ދެފަހަރަށް ހެލޯއޭ ގޮވާލުމުންވެސް ހަބަރެއްނުވުމުން އަލްޔާ “ދޮންބޭ.. މީ އަލްކޮއޭ ” ބުނެލީ އޭނާގެ ދޮންބެ ވާހަކަ ނުދައްކަނީ ކާކުކަން ނޭންގޭތީކަން ފަހުމްވުމުންނެވެ. ” ހެއި އަލްކޮ.. މިގަޑީގަ .. ކަމަކުތަ.. މީކާކު ނަންބަރެއް.. އަނެއްކާ މަންމަޔާ ބައްޕައަށް ކަމެއްވީތަ.. ” އަލޫކްއަށް އެއީ އޭނަގެ އެއްބަނޑު އެއްބަފާ ކޮއްކޮކަން އެނގުމުން އުފާވިނަމަވެސް ވަގުތުގޮތުންހާސްވެ އެއްފަހަރާ އެތަކެއް ސުވާލުތަކެއް ކޮށްލިއެވެ. ” ދެން އަޅޭދޮންބޭ.. މީ އެންމެފަހުން އައި އަލްކޮގެ އުފަންދުވަހު ބައްޕަދެއްވި ގިފްޓޭ.. އެހުރިހާ ދުވަހު […]
އުމުރުން ސާދަ އަހަރުގައި އަހަރެން މާލެ ބަދަލުވީ އިތުރަށް ކިޔެވުމުގެ ބޭނުމުގައެވެ. އެއީ އަހަރެން އަލަށް މާލެ ދިޔަ ފަހަރެވެ. އެރޭ މާލެ ފުރަން ބޯއްޓައް އެރީ ހިތުގައި އަތް އަޅައިގެންނެވެ. މަންމަޔާ ކޮއްކޮމެން ބަނދަރަށް އަހަރެން ފުރުވަން ނިކުމެ ތިއްބެވެ. ލޮލުން ކަރުނަ އޮހޭހާލު މަންމަ އަހަންނަށް ނަސޭހަތް ދެމުން ދިޔައެވެ. ލޯބިން ބަލާ ބޮޑު ކުރި ދަރިފުޅު ލޮލަށް ނުފެންނަ ހިސާބަށް ދާއިރު އަސަރު ނުކުރާނީ ކޮން މަޔަކަށް ހެއްޔެވެ؟ އެ ހުރިހާއިރު ވެގެން […]
”އެއީ ކޮންކަމެއްތޯ؟ މަންމަ އަޅުގަނޑު ކައިރީގަ ނުބުނާނަންތޯ؟” އަލްޔާ ދެރަވެފަ އަހައިލިއެވެ. އޭރު ޖޫދު އިނީ ފެންކަޅިވެފަ އޭނަގެ މަންމަޔާ ދިމާލަށް ބަލަހަށްޓައިގެންނެވެ. “ތިދަރިފުޅު ކައިރީގަ މަންމަ ނުބުނާނެ ވާހަކައެއް އޮވެދާނެހެން ދަރިފުޅަށް ހީވަނީތަ؟ ތިދެކުދިންނަކީ މިމަންމަގެ ހުރިހާ ވެސް އުފަލަކީ..!” އަލްޔާއާ ޖޫދުއާ ދެބެއިން ގަޔާލާ ފިތާލަމުން ނަސްމާ ބުނެލިއެވެ. “ނޫން މަންމާ! އަޅުގަނޑު އެގޮތަކަށް ނުދެކޭނަން..! ދެން ބުނުއްވައްވީނުންތޯ..؟ މިހާރުވެސް އަޅުގަނޑުގެ ކެތްތެރިކަން ކޮޅުން ލައިފި!” ކެތްމަދުވެފަ ހުރި އަލްޔާ އަހައިލިއެވެ. ”އާނ ދަރިފުޅާ.. […]
ހަފްތާ ބަންދު ނިންމާ އެނެއްކާވެސް ކިޔެވުން ފެށިއްޖެއެވެ. ފަތިހު ފަތިސް ނަމާދުކޮއްލައިގެން ކިއާރާނިކުމެލީ ޓެރެހަށެވެ. ލާފައި ހުރި ފިޔާތޮށި ކުލައިގެ ސްވެޓަރާއި ހުދުކުލައިގެ ލެގިންގްސް ގައި އޭނާ ވަރަށްވެސް ރީއްޗެވެ. އިސްތަށި ގަނޑުވަނީ މިނިވަން ކަމާއިއެކީ ދޫކޮއްލާފައެވެ. ފަތިހުގެ ހިމޭން ކަމުގައި މާލޭގެ މަގުތައް ވެސްވަނީ ހިމޭން ވެފައެވެ. މަދުމަދުން ދެތިންމީހުން ފެނުނަސް ވަރަށް އަޑުމަޑެވެ. އެ ހިމޭންކަމުގެ ތެރެއަށް ގެއްލިފައި ހުރި ކިއާރާ ސިހުނީ ފަހަތުން މީހަކު އައި އަޑަށެވެ. ސިހިފައިފަހަތް ބަލައިލިއިރު ފަހަތުގައި ހުރި […]
ނިދީގެ އަސަރު ނުކެންޑި އެނދުމަތީ އޮންނަން ޖެހުމުން، ފޫހި ވެފައި އޮތް ޔަތްރިބުއައް ހޭލެވުނީ އޭނާ މަންމަ ހެނދުނު ނާސްތާއައް ސައި ތައްޔާރު ކޮއްފަ ގޮވަން ދޮރު ހުޅުވާލި ވަގުތެވެ. “ ދަރިފުޅާ !! ޔަތޫ !! ތެދުވޭ ދެން ، މިހާރު އެހެރަ ގަޑިން ދިހަ ގަޑި ބައި ވީ. “ . “ ލައްބަ މަންމާ ހޭލާ މި އޮތީ، މޫނު ދޮވެލައިގެން މިދަނީ. “ . އޭނާ އެނދުން ތެދުވެ ފާހަނައައް ވަދެ މޫނު […]
އެ އަޑުގެ ސަބަބުން ޝަރަފާއި ޝިނާޒް ވެސް ދިޔައީ ސިހިގެންނެވެ. ދެމީހުން އެކީގައި ކަހަލަ ގޮތަކަށް ގޮސް ދޮރު ހުޅުވާލުމާއެކު ދެމީހުންގެ ވެސް ލޯ ބޮޑުވިއެވެ. ދޮރު ކުރިމަތީގައި ވެއްޓިފައި އޮތީ އެމީހުންގެ ބައްޕަ ނޫން ދެވަނަ މީހެއްނޫނެވެ. ބައްޕަ މޭމަތީގައި އަތް އަޅައިގެން ވޭނުގައި އޮތްއިރު ކައިރީގައި ވެއްޓިފައި ތިބީ ބައްޕަ ކޮތަޅެއް ފުރާލައިގެން ގަނެގެން އައި ޝިނާޒާއި ޝަރަފަށް މީރު ވައްތަރެއްގެ ކޮފީ ދަޅުތަކެވެ. ފެންނަމުން ދިޔަ މަންޒަރުގެ ބިރުވެރިކަމުން ދެބެއިންނަށް ވެސް ސިކުންތުކޮޅެއް […]
އަދި މައުވަންވެސް ހޭވެރިކަންވެ ދުވެފައިގޮސް މަލާކް އަތްދަނޑި މައްޗަށް ލައިގެން ހޮސްޕިޓަލަން ވަނެވެ. އޭރު މަލާކް އޮތީ ލެއިން ތަތްތެޅިފައެވެ.ހެއެއްވެސް ނެތެވެ. މައުވަން ގޮސް މަލާކް އެމަޖެންސީ ބަޔަށް ވެދުމަށްފަހު އެއްމެނަން ގުޅާލިއެވެ. ވަގުތުން އެއްމެން ހޮސްޕިޓަލަށް އައެވެ. އޭރު މައުވަންލައިގެން ހުރި މަޑު ފިޔާތޮށި ކުލައިގެ ގަމީހުގައި ލޭގެ އުގުޅިފައި ހުއްޓެވެ. ބެގީ ނެއްޓިފައިވާއިރު ކަރުގައި އޮތްޓައީވެސް އޮތީ ވަރަށް ބޮޑަށް ދޫވެފައެވެ. މައުވަން ހުރީ އެމަޖެންސީ ބައިގެ ދޮރުކައިރީގައި ފާރުގައި ލެނގިލައިގެން ކަރުމަށްޗަށް ޖަހައިގެންނެވެ. […]
“ތިހާ މާތް މީހަކު ހިލޭ އަންހެނެއް ގައިގަ އަތެއް ނުލާނެ.. އަދި އެވެސް މީހެއްގެ އަނތްބެއް ގައިގަ..” އައިކާ ރުޅިވެރިކަމާއެކު ބުނެލިއެވެ. “ކާކުގެ އަނތްބެއް؟ އައިކާގެ އެއްވެސް ފިރިއަކު ނުހުންނާނެ..” އެވަގުތު ގެއަށް ވަންނަން އައި ނާޒިމްއާއި ސަނާއަށް މާޒް ބުނި އެއްޗެއް ކިތަންމެ ރަނގަޅަކަށްވެސް އަޑުއިވުނެވެ. އެތެރެއަށް ވަންނަން އުޅެފައިވެސް އެދެމީހުން ބޭރުގައި މަޑުކޮށްލީ މާޒްއާއި އައިކާ ދައްކާ ވާހަކައެއް އަޑުއެހުމުގެ ބޭނުމުގައެވެ. “އަހަރެންގެ ފިރިމީހާއަކީ ޔޫޝައު.. އެވަރު މާޒްއަށް ނޭނގުނީތީ އަހަރެން ލަދުގަނޭ..” އައިކާ […]
އަހަރެން ހަމަޔަކަށް އެޅުނީ މަންމަގެ އެތަކެއް އާދޭހަކާއި އެކުގައި މަހެއްވިފަހުންނެވެ.މިހާރު އޭގެފަހުން ތިންއަހަރުވިނަމަވެސް މީހުންގެ ތެރެއަށް ނިކުމެލައި އުޅެން ފެށީ ފިޔާޒާ މެންނާއި ދިމާވިފަހުންނެވެ.ނަމަވެސް މިހާރު ގަމުން ނާސިން ހަދައިގެން ފޮނަދޫ ސިއްޚީ މަރުކަޒުގައި މަސައްކަތް ކުރާތާ ދެމަސް ވެއްޖެއެވެ. އަހަރެން ސިއްސައިގެން ދިޔައީ އަހަރެންގެ ފޯން ރިންގުވާން ފެށުމުންނެވެ.ގުޅަނީ ފިޔާޒާއެވެ. އަހަރެން: އާނ… ފިޔާ ކީކޭ! ފިޔާޒާ:ހިނގާބާ ބުރެއްޖަހާލަން މިއަދު ހަވީރު.. ފަޒިލްކޮ އެބަކިޔާ އިފާއްތަ އާއި އިނާޒްބެއާއި އެއްމެން ދުއްވާލަން ހިނގާށެވެ. އަހަރެން.: އޯކޭ…. […]