“އާނ ބައްޕަ މިހާރު ވޯކްކުރަނީ ބާރޓެންޑާއެއް ގޮތަށް. ހީޒް ސޯ ކޫލް. ރިސޯޓްގެ މެނޭޖާ އެއީ. އެކަމަކު ބައްޕަ ކުރާހިތްވާ ކަމެއްވީމަ އެއްވީކަށް ކުރަނީއޯ ބައްޕަ ބުނީ……ވަރަށް ކުރީ ޒަމާނުގެ ވައްތަރަށް ވިސްނާމީހުން ވެސް އުޅޭދޯ؟ މިދިޔަ އަހަރު އެ ރިސޯޓުގަ އުޅުނު އެއްވެސް ވަރަކަށް ވައިން ނުވިއްކާ ރިސޯޓެއް ހިންގޭނެނަމައޭ ކިޔައިގެން އުޅުނު ސޮރެއް. ބައްޕަ ކުރިކަމަކީ އޭނަ ވައިންގެ ސާރވިސް ދޭ މީހަކަށް ހަދާލީ. އޭނަ ބުނީމަވެސް ބަދަލެއް ނުކުރީމަ އެ ސޮރު ފިލީ. ހެހެހެހެ…..” ވިޔާމް ދެއްކި ވާހަކަތަކާމެދު ޝަރަފަށް ވިސްނާލެވުނު ވަގުތު އޭނަ ‘ސޮރޭ’ ކިޔާފައި މުޚާތަބު ކުރީ ކާކާކަން ޝަރަފަށް އެނގުންވިއެވެ. އެކަން ޔަޤީންވީ ވަގުތު އޭނަގެ މޫނު ރުޅިން ރަތްވެ އޭނަގެ ގޮށްމުއްކެވުނެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަ ކޮޅަށް ތެދުވެ އެމީހުންނާއިވީ ފަރާތަށް އެނބުރިލިއެވެ. އަދި އެމީހުންނާއި ދިމާލަށް ބާރު ހިނގުމެއްގައި ދާން ފެށިއެވެ. ދުވަހަކުވެސް ޝަރަފް އެފަދަ ސިފައެއްގައި އެމީހުންނާއި ދިމާލަށް އަންނަތަން ފެނިފައިނުވާތީ ވިޔާމްމެންނަށް ހިނދުކޮޅަކަށް ވިޔަސް ހިމޭނުން ތިބެވުނެވެ.
“ބާރޓެންޑާރ އަކަށް ވުމަކީ ވަކި ފަޚުރުވެރިވާންވީ ކަމެއްނޫން!” އެމީހުންގެ ކުރިމައްޗަށް އަރައި ޝަރަފް ރުޅިވެރިކަމާއެކީ ބުނެލިއެވެ. އެވަގުތު ވިޔާމްގެ މޫނުމަތީގައި ނުރުހުންތެރިކަމެއްވީއިރު އޮޅުމެއްވެސް ވިއެވެ. ޝަރަފް ކުއްލިއަކަށް އެހެން ބުނަންވީ ސަބަބެއް ނޭނގުމުން ކަންނޭނގެއެވެ.
“ތި ވާހަކަ ދައްކަނީ ކާކާ ބެހޭގޮތުންކަން ވިސްނާތި! އެއީ އަހަރެންގެ ބައްޕަ. ބައްޕަ ބޭނުންނަމަ ބައްޕައަށް ތިބުނާ ތަނެއްގަ ހުރެވުނީސް. އެ ފައިސާ ހޯދައިގެން މުއްސަނދި ވެވުނީސް. އެކަމަކު ބައްޕަ އެކަން ދޫކޮށްލީ ހަމައެކަނި ﷲ އަށްޓަކައި. ﷲ އަށްޓަކައި ކަމެއް ދޫކޮށްލައިފި މީހަކަށް އެއަށްވުރެ ރަނގަޅު ގޮތެއް އެކަލާނގެ މިންވަރު ކުރައްވާނެ.” ޝަރަފް ސީދާ އޭނަގެ ބަސްތައް އެމީހުންގެ ކުރިމަތީގައި ބުނެލިއެވެ. ވިޔާމް ދެލޯ ހަނިކޮށްގެން ޝަރަފަށް ބަލަހައްޓައިގެން އިނީ ދޭނެ ރަނގަޅު ޖަވާބަކާމެދު ވިސްނަން އުޅޭ ފަދައަކުންނެވެ. ވިޔާމް އެހެން އިންތަން ފެނިފައި ދެންވެސް އޭނަ ބައްޕައާއިމެދު ބުނެލި ވާހަކަތައް ޝަރަފްގެ ސިކުނޑީގައި ގުގުމަން ފެށިއެވެ. އޭގެ ބަދަލެއްގެ ގޮތުން ޝަރަފް، ވިޔާމްގެ ބައްޕައަށް ވެސް ފާޑު ކިޔަން ބޭނުންވިއެވެ.
“ކަލޭގެ ބައްޕައަށް ތިގޮތުގަ މާ ގިނަ ދުވަހު އުޅެވޭނެ ކަމަށްތަ ހީކުރަނީ؟ އެފަދަ ގޮތަކަށް އުޅުނު ކިތައް މީހުންގެ އަތުން އެމީހުންގެ ހުރިހާ މުދަލެއް ގެއްލިދިޔައީ؟ ކަލޭގެ ބައްޕައަށް ވެސްވާނީ ހަމަ އެހެން!” ޝަރަފްގެ އެދުމަކަށް ވެސް ވެފައިވީ ވިޔާމް ރުޅިއެރުވުން ފަދައެވެ. ނޭނގުމެއްގެ ތެރޭގައިވިޔަސް ޝަރަފްގެ އެ ނުބައި އެދުން ފުރިހަމަވިއެވެ. އޭނަގެ ފަހު ޖުމްލައާއެކީ ވިޔާމް ދަތްކުނޑި ވިކައިގަންނަމުން ކޮޅަށް ތެދުވިއެވެ.
“މަށާ ތިގޮތަށް ވާހަކަ ދައްކަން ކަލެއަށް ކެރުނީ ކޮން ދުވަހަކު؟؟!!” ވިޔާމްގެ ހަރު އަޑު މުޅި ކުލާސްތެރޭގައި ގުގުމައިގެން ދިޔަދިޔަހެން އެންމެންގެ ނަޒަރުތައް އެމީހުންނަށް އަމާޒުވިއެވެ. ވިޔާމް ދެވަނަ ވިސްނުމެއްވެސް ނެތި ޝަރަފްގެ އިސްތަށިގަނޑުގައި ބާރަށް ހިފަހައްޓާލިއެވެ. އަދި މީނަ ތަޅާ މަރާލާށޭ ބުނެ އޭނަގެ ދެ އެކުވެރިންނަށް އަމުރު ކުރިއެވެ. ޝަރަފް ކޮއްޕައި ދަމަމުން ކަހަލަ ގޮތަކަށް ގޮސް އެ ތިން މީހުން ކްލާހުގެ އެންމެ ފަހަތުގައި ހުރި ފާރުގައި ޝަރަފް ތަތްކޮށްލިއެވެ. އެއަށްފަހު އޭނައަށް އެންމެ ތަދުވާނެހާ ގޮތްގޮތަށް އެމީހުންގެ ފައިތަކުންނާއި ގޮށްމުށުން އެތިފަހަރުތައް ވިއްލަން ފެށީ އެއީ އިންސާނެއްހެން ވެސް ހީނުވާ ފަދައަކުންނެވެ. އެފަދަ އަނިޔާތަކަށް ޝަރަފް އާވުމުން އޭނައަށް މިފަހަރުވެސް ހަދަންވީ ގޮތެއްނޭނގުނެވެ. އެހެނަސް ކުރިއާއި ޚިލާފަށް އެ ވަގުތު ހަދަންވީ ގޮތެއް އޭނައަށް އެނގޭނެނަމައޭ ޝަރަފްގެ ހިތަށްއެރިއެވެ. ކުލާހުގައި ތިބި އެހެން ކުދި ބަޔަކު ވެސް އޭނައަށް އެހީވާކަށް ނުއުޅުނެވެ. ވިޔާމަކީ ކުލާހުގައި ހުރި އެންމެ ބާރުގަދަ ކުއްޖާއަށްވުމުން ކުލާހުގައި ދެން ތިބި ކުދިންވެސް މަންޒަރު ބެލުން ނޫންކަމެއް ނުކުރެއެވެ. ކޮރިޑޯ ތެރެއިން ހިނގާފައި ދިޔަ ގިނަ ކުދިންވެސް އެ ކުލާސްތެރެއިން ފެންނަމުން ދިޔައީ ފިލްމެއް ފަދައަކުން ބަލަން ތިއްބެވެ. އެހެނަސް އޭގެ ތެރެއިން ބައެއް ކުދިން އެކަން އަންގަން އޮފީހަށް ދިޔައިރު އަނެއްބައި ކުދިން އެމީހުންގެ މުދައްރިސަށް އަންގަން ދިޔައެވެ. މާ ގިނައިރެއްނުވެ ޝަރަފްމެންގެ ކުލާސް މުދައްރިސާއެކީ އެހެން މުދައްރިސުންތަކެއްވެސް ކުލާސް ދޮރުމައްޗަށް އެރިއެވެ. ވިޔާމްމެންގެ ނަމުން ގޮވާލެވުމުން ވެސް އެމީހުން ހުއްޓުވޭ ގޮތެއް ނުވިއެވެ. ފިރިހެން މުދައްރިސަކު އައިސް ޖެހުނީ ވިޔާމާއި ޝަރަފް ދުރުކުރާށެވެ. ވިޔާމް އެވަގުތުން ވަގުތަށް ޝަރަފްގެ ބޮލުގައި ހުރިހާ ޒިންމާއެއް އެޅުވޭތޯ ބެލިއެވެ. އޭނަގެ ބައްޕައާއި ދެކޮޅަށް ޝަރަފް ވާހަކަ ދެއްކި ވާހަކަ ބުނެ ހަޅޭއްލެވިއެވެ. ޝަރަފް އޭނަގެ ދިފާޢުގައި އަޑު އުފުލިއެވެ. އެހެނަސް ކަންދިމާކުރި ގޮތުން އެވަގުތު އެ ތަޅާފޮޅުމުގައި ބައިވެރިވި ހުރިހާ ކުދިން ވެސް ކުށްވެރިވިއެވެ. އަދި އެ ހުރިހާ ކުދިން ވެސް އޮފީހަށް ގެނެވި އެ ކުދިންގެ ބެލެނިވެރިން ވެސް ސްކޫލަށް ގެނެވުނެވެ. ޝަރަފްގެ ބެލެނިވެރިއެއްގެ ގޮތުގައި ޢައްބާސް ދިޔައިރު ވިޔާމްގެ ބެލެނިވެރިއެއްގެ ގޮތުގައި ދިޔައީ އޭނަގެ މަންމައެވެ. މައްސަލަ ނިމިގެން ދިޔައީ ކުލާހުގައި ތިބި މަންޒަރު ދުށް އެހެން ކުދިންގެ ހެކި ބަހާއެކީ ވިޔާމް ކުށްވެރިވެ އޭނަ 2 ހަފްތާ ވަންދެން ސަސްޕެންޑް ވަމުންނެވެ. އެއިން ޝަރަފަށް ހިސާބެއްގެ އުފަލެއް ލިބުނެއްކަމަކު ގެއަށް ދިޔައިރު ވެސް އޭނަގެ ބައްޕަ ހުރީ ނުރުހުންވެފައެވެ.
“ޝަރަފް ކީއްކުރަން އެކަހަލަ ކުއްޖަކާ ވާހަކަ ދެއްކީ؟” ގޭގެ ތެރެއަށް ވަދެވުމާއެކު ޢައްބާސް ރުޅިވެރިކަމާއެކީ އެހިއެވެ.
“އޭނަ ބައްޕައާ ދިމާލަށް އެއްޗެހި ކީ!” ޝަރަފް ސީދާ ޖަވާބެއްދިނެވެ.
“އޭނަ ބައްޕައާ ބެހޭ ގޮތުން ވާހަކަ ދެއްކިޔަސް ބައްޕައަށް ލިބޭނެ ގެއްލުމެއް އޮންނާނެތަ؟ އަޑުއަހާ! މިއަދަށްފަހު އެ ވިޔާމްއާ ވާހަކަ ނުދައްކާތި. ކައިރިވެސް ނުވާތި. އޭނަ ކަމެއް ކުރިއްޔާ ވަގުތުން މަންމަ ނޫނީ ބައްޕަ ކައިރި ބުނާތި.” ޢައްބާސް ބުނެލިއެވެ. ޝަރަފް އެއަށް އެއްޗެކޭ ނުބުންޏެވެ. އެހެނަސް އޭނަ ބައްޕަގެ ބަސް އަހަން ނިންމިއެވެ. އޭނަ ހީކުރީ ކުރިން ފަހަރުހެން ވިޔާމްމެން ކުރާ ކަންތައްތަކުގެ ނަތީޖާ އެމީހުންނަށް ފެނުމުން އެމީހުން މައިތިރިވާނެ ކަމަށެވެ. ނަމަވެސް މިފަހަރު ވިޔާމާއިމެދު ކަންތައްވީ ގޮތުން އޭނަގެ ހިތުގައި ކުރިން ނުއުފެދޭފަދަ ރުޅީގެ އަލިފާނެއް ރޯވިކަން ޝަރަފަކަށް ނޭނގެއެވެ.
އެދުވަހަށްފަހު ޝަރަފަށް ހިމޭންކަމާއެކީ އުޅެވުނީ އެންމެ ދެ ހަފްތާ ވަންދެނެވެ. އަންނަން އުޅޭ ދުވަސްތަކަކީ އޭނަގެ މުޅި ޙަޔާތް އެފުށްމިފުށަށް ޖެހޭނެ ދުވަސްތަކެއްކަން އޭނައަށް ރޭކާވެސް ނުލައެވެ. ވިޔާމް ސަސްޕެންޑްވުމަށްފަހު ސްކޫލަށް އައި ފުރަތަމަ ދުވަހުވެސް ޝަރަފް އޭނައަށް އަޅާވެސް ލުމެއްނެތި އަމިއްލަ މަސައްކަތުގައި އުޅުނެވެ. އެދުވަހުގެ މުޅި ސެޝަން ވެސް ނިމިގެން ދިޔައީ އެގޮތުގައެވެ. ކަންތައްގަނޑު ފެށިގެން ދިޔައީ ޝަރަފް ގެއަށް ދިޔުމަށްޓަކައި އޭނަގެ ބައިސްކަލަށް އަރައި ދުއްވާލުމަށްފަހުއެވެ. އޭނަ އެއްކަލަ ހަނިމަގަށް އެޅުނު ވަގުތު އެދުވަހު ދިމާވި ތިން ޒުވާނުންގެ އިތުރުން ވިޔާމާއި އޭނަގެ އެކުވެރިން ވެސް ޔުނިފޯމުގައި ތިއްބެވެ. އެމީހުން ފެނުމާއެކު ޝަރަފްގެ ދެލޯ ބޮޑުވެ އޭނަގެ ހިތް ބާރަށް ތެޅެން ފެށިއެވެ. ވިޔާމް އެންމެ ފަހުން އޭނަގެ ގައިގައި ގޮށްމުށުން ޖެހި ތަންތަނުން އެ ތަދު އެވަގުތު އިޙްޞާޞް ކުރެވުނުހެން ޝަރަފަށް ހީވިއެވެ. އެ ޒުވާނުންގެ އަތުގައި ކުރީ ދުވަހުވެސް ތިބި ހަތިޔާރުތައް ފެނިފައި ޝަރަފަށް ވަގުތުން އޭނަގެ ބައިސްކަލު އަނބުރާލެވެން އުޅުނެވެ. އެހެނަސް މިފަހަރު އޭނަ މަޑުކުރަން މަޖުބޫރު ކުރުވީ އޭނަގެ ބޮލުގައި ފުށްކިބައިގައި ގޮސް ޖެހުނު ބޮޑު ގަލެކެވެ. ބޮލަށް ވީ ތަދާއެކީ އެނބުރުން އަރައިގަތުމުން ޝަރަފަށް ބޮލުގައި ދެއަތުން ހިފަހައްޓާލެވުނެވެ. އޭގެ ސިކުންތުކޮޅެއްފަހުން އޭނަ ބައިސްކަލާއި އެކީގައި ގޮސް ބިންމަތީގައި ޖެހުނެވެ. ބައިސްކަލުގެ ދަށުގައިވި ފަޔަށްވީ ތަދާއެކީ ޝަރަފްގެ އަނގައިން ހަޅޭކެއްގެ އަޑު ނިކުތެވެ. އެވަގުތު ވިޔާމްގެ ހީލުމެއްގެ އަޑު އިވުނެވެ.
“ހެހެ…..މީނަ ތިރި ކޮށްލެވިދާނެއެއްނު އެންމެ މީހަކަށްވެސް؟ އަހަރުމެން އެންމެން އައުމުގެ ބޭނުމެއްނެތް އަސްލު.” ވިޔާމް ދެއްކި ވާހަކައިން ޝަރަފްގެ ހިތް ރުޅިވެރިކަމުން ފުރިގެންދާން ނެގީ ސިކުންތުކޮޅެކެވެ. އޭނަ ވަގުތުން ތެދުވެލަން އުޅުނުތަނާހެން އެތާތިބި އެންމެން އޭނަ ވަށާލިއެވެ. އެއަށްފަހު ފެށިގެންދިޔައީ މިހާތަނަށް އައިއިރު ޝަރަފް ތަޙައްމަލުކުރި އެންމެ ގަދަ ވޭންތަކެއްގެ ސިލްސިލާއެކެވެ. އެންމެ ފުރަތަމަ ކަމަކަށް ވެސް އެތާ އޮތް ބައިސްކަލު ނަގައި އޭނަގެ ގައިމައްޗަށް ވައްޓައި އޭގެ މައްޗަށް ފައިން އެރުނެވެ. އެއަށްފަހު ބޮޑު ވަކަރުގަނޑުންނާއި ބަރު ދަނޑިތަކުން އޭނަގެ ގައިގައި ތެޅުނެވެ. އެއަށްފަހު އޭނަ ތެދުކޮށްލެވުމަށްފަހު އޭނައަށް އަމާޒުވެގެން ދިޔައީ އެމީހުންގެ ފަޔާއި ގޮށްމުށުގެ ބާރު އެތިފަހަރުތަކެވެ. އެ ތަޅާފޮޅުން ނިމުނުއިރު ޝަރަފްގެ މޫނުގެ އެކި ތަންތަނުން ނޫފަންގަނެފައިވީއިރު އޭނަގެ ގަމީހުގެ ބައެއް ގޮށްތައްވެސް ވަނީ ނެއްޓިފައެވެ. އެ ގަމީހުގައި ވެސް ފިޔަވަޅުތަކެއްގެ ތަތްގަނޑުތައްވީއިރު ކަޅުކުލައިގެ ފަޓުލޫނުގައި ވެސް ހިރަފުސް ހުންނަން ނުޖެހޭ ދިމަދިމާލުގައި ހިރަފުސް ހުއްޓެވެ. ކުރީ ދުވަހެކޭ އެއްގޮތަށް އެންމެ ފަހު ކަމެއްގެ ގޮތުން ޝަރަފް މިފަހަރުވެސް ބިންމައްޗަށް ވައްޓާލެވުނެވެ. އެހެނަސް މިފަހަރު އޭނަ ބިންމަތީގައި ޖެހުނީ އަނގަމައްޗަށެވެ. ވޭނުގައި އޮތް ޝަރަފަށް ދެލޯ ވެސް ނުހުޅުވެނީސް ވިޔާމް އައިސް އޭނައަށް ތަދުވާނެ ފަދަ ގޮތަކަށް އޭނަގެ ފަޓުލޫނުގެ މަތީގައި ފައި އަޅާލިއެވެ. އެ ހިނދު ގަތް ވޭނެއްގެ ސަބަބުން ޝަރަފްގެ ލޮލުން ކަރުނަ ހިލި ލޮލުގެ ކޮޅުން ކަރުނަތައް ފައިބައިގެން އައެވެ.
“އޯންވް! ރޮވުނީތަ؟ ދެން ގޮސް މަންމަ ކައިރީގަ ދޯ ބުނާނީ ދޮންކަލޯ؟ އަވަހަށް ގޮއްސަ ބުނެލާ. މަންމަގެ ބަސްއަހާ ކުއްޖެއްނު؟” ވިޔާމް އެހެން ބުނެ ފަހު ފަހަރަށް ޝަރަފްގެ ގައިގައި ފައިން އެތިފަހަރެއް ވިއްލާލިއެވެ.
“މިއީ މަށާ ޖައްސާލައިގެން އުޅުމުގެ ނަތީޖާ. މިއީ އަދި ކިރިޔާ ފެށުން. މަ ކަލެއާހެދި ސްކޫލަށް ނައިސް ހުންނަން ޖެހުނު ކޮންމެ ދުވަހެއްގެ ބަދަލު މަ މިފަދަ ގޮތަކަށް ދޭނަން. ހަނދާން ކުރާތި!” ވިޔާމް ރުޅިވެރިކަމާއެކީ އެހެން ބުނެ ނުބައި ބައެއް ކިޔާލުމަށްފަހު އޭނަގެ އެކުވެރިންނާއެކީ އެތަނުން ދާން ހިނގައިގަތެވެ. އެ ހިނދު ޝަރަފް އެ މަންޒަރު ބަލަން އޮތްގޮތަށް އޮތެވެ. އެމީހުން ލޯމައްޗަށް ގެއްލުނު ވަގުތު ގައިގެ އެކި ދިމަދިމާލުން އަޅަމުން ދިޔަ ވޭންތަކެއްގެ ސަބަބުން އޭނައަށް ރޮވެން އުޅުނެވެ. އެހެނަސް އެ ހިނދު ދާދި ދެންމެއަކު ވިޔާމް މަލާމާތުގެ ރާގަކަށް ތަކުރާރުކޮށްލި ބަސްތައް އޭނަގެ ސިކުނޑީގައި ގުގުމާލިއެވެ. އޭނަ ރޮވުނީހޭ އަހާލި ގޮތެވެ. މަންމަގާތު ބުނާނީ ދޯއޭ ބުނެލި ގޮތެވެ. ހަމަ އެއާއެކު ޝަރަފްގެ މޫނުމައްޗަށް ސާބިތުކަން ވެރިވިއެވެ. އޭނަ ވަގުތުން އޭނަގެ ކަރުނަތައް ފޮހެ ތެދުވަން މަސައްކަތް ކުރިއެވެ. ގައިގެ އެތަން މިތަނުގައި ރިއްސިއެއްކަމަކު ޝަރަފް މިފަހަރު ހިތްވަރު ކޮށްފައި ތެދުވެލިއެވެ. ސީދާވެލެވުނު ވަގުތު ވާތު ފައިގެ ތަނބިކަށްޓާއި ދިމާލުން ތަދެއް އިޙްޞާޞް ކުރެވުނެއްކަމަކު ޝަރަފް އެއީ ނުވާކަމަކަށް ހަދާލިއެވެ. އެއަށްފަހު ކޮރުޖަހަމުން ގޮސް އެތާއޮތް އޭނަގެ ބައިސްކަލު ތެދުކޮށްލިއެވެ. އެވަގުތު އޭނަގެ ގަމީހުގެ އަތުގައި ވި ހިރަފުސް ފެނިފައި އޭނަ އެ ހިރަފުހާއި ފަޓުލޫނުގައި ހުރި ހިރަފުސްވެސް ފޮޅާލަމުން ގޮށްތައް އަޅުވައި ރަނގަޅަށް ބެގީކޮށްލިއެވެ. އެއަށްފަހު ބިންމަތީގައި އޮތް އޭނަގެ ދަބަސް ގަދަކަމުން ކޮނޑުގައި އަޅުވާލުމަށްފަހު ބައިސްކަލަށް އެރީ އޭނައަށް ކިތަންމެ ތަދެއް ވިޔަސް ބައިސްކަލުގައި ގެއަށް ދިޔުމަށެވެ. އެ ނިންމުން ނިންމީ އޭނައަކީ ހިތްވަރުގަދަ މީހެއްކަން އެހެން މީހަކަށްވުރެ ބޮޑަށް އަމިއްލަ ނަފްސަށް ސާބިތުކޮށްދިނުމަށެވެ. އޭނައަކީ ވާ ތަދަކަށް ރޮއި ހަދާ މީހެއްނޫން ކަން ޤަބޫލުކުރުމަށެވެ. އަދި އޭނައަކީ މިފަދަ ‘ކުޑަ’ ކަމެއްގެ ވާހަކަ އޭނަގެ މަންމައާއި ހަމައަށް ގެންދާނެހާ ފިނޑި މީހެއްނޫންކަން ވެސް ޔަޤީން ކުރުމަށެވެ.
ގެއަށް ދިޔަ މަގުމަތީގައި ފައިގައި އުފެދިފައިވި ރިހުމެއްގެ ސަބަބުން ޝަރަފްގެ ލޮލުން ކިތަންމެ ފަހަރަކު ވެސް ކަރުނަތައް ހިލުނެވެ. އެހެނަސް އޭނަ ގަދަކަމުން އެ ކަރުނަތައް ހިންދައި ކުރިއަށް ދިޔައީ މިއަދަށްފަހު ރުއިމަކީ އޭނައަށް އޮތްކަމެއް ނޫންކަން އަމިއްލަ ނަފްސަށް ވިސްނައި ދިނުމަށެވެ. އެހެންކަމުން ގެއާއި ހަމައަށް ދިޔައިރު ވެސް އޭނަ ހުރީ ސާބިތު މޫނަކާއެކީގައެވެ. ކޮންމެއަކަސް އޭނަގެ ޢާއިލާއަށް އޭނަ ފެނުމާއެކު ސުވާލުތައް ކުރެވެން ފެށީ އޭނަގެ މޫނުގައި ނޫފަންގަނެފައި ހުރި ތަންތަން ފެނިފައެވެ. އޭނަ ހިރަފުސް ފޮޅައިގެން އައެއްކަމަކު އެ ޔުނިފޯމުގައި އޭރުވެސް ހިރަފުހުގެ އަސަރުތައް ހުރީތީވެއެވެ. އަދި އޭނަ ކޮރުޖަހާފައި ހިނގަމުން ދިޔަ ގޮތުންނެވެ.
“އެއީ ގެއަށް އައި މަގުމަތީގަ ކުޑަ އެކްސިޑެންޓެއް ހިނގީ.” އޭރުވެސް އަވަސްވެފައިވި ހިތުގެ ތެޅުމުގެ ސަބަބުން ޝަރަފަށް އެހެން ބުނެލެވުނީ ތުރުތުރު އަޅާ އަޑަކުންނެވެ. އެ އަޑުން އެ ބުނެލި ބަސްތައް ވެގެން ދިޔައީ އޭނަ މުސްތަޤްބަލުގައި ހަދާނެ އެތައް ދޮގެއްގެ ފެށުމަށެވެ. މަންމައާއި ބައްޕަ އޭނަގެ އެ ބަސްތައް ޤަބޫލުނުކޮށް އެތައް ސުވާލެއްކުރުމުން ވެސް އޭނަ ތެދު ހަދާކަށް ބޭނުމެއް ނުވިއެވެ. އެއީ ހަމައެކަނި އެވަގުތު ވިޔާމް އޭނައާއި ދިމާލަށް ބުނެލި ބަސްތަކެއްގެ ސަބަބުންނެވެ. އެދުވަހު މަންމަ އޭނަގެ ގައިގައި ދުޅަވެފައި ހުރި ތަންތަނުގައި ގަނޑުފެން އަޅާލަދޭން އުޅުމުން އެކަން އަމިއްލައަށް ކުރަންޖެހުމުގެ ފަހަތުގައި ވެސްވީ އެ ބަސްތަކެވެ. ޝަރަފް ބޭނުންވީ އޭނައަކީ ވެސް އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވެވިދާނެ މީހެއްކަން ދުނިޔެއަށް ދައްކާށެވެ. އަދި އޭނައަށް އަނިޔާ ކުރާ މީހަކާއި ދެކޮޅަށް ބަދަލުގައި އެހެން މީހަކަށް އަނިޔާއެއް ދެވިދާނެ މީހެއްކަން ދައްކާށެވެ.
ކުރިމަތިވަމުން ދިޔަ ޙާލަތްތަކެއްގެ ސަބަބުން ޝަރަފްގެ މިޒާޖަށް ބޮޑެތި ބަދަލުތައް އަންނަން ފެށިއެވެ. މަޢާފު ކުރުމަކީ އޮންނަ ކަމެއްކަން ހަނދާން ނައްތައި ބަދަލު ހިފުމުގެ ރޫޙު އޭނަގެ ހިތުގައި އަށަގަތެވެ. އެހެން އިންސާނުންގެ އަތްތަކުން އޭނައަށް ލިބެމުން ދިޔަ އަނިޔާތަކެއްގެ ސަބަބުން ރަޙުމަކީ ކޯޗެއްކަން އޭނަ ހަނދާން ނެތުނު ފަދައެވެ. މި ހުރިހާ ކަމެއްގެ އިތުރުން އޭނަގެ ހިތް ހަރުވާން މެދުވެރިވި އެންމެ ބޮޑު ސަބަބަކަށްވީ އޭނަ ނަމާދާއިވެސް ދުރުވެގެން ދިޔުމެވެ. ގިނަ ދުވަހު ގެއަށް އަންނައިރު ހަށިގަނޑަށް ވެރިވެފައިވާ ވަރުބަލިކަން އޭނަ ޢާއިލާއަށް ފޮރުވަން އުޅުނެއްކަމަކު އޭނަގެ އަމިއްލަ ނަފްސަކަށް އެކަން ނުފޮރުވެއެވެ. ކުރީކޮޅު އޭނައަށް ނަމާދު އެޅެން ފެށީ ވެފައި ހުންނަ ވަރުބައްޔެއްގެ ސަބަބުންނެވެ. އެކަމާމެދު އޭނައަށް ހިސާބަކަށް ހިތާމަވެސް ކުރެވުނެވެ. އެހެނަސް ފަހުން ފަހުން އައިސް އޭނައަށް ނަމާދު އެޅޭތީ ހިތާމައެއް ނުކުރެވެއެވެ. އެ ނަމާދުތަކެއްގެ އެއްވެސް ބޭނުމެއް އޮތްހެން އޭނައަށް ހީނުވުމުންނެވެ. އޭނަގެ އެއްވެސް ދުޢާއަކުން އޭނަގެ ޙަޔާތަށް ހެޔޮ ބަދަލެއް އަންނަހެން ހީނުވުމުންނެވެ. އޭނަ ކިތަންމެ ރަނގަޅަށް އުޅުނަސް ﷲ ގެ ރަޙްމަތް އޭނައަށް ލިބޭހެން ހީނުވުމުންނެވެ. މި ހީތަށް ގިނަވެގެން ދިޔައީ އެއްދުވަހު ވިޔާމްމެން އޭނައަށާއި އޭނަގެ ބައްޕައަށް މަލާމާތެއްގެ ގޮތުން ބައްޕަގެ ފިހާރައިގެ ފާރަށް ކަޅުތެޔޮ ޖެހި ދުވަހުއެވެ.
“ހީނުކުރާތި ތި ތެޔޮ ޖެހީ އާދައިގެ ފިހާރައަކަށްކަމަށް! ތި ތެޔޮ ޖެހީ މީގެ އަހަރުތަކެއް ފަހުން އެތައް ފިހާރައަކާ ރިސޯޓުތަކެއްގެ ވެރިއަކަށްވެގެންދާނެ ވެރިއެއްގެ ފިހާރައަކަށް.” ވިޔާމްމެން ފިލުމަށްޓަކައި ދުއްވައިގަތުމުން ޝަރަފް ހަރުއަޑުން އެންގިއެވެ. އޭނަ އެ ބަސްތައް ބުނެލީ މިހާތަނަށް އޭނައަށް ދޮންތަ ދީފައިވާ މަދު ނަޞޭޙަތްތަކަށް ބުރަވެއެވެ. އޭނަ ޙަޤީޤަތުގައި ވެސް އުއްމީދު ކޮށްގެން ހުރީ އެމީހުން ﷲ ރުހިވޮޑިގެންވާ ގޮތަށް ކަންތައް ކުރުމުން އެމީހުންނަށް ދުނިޔޭގައި އޭގެ ރަނގަޅު ނަތީޖާ ލިބިގެން ދާނެ ކަމަށެވެ. އެހެނަސް ފާއިތުވަމުން ދިޔަ ދުވަސްތަކާއެކީ އޭނަގެ އެ އުއްމީދު ފުނޑު ފުނޑުވަމުން ދިޔައެވެ. މާލޭގައި ހުންނަ އެތައް ފިހާރައެއްގެ ތެރެއިން އޭނަގެ ބައްޕަގެ ކުޑަކުޑަ ފިހާރައަށް އަންނަން ދިމާކުރަނީ ވަރަށް މަދު ބައެކެވެ. ބައްޕަ ވަޒީފާއަށް ދަމުން ފިހާރައިގެ މަސައްކަތްތައް އެހާ ބުރަކޮށް ކުރުމުން ވެސް ލިބެމުން ދިޔައީ ގެއްލުމެވެ. އެވަރުން ވެސް ބައްޕަ ޞަދަޤާތް ކުރަމުން ދިޔައީތީ ގޭގެ ތެރޭގައި މަންމައާއި ބައްޕަގެ އަރައިރުންތައް ވެސް ގިނަވެގެން ދިޔައެވެ. ގެއިން ބޭރުން އެތައް އަނިޔާއެއް ތަޙައްމަލު ކުރުމަށްފަހު ގޭގެ ތެރެއިން ވެސް ޝަރަފަށް ހިމޭންކަމެއް ނުލިބުމުން ހެޔޮ ކަންތައް ކުރުމަށް އޭނަގެ ހިތުގައި އޮތް އެދުން ނެތިދިޔައެވެ. އޭނަ ހެޔޮ ކަމެއް ކުރިޔަސް އޭނަގެ ޙާލަތު ބަދަލުނުވާނެހެން ހީވުމުންނެވެ. ހަމައެއާއެކު ދުޢާ ކުރުމާއި ނަމާދުކުރުން މުޅިންވެސް ހުއްޓާލެވުނެވެ. ﷲ ގެ ރަޙްމަތުން އުއްމީދު ކަނޑާލެވުނީ މި ފަނާވަނިވި ދުނިޔެ ނުލިބުމުން އޭނައަށް ހީވެފައި ހުރި ހީތަކަށް ބުރަވެއެވެ. އަދި އެކަލާނގެ ރަޙްމަތާއި ކަންތައް މެދުވެރިކުރައްވާ ގޮތުގެ ޙިކްމަތަކީ އިންސާނަކަށް ދޭހަނުކުރެވޭނެ ކަންތައްތަކެއްކަން ނޭނގުނީތީވެއެވެ.
ޢައްބާސްއާއި ވަރުދާ އަރައިރުންތައް ގިނަވީވީހެން ޝިނާޒާއި ޝަރަފް އިތުރަށް މިނިވަންވިއެވެ. އެމީހުންގެ އުޅުމަށް އަންނަމުން ދިޔަ ބަދަލުތައް ޝަބާއަށް ފެނުނެއްކަމަކު ޝަބާއަށް ކުރެވުނު މާ ބޮޑު ކަމެއްނެތެވެ. ޝަބާ އުޅެމުން ދިޔައީ އެހެން ގެއެއްގައި ކަމަށްވެފައި އެގެއަށް އަންނަ ކޮންމެ ފަހަރަކުހެން އޭނަ ބަލަން ޖެހެނީ މަންމައާއި ބައްޕަގެ މައްސަލަތަކަށްވުމުންނެވެ. މިކަމާމެދު ޝަރަފާއި ޝިނާޒް ނިހާޔަތަށް އުފާވިއެވެ. އިތުރަށް އުފާވެގެން ދިޔައީ ލާރި ހޯދުމަށްޓަކައި މަންމަ ވަރަށް މުއްސަނދި ގެއެއްގެ މަސައްކަތު މީހެއްގެ ގޮތުގައި ދާން ފެށުމުންނެވެ. އެއިން ވެސް އެމީހުންނަށް އިތުރު މިނިވަންކަމެއް ލިބުނީތީވެއެވެ.
އެ ލިބުނު މިނިވަންކަމުގެ ރަނގަޅު ނަތީޖާއެއްގެ ގޮތުގައި ނިކުތީ އެންމެ ކަމެކެވެ. އެއީ ޝިނާޒާއި ޝަރަފްގެ ގުޅުން އިހުނަށްވުރެ ބަދަހިވެގެން ދިޔުމެވެ. ޝަރަފް ގެއިން ބޭރުގައި ތަޙައްމަލު ކުރަމުން ދިޔަ އަނިޔާތައް ޙިއްސާކުރާނެ މީހަކު އޭނައަށް އެންމެ ފަހުން ލިބުނެވެ. އަދި އޭނަގެ އެހެނިހެން އިޙްޞާޞްތަކާ އެކީގައިވެސް ބައިވެރިވާނެ މީހެއްކަމުގައި ޝިނާޒްވިއެވެ. މިގޮތުން އެއްދުވަހު ޝަރަފް ސްކޫލަށް ނުދާ ދުވަހެއްގައި ޝިނާޒް ގެއަށް އައިސް ޚަބަރެއް ކިޔައިދިނެވެ.
“ބްރޯ މިއަދު ގެއަށް އައި މަގުމަތީގަ ފްރެންޑެއްގެ ކޮއްކޮއެއް ކިޔައިދިން ތި ސްކޫލްގަ މިއަދު ދިން ވަރުގަދަ ސްޕީޗެއްގެ ވާހަކަ. އަފާފް ކިޔާ ކުއްޖެކޯ ސްޕީޗް ދިނީ. ބުލީ ކުރުމާ ދެކޮޅަށް ވާހަކަ ދައްކާފަ. ވަރަށް އިމޯޝަނަލްކޮށް ކިޔައިދިނޯ ބުލީ ކުރާ މީހުން ބުލީ ކުރަނީ ޚުދު އެމީހުންގެ އަމިއްލަ ނަފްސާމެދު އެމީހުންގެ ހިތުތެރޭގައި އޮންނަ ޖެހިލުންވުމެއްގެ ސަބަބުންނޭ. ބުލީ ކުރެވޭ ކުދިންނަށްޓަކައި އޭނަ ދުޢާއެއްވެސް ކުރިއޯ. އަނެއްކާ ބްރޯއަށް ޑެޑިކޭޓްކޮށްފަ ކަންނޭނގެ ދޯ އޭނަ އެ ސްޕީޗް ދިނީ.” ޝިނާޒް އެހެން ބުނެލުމާއެކު ކާމޭޒުދޮށުގައި އިން ޝަރަފް ޗޮއްކަނޑާލިއެވެ.
“އޭނައަށް މަ އެނގިގެނެއްނު މަށަށް ޑެޑިކޭޓް ކުރެވޭނީ؟” ޝަރަފް ނުރުހުންތެރިކަމާއެކީ ބުނެލިއެވެ.
“ޖަސްޓް ސޭއިންގް އޭ. ދެން ބްރޯ ކަމެއް ކޮށްބަލަ އޭނަގެ ސަމާލުކަން ހޯދަން. މިހާރު އެ ވިޔާމްމެން ވެސް ބްރޯ ތަޅާތަޅާ ވަރުބަލިވެގެން ހުއްޓައިފިއެއްނު؟ ދެން އޭނައާ ރައްޓެހިވެބަލަ! އެ ވިޔާމްމެން ބަލަހައްޓާނީ ދެމީހުންވެގެން ދެން އެމީހުން ކަމެއްކޮށްފް….” ޝިނާޒްގެ ވާހަކަ ފުރިހަމަ ނުވަނީސް ޝަރަފް ވާހަކަ ދެއްކިއެވެ.
“މަ ނުއުޅެން އޭނައާ ރައްޓެހިވާކަށް.” ޝަރަފް ދެލޯ މަރައިގެން އިނދެ މަޑުމައިތިރި އަޑަކުން ބުނެލިއެވެ.
“ވަޓް؟! ހަމަ އެ ވިޔާމްމެންނަށް ބިރުންތަ؟” ޝިނާޒް ޙައިރާންކަމާއި ނުރުހުންތެރިކަމެއް އެކުލެވޭ ފަދަ ގޮތަކަށް އަހާލިއެވެ.
“ނޯ…….އިޓްސް ޖަސްޓް….” ޝަރަފް ސަބަބު ކިޔައިދޭން ނުކުޅެދުނެވެ. ނޭނގޭ ސަބަބަކާހުރެ އޭނައަށް އަފާފް ފެންނަނީ މުޅިން އެހެން ކަހަލަ ނަޒަރަކުންނެވެ. އެއީ މި ވޭތުވެ ދިޔަ ދުވަސްތަކުގައި ދުރުދުރުން ފެނިފައި ވެސް އަފާފްގެ މިޒާޖު އެނގުމުން ކަންނޭނގެއެވެ. އަފާފް އޭނަގެ އެކުވެރިންނާއި ދައްކާ ވާހަކަތައް އިވިފައި އޭނަގެ މައުސޫމްކަން ޝަރަފަށް ފާހަގަވިއެވެ. އެއެކުވެރިން ދައްކާ އެއްވެސް ފާޙިޝް ވާހަކައެއްގެ މާނަ އަފާފަކަށް ނޭނގެއެވެ. އެހެން އަންހެން ކުދިންނާއި ޚިލާފަށް އަފާފް ދުވަހަކުވެސް ފިރިހެން ކުއްޖެއްގެ ކައިރިން ފެނިފައި ނުވާތީ ޝަރަފްގެ ހިތުގައި އަފާފަށްޓަކައި ދެވިފައިވަނީ ޚާއްޞަ ޤަދަރެކެވެ. އަފާފްގެ އެކުވެރިން ފިރިހެން ކުދިންނާއި ވާހަކަ ދައްކަން ފަށާއިރަށް އަފާފް އެތަނުން ދުރަށްދާ މަންޒަރު ކިތަންމެ ދުވަހެއްގެ މަތިން ޝަރަފަށް ފެނިފައިވެއެވެ. މީގެ އިތުރުން ވިޔާމާއި އަދި އެހެނިހެން މަޝްހޫރު ކުދިން ވެސް އޭނައާއި ރައްޓެހިވާން އެދުމުން އިންކާރު ކުރި ވާހަކަ އިވުމުން ޝަރަފް ޙައިރާންވާހާވިއެވެ. އެއީ ކޮންކަހަލަ ކުއްޖެއްތޯ އޭނަގެ ހިތަށްއަރަމުން ދިޔައެވެ. ކޮންމެ ކަހަލަ ކުއްޖަކަށްވިޔަސް އޭނަވަނީ ޝަރަފްގެ ހިތުން ޖާގަ ހޯދާފައެވެ. އަދި އޭނައަށް އެނގޭ ކަމަކީ ރަނގަޅު ގޮތެއްގައި ނޫނީ އޭނަ އަފާފް ކަހަލަ ކުއްޖަކު އޭނަގެ ޙަޔާތަށް ގެންނަން ބޭނުން ނުވާކަމެވެ.
ޝަރަފްގެ ފަރާތުން ޖަވާބެއް ނުލިބުމުން ޝިނާޒް އޯކޭއޭ ކިޔައި ޝަރަފްގެ ކައިރީގައި އިން ގޮނޑީގައި ޖައްސާލަމުން މޭޒުމަތީގައި އޮތް ޓީވީ ރިމޯޓު ނަގައި ޗެނަލްތައް ބަދަލުކުރަން ފެށިއެވެ. ޗެނަލްތައް ބަދަލުކުރަން ފެށިތާ މާ ގިނައިރެއްނުވެ ގޭގެ މައިދޮރުގެ ބޭރުން ދަޅުތަކެއް ފަދަ އެއްޗެހިތަކެއް ވެއްޓުނު ބާރު އަޑެއް އިވިގެން ދިޔައެވެ. އެ އަޑުގެ ސަބަބުން ޝަރަފާއި ޝިނާޒް ވެސް ދިޔައީ ސިހިގެންނެވެ. ދެމީހުން އެކީގައި ކަހަލަ ގޮތަކަށް ގޮސް ދޮރު ހުޅުވާލުމާއެކު ދެމީހުންގެ ވެސް ލޯ ބޮޑުވިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
34 Comments!
Comments are closed.







Assalaam’alaikum. Next part in Australia ah dheveyne hen heevany In Sha Allah 😀 e part monday ga In Sha Allah.
Adhi kuriah othy past dhw .. Present gennany past ah fahu tha dhen?
Gorgeous, then anna part ga Australia ah dhevey vaahaka buny varah avahah maazy nimeyne vaahaka bunan vegen 🙂 In Sha Allah dhen heevany maazy ah nagaany dhe part hen. faharegga eh part in ves nimmidhaane. balamaa vaagotheh In Sha Allah.
Slaam Sissy Love..?
Mi part ves hama vvvv interesting…. ♥♥♥♥
Masha Allah..??✨
You are the best, Sister..?✨
Bully kurumuge sababun dhw Sharaf mihaaru ehaa change vefa e huryy…. ?
Alhugandu menge Society ga mihaaru ves hama ammu kameh dhw… ??
Anyways, Hama waiting ga mi huree….???
All the very best darling.❤✨
Love you Jana Sis..?❤?✨
Wa’alaikumussalaam sister. Alhamdhulillah! (All praise and thanks belong to Allah) 🙂
Aan Sharaf ah ehen vefa hury bully kureema dho. mujuthamauga hama varah aammu kameh ey. bully kurumuge sababun ummeedhu gelli kujjaku dheenaai dhuruvegen hingaidhaane goiy dhekkeytho mi masakkaiy kurany. haqeeqathugaves meehegge ulhumah varah bodethi asaruthah koffaane kameh ey. e asaruthah undo vaany kihinekkan ves dhekkeytho balaanan In Sha Allah. Love you too sis <3 <3 <3
PS. i dont have such cute emojis when i reply on PC. 😛 Really sorry about that. 😀
Masha allah ……
Very very very nice….
Alhamdhulillah! 🙂
Past ehaa dhigu vegen dhaathee ehaayen nun ?
uh…..jana ge story ga hama dhigu dhemey goiy vaan fashaifi dho? kureege dhe vaahakain ves mihaa hisaabah anna iru mikahala comment thah libunythy mifaharu varah visnin kiyuntherin shauquverivaa fadha gothakah genesdheveytho. miadhuge bain varah masakkaiy kurin Australia aa hisaabah liyeveytho. ekamaku rush kuraakah ves beynumeh nuvi. In Sha Allah adhi vaahakaige pace rangalhu kureveytho eba balaanan. Jazaakillah Khairan for letting me know where to improve 😀
jana ulheny jana varuge myheh nethigen. meehunnah dheen ge mauloomaathu foaru kohdheyiruves baaru mielheny bully kurumah. me dhen varah vai echeh. maa dheeney vegen thi maavaruge myheh nethigen. pfft u shuck
Mi story ge konthaaku Bully kurumah baaru elheny…. Goas kan kamuge vaahaka dhehkiyas Jana liyaa komme vaahaka eh ves nimmaalaa iru kiyaa meehunah ethah ibratheh libeyy…❤ I am sorry mi gothah vaahaka dhehkeethee ves… But thi comment kiyaafa hama hithah eree vaahaka kamu nudhanyaa writer aa dhimaalah thi gothah ehchis bunan vee vaki keevve baa eyy.. Baeh meehunah mi story in thi kahala maana negunas mi story thakun faidhaa vaaa ethah bayaku ulheyy… So vaahaka yaa dheytherey hiyy hama nujehenyaa nukiyaaanee… Hama simple kamennu… I do believe eki meehunah kamudhaany eki kahala vaahaka kan… But meehaku dheenee vee eyy kiyaafa thi kahala ehchis nubuneyy…?
I m sorry Jana sis… Maybe you won’t like this comment… Ekamy hama ehcheh nubune nuhurevuny…. ?
Allah thibaa ah heyo visnundhevvaa Allahge kalima mathiverikuravvaane meeheh kamugai lavvaashi..
Janage vaahakathakuge sababun gina bayakah hidhaayath dhevvaashi..jana ah saabithkan dhevvaa ithuru vaahakathah liumuge ilmaai thaufeeq dhevvaashi..آمين
Xish: Ameen! Maai Allah alhamen kuraa komme heyo kameggai barakaaiy lavvai alhamennah saabithukan dhevvaashi. Ameen!
Aameen..
Aameen
aameen
Aamen..
foohi: hmm…….hama vedhaane jana ulheny jana varuge meeheh nethigen kamahves. ekamaamedhu hama ebbas. Shaithaanage waswaas nulibeyne evves meehaku nuhunnaane. e waswaas thakun dhuruvumah libunu handhaan kohdhinumeh foohi ge thi commentaky 😀 Alhamdhulillah! Jazaakallah Khairan! foohi thi faalhu kury haqeeqathuga jana ves varah kanboduvaa massala eh. aslu jana ge vaahaka thakuga mujuthamauga hunna massala thah emme furathama ali alhuvaa sababuthakeh vey. eygein eh sababaky massala sifa koggen noony aharumen dheenugai e massala thakah hallu genesdheefaivaa gothuge furihama kan ihsaas nukureveynehen jana ah heevaathy. dhevana sababaky vaahaka kiyaa kiyuntheringe thereygai ves vaahakain sifa kurevey fadha massala thakegge shikaara akah vefai hunna kiyuntheri aku huredhaane. adhi vaahakaiga hunna dheenaai dhuru meehaage khiyaaluthakaa kiyuntheriegge khiyaalaa ves eggoiy vedhaane. e fadha khiyaaluthah dheenee vaahaka ehggai hurumun curious vegen ves e khiyaaluthakuge javaabu dheenugai onnany kihinehtho dhenegannanves vaahaka kiyaane kamuge ummeedhuga e vaahaka thah genesdheny. adhi mi vaahaka thakaky e khiyaaluthakah javaabu libeyne mageh kamuge ummeedhuga In Sha Allah. egothah kanthah kurumugai jana ves jehilunvey kiyuntheriakah nubai msg eh dhevidhaanethy. ekamaku vaahakaiga e fadha vaahaka eh sifa kurevey komme faharaku jana masakkaiy kuran narration ga viyas eyaai dhekolhah ehcheh highlight kureveytho. foohi thi faahanga kurihen bully kurumaa dhekolhah jana ah ehcheh nuliyevi mihiry. ekamaku kommeves ehdhimaalakun edit koffa ves rangalhu kureveytho eba masakkaiy kuran In Sha Allah. once again Jazakallah Khairan 😀
Maal and Xish: Jazaakallah Khairan jana ah support kurumuge niyathuga comment kurythy. 🙂 ekamaku bunelan beynunvany haqeeqathuga jana mifadha vaahaka thah liyunas eyge maana eh nooney jana aa dhimaalah meehakah ehchekey nubuneveyne ey. adhi jana mifadha vaahaka thah liyumuge maana eh noon jana aa dhimaalah ehchekey bunaa meehaky heyo visnun nulibey meehekey. foohi haqeeqathuga e faahanga kolly foohi kanboduvi thankolheh.
kuree dhuvahegge fb postegga ves oiy kanneynge dho aharumennah hives nuvaa meehaku aharumennahvure taqwaaveri vedhaane ey 🙂 foohi khiyaalu faalhu kuri gothugai faharegga aharumennah unikameh fenidhaane. ekamaku eyge fahathugai vany varah bodu heyo niyatheh kameh aharumennakah neyngey. Maai Allah Jana ashaai thiya hurihaa kiyuntherinnahves hidhaayaiy ithuru kohdhevvaashi. Ameen!
Maasha allah
Ur da best jana.??
Ly ??
Alhamdhulillah! 😀 Love you too sis <3
ماشاء الله vv rethi mi baives..?
Alhamdhulillah! 🙂
Beautiful writting…Masha Allah..? Love to read..
Alhamdhulillah! <3
Thanx jana…aharumen kudhin goaigen australia ah dhaathee…hehe…
Ma sha allah…jana ge vaahaka thah v furihama…kiyaahithun indha e nimunee mirey ves…
Mikahala dheenee mauloomaath hunna vaahaka liyaathee v ufaavey..
Jazakallah khairan
hehe….balaanan ingey Azu men govaigen dheveytho. mihaaru ticket negumuge masakkathuga 😉 Alhamdhulillah! Baarakallah Laki! 😀
Mi story mihaar varah touching……..aharumn ge society ga bully kurun varah gina ..haassa kn scul therey ..aslu mihen dhimaavanee mi haalathuga parents ge alhaalun kuda vefa vaahaka share nukureveythee..anyways story hama habeys…jana kairee bunela hih vanee meehun kiyaa ehchihsah nubalahchey.jana story ah galaxy kiyan kereynee varah goeh kuda meehakah ..ehaaves story reethi…ly
Alhamdhulillah!
aakko thi buny hama rangalhah. beleniverinnaa kudhinna dhemedhu gaai gulhumeh nethyma varah gina massala thah dhimaavey. bully kurumuge shikaara akah vumaky eyge therein hama emme massala eh. In Sha Allah mi vaahakaige therein e massala aa deal kurevidhaane goiythah genesdheveytho jana mi masakkaiy kurany.
aakko thihen nubunahchey. jana ah vaahaka liyevey gothakun faharegga baeh kiyuntherinnah reethi nuvedhaane. jana ge vaahaka ah faadu kiyaa komme meehaku goiy kuda meeheh noon. eyge thereyga huredhaane jana ahvure gina heyo kanthah koffa huri meeheh ves. meehegge hithugai vi iman therikan dhenevodigenvany hama ekani Allah 🙂
Love you too aakko 😀 <3
Masha Allah
🙂
Maasha Allah varah reethi
Varah salhi mi part vx
Alhugandu v hairaan vey asluga jana ge vahaka thah kiyaafa. V iburaytheri vahaka thakeh. Aslu v beynun thi kujjaka vahaka dhahkaalan ves
Masha Allah