ގެއްލިދިޔަ ހަޔާތް…. 22
ޒާހިދު އެހެން އެހުމާއެކު ތުއި ގޮތަކަށް އެތެރެއަށް ވަނުމަށް އިޝާރާތްކޮށްލަމުން އެކުއްޖާ އެތެރެއަށް ހިނގައިގަތެވެ.މޫނުން އޮހެރެމުން ދިޔަ ދާތިކިތައް ގަމީހުގެ އަތުން ފޮހެލަމުން ޒާހިދު އެތެރެއަށް ވަނެވެ.
އެތެރެއަށް ވަދެގެން ދިޔައިރު އެކި އުމުރުފުރައިގެ މީހުން މަސްހުނިވެ، ފާހިޝް އަމަލްތަކުގެ ތެރެއަށް ޢަރަޤުވަމުންދިޔަ މަންޒަރު ފެންނަމުންދިޔައެވެ. ޒާހިދު ހިނގަމުން ދިޔައީ އެއްކަލަ އަންހެން ކުއްޖާގެ ފަހަތުންނެވެ. ދަނބު ކުލައިގެ ދޮރަކާ ހަމައަށް ދެވުމާއެކު އެކުއްޖާގެ ފިޔަވަޅަށް ހުއްޓުންއެރިއެވެ. އެކޮޓަރި ތެރެއަށް ވަންނާށޭ ބުނެލަމުން އެކުއްޖާ އެތަނުން ދިޔައެވެ. އަސްލަމް ވީ އެކޮޓަރިތެރޭގައިކަން ވިސްނުމާއެކު ހިން ދިރުވާލަމުން ޒާހިދު އެކޮޓަރިއަށް ވަނެވެ. އެވަގުތު ފެނުނު މަންޒަރުން ޒާހިދުގެ ލޭ ކެކިގެން ދިޔައެވެ. އެހެނަސް އިސްވެ ކުރިއަށް އެންމެ ފިޔަވަޅެއްވެސް އެޅެން ނެތްކަން އެނގުމުން ޒާހިދު ނިކަމެއްޗަކު ފަދައިން އިސްދަށަށް ޖަހާލިއެވެ. މިއަދު އެކޮޓަރިތެރޭގައި ހިނގަމުން އެދާ ލާއިންސާނީ ޖަރީ މާ ހިންގުމަށް މަގުފަހިކޮށްދިން މީހަކީ ޚުދު ޒާހިދެވެ. އާއެކެވެ. ކޮޓަރިތެރޭގައި ހުރި ވަށް، ބޮޑު އެނދުގައި އެތައް ބައެއްގެ ވަކިތަކުގެ ޝިކާރައަކަށް ވަމުން އެދަނީ މިންހާއެވެ. އެފަކީރުގެ އަރުތެރެއިން އެންމެ ބަހެއްވެސް ބޭރުކޮށްލެވޭހާ ހިތްވަރެއް އެހަށިގަނޑަކު ނެތެވެ. އެހެނަސް އެހަށިގަނޑަށް ދަހިވެތިވެފައިވާ ޝިކާރަވެރިންނަކަށް އެހަށިގަނޑުގައި އަޅަމުންދާ ވޭނެއް އިހުސާސް ނުކުރެވޭ ކަހަލައެވެ. އެތަނުގައި އިތުރަށް އެންމެ ސިކުންތަކަށްވެސް ކެތް ނުކުރެވޭނެކަން އެނގުމުން ޒާހިދު އަވަސް އަވަހަށް އެތަނުން ނިކުތުމަށް ހިނގައިގަތެވެ.
” ހޭއި..ބަޑީ….“ އަސްލަމްގެ އަޑަށް ކޮޓަރިން ބޭރަށް ނިކުންނަން ހިނގައިގަތް ޒާހިދުގެ ފިޔަވަޅަށް ހުއްޓުން އެރިއެވެ. އެހެނަސް ފަސް އެނބުރި ބަލާލާކަށް ޒާހިދުގެ ހިތެއް ބޭނުމެއް ނުވިއެވެ.
” ކަމޯން… ލެޓްސް ގޯ…“ ޒާހިދުގެ ކޮނޑަށް އަތް ވައްޓާލަމުން އަސްލަމް ބޭރަށް އިޝާރާތް ކުރިއެވެ. ހިތުގައި އަނދަމުން ދިޔަ އަލިފާންގަނޑު އެތެރެއަށް ހިންދާލަމުން އަސްލަމްއާ އެކު ބޭރަށް ޒާހިދު ނިކުތެވެ. އޭރުވެސް މުޅި ގޭތެރޭގައި މިއުޒިކުގެ އަޑު ގުގުމަމުންދިޔައެވެ. މިއުޒިކުގެ ޖޯޝާއި ފޯރީގައި އެތައް ޖިސްމެއް އެކުވެ މަސްހުނިވަމުންދިޔައެވެ.
ގެއިން ބޭރަށް ނިކުންނަން ހިނގައިގަންނަމުން އަސްލަމް ވަގުތުން މިސްރާބު ބަދަލުކޮށްލިއެވެ. އަސްލަމްގެ ފަހަތުން ޓެރެސްއަށް އަރަން ޒާހިދުވެސް ހިނގައިގަތެވެ. ރެއަކީ ފިނި ރެއެއް ނަމަވެސް ޒާހިދަކަށް އޭގެ އެއްވެސް އަސަރެއް ނުކުރާކަހަލައެވެ. މުޅި މީހާ ވަނީ ދާހިއްލާ ފޯވެފައެވެ. ފުރަތަމަ ފަހަރަށް އަމިއްލަ ނަފްސު ދެކެވެސް ޒާހިދު ޖެހިލުންވެފައިވާކަހަލައެވެ. ޓެރެސްއަށް އެރުމާއެކު ޖެހިލި ފިނި ވައިރޯޅިން ޒާހިދު ތުރުތުރުއަޅައިގަތެވެ.
” އައްދެ… ހަމަ އެހާ ފިނީތަ؟“ ޒާހިދަށް ވީގޮތް ފެނުމުން އަސްލަމް ހިނިގަނޑެއް ޖަހާލަމުން އަހާލިއެވެ.
“ އުހުނ… ފިންޏެއް ނޫން..“ ހަމަޖެހިލެވޭތޯ ޒާހިދު މަސައްކަތްކުރިއެވެ.
” އޯކޭ… ކަމް ޓު ދަ ޕޮއިންޓް… މިގަޑީގަ ތިއައީ އަނެއްކާ ކޮންކަމަކާ ލައިގަތީތަ؟“ ސިގިރޭޓެއް ރޯކޮށްލަމުން ޒާހިދާ ދިމާލަށް ތޫނު ނަޒަރަކުން އަސްލަމް ބަލާލިއެވެ. އަސްލަމްގެ އެސުވާލާއެކު ޒާހިދުގެ އަތްފައި ފިނިވެގެންދިޔައެވެ. ބުނާނެ އެއްޗެއް ޒާހިދަކަށް ނޭނގުނެވެ. ގަބުވެފައި ހުރެވުނީއެވެ.
” ވަޓްސް އަޕް ބްރޯ؟ އާންސަރ މީ!!!“ އަސްލަމްގެ އަޑު ގަދަވެގެންދިޔައެވެ.
” އައި ވޯންޓް ޓު ކުއިޓް!!!“ ހިތްވަރުކޮށްފައި ޒާހިދު ބުނެލިއެވެ. އެއާއެކު އަސްލަމްގެ އަތުގައި އޮތް ސިގިރޭޓްބުރި ވެއްޓުނެވެ.
” މާނައަކީ؟؟؟“ އަސްލަމް ވާހަކަދެއްކީ ސީދާ ޒާހިދުގެ މޫނަށް ބަލަހައްޓައިގެން ހުރެއެވެ. ސުވާލަށް ޖަވާބުދިނުމުގެ ބަދަލުގައި އަތުގައި އޮތް ރަތް ކުލައިގެ ފައިލް އަސްލަމްއާ ދިމާލަށް ޒާހިދު ދިއްކޮށްލިއެވެ. ފައިލަށް އަސްލަމް ބަލާލީ ވިސްނުންތެރިކަމާއެކުގައެވެ.
“ ލަވް؟؟؟ އިޒް އިޓް؟؟؟“ އަސްލަމްގެ މޫނުމައްޗަށް ވިހަ ހިނިތުންވުމެއް ވެރިވިއެވެ. އެ ހިނިތުންވުމުގެ މާނަ ނަގާނެ ގޮތެއް ޒާހިދަކަށް ނުވިސްނުނެވެ.
” މައްސަލަގަނޑަކަށް ހަދާކަށް އަހަރެން ބޭނުމެއް ނޫން… އަހަރެން ބޭނުމީ ދެން މުޅިން އެހެން ދިރިއުޅުމެއް ފަށަން… އަހަރެން މި ގޭންގުގެ އެއްވެސް މައުލޫމާތެއް އެއްވެސް މީހަކާ ހިއްސާއެއް ނުކުރާނަން… އަހަރެންނަށް އިތުބާރުކުރޭ“ ޒާހިދު ވާހަދެއްކީ އާދޭހުގެ ރާގެއްގައެވެ.
” ލުކް… އައި ޑޯންޓް ޓްރަސްޓް އީވެން މައި ޝެޑޯ…“ އަސްލަމްގެ މޫނުމައްޗަށް ރުޅިވެރިކަން ފެތުރިގެންދިޔައެވެ.
” ޕްލީޒް… އިޓްސް އަ ރިކުއެސްޓް… އައި ކާންޓް ޓޭކް އިޓް އެނީމޯރ…“ ޒާހިދު ކުރިއަށް ޖެހިލަމުން ވާހަކަދެއްކިއެވެ.
” މައްސަލައަކީ ޒާހިދެއް ނޫން.. މައްސަލައަކީ ޒާހިދުގެ ވާން އުޅޭ އަނބިމީހާ… ހަނދާންކުރާތި….. އަހަރެން ކަލޭ މިފޮނުވާލަނީ ހިތުން ރުހުމުންނެއް ނޫން…“ އަސްލަމް އަނެއް ފަރާތަށް އެނބުރި ސިގިރޭޓެއް ރޯކޮށްލިއެވެ.
” ތޭންކްސް ބްރޯ… ތޭންކްސް އަ ލޮޓް…“ ޒާހިދު އުފަލުން ގޮސް އަސްލަމްގެ ގައިގައި ބައްދާލިއެވެ. އެއާއެކު އަސްލަމް ޒާހިދުގެ ކޮނޑުގައި އަތުން ޖަހާލިއެވެ. އެވަގުތު ޒާހިދުގެ ފޯނު ރިންގުވާންފެށިއެވެ. ގުޅަނީ ރޭޝަމްކަން އެނގުމާއެކު ފޯނަށް ޖަވާބުދެމުން ޒާހިދު އެތަނުން ދިޔުމަށް ހިނގައިގަތެވެ. ފުން ނޭވާއެއް ބޭރުކޮށްލަމުން ޒާހިދު ގޮސް ސައިކަލަށް އަރާ ދުއްވާލިތަން ބަލަން ޓެރެސް މަތީގައި އިން އަސްލަމްގެ ތުންފަތަށް ވިހަ ހިނިތުންވުމެއް ވެރިވިއެވެ. “އަހަރެންގެ ހިޔަނި އަބަދުވެސް ކަލެއަށް ފާރަލާނެ…“ ހިތާ ހިތާ އަސްލަމް ކިޔާލިއެވެ.
“ އަސްލުވެސްތަ؟ އަހަރެންނަށް ގަބޫލެއްވެސް ނުކުރެވޭ ޒާހިދު އެކަންތައް އެއްކޮށް ދޫކޮށްލީކަމަށް….. ތޭންކްސް މައި ލަވް…“ ހެވިފައިހުރެ ރޭޝަމް ވާހަކަދެއްކިއެވެ.
” އެނީތިންގ ފޯރ ޔޫ މައި ޕްރިންސެސް…“ ރޭޝަމްގެ ކޮލުގައި ޒާހިދު ހިފާލިއެވެ.
” ސޯ އާރ ޔޫ ރެޑީ ޓު ބީ މައި ހަޒްބެންޑް؟؟“ ޒާހިދުގެ އަތުގައި ހިފާލަމުން ރޭޝަމް އަހާލިއެވެ.
” ކޮންއިރަކުތަ އަހަރެން ބުނީ ރޭޝަމްގެ ހަޒްބެންޑަށް ވާނަމޭ؟“ ރޭޝަމްގެ އަތް ފޮޅުވާލަމުން ޒާހިދު ބުނެލިއެވެ. އެއާއެކު ރޭޝަމްގެ މޫނުމަތިން ފެންނަމުންދިޔަ އުފާވެރިކަމުގެ ކުލަވަރު މޮޅިވެރިކަމަށް ބަދަލުވިއެވެ. ފެންކަޅިވެފައިވާ ހާލު ސުވާލުގެ ނަޒަރަކުން ޒާހިދާ ދިމާލަށް ރޭޝަމް ބަލާލިއެވެ.
“ސާބަސް މޮޔަގަނޑު… އަދިވެސް އަހަރެންނަށް އިތުބާރެއް ނުކުރަންތަ؟ އަޅެ ދޫނިގަނޑާ ނިއިނދެ ދެން ވަކި ކާކާ އަހަރެން އިންނާނީ؟“ ކުރެވުނު ސަމާސާއާ މެދު ޒާހިދު ކިތަންމެ ހިނިއައިސްފައި ހުއްޓަސް ރޭޝަމް ހުރީ ހިތްހަމަނުޖެހިފައެވެ.
” ތިކަހަލަ ސަމާސާ ދެން އަހަރެންނާ ނުކުރާތި.. އަހަރެން ތަޅުވަން ނޫޅޭ… އެހާ ހިތްވަރެއް ނެތް…“ އާދޭހުގެ ރާގެއްގައި ރޭޝަމް ވާހަކަދެއްކިއެވެ.
” އޯކޭ… ސޮރީ މައި ޕްރިންސެސް… ސޯ ލެޓްސް ގެޑް ރެޑީ ފޯރ އަވަރ މެރީޖް“ ރޭޝަމްގެ މޫނުގައި ލޯބިން ފިރުމާލަމުން ޒާހިދު ބުނެލިއެވެ. އެއާއެކު ރޭޝަމްގެ މޫނުމައްޗަށް އަނެއްކާވެސް އުފާވެރިކަމުގެ ކުލަވަރު ފެތުރިގެންދިޔައެވެ.
ހަފްތާއެއް ފަހެވެ. ކައިވެނީގެ ހުރިހާ ކަމެއް ހަމަޖައްސައި ތާރީޚެއް ކަނޑައަޅާ ނިމިއްޖެއެވެ. ދުވަސް ކައިރި ވުމާއެކު ރޭޝަމްއަށް އާދަޔާ ޚިލާފު އިހުސާސްތަކެއް ކުރެވެންފެށިއެވެ. ޒާހިދުގެ ހާލަކީވެސް އެއީއެވެ. ކެތްމަދުވެފައިވާ ހާލު ދެމީހުންވެސް ދިޔައީ ކައިވެނީގެ މާތް ގުޅުމުން ގުޅޭނެ ވަގުތަކަށް އިންތިޒާރުކުރަމުންނެވެ.
” ދެން ޒާހިދު…. އަޅެ ދޭބަ ދުރަށް.. މީހަކަށް ފެނިއްޖެއްޔާ ކީކޭ ބުނާނީ؟“ ކޮޓަރިތެރޭގައި ރީތިވާން އިން ރޭޝަމް ޒާހިދު ދުރަށް ކޮއްޕާލިއެވެ.
” އުހުނ.. ނުދެވޭނެ ދެން ދުރަކަށް… ތީ އަހަރެންގެ އަނބިމީހާއެއްނު… އަސްލުވެސް ހާދަ ރީއްޗޭ ދޯ މިރޭ…“ ރޭޝަމްއާ ގާތްވެލަމުން ޒާހިދު ރޭޝަމްގެ އަތުގައި ހިފާލިއެވެ.
” އަނބިމާހާއެއް ނޫން.. ވާން އުޅޭ އަނބިމީހާ… ލޮލް…“ ސަމާސާ ރާގެއްގައި ރޭޝަމް އެހެން ބުނިއިރު ލަދުން ގޮސް ރޭޝަމްއަށް އިސްދަށަށް ޖަހާލެވުނެވެ.
” ހެހެ.. މީހާ ލަދުން ގޮސް ވިރިވިރި ހުންނައިރުވެސް ސަމާސާ ކުރަން އުޅޭތި، މޮޔަގަނޑު..“ ޒާހިދު ހިނިގަނޑެއް ޖަހާލިއެވެ. އަދި ރޭޝަމްގެ ގައިގައި ލޯބިން ބައްދާލިއެވެ.
” އަހަރެންނަށް ދެރަގޮތެއް ނަހަދައްޗޭ ޕްލީޒް“ ރޭޝަމް ޒާހިދުގެ ތަނަވަސް މޭމަތީގައި މޫނު ޖައްސާލިއެވެ.
” އަހަރެން ވައުދުވަން ރޭޝަމްއަށް ދުވަހަކުވެސް ދެރައެއް ނުދޭނެކަމަށް… އެކަމަކު ރޭޝަމް ދުވަހަކުވެސް އަހަރެން ދޫކޮށްލާފަ ގޮސްގެން ނުވާނެ… ދިރިއުޅުމުގަ ކޮންމެފަދަ ހާލަތެއް އަޔަސް އަހަރެންނަށް އިތުބާރުކުރަންވާނެ..“ ޒާހިދު ރޭޝަމްގެ ބުރަކަށީގައި އޯގާތެރިކަމާއެކު ފިރުމާލިއެވެ.
ގަޑިން ރޭގަނޑު އަށެއް ޖެހިއިރު ގާޒީއާ އި ހެކިވެރިން އައިސް ތިއްބެވެ. ލަތީފާއި މާލްމެން ރީތިވެލައިގެން ސިޓިންގ ރޫމުގައި ވާހަކައިގައި ތިއްބެވެ. ތަންކޮޅެއް ދުރުގައި ރުޅި މޫނު ހަދައިގެން ލީޒާވެސް ހުއްޓެވެ. ސިޓިންގ ރޫމުގައި ފިޔާތޮށި ކުލައިގެ ފޮތިގަނޑެއް އަޅާފައި ހުރި މޭޒެއްގެ ދޮށުގައި ގާޒީއާއި ހެކިވެރިން އިށީނުމާއެކު ޒާހިދާއި ރޭޝަމް ކޮޓަރިން ނިކުމެގެން އައެވެ. ފިޔާތޮށި ކުލައިގެ ގަމީހަކާއި ހުދު ކުލައިގެ ޖީންސެއް ލައިގެން ހުރިއިރު ޒާހިދު ވަރަށް ވެސް ސްމާރޓެވެ. ޒާހިދުގެ ބޮލުގައި އޮތް ދިގު އިސްތަށިގަނޑު ވަނީ ކުރިއަށްވުރެ ކުރުކޮށް، ރީތި ގޮތަކަށް ކޮށާލާފައެވެ.
” ވަރަށް ހޮޓް އިނގޭ…“ ސިޓިންގ ރޫމުތެރެއަށް ވަދެގެން އައި ޒާހިދުގެ ރައްޓެހިންގެ ތެރެއިން އަންހެން ކުއްޖަކު ޒާހިދަށް ތައުރީފުކުރިއެވެ.
” އެހެންތަ ވަނީ؟ އެކަމަކު މަގޭ ޕްރިންސެސް މާ ލޯބި މިރޭ… އަޅެ ނޫންތަ؟“ ކައިރީގައި އިން ރޭޝަމްއަށް ބަލާލަމުން ޒާހިދު ހީލިއެވެ. ތެދެކެވެ. ރޭޝަމް މިރޭ ވަރަށް ވެސް ލޯތްބެވެ. ހުދުކުލައިގެ ދިގު، ފިޔާތޮށި މާތަކުން ޒީނަތްކުރެވިފައިވާ ހެދުމުގައި އިން އިންއިރު ރޭޝަމްގެ ހަށިގަނޑަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ.
” އެބުނާހެން… ޒާހިދު ހާދަ ކާމިޔާބޭ ދޯ… އަސްލުވެސް ހަމަ ރޭޝަމްއަށް ތައުރީފުކޮށްކޮށް ބަސްހުސްވެދާނެ..“ އެތަނުން ދިގުކޮށް ހުރި ޒުވާނަކު ޒާހިދަށް އާނ ބަސް ދިނެވެ.
ކައިވެނިކޮށް ނިމުނުއިރު ޒާހިދުގެ ހިތް އުފަލުން ގޮސް ނަށަމުންދިޔަކަހަލައެވެ. ރޭޝަމްވެސް ހުރީ އުފަލުން ފޮޅިފައި ކަމުގައި ވިޔަސް ކުޑަކޮށް ޖެހިލުންވެފައެވެ. އެއީ އަލަތު ކައިވެނީގެ ރޭ ކޮންމެ އަންހެންކުއްޖަކަށްވެސް ކުރެވޭނެ އިހުސާސެކެވެ.
ކައިވެނިކޮށް ނިމުމާއެކު އެންމެންވެސް ޒާހިދަށާއި ރޭޝަމްއަށް މަރުހަބާ ކިޔަމުންދިޔައެވެ. އަދި ތައްޔާރުކުރެވިފައިވާ ކެއުމާއިގެން ކުރިއަށް ދަމުން ދިޔައެވެ.
” އަންގާވެސް ނުލަމެއްނު.. އެކަމަކުވެސް ހަމަ މަރުހަބާ ކިޔާލަން ވެގެން މިއައީ..“ ދޮރުން ވަދެގެން އައި އަސްލަމްގެ އަޑު ޖެހުމާއެކު ޒާހިދުގެ މޫނުމަތިން ފެންނަމުން ދިޔަ އުފާވެރިކަމުގެ އަސަރު ފިލައިގެން ދިޔައެވެ. ހިތްހަމަނުޖެހިފައި ހުރެ ރޭޝަމްވެސް އަސްލަމާ ދިމާލަށް ބަލާލިއެވެ.
” ވަރަށް މަދު ބަޔަކަށް އެންގީ.. އެހެން ނޫނަސް ބޮސް ތީ ނުލާހިކު ބިޒީކޮށް އުޅޭ މީހެއް.. އެހެންވެ އެންގިޔަސް ނާދެވޭނެކަމަށް އަހަރެން ހީކުރީ..“ ހަމަޖެހިލެވޭތޯ ޒާހިދު މަސައްކަތްކުރިއެވެ.
” މުހިއްމު ކަންތަކަށް އަހަރެން ވަގުތު ހުސްކުރަން… ވަރަށް ގުޅޭ…ވަރަށް ލޯބި ދޫންޏެއް ތިހިފީ…“ ރޭޝަމްއާ ދިމާލަށް އަސްލަމް ބަލާލިއެވެ. ރުޅިވެރިކަމާއެކު ރޭޝަމް އަނެއް ފަރާތަށް މޫނު އަނބުރާލިއެވެ.
” އޯކޭ.. ދެން ދަނީ… މިއޮތީ ގިފްޓް.. ވަރަށް ހާއްސަ ހަދިޔާއެއް މީ.. މިވަރުގެ ހަދިޔާއެއް ހަމަ އެކަކަށްވެސް
ނުދެވޭނެ..“ ހިނިގަނޑެއް ޖަހާލަމުން އަސްލަމް އެތަނުން ނިކުމެގެން ދިޔައެވެ. އަތުގައި އޮތް ޕާރުސަލަށް ޒާހިދަށް ބަލާލެވުނީ
ހިތުގެ ވިންދު އަވަސްވެފައިވާ ހާލުގައެވެ. ކައިރީގައި ހުރި މޭޒުމަތީގައި ޕާރުސަލް ބޭއްވުމަށްފަހުވެސް އިރުއިރުކޮޅާ ޒާހިދަށް
ބެލެމުން ދިޔައީ އެޕާރުސަލާ ދިމާލަށެވެ. އޭގެތެރޭގައިވާ އެއްޗެއް ޒާހިދު ބަލަން ބޭނުންވަނީ އެކަނި ހުރެގެންނެވެ. ރޭޝަމް
ކުރިމަތީގަ ހުރެ އެޕާރުސަލް ކަނޑާކަށް ޒާހިދު އެއްގޮތަކަށް ވެސް ބޭނުމެއްނޫނެވެ.
ދަންވަރުގެ ވަގުތެވެ. ފެންވަރައިގެން ރޭޝަމް ނިކުތްއިރު އެނދުގައި އޮށޯވެލައިގެން ޒާހިދު އޮތެވެ. ރޭޝަމް ފެނުމާއެކު މަސްތީ ގޮތަކަށް ރޭޝަމްއަށް ބަލާލަމުން ޒާހިދު އެނދުން ތެދުވިއެވެ. ލަދުގަތް ނަމަވެސް އެކަން ދައްކަން ބޭނުން ނުވުމާއެކު ރޭޝަމް އަވަސް އަވަހަށް ބޮލުގެ އިސްތަށިގަނޑުން ފެން ހިއްކަން ފެށިއެވެ. ޒާހިދު ރޭޝަމްއާ އަރާ ހަމަވުމާއެކު ރޭޝަމްގެ އަތުގައި ހިފަހެއްޓިއެވެ.
” ގެނޭ އަހަރެން ފެން ހިއްކަދޭނަން…“ ޒާހިދު ރޭޝަމް އަތުން ތުވާލި އަތުލަމުން ބުނެލިއެވެ.
” އުހުނ… އަހަރެން ހިއްކަފާނަމޭ…“ ރޭޝަމް ބޯހޫރާލަމުން އިސްދަށަށް ޖަހާލިއެވެ. އެވަގުތު ޒާހިދު ރޭޝަމްގެ ކަނދުރާގައި ތުންފަތް ޖައްސާލިއެވެ. ޒާހިދުގެ އެބީހިލުމުން ރޭޝަމްގެ ހަށިގަނޑުގެ އެންމެ ހިމަ ނާރުތަކަށްވެސް އަސަރުކުރުވިއެވެ.
” ހާދަ ލޯތްބޭ ދޯ ބުރުގާ ނާޅާ ހުންނައިރު…. އައި ލަވް ޔުއަރ ކާރލީ ހެއަރ….“ ރޭޝަމްގެ ބުޅި އިސްތަށިގަނޑުގައި އަތްލަމުން ޒާހިދު ވާހަކަދެއްކިއެވެ.
” ގޯނި ފުލަށް ލާނެ ކަމެއް ނެތް…“ ރޭޝަމް ގާތަށް ހިނިއައެއް ކަމަކު ޒާހިދުގެ ދުލުން ތައުރީފުގެ ބަސްތައް އަޑުއަހަން ކިތަންމެހާވެސް ހިތް އެދެމުންދިޔައެވެ.
” އަސްލުވެސް އޭ…. ވަރަށް ފުރިހަމަ…. ވަރަށް ލޯބި ތި ޓީޝާޓާ ސޯޓް ލައިގެން ހުންނައިރު…… އައި ލަވް ޔޫ ދޫނީ…“ ޒާހިދު ރޭޝަމް ގައިގަ ބާރަށް ބައްދާލިއެވެ. ރޭޝަމްވެސް އުފަލާއެކު އެދެއަތުގެ ހިމާޔަތް ހޯދިއެވެ. އެރެއަކީ އެދެލޯބިވެރިންގެ ހަޔާތަށް އައި އެންމެ އުފާވެރި ރެއެވެ.
އިރުއެރުމާއެކު ރޭޝަމް އަވަސްވެގަތީ ސައި ތައްޔާރުކުރުމަށެވެ.އޭރު އިމްލީވެސް ބަދިގެތެރޭގައި އަވަދިނެތި އުޅެއެވެ.ސައި ތައްޔާރުކޮށް ނިމުމާއެކު ޒާހިދަށް ގޮވަން ރޭޝަމް ދިޔައެވެ.އޭރުވެސް ޒާހިދު އޮތީ ގަދަ ނިދީގައެވެ.ރޭޝަމް ގޮވާ ގޮވާ ޒާހިދު ތެދުވާކަށް ނޫޅުނެވެ. (ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
83 Comments!
Comments are closed.



Varah reethi
thanks hairaan.
ur 1st
congra
Nice inge?
thanks aisha
Starfish vareh hama neh ingey… u r the best….ekm vrh dheravey minhaa eulhey haalun… adhi salaamaiy vaane dw?? Luv u starfish
minhaa ah vaagoy ingeyny part 24 in aey last part..
thanks thannu
love u 2
Bunane ehcheh neii v furihama
thanks any
Wow, mihaaru up kohla dhiny dhw.. Nuney vaa thy hiyvaru gadha kuhjeh igey.. Hama ahssari bahaa saabas dheyhaavey.. Thivareh hama nethey bunan jeheyney.. Starfish ge khonme story ves kiyaahithun kiyaaleveynekan hama yagyn, masha allah.. Hurihai gothakunves thy hama number one ey bunelan jeheyny.. Luv u
love u 2 shann
v ufaavehjje mirey vx shann ge commenteh fenifa.
thanks a lot shann
Varah reethi. ..
thanks
Varah reethi..
thanks aroo
varah rythi.. when is the next part? can’t wait for it
2morow mornin ga
thanks sham
Salhi…? whn nxt???
thanks juma
2morow mornin
Ahssaribahaa saabas dheyvaru vey…… Hama super mi part…….keep it up ??????
thanks sana…
Waau very very very very nice ……. You are number 1 writer…..and this is my favorite story in esfiya hama bunaane ehcheh ves neh….. Super super super?
thanks samahaa
maadhan ehkoh mi story nere nimeyne
V reethi aneh kaa zahid ah kihinehh v baa
thanks
maashallah.. speechless hama..
vrh lwbi..n vrh rom mi part..
hihihihihiii
thanks unaal
welcome ???
hear is part 22 ..enjoy
Vvvv reethi..
thanks lam
very nice…
thanks hash
zaahid aa reysham vaki vaneetha. gelli dhiya hayai kiya thee
reader ah bunelan othy happy ending ekey mi story ga innanee..
thanks reader
hyvany zahid ge maazyve gosfaiva gellidhiya hayaaiy reysham ge sababjn alun libunyma kiya namehhen ☺
Waau v v v reethi hama v v habeys v molhu liyun theriyeh theee i love my friend keep it up??????????
thanks shai
love u 2
Vv reethi mi part ves ❤
thanks navya
dhen bunaane ehcheh neyge story reethi kamun…. Its too good…
thanks roya
Haadha reehchey..
Varah kiyaa hithun kiyaalevenee..aslam dhin gift ga oii ehcheii balaalan ves beynun vefa mi hun’nany..
Mi Vaahaka ninmaa gothah ehen Vaahaka eh up kuran fashahchey..
Hama yageen kiyaanan..
Ehaaves reethi mi Vaahaka ves..
Varah varah varah reethi..
Keep it up starfish..
thanks meena
meena haadhahaa loabi vey kyntha.. gina kiyun therin e vaahaka beynuvanya e story gehna gothah mihury
????????… varah salhi
thanks naxy
Haadha reehchey mibaie ?
thankssss
Very nice starfish thanks ❤❤❤??
thanks mary
welcome
Alheyy reysham aa zahidh a vaki vaanetha dhn ?
Varah reethi story ❤️
One of the best story n you are the best writer ?
thanks kitty
mistory ga innany happy ending eh
do you have something for shann?
i feel that thru the comments lol
what u mean by something for shann ey?
Varah salhi mi story
thanks shashee
Aslam ey raystham ge dad athah vaanee.. kobaatha reysham ge dad? Vara vara reethi mi baives.. hurihaa beyeh ves kiyan comment nukurevunass. Thee hama enme best writer!starfish vareh nei..thee no:1.. mihaathanah esfiya ga kiyaalevey enme reethi vaahaka mee..
reysham ge dad maruvefa
thanks eam
alugandu mivaahaka ninmaafa gehnan gasdhukohgen gehnan uley vaahaka aky haadhahaa loabi vey..
e vaahaka aky kurin kohnme vx kujjaku e kuhjjaage vaahaka ekey kiyaagen esfiyaa ga up kuri vaahaka eh…alugandu mi vaahaka gehnan miuleny e vaahakaa ge author aky aluganduge rahtehseh .. e vaahaka aky alugandah v reethi vaahaka eh… e vaahaka kiyun therin edhenya mihiry gehna gothah alugandu frnd kairi ahaigen ..
Thivaahaka upkurey alhugadu thaaeedhu.konduvahakun upkuranfasany
mivaahaka nimey irah
Avahah geness dhee thi vaahaka ves vara kiyaalaa hiyvejje
thanks eam
Varah molhu liun theri eh
thanks dhaai
v.reethi story v.ves reethi
thanks azoooo
V Salhi
Waiting for next
thanks rsh
starfish liyaa knmme stry eh vc iraadhakureh viyya kiyaanan….perfect writer eh gaiga hunnan jehey hurihaa sharutheh u have…so yess.. inshallah vaahaka nerefiyya ufalaaeku ehvc foohi kameh nethi kiyaanan..
thanks unaal
ur a true reader
V nice when next part
thanks
Starfish thiee girl eh tha noony boy eh tha??? Anyway vvvvv salhi mi vaahaka ✨??❤️
girl
thanks
Miheylyy hama mi vaahaka kiyaalaa hithun…. part 23 inthw heylaafa furathama vx mi belyyy…. inthixaaring……….
hihiii
thanks
Wooooow Hama mivareh neh v habeyssss ❤️❤️❤️❤️❤️???????
thanks anaa
vvvrythi story. you are one great author starfish.. also e story gennanya e story liyun faraathuge details kolhaka ehchihi include kollan ragalhu just to avoid comments against the story.. ehennuny kiyaanr mee ehen kujjehge story ekey :/ i guess i have read that story. want to read again..
thanks sav
i will do that
Avahah e Vaahaka ves up kuran fashan v nu..
Kiyaahithun mi hun’nany..
Konirakun part 23 up kohlaanee..
Mihaaru keiimadhuvefa mi hun’nany kiyaalaahithun..
Starfish please avahah up kohlabaa
thanks meena