮށް ސިހުނެވެ. ” ކޮންގްރާ ސިސް..” ޒޯޔާ ހިނިތުންވެލައިގެން ހުރެ އާލިޔާއަށް ބުނެލިއެވެ.

އަކްރަމް އައިސް ތަބަކުގައި މަހުމާ ފޮށި ހުޅުވާލިއިރު އޭގައި އިނީ ވަރަށް ރީތި ދެ އަނގޮޓިއެވެ. ”ދެން ތިހެން ނުތިބެ ކައިރިއަށް އައިސް އަނގޮޓި އަޅުވާލަބަލަ..” ޒޯޔާއަށް ފޯރިއައި ކަހަލައެވެ. އޭނާ އާލިޔާ ގެނެސް ޒީހާން ކައިރި ބަހައްޓާފައި އާލިޔާއަތަށް އަނގޮޓި ދިނެވެ. އާލިޔާ ޒީހާން އަށް ބަލައިލުމަށްފަހު ޒީހާންގެ ކަށި އިނގިލީގައި އަނގޮޓި އެޅުވިއެވެ. ޒީހާންވެސް ހިނިތުންވެލައިގެން ހުރެ އާލިޔާގެ ކަށި އިނގީލީގައި އަނގޮޓި އަޅުވާދިނެވެ. އެއާއެކު އެންމެންގެ ތަރުހީބުގެ އަތްތިލަބަޑިތަކުންނާއި މަރހަބާގެ ބަސްތަކުން މުޅިތަން ގުގުމާލިއެވެ.

”ދެމީހުން ތިބި ގޮތުން ހީވޭ ހާދަ ކަމެއް ފަށައިގެން އުޅޭ ހެން.. އެކަކުގެ މޫނުމައްޗަކުންވެސް ނުތަނަވަސް ކަމެއް ނުފެނެ.. ދޯ ޒޯއީ..” އަފްޒަލް ޒޯޔާއަށް ދޯ ދެމުން ބުނެލިއެވެ. ”އަސްލު ވީ ގޮތަކީ ދޮންބެ އާލިޔާ ދެކެ ލައިކްވޭ.. އަހަރެން ކައިރި ބުނީ.. އިތުރ އެހެން މީހެއް ކައިރި ނުބުނެ.. ދެން އަނެއްކާ ކުއްލި ގޮތަކަށް މިކަހަލަ ކަމެއް ވީމަ ދޮންބެއަށް ދެން ދުނިޔެވެސް ރަންވީނުއެ… އަހަންނަށް ވަރަށް ހީވޭ އާލިޔާވެސް ދޮންބެދެކެ ލައިކްވާހެން.. ދޮގެއް ނޫން ދޯ މީ އާލިޔާ..” އަހުސަން އަހާލިއެވެ. އާލިޔާގެ ލަދުރަކި ހިނިތުންވުންވެސް ޖަވާބަކަށް ފުދެއެވެ. ”އެނީވެ.. ހުރިހާ ޝުކުރެއް ނިޝީއަށް… ނިޝީގެ ސަބަބުން ވިއްޔާ މިތިބަ ދެ ލޯބި ލޯބި ދެކުދިން ގުޅުނީ..” އަހުސަން އެއްލޯ މަރާލަމުން ބުނެލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Aishath Eeman Rashyd

Level 1

Other Articles

Previous

ނޭނގި ހިތޭ ތި އަތުލީ 21

Next

ހަމްސަފަރް 3

Next
December 23, 2017

ހަމްސަފަރް 3

Previews
December 23, 2017

ނޭނގި ހިތޭ ތި އަތުލީ 21

15 Comments!

  1. Pinky shifoo says:
    December 23, 2017 at 11:16 am

    Hiii Eeman… Mi part vx varah reethi… N it’s interesting… Keep it up… Waiting for next part

  2. roya says:
    December 23, 2017 at 11:17 am

    story vrh reethi….kon irakun dhen inna part… thy kaashidhoo kuhjehtha Eemaan????

  3. starfish says:
    December 23, 2017 at 11:20 am

    me 2nd nice mi bai vx

  4. Rsh says:
    December 23, 2017 at 11:52 am

    V Salhi

  5. ***?*** says:
    December 23, 2017 at 12:00 pm

    Mibaives reethi. Kon irakun dhen oi bai othee

  6. Aishath Eeman Rashyd says:
    December 23, 2017 at 12:33 pm

    thnkxx. for the commentxx.. n mibai ga hunnane kudhi kudhi mistakes vx.. pl dont mind

  7. Aishath Eeman Rashyd says:
    December 23, 2017 at 12:42 pm

    yeah mee kaashidhoo kuhjeh roya.. bt how did u know???

    1. roya says:
      December 23, 2017 at 1:55 pm

      because i know you….

    2. roya says:
      December 23, 2017 at 1:56 pm

      you also know me…

  8. Aishath Eeman Rashyd says:
    December 23, 2017 at 1:39 pm

    insha allah v avahah dhn oiy bai vx genesdheynan

  9. mishy says:
    December 23, 2017 at 1:53 pm

    Vrh vrh salhi mi vhk…. nd Eeman plx nxt bai avas khladhehchey

  10. Aishath Eeman Rashyd says:
    December 24, 2017 at 11:23 am

    how do u know me.. thi vx kaashidhoo kuhjeh tha roya

    1. roya says:
      December 25, 2017 at 5:43 pm

      vedhaane ehen kamah vex…..varah friendly ulheveny hama….

    2. roya says:
      December 25, 2017 at 5:46 pm

      vedhaane ehen kamah vex…..varah friendly ulheveny hama….schoolga ehkoh work vex kurevifa hury……

  11. shhhh says:
    December 27, 2017 at 3:56 pm

    varah reethi

Comments are closed.

Next Episodeތިޔައީ މަގޭ އުފަލަކީ 4←


All Right Reserved!