ނޭންގިހިތޭ ގެންދެވީމަ މިތުރާ… (7)
އެކިވާހަކައިގައި ތިބެގެން ކޮފީބޮމުންދިޔައިރު ފަރޫން އާއި އިބާ ކިތަންމެ ވާހަކައެއް ދެއްކިޔަސް އަލޫކްއިނީ ފޫހިވެފައެވެ. ހަގީގަތަށް ބުނާނަމަ އަލޫކް އަށް އިބާ ފެނުންވަގުތުވެސް ހިތަށް ފޫހިކަންވަނީއެވެ. އިބާ އެބަލާލިގޮތުންވެސް އަލޫކްއަށް އެއީ ރަނގަޅުކުއްޖެއް ނޫންކަން އިހްސާސްވިއެވެ. ނަމަވެސް އެއިން ކަމެއް ފާޅުކޮށްނުލާ ހުރީ ފަރޫން މާ މަޖާވެފަ އިނީމައެވެ. ނަމަވެސް އެކަމުގެ ތެރޭންވެސް އަލޫއަށް ކަޅި ހުއްޓިފައި އިބާ އިންނަތަން ފެނުނުން އަލޫކް އަތްމުއްކަވާލެވެއެވެ.
ކޮފީތަށި އެއްކޮށް ބޯލުމާއެކު ފޯއްކޮޅު އަނގަޔާށް ލީގަޑީ އެތެރެެށް ވަދެގެން ދިޔަ ދެމީހުން އަލޫކްއަށް ރީތިކޮށް ފެނުނެވެ. ނަސީބަކުން އެމީހުން އެދިމާ ބަލާނުލާދިޔައީމަ އަލޫކްމެން ނުފެނުނީއެވެ. “ލޫކް ހާދަ އަވަސްކޮށްލާފަ.. ” އަލޫކްގެ ހަރަކާތްތަށް ހުރިގޮތުން ފަރޫން އަހާލިއެވެ. ” ހޫމް.. ކުއްލިއަކަށް ކަމެއް ހަނދާންވީއޭ އެހެންވެ.. ދެން ތިދެމީހުން ވާހަކައިގަ ތިބޭގޮތެއްނުވާނުދޯ.. އަހަރެން ގޮސްލަނީ.. ” އެހެން ބުނުމާއެކު އަލޫކް ތެދުވިއެވެ. ” މިރޭ ކްލާހަށް ދިއުމުގެ ކުރިން ގުޅާނަން އިނގޭ.. ” އަލޫކް ހިނގައިގަތުމާއެކު ފަރޫން ބުނެލިއެވެ. އޯކޭ ކިޔާ އަލޫކް ނިކުންނަން ދިއުމުން އިބާ ނޫން ކަމަށް ހަދާފައި އެދިމާ ބަލާލިއެވެ. އެވަގުތު އިބާއަށް ލޫޔާއާއި ދާދިގާތުގައި ފިރިހެނަކު ހުރިތަން ފެނުމުން ލޯހަނިކޮށްލާފައި ބަލާލެވުނެވެ. އެވަގުތު އެފިރިހެން މީހާވެސް އެނބުރީ ވަގުތަށް ވުމުން އިބާގެ ހިތަށް ހީވީ ގަނޑުފެންއެއްޗެއް އޮއްސާލިހެންނެވެ. އެއީ ކުރިން ދެކެފައިވާ ސޫރައެކެވެ. އާއިކެވެ. އެއީ ހަމަ ޒޭންގެ ސޫރައެެވެ. ވީއިރު މިހުރިހާ ދުވަހު ޒޭން އިބާއަށް ހަބަރެއްނުވީ ކީއްވެ ހެއްޔެވެ. ވަގުތުން އިބަ ތަބިއްޔަތު ގޯސްވިއެވެ. ފަރޫން އަށް އެކަން ފާހަގަ ނުވީ އިބާގެ ފޯނުން ދެއްކި ފަނީ ވީޑިއޯއެެއް ބަލަން އޭނާ އިނުމުންނެވެ.
އަރުޝަދުއާއި ލޫޔާގޮސް އިށީންދެލީ ތަންކޮޅެއް މީހުން ގިނަ ހިސާބެއްގައިކަމުން އަލޫކްވެސް މަޑުމަޑުން ގޮސް އެމީހުންގެ ފަހަތުގައި އިށީން ކަމެއް ނޭންގެއެވެ. ” ލޫ.. މަަށަށް ފެންނަނީ ލޫ ތަންކޮޅެއް ހަރުކަށިވެލަން.. ތިހެންއުޅެގެން ލޫ އަބަދު ހެން ބޯގޮވަނީނު.. ހުރިހާ ދެރައެއްލިބޭނީވެސް ލޫއަށް.. ފަރޫންކަހަލަ މީހުން މަތަކުރެވޭނީ ވަރަށް އުނދަގުލުން.. ” އަރުޝަދު އެހެން ބުނުމާއެކު ލޫޔާ އިސްޖަހާލީ ބުނާނެއެއްޗެއް ނޭންގުމުންނެވެ. ” އަހަންނަށް ހީވާ އެއްޗެއް ބުނަންތަ.. ” ލޫޔާ އެއްޗެކޭ ނުބުނުމުން އަރުޝަދު އަނެއްކާވެސް ވާހަކަ ދެއްކިއެވެ. ” ހޫމް..” އިސް އުފުލާލުމާއެކު ލޫޔާ ހޫން އަޅުވާލިއެވެ. އެވަގުތު ވޭޓަރު އައިސް ދެ ކަޕަޗީނޯ މޭޒުމަތީގައި ބެހެއްޓުމުން “ތެންކިއުއޭ” އަރުޝަދު ބުނެލުމާއެކު ވޭޓަރު ހީލާފައި ދިޔައެވެ. “ހޫމް އަހަރެން ބުނަންއުޅުނީ.. އަސްލު އަހަންނަކަށް ހިޔެއްނުވޭ ފަރޫން ލޫދެކެ އެވަނީ ހަގީގީ ލޯބިހެން.. ނޫންތަ.. މަށަށް ޔަގީން ލޫ ތިއުޅޭހެން އޭނަ ނޫޅޭކަން.. ” އަރުޝަދު އެހެން ބުނުމާއެކު ލޫޔާގެ ލޮލުން ކަރުނަ ހިލިގެން ދިޔައެވެ. ހުދު ލޫޔާވެސް އެކަން ގަބޫލުކުރެވެއެވެ. ފަރޫން ލޫޔާދެކެ ހަގީގީ ލޯބިވާނަމަ އެހެން ނޫޅޭނެކަން ލޫޔާވެސް ދަނެއެވެ. ” އޯ ކަމޯން ލޫ.. ލޫ ރޮއްވާކަަށް ނޫނޭ އަރުޝަދު މިހެން މިބުނީ.. ލޫއަށްވެސް އިނގޭނެ.. ލޫގެ ބެސްޓީވެސް އުޅުނީ އެހެންދޯ.. ހަމަ ފަހަރަކު ކުއްޖަކާ ހެދި ދުވަހަކަވެސް އެއްތާކު މަތަނުވޭ.. އެންމެ ފަހުން ބޮޑުދައިތަމެން އޭނަ ބޭރަށް ކިޔަވަން ފޮނުވާލީ ބިޓުންގެ ކަންތަށް ބޮޑުކަމުން.. ދުނިޔޭގެ ލަދަށް ކެތްނުވެގެން.. ” އަރުޝަދު އެހެން ބުނުމާއެކު ލޫޔާއަށް ބޭއިހްތިޔާރުގައި ” ޒޭން” އޭ ބުނެލެވުނެވެ. ” އެކަމަކު ލޫއަށް އިނގޭތަ ޒޭން ކިޔަވައިގެން އައިފަހުން ވަރަށް މައިތިރި.. އެކަމަކު ކޮންމެދުވަހަކު އެކެއް ޖަހާކާހާއިރު އިނދޭ ދާރުލް އާސާރުކައިރީގަ.. ކޮންމެވެސް ކުއްޖެއްގެ ފަހަތުން ދަނިކޮށްވެސް ދުށިން.. މަށަށްފެނުނީމަ ބުނި އެއީ އެންމެލާސްޓޭ.. ދެން އިތުރު މީހަކު ދެކެ ލޯބިވާނެ ޖާގައެއް މިހިތަކު ނެތޯ.. ނަސީބުދެރަކަމުން އަހަންނަަށްވެސް އެކުއްޖާ ނުފެނުން.. އަދި އެހެންބުނިތާ ދެދުވަސްފަހުން އެކްސިޑެންޓްވީ.. ލޫގެ ނަސީބުރަނގަޅުކަމުން އެދުވަހު ސަލާމަތްވީ.. ” އެވާހަކަ ކިޔާދިން އިރު އަރުޝަދުގެލޮލުންވެސް ކަރުނަ އައީ ލޯބިވާ ބެސްޓީއެއްފަދަ ކޮއްކޮގެ ހަނދާން ތަށް އާވުމުންނެވެ. ” ވަޓް.. ޒޭން ނުވެސްބުނޭ.. އަނެއްކާ އަހަރެމެން ކްލާސް ކުއްޖެއްބާ އެއީ.. ” ހައިރާން ވެފައި ލޫޔާއަހާލުމާ އެކު އަރުޝަދު ބޯހޫރާލީ އެކުއްޖާ ފުރަގަހުން ނަމަވެސް އޭނައަށް ފެނިފައިވާތީއެވެ. “އެއީ އަމީނިއްޔާގަ އުޅުން ކުއްޖެއް.. ހީވާގޮތުން އެކުއްޖާގެ ލާސްޓް އަހަރުއެއީ.. ” އަރުޝަދު އޮޅުން ފިލުވައިދިނެވެ.
ހުރިހާ ވާހަކައެއް އަޑުއަހަން ފަހަތުގައި އިން އަލޫކް އިނީ ބުނާނެއެއްޗެއް ނޭންގިފައެވެ. އަލޫކް ހީކުރިގޮތާ ހިލާފަށް ލޫޔާމިވީ ވަރަށްގިނަ ހިތްދަތިކަން ތަހައްމަލް ކުރާ ކުއްޖަކަށެވެ. ވީއިރު ފަރޫންއަށް ލޫޔާ ޑިޒާވް ނޫންކަމަށް އަލޫކްއަށް ވެސް ނިންމުނެވެ. ނަމަވެސް ހަމަ އެހިނދުކޮޅުގައި ފަރޫން އަކީވެސް ދިރިއުޅުމުގައި އުފާވެރިކަން ގެއްލިފައިވާ މީހެއްކަން ހަނދާންވުމުން އަމިއްލަ ނަފްސު އަލޫކްއަށް ކުއްވެރިކުރެވުނެވެ. އަދި ފަރޫންއަށް އެހެން އެވަނީ ދިރިއުޅުމުގައި ދިމާވެފައިވާ މަގުން ރަނގަޅަށް ހިނގައިގަންނަން ނޭގޭތީ ކަމަށް ވިސްނުމާއެކު ފަރޫންއަށް އެކަމުގައި އެހީވެދޭން އަލޫކް އަޒުމް ކަނޑައެޅިއެވެ. ފޯނުނަގާ އަލޫކް އޭނަގެ ބައްޕަ އަށް ގުޅާފައި ފަރޫންގެ ވާހަކަދެއްކިއެވެ. އަދި އެކަމުގައި މަންމައާއި ބައްޕަގެ އެއްބާރުލުން ލިބޭނެ ވާހަކަ ޝަކީބް ބުނުމުން އަލޫކް ވަރަށް އުފާވިއެވެ.
ގެއަށް އައިސް ވަން އިރުވެސް އިބާއަށް ވިސްނެނީ ކެފޭއިން މިއަދު ފެނުން މީހާއާއި ދޭތެރޭގައެެެވެ. “ޒޭން އަނެއްކާ .. ނޫން.. ނޫން.. ޒޭން ދުނިޔޭގަ ހުރިނަމަ އަހަރެން ހޯދަން އުޅޭނެކަން ޔަގީން.. ވީއިރު އެއީ ކާކުބާ.. ” ސިކުނޑީގައި އެނބުރިގަތް ހިޔާލުތަކާއެކު އިބާގެ ބޮލަށް ބަރުވާންފެށުމުން އަވަހަށް ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ. އެއީ ލޫޔާވެސް އައިސް ގެއަށް ވަން ވަގުތުނަމަވެސް އިބާ އަށް އެކަމެއްނޭންގެއެވެ. ލީޔާ އެއައި ބާރުމިނުގައި ގެއަށް ވަދެ ދޮރުޖެހިއިރު ލޮލުގައިވި ކަރުނަތަށް އެއްވެސް ރަހުމެއްނެތި ކޯތާފަތްމައްޗަށް ފައިބައިގަތެވެ. އޭރުވެސް ބޭރުގައި ހުރެގެން ފަރޫން ލޫޔާއަށް ގޮވަމުން ދާއަޑުއިވެއެވެ. ނަމަވެސް ލޫޔާ އެއަޑަށް ސަމާލުކަން ނުދީ ގޮސް ކޮޓަރިއަށް ވަނުމާއެކު ފަރޫން އެހެން ކުއްޖަކުގިވައިގެން ކެފޭން އިން ނިކުތްމަންޒަރު ސިފަވެގެން ދިޔައެވެ. ” ފަރޫން ނުވާނެ ބަދަލެއް.. ކުރިން ޝާޔާ މިހާރު ނޭންގެ ކާކުކަމެއްވެސް.. އަރުޝަދުބުނީ ހަމަ ރަނގަޅަށް ފަރޫން އަހަރެންދެކެ ލޯތްބެއްނުވޭ.. އެހެން ނޫންނަމަ އެއުޅުން އިސްލާހު ކޮށްފީސް.. އެވަރަށް އަހަރެން ގުޅިއިރު ފޯނުވެސް ނުނެގީ އެހެންވެ.. އެންމެ ފަހަރަކުވެސް ފޯނުނަގާ ބުނެލިނަމަވެސް .. ” ހިތާ ހިތުން ޝަކުވާކުރަމުން ލޫޔާ ހުރިހާ ވަރެއްބޭލީ އެނދުމަތީގައި ހުރި ބާލީސްތަކަށެވެ.
ގަޑިޖެހެން ފަނަރަ މިނެޓް އަށް ވީއިރުވެސް ފަރޫން ނުގުޅުމުން އަލޫކް ހިތްނުތަނަވަސް ވާގޮތްވިއެވެ. ފަރޫން ކެފޭއިން ނިކުތްތަަން ލޫޔާ އަށް ފެނުންކަން އަލޫކްއަށް އިނގެއެވެ. ވީއިރު އެދެމެދުގައި މައްސަލަ ގޯސްވާނެކަން އެއީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ. ކޮޓަރިތެރޭގައި ދެކޮޅަށް ހިނގަމުން ދިޔަ އަލޫކް ނިންމީ ބާކީ އޮތީ ދިހަމިނެޓްކަމުން ފަރޫންއަށް ގުޅާށެވެ. އަވަހަށް ފޯނު ނަގާ ޑައިލް ކޮށްލި އިރު ފޯނު ނިވާލާފައި އޮތުމުން އަލޫކް ކަންބޮޑުވި ނަމަވެސް އެވަގުތު އެގެެއަށް ދެވެންވެސް ނެތުމާއެކު އަޗަހަށް ބޭރަށް ނިކުމެ ޓެކްސީއެއް ނަގައިގެން ކޮލެޖްއަށް ދިޔައީ ކްލާސްނިންމާފައި އައިސް ފަރޫންއާއި ބައްދަލްކުރާށެވެ.
ލޫޔާގާތު އެތަކެއް އާދޭހެއްކުރުމުންވެސް ފަރޫން އަށް ލޫޔާ ވާހަކަ ނުދެއްކުމުން ގެއަށް އައިސް ވަން ފަރޫން ހައިރާންވީ މަންމައާއި ބައްޕަ ތިބުމުންނެވެ. އޭރުވެސް ދެމީހުންތިބީ ވިޔަފާރީގެ ވާހަކައެއްގައި ކަމުން ފަރޫން އައިސް ވަންކަންވެސް އެއިންމީހަކަށް ރޭކާނުލިއެވެ. ވީފޫއްސާއެކު ގޮސް ކޮޓަރިއަށް ވަންގޮތަށް ދޮޖަހާ ތަޅުލާފައި ފަރޫން އޮށޯވެލީ ކޮށްފައިވާ އަސަރެއްގެ ބޮޑުކަމުން ކޮޅަށް ނުހުރެވިގެންނެވެ. އެއާއެކު ލޫޔާ ބުނި ޖުމްލަތަށް ފަރޫންގެ ކަންފަތްދޮށުގައި ގުގުމަން ފެށިއެވެ. ” ފަރޫން.. ފަރޫން ތިގޮތަށް ކަންތަށް ނުކޮށް ރީތިކޮށް ބްރޭކްއަޕް ވެބަލަ.. ލޫއަށް މިހާރު ޔަގީންވެއްޖެ ފަރޫން ލޫދެކެ ވަނީ ހަގީގީ ލޯތްބެއްނޫންކަން.. ވީއިރު ދެން މިހެން އުޅުމުގެބޭނުމެއް ކޮބާ.. ޖަސް ލީވް މީ އެލޯން..” ފަރޫން އަށް ލޯމަރާ ބާރުކޮށްލެވުނީ މުޅިސިކުނޑީގަވެސް އެވާހަކަތަށް އެނބުރޭހެން ހީވުމުންނެވެ. އެހެން އޮވެ ފަރޫން އަށް ނިދުނީ ފޯނުވެސް ޗާޖަށް ޖަހާނުލާކަމުން ފޯނުވެސް އޮތީނިވިފައެވެ.
ކުއްލިއަކަށް ފަރޫންއަށް ހޭލެވުުނީ ކޮޓަރީދޮރުގައި މޯހަކު ޓަކިދިނުމުންނެވެ. ތެދުވެބަލާލިއިރު މުޅިކޮޓަރީގައި ރަސްކަން ކުރަމުން ދަނީ ކަނުއަނދިރިކަމެވެ. އެވަގުތު އައިސް ވަންގޮތަށް އެއްވެސް ލައިޓެއްވެސް ނުޖައްސާ ހުރުމުން ކޮޓަރިތެރޭގައި އެއްވެސް އަލިކަމެއް ނެތީއެވެ. ދެވަނަފަހަރަށް ދޮރުގައި ޓަކިދިނުމާއެކު ފަރޫން “މަޑުކޮށްލާށޭ” ބުނެފައި ތެދުވެލީ އެނދުކައިރީގައި އިން ލޭންޕް ދިއްލާލާފައެވެ. އޭރުން ކޮޓަރިތެރެ ކޮންމެވެސް ވަރަކަށް އަލިވުމުން ފަސޭހައިން ސްވިޗް ޖައްސާލަން ފަސޭހަވާނެތީއެވެ. ބޮކި ދިއްލާލާފައި ދޮރުހުޅުވާލުމާއެކު ކުރިމަތީގައި ހުރި އަލޫކް ފެނުމުން އެތެރެއަށް ވަންނާށޭ ފަރޫން ބުނެލީ ފަނޑު ހިނިތުން ވުމަކާއެކުގައެވެ. އަލޫކްވެސް ފަރޫންގެ މޫނުމަތީގެ ކުލަވަރު ފެނުމުން އިތުރު އެއްޗެކޭ ނުބުނެ އެތެރެއަށް ވަނީ އެވެ. އޭރު ފަރޫން ފޯނުޗާޖައްޖަހަން އިނުމުން ފޯނު ނިއްވާލީ ނޫންކަން އަލޫކްއަށް ދެނެގަނެވުނެވެ.
“ހެއި ލޫކް ގަޑިޖެހޭތީ ދޯތިއައީ.. ހާދަރަނގަޅޭ.. އަހަރެންގެ ފޯނުގެ ޗާޖްހުސްވެގެން ނިވިފައޮތީ.. އެގަޑީ އައިގޮތަށް ޖައްސާލީމަ ނިދުނީވިއްޔާ ކީއްކުރާނީދޯ.. ” ފަރޫން ހަމަޖެހިލާފައި ލާނެ އެއްޗެހި އަލަމާރިން ނަގަމުން ވާހަކަ ދެއްކިއެވެ. ” ކޮންގަޑިއެއް ޖެހޭވާހަކަ ތިދައްކަނީ.. ބަލަ ފަރޫންއަތުގަ ތިއޮތްގަޑިން ބަލާބަލަ ވީއިރު.. ނިދުނީކީނޫން.. ރަނގަޅަށް ނިދާފަ ތިތެދުވީ..” އަލޫކް އެހެން ބުނުމާއެކު ފަރޫން ދެލޯބޮޑުވީ ގަޑިން އޭރު ރެގަނޑު އެގާރަޖަހަންވެފައި ވަނިކޮށް ފެނުމުންނެވެ. ” ލޫކް އަޅޭ ކީއްވެ … އަހަރެން ނަށް ހީކުރެވުނީ.. ޑޭމިޓް.. ފޯނުވެސް އެެެންވީމަ މިހުރިހާއިރު ނިވިފަދޯ އޮންނާނީ.. މިރޭ މީ ލޫމެންގެ މީޓިންއެއް އޮންނަރޭ.. ދެންމިވީ ގޮތުން ލޫ ހައްތަހާ އަހަރެންދެކެ ހިތްގހަމަ ނުޖެހޭނީ.. ” ބޮލަށް އަތްމަހާލައިގެން އިނދެ ވާހަދެއްކިއިރު ނިތަށް ރޫތަށް ގިނަވެފައި ހުރިގޮތުން ކަންބޮޑުވެފައިވާކަން ހާމަވެއެވެ.
“ހަމަޖެހިބަލަ.. މިރޭ ލޫމެން އައޭ އަހަރުމެންގެ ފެކަލްޓީއަށް އެގަޑީ ފަރޫން ނެތިގެން އަހާލި .. އަހަރެން ބުނިން ބޮލުގަ ރިއްސާތީވެ ބޭސްކައިގެން ނިދާލީއޭ.. އެހެންވެ މިރޭ ކްލާހަށް ނާދެވުނީއޭ.. އެހެން ބުނީމަ އަރުޝަދުއާއެކުގަ ގެއަށް ދާށޭ މިދަނީ ކިޔާފަ ދިޔައީ.. ” އަލޫކް އޭނާ ކްލާސްނިންމާފައި ނިކުތް ގަޑީގައި ލޫޔާއާއި ދިމާވިވާހަކަ ބުނުމުން ފަރޫން އަލޫކްއަށް ޝުކުރުއަދާކޮށްލީ ލޫޔާ ހިތްހަމަނުޖެހޭ ކަމަކުން އަލޫކް އޭނާ ސަލާމަތް ކޮށްދިނީމައެވެ. ” ހޫމްދެން ކޮންމެހެން ތިހާވަރަށް ޝުކުރުއަދާނުކުރިޔަށް ރަނގަޅުވާނޭ.. އެހެން ނޫނަސް އަހަރެމެން އެކުވެރީންކަމަށް ތިބެނީ ނަމެއްގައެއް ނޫނޭ.. ” އެއްލޯ މަރާލަމުން އަލޫކް އެހެންބުނުމުން ފަރޫންވެސް އެކަމަށް އެއްބަސްވެ ބޯޖަހާލިއެވެ.
އެވަގުތު އަލޫކްގެ ފޯނުރިންގްވާން ފެށުމުން ނަގާބަލާލިއެވެ. ގުޅަނީ ނުދަންނަ ނަންބަރަކުން ކަމުން ކޯލްމިސްވަންދެން އަލޫކްއިނީ ސްކްރީނަށް ބަލާށެވެ. އަނެއްކާވެސް ހަަަމައެނަންބަރުން ގުޅަންފެށުމުން ފަރޫން ތިނަގާބަލާށޭ ބުނުމާއެކު އަލޫކްވެސް ފޯނުނެގީ މިވަގުތު ގުޅާނީ ކަމެއްޖެހިގެންނޭ ހިތާ ފޯނުނެގިއެވެ.
” ހެލޯ..” ފޯނުނެގުމާއެކު އެކޮޅުން އަންހެންއަޑަކުން ގޮވާލިއަޑުއިވުނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
30 Comments!
Comments are closed.






Salaam hurihaaa kiuntherin .. kihinehtha .. miothee next part up kohlevifa .. unmedhukuran mibaives thihurihaa kiuntherinah kamudhaane kamah. And mistakes huredhaane .. faahaga kohladheynekamah heekuran.. love u all readers ..????
me 1st dhw.. mibai vx v reethi
Yes starfish .. ur first .. ?thank you dear ??
Yey me scnd ??
Yes jumako ur second ..??
Wow…. amazing???? alhe sissy vrh molhu masha allah story liyan….. sissy ge age bunedheefaanan tha if u don’t mind?? n whn nxt prt? ? Also sis ge hurihaa story ehvx vrh salhi ingey…waiting for the next part. …. ??❤❤???
Wow… Layaa I really loved it… Haadha reehchey mi part vx.. This is one of my favourite story… Eba huri baeh kudhi kudhi mistakes liyumuga… Liyaafa 2 or 3 times kiyaaleema ekahala mistakes thah faahagavaane.. Keep it up n waiting for next part…
Alhey kithanme fahun micomment fenun kamugaviyass v happy vejje ? thank you dear pinkish ?ly
Nice
Thank you dear Rsh ??
Woww.. v reethi mi part vx??
Awwn thank you awa dhooni ???
Dhn vaany kihinehbba??vvv reethi mi partvs…gud luck layaa and luv u..?❤??
Alhey shafa dhoonya hingaadhw dhenvaagoi balamaa ? btw thank you dear shafa ? ly 2 ?
Beautiful ?
Thank you ixoo ??
Adhi v salhi❤
Thank you dear aish ??
Mi bai wx vrh vrh vrh reethi…. nxt part ga vaanii kihinh baa….layaa plx nxt part avas khla dhehchey
Thank you dear mishy ??
Obiness to the max❤❤
Can’t wait to read the next part???
Thank you dear ish ??
“Layaage vaahakaige kiyun therinnah.. layaa balikoh ulheytheeve vaahaka genes nudheveynekamah takaa emmehaa kiyun theringe arihun v bodah maafah edhen. Adhi Rangalhuvihaa avahakah mi vaahaka upload kohdheyne vaahaka dhannavan” mee layaa ge faraathun ingey guyss. She is my friend so told me to inform you guys?hope u all will understand.. and GWS layaa
GWS sis ?❤
Shafakillah layaa ❤❤?
Shukuran dear awa, dear SJK, dear jumakko ???
Shafakahllah layaa..☺❤
Shukuran dear shafa ?
Hii layaa.. adhi kiriyaa story kiyaa levey varu v.. hehhe.. vrh reethi?? i love this story? n get well soon layaa?❤ love you❤
Thank you dear sham ??ly